Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 2 އަދި 3 =އެޑިޓް ކުރެވިފަ=

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
March 13, 2020 8 Mins Read
16 Comments

(ނޯޓް: ޔުނާންގެ އުމުރުން 27 އަހަރުގައި ސާޖަން އަކަށްވި)

އެ އަންހެންކުއްޖާ އޭނާގެ އަތް މައްޗަށް ދެމުނު ވަގުތު އެ ލޮލުން ފެނުނު އާދޭހާއި ހިތްދަތިކަމާއެކު ދެލޯމެރުނު ވަގުތު ކޯތާފަތްމަތިން ތިރިޔަށް ދެމެމުންދިޔަ ކަރުނަތިކި ޔުނާންއަށް ފެނުނެވެ.

ޔުނާންގެ ހިތުގައި އަންހެނުންނަށް ދެވިފައިވާ ނަފްރަތާއި، ރުޅިވެރިކަމާއި، ހަރުކަށިކަމާއިއެކުވާ އެ ހިލަ ހިތް މަޑު ކަފަކޮޅަކަށް ވިއިރުވެސް އޭނާއަށް ނޭނގުނެވެ. އޭނާގެ އުސޫލުތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބިމާއި ހަމަކޮއްލީ މިއަންހެންކުއްޖާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސައްވެސް ނޭނގިއެވެ. އެވަގުތު ޔުނާންގެ ބައެއް ރައްޓެހިންނަށްވެސް ޔުނާންގެ އެހެން ފަރަތެއް ފެނިގެން ދިޔުމުން އެ މޫނުތައްމަތިންވެސް ހައިރާންކަމުގެ އަސަރު ފާޅުވެގެންދިޔައެވެ.

އަވަސް ހަރަކާތަކާއެކު ކާރުގެ ފަހަތު ސީޓުގައި އެ އަންހެންކުއްޖާ ބާއްވާލަމުން ޔުނާން ކާރުގެ ކުރީ ސީޓަށް އަރަން އަވަސްވެގަތެވެ.
ނަމަވެސް ހުއްޓެން މަޖުބޫރުވީ ފަހަތުން މީހަކު މާބާރަށް ވާހަކަދެއްކުމުންނެވެ. ބޮޑަށް ހީވީ އެމީހަކު ރުޅިއައިސްގެން ހަޅޭއްލަވައިގަތްހެންނެވެ.

“އޭތް..” ފަސް އެނބުރި ފަހަތް ބަލާލީ އެމީހަކު އަނެއްކާވެސް ގޮވުމުންނެވެ. އޭނާއާއި ދިހަވަރަކަށް ފޫޓު ދުރުގައި ތިބީ ހަތަރު ފިރިހެނުންނެވެ. އެ ތިން މީހުންގެވެސް ކަރުގައާއި އަތުގައި ޗޭނު ފަށާއި އެކި އެކި އެއްޗެހި އަޅާފައިވާއިރު އިސްތަށިގަނޑު ދިގުކޮއްފައި ހުރުމުން ކުޑަ ކުއްޖަކަށްވެސް އެއީ ޕާޓޭ ގުރޫޕެއްކަން އެނގޭނެކަން ގައިމެވެ.

“އޭތް..އެ އަންހެންކުއްޖާ ހަމަ މިހާރު އަހަރުން ނާއި ހަވާލުކުރޭ..އެހެން ނޫނީ މާކަ ރީއްޗެ ނުވާނެ އެނގޭ..” އެ ތަނުން އެކަކު ޔުނާންގެ ކާރާއި އަރާ ހަމަކޮއްފައި ފަހަތު ސީޓު ދޮރު ހުޅުވާލަން އުފުއްލާލި އަތުގައި ޔުނާން ހިފާލީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

“އޭ..މާ ނުފުއްޕައްޗޭ..އަމިއްލަ ސައިޒުގަ ހުރެބެ..ތީ ކާކު އަދި އަހަރުން ކުރާ ކަންތައް ހުއްޓުވަން.” ޔުނާން އޭނާގެ އަތުގައި ހިފެހެއްޓުމުން ރުޅިގަދަވެފައިހުރެ އެމީހާ ބުންޏެވެ. އެވަގުތު މަގުމަތީގައި ހުރި މީހުންނާއި އޮފީހުން ނުކުތް މުވައްޒަފުންނަށްވެސް ދެލޯ ބޮޑުކޮއްގެން ކުރިމަތީގައި ހިނގަމުންދިޔަ މަންޒަރު ބަލަންހުރެވުނީ އެ ޕާޓޭ މީހާ ޔުނާންއާ ވާހަކަ ދެއްކި ގޮތުންނެވެ. ޔުނާން ހިނިތުންވެލިއެވެ. އަދި އެ ޕާޓޭ މީހާ ކާރީގައި ކުރިމަތީގައި ހުރި ފަންސަވީސްބުރީ ހޮސްޕިޓަލަށް ބަލާލާށޭ ބުނެލިއެވެ.

