Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 5”

Anusha Mohamed Level 110 Stories100 Login
March 3, 2020 2 Mins Read
2 Comments

“މާހިންގެ ކޮއްކޮ ނުލައި މާހިންގެ މަންމަ އެއް ނުދާނެ އެއްނު. އެންވީމަ……” އަމިއްލަ ނަފްސާ ވާހަކަ ދެއްކުން ހުއްޓާލާފައި އަހަރެން މަޑުމަޑުން ޔާލް ފަހަތުން ދިޔައީމެވެ.

“މަންމާ! އަހަރެން ބޭނުމެއްނޫން ސަނާއަށް އަހަރެންގެ ބަލި ޙާލަތު އިނގޭކަށް! އަހަރެން ބޭނުމެއްނޫން ސަނާ ދެރަވާކަށް. އެކަމަކު އަބަދު ދޮގުހަދައިގެން ކިހިނެއް އުޅޭނީ. ދެން ސްކޫލަކަށް ވެސް ނުދެވޭނެ އެއްނު. ސަނާ އަހަރެން ހޯދާނެއޭ އަހަރެން ނުފެންނަންޏާ. އައިސްފާނެ ހޮސްޕިޓަލަށްވެސް. މިހާރުވެސް ޝައްކުކުރޭހެން ހީވަނީ.” މާހިންގެ ލޮލުގައިވާ ކަރުނަތައް ފޮހެލާފައި މަންމަ ކައިރީ ވާހަކަދައްކަމުން ދިޔައެވެ. “އެކްސްކިޔުޒްމީ” އަހަރެން، މާހިން އޮތް ރޫމް ގެ ދޮރުގައިވާ ބިއްލޫރިގަނޑުތެރެއިން މާހިން އާދިމާއަށް ބަލަހައްޓައިގެން ހުއްޓައި ނަރުހަކު އައިސް ޒިޔާރަތްކުރާ ގަޑި ހަމަވެއްޖެއޭ ކިޔާފައި އަހަރެން ހޮސްޕިޓަލުން ނެރުނެވެ.

“މަންމާ… މަންމާ.. ބައްޕަގެ ސްޓަޑީރޫމް ދޮރު ހުޅުވަދީބަލަ. ސްކޫލްއިން އެސައިންމެންޓެއް ހަދަން ހަވާލުކޮށްފިޔޭ…! އަޅުގަނޑު އެބަ ބޭނުންވޭ ބައްޕަގެ ޑަކުޓަރީ ފޮތެއް” އަހަރެންގެ މަންމަ ކައިރީ ބުނީމެވެ. އަދި ދޮރު ހުޅުވައިދިނުމުން ބައްޕަގެ މޭޒުމަތީގައި ބަހައްޓައިފައި ހުރިތަނުން ފޮތެއް ނަގައި ކިޔަން ފެށީމެވެ. “ދަރިފުޅާ! ގެއިން ބޭރަށް ނުދައްޗޭ. މަންމަ އަންނާނަން ބޮޑު ދައިތައަށް ފަތް ނޮޅާދީފަ. އަވަހަށް ނިދާތި ދޮރު ތަޅުލާފަ.” މަންމަ ކޮޓަރިން ނިކުންނަމުން ބުންޏެވެ. މިޔޮތީ ފައްކާ ގަޑިއެކެވެ. ގެޔަކު އެކަކުވެސް ނެތެވެ. ބައްޕަވެސް މިރޭ ނާދެވޭނެ ވާހަކަ ބުންޏެވެ. މަންމަވެސް ދިޔައީއެވެ. އަހަންނަށް ބޭނުންކަމެއް މިރޭ ކުރެވޭނެއެވެ. މަދުފަހަރަކު ނޫނީ މިކަހަލަ ރެޔެއް ނުލިބޭނެއެވެ. އަވަހަށް އަހަރެން ކުރަން ބޭނުންވާ ކަންތަކައިގެން އުޅުނީމެވެ.

ފުރަތަމަވެސް އަހަރެން ބޭނުންވީ މާހިންއަށް ވީ ކިހިނެއްތޯބަލާށެވެ. ބައްޕަގެ ލެޕްޓޮޕު ހުޅުވާލިއިރަށް ކޯޑެއް ޖަހަން އަރާފައި އިނެވެ. “02061973” މަންމަގެ އުފަންދުވަސް ޖެހީމެވެ. ނުބައެވެ. ބައްޕަގެ އުފަންދުވަސް ޖަހައިފީމެވެ. ނުހުޅުވުނެވެ. ވަރަށް ގިނައިރު އެކި އެއްޗެހި ޖަހައިގެން އެންމެ ފަހުން މޭޒުމަތީ ހުރި ގަނޑުއަޅާ ފޮއްޓެއްގެ އަރިމަތީގައި އިން 4 އަކުރު ޖަހައިފީމެވެ. ހުޅުވެއްޖެއެވެ. އަހަންނަށް ބޭއިޚްރިޔާރުގައި ހެވުނެވެ. ކުރިމަތީ ޕާސްވޯޑު ފެންނަން ހުއްޓައި އަހަރެން އެކި އެއްޗެހި ޖަހައިގެން ނުހުޅުވިގެން އުޅުނީމައެވެ.  ޑެސްކްޓޮޕުގައި އިން ފޯލްޑާ އެއް ހުޅުވައިފީމެވެ. އޭގައި ބައިވަރު މީހުންގެ ކޭސްތަކެއް ހުއްޓެވެ. ނަމަވެސް މާހިންއާއި ބެހޭ އެއްވެސް އެއްޗެއް ނެތެވެ. އެގަޑީ އަހަރެންގެ ހިތަށް އެރިއެވެ.” އެއްކަލަ ދުވަހު ބައްޕައަށް ކާން ގޮވަން އަހަރެން އައި އިރު ގެންގުޅުނު ފައިލުތައް އެޅީ ކޮންތާކަށްބާ؟” އަހަރެން ކަބަޑުތައް ހާވަން ފެށީމެވެ.

އިރުގަނޑެއްފަހެވެ. ހާވަމުން ދިޔަ ކަބަޑެއްގެ ތެރެއިން ނޫކުލައިގެ ފައިލެއް ލޮލުގައި އަޅައިގަތެވެ. ފައިލުގެ ބޭރުގައި އެހެން ފައިލުތަކާއި ޚިލާފަށް ރަތް ކުލައިން “ސޮޕައިނޮސެރެބެއްލާ އެޓެކްސިޔާ (އެސް ސީ އޭ ) ކޭސެސް އެންޑް ސްޓަޑީސް” ޖަހާފައިވެއެވެ. އަހަރެން އަވަހަށް ކަބަޑުތެރެ ރީތި ކޮށްލާފައި މަންމައަންނަން ވާއިރަށް ކޮޓަރިން ނުކުމެ ތަޅުލާފައި އަހަރެންގެ ކޮޓަރިއަށް އެ ފައިލު ހިފައިގެން ވަނީމެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ނޭނގޭ ބުނެދޭކަށް 3

Next

ނޭދެން ވަކިވާކަށް (14)

Next
March 3, 2020

ނޭދެން ވަކިވާކަށް (14)

Previews
March 3, 2020

ނޭނގޭ ބުނެދޭކަށް 3

2 Comments!

  1. Sheilev says:
    March 4, 2020 at 7:47 pm

    Whn nxtt …
    Salhi
    ???

    1. Anusha Mohamed says:
      July 20, 2020 at 4:33 pm

      already out. sorry for the late reply. just not getting enough time these days

Comments are closed.


All Right Reserved!