
މާނިއު – އާނިޝް ރަޒީން – ނަޒީހް ނައުފާ – ނިޝާ
ޝިފްރާ – މާނީ ސާނިދު – ޒާއިން މިޒްނާ – ޝަހާޔާ
• ނަންތައް ބަދަލު ކުރެވިފަ
“ނަޒީހް މިތާ މި ގަޑީ ކީއްކުރަނީ” މާއިޒް ބުނެލިއެވެ.
“ޝަ.. މައިޝާން ހޯދަން…” ނަޒީހުގެ އަނގަ އޮޅޭ ގޮތް ވިއެވެ.
“މި ގޮވާލަނީ މައިޝަން އަށް” މާއިޒް އެހެން ބުނެ މައިޝާން ގޮވައިގެން އައެވެ.
******
“އަސްލު ހާދަ ނުނގަޑި އެއްގައިނހޯދަން ކިހިނެއް ވީ؟..” މައިޝާ ބުނެލިއެވެ. އަސްލު އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން އަދި ބޮޑު ވާހަކަ އެއް ވެސް ކިޔާދެން..” ނަޒީހު ބުނެލިއެވެ. “ނަޒީހު އަހަންނަށް ހުރިހާ ވާހަކަ އެއް ކިޔާދެމެއްނު” މައިޝާން ބުނެލިއެވެ.”އެންމެ ވާހަކަ އެއް ފިޔަވައި” ނަޒީހު ބުނެލިއެވެ. މައިޝާން ނަޒީހު އާ ދިމާ ބަލާލީ ބުނާށޭ ބުނާ ފަދައިންނެވެ.
.▪︎.▪︎.▪︎..▪︎.▪︎.▪︎.▪︎..▪︎.
• ”އެއީ މީގެ އަހަރެއް ކުރިންނެވެ. އަހަރެން އޭރު މިރަށަށް ވަރަށް އާ ވާނެވެ. އަހަރެން އަންހެން ކުދިން ދެކެ އަބަދު ވެސް ފޫހިވެއެވެ.
ނަމަވެސް އެކަން ވެގެން ދިޔައީ ދާއިމީ ކަމަކަށް ނޫނެވެ. އަހަންނަށް ފެނުނީ މައިޝާންގެ ކޮއްކޮ ޝަހާޔާއެވެ. ޝާހާޔާގެ ޖާދުލުގައި ޖެހެން އަހަންނަށް ނެގީ މަދު ސިކުންތު ކޮޅެކެވެ. އޭނާގެ އެ ފުރިހަމަ ހިނިތުން ވުމަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ހިނިތުން ވުމެއް ނޫނެވެ. ޝަހާޔާ ދެކެ އަހަރެން އިންތިހާ އަށް ލޯބިވަމެވެ. އޭރު ވެސް އަދި މިހާރު ވެސްމެއެވެ.
ނަމަވެސް ކަންވީ އަހަރެން ހީކުރިގޮތާ ހިލާފަށެވެ. އަހަރެންގެ މަންމަ ޝަހާޔާ އާ ގުޅިގެން އުޅުން އަހަންނަށް މަނާ ކުރިއެވެ. އެހެންވެ އަހަންނަށް ޝަހާޔާ ދުރުވެވެން ފެށުނެވެ. އެކަމުގެ ސަބަބުން ޝަހާޔާގެ ޝަކުވާތައް އަހަންނަށް ލިބެއެވެ. އަހަރެން ދޮގު ހަދައި އޮޅުވާލުމަށް ފަހު ޝަހާޔާދެކެ ލޯބި ނުވާ ކަމަށް ބުނީމެވެ.
*****
“މިއަކީ ކަން ވީ ގޮތަކީ. މައިޝާންވެސް އަހަރެންދެކެ ރުޅި އައިސް ދޯ؟”
ނަޒީހް ބުނެލިއެވެ.
“ނޫން އަސްލު ނަޒީހު ކަންތައް ކުރި ގޮތް އަހަންނަށް ވަރަށް ކަމުދިޔަ. އެކމު އަހަރެންގެ ކޮއްކޮ”
މައިޝާން އެ ހިސާބަށް ބުނިތަނާ ނަޒީހު ވާހަކަ ދެއްކިއެވެ.
“މައިޝާން ހާސް ނުވޭ. އަހަރެން ޝަހާ އާ ރައްޓެހިވާނަން. އެކަމް މަންމަ އަށް ނޭނގޭ ގޮތަށް..! ”
ނަޒީހު ބުނެލިއެވެ.
“ޝަހާޔާ ގަބޫލް ވާނެތަ؟”
މައިޝާން ކޮށްލީ ސުވާލެކެވެ.
“ތިއެއް ވެސް އެނގިދާނެތާ..”
ނަޒީހު އެހެން ބުނުމަށްފަހު ދަނީ ކަމުގައި ބުނެ ދިޔައެވެ.
***
ކޮޓަރީގައި ނިޝާ އޮތީ ފުން ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ މަންމަގެ ހާލު މިހާރު ދުވަހުން ދުވަހަށް ދަނީ ދައްވަމުންނެވެ. ނަމަވެސް ހިތާމަޔަކީ ނިޝާއަށް އެކަން ނުވިސްނޭ ކަމެވެ. އޭގެ ބަދަލުގައި މިހާރު ވެސް ނިޝާ އެދަނީ މަންމަ އާ ދިމާލަށް ކި ޔާނެ އެއްޗިއްސާ މެދު ވިސްނަމުންނެވެ. މަންމަގެ ހާލު ދަށަށް ދިޔުމަކީ ނިޝާ އަށް ލިބޭ އުފަލެއްކަހަލައެވެ.
