Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…23

އަދި އެއްވެސް ބަހެއް ބުނުމެއްނެތި އަލަމާރި މަތިން ފަސްޓް އެއިޑް ބޮކްސް ނަގާފައި އަހަރެންގެ އަތުގައ ބޭސް އަޅައިދިނެވެ… އަހަރެންގެ އަތުގައި ފިރުމާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ… ޔޫލީ މެން ހީވަނީ އަހަރެން ކައިލަން އުޅޭހެނެވެ… ސުވާލަކަށް ފަހު ސުވާލެއް އަހަން ފެށިއެވެ……………………

“ތީ ކޮންކަމެއް؟؟؟؟”…”މައީ!!!!!! ތިދެމީހުން..”..”ޕިސް ޕިސް ނޫނެކޭ.. ރިއާން ސައިކަލުގަ ޖެހިފަ އަހަރެން ވެއްޓުނީ.. ފަޔަށް ތަދުވިގޮތަކުން ނުތެދުވިފަ އަހަރެން އޮތީ..އެހެންވެ ރިއާން އައިސް އެ ބޭސް އަޅައިދިނީ.. ވެދާނެ ދެރަވީ ކަމަށް އަހަ އަހަ ތިމީހުން ހީކުރާކަހަލަ ކަމެއް ނޫނޭ!!” އަހަރެން ވީ ގޮތް ކުޑަކޮށް ކިޔާދިނީމެވެ..”ނޭނގޭނެ އެންނު ދޮންބެ މައީ އަތްދަނޑިމައްޗައް ލައިގެން ކޮޓަރިއަށް ވަތްއިރު ހީވަނީ ސުހާގްރާތް އަށް ކޮޓަރިއަށް ވަންހެން ވިއްޔަ ދޯ ފައިހާ…އަހަ އަހަ”..ޖައިޝާ ޖޯކު ޖަހަން ފެށިއެވެ.. ކަންތަކާ މިޖެހުނީއެވެ.. އަހަރެން އަމިއްލަ ނިތުގައި ޖަހާލީމެވެ..”ބަލަ އަހަރެން ބުނެގެނެއްނޫނޭ ރިއާން އަހަރެން އުރީކީ.. އަހަރެން އެތަށް ފަހަރަކު ބުނިން ދޫކުރާށޭ އަހަރެންގައިގައި އަތްނުލާށޭ… އެންމެފަހުން…….. ހޫން ނޫޅެން ބުނާކަށް”..އަހަރެން ތުން އަނބުރާލީމެވެ. “އުހޫ ބުނޭ..ހަމަމިހާރ ބުނޭ”…އެންމެން އެއްއަޑަކުން ކިޔަންފެށިއެވެ.. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ.. ބެޑްށީޓް އަޅައިގެން އެންދުގައި އޮށޯތީމެވެ…. އަހަރެންނަށް ކުއްލިއަކަށް ހަޅޭލަވައިގަނެވުނީ ފައިހާ އައިސް އަހަރެންގެ ބުރަކަށި މައްޗަށް އެރުމުންނެވެ.. “އައްދޯއި!!! ހަމަ މިހާރު ފައިބާ… އަދިވެސް އެއްކޮށެއް ރަނގަޅެއް ނުވެޔޭ!!!”..އޫޕްސް އޭ ކިޔާފައި ފައިހާ ފޭބިއެވެ.. ފަޔަށް އަދިވެސް ވަރަށް ތަދުވެއެވެ.. އަހަރެންގެ ފައި އެނދުގައި ލަށް ކޮއްލައިފައި އިދިކޮޅަށް ބޯ ތިރިކުރީމެވެ.. އަހަރެންގެ ރަތް ކުލައިގެ ދިގު އިސްތަށިގަނޑު އޮތީ ކާޕެޓް ގަނޑުމަތީ ރީއްޗަށް ފެތުރިފައެވެ.. ކުއްލިއަކަށް މީހަކު ދޮރުހުޅުވާލުމުން އަހަރެން އެދިމާލަށް ބަލާލީމެވެ.. ރިއާން ފެނުމުން އަހަރެން ދޫ ދިއްކޮއްލީމެވެ… ރިއާން އަވަސް  އަވަހަށް ދޮރުލައްޕާލިއެވެ.. އެދުވަހު ގެއަށް ދެވޭވަރުވީ ރޭނގަޑު 8 ވެސް ޖެހިފަހުންނެވެ..

