Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ސާދަވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 14, 2020 7 Mins Read
15 Comments

ޒައިންގެ އަތުގައި ހިފަހައްޓައިގެން އޭނާގެ ކުރިމަތީގައި އެހުރީ ޝިމާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ބުރަކައްޓަށް ލިބުނު އަނިޔަލެއްގެ ސަބަބުން ޝިމާޔާއަށް މީހެއްގެ އެހީތެރިކަމަކާ ނުލައި ކޮޅަށްހުރުމަކީ ދަތިކަމެކެވެ. “ދޮންބޭ!” ކުރެހިފައިވާ އަޑަކުން ޝިމާޔާ އޭނާގެ ކުރިމަތީގައި އިން ޝަމީމްއަށް ގޮވައިލިއެވެ. ޝިމާޔާ ޝަމީމްއާއި ދިމާލަށް ދާން އުޅުމުން ޒައިން ޝިމާޔާ ގެންގޮސް ޝަމީމް އިށީނދެލައިގެން އިން އެނދުގައި ބޭންދިއެވެ. އޭރުވެސް ޝަމީމް ހުރީ އެސްފިޔަ ޖަހައިވެސްނުލައި ޝިމާޔާއަށް ބަލަހައްޓައިގެންނެވެ. “ދޮންބޭ.” މިފަހަރު ޝިމާޔާ އަޑަށް ބާރުލަމުން ޝަމީމްއަށް ގޮވައިލިއެވެ. ޝަމީމްއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. އޭނާގެ ކޮއްކޮ ހެޔޮޙާލުގައި އޭނާގެ ކުރިމަތީ އިންތަން ފެނުމުން ޝަމީމްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “ޝިމް… ދޮންބެގެ ޝިމް ހަމަ އެހާ އަވަހަށް ރަނގަޅުވީތަ؟” ޝިމާޔާ ގެ ގާތަށް ޖެހިލައި ޝިމާޔާގެ ކޮލުގައި ހިފަހައްޓައިލަމުން ޝަމީމް ޤަބޫލުކުރަންދަތިވެފައިވާ ރާގެއްގައި އަހައިލިއެވެ. “ބުރަކަށީގަ ބޭސް އަޅާފަ. ރުކެއްހެން ދެއަރިއަށް ހެލިލަ ހެލިލައެއް ނޫޅެވޭނެ. އެކަމްވެސް އައިމް ޓޯޓަލީ ފައިން ދޮންބޭ.” ވަރަށް މަޖާވެލައިފައި އިނދެ ޝިމާޔާ ބުންޏެވެ. “މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. ޝިމް މިހާރު އެހުރީ މަގޭ ކުރިމަތީ ހެޔޮޙާލުގަ.” ޝަމީމްގެ ލޮލުން ކަރުނަ އަންނަ ޙާލު އޭނާ ބުންޏެވެ. ޒައިން ވެސް މި މަންޒަރު ފެނި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ. މިނެޓްތަކެއް ފަހުން ނައިޒަކް ޝިމާޔާގެ ބޭސްކޮތަޅު ހިފައިގެން އައިސް އެ ރޫމަށް ވަނެވެ.

އޭގެ ދެދުވަސް ފަހެވެ. ޝަމީމްމެން މުޅީންހެން ރަނގަޅުވެ ހޮސްޕިޓަލުން އެމީހުން ދޫކޮށްލެވުނެވެ. ނަމަވެސް ޝިމާޔާއަށް ހިނގުމުގައި ކޮންމެވެސް ވަރަކަށް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. މަޑުމަޑުން ހިނގުނެއްކަމަކު ބައެއްފަހަރު ޝިމާޔާ އަރިއަޅާލައެވެ. އަދި އަނެއްބައިފަހަރު ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެއްޓޭފަހަރުވެސް އާދެއެވެ. އެހެންކަމުން މަގުމަތީގައި އުޅޭއިރު ޝަމީމް އަބަދުވެސް ހުންނަނީ ޝިމާޔާގެ އަތުގައި ހިފަހައްޓައިގެނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒައިން ޝިމާޔާއަށް މީރު ކާއެއްޗެހި ގެނެސްދެއެވެ. ކޮންމެކަމެއްގައިވެސް ޝިމާޔާއަށް ޝަމީމްއާއި ޒައިންގެ ފުރިހަމަ އެހީތެރިކަން ލިބެއެވެ. މިކަމާ ޝިމާޔާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުންގޮސް ދެ މަސް ފާއިތުވެގެން ހިނގައްޖެއެވެ. މި ދެމަސްތެރޭ ޝިމާޔާ އެއްކޮށް ރަނގަޅުވެ އަމިއްލައަށް އިޅެވޭވަރުވިއެވެ. ހަމަ މިއާއި އެއްކޮށް ޝިމާޔާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއްވެސް އައިސްފައެވެ. ކުރިއާއި ޚިލާފަށް މިހާރު ޝިމާޔާ އަޅުކަންތަކަށް ދޭ ސަމާލުކަން އިތުރުވެފައިވެއެވެ. ހަށިގަނޑަށް ބާރު ހެދުން ލުމުގެ ބަދަލުގައި މިހާރު ޝިމާޔާ ލަނީ ވީހާވެސް ހަށިގަނޑަށް ދޫ ހެދުންތަކެވެ. އަދި ޝިމާޔާ ގެންގުޅޭ އިންސްޓަގްރާމް އައިޑީ ބްލޮކްކޮށް އާ އައިޑީ އެއް ހެދިއެވެ. މިފަހަރު ދީނީ ބޮޑެތި ޢިލްމުވެރިންނަށް މަލާމާތްކުރުމުގެ ބަދަލުގައި އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެމީހުންނަށް ތަޢުރީފުކުރިއެވެ. ކުރިން އެ މޫނުމަތިން ފެންނަން ހުންނަ ބޮޑާކަމާއި ކިބުރުވެރިކަން މިހާރަކު އެ މޫނުމައްޗަކުން ނުފެނެއެވެ.

