Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް( ތޭރަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 8, 2020 5 Mins Read
23 Comments

“ޒައިން އޯކޭ ނަޔަސް. ޒައިން އެތަން ސާފުކުރޭ އިނގެ. ސާފުކޮށް ނިންމާފަ އާދޭ. އަހަރެން އެހާ ޙާލު ދެރައެއް ނޫނޭ. އޯކޭ!” ޒައިން އެމްބިއުލެންސަށް އަރަން ހެދުމުން ޝަމީމް ބުންޏެވެ. ޒައިން ފުރަތަމަ ކޮޅު އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ޝަމީމް ކުރުނުކޮށް ކިޔަން ފެށުމުން ޒައިން އެންމެފަހުން އެއްބަސްވެ އެމްބިއުލެންސް އިން ނުކުތެވެ. ޒައިން އޭގެން ފޭބުމުން އެމްބިއުލެންސް ސައިރަން އަޅައިފައި އޭގެ މަންޒިލަށް ދާން ސްޓާޓްކޮށްލިއެވެ. ލޮލުގެ ކޮޅަށް އެމްބިއުލެންސް އޮބައިލުމުން ޒައިން ގޭތެރެއަށް ވަނެވެ. އޭރުވެސް މުށިތަކުމަތީ ހިކިފައިހުރި ލޭތައް ފެނި ޒައިންގެ މެޔަށް ނުބައިކުރާގޮތްވިއެވެ. ނަމަވެސް އަވަހަށް ހޮސްޕިޓަލަށް ދިއުމުގެ ބޭނުމުގައި ޒައިން އެތަން ސާފުކުރުމައިގެން އަވަސްވެގަތެވެ.

ހޮސްޕިޓަލަށް ގޮސް އެންމެ ފުރަތަމަ ވެސް ޝިމާޔާ ވެއްދުނީ އަވަސްފަރުވާދޭ ކޮޓަރިއަށެވެ. ޝަމީމްވެސް ޕްރައިވެޓް ރޫމެއްގެ ތެރޭގައި ބޭއްވުނެވެ. ﷲ ގެ އިރާދަފުޅުން ޝަމީމްއަށް ލިބުނު އަނިޔާއިން އޭނާއަށް މާ ބޮޑު ވަރުތަކެއް ނުވެއެވެ. ހަމައެކަނި އޭނާގެ ބަނޑުގައި ރިއްސާލާކަން އެކަންޏެވެ. “ނަރސް.. ޝިމް ހޭއަރައިފިތޯ؟” ރޫމް ތެރެއަށް ވަތް ނަރުސް ކުއްޖަކު ފެނިފައި ޝަމީމް އަވަސްއަވަހަށް އަހައިލިއެވެ. ހޭނެތިގެން ހޮސްޕިޓަލަށް ގެންނަ ގޮތަށް ހެޔެއް ނާރާނެކަންވެސް ޝަމީމްއަށް އެނގެއެވެ. ނަމަވެސް ޝަމީމްގެ ހިތް އޮބިނޯންނަވަރަށް ތެޅޭތީ އެ ސުވާލުކޮށް ނުލައި ނޯވެވުނީއެވެ. “ހާސްނުވޭ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ ހުރިހާކަމެއް ވެސް. ދެން ހަމަޖެހިލައިގެން އަރާމްކޮށްލާ.” ނަރުސްކުއްޖާއަށް ޝަމީމްއަކީ ކާކުކަން އިނގޭ ހެން ހީވާކަހަލައެވެ. ނަރުސް ކުއްޖާ ޝަމީމް އާއި ވާހަކަ ދެއްކީ އެހާވެސް ގާތްކޮށެވެ. ނަރުސް ކުއްޖާ ދިން ހިތްވަރުން ޝަމީމް މަޑުމަޑުން ބޯ ޖަހައިލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ. އަދި ޝިމާޔާއަށް ދެރަގޮތެއް މިންވަރުނުކުރެއްވުމަށް އެދި ދުޢާކުރިއެވެ. ޝަމީމް އެހެން އޮތްއިރު އޭނާއަށް ޝިމާޔާގެ މުސްތަޤްބަލާއި ދޭތެރޭ ވިސްނެމުން ދިޔައެވެ. އަދަށްވުރެ ފަހި މާދަމައެއް ޝިމާޔާއަށް ހޯދައިދޭން އޭނާ ބޭނުންވެއެވެ. އެހެންކަމުން ޝިމާޔާއާއި އެއްކޮށް ގިނަ ވަގުތު ހޭދަކޮށް ޝިމާޔާއަށް ލޯބި ދީ ހެވާއި ނުބައި ވަކި ކޮށްދޭން ޝަމީމް ބޭނުންވިއެވެ. ޝަމީމް މިފަހަރު ޝިމާޔާ ގޯސް މަގަކުން ހިނގިޔަކަ ނުދޭނެއެވެ. މި ވަރުގަދަ ޢަޒުމް ހިތުގައި ކަނޑައަޅައި މިކަން ފުރިހަމަ ކުރުމަށްޓަކައި ޝަމީމްގެ ހިތުގައި އޮތް ޝައުޤާއި ޖޯޝް އޭނާގެ މޫނުމަތިން ފާޅުވާން ހުއްޓެވެ.