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންދިޔައެވެ.. ދުވަސް ވާ ވަރަކަށް އަހަރެން ދިޔައީ ރައިހާން މަތިން ހަނދާން* ނެތެމުންނެވެ.. ރައިހާން ފެނުނަސް ހިތުގެ ވިންދު އަވަހެއް ނުވެއެވެ… އެސޫރަ ދެކޭކަށް ވެސް ބޭނުމެއްނޫނެވެ… އަދި ދެވަނަ ފަހަރަށް މީހަކު ދެކެ ލޯބިވާކަށް ވެސް ބޭނުމެއްނޫނެވެ.. އެގޮތަށް ގޮސް އަހަރެން ގްރޭޑް 10 ނިމުނީ ވަރަށްވެސް ބޮޑު ކާމިޔާބީ އަކާ އެކީއެވެ.. ރާއްޖޭގެ ގަދަ 10 ގެ ތެރޭގައި އަހަރެންގެ ނަން ހިމެނިގެން ދިޔައެވެ.. 10 އަހަރު ވަންދެން އަހަރެން ކުރި ބުރަ މަސަތްކަތުގެ ކުލަ މި ފެނުނީ އަދި ކިރިޔާއެވެ.. އަހަރެންނަށް ވުރެ ބޮޑަށް މި ކަމާ އުފާވީ އަހަރެންގެ މަންމަ އާއި ބައްޕައެވެ… 11 އާއި 12 ނިންމާފައި އަހަރެން ދިޔައީ ލަންކާ އަށެވެ… ކޯސް ހަދާށެވެ.. 5 އަހަރުގެ ދިގު ކޯހަކަށް ފަހު އަހަރެން އެނބުރި މާލެ އައީމެވެ.. އޭރު އަހަރެންގެ އުމުރުން 22 އަހަރެވެ…. އޭގެ އަނެއް ދުވަހު އަހަރެންނަށް ލިބުނީ ފައިހާ ރައިހާން އާ ކައިވެނި ކުރަން އުޅޭ ހަބަރެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ.. ހިތާހިތުން އެދެމީހުނަށް ތައުރީފުކުރެވުނެވެ.. ވީހާވެސް އަވަހަށް ފައިހާމެނާ ބައްދަލު ކުރަން ދާން އަހަރެން ނިންމީމެވެ.. އަހަރެން ބޭނުންވަނީ އެމީހުނަށް ސަޕްރައިސް އެއްދޭށެވެ.. އެއީ އާދީއްތަ ދުވަހެވެ… އަހަރެން މަޑު މަޑުން ގޮސް ފައިހާ މެން ގެއަށް ވެންނީމެވެ.. ފައިހާގެ ކޮޓަރިން ބަޔަކު ވާހަކަ ދައްކާ އަޑުއިވެން ފެށުމުން އަހަރެން މަޑުމަޑުން ގޮސް ދޮރުކާރީ ހުއްޓުނީމެވެ.. ވަންނަން އުޅެފަ ވެސް މަޑުކޮއްލަން މަޖުބޫރުވީ ރިއާންގެ އަނގައިން އަހަރެންގެ ނަން  އަޑުއިވުނީމައެވެ…”ރިއާން!! އަދިވެސް އޭނައަށް ވެއިޓް ކުރަނީތަ؟؟ މިހާރު 5 އަހަރުވަނީ ކިހިނެއް އިނގެނީ މައީ ލޯބިވާ މީހެއް މިހާރު ނުހުންނަކަންވެސް”…”މައީ ލަންކާ އަށް ދިއުމުގެ ކުރިން ލޯބިވާ ވާހަކަ ބުނެވުނުނަމައޭ އަހަރެންގެ ހިތަށް އަރާ… އެކަމްވެސް…”…”ޔޫ ސްޓިސް ހޭވެ އަ ޗާންސް އިނގޭ… ތިކަމަށް ވުރެ ބޮޑަށް އަހަރެން ހާސް ވަނީ އެހެންކަމަކާ”…”ކޮންކަމަކާ؟؟؟” ރައިހާން އެހިއެވެ.. “މައީ ވަރަށް ދުރު ލޯތްބާ.. މިބުނީ މައީގެ އެއްވެސް އިންޓްރެސްޓެއް ނުހުރެޔޭ ލޯތްބަކަށް.. ޝީ ހޭޓްސް ލަވް.. ނޭނގެ ކީއްވެ ކަމެއް”…”މައީ މާލެ އައި އެންމެ އަވަހަކަށް އަހަރެން މައީ އަށް ލޯބި ހުށައަޅާނަން… ލޯބި ގަބޫލު ކުރުމާ ނުކުރުމަކީ މައީގެ ކަމެއް.. މައީގެ ޑިސިޝަން އަށް އަހަރެން ރެސްޕެކްޓް ކުރާނަން”.. ރިއާން އާ ފައިހާ ދެއްކި ވާހަކަ އަޑުއިވުމުން އަހަރެންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ.. ހިތަށް ހަމަޖެހުމެއް ލިބުނެވެ.. ކީއްވެ ކަމެއް ނޭނގެއެވެ.. ރިއާން އަށް ޕޯނެއް އައުމުން ކޮޓަރިން ނިކުންނަން ދިޔައެވެ.. އަހަރެން އަވަސް އަވަހަށް ގޮސް ފާރުގެ އަނެއް ފަރާތަށް ވަދެ ފިލީމެވެ.. 