ޝިމާޔާއަށް މިއައި ބަދަލާއިއެކު ޝަމީމް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާގެ ކޮއްކޮއަށް ހެޔޮވިސްނުން ދެއްވީތީ މާތްﷲ އަށް ޙަމްދުކުރެވުނު އަދަދެއްވެސް މިހާރަކު ޝަމީމްއަށް ނޭނގެއެވެ. ފާއިތުވި ދެމަސްދުވަސްތެރޭ ޝަމީމް ކުރި މަސައްކަތުގެ ނަތީޖާ މިއަދު ވަރަށްވެސް ފޮންޏެވެ. ކުރީގައި އަބަދު ޝިމާޔާއާއި ހެދި ބޯހާސްވެގެން އުޅުނުއިރު މިހާރު އެ ހާސްކަން ވަނީ އެކީ ފިލައިގެން ގޮހެވެ. ޝިމާޔާ ދެން ނުބައި މަގަކަށް ނޭޅޭނެކަމުގެ ފުރިހަމަ ޔަޤީންކަން މިހާރު ޝަމީމްއަށް އެބައޮތެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ކޮފީތައްޓެއް ހިފައިގެން ސިޓިންގްރޫމުގައި ޓީވީ ބަލަން ޝިމާޔާ އިނެވެ. ގޭގެ ބޮޑުދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ޖެހި އަޑަށް ޝިމާޔާ ދޮރާއި ދިމާލަށް ބަލައިލިއެވެ. އޭރު ދޮރު ހުޅުވައިފައި ޝަމީމްއާއި ޒައިން އެތެރެއަށް ވަންނަނީއެވެ. ޝިމާޔާގެ ނަޒަރު ހުއްޓުނީ ޝަމީމްގެ އަތުގައި އޮތް ރައުންޑްވަން ބުކްޝޮޕް ކޮތަޅާއި ދިމާލަށެވެ. “ދޮންބޭ. ތީ ކޯއްޗެއްތަ؟” ޝަމީމް އައިސް ޝިމާޔާ ގާތުގައި އިށީނުމުން ޝިމާޔާ އަހައިލިއެވެ. އެއްވެސް ޖަވާބެއްނުދީ ހިނިތިންވެލައިގެން އިނދެ ޝަމީމް އެ ކޮތަޅުގައި ހުރި އެއްޗެހި ނަގަން ފެށިއެވެ. ަައޭރު ޒައިންގެ ތުންފަތުގައިވެސްވީ ހިނިތުންވުމެކެވެ. ޝިމާޔާއަށް ގެނައި ހަދިޔާތައް ފެނުނީމައި ޝިމާޔާ އުފާވާނެވަރު ހިތަށް އަރައި ޒައިންގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

“ވާއު.” ޝަމް އެ ކޮތަޅުން ނެގި ފޮތްތައް ފެނި ޝިމާޔާއަށް ބުނެވުނެވެ. އެ ފޮތްތަކަކީ އަބަދުވެސް ޝިމާޔާ ކިޔަން ބޭނުންވި ފޮތްތަކެކެވެ. ނަމަވެސް މާޒީގައި ކަން ހިނގައިފައިވާ ގޮތުން ޝިމާޔާއަށް އެއިން ފޮތެއް ކިޔައިލާކަށް ނުލިބުނެވެ. މަޝްހޫރު އިނގިރޭސި ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީންގެ ފަސް ވާހަކަ ފޮތް ފެނިފައި ޝިމާޔާ އެ ވާހަކަ ފޮތްތައް ޝަމީމްގެ އަތުން އަތުލިއެވެ. “އަޅޭ. ދޮންބެ ހަނދާންވެސް އެބަހުރިތަ؟” ފޮތްތަކަށް ވަކިވަކިން ބަލައިލަމުން ޝިމާޔާ އަހައިލީ އުފާވެފައި ހުރެއެވެ. ގައިމު ޝިމާޔާ އެ ފޮތްތަކުގެ ވާހަކަ ޝަމީމް ގާތުގައި ދެއްކީ އޭނާ ގްރޭޑް ނުވައެއްގައި އުޅުނުއިރުއެވެ. “ކީއްވެތަ ހަނދާންނެތެންވީ؟ ޝިމް އެދޭ ކަންތައްތަކެއް ދޮންބެ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެޔޭ.” އުފާވެރިކަމުން ފުރިގެންވީ ޝިމާޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ޝަމީމް ބުންޏެވެ. “ތެންކްސް ދޮންބޭ. ސޯ ސްވީޓް އޮފް ޔޫ.” މިހެން ބުނެ ޝިމާޔާ އެ ފޮތްތައް ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