މެންދުރުގެ ވަގުތެވެ. ނައިޒަކް ގެއަށް އައިސް ވަން ވަގުތު އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު އެއީ ޒައިންގެ ފަރާތުން އައިއްސަ އިން ޓެކްސްޓް މެސެޖެކެވެ. “ނައިކު… ޕްލީޒް އާދެބަލަ އޭޑީކޭ އަށް. މިއުޅެނީ ޝަމީމް އާއި ޝިމް ހޮސްޕިޓަލުގަ ބާއްވައިގެން.” ލިބުނު ޚަބަރަކުން ނައިޒަކްގެ ދެލޯ ބޮޑުވި އެވެ. އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި ނައިޒަކް ގެއިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ނައިޒަކް އަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އަސްމާ އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. “ދަރިފުޅު މާ އަވަސް އަރުވާލާފަ ކޮންތާކަށް ތިދަނީ؟ ހިނގާ ކާން.” ކާކޮޓަރިއާއި ދިމާލަށް އިޝާރާތް ކުރަމުން އަސްމާ ބުންޏެވެ. “މަންމާ! އަޅުގަނޑު ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިއްޖެ. އަޅުގަނޑަށް މިވަގުތު ހުރެވޭކަށްވެސް ނެތް. މަންމަމެން ރަނގަޅަށް ކާލާ އިނގޭ. އަޅުގަނޑު ދާނީ.” އަސްމާ އަށް އެއްޗެކޭ ބުނާނެ ފުރުޞަތެއް ނުދީ ނައިޒަކް ގެއިން ނުކުންނަން ހިނގައިގަތެވެ. ކިތަންމެ ވަރަކަށް ދެރަވިޔަސް އަސްމާ ހިތްވަރު އެލުވާނުލައި ގޮސް ކާކޮޓަރިއަށް ވަނެވެ. އަސްމާއަށް މާބޮޑަށް މިހާރު އޭނާގެ ދަރިންނާއި ދޭތެރޭ ވިސްނެނީއެވެ. ޒައިން ގެއްލުނު ގޮތަށް އެހެން އެއްވެސް ދަރިއަކު ގެއްލޭ ކަށް އަސްމާ ބޭނުމެއްނޫނެވެ.