“މި ތަނާ މައެ އާ ކީއް؟..މައެ ބޭނުނީ އެ އަންހެންކުއްޖާ..އަހަރުން މި އަހަނީ ކައެ ތީ ކާކުހޭ މައެ ކުރާ ކަންތަކާ ބެހެން..” އެ ހޮސްޕިޓަލަށް ބަލާލަމުން އެ ޒުވާނާ ޔުނާން އޭނާގެ އަތުން ދޫކޮއްނުލުން ހަޅޭއްލަވައިގަންނަމުން ބުންޏެވެ. ކޮންޓްރޯލުން ރުޅިގަނޑު ނެއްޓެން އުޅޭހެން ހީވިނަމަވެސް ދެއަށް މުއްކަވާލަމުން ހީލީ ވިސްނާލާފައެވެ.

“ކަމެއްނު..ތި ހެނީ މޮޔަވީތަ؟ ކައެ އަމިއްލަ ސައިޒުގަ ހުރެބެ..ފެންވަރު އޮޅުނީތަ؟..” މިފަހަރުވެސް އެޒުވާނާ ހަޅޭއްލަވައިގަތުމުން ޔުނާން ވެސް އެތައް މަސައްކަތުން ކޮންޓްރޯލްކުރަން އުޅުނު ރުޅިގަނޑު ހަމައިން ނެއްޓިގެންދިޔައެވެ. މިހާރު އެ ދެލޮލުން އަލިފާންކަނި ބުރަމުންދިޔައިރު އެ މޫނުމަތިން ފެނުނުރުޅިވެރިކަމުގެ އަސަރުން އެ ޕާޓޭ މީހާ ކުޑަކޮށް ބިރުގަތްއިރު އޮފީހުގެ މުވައްޒަފުންނައް ނޭވާ ހިފަހައްޓާލެވުނީ ޔުނާން އެހާ ރުޅިއައިސްފައި ހުއްޓާ އަދި އަލަށް ފެނުމުންނެވެ. ޔުނާޏްގެ ބައެއް އެކުވެރިންތިބީ ޔުނާން ރުޅިއައިސްފިނަމަ ވާނެގޮތް އެނގޭތީވެ ނޭވާހިފަހައްޓާލައިގެނެވެ. ނަމަވެސް އެމީހުންނަށް ފެނުނީ ޔުނާން އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރިތަނެވެ. ޔުނާން މާހައުލަށް ނަޒަރެއްދެމުން ރުޅިގަނޑު ހިނދާލަން އަމިއްލަ ނަފްސަށް މަޖުބޫރުކުރީ ބައްޕަގެ އިއްޒަތާއި ގަދަރަށް ވިސްނާލާފައެވެ. ކުޑައިރުއްސުރެ ރާއްޖޭން ބޭރުގައި އުޅެފައި މާލެ އައުމުން އެންމެންނަށްވެސް އޭނަހާ ރަނގަޅު ޒުވާނަކު މި މާލެއިންވެސް ހުންނާނެކަމަކަށް ގަބޫލެއްނުކުރެއެވެ.
މިހުރިހާ ދުވަހު ރާއްޖޭން ބޭރުގައި އުޅެފައި އައުމުން އޭނަގެ އެއްވެސް ނުބައި ސިފައެއް މިމީހުންނަކަށް ނޭނގޭނެ ނޫންހެއްޔެވެ؟

“އަހަރެންމީ ކުރިމަތިން މިހިރަ ފެންނަންހުރި ހޮސްޕިޓަލްގެ ވެރިމީހާގެ ދަރި….ދެން..އަހަރެންމީ ކާކު ދޯ؟..އަހަރެން މީ ބްލޫމްސް ކޮންޕެނީގެ ވެރިމީހަ ޔާއިންގެ ދަރިފުޅު..ޔުނާން ޔާއިން…ދެން މިތަނުން ދާން އުޅޭ އަހަރެން އަތުންފައިން ގޯހެއް ނުހެދެނިސް..” ހަމަޖެހެން މަސައްކަތް ކުރަމުން ބުނަން އުޅުނު ނަމަވެސް ޔުނާން ބުނެލީ ކާރަށް އަތުގެ ހޫނު ހަމަލާއެއް ދެމުންނެވެ. އެ ޒުވާނާއާއި އޭނާގެ އަލިފާންކަނި ބުރަމުންދިޔަ ރުޅިވެރި ނަޒަރު އަމާޒު ކޮއްލުމާއެކު އެ ޒުވާނާ ބިރުގެނފައި ހުރިވަރުން އަވަސް ހަރަކާތަކާއެކު އައި ކޮޅަށް ހިނގައިގަތް އިރުވެސް މޫނުމަތި ހުދުވެފައިވުމުން އެ ޒުވާނާއަށް މި ވާހަކަ ދެއްކުނީ ކޮން ފެންވަރެއްގެ މީހަކާއިކަން އެނގުނީމަކަންނޭގެއެވެ.