އާއިލާ އެންމެން މެންދުރުގެ ކެއުމަށް އިންސާފްކުރަން ތިއްބެވެ. އޮލަ ވާހަކަތަކެއް ދައްކަމުން އެންމެން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އެންމެންގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. “އޭ މާދަން މީ ކޮންދުވަހެއްތަ؟” ވަށްކަޅިން ނައިޒަކް އާއި ދިމާލަށް ބަލައިލަމުން އާރިޝް އަހައިލިއެވެ. “އަންގާރައެއްނު. އެވަރުވެސް ނޭނގޭތަ؟” ވަރަށް އާދައިގެ ގޮތަކަށް ރިޝާނާ ބުންޏެވެ. ރިޝާނާ ވާހަކަދެއްކި ރާގުން އާރިޝް އަނގައަށް ވައްތަރެއް ޖައްސައިގެން ރިޝާނާއާއި ދިމާލަށް ބަލަން އިނެވެ. “ނޫނޭ އެވަރު އެނގޭ. އެކަމަކު އަސްލު މާދަން މީ ކޮންދުވަހެއްކަމެއް ރިޝޫއަކަށްވެސް ނޭނގެއެއްނު. އެވަރުވެސް ނޭނގޭތަ؟” އާރިޝް ރައްދުދިނީ ހަމަ ރިޝާނާ ވާހަކަދެއްކި ރާގުގައެވެ. އެއާއިއެއްކޮށް ރިޝާނާ އާރިޝްއާއި ދިމާލަށް ލޯ އަޅައިލިއެވެ. އާރިޝްވެސް ވަކި ދެރަނުވާންވެގެން ރިޝާނާ އާއި ދިމާލަށް ދޫނެރި ވައްތަރެއް ޖައްސައިލިއެވެ. މި މަންޒަރު ފެނި އެހެންމީހުން ތިބީ ބަނޑަށް ހޭށެވެ. ބާރަށް ހެވައިގަނެފިނަމަ ސަކަރާތްގަނޑު ފެށިދާނެތީ އެންމެންވެސް ނުހޭން ވަރަށް މަސައްކަތްކުރަމުން ދިޔައެވެ. އަސްމާވެސް އިނީ ބާރަށް ހެވިދާނެތީ ހިނިގަނޑު ހިފަހައްޓައިލައިގެންނެވެ.

ދަރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަށް މާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ހެޔޮލަފާ ރަނގަޅު ޞާލިޙު ދަރިންތަކެއް އަސްމާއަށް ދެއްވީތީ އޭނާ އަބަދުވެސް މާތްﷲ އަށް ޝުކުރުވެރިވެއެވެ. ނަމަވެސް އަދި އަދަށްދާންދެން އޭނާއަށް އެއްކަމެއް ފުރިހަމައެއްނުކުރެވެއެވެ. އޭނާއަށް އަދިވެސް ޒައިންގެ ޙަޤީޤަތެއް އެއިން އެއްވެސް ކުއްޖަކު ކައިރީގައި ނުބުނެވެއެވެ. ކޮންމެއަކަސް މިކަހަލަ ޚިޔާލުތަކެއްގައި ހުރެ ކޮޓަރިއަށް ވަތް އަސްމާއަށް ނޭނގުނުކަމަކީ ޒައިން އެމީހުނާއި ގާތަށް އައުން ގާތްވެފައިވާކަމެވެ. ޒައިންގެ ޙަޤީޤަތް އެންމެންނަށް އެނގި ހާމަވާކަށް މާކަ ގިނަދުވަހެއް ދެން ނެތްކަމެވެ.