ބޮޑު ސްޓޯރޫމެއްކަހަލަ ތަނަކުން ބިއްލޫރި ފުޅިއެއް ތަޅައިގެން ދިޔަ އަޑުއިވުނެވެ. “އަންޖަދު ކަލޭ މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެންތަ ޝިމާއަށް އެހެން ހެދީ؟” އިވުނީ ލައިލާގެ ބާރު ހަޅޭކުގެ އަޑެވެ. ދުވަހަކުވެސް އަންޖަދު ޝިމާޔާއާއި ދޭތެރޭ އެގޮތަށް ކަންތައް ކޮށްފާނެއެކޭ ލައިލާގެ ހިތަކަށް ނާރައެވެ. އަދި އަންޖަދު ކިތަންމެ ގޯސްކޮށް އުޅުނަސް އެކަހަލަ ނުބައި ޢަމަލު ހިންގަން އަންޖަދުއަށް ކެރިދާނެއެކޭ ލައިލާ ހިއެއްނުކުރެއެވެ. “ލައި. ޕްލީޒް ހަމަޖެހި ބަލަ ދޯ!” ލައިލާ ދެކޮޅަށް ދެކޮޅަށް ހިނގާތީ އަންޖަދު ލައިލާގެ ދެފަރާތުން ކޮނޑުގައި ހިފަހައްޓަމުން މަޑުމައިތިރިކަމާއިއެކު ބުންޏެވެ. ނަމަވެސް ލައިލާ އަންޖަދުގެ ދެއަތް ފޮޅުވައިލަމުން އަންޖަދު އާއި ދިމާލަށް ލޯއަޅައިލުމަށްފަހު އެތަނުން ދާން އުޅުނެވެ. ލައިލާއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅެނީސް އަންޖަދު ޚުޝިޔާރު ކަމާއި އެކީ ލައިލާގެ އަތުގައި ހިފެހެއްޓިއެވެ. “ލައި މަޑުކޮށްބަލަ. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.” މިފަހަރު ވެސް އަންޖަދު މަޑުމައިތިރިކަމާއިއެކީ ބުންޏެވެ. “މަޑެއްނުކުރެވޭނެ އަހަންނަކަށް. ކަލޭ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ހިތުހުރިހާ ގޮތެއް ހަދާފަ ލާހިކެއް ނޫން ސަލާމަތްވާކަށް. މިހާރުން ފެށިގެން ކަލޭ ވަގުތު ގުނަން ފަށާ. މަށަށް ހީވަނީ މާކަ ގިނަ ދުވަސްތަކެއް ނުވެ ކަލޭ އިންސީންގެ ކޮށްޓަށްލެވި ބަންދުވާނެހެން.” ލައިލާ ވާހަކަދެއްކިއިރު އޭނާގެ އަޑުގައި ވަނީ ރުޅިއާއި ހިތާމައިގެ އަސަރުތައް އެކުލެވިފައެވެ. އަންޖަދު އެއްޗެކޭ ބުނަން އުޅުމުން ލައިލާ އަތުގެ އިޝާރާތުން ހުއްޓައިލުމަށް ބުންޏެވެ. އަދި އަވަސްއަވަހަށް އެ ސްޓޯރޫމްއިން ނުކުމެގެން އޭނާގެ ގެއަށް ދާން ހިނގައިގަތެވެ. އަންޖަދުއަށް އެއްކޮށް ގޮތް ހުސްވި ކަހަލައެވެ. އޭނާއަށް ރޭގައި ކުރެވުނު ކަންތަކަށް ފަހު އޭނާގެ ހިތަށް އުނދަގޫ ވާން ފެށުމުން ރޭގެ ޙާދިޘާ ލައިލާއަށް ކިޔައިދެވުނީއެވެ. ފަހަރުގައި ވެސް ލައިލާ މިގޮތަށް ކަންތައް ކޮށްފާނެއެކޭ އަންޖަދުގެ ހިތަކަށް ނާރައެވެ. އަންޖަދު ހުރީ ލައިލާ ގާތުގައި އެ ވާހަކަތައް ކިޔައިދެވުނުކަމުގެ މޮޔަ ހީވެފައެވެ.