ކާރަށް އަރާފައި ބަންލާފައި ދޮރު ޖަހާލާފައި ރުޅިގަނޑު މައިތިރިކުރަން މަސައްކަތްކުރަމުން ފަހަތު ސީޓަށް ބަލާލިއެވެ. އެ އަންހެންކުއްޖާ އަދިވެސް އޭނާ ބޭއްވިގޮތަށް އޮތީ ހަރަކާތް ހުސްވެފައި އޮތް ބުދެއްފަދައިންނެވެ. އެ އަންހެން ކުއްޖާ ލައިގެންހުރި ހެނދުމަށް ބަލާލުމާއެކު އޭނާއަށް ދެބުމަ ގޮއްޖަހާލެވުނެވެ. ހެދުމުގެ ބައެއް ތަންތަން ވީދިފައި ވާއިރު ހެނދުމުގައި ހިރަފުސްކޭތިފައިވެއެވެ. އެ އަންހެން ކުއްޖާއާއި ނަޒަރު ވަކިކޮއްލަމުން ކާރު ކުރިޔަށް ދުއްވާލީ އެ އަންހެންކުއްޖާ ގެންދާނެ ތަނަކާމެދު ވިސްނަމުންނެވެ. ވިސްނުމަށް އެހެން އެއްޗެއް ނައުމުން އެގާ ދިމާލަށް ކާރު ދުއްވާލީ އެއްވެސް ވަރަކަށް ދެން ވާނެ ގޮތަކާމެދު ވިސްނަންވެސް ބޭނުން ނުވެހުރެއެވެ. މިވަގުތު ގެއަށް ދާއިރު ދެން ގޭ މީގުންކުރާނެ ސުވާލަކާމެދު އޭނާ ވިސްނާކަށް ބޭނުމެއްނުވިއެވެ. ޔުނާން ފޯނު ނަގަމުން މީހަކާ ގުޅާލިއެވެ.

ގޭގެ ޙައިބަތު އިތުރުކުމުގައި އެންމެ އިސްރޯލެއް އަދާކުރުމުގައި ބޭނުންކުރެވިފައިވާ ކަޅުކުލައިގެ ބޮޑު ގޭޓު ހުޅުވުނީ ޔުނާން ކާރުގައި އިނދެފައި ރިމޯޑުން ފިތަކަށްފިތާލުމުންނެވެ. ކާރު ގޭޓުން އެތެރެވުމާއެކު އަމިއްލައަށް އެ ބޮޑު ގޭޓު ލެއްޕުނެވެ. މުޅި ” އޯޝަންގްލޮސް” ގޭގެ ބަގީޗާ ފެންނަ ކޮންމެ މީހެއްވެސް ތަރަތަރަޖަހްއިގެންދާނެކަން ޔަގީނެވެ. ލިލީ ، އޯކިޓް ، ސަންފްލާވަރ ، ލެވެންޑަރ ، އެކި ކުލަ ކުލައިގެ ފިނިފެންމަލުގެ އިތުުުރުން ގުނާ އަދަދުނުކުރެވޭހާ ގިނަ ތަފާރުވައްތަރުގެ މާގަސްތައް ބޯދިއްކޮއްލައިގެންތިއްބެވެ. މި ބަގީޗާ ބަލަހައްޓަމުންދާ މީހާއަށް ތައުރީފު ހައްޤުކަން ގައިމެވެ. ހިނގޭނެ ގޮތަށް ވަކިން ދެފަރާތުން ޕޭވްމެންޓެއް އޮންނައިރު އެތަނުގައިވަނީ މާރބަލްސް ތަޅުން ޖަހާފައެވެ. އެ ޕޭވްމެންޓް ފިޔަވައި ބާކީ ހުސްތަންތަނުގައި ދެ އިންޗީގެ ދިގުމިނަށް ވިނަފަޅާފައި ވާއިރު އެކި ތަންތަނުގައި އިށީނދެވޭނެގޮތަށް ބެންޗްސް ބަހައްޓާފައިވުމުން ނުހަނު ހިތްގައިމެވެ. ކާރު ދުއްވާލާފައި ގޭގެ ބިއްދޮށުގައި ވަކިން އިންނަ ގަރާޖާ ހިސާބަށް ކާރު ދުއްވަންވެސް ވަކިން މަގެއް އިންދެއެވެ. މިގޭގެ އެންމެ ހައިރާން ކުރުވަނިވި އެއް ކަމަކީ އެ ގޭގެ ބައެއް “ތަންތަން” ބިއްލޫރި ބޭނުންކޮއްގެން ހަދާފައިވުމުންނެވެ. ގޭން ނުކުމެގެން ބަގީޗާއަށް ދާއިރު ބޮޑު ތިނެސްކަން ބައްޓަމެއްފެ ފެން ކޯރެއް އިނުމުން މީހުން އާޝޯހުކުވާނެކަންގައިމެވެ.

ގަރާޖުގައި ކާރު ޕާކު ކޮއްލާފައި ފަހަތު ސީޓުގައި އޮތް އަންހެންކުއްޖާ ޔުނާން އަތްދަނޑިމައްޗަށް އުފުލާލަމުން ގޮސް ގެއަށް ވަންނަ ދޮރުކައިރީގައި މަޑުކޮއްލަމުން ކުރިމަތީގައި ހުރި އަންހެންކުއްޖާއަށް ބަލާލިއެވެ.

