Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކަ

ކީއްވެ ހެއްޔެވެ؟

Dhern Level 510 Stories100 Comments100 Login100 Stories500 Comments
March 5, 2020 3 Mins Read
2 Comments

އޭރު، ޢިޝާނަމާދަށް ގޮވަން ހުރީ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނިޓަށް ވެފަ އެވެ. އޭނަ ވަރަށް އަވަސްކޮށް ވުޟޫ ކޮށްލުމަށްފަހު މަޣުރިބު ނަމާދުކުރަން ފެށިއެވެ. ނަމާދުގެ ތަސްބީޙަ ކިޔުމުގެ ތެރޭ  ހުއްޓާ  ހަނދާންވީ އޭނަގެ މާމަ މަތިންމެވެ. އޭނަ ނަމާދުކުރާ ގޮތާ މެދު މާމަ ކިޔާ އެއްޗެހީގެ މަތިންނެވެ. އޭނަ ދުޢާކުރުމަށްފަހު ސަޖިދައަށް ދިޔައެވެ. އަދި ސަޖިދައިގައި ކުޑަ އިރުކޮޅަކު އޮތެވެ. މުޅި ދުވަސް އޭނަ  ހޭދަކުރީ މަސައްކަތުގައެވެ.

އޭނައަށް ހޭވެރިކަންވީ އޭނައާ ދިމާއަށް ހަޅޭއްލަވައިގެން އަޑަށެވެ. އޭނަ ވަނީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން  ހޯދާލިއެވެ. އެ ތަނުގަ ބައިވަރު މީހުން ތިއްބެވެ. ބަލާލި ކޮންމެ ދިމާލަކުންމެ ފެންނަނީ މީހުން ފުރި ބާރުވެފައިވާ ތަނެވެ. ބައެއް މީހުން ތިބީ ގަނޑުވެފައެވެ. ބައެއް މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއްމީހުން ދެކޮޅު ހޯދާ ބަލަނީއެވެ.

ބައެއް މީހުން ކަކޫ މަތީގައި ތިބި އިރު ދަތްދޮޅި އަތަށް ލައިގެން މޮޅިވެރިކަމާއެކު އަނެއް ބަޔަކު ތިއްބެވެ. އެންމެންހެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އަނެކާއަށް އެހީތެރިވެދޭފަދައިގައި ހަމަ އެކަކުވެސް ނެތެވެ. މި މާހައުލުގެ ބިރުވެރިކަން ހުރިގޮތުން އޭނައަށް އެ ހުރެވުނުތަން އެނގިއްޖެއެވެ.
އޭނަގެ ހިތް ފަޅައިގެންނުގޮސް ހުރީ ހަމަ ކިރިޔަ ކިރިޔާއެވެ.

އެއީ އާޚިރަތްދުވަހެވެ.  ހިސާބު ބެއްލެވޭ ދުވަހުގެ ހިސާބު ބެއްލެވޭ ތަނުގައެވެ.  ހިސާބުބެއްލެވޭނެ ދުވަހާ އެ ދުވަހުގެ ސުވާލުތަކާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ވަނީ އޭނަ ދުނިޔޭގައި ހުރި އިރު އަޑު އިވިފައެވެ.  އެކަމަކު އޭނަ އަށް އެހ  ހީވަނީ އެއީ ވަރަށް ކުރިން އަޑު އިވިފައިވާ ވާހަކަތަކެއް ހެންނެވެ.

މިއީ އޭނަގެ ޚިޔާލަށް ފެންނަ ކަންކަން ބާއޭ އޭނަގެ  ހިތަށް އެރިއެވެ. ނޫނެކެވެ. މި ބިރުވެރިކަމާ މިތާ ހޭދަވި ވަގުތަށް ބަލާއިރު މީކީ ޚިޔާލަށް ފެންނަ ކަންކަމެއް ނޫނެވެ. ހިސާބު ބެއްލެވުމުގެ ކަންތައް މިހާރުވެސް އެ ދަނީ ހަމަ ކުރިއަށެވެ. ބިރުވެރިކަމާ މަޑުމޮޅިކަމާއެކު ފަހަރަކު މީހަކު ކައިރިޔަށް ގޮސް އޭނަގެ ނަން ގޮވިތޯ އަހަން ފެށިއެވެ.