ޒައިން ހުރީ އޭ.ޑީ.ކޭ ހޮސްޕިޓަލް ދޮރުމަތީގައެވެ. ފާރުގައި ލެނގިލައިގެން ޒައިން ހުރީ އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އިރުއިރުކޮޅާ މަގުމައްޗަށް ދޭ ނަޒަރުން ޒައިން އެ ހުރީ މީހެއްގެ އިންތިޒާރުގައިކަން އެނގެއެވެ. ޒައިންގެ އިންތިޒާރަށް ނިމުމެއް އައީ ނައިޒަކް ސައިކަލު ޕާކްކުރި މަންޒަރު ފެނުމުންނެވެ. “ކޮބާ ޝައްމު؟” ޒައިން ގާތަށް އައިސް ހުއްޓެމުން ނައިޒަކް އެހިއެވެ. އެ އަޑުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވިގެންވާކަން ޒައިންއަށް ފާހަގަ ކުރެވުނެވެ. އެކަމުންވެސް ދޭހަވަނީ ނައިޒަކް އޭނާގެ އެކުވެރިޔާ ދެކެ ލޯބިވާވަރެވެ. ދުވަހަކުވެސް އެކުވެރިޔާއަށް ދެރަގޮތެއްވާން ނޭދޭކަމެވެ. “އާދޭ!” ޒައިންގެ ފަހަތުން އައުމަށް ބުނުމުން ނައިޒަކް ޒައިންގެ ފަހަތުން ހިނގައިގަތެވެ. ނައިޒަކް އާއި އެއްކޮށް ޝަމީމް ބާއްވައިފައި އޮތް ރޫމާއި ހަމައަށް ދެވުމުން ޒައިން އަތުގެ އިޝާރާތުން ނައިޒަކް ކައިރީ ރޫމަށް ވަނުމަށް ބުންޏެވެ. “ޝައްމޫ.” އެތެރެއަށްވަދެ ޝަމީމް ބާއްވައިފައި އޮތް އެނދުކައިރިއަށް ދަމުން ނިދިފައި އޮތް ޝަމީމްއަށް ނައިޒަކް ގޮވައިލިއެވެ. އެސްފިޔަތައް ތަޅުވައިލުމަށްފަހު ޝަމީމް ދެލޯ ހުޅުވައިލިއެވެ. ކުރިމަތިން ނައިޒަކްގެ ސޫރަ ފެނުމުން ޝަމީމްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ” ނައިކޫ. ހާދަ ރަނގަޅޭ. ހީވެސް ނުކުރަން ނައިކު އައިސް ދާނެ ކަމަކަށް. އިށީނދެ މިތާ.” ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކުރަމުން ޝަމީމް ބުންޏެވެ. “ހެހެ. ނޫނޭ.” ގޮނޑީގައި އިށީންނަމުން މަޑު ހުނުމަކާއިއެކު ނައިޒަކް ބުންޏެވެ. “އަހަރެންގެ ބެސްޓީ ބަލިވީމަ އަހަންނަށް ނޭނގި ހުންނާނެތަ؟ ޒައިން އަހަންނަށް މެސެޖުކުރީމަ އަހަރެން މިއައީ އަވަހަށް.. ޝައްމު ރަނގަޅުތަ މިހާރު؟” ޝަމީމް މަޑުމަޑުން ބޯޖަހައިލިއެވެ. “އަހަރެން ހީކުރީ ޝައްމުއަށް ވަރަށް ބޮޑުވަރުވިކަމަށް.” ނައިޒަކް އޭނާއަށް ކުރިން ހީވިގޮތް ބުންޏެވެ. “ނޫނޭ. އަހަންނަކަށް އިރާދަކުރެއްވިއްޔާ މާބޮޑުވަރެއް ނުވޭ. އެކަމަކު ޝިމްއަށް ވަރަށް އަނިޔާވި.” ޝަމީމްގެ ތުންފަތުގައިވި ހިނިތުންވުން ފަހު ޖުމުލަ ބުނެވުމާއިއެކީ ފިލައިގެން ދިޔައެވެ. “އަނިޔާވީއޭ؟ އެ ކިހިނެތްވީ؟” ޝަމީމް ބުނީ އެއްޗެއް ނައިޒަކް އަކަށް ނުވިސްނުނެވެ. އެހެންކަމުން ރޭގައި ހިނގި ޙާދިޘާ އަލިފުން ޔާއަށް ޝަމީމް ނައިޒަކްއަށް ކިޔައިދިނެވެ. ޝަމީމް ވާހަކަދައްކައި ނިމުނުއިރު ނައިޒަކް އޭރު އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭނގިފައި އިނެވެ. އެގޮތުގައި ނައިޒަކް އާއި ޝަމީމް ތިއްބައި ދެމީހުންވެސް ސިހިގެން ދިޔައީ ރޫމުގެ ދޮރު ހުޅުވުނު އަޑަށެވެ. ދެ މީހުންނަށްވެސް ދޮރާއި ދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. އޭރު ޒައިން ޕާރުސަލް ކޮތަޅެއް ހިފައިގެން ރޫމްތެރެއަށް ވަންނަނީ އެވެ.

