Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 5 –

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
March 9, 2020 2 Mins Read
17 Comments

(ނޯޓް: މަލް ބަލިވެ އުޅޭތީވެ އެހާ ދިގުކޮށް ނުލިޔެވުނު ކަމަށްޓަކައި މާފަށްއެދެން. ނަމަވެސް ދެން އަންނަ ބައި ދިގުކޮށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން.)

 

މިޝެލިންއަށް ބަލާލާފައި ޔުނާން އެ ފެންތަށީގައި ހިފިއެވެ. ރުޅިގަނޑު ހިނދާލަން އުޅުނަސް އެކަމެއް ނުވިއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން އެ ރުޅި ކޮންމެސް ސިފައެއްގައި ބޭރުކުރަން ބޭނުން ވުމުން އަތުގައި އިން ބިއްލޫރިތައްޓަށް ބާރުކޮށްލީނުން ތަށި ދިޔައީ އަތަށް ތެޅިގެނެވެ. އެވަގުތު ލޭތަށް ފައިބައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

ތޫނު ހަޅޭކެއްގެ އަޑު ބޭރުވިއިރު މިޝެލިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލޭތައް ފައިބައިގަތް މަންޒަރުފެނިފައި ބޮލަށް އެނބުރުން އަރާގޮތްވި ނަމަވެސް ހިތްވަރުކޮށް ފައި ޔުނާންގެ އަތުގައި ހިފާލިއެވެ. ދެލޯ ކަރުނުން ފުރުނުއިރު ދެތުންފަތް ފޫއަޅުވާލާފައި މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. ޔުނާންގެ އަތުން ދޫކޮއްލަމުން ފަސްޓްއެއިޑް ބޮކްސް ނަގައިގެން އައި ވަގުތު ޔުނާން ކުރަން އިން ކަންތަށް ފެނިފައި ހަޅޭއްލަވައިގަނެވުނެވެ.

“މިޝެލިން…ބިއްލޫރިކޮޅެކޭ މި ނައްޓާލީ…” ފުންކޮށް އަތަށް ވަދެފައިވާ ބިއްލޫރިކޮޅު ނައްޓާލިއިރު އެތަނުން ހޯސްލާފައި ލޭތަށް އޮހިގަތެވެ. ޔުނާންއަށް ތަދުވެސް އިހުސާސް ނުވާފަދައެވެ. މިޝެލިން ޔުނާންގާތަށް ގޮސް އެ އަތް ސާފުކޮއްލަދީފައި ބޭސްއަޅާލި އިރުވެސް ޔުނާން ބަހެއްވެސް ނުބުނެ މިޝެލިންގެ ހަރަކާތްތަކަށް ބަލަންއިނެވެ.

“ޔުނާން..ދެން މިކަހަލަ ކަމެއް ނުކުރަށްޗޭ..ހީވީ އަހަރެންގެ ހިތް ހުއްޓުނުހެން..” ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތަށް އޭގެ މަގާމު ދޫކޮށް ފައިބައިގަތުމުން މިޝެލިން ބުނެލީ ކަރުނަތަށް ފުހެލާފައި ޔުނާންއާ ހަތަރުކަޅި ހަމަކޮއްލަމުންނެވެ.

“ހެއް..އެހާވެސް ލޯބިވޭތަ..” ހީލަމުން ޔުނާން ބުނެލީ މިޝެލިންގެ އަމަލުތަށްހުރި ގޮތުންނެވެ. މިޝެލިންގެ ކޯތާފަތަށް މަޑު ރަތް ކުލައެއްވެރިވީ ދެންމެ އުޅެވުނު ގޮތް ހަނދާންވެފައެވެ. ޔުނާން މިޝެލިންއާ ހަތަރުކަޅިހަމަކޮށްލަމުން އެހެން ބުނެލިއިރު އެދެލޮލުގައިވީ ބާރަކުން މިޝެލިންގެ އަތާއި ފައި ފިނިވެގެންދިޔައެވެ.

“އަމް..ނޫ..އަ..ޔެ…ޑޯންޓް ނޯ…” އާގަނެގަނެފައި މިޝެލިން ބުނެލީ ޔުނާންއާ ހަތަރުކަޅި ހަމަކޮށްލާފައި އިސްޖަހާލަމުންނެވެ. ނަމަވެސް ޔުނާންއަށް އެ ދެލޮލުގައިވާ އަސަރުން ހުރިހާ އެއްޗެއް ދެނެގަނެވުނެވެ.

“އެއްހެ..ޔޫ އާ ޑިފަރެންޓް..” މިޝެލިންގެ މައުސޫމް ހަރަކާތް ތަކަށް ބަލަން ހުރެފައި ޔުނާން ބުނެލުމުން މިޝެލިން ލަދުގަތް ވަރުން ލަދު ގަހެއްހެން އިސްޖަހާލެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހަމަހިމޭންކަން ނެތިގެންދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލިއަޑު އިވުމުންނެވެ.