5 ވަރަކަށް މިނެޓް ކޮއްފައި އަހަރެން ފައިހާގެ ކޮޓަރިއަށް ދުވެފައި ގޮސް ވެންނީމެވެ… އަހަރެން ފެނުމުން ފައިހާ ހަޅޭލަވައިގަތެވެ…”އޯ މައި ގޯޑް މައީީ!!! ނުވެސް ބުނަމެއްނު އައި ވާހަކައެއް .. ކޮންއިރަކު ކަމަނާ މާލެ އައީ؟؟؟؟” ފައިހާ އަހާލިއެވެ..” ދެތިން ދުވަސް ވަރު ވެދާނެ.. ހަމަ ހާއްސަކޮށް ރައިހާން އާ ފައީގެ ވެޑިންއަށް މިއައީވެސް.. މިހާރުލާ ގިފްޓްވެސް ތައްޔާރު ކޮއްފިން”…”އަޅޭ އައި ލަވް ޔޫ ސޯ މަޗް” ފައިހާ އަހަރެން ގައިގައި އޮޅުލައިގަތެވެ…”އައި އޭމް ސޯ ހެޕީ ފޯ ޔޫ ގާއިސް” އަހަރެމެން ދެމީހުން އެތަށް ވާހަކަ އެއް ދެއްކީމެވެ.. އަހަރެން ކޮޓަރިން ނިކުންނަން ދަނިކޮށް ފާފުއްސަށް އެރުނު ގޮތަކުން ކައްސާލިއެވެ.. ނަމަވެސް އަހަރެން ވެއްޓިޔަ ނުދީ ރިއާން އޭނަގެ ބާރުގަދަ އަތުން އަހަރެން ހިފެއްޓިއެވެ.. އަހަރެމެން ދެމީހުން ހަތަރު ކަޅި ހަމަވިވަގުތު އަހަރެންނަށް ހިނިތުންވެވުނެވެ.. ރިއާން އަދިވެސް ހުރި ގޮތަށް ހުރީއެވެ… ހީވަނީ ދުވަހަކުވެސް ދޫ ކޮއްލަން ބޭނުންނުވާހެނެވެ.. އަހަރެންނަށް ރިއާން ކޮއްޕާލެވުނީ ފައިހާ ކަރުކެހިލިމުންނެވެ.. އަހަރެން ކޮޓަރިން ނިކުންނަން ދުއވައިގަތީމެވެ.. އަހަރެންނަށް ހުއްޓެން މަޖުބޫރުވީ އެއްޗެއް ވީދިގެން ދިޔަ އަޑުއިވުމުންނެވެ.. ނަމަވެސް މާ ބޮޑަށް ސަމާލުކަން ނުދީ އަހަރެން ނިކުންނަން ދުއްވައިގަތީމެވެ… ދޮރުން ނުނިކުމެވެނީސް ރިއާން އަހަރެންގެ އަތުގައި ހިފައި ކާރިއަށް ދަމައިލިއެވެ… އަހަރެންގެ ގޮސް ތަށް ވީ ރިއާންގެ ތަނަވަސް މޭމަތީގައެވެ…. ރިއާން ބައްދައިގެން ހުރިލެއް ބާރުކަމުން އަހަރެން ނޭވާހާސްވެ  އުނދަގޫވިއެވެ… އެވަގުތަކީ ޔޫލީ އާއި ޖައިޝާ އާއި ރައިހާން ކޮޓިއަށް ވަތް ވަގުތެވެ… އެމީހުނަށް މިތަން ފެނުމުން އަހަރެންނަށް ތެޅިގަނެވުނެވެ.. “ރިއާން ދޫކޮއްބަލަ …އެމީހުން ކީކޭ ހިތަށް އަރާނީ “…އަހަރެން ހަމައެކަނި ރިއާން އަށް އަޑުއިވޭ ވަރަށް ބުނެލީމެވެ.. “އަހަރެން މައީ ދޫކޮއްލާފިއްޔާ ލަދުގަންނާނީ ހަމަ މައީ”…އެބުނީ ކީކޭކަން އަހަރެންނަށް ސާފުނުވުމުން އެއްބުމަ އަރުވާލީމެވެ…”ބަލާބަ މައީގެ ގަމީސް” ރިއާން އެހެން ބުނުމުން އަހަރެން ލައިގެން ހުރި ގަމީހަށް ބަލާލީމެވެ..”