“ޝިމް ހޭއަރައިފިތަ؟” އެންމެ ފުރަތަމަވެސް ޝަމީމްއަށް ކޮށްލެވުނީ އެ ސުވާލެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ އެފަދަ ޙާލެއްގައި އޮތުމުން ދެރަނުވާނީ ފަހެ ކާކުހެއްޔެވެ؟ ޝިމާޔާ އެ ޙާލުގައި އޮއްވައި ވެސް ޝަމީމްއަށް އަދި މި ޖެހުނީ ޝިމާޔާއާއި ދުރުގައި ޕްރައިވެޓް ރޫމެއްގައި އޮންނާށެވެ. “ތިއެއް އިނގޭނީ ޑޮކްޓަރުން އެތަނުން ނުކުތީމަ. އާނ… މިހުރީ ކާއެއްޗެހި. ރަނގަޅަށް ކާތި. އަހަރެން މި ދަނީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާލަށް.” ޝަމީމް ގެ އަތަށް ޕާރުސަލް ކޮތަޅު ލައިދިނުމަށްފަހު ޒައިން އެ ރޫމްއިން ނުކުތެވެ. ޝަމީމްއަށް ހިތާ ހިތުން މާތްﷲ އަށް ދުޢާ ދެންނެވުނެވެ. އޭނާގެ ފުރާނަ ފަދަ އޭނާގެ ލޯބިވާ ކޮއްކޮ އަށް ދެރަގޮތެއް މިންވަރުނުކުރެއްވުމަށް އެދިއެވެ. “ޝައްމު. ދެންވެސް ވިސްނަން ނޯވެ އަވަހަށް ކާން ފަށާބަލަ. ހަމައެކަނި އާއި ވީ ފުޅިއަކުން ގައިގަ ވަރެއް ނުޖެހޭނެޔޭ.” ޝަމީމް ގެ ބޮލުގައި ފިރުމައިލަމުން އޯގާތެރި އަޑަކުން ނައިޒަކް ބުންޏެވެ. “އާނ. ކާށޭ މިއުޅެނީ.” ނައިޒަކްގެ އެހީއާއިއެކު ތެދުވެ އެނދުގައި ލެނގިލަމުން ޝަމީމް ބުންޏެވެ. “އޯކޭ. އަހަރެން މި ދަނީ ޒައިން ގާތަށް. ރަނގަޅަށް ކާތި ހަނދާންކޮށް.” ޝަމީމް ހޫނ ލައްވައިލަމުން އޭނާގެ އުނގުމަތީގައި ޕާރުސަލް ކޮތަޅު ބޭންދިއެވެ. ނައިޒަކް ޝަމީމްއަށް ހިތްވަރު ދިނުމުގެ ގޮތުން ޝަމީމް ގެ ކޮނޑުގައި އަތްބާއްވައިލައި މަޑުމަޑުން ބޯޖަހައިލިއެވެ. އަދި އެތަނުން ތެދުވެ އަވަސްފަރުވާދޭ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

ހަށިފުރާ ނޭވައެއް ލުމަށްފަހު ޝަމީމް އޭނާގެ އުނގުމަތީގައި އޮތް ޕާރުސަލް ކޮތަޅު ސައިޑް ޓޭބަލް މަތީ ބެހެއްޓިއެވެ. ޒައިންމެން ޝަމީމް ގާތުގައި ރަނގަޅަށް ކާން ބުނުމުން އޭނާ އާނއެކޭ ބުންޏެއްކަމަކު އަސްލު ޙަޤީޤަތުގައި ޝަމީމް ކާހިތެއް ނުވިއެވެ. ކިތަންމެ ބަނޑުހައިވިޔަސްމެއެވެ. އޭނާގެ ކޮއްކޮ އަވަސްފަރުވާދޭ ކޮޓަރީގައި އޮންނަތާ މިހާރު ކިހާއިރެއް ހެއްޔެވެ؟ އަދިވެސް ހޭނާރައެވެ. އެ ނިކަމެތި އަންހެންކުއްޖާ ހައިހޫނުކަން މަތީ އެތާ އޮންނާނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ޝިމާޔާ ހޭއަރާ އޭނާގެ އަރުތެރެއިން އެއްޗެއް އެތެރެވުމުން ނޫނީ ޝަމީމް އެ ހުރީ ނުކާން ޤަސްތުކޮށްގެންނެވެ. ޝަމީމްއަށް އޭނާގެ އަމިއްލަ ޞިއްޙަތު މުހިންމު ނުވާކަހަލައެވެ. މިކަމުންވެސް ޝަމީމް އޭނާގެ ކޮއްކޮ ދެކެ ވާ ލޯބި ހާމަވެގެންދެއެވެ. ޝަމީމްއަށް އެތަނުގައި އިނދެ ޝިމާޔާ ހޭއަރާތޯ ދުޢާކުރެވުނު ޢަދަދެއްވެސް ނޭނގެއެވެ. ދެލޯ މަރައިލައިގެން ޝަމީމް އިން އިރު އޭނާގެ ހަނދާނަށް އައީ އޭނާއާއި ޝިމާޔާ ކުޑައިރު ކުޅެން އުޅުނު ހަނދާނެވެ.