ADVERTISEMENT

ހަމަ އެކަކުވެސް އޭނައަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ކުއްލިއަކަށް އޭނަގެ ނަމުން ގޮވާލެވުނު އަޑު އިވުނެވެ.  ހަމަ އެވަގުތުމެ ތޮއްޖެހިފައިވާ މީހުން ދެފަރާތަކަށް ކެހިލުމަށްފަހު އޭނަ ދިޔުމަށް މަގު ހަދާދިނެވެ. ދެ މަލާއިކަތުން އޭނަގެ އަތުގަ ހިފާ ކުރިއަށް ނެރުނެވެ. އެއްވެ ތޮއްޖެހިފައިވާ މީހުންގެ ތެރެއިން އޭނަ ހިނގާފަދިޔައިރު އެހެން މީހަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ.
އެންމެންގެ މެދުގައި އޭނަ ބެހެއްޓުމަށްފަހު މަލާއިކަތުން ހިނގައްޖެއެވެ.

އޭނަ އިސްދަށަށް ޖަހާލުމުން އޭނަ ދުނިޔޭގައި ހޭދަކުރި ހަމަ ކޮންމެ ވަގުތެއް އޭނައަށް ފެނިގެން ދިޔައީ ފިލްމެއްހެންނެވެ. އޭނަ ލޯހުލުވާލިއެވެ. އެކަމަކު ފެނިގެންދިޔައީ އެހެން ދުނިޔެއެކެވެ. އެކަކު އަނެކަކަށް އެހީތެރިވެދީ  ހަދާ ތަނެވެ.

އޭނައަށް ފެނުނީ އޭނަގެ ބައްޕަ، އެއް އެދުރުކައިރިން އަނެއް އެދުރެއް ކައިރިއަށް ދާތަނެވެ. އޭނަގެ ބައްޕައަށް ލިބިފައިވާ މުއްސަދިކަން އިސްލާމްދީނުގެ މަގުގައި  ހޭދަކުރަމުން ދާ ތަނެވެ. އޭނައަށް ފެންނުނީ އޭނަގެ މަންމަ މެހެމާނުންތަކަކަށް ދަޢުވަތު ދީގެން ގެއަށް ގެންނަ ތަނެވެ. އެއް މޭޒު  ހުރީ ތައްޔާރު ކޮށްފައެވެ. އަނެއް މޭޒު ސާފުކުރަނީއެވެ. އޭނަގެ ކަންކަމާމެދު އޭނަ ރޮއި އާދޭސް ކުރަނީއެވެ.

HIPSTER POMADE

އަހަރެންވެސް ޚިޔާރުކުރީ މި މަގެވެ.
އަހަރެން އެހެން މީހުންނަށް އެހީތެރިވެދިނީމެވެ. އަހަރެން ﷲގެ ވަޙީ ބަސްފުޅު މީސްތަކުންގެ މެދުގައި ފެތުރީމެވެ. އަހުރެން ނަމާދު ޤާއިމްކުރީމެވެ.
އަހުރެން ރަމަޟާން މަހުގެ ރޯދަ ހިފީމެވެ.
ޒަކާތް ދިނީމެވެ. ﷲ އަހުރެމެންނަށް ކުރުމަށް އެންގެވި ހަމަ ކޮންމެ ކަމެއް އަހުރެން ކުރީމެވެ.
އެންމެހާ ފަރުޟުތައް އަދާކުރީމެވެ. އަޙުރެމެންނަށް ނަޙީކުރެއްވި، ޙަރާމްކަންކަމާ އަހުރެން ދުރުހެލިވީމެވެ.