ކޮޓަރިއަށް ވަތްގޮތަށް އެންމެ ފުރަތަމަވެސް ރިޝާނާ ސޯފާ މައްޗަށް ވެއްޓިގަތެވެ. ސޯފާ މަތީ އޮތް ފޯނު ހުޅުވައިލުމާއިއެކު ރިޝާނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އާރިޝް މިއަދު ދެއްކި ވާހަކަތައް ރިޝާނާއަށް ނަގައިގަނެވުނީ އެވަގުތުއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމާއެެވެ. މާދަމައަކީ ނައިޒަކްއަށް ބާވީސް އަހަރު ފުރޭ ދުވަހެވެ. ރިޝާނާގެ ހަނދާނަށް އައީ އޭނާ އެ ފޯނުގެ ‘ނޯޓްސް’ އެޕްލިކޭޝަންގައި އެ މަޢުލޫމާތު ލިޔެ ސޭވްކުރި ހަނދާނެވެ. މިރޭ އެ ގޭގައި ބޮޑު ކަންތައްގަނޑެއް ހިންގައިލާނެއޭ ހިތާއި ރިޝާނާ ފާޚާނާ އަށް ވަނީ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލުމުގެ ނިޔަތުގައެވެ.

ރޭގަނޑުގެ ވަގުތެވެ. ޢިޝާ ނަމާދުކޮށްލައިގެން ގޭގެ އަންހެންވެރިން ދެބަޔަކަށް ބެހިލައިގެން މަސައްކަތް ފަށައިގަތެވެ. ރިޝާނާއާއި އުޝާއަށް ގޭތެރެ ޒީނަތްތެރިކުރުމަށް ޙަވާލުކުރުމަށްފަހު އަސްމާއާއި މުނީޝާ ވަނީ ބަދިގެއަށް ކައްކާށެވެ. އެމީހުން އާރިޝްއަށް ޙަވާލުކުރި މަސައްކަތަކީ މެންދަމު ބާރަ ޖަހަންދެން ނައިޒަކް ގެއަށް ވަނަނުދީ ބޭރުގައި ހިފަހައްޓައިލުމެވެ. މިއަދު ހަވީރު އާރިޝް ގަނެދިން އެއްޗެހިތަކުގެ އެހީގައި ރިޝާނާމެން ގޭތެރެ ޒީނަތްތެރިކުރަމުން ދިޔައެވެ. ބާވީހަކީ އަބަދުވެސް ނައިޒަކްއަށް ޙާއްޞަ ނަމްބަރެއްކަމުން އެމީހުން ބޭނުންވީ މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްދޭށެވެ.

“ތިއްތިބޭ ދެން ހާދަ ބަނޑުހައޭ. ހިނގާބަލަ ގެއަށް ދާން.” ރަސްފަންނުގައި ހަދައިފައި ހުރި ހަޓުތަކުން ހަޓެއްގައި އިށީނދެގެން އިން ނައިޒަކް ޝަކުވާހެ ރާގަކަށް ބުންޏެވެ. ކައިރީގައި އިން އާރިޝް އެއަޑު އިވޭކަމަށްވެސް ނުހަދައި ފޯނާއި ކުޅެން އިނެވެ. ނައިޒަކް އާރިޝްގެ ކޮނޑުގައި ކޮށްޓަން ފެށުމުން އާރިޝް ފޯނު ބާއްވައިފައި ނައިޒަކްއާއި ދިމާލަށް ބަލައިލިއެވެ. “ދެން އިރުކޮޅަކުން ދާނީ. އިހަށް އަހަރެން ބޭނުން މިތާގަ ވައިޖައްސާލަން އިންނަން. އަހަރެން އެކަނި ނުއިންނަންވެގެން ޒެކް ގޮވައިގެން މިތަނަށް މި އައީ….. އެހެންނޫނަސް އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ.” މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ސީރިއަސް ރާގެއްގައި އާރިޝް ބުންޏެވެ. “ކޮން ވާހަކައެއްތަ؟” އާރިޝްގެ ސީރިއަސްކަން ފެނި ނައިޒަކްއަށް ވެސް ސީރިއަސްވެވުނީއެވެ. ފަހަރެއްގައިވެސް އާރިޝް އެކްޓް ޖައްސަނީއެކޭ ނައިޒަކްގެ ހިތަކަށް ނާރައެވެ. އާރިޝް ވަގުތުން އޭނާގެ ވިސްނުން ބޭނުންކޮށްގެން މޮޅު ޚިޔާލެއް ރައިވާލަމުން ނައިޒަކްއާއި ވާހަކަދައްކަން ފެށިއެވެ.