“ނީރާ..އަވަހަށް ތި ފޮތިގަނޑު އަޅާލަދީބަލަ މި ކުއްޖާގައިގަ..” ޔުނާން ގޮވާލީ އޭނާ އެތާ ހުއްޓުނުއިރުވެސް ނީރާއަށް އޭނާ ނުފެނުމުންނެވެ. ނީރާއަކީ އެގޭގައި މަސައްކަތް ކުރަމުންދާ ނޯކަރެކެވެ. ޔުނާން ގުޅާފައި ފޮތިގަނޑެއް ގެނެސްދޭށޭ ބުނުމުން ނީރާ އެތާ އެހުރީ ޔުނާން އަންނަންދެނެވެ.

“ލައްބަ..” ދެލޮލުން ހައިރާންކަން ފެންނަން ހުރިއިރުވެސް ނީރާ އަވަސްވެގަތީ ޔުނާންބުނި ކަންތަށް ކޮއްދިނުމަށެވެ. އެ އަންހެންކުއްޖާގެ މޫނު ފިޔަވާ އެހެން ތަންތަން އެ ބްލެންކެޓްގެ އެހީގައި ފޮރުވާލެވުމުން ނީރާ ދުރައްޖެހިލިއެވެ.

“އާދޭ އަހަރެންނާއެކު…” ނީރާއަށް އިޝާރާތްކުރަމުން ޔުނާން ބުނެލީ އޭނާއާއެކު އައުމަށެވެ. ޔުނާންގެ ބަހަށް ކިޔަމަންތެރިކަމާއެކު ބޯޖަހާލަމުން ނީރާ ޔުނާންގެ ފަހަރުން ހިނގައިގަތީ އިސްޖަހާލައިގެންހުރެއެވެ.

ޔުނާންއަށް އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއިން ނުވުމުން އަވަސް އަވަހަށް ލިފްޓާ ދިމާލަށްގޮސް ލިފްޓުގެ ފިތަށް ފިތާލުމާއެކު ދޮރު ދެފަރާތަށް ކެހިގެން ދިޔުމުން އެތެރެއަށް ދެމިގަތެވެ. އޭނާއަށް އެ އަންހެންކުއްޖާ އޭނާގެ އަތްދަނޑިމަތީގައި އޮތުމުން އުނދަގޫވެސްނުވާ ފަދައެވެ.

“އަރާބަލަ..އަވަސް..” ނީރާ ލިފްޓަށް ނާރާ ހުރުމުން ޔުނާން ބުނެލިއެވެ. މިފަހަރުވެސް ޔުނާންގެ ބަހަށް ކިޔަމަންތެރިކަމާއެކު ބޯ ޖަހާލަމުން ނީރާ ލިފްޓަށް އަރައިފިއެވެ.

ދިހަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓާލުމާއެކު ދޮރު ދެފަރާތަށް ކެހިގެން ދިއުމުން ޔުނާން އަވަސް އަވަހަށްގޮސް އޭނާގެ ކޮޓަރީ ދޮރުހުޅުވާލަމުން އެ އަންހެންކުއްޖާ ގޮސް ކިންގްސައިޒް ބޮޑު އެނދުގައި ބާއްވާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތީ ނީރާ ކައިރީގައި އޭނާ އަންނަންދެން މަޑުކުރުމަށް ބުނެފައެވެ.

ފަސްވަރަކަށް މިނެޓްފަހުން ޔުނާންއައީ ކޮތަޅެއްހިފައިގެނެވެ.

“އަން..ހެނދުން ބަދަލުކޮއްލާފަ ބާއްވާ…” ނީރާއަށް ކޮތަޅު ދިއްކޮއްލަމުން ޔުނާން ބުނެލުމުން ނީރާ އެ ކޮތަޅުގައި ހިފަމުން ބޯޖަހާލަމުން އެކަން ކުރުމަށް އަވަސްވެގަތީ ޔުނާން ކޮޓަރިން ނިކުމެ ދޮރު ލައްޕާލުމުންނެވެ.

“ނިމުނީތަ؟..” ކޮޓަރީ ދޮރުކައިރީގައި ޔުނާންހުރީ އޭނާގެ ކޮއްކޮ ޔޫހާއާ އެކީގައެވެ.

“ލައްބަ” އޭ ބުނެލާފައި ނީރާ ސިޑިއާ ދިމާލަށް މިސްރާބުޖެހީ ތިރިއަށް ދާށެވެ.

“ބޭބެ ބުނެބަލަ އެ އަންހެންކުއްޖާ އަކީ ކާކުތަ؟..އެ އަންހެންކުއްޖާގެ މޫނު ވިޔަސް ބަލާލަން ދައްކާލަބަލަ..ބޭބެގެ ހިތް އަތުލި ކުއްޖެއް އެބަޖެހޭދޯ ކޮންމެ ހެނެއް ހަދާފަވެސް ބަލާލަން… ބޭބެ ދޮންމަންމަ އާ ޑޭޑް އެ އަންހެންކުއްޖާ މިގެއަށް ގެންނަ އިރުވެސް އެއްޗެކޭ ނުބުނެހުރީ މިހެންވެ ދޯ..” ޔޫހާ ޔުނާންއާ ވާހަކަ ދައްކަމުންދިޔައީ ޔުނާންގެ ފަރާތުން ޖަވާބެއްލިބޭތޯއެވެ. ނަމަވެސް ޔުނާން ހުރީ ޔޫހާ މިގަޑީގައި ވާހަކަދައްކަން ފެށުމުން ބޮލަށް އުނދަގޫވެފައެވެ. ނަމަވެސް އެންމެ ފަހުން ޔޫހާ ބުނެލި ޖުމުލައިން އޭނާގެ ސިކުނޑީގައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ވަރުގަދަ ޕްލޭންއެއް ރާވައިލެވުނެވެ.