ގަމީހުގެ މޭމަތިން ވަނީ 2 ގޮށް ނެއްޓިފައެވެ.. އެ ގަމީހުގެ ގޮތްތައް ހުންނަނީ ވެސް ވަރަށް ދުރުގައެވެ.. އަހަރެންނަށް ނިތުގައި އަތް ކާތާލެވުނެވެ…. ރިއާންގެ ފަށުގައި އަޅައިގަނެފައި އަހަރެންގެ ގަމީހުގެ ގޮށް ވެއްޓުނު ކަމެއް އަހަރެންނަކަށް ނޭނގެއެވެ.. ރިއާން ބުނީ ތެދެކެވެ.. ރިއާން އަހަރެންގެ ގައިން ދޫކޮއްލާފިއްޔާ އަހަރެން ބެދޭނީ ބޮޑު ލަދެއްގައެވެ.. އަހަރެމެން ތިބި ގޮތް ފެނުމުން ޔޫލީ އާއި ޖައިޝާ އަކަށް މަޑަކުން ނުހުރެވެނެވެ…. އަހަރެން އިނީ ދެދަތްޕިލަ ބާރުކޮއްގެނެވެ.. “ފައީ ދީބަލަ މަތިން ލާނެ ޓޮޕްކޮޅެއް ކަހަލަ އެއްޗެއް.. ގަމީހުގެ ގޮތް ނެއްޓިގެން  މިއުޅެނީ.. އަހަރެން ފައިހާ ކައިރީ ބުނީމެވެ.. ވީގޮތް އެނގުމުން އެންމެން ފެށީ ހޭށެވެ.. ފައިހާ އަހަރެންގެ އަތަށް ޓޮޕްކޮޅެއް އެއްލުމުން އަހަރެން ރިއާން ގައި ބައްދައިގެން ހުރެ ފާހަނަ އަށް ވެންނީމެވެ.. “އަޖައިބެއް ކީއްކުރަން ފާހަނައަށް ތިވަނީ… ނިކުންނަން އުޅޭ!!!” އަހަރެން ރިއާން ބުރަކައްޓުގައި ހިފައި ކޮއްޕާލީމެވެ..ރިއާން ނިކުންނަން ވެގެން ތަޅުގައި ހިފައި އަނބުރާލިއެވެ.. ނަމަވެސް ހުޅުވޭ ގޮތެއް ނުވިއެވެ.. ބޭރުން ހުރީ ތަޅުލާފައެވެ.. އެއީ ޔޫލީމެންގެ ކަންތައް ކަން އަހަރެންނަށް އެނގުނެވެ.. ދޮރުގައި ތަޅަ ތަޅާވެސް ދޮރެއް ނުހުޅުވިއެވެ… މިއީ ވަރުގަދަ ބައެއް ތާއޭ އަހަރެންގެ ހިތަށް އެރިއެވެ..”އަނެއް ފަރާތަށް އެނބުރޭ…. ނުވާނެ ބަލައިގެނެއް…”.. އިތުރު ގޮތެއް ނެތުމުން އަހަރެން ބުނީމެވެ… ރިއާން އަނެއްފަރާތައް އެނބުރުމުން އަހަރެން ލައިގެން ހުރި ގަމީސް ބާލާފައި ރިއާން ކޮނޑުގައި އަޅުވާލީމެވެ.. ފައިހާ ދިން ޓޮޕްކޮޅު ނުފެނުމުން އަހަރެން ރިއާން ގާތުގައި ކޮބާތޯ އެހީމެވެ..”އޭ ފައީ ދިން މަތިކޮޅު ކޮބާ…އަނެއްކާ އެ ނުލަތަ މި ވަދެވުނީ”….”މައީ އަށް ހަމަ ސާބަސް.. އަން އެހަށް މި ގަމީސް ލައިގެން އިނދޭ އެމީހުން ދޮރު ހުޅުވީމަ އެއްނު އެ ނެގޭނީވެސް”…އެބުނީވެސް ތެދެކެވެ… ރިއާން އެ މަތިކޮޅު ދިއްކުރި ގަޑީގައި ރިއާންގެ އަތް އަހަރެންގެ އުނަގަނޑުގައި ޖެހީލިއެވެ… އަހަރެންގެ ގަޔަށް ކަރަންޓު އަރައިގެން ދިޔަ ކަހަލަ އެވެ.. ރިޔާން ސޮރިއޭ ވެސް ބުނިއެވެ.. ނަަމަވެސް އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އަވަހަށް މަތިކޮޅު ލީމެވެ…”ދެން އޯކޭ އެނބުރުނަސް” އަހަރެން މޫނު ކުނި ކޮއްލަމުން ބުނެލީމެވެ.. ރިއާން ކުއްލިއަކަށް އަހަރެންގެ މޫނާ މޫނު ކައިރި ކޮއްލިއެވެ.. ދެލޯ މަރާލެވުނީ ރިއާންގެ މޫނު އެހާ ކައިރީގައު ހުރުމުންނެވެ.. ރިއާން އަހަރެންގެ ޝޯލްއިން ޕިން ނައްޓަން ފެށުމުން އަހަރެން ފާޑަކަށް ބިރުގަތެވެ.. މަޑުމަޑުން ދެލޯ ހުޅުވައިލީމެވެ… ފެނުނު މަންޒަރަކުން އަހަރެންގެ ހިތުގައި ރިއާންއަށް މަތީ ދަރަޖައެއް ދެވުނު ޖަހަލައެވެ.. ރިއާން އަހަރެން އަޅައިގެން އިން ޝޯލްއިން ދެ ޕިން ނަގައިގެން އަހަރެންގެ ގަމީހުގެ ގޮތް ނެއްޓިފަ އިން ތަންކޮޅު ނުފެންނަ ގޮތަށް ޕިނުން ހަރުކޮއްދިނެވެ…