*************

“ދޮންބޭ ކޮއްކިއަށް އެއްލާ.” ކުޑަކުޑަ ޝިމާޔާ ޝަމީމް ގެ އަތުގައި އޮތް ފިޔާތޮށިކުލައިގެ ބޯޅައަށް އިޝާރާތްކުރަމުން ބުންޏެވެ. އާޓިފިޝަލް ބީޗުގެ ހުދު ދޮންވެލިގަނޑުމަތީ ދެބެން އެކިއެކި ސަކަރާތް ޖަހަމުން ބޯޅަ ކުޅެމުން ދިޔައެވެ. އެގޮތުގައި އެތައް އިރަކު ދެބެން ކުޅެން އުޅުމަށްފަހު ވާޅުވުމުން ދޮންވެލިގަނޑުމަތީ އިށީނދެލިއެވެ. ޝިމާޔާ ޝަމީމް ގެ އުނގުމަތީ އިން އިރު އޭނާ އިނީ ޝަމީމް ގެ އަތުގެ އިނގިލިތަކާ ކުޅެލަކުޅެލައެވެ. “ދޮންބޭ. ދޮންބެއަށް ކިތައް އިޔަރޒްތަ؟” މައުސޫމު ގޮތަކަށް ޝަމީމް ގެ މޫނަށް ބަލައިލަމުން ޝިމާޔާ އަހައިލިއެވެ. “ހެހެ.. ދޮންބެއަށް ތަރޓީން އިޔަރޒް. ކޮއްކިއަށް ކިތައް އިޔަރޒްތަ؟” ޝަމީމްއަށް އެސުވާލުގެ ޖަވާބު އެނގުނެއްކަމަކު ޝިމާޔާ ދޭ ޖަވާބެއް ބަލައިލައިހިތުން ޝަމީމް އަހައިލިއެވެ. “އްމްމް.. ކޮއްކިއަށް ހަންޑްރެޑް އިޔަރޒް.” ޝިމާޔާ ދިން ޖަވާބުން ޝަމީމްއަށް ހީނގަނެވުނެވެ. “ދެން! ކީއްވެތަ ދޮންބެ ތި ހެނީ؟” ޝަމީމް މާވަރަކަށް ހޭތީ ޝިމާޔާ ޝަކުވާގެ ރާގަކަށް އަހައިލިއެވެ. “ހަހަހަހަ… ކޮއްކިއަށް އިނގޭތަ ކޮއްކިއަށް ތި ބުނެވުނު އެއްޗެއް؟ ބަލަ ކޮއްކިއަށް ހަންޑްރެޑް އިޔަރޒް ވެއްޖެއްޔާ ކޮއްކި މިހާރު ހުންނާނީ މުސްކުޅި ވެފައެއްނު. ހަހަހަހަ..” ޝިމާޔާގެ ބޮލުގައި ކުޑަކޮށް ޖަހައިލަމުން ޝަމީމް ބުންޏެވެ. “އެހެންތަވީ! ދެން އެހެން ވެއްޖެއްޔާ ކޮއްކިއަށް ކިތައް އިޔަރޒްތަ؟” އަނގައަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން އިނދެ ޝިމާޔާ އަހައިލިއެވެ. “ހަހަ.. ކޮއްކިއަށް އަދި އެންމެ ފައިވް އިޔަރޒް އެއްނު. ކުރިންދުވަހުވެސް ދޮންބެ ބުނީމެއްނު ދޯ! ބައިދަވޭ… ހިނގާ އައިސް ކްރީމް ބޯން ދާން.” ޝަމީމް މިހެން ބުނުމުން ޝިމާޔާ ‘ޔޭ’ އޭ ކިޔައި ޝަމީމް ގެ އުނގުން ތެދުވިއެވެ. ޝަމީމް ވެސް ތެދުވެ އޭނާގެ ފަޓުލޫނުން ވެލި ފޮޅައިލުމަށްފަހު ޝިމާޔާ ގޮވައިގެން އައިސް ކްރީމް ބޯން ޙާއްޞަ ކޮށްފައި ހުރި ތަނަށް ދިޔައެވެ.