“ކޮއްކޮ މިގަޑިޔަކު ނޫން..ފަހުން ދޯ..ދެން މިގަޑީގަ ސުވާލު ނުކުރޭ..” އިސްތަށިގަނޑު ތެރެއަށް އަތްމަހާލަމުން ޔުނާން ބުނެލިއެވެ.

“އޯކޭ އޯކޭ..އެކަމް ހަނދާންކުރައްޗޭ..ފަހުން އޮންނާނެއެންގޭ…” ލާނެތް ގޮތަކަށް ހީލަމުން ޔޫހާ ލިފްޓާ ދިމާލަށް މިސްރާބުޖެހުމުން ޔުނާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

މަޑުމަޑުން އެސްފިޔަތަށް ތަޅުވާލި އިތު ފުރަތަމަ ހުރިހާތަނެއް ފުސްކޮށް ފެނުމުން އެ އަންހެންކުއްޖާއަށް ދެތިން ފަހަރު އެސްފިޔަތަށް ތަޅުވާލެވުނެވެ. އޮވެވުނި އަރާމު މަޑުމަޑު އެނދެއްގައި ކަމުން އަރާމުވީވަރުން އަނެއްކާވެސް ދެލޯމެރެން އުޅުމާއެކު ކޮޓަރީ ދޮރުހުޅުވާލާފައި ވަތް ޔުނާން ފެނުމުން ފުރަތަމަ އެ އަންހެންކުއްޖާ ބަލަންއޮތީ ބީރައްޓެހިނަޒަރަކުންނެވެ. ނަމަވެސް ކުއްލިއަކަށް ދެލޯބޮޑުކޮއްލާފައި ކޮޅަށްތެދުވި ގޮތަކުން ބޮލަށް އެނބުރުން އެރުމުން ވެއްޓޭންދިޔައެވެ.

“ހޭއި..ޔޫ އޯކޭ؟..” އަވަސް ހަރަކާތަކާއެކުގޮސް އެ އަންހެންކުއްޖާގެ އަތުގައި ހިފހައްޓާލަމުން ޔުނާން ބުނެލިއެވެ.

“ޔެސް..އެންޑް ޕްލީޒް..ކޭން ޔޫ؟…” ޔުނާން އަދިވެސް އެ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓައިގެންހުރުމުން އެ އަންހެންކުއްޖާ ބުނެލީ ލޮލުން އިޝާރާތްކޮއްލަމުންނެވެ. ޔުނާން އެ އަންހެންކުއްޖާގެ އަތުން ދޫކޮއްލަމުން ކޮޓަރީގައިވާ ކަޅުކުލައިގެ ސޯފާގައި އިށީތެވެ.

“ވެލް..ގާލް..ކޮން ނަމެއް ކިޔަނީ؟..” ބުމަ އަރުވާލަމުން ޔުނާން އަހާލީ އެ އަންހެންކުއްޖާ އޭނާ އެނދާ ދިމާލަށް އިޝާރަތް ކޮއްލުމުން އިށީނުމުންނެވެ.

“މިޝެލިން…” އިރުކޮޅަކު ބަހެއް ނުބުނެ އިނދެފައި އެ އަންހެންކުއްޖާ ބުންޏެވެ.

“އައިމް ޔުނާން..” ޔުނާންވެސް ބުނާނެ އިތުރު އެއްޗެއް ނެތުމުން ބުނެލިއެވެ. އަދި އެ އަންހެންކުއްޖާ އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން ފަރުވާ ކުޑަ ގޮތަކަށް ކޮނޑުއަރުވާލަމުން ފޯނުނެގިއެވެ.

“ވަޓް ދަ ހެލް….” ކުއްލިއަކަށް ކޮޓަރިއަށް ވެރިވެފައިވާ ފުން ހަމަހިމޭން ކަމުގެތެރެއިން މިޝެލިން ހަލޭއްލަވައިގަތުމުން ޔުނާން ބަލާލިއެވެ.

“ހައު ޑެއަރ ޔޫ…ޔޫ އިޑިއެޓް…” ދެލޮލުން ރުޅިވެރިކަމުގެ އަސަރުފެންނަންހުރި ހާލު މިޝެލިން ކޮޅަށް ތެދުވަމުން ޔުނާންއާ ދިމާލަށް އައި ގޮތުން ޔުނާން ވަރަށް ހަމަޖެހިލާފައި ހީލިއެވެ. މި އަންހެންކުއްޖާ އެހެން އަންހެންކުދިންނާ ވަރަށްވެސް ތަފާތޭ އޭނަގެ ހިތްބުނެލިއެވެ.