ސިޓިންގްރޫމުގައި ޓީވީ ބަލަން އިން ޝަމީމް ސިހިގެން ދިޔައީ އޭނާގެ ފޯނަށް ނޮޓިފިކޭޝަނެއް އާއި އަޑު އިވުމުންނެވެ. ފޯނު ނަގައި ބަލައިލިއިރު އައިއްސަ އޮތީ އާރިޝްގެ މެސެޖެކެވެ. “އިޓްސް ޔުއަރ ބެސްޓީސް ބާރތްޑޭ ބްރޯ. ޓްވެލްގަ އަންނައްޗޭ އަހަރުމެންގެއަށް ތިގޭ ކުދިންކޮޅު ގޮވައިގެން.” މެސެޖު ކިޔައިލެވުމާއިއެއްކޮށް ޝަމީމްއަށް ފުންމައިގެން ތެދުވެވުނެވެ. އަވަހަށް އޯކޭ އޭ ބުނެ އެ މެސެޖަށް ރިޕްލައި ދިނުމަށްފަހު ޝަމީމް ހިނގައިގަތީ ޒައިންގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރު ތަޅުނުލާ ހުރުމުގެ ސަބަބުން ނުލާހިކު ފަސޭހައިން ދޮރު ހުޅުވުނެވެ. މޭޒުކައިރީ ފޮތެއް ހިފައިގެން އިން ޒައިން ފެނި ޝަމީމްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. “ކިހިނެތްވީ ޝަމީމް؟” ކޮޓަރި ދޮރު މަތީ އޭނާއަށް ބަލަހައްޓައިގެން ހުރި ޝަމީމް ފެނި ޒައިން އަހައިލިއެވެ. “ތި ފޮތްގަނޑު ބާއްވާފަ ތެދުވެ ތައްޔާރުވެބަލަ ބާރަ ޖަހަންވާއިރަށް. ނައިކުއަށް ބާވީސް އަހަރު ފުރެއޭ މިރޭ. އެހެންވެ އެގެއަށް ދާން ބުނެފަ އޮތީމަ.” ޒައިން މި އަވަސްކޮށްލަނީއޭ ބުނުމުން ޝަމީމް ހިނގައިގަތީ ޝިމާޔާގެ ކޮޓަރިއާއި ދިމާލަށެވެ. “ޝިމް މިރޭ ޕާޓީއަށް ދާނަންތަ؟” ވާހަކަ ފޮތަށް ގެއްލިފައި އިން ޝިމާޔާ ސިހުނީ ޝަމީމް ވާހަކަދެއްކުމުންނެވެ. “ކޮން ޕާޓީއެއްތަ؟” ވާހަކަ ފޮތް ލައްޕައިލަމުން ޝިމާޔާ އަހައިލިއެވެ. “ނައިކުގެ ބާރތްޑޭ ޕާޓީ.” ޝަމީމްއަށް އެ ޖުމުލަ ބުނެވުމާއިއެއްކޮށް ޝިމާޔާ ތެދުވެ ދާނަމޭ ބުންޏެވެ. ޝިމާޔާ ގާތުގައި އަވަސްކުރުމަށް ބުނަމުން ޝަމީމް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

ކޮންމެއަކަސް ތިން މީހުންނަށް ތައްޔާރުވެގެން ނުކުމެވުނީ އެއްވަގުތަކުއެވެ. އޭރު ގަޑިން އަދި ކިރިޔާ ނުވަގަޑި ބައިވީއެވެ. ތިންމީހުން އެކީ ބޭރަށް ނުކުތީ މިރޭ ނައިޒަކްއަށް ގެންގޮސްދޭނޭ ރަނގަޅު ހަދިޔާއެއް ގަނެލުމަށްޓަކައެވެ.

ބަރާބަރު އެގާރަގަޑި ބަޔަށް ރިޝާނާމެން ގޭތެރެ ޒީނަތްތެރިކޮށް ނިންމައިލެވުނެވެ. މުޅި ގޭތެރެއަށް ނަޒަރު ހިންގައިލެވުނީ އެމީހުންނަށް މަސައްކަތްކުރެވުނު ގޮތާއިމެދު ހިތްހަމަޖެހިފައި ހުރެއެވެ. އޭގެ އިރުކޮޅެއްފަހުން ކާއެއްޗެހި ތައްޔާރުކޮށްގެން އަސްމާ އާއި މުނީޝާ ބަދިގެއިން ނުކުތެވެ. އެމީހުންވެސް ހުރީ ރިޝާނާމެން ކުރި މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހިފައެވެ. އިރުކޮޅަކުން އިވުނީ ގޭގެ ބެލް ޖަހައިލި އަޑެވެ. އެންމެންނަށްވުރެ ކުރިން އުޝާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ދޮރު ހުޅުވައިލިއިރު ސީކްރެޓް ރެސިޕީގެ ފަރާތުން އައިސް ހުރި މީހާ ފެނި އުޝާ ހިނިތުންވެލިއެވެ. އަދި އޭނާގެ އަތުގައި އިން ބޮޑު ކޭކު ފޮށި ހިފައިގެން ބަދިގެއަށް ދިޔައެވެ. އެމީހާ ދިޔުމުން މުނީޝާމެން އަވަސްވެގަތީ ބާރަ ޖަހަންވާއިރަށް ތައްޔާރުވުމަށެވެ. އުޝާވެސް ކޭކު އައިސްއަލަމާރިއަށް ލައިފައި މުޅި ގޭތެރެ އެއްކޮށް ނިއްވައިލުމަށްފަހު ތައްޔާރުވާން ދިޔައެވެ.