***********

“އެހެމް އެހެމް އެހެމް.” މީހަކު ކަރުކެހިލި އަޑަށް ޝަމީމްއަށް އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އަޑުއައި ދިމާލަށް ބަލައިލެވުމާއިއެއްކޮށް ޝަމީމް ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ރާސްތާ2 46

Next

ހީވޭ ހިތް ބުނާހެން 18

Next
March 8, 2020

ހީވޭ ހިތް ބުނާހެން 18

Previews
March 7, 2020

ރާސްތާ2 46

23 Comments!

  1. Liyaa says:
    March 8, 2020 at 7:35 am

    Vaahaka up kohdeneema thanku. Unmeed kuran nimandan genas deyna kamae nice ?❤️

    1. Dhonthy says:
      March 8, 2020 at 8:31 pm

      Welcome Liyaa. Aan iraadhakurevviyyaa mifaharu balaanan story nimendhen genesdheveythw. And thank you so much ❤️❤️❤️???

  2. Dhonthy says:
    March 8, 2020 at 8:04 am

    Salaam readers! V masakkathun ulhi enme fahun vaahakaige 13 vana episode miothee upload vefa Alhamdhulillah. Ehengnaa upload kuraavarahvure mibai kuruhen dhonthiau heevanee. But I’ve tried my level best. Unmeedhukuran kiyuntherinnau mibai kamudhaanekamau. Enjoy reading and leave a comment. Love you all❤️❤️❤️???❤️?❤️?❤️?❤️?❤️?❤️

    1. Quiiin? says:
      March 8, 2020 at 8:34 am

      !!!Dhonthy
      Vrh ufaa vehje ingeyyy … mi bai vx hama habeyssss…. dhonthige laptop fenuniii thr….
      Vrh vrh ufaavehje …
      Btw mee quiiin author of nafrathun ufedhunu loabi … hehehe ..
      Anehkka log in vaa hiy nu v ma migothah mi cmnt kohliii ..
      ❤??

    2. Dhonthy says:
      March 8, 2020 at 11:01 am

      Dear actually laptop eiy nufeney. Dhonthi buneemennu tablet ekey beynunkuranee. Dhn dhonthige amilla Id veema konme echchakun es login veveynethaa. Dhn cover photo eynee hama Google in hoadhaigen laafa. Vvvv ufaavejje quiiin ge comment eiy libuneema. Love you ❤️❤️❤️???

  3. Anonymous says:
    March 8, 2020 at 9:48 am

    Alhey v ufaavejje Mi part upload kohleema….. Nd hama habeys igey…… Ly sis….

    1. Dhonthy says:
      March 8, 2020 at 11:02 am

      Awlhey thank you Anonymous. V ufaavejje comment kolleema. Love you too dear ❤️❤️❤️???

  4. Kylie says:
    March 8, 2020 at 9:51 am

    Maasha allah vvvvvv reethi mi part vx??????…..Curiously Waiting fr nxt part.☺️☺️☺️☺️☺️…… LYSM sis???…..

    1. Dhonthy says:
      March 8, 2020 at 11:04 am

      Thank you so much Kylie. Yes dear! Keep waiting. Insha Allah will try ro upload 14th episode soon. Love you too Kylie ❤️❤️❤️???