“ހައު ޑެއަރ ޔޫ…”

“ހާދަ ރުޅިއެއް؟…ވަޓް ހެޕެންޑް..” މިޝެލިން މާ ރުޅިއައިސްފައި ހުރެ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުން ޔުނާން ގާތަށް ހިނިއަންނަ ގޮތްވުމުން ފޯނު ސްކްރީން ނިއްވާލަމުން ނިކަން ސީރިޔަސް ވެލާފައި އަހާލިއެވެ.

“ކީއް ނުވަނީ…ހޫ ޗޭންޖްޑް މައި ކްލޯތްސް…” ދެލާ ހަނިކޮއްލަމުން މިޝެލިން އަހާލިއިރު އެދެލޮލުގައިވީ ރުޅިވެރިކަމެވެ.

“ކާކުހެން ހީވަނީ؟…” މިޝެލިން ރުޅިއަރުވާލަން ބޭނުންވުމުން ޔުނާން ބުނެލި ހީލާފައެވެ.

“ޔޫ..ޔޫ…ހައު ޑެއަރ ޔޫ…”

“ހެއް..ޗިލް ގާލް..އަހަރެންނެއް ނޫނޭ.. މިގޭގަ އުޅޭ އަންހެން މީހެއް..” މިޝެލިން ރުޅިއައިސްގެން ޔުނާން ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފުމުން ޔުނާން ބުނެލިއެވެ. އަދި މިޝެލިން އަތުގައި ހިފަމުން ދުރަށްލިއެވެ.

“ސޯ..ކިހިނެއްވީ އެގަޑިގަ؟..” ޔުނާން އަހާލިއެވެ.

“ކޮން؟.” ނޭންގޭ ކަމަށް ހަދާލަމުން މިޝެލިން އަހާލިއެވެ.

“މިޔަދު ހަވީރު…” ބުމަ އަރުވާލަމުން ޔުނާން ބުނެލިއެވެ.

“ނަން އޮފް ޔުއަރ ބިސްނެސް..”

“ވަޓް އެވަރ…ހިނގާ..އަހަރެން މިޝެލިން ގެއަށް ޑްރޮޕް ކޮއްދޭނަން…” ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވާލަމުން ޔުނާން ބުނެލިއެވެ.

“އަ…އަމް..އަހަރެ…” އާގަންނަމުން މިޝެލިން ބުނަން އުޅުނު ނަމަވެސް ބުނެވޭގޮތެއްނުވިއެވެ. ޔުނާން ދެބުމަ އަރުވާލަމުން ބުނާށޭ ބުނެލިއެވެ.

“އަހަރެންގެ ގެއެއް ނުހުރޭ…” އިސްޖަހާލަމުން މިޝެލިން ބުނެލިއެވެ.

“އޮވްހް..ވަޓް..ދެން މިއޮށް ހުރިހާ ދުވަހުއޯ؟…” ވާނުވާ ނޭނގުމުން ޔުނާން އަހާލީ އެއްބުމަ އަރުވާލަމުންނެވެ.

“އަހަރެން ރަށުން މާލެ އައިތާ އަދި މިވީ ތިން ހަފްތާ..އަހަރެންގެ ހުރި ހަމައެކަނި މީހަކީ އަހަރެންގެ މަންމަ..އަހަރެން ބައްޕަ މަންމައަށް އޮޅުވާލާފަ ދިޔަ ފަހުން މަންމައަށް އެނގުނީ މަންމަ އަހަރެންނަށް ބަލިވެއިންކަން..ރަށު މީހުނަށް އެނގުނީމަ ހުރިހާ އެންމެން މަންމަ ބާކީ ކޮއްލީ..މަންމަގެ އާއިލާ ވެސް..އެހެނަސް މަންމަ ވަރަށް ކެއްތެރިކަމާއެކު އަހަރެން މިދުނިޔެއަށް އުފަންކުރި….ނަމަވެސް އެ ތާކުން އަހަންނަށް ރަނގަޅު ބަހެއް ބުނެލާނެ އެކަކުވެސް ނުވި..އަހަރެން ނަހަލާލުދަރިއެއްވީމަ..ދެން އަހަރެން މާލެ އަންނަން މަޖުބޫރުވި މަންމަ ނިޔާވީމަ..އެމީހުން އަހަރެން ބަލައިނުގަތިމަ..މާލެ ދެލޮލަށްވެސް ފެނުނި އަދި އަލަށް..ދާނެވަކި ތަނެއްނެތި ހިނގަމުން ހިނގަމުންދަނިކޮށް ބަޔަކު އަހަރެން ކިޑްނެޕްކޮއްގެން ގެންދިޔައީ..ދެން މިޔަދު ވަރަށް ހާލުން އެތަނުން ނުކުމެވުއިރަށް އެމީހުނަށް އެނގުނީ އަހަރެން ނެތްކަން..އެމީހުންނަށް އަހަރެން ފެނުނީމަ އަހަރެން ފަހަތުން ދުއްވައިގަތީ…އެހެންވެ އެހާ ހާސްވެފަ ހުރެވުނީ..” ވަރަށް ހާލުން އިސްޖަހާލައިގެންހުރެ މިޝެލިން ބުނެލިއިރު އެދެލޮލުން ކަރުނަ ނިރާލީ މާޒީގެ އެ ހިތިދުވަސްތަށް ހަނދާނަށް އައުމުންނެވެ. ހިޔާލަށް އިތުރު އެއްޗެއް ނައުމުން މިޝެލިން ޔުނާންއަށް ހުރިހާ އެއްޗެއްކިޔާދިނީއެވެ.
ޔުނާންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ވާނެ ކަމެއް ވާނެ..އަހަރެމެންނަށް އޮތީ އިމްތިހާނުތަކާ ކެއްތެރިކަމާއެކު ކުރިމަތިލުން..” ދެލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން މިޝެލިން ބުނެލިއިރު އެދެލޮލުން ފެނުނު އަޒުމަކާއެކު ހިތާމަތަށް ފޮރުވާލަމުން ހިނިތުންވެލި ގޮތަކުން ޔުނާން ހައިރާންވިއެވެ. އަންހެނުންނަކީ ފިނޑިބައެއްކަމަށް މިއޮށް ހުރިހާ ދުވަހުއްސުރެ އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އަންހެނުންނަކީ މިހާ ހިތްވަރުހުރި ބައެއްކަމަށް އޭނާ ގަބޫލުކުރަންޖެހިއްޖެއެވެ. އެކަމު ގަބޫލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