“ވަދޭ..”

“ބްރޯ..” ކޮޓަރީ ދޮރުހުޅުވާލާފައި އެއްބުމަ ހިތްލާލަމުން ޔައިޝް ބުނެލީ ކަމެއް ހަނދާން ކޮއްލަދިންފަދަ ގޮތަކަށެވެ. ޔުނާން އެނގެއޭ ބުނާފަދައަކުން ބޯޖަހާލާފައި މިޝެލިންގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތުމުން ޔައިޝް ވެސް ދާން ހިނގައިގަތެވެ.

ކާކޮޓަރީގައި މަރުފަދަ ހަމަހިމޭންކަމެއް ވެރިވެފައިވިއެއްކަމަކު ވާހަކަ ދައްކަން އެކެއްވެސް ބޭނުން ނުވަނީ ކަންނޭނގެއެވެ. ޒޯހަން މިޝެލިންއަށް ބަލަމުންދިޔަ ގޮތުން މިޝެލިންއަށް އުނދަގޫވަމުންދިޔައިރު ޔުނާން އިނީ އަތް މުއްކަވާލައިގެން ކަތުރުކަށިގަނޑަށް ވާންކޮއްލައިގެން އަލިފާންކަނި ބުރަމުންދިޔަފަދަ ދެލޮލުން ޒޯހަން އަންދާލެވޭނަމަ އެކަންވެސް ކުރާނަމޭ ބުނާފަދަ ގޮތަކަށް ޒޯހަން އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޔައިޝްގެ ހަވަނަ ހިއްސަށް މި ހުރިހާ ކަމެއް ނަގައިގަނެވުމާއެކު ޔާއިންއާ ވާހަކަ ދައްކަން ފެއްޓީ ޔާއިންއަށް ކަމެއް ފާހަގަވެލައްވަފާނެތީހެންހީވެއެވެ. ޔަޝާ އާ ޒީހާ ކޮންމެސް ވާހަކައެއްގައި ތިބިއިރު އެހެން ކަމަކަށް އެހާބޮޑު ސަމާލުކަމެއް ދެމައިންކުރެ އެކަކުވެސް ނުދެއެވެ.

“ދަރިފުޅާ ޔުނާން…މިޔަދު ނުކާ ދުވަހަކީތަ؟..” ޔައިޝްއާ ވާހަކަދައްކަން އިން ޔާއިންއަށް ޔުނާން ކާންނުފައްޓައި އިނުމުން އެއްސެވެ. ޔުނާން ދެލޯ މަރާލީ ބައްޕައަށް އެ ދެލޮލުގައިވި އަލިފާން ރުޅީ ދައްކަން ބޭނުން ނުވުމުންނެވެ. އިރުކޮޅަކުން ލޯ ހުޅުވާލާފައި ޔާއިންއާ ހަތަރުކަޅި ހަމަކޮއްލަމުން ހިނިތުންވެލާފައި މި ކާން ފައްޓަނީ އޭ ބުނެލިއެވެ.

“ދަރިފުޅާ..މިޔަދު ކޮން ހަނގުރާމައެއް ޒޯހަން އާ ދަރިފުޅާ ދޭތެރޭ ހިނގީ..” ޔުނާންއާ ޒޯހަންއަށް ބަލާލަމުން ޔާއިން އެއްސެވެ. މިއީ އަދި އަލަށް ވީކަމެއް ނޫނެވެ. ޒޯހަންއާ ޔުނާން އާ ދޭތެރޭގައި ތަޅާފޮޅުމަކީ އާންމުކަމެކެވެ. ލޭގެ ގުޅުމެއް ނެތަސް ޒީހާ އާ ޔާއިން އިނުމުން ޒޯހަން އާއި ޔުނާންއަކި އެހެން މީހުންގެ ނަޒަރުގައި “އެއްބަނޑު އެއްބަފާ” ދެބެއިންނެވެ.

“ޑޭޑް..ޔުނާން ކޮންމެސް ކަމަކާ މާ ރުޅީގަދަވެފަ ކުރީ ކަންނޭނގެ..އަޅުގަނޑު ހިނގާފަ ކޮޓަރިއަށް ދާން އުޅެނިކޮށް ނުބަލާ ހިނގާފަ ދެވުނު ގަޑީގަ ޔުނާން ގައިގަ ޖެހުނީމަ ރުޅިގަދަވެގެން ފައިޓެއް ފެއްޓީ..” ވަރަށް ހަމަޖެހިލައިގެން އިނދެ ޒޯހަން ބުނެލިގޮތުން ހީވަނީ ހަމަ އަސްލުވެސް ހިނގި ހާދިސާއަކީ އެއީ ހެންނެވެ.