އަދިވެސް ޔޫލީމެން ދޮރު ހުޅުވާކަށް ނޫޅެއެވެ.. ރިއާން ތިރީ މުށިގަނޑުމަތީގައި އިށީނދެފައި އަަހަރެންގާތު އިށިންނަންވީނުހޭ ބުނެލިއެވެ.. އަހަރެން މަޑުމަޑުން ރިއާން އާ ތަންކޮޅެއް ދުރިގައި އިށީނދެލީމެވެ.. ފާހަނަތެރެ ވަރަށްވެސް ހޫނެވެ… އަހަރެން އިނީ ފާޑަކަށް ދާހިއްލާ ފޯވެފައެވެ..ރޭގަ ނުވެސް ނިދަމެވެ.. އަހަރެން ފާޑަކަށް ނިދިއަންނަ ގޮތް ވިއެވެ.. އެހެން އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ.. ދެލޯ ހުޅުވާލެވުނު އިރު އަހަރެނަނަށް އޮވެވުނީ ރިއާންގެ ކޮނޑުމަތީގައި ބޯ އަޅައިގެނެވެ.. ނިދިއައިސްފަ ހުރިވަރުން އަހަރެންނަށް އަނެއްކާވެސް ނިދުނީއެވެ… 30 ހަކަށް މިނެޓުފަހުން އަހަރެންނަށް ހޭލެވުނެވެ.. އޭރު ރިއާން އޮތީ ގަދަނިދިގައެވެ. އަހަރެން ރިއާންގެ މޫނުގައި ފިރުމާލީމެވެ.. އެ މައުސޫމު މޫނަށް ބަލަން އިނދެވުނެވެ.. ރިއާން ހޭލަން އުޅޭހެން ހީވަން ފެށުމުން އަހަރެން އަވަހަށް ނިދާކަމަށް ހެދީމެވެ.. އޭރު އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ… ރިއާން އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ.. ރިއާން ހީކުރީ އަހަރެން އޮތީ ނިދާފައި ކަމަށެވެ.. “މައީ.. އައި ލަވްޔޫ… ވަރަށް ބޮޑަށް ލޯބިވޭ މައީދެކެ.. ދިރިއުޅުމުގެ ބާކީ ހުރި ހުރިހާ ދުވަހެއް ބޭނުންވަނީ މައީ އާއެކު ހޭދަކުރަން..” ރިއާން އަހަރެންގެ އަތަށް ބޮސް ދިނެވެ.. އެއްވެސް އަޑެއް ބަޑެއް ނީވުމުން އަހަރެން ދެލޯ ހުޅުވީމެވެ.. ރިއާންގެ މޫނު ހުރީ އަހަރެންގެ މޫނާ ވަރަށް ވެސް ކާރީގައެވެ.. އަހަރެން ހަޅޭލަވައިގަންނަން އުޅުމުން ރިއާން އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.. އަހަރެން ހުރި ބާރެއް ލާފައި ދައްއެޅީމެވެ… ތަދުވިވަރުން ރިއާން ހަޅޭލަވައިގަތެވެ.. ރިއާން އަތުގައި އަހަރެން ފުރަތަމަ ފަހަރު ދަތް އެޅިގޮތް ހަނދާން ވުމުން ދެމީހުނަށް ވެސް ހެވޭ ގޮތް ވިއެވެ.. ރިއާން މަޑުމަޑުން އަހަރެން ތުންފަތުގައި ބޮސް ދޭން އުޅުނެވެ.. އަހަރެންނަކަށް ރިއާން ދުރުކުރާކަށް ނުކެރުނެވެ.. ކީއްވެ ކަމެއް ނޭނގެއެވެ.. އެވަގުތަކީ ޔޫލީމެން ދޮރު ހުޅުވި ގަޑިއެވެ.. ރިއާން އެކޭ ފަދައިން އަހަރެންވެސް ދިޔައީ ސިއްސައިގެނެވެ.. މިސަލާމަތްވީ ހަމަ ކިރިޔާއޭ އަހަރެންގެ ހިތަށް އެރިއެވެ.. ލަދުގަތްވަރުން ގޮސް އަހަރެން ދުއްވައިގަތީމެވެ.. ދިޔަގޮތަށް ހުއްޓުމެއްނެތި އަަހަރެން ދިޔައީ ގެއަށެވެ.. އޭރުވެސް ބާރުބާރަށް ހިތް ތެޅެމުންދެއެވެ.. އަހަރެންގެ ކޯ ލޭކޮޅެއްހާ ރަތެވެ………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. Shina