“ސޯ..ޑޫ މީ އަ ފޭވަރ” ކުއްލިއަކަށް ކަމެއް ހަނދާންވިފަދައަކުން ޔުނާން ބުނެލިއެވެ. މިޝެލިން ޔުނާންއާ ދިމާލަށް ބަލާލީ ބުނާށޭ ބުނާފަދައަކުންނެވެ.

“އަހަންނާ އިންނަންވީނު؟…” ޖެހިލުމެއްވެސް ނެތި ޔުނާން ބުނެލީ ވަރަށް ހަމަޖެހިލާފައި ބޯއަރިކޮއްލަމުން އިސްތަށިގަނޑުގައި އަތް ހިނގާލަމުންނެވެ.

“ވަޓް؟…” ނަފްސަށް ލިބުނު ސިހުމާއެކު މިޝެލިންއަށް ބުނެވުނީ ބާރަށެވެ.

“ވިލް ޔޫ މެރީ މީ؟..އައިމް ސީރިޔެސް އެނގެ..” ދެލޮލަށް ސީރިޔެސް ނަޒަރެއް ވެރިކުރުވަމުން ޔުނާން ބުނެލީ މިޝެލިންއާ ހަތަރުކަޅި ހަމަކުރަމުންނެވެ. މިޝެލިން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ލޫކް..އައި ނޯ އިޓްސް ކްރޭޒީ..އެކަމު އަހަރުމެން ދެމީހުން މެރީ ކޮއްފިއްޔާ ބައިވަރު ކަންތައް ފަސޭހައިން ނިމޭނެ..މިޝެލިންއަށް އާއިލާއެއް ލިބޭނެ…އުޅޭނެ ގެއެއް ލިބޭނެ..ހަސްބެންޑްއެއް ލިބޭނެ..އެން އަހަރެންނަށް އަހަރެންގެ ފަހަތުން މޮޔަވެގެން އުޅޭ އަންހެނާ ކައިރިން ސަލާމަތްވެވޭނެ…” އެންމެ ފަހު ޖުމުލަ ބުނެލިއިރު ޔުނާންގެ ދެއަތް މުއްކެވިގެންދިޔައިރު ދެލޮލުން ރުޅިވެރިކަން ފެނިގެންދިޔައެވެ.

“އެކަމު…..” މިޝެލިން ބުނަން އުޅުނެވެ.

“ލޯބިވާ މީހެއް ހުރީތަ؟..ނޫނީ ބީއެފްއެއް ހުރީތަ؟..އޯ އެ ހަސްބެންޑް؟…” މިފަހަރުވެސް ޔުނާން ބުނެލީ ހަމަޖެހިލާފައިހުރެއެވެ.

“ނޫން..އެކަމް އަހަރެންނަކަށް ތިއީ ކާކުކަމެއްވެސް ނޭނގޭ..” މިޝެލިން ބުނެލީ ވިސްނަން އިނދެފައެވެ.

“އަހަރެންދޯ..އަހަރެންނަކީ ޔުނާން ޔާއިން…” ޔުނާން ބުނެލިއެވެ.

“ފުރިހަމަ ނަން ބުނުމަކުން އަހަރެންނަށް ތީ ކޮންތާކު، ކީއްކުރާ ، ކޮންކަހަލަ މީހެއްކަމެއް ނޭނގޭނެ ޔުނާން..” މިޝެލިން ބުނެލީ ޔުނާންއާ ހަތަރުކަޅި ހަމަކޮއްލަމުންނެވެ. ޔުނާން ހަމައެކަނި ހީލީއެވެ.

“” އަހަރެން އެހާ ދައްކާހިތެއްނުވޭ އަހަރެންގެ އަމިއްލަ ވާހަކައެއް..މިޔަދު އެކަމު އެނގޭނެ އަހަރެންމީ ކާކުކަން…އެންޑް..މިޝެލިން..ޔޫ ވިލް ބީ މައި ވައިފް…” ވަރަށް ހަމަޖެހިލާފަ މިޝެލިންއާ ފުދޭވަރަކަށް ކައިރީގައި ހުއްޓިލަމުން ޔުނާން ބުނެލިއެވެ.