އެންމެން ތައްޔާރުވެގެން ސިޓިންގްރޫމަށް ނުކުތެވެ. ސިޓިންގްރޫމް ނިއްވާލައިފައި ހުރުމުން އަސްމާ ސިޓިންގްރޫމް ދިއްލައިލުމަށްފަހު ބަދިގެއަށްވަނެވެ. އަދި އައިސްއަލަމާރިއަށް ލައިފައި އިން ކޭކު ގެނެސް ސޯފާ ތަކުގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ. “ރިޝް. ތިއްތިބެއަށް ގުޅާފަ ބުނޭ ޒެކް ގޮވައިގެން އަންނާށޭ.” އަސްމާގެ އެދުމަށް ބޯޖަހައިލަމުން ރިޝާނާ އާރިޝްއަށް ގުޅިއެވެ. “އެބަ އާދޭ.” ފޯނު ކަންފަތުން ނަގަމުން ރިޝާނާ ބުންޏެވެ. އަސްމާ އެދިޔަ ބާރުމިނުގައި ސިޓިންގްރޫމްގެ ބޮކިތައް ނިއްވައިލިއެވެ. އުޝާ ގާތު ސްވިޗްތައް ކައިރީ ހުރުމަށް ބުނެފައި އެހެން އެންމެން ކާކޮޓަރިތެރެއަށްވަނެވެ.

ބާރަޖަހަން ދެމިނެޓަށް ވެފައިވަނިކޮށް އާރިޝްމެނަށް ގެއަށް އާދެވުނެވެ. އޭރު ނައިޒަކް ގެއަށް ނުވަދެވިގެން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. “އޭތް އޭތް. މައިތިރިވެބަލަ. ގަޔަށް ހިނިއެރީކީވެސް ނޫނެއްނު ތިހާވަރަށް އުޅޭކަށް.” ނައިޒަކްގެ ޙަރަކާތްތައް އަވަސްކަމުން އާރިޝް މަޖާވެލައިފައި ބުންޏެވެ. “ތިއްތިބެއަށް އަދިވެސް މަޖާވަނީ ދޯ. އިނގެއެއްނު މަންމަ ކަންބޮޑުވާނެކަން މިހާ ލަަސްވަންދެން ބޭރުގަ އުޅުނީމަ.” ގޭޓު ހުޅުވައި އެތެރެއަށް ވަންނަމުން ނައިޒަކް ބުންޏެވެ. “އެކޮއެ ދެންވެސް ގެއަށް ވަދެވޭތޯ ބަލާބަލަ. އެހެންނޫނީ އަނެއްކާ މަންމަ ވެސް އިތުރަށް ކަންބޮޑުވާނީނޫންތަ.” ނައިޒަކް އިތުރަށް ހާސްކޮށްލުމުގެ ގޮތުން އާރިޝް ބުންޏެވެ. ނައިޒަކް ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. ދޮރު ހުޅުވުމާއިއެއްކޮށް އޭނާއަށް މަރުޙަބާކީ ކަނު އަނދިރިކަމެވެ. ގޭތެރެއިން އެއްޗެއް ވިދާހެން ހީވެގެން އޭނާއަށް ފަރާތްފަރާތަށް ބަލަން ފެށުނެވެ. އެގޮތުގައި އޭނާ ހުއްޓައި ކުއްލިއަކަށް މުޅި ގޭތެރެ އެއްކޮށް އަލިވެގެން ދިޔައެވެ. އެއާއިއެކު ފެނުނު މަންޒަރުން ނައިޒަކްއަށް އެސްފިޔަ ޖަހައިލަންވެސް ނޭނގިފައި ހުރިތާ ހުރެވުނީއެވެ.

މުޅި ސިޓިންގްރޫމް އެކީ ކަހަލަ ގޮތަކަށް ވަނީ ވިލުނޫކުލައިން ޖަރީކޮށްފައެވެ. ފާރުގައި ވިލުނޫކުލައިގެ ފޮތިތައް ދިގުކޮށް ހަރުކޮށްފައި ހުރިއިރު އެ ފޮތިތައް ވިދާލާގޮތުން ލޯތައް ތަރަތަރަ ޖަހައިގެން ދާހާވެއެވެ. ސީލިންގުގައި އެލުވާލައިފައި ހުރި އަކުރުތަކަށް ނައިޒަކް ބަލައިލިއެވެ. ‘ހެޕީ ޓްވެންޓީސެކެންޑެ ބާރތްޑޭ ޒެކް.’ މި ބަސްކޮޅުގެ ކޮންމެ އަކުރެއްވެސް ހުރީ ވިލުނޫކުލައިން ވިދާލަ ވިދާލައެވެ. ދެން ނައިޒަކްގެ ލޮލުގައި އަޅައިގަތީ ކުޑަ ބިއްލޫރި މޭޒެއްމަތީ ބަހައްޓައިފައި އިން ރެޑް ވެލްވެޓް ކޭކަށެވެ.

