ޒައިންގެ އަތުގައި ހިފަހައްޓައިގެން އޭނާގެ ކުރިމަތީގައި އެހުރީ ޝިމާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ބުރަކައްޓަށް ލިބުނު އަނިޔަލެއްގެ ސަބަބުން ޝިމާޔާއަށް މީހެއްގެ އެހީތެރިކަމަކާ ނުލައި ކޮޅަށްހުރުމަކީ ދަތިކަމެކެވެ. “ދޮންބޭ!” ކުރެހިފައިވާ އަޑަކުން ޝިމާޔާ އޭނާގެ ކުރިމަތީގައި އިން ޝަމީމްއަށް ގޮވައިލިއެވެ. ޝިމާޔާ ޝަމީމްއާއި ދިމާލަށް ދާން އުޅުމުން ޒައިން ޝިމާޔާ ގެންގޮސް ޝަމީމް އިށީނދެލައިގެން އިން އެނދުގައި ބޭންދިއެވެ. އޭރުވެސް ޝަމީމް ހުރީ އެސްފިޔަ ޖަހައިވެސްނުލައި ޝިމާޔާއަށް ބަލަހައްޓައިގެންނެވެ. “ދޮންބޭ.” މިފަހަރު ޝިމާޔާ އަޑަށް ބާރުލަމުން […]
މެންދަމުގެ އަރާމް ހަމަހިމޭން ވަގުތުގައި މުޅި މާލެ ހަމަހިމޭން ނިންޖަކުން ނިދާލާފައިވާ ފަދައެވެ. މަގުމަތީގައި ދުއްވާފައިދާ މަދު އުޅަނދު ތަކެއް ފިޔަވައެވެ. ނަމަވެސް މިފަދަ ވަގުތެއްގައިވެސް ނިދަން ދިއުމުގެ ބަދަލުގައި އުޝާ އިނީ ކޮޓަރިއަށް ނުވަދެ ބެލްކަނީގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. އެ މޫނުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. އެ ލޮލުން ފެންނަމުންދަނީ ހުސްކަމެވެ. އެތަށް އިރަކު އެތާ އޮއްވާ އޭނާއަށް ސިހިފައި ތެދުވެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭނާއަށް މަޑުމަޑުން […]
މިސް ހުރީ މަށަށް ބަލަހައްޓައިގެން ސަލާން ނުގޮވާ މަޑު ކޮށްގެނެވެ. އަވަސްއަވަހަށް ކޮޅަށްތެދުވުނު ގޮތެއްވެސް ނޭނގެއެވެ. މީހާ ކުޑަކޮށްވެސް ދޮން ނަމަހީވެސް މަގޭ މުޅިމޫނު ލަދުން ރަތްވީހެވެ. މިސް ކައިރީގައި ހުރި ފިރިހެން ކުއްޖާވެސް ފެނުނީ ތެދުވި ފަހުންނެވެ. އޭނާވެސް ހުރީ މަށާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އަޅުވައިގެން ހުރި ކަޅު ދަބަހުގެ އަތްގަނޑުގައ އެއްއަތުން ހިފަހައްޓާލައިގެނެވެ. މިސް ސަލާމް ގޮވުމުން ސަލާމް ބަލައިގަތުމަށްފަހު އިށީނީ ހިތާހިތުން އެންމެނަށް ކުދި ކިޔަމުންނެވެ. މިކަމުގައި ކުށްވެރިކުރެވޭ ވަރުގެ މީހަކުނެތް […]
(ނޯޓް: ޔުނާންގެ އުމުރުން 27 އަހަރުގައި ސާޖަން އަކަށްވި) އެ އަންހެންކުއްޖާ އޭނާގެ އަތް މައްޗަށް ދެމުނު ވަގުތު އެ ލޮލުން ފެނުނު އާދޭހާއި ހިތްދަތިކަމާއެކު ދެލޯމެރުނު ވަގުތު ކޯތާފަތްމަތިން ތިރިޔަށް ދެމެމުންދިޔަ ކަރުނަތިކި ޔުނާންއަށް ފެނުނެވެ. ޔުނާންގެ ހިތުގައި އަންހެނުންނަށް ދެވިފައިވާ ނަފްރަތާއި، ރުޅިވެރިކަމާއި، ހަރުކަށިކަމާއިއެކުވާ އެ ހިލަ ހިތް މަޑު ކަފަކޮޅަކަށް ވިއިރުވެސް އޭނާއަށް ނޭނގުނެވެ. އޭނާގެ އުސޫލުތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބިމާއި ހަމަކޮއްލީ މިއަންހެންކުއްޖާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސައްވެސް ނޭނގިއެވެ. […]