“ވަޓް..” ދެބުމަ ގޮއްޖަހާލަމުން މިޝެލިންއަށް ބުނެލެވުނެވެ.

“ލުކް..އަހަރެން ތި ކުއްޖާއަށް ދެރައެއް ނުދޭނަމޭ..އަހަންނާ އިނދެގެން މިޝެލިންއަށް ލިބޭނެ އަރާމު ދިރިއުޅުމެއް..އެންޑް..އަހަރެން މިޝެލިންގެ ރުހުމުގަވެސް ނުރުހުމުގަވެސް ކަމެއް ނުކުރާނަން މިޝެލިންއަކަށް…އައި ޑޯންޓް ޓަޗް އޯ ބްރޭކް ތިންގްސް ދެޓް އާރ ނޮޓް މައިން…އެންޑް..އަހަރެންގެ މަންމަވެސް ދިޔައީ އެހެން މީހަކާއެކު ފިލައިގެން..ހުރިހާ އަންހެނުންނަކީވެސް އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް..މަކަރުވެރިބައެއް…އެކަމު ބުނަން މިޝެލިން..ޔުއަރ ކައިންޑަ ޑިފަރެންޓް ފްރޮމް އަދަރސް..” މި ހުރިހާ އެއްޗެއް ބުނިއިރުވެސް ޔުނާންގެ މޫނުމަތިން އަސަރެއް ފެނިނުލައެވެ. އެކަމު އެ މޫނުމަތިން ސިއްރުވެރި ހިނިތުންވުމެއް ފެނިލިއެވެ. މިޝެލިންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާއަށް ހަމަޖެހުމެއް ލިބުނީ ޔުނާން އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްނުލާނެކަމަށް ބުނެލިއިރު އެދެލޮލުން ފެނުނު ސާބިތުކަމަކުންނެވެ.

“ސޯ އިޓްސް އަ އެސް..” އެއްބުމަ އަރުވާލަމުން ޔުނާން ބުންޏެވެ.

“އަމް..ލެޓް މީ ތިންކް…” މިޝެލިން ބުނެލީ އެ ސިކުނޑިއަށް ބުނާނެއެއްޗެއް ނައުމުންނެވެ.

“އޯކޭ..ތާރޓީ މިނެޓްސް…” އެހެން ބުނެލާފައި ޔުނާން ބެލްކަންޏަށް ދިޔައީ މިޝެލިންއަށް ވިސްނަން ވަގުތުދެމުންނެވެ.

ކުއްލިއަކަށް ޔުނާން މިޝެލިންގެ އަތުގައި ހިފެހެއްޓުމުން މިޝެލިންދިޔައީ ސިއްސައިގެނެވެ.

“ސިރިޔެސްލީ ގަރލް..ތިވަރަށް ނިޔެފަތި ނުކައި އާންއެކޭ ބުނެބަލަ..މިހާރު ފޯރޓީ މިނެޓްސް ވެއްޖެ….” މިޝެލިންގެ އަޑެއް ބަޑެއް ނީވުމުން ޔުނާން ކޮޓަރިއަށް ވަތްއިރު ފެނުނު މަންޒަރަކުން އޭނާއަށް ހީއްލެވުނެވެ. މިޝެލިން އިނީ އެނދުގައި އިށީނދެ ދެފައި ވައްކޮއްލައިގެން ނިޔެފަތި ކާންށެވެ.

“އެއް…” މިޝެލިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ސޯ..އިޓްސް އެ ޔެސް؟…” މިޝެލިންގެ އަތުންދޫކޮއްލަމުން ޔުނާން އަހާލިއިރު ޔުނާންއަށް މިޝެލިންގެ ހާސްކަން ފާހަގަކުރެވުނެވެ.

“ޔެސް…” މިޝެލިން ބުންޏެވެ.

“ގުޑް..ސޯ އަހަރެން ބޭނުންވަނީ ވިހާވެސް އަވަހަކަށް މެރީކުރަން…އޯކޭ؟…” ޔުނާން އެހެން ބުނުމުން ފުރަތަމަ މިޝެލިން ސިހުނު ނަމަވެސް ނިކަން އަވަހަށް ހަމަޖެހިލަމުން ފުންނޭވާއެއްލިއެވެ.

“މަޑުކޮއްލާ..އެބަ އަންނަން..” ޔުނާން ބުނެލީ ކޮޓަރިން ނުކުންނަން މިސްރާބުޖަހަމުންނެވެ.

“އެހެން މީހަކު ޓަކިޖެހިޔަސް ނުހުޅުވާތި..” ކޮޓަރީ ދޮރުލައްޕާލަމުން ޔުނާން ބުންޏެވެ.

– 30 މިނެޓު ފަސް –

ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް އެނދުމަތީގައި އިށީނދެގެންއިން މިޝެލިންއަށް ސިއްސައިގެންގޮސް ކޮޅަށްތެދުވެވުނެވެ.

“އަން..ފްރެޝްވެލައިގެން މިއެއްޗެހި ލައިގެން