    First to comment ??love this part ill be waiting for next part ??????love you ???

    1. lilly
      Shina

      aww thank u sooo much shinaaaa love u more gurll❤❤❤❤❤❤❤❤❤

  2. Ziyaa

    Mihaa dhuvas v maavess v kuru dhw

    1. lilly
      Ziyaa

      aw next part miah vure dhigu kuraaanan ingey??

  3. aphxx

    So many changes wow! Dhy wat just happened?

    1. lilly
      aphxx

      u dont like it dhydhy??? ?❤❤???

  4. Lamko

    Lilly sis alhe kihineh evii…..vvvv reethi mi part vc…..kon iraku nxt part kiyaalan libeynii…..will wait…ly..missed u a lot????????

    1. lilly
      Lamko

      kobaa mi veegoih kamaku nudheytha lamko??? …..miss u more ..lym❤❤❤❤❤❤❤❤❤❤

    2. Lamko
      Lamko

      Noon maa rangalhakannu eviii….soo happy…..mai aa riaan aa maa gulhey….??

  5. Yanaa

    Varah varah reethi ??maa sha Allah..waiting ?????

    1. lilly
      Yanaa

      thank u yana❤❤❤❤❤❤❤❤❤❤❤❤

  6. Kairaa

    Woow… Varah reethi….Waiting for the nxt part….. Nxt part avahah up kohlladhehchey dear….

    1. lilly
      Kairaa

      thank u kaii .. will try my best to upload the next part soon ingey❤❤❤❤❤❤❤❤❤❤❤❤❤

  7. Shina

    Lilly could you upload next part faster ???this story is very very nice thats Why im reading it again ??????Just wanted to tell you ????????love you ???????

  8. ????

    Congrats you got for Popular story for this week ???????

  9. Shau

    Wow varah salhi mi vaahaka♥️♥️♥️ When next part?

  10. Anonymous

    alhey miothy bodu bandheh libifa 24 vana part avahah up kohla dheyn v ehnu waiting …..still waiting ????

  11. Amikko

    I can’t wait for the next part ?

  12. Anonymous

    Alheyyyy pls next part up Kohla dheeba bodu bandhehnu miothy dhn ???pls

Comments are closed.