“އަޅުގަނޑަށް ހީވަނީ މިޝެލިންއާ ދޭތެރޭ ހިގި ކުޑަ ހަމަނުޖެ………………..” ދެން ފިއްތައިލާ ފިތަކުން ބޮން ގޮވާނެކަން އެނގިހުރެވެސް ޒޯހަން އެހެން ބުނެލިއިރު އެ ޖުމުލަމެދުކެނޑިގެން ދިޔައެވެ.

“ޝަޓްއަޕް….ޖަސްޓް ޝަޓްއަޕް..” ކުއްލިއަކަށް ކޮޅަށްތެދުވަމުން މޭޒުމަތީގައި މުއްކެވިފައިވާ އަތުން ނިކަން ބާރަށް ޖަހާލަމުން ބުނެލިއިރު ޔުނާން ހުރީ އެ ނުރައްކާތެރި ރުޅިވެރިނަޒަރުން ޒޯހަންއާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ރީތި ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. ދެން ޔުނާން ކޮއްލިކަމަކުން އެންމެން ހައިރާންވިއެވެ. ޔައިޝް އާއި ޔާއިން ފިޔަވައެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

ލޯބިން އަތުގައި ހިފާލާށޭ…

Next

ރާސްތާ2 47

Next
March 9, 2020

ރާސްތާ2 47

Previews
March 8, 2020

ލޯބިން އަތުގައި ހިފާލާށޭ…

17 Comments!

  1. Yanaa says:
    March 9, 2020 at 6:56 am

    Get well soon malkko❤❤
    mi part ves Varah varah varah reethi…???????????
    maa sha Allah ❤❤❤❤❤❤❤
    curiously waiting for the next part.???????????
    ❤❤❤❤ly malkko ❤❤❤❤

    1. Malsa Moosa says:
      March 9, 2020 at 7:33 pm

      Awww..thankx yana..♥

    2. Malsa Moosa says:
      March 9, 2020 at 7:34 pm

      I hope u all will like this part 2..
      .love ya all ♥

  2. magnumm says:
    March 9, 2020 at 7:01 am

    oh my god…ended with a curious ending???…i stared my eyes to the story till to end???…it was fabulous I guess???…whn next bronthey…n btw GWS soon ngeyy… vrh dhera vehje bali vhk bunyma???mihaaru ol nuvaathy neyguny…nd insha allah mid term holiday nimunyma ol vaanan ngeyyy…luv uuu❤❤❤

    1. Malsa Moosa says:
      March 9, 2020 at 7:35 pm

      Aww..thankx brother..insha allah varah avahah next part up kohlla dhynan..thankx..alhey..iss okk eyy bro..i will wait..take care brother.♥

  3. Lamko says:
    March 9, 2020 at 8:05 am

    Mallu sifakurunthah varah furihama….vvv reethi mi part vc????whn nxt…..curiously waiting for the nxt part….ly…missed u a lot?????

    1. Malsa Moosa says:
      March 9, 2020 at 7:36 pm

      Thankx lamkko.
      ♥

  4. Kairaa says:
    March 9, 2020 at 1:48 pm

    Get well soon mallu????… BTW mi part Hama varah reethi… Varah furihama… And Whn nxt…. Waiting for the nxt part… Ly and miss you…

  5. malsamalkkomal says:
    March 9, 2020 at 7:36 pm

    Thankx kai♥

  6. NooYas says:
    March 9, 2020 at 7:52 pm

    Ow come on dear. Its OK. Mi part es reethi ingey. V curious vejje hama. Mi vaahaka v unique hen heevanee. Anyways get well soon dear. Will wait for the next part. Love you malsa. ❤️❤️❤️???❤️?❤️?❤️?

    1. malsamalkkomal says:
      March 11, 2020 at 11:19 pm

      thankx dhonthy..ly 2

  7. Iraish says:
    March 9, 2020 at 8:10 pm

    Very nice waiting for nxt
    Mal thee hinnavaru kujjehtha

    1. malsamalkkomal says:
      March 11, 2020 at 11:20 pm

      thankx Iraish..Eheh,,Nope,

  8. Aashy says:
    March 9, 2020 at 9:26 pm

    get well soon mal……….❤❤❤
    mi part v salhi………kon kamehbaaa ekohlly yunaan

  9. malsamalkkomal says:
    March 11, 2020 at 11:21 pm

    thankx Aashy..Ahah..balamaa dhw

  10. Naaisher says:
    March 12, 2020 at 7:04 pm

    Mi prt v reethi.. Dhn kn iraku nxt prt up kohdhenii…

  11. malsamalkkomal says:
    March 16, 2020 at 3:29 am

    ޝުކުރަން

Comments are closed.


All Right Reserved!