  5. Yanaa says:
    March 8, 2020 at 11:13 am

    Varah varah reethi??????
    maa sha Allah ❤❤❤❤❤❤❤
    curiously waiting waiting ?????Ly dhonthy???❤❤❤

    1. Dhonthy says:
      March 8, 2020 at 11:44 am

      Thank you so much Yanaa. Yes dear keep waiting. Will try to upload the next episode soon. Love you too Yanaa❤️❤️❤️???❤️?❤️?

  6. malsamalkkomal says:
    March 8, 2020 at 3:30 pm

    Hellow dhonthi..missed u..kihinehtha dhonthi..hope your doing gud..btw vaahaka hama tuff nge..varah curious kohllaafa thi mi part nimmaali..whn next..avahah up kohladhehchy..tc♥

    1. Dhonthy says:
      March 8, 2020 at 8:35 pm

      Ow hello Malkko. Yh I also missed ya. Dhonthi dhn ehaa ehaa ennun. Ekmves rangalhu. Hehe. V ufaavejje vaahaka kamudhiyaeema. Ehaa ginadhuvaskollaafa liyuneema hithau eree hama kiyuntherin curious kollan. Haha. And dhen oiy episode Insha Allah saturdayga upload kolleveythw balaanan inge. Because many schl works are there to do in this mid term break. Take care Malkko. Love you.❤️❤️❤️???

  7. Ishu says:
    March 8, 2020 at 7:03 pm

    Wow just wow. Dhonthi next part??❤❣ ves vvv avahah ❤❣❤❣❤genesdheythy.serious vehjje now what wilka happen. ???? waitin waitin….
    Mysm
    Lysm

    1. Dhonthy says:
      March 9, 2020 at 12:22 pm

      Thank you so much ishu. Means a lot. Let’s say saturdayga next episode inge. Hehe. Miss you more ishu. Love you too dear ❤️❤️❤️???❤️?❤️?

  8. Izabell says:
    March 9, 2020 at 12:30 am

    I really missed this story. Varah ufaavejje mi story ge new part eh kiyaalan libunyma. By the way, mi part vx varah varah reethi. مشاء الله ❤❤❤❤❤❤❤❤❤ keep it up. Lysm

    1. Dhonthy says:
      March 9, 2020 at 12:24 pm

      Thank you so much Izabelle. Happy to hear that dear. Love you so much Izabelle. ❤️❤️❤️???❤️❤️??

  9. Anonymous says:
    March 9, 2020 at 12:26 pm

    ey dhonthy…netun cover nuhoadhiyas dhonthi ge uploaded fotos baiga ihnaanehnu foto…hama eh id ehnu dear…hama bunely ingey

    1. Dhonthy says:
      March 9, 2020 at 12:54 pm

      Dear meegen nufeney uploaded photos ebaeiy. Ehenve netun cover photo hoadhee es. Egothau leema kanne fuskoh e innanee cover. Cover change kollan vee kanneynge dhw. And thank you Anonymous

  10. Quiin? says:
    March 9, 2020 at 10:35 pm

    In sha allah vrh avahah lap fennaane … dhua fr it … hehe ??

    1. Dhonthy says:
      March 10, 2020 at 9:20 am

      Thank you so much quiin. You always makes me smile. Hehe. Once again thank you thihaa hiyvaru dheytheeve. Love you so so so so much ❤️❤️❤️???❤️?❤️?❤️?❤️?

  11. taetae says:
    March 10, 2020 at 2:56 pm

    alheyy i really missed the story…i thought story huttaalee kamah..ehenve vv disapoint v …..anyway vvvvv reethi ingeyy….keep it up dear….luv yuh

    1. Dhonthy says:
      March 10, 2020 at 9:12 pm

      Awlhey taetae. Dhonthi eggothakau es beynunvaa kameh noon story liyun huttaalumakee. Mee dhonthi v kuraahithun kuraakameiy. And readers dissapoint kuraakau eggothakau es beynumeh noon. Dhn dheranuvachche inge dear. Anyways thank you so much taetae. Love you too dear. ❤️❤️❤️???

Comments are closed.


All Right Reserved!