ތަނުގެ ފުރިހަމަކަމާއި ރީތިކަމަށް ގެއްލިފައި ހުރި ނައިޒަކް ސިހުނީ އެތެރެއިން ހެޕީ ބަރތްޑޭ ލަވަކިޔަން ފެށުމުންނެވެ. ކާކޮޓަރި ތެރެއިން ނުކުތް އަސްމާމެން ފެނިފައި ނައިޒަކް އެތެރެއަށް ވަނެވެ. އަދި އެމީހުން ގާތަށް ގޮސް ހުއްޓުނެވެ. “މީ ދޯ ތިއްތިބެ މާވަރަކަށް އަހަރެން ގެއަށް ވަނަނުދީ ހިފެހެއްޓި ކަމަކީ.” ގޭތެރެއަށް ނަޒަރު ހިންގައިލަމުން ނައިޒަކް ބުންޏެވެ. އެއާއިއެކު އެންމެންވެސް ހެވިފަ ބޯ ޖަހައިލިއެވެ. މީ އޭނާގެ އުފަންދުވަސްކަން ނައިޒަކްއަށް ކުރިން ނޭނގުމުން އޭނާ ހުރީ ކުޑަކޮށް ޙައިރާންވެފައެވެ. އަދި އިތުރަށް ޙައިރާންކުރުވިކަމަކީ ހީވެސްނުކޮށް ހުއްޓާ އާއިލާ މީހުން މިހާ ބޮޑު ސަޕްރައިޒެއް އޭނާއަށް ދިނުމުންނެވެ.

ފަހަތުންވެސް ބަޔަކު ހެޕީ ބަރތްޑޭ އޭ ކިޔަމުން އެތެރެއަށް ވަނެވެ. އޭރު އަސްމާގެ ބައެއް އެކުވެރިންނާއި އެމީހުންގެ ދަރިން ހަދިޔާތައް ހިފައިގެން އެތެރެއަށް ވަންނަނީއެވެ. އޭގެ އިތުރުން ސްކޫލް ދުވަސްވަރު ނައިޒަކްއާއި އެއްކޮށް އުޅުނު ބައެއް ކުދިންވެސް އައިސް ތިއްބެވެ. “ކޭކު ފަޅަން އުޅެމާ.” އެންމެން ހަމަވީކަމަށް ހީކޮށް އާރިޝް ބުންޏެވެ. ނައިޒަކް ކުޑަކުޑަ މޭޒުކައިރިއަށް ދިއުމުން އެންމެންވެސް އޭނާގެ ފަހަތުން ދިޔައެވެ. ކޭކު ފަޅަން ވަޅި ނެގިތަނުން އެތެރެއަށް ވަތް ޝަމީމް ފެނި ނައިޒަކް ވަޅި ބޭއްވިއެވެ. “ޝައްމޫ ކަމް. ޝައްމު އައީމަ ޕާޓީ ފުރިހަމަވާނީ.” ނައިޒަކް މިހެން ބުނުމުން ޝަމީމް އޭނާ ގެނައި ހަދިޔާ އެއްފަރާތުގައި ބެހެއްޓުމަށްފަހު ނައިޒަކް ކައިރިއަށް ދިޔައެވެ. ޝިމާޔާ އާއި ޒައިން އަށް އެތެރެއަށް ވަދެވުނީ ނައިޒަކް ކޭކުފެޅި ހިސާބުންނެވެ. އޭރު އެންމެން އަތްތިލަބަޑި ޖަހައިފައި ހެނީއެވެ. ޝަމީމް ކޭކު ކޮޅެއް ނަގައި ނައިޒަކްގެ މޫނުގައި ހައިކާލުމުގެ ސަބަބުންނެވެ.

މީހުންތައް ބައިބަޔަށް ބެހިލައިގެން ބަގީޗާގެ ފެހި ވިނަގަނޑުމަތީ ކާން ތިއްބެވެ. ޝަމީމް، ޒައިން އަދި ޝިމާޔާ ވެސް ވިނަގަނޑުމަތީ އޮލަވާހަކަތަކެއް ދައްކަމުން ކަމުން ދިޔައެވެ. ދުރުގައި ހުރި ނައިޒަކް އަތުން ހަނާ އަޅާލުމުން ޝަމީމް އެބަ އަންނަ މޭ ބުނެ ނައިޒަކް ކައިރިއަށް ދިޔައެވެ. “މަންމާ. މި ކޯކްތަށި ޝަމީމް މެން ކައިރިއަށް ގެންގޮސްދީބަލަ.” ރިޝާނާގެ އަތުގައި އިން ކޯކްތަށި އަސްމާއަށްދެމުން ރިޝާނާ ބުންޏެވެ. އަސްމާ އެ ހިފައިގެން ޝަމީމްމެން އިށީނދެގެން ތިބި ދިމާލަށް ދިޔައެވެ. އަދި ކޯކްތަށި ޒައިން ކައިރީ ބެހެއްޓުމަށްފަހު ޒައިން އާއި ދިމާލަށް ބަލައިލީ އެއީ ޝަމީމް ކަމަށް ހިތާއެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން އަސްމާއަށް އެހެން ދިމާލަކަށްވެސް ބަލައިލަން ނޭނގި ޒައިން އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. “ޒައިދް؟”