ޙަރާމްކުރި ހަމަ އެވެސް ކަމެއް ނުކުރަމެވެ.
އޭނައަށް ރޮވިއްޖެއެވެ. ގިސްލަގިސްލާފަަައި ރޮވެމުން ދިޔައިރު އޭނައަށް އިޙުސާސް ކުރެވެނީ ދުނިޔޭގައި އޭނަ ހުރި އިރު އޭނައަށް ﷲ ދެކެ ލޯބިވެވުނު މިންވަރެވެ. އޭނައަށް ޤަބޫލުކުރެވުނީ އޭނަ ދުނިޔޭގައި ހޭދަކުރި ޙަޔާތުގައި އޭނައަށް ﷲގެ މަގުގައި ކުރެވިފައިވާ ކަންކަމަކީ މަދު މިންވަރެއްކަމެވެ. އަދި އޭނަ އަށް ސަލާމަތާ ރައްކާތެރިކަން ހަމައެކަނި ލިބުން އޮތީ ﷲގެ ޙަޟުރަތުންކަމެވެ. ދުވަހަކު ވެސް އޭނަ ދާ ނުހިއްލާވަރަށް ދާހިއްލައިފިއެވެ. މުޅި މީހާ ހުރީ ތުރުތުރު އަޅާލަ އަޅާލައެވެ. އޭނަގެ ލޯހުރީ ތިލަފަތާ ދިމާއަށް ހުއްޓިފައެވެ. އޭނަގެ ހިސާބުގެ ނަތީޖާގެ އިންތިޒާރުގައެވެ. އެންމެ ފަހުން ނަތީޖާ ނިންމިއްޖެއެވެ. އޭނައަށް ހުރި ގޮތް ނިންމިއްޖެއެވެ. މަލާއިކަތުން ކަރުދާސްގަނޑެއްހިފައިގެން ތިބެ، އެއްވެފައިވާ މީސްތަކުންނާ ދިމާއަށް އެނބުރުނެވެ. އޭނަގެ ފައިގެ ވާގި ދޫވެ ވެއްޓެން އުޅޭހެން ހިވެއެވެ. ނަރަކައަށް ދާ މީހުންގެ ލިސްޓު މަލާއިކަތުން ކިޔުންވަން ފެށުމާއެކު އޭނަ ލޯ މަރާލިއެވެ. ފުރަތަމަވެސް މަލާއިކަތުން ކިޔުއްވީ އޭނަގެ ނަމެވެ.

އޭނަ ކަކޫމައްޗަށް ތިރިވެ “މިހެން ވެގެން ނުވާނެ” ކަމަށް ގޮވިއެވެ. އަހުރެން ނަރަކައަށް ދާންވީ ކީއްވެގެން ހެއްޔެވެ، އަހުރެންގެ މުޅި ޙަޔާތް ހޭދަކުރީ އެހެން މީހުންނަށް އެހީތެރިވުމުގައެވެ. އަހުރެން ﷲ ގެ ވަޙީ ބަސްފުޅު މީސްތަކުންގެ މެދުގައި ފެތުރީމެވެ. އެންމެހާ ފަރުޟުތައް އަދާކުރީމެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ރާސްތާ2 45

Next

ހުރީމެ އިންތިޒާރުގަ (13)

Next
March 5, 2020

ހުރީމެ އިންތިޒާރުގަ (13)

Previews
March 4, 2020

ރާސްތާ2 45

2 Comments!

  1. Xoona says:
    March 7, 2020 at 9:08 am

    Oh my god i can’t believe it it was very nice nd important for our its very nice when is the next part

  2. Ekkala kujja says:
    March 7, 2020 at 7:12 pm

    Eyna ah ehn eviii eyna hurihaa kameh dhekken kuraathii thr…
    Vrh ibraiytheri vaahakah eh.

Comments are closed.


All Right Reserved!