“ދަރިފުޅާ ނިޝާ… ސްކޫލް ފިލާވަޅު ތައް ހަދައިފިންތަ؟”
ނިޝާގެ މަންމަ ނިޔާޝާ ކޮރު ޖަހަމުން އެ ކޮޓަރި އާ ހަމައަށް އައިސް ބުނެލިއެވެ.
” ކިހިނެއް ވެގެންތަ ޗަ އުޅެނީ. ކަލޭ ބަލަން ޖެހޭތެ މަ އުޅޭ ގޮތް. ދޭބަލަ ސޭބޯން. މަ ހުންނާނީ ކައްކޭފަ.ކަލޭ ކަންނެތް ކަމުން ކަންކަން ވެސް ނުކެރެއް ވިއްޔާ. ބޮޑު ކަމެއްނު”
ނިޝާގެ ރަހުމު ކުޑަ ބަސްތަކުން ނިޔާޒާގެ ހިތަށް ތޫނު ތަދެއް އެރިއެވެ. ނިޔާޒާގެ ހިތަށް އަރަމުން ދިޔައީ ނިޝާ ތަރުބިއްޔަތު ކުރެވުނީ ރަނގަޅަށް ބާއެވެ. އާއެކެވެ. ނިޔާޒާ ނިޝާއަށް ކަން ތައް ކޮށްދިނީ ހަމަ އެންމެ ރަނގަޅަށެވެ.
މަދު އެއްޗެއް ނޯންނާނެވެ. ސްކޫލުގައި ހޭދަ ކުރި 8 އަހަރު ތަކުގައި އެންމެ ފުރިހަމަ އެއް ކުއަޖެއް ކަމުގައި ނިޝާ ވާނެވެ.
އަދި އެނެމް ރަނގަޅު ބެލެނިވެރިނގެ ލިސްޓުގެ އެންމެ ކުރީގާއި ނިޔާޒާ ނަން އިންނާނެވެ.
ނަމަވެސް ފަހަކަށް އައިސް ނިޔާޒާގެ ހާލު ދިޔައީ ދަށް ވަމުންނެވެ. ނަމަވެސް ނިޔާޒާ ނިޝާގެ ސްކޫލުގެ އެއްވެސް ކަމަކަށް ފަރުވާ ކުޑައެއް ނުކުރެއެވެ.
*****
އަސުރު ނަމާދުން ފައިބައިގެން ދިޔައީ ފުޓުބޯޅަ ކުޅޭށެވެ. ޒާއިން އަކީ ރަށު ޓީމުގެ ގޯލް ކީޕަރެވެ.ކޮންމެ ދުވަހަކު ފަރުވާ ތެރި ކަމާއެކު ކުޅެން ޒާއިން ދަނީ މުޅި އަތޮޅުގައި އޮންނަ ފުޓްބޯޅަަ މުބާރަތް ކާރި ވާތީއެވެ. ޓީމުގެ ކެޕްޓަން ވިއާމްގެ ބަސް އެންމެން އަހައިގެން ހުރިހާ ކަމެއް ކުރިއަށް ގެނދިޔުމު ގެ ސަބަބުން ރަށު ޓީމަށް ވަނީ އެތަކެއް ކަމިޔާބީތަކެއް ލިބިފައެވެ.
ކުޅުމުގެ ފޯރީގައި ޒާއިނ މެން ތިއްބެވެ.ކުޅުން ހުއްޓާލަން ޖެހުނީ ވިްސާރަ އައުމުގެ ސަބަބުންނެވެ. ބޯކޮށް ވިއްސާރަ ވެހެމުން ދާތީ އެންމެން ވެސް ބެލީ އެމީހެއްގެ ގެޔަށް ވީހާވެސް އަވަހަކަށް ދެވޭތޯއެވެ.
ސާނިދުގެ ގެޔަ ވަނުމުން މަންމަ ޒާއިންއަށް އެއްޗެހި ގޮވަން ފެށިއެވެ. “މަންމަ އެވަރަށް ބުނީމެއްނު ކުޅެން ނުދާށޭ.. ވިއްސާރަ އޮއްސާލާނޭ…ނަސީބެއްނު ގެޔާ ކައިރިކަން ދަނޑު ވެސް ”
ޒާއިންގެ މަންމަ ވާހަކަ ދެއްކީ ރީތި ކޮށެވެ.
“މަންމާ. އަޅުގަނޑު ނުގޮއްސިއްޔާ ޓީމް މީހުން އެއްޗެހި ގޮވާނޭ… މިހާރު ދެ ދުވަހަށް ވީ މުބާރަތް ފެށެން. އަނެއްކާ އަހަރެން ކައިރިން ގޯލޭ ވަދެއްޖާ އަޅުގަނޑޭ ކުށްވެރިވާނީ” ޒާއިން ބުނެލިއެވެ.
“ދެންވެސް އަވަހަށް ދޭ އެއްޗެހި ބަދަލު ކުރަން.” ޒާއިންގެ މަންމަ ބުނެލިއެވެ.
ޒާއިން ގޮސް ކޮޓަރިއަށް ވަތް އިރު ފޯނު ރިންގު ވަނީއެވެ.