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ސިއްރެއް

Next

ނޭނގި ވެވުނު ލޯބި 6

Next
March 14, 2020

ނޭނގި ވެވުނު ލޯބި 6

Previews
March 14, 2020

ސިއްރެއް

15 Comments!

  1. Dhonthy says:
    March 14, 2020 at 9:56 am

    Salaam all readers! Here is the 14th episode of Ma,’aaf. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Well, mi episode meenee dhonthi hama hiyhama jeheyvarah dhigukoh genesdhevifa. Ehves mistake eiy iniyyaa ekan faahaga kolladhinumakee dhonthige v bodu edhumeiy. Enjoy reading and leave a comment. Love you all ❤️❤️❤️???❤️?❤️?❤️?❤️

  2. Yanaa says:
    March 14, 2020 at 6:43 pm

    Varah varah reethi..??????
    maa sha Allah ❤❤❤❤❤❤❤
    waiting waiting ???????
    ❤❤❤❤ly dhonthy❤❤❤❤

    1. Dhonthy says:
      March 14, 2020 at 7:53 pm

      Thank you so much Yanaa. And yes! Keep waiting dear. Love you too Yanaa ❤️❤️❤️???❤️?

  3. Quiin? says:
    March 14, 2020 at 8:27 pm

    Vrh vrh salhi hama hyvaniii vhk thereyga ulhevunu hn … miadhu ky emme rythi vhk mee ma sha allah…
    ?❤

    1. Dhonthy says:
      March 14, 2020 at 8:40 pm

      Awlhey. V ufaavejje quiiin ge comment kiyaalaafa. Quiiin ge comments kiyaafa dhonthi au v hiyvaru libey. So I wanna thank you for that. Your comment motivates me. Love you so much dear. ❤️❤️❤️❤️❤️❤️??????❤️?❤️?❤️?

  4. mintu says:
    March 15, 2020 at 6:13 pm

    Varah reethi vaahaka eh mee
    Waiting for the next part

    1. Dhonthy says:
      March 15, 2020 at 8:08 pm

      Awww mintuuu ❤️❤️❤️❤️ So happy to see your comment sis. And thank you so much. Next episode Friday ga noonee eyge kurin. LOVE YOU SO MUCH ❤️❤️❤️???❤️?❤️?❤️?❤️

  5. magnumm says:
    March 17, 2020 at 12:31 pm

    ekkala sweet sweet dontii❤❤❤❤❤haadha talented eyy masha allah????every scene is better than the other????…im outta of words?????lav uuu blue baby??eheheh

    1. Dhonthy says:
      March 17, 2020 at 1:01 pm

      Awlhey I am out of words too. Mag ge comment eiy fenidhaane kamakau hee es nukuran. But finally I got Alhamdhulillah. Hehe. Thank you so so so much mag. Awwn blue baby. Hehe. Mag handhaan es ebahuri dhw. Hehe. Love you too magnumm. ❤️❤️❤️???❤️?❤️?❤️?❤️?❤️?❤️?❤️?❤️? So sweet of you

    2. magnumm says:
      March 18, 2020 at 11:22 am

      ahahaha…ngeyey surprise vaanekan?..hama surprise kohlan vegen ehn hedhy vx?adhi vx vrh bodu bodu surprise akaigen ahnaanan??❤

    3. Dhonthy says:
      March 18, 2020 at 11:57 am

      Ow. Dhn thi dheyn ulhey bodu surprise ga mag hunnaanee dhonthige kurimatheega noon kameh es neynge dhw. Haha. ????❤️❤️??

  6. No more 12 says:
    March 18, 2020 at 7:09 pm

    Vrh rythi… Waiting for the nxt part dhonthy….

    1. Dhonthy says:
      March 18, 2020 at 7:39 pm

      Thank you so much dear. Yes dear! Keep waiting. V avahah upload vaane fanaravana episode Insha Allah. ❤️❤️❤️???

  7. Taetae says:
    March 22, 2020 at 4:56 pm

    Wow vv Reethi mi part

    1. Dhonthy says:
      March 22, 2020 at 10:39 pm

      Thank you so much Taetae ❤️❤️❤️???

Comments are closed.


All Right Reserved!