(ނޯޓް: މަލް ބަލިވެ އުޅޭތީވެ އެހާ ދިގުކޮށް ނުލިޔެވުނު ކަމަށްޓަކައި މާފަށްއެދެން. ނަމަވެސް ދެން އަންނަ ބައި ދިގުކޮށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން.) މިޝެލިންއަށް ބަލާލާފައި ޔުނާން އެ ފެންތަށީގައި ހިފިއެވެ. ރުޅިގަނޑު ހިނދާލަން އުޅުނަސް އެކަމެއް ނުވިއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން އެ ރުޅި ކޮންމެސް ސިފައެއްގައި ބޭރުކުރަން ބޭނުން ވުމުން އަތުގައި އިން ބިއްލޫރިތައްޓަށް ބާރުކޮށްލީނުން ތަށި ދިޔައީ އަތަށް ތެޅިގެނެވެ. އެވަގުތު ލޭތަށް ފައިބައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ތޫނު ހަޅޭކެއްގެ އަޑު ބޭރުވިއިރު މިޝެލިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލޭތައް ފައިބައިގަތް މަންޒަރުފެނިފައި ބޮލަށް އެނބުރުން އަރާގޮތްވި ނަމަވެސް ހިތްވަރުކޮށް ފައި […]
“ޒައިން އޯކޭ ނަޔަސް. ޒައިން އެތަން ސާފުކުރޭ އިނގެ. ސާފުކޮށް ނިންމާފަ އާދޭ. އަހަރެން އެހާ ޙާލު ދެރައެއް ނޫނޭ. އޯކޭ!” ޒައިން އެމްބިއުލެންސަށް އަރަން ހެދުމުން ޝަމީމް ބުންޏެވެ. ޒައިން ފުރަތަމަ ކޮޅު އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ޝަމީމް ކުރުނުކޮށް ކިޔަން ފެށުމުން ޒައިން އެންމެފަހުން އެއްބަސްވެ އެމްބިއުލެންސް އިން ނުކުތެވެ. ޒައިން އޭގެން ފޭބުމުން އެމްބިއުލެންސް ސައިރަން އަޅައިފައި އޭގެ މަންޒިލަށް ދާން ސްޓާޓްކޮށްލިއެވެ. ލޮލުގެ ކޮޅަށް އެމްބިއުލެންސް އޮބައިލުމުން ޒައިން ގޭތެރެއަށް […]
ގެއަށް އައި މަގުމަތީގައިވެސް ގެއަށް އައި ފަހުންވެސް ދަހުލާންގެ ޚިޔާލުތަކުގައިވީ އާލިޔާއެވެ. އެ ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ދަހުލާން ހިތަށް ފިނިކަން ވެރިވެއެެެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އޮށޯވެ ދަހުލާންއަށް ވިސްނެމުން ދިޔައީ އާލިޔާއާއި މެދުގައެވެ. އެ އަންހެން ކުއްޖާ ރަނގަޅަށްވެސް އޭނާ ޖާދޫގައި ޖައްސައިފިއެވެ. ދަހުލާންއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. މަންމަގެ ކަންބޮޑުވެފައިވި މޫނު ފެނި ފުންމައިގެން ތެދުވެވުނެވެ. “ޑޭން މަންމަ ކިރިޔާއޭ ބިރުން ހަލާކު ނުވީ. ސްޓެފް ކާން އައިސް […]
އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ވަރަށް ނުވާ ކަމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ. މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ. ހަޔާތުގެ އެއް […]
ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ. ******************************************************* އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މައިރާހުއްޓެވެ. އަތުގައި އޭނަ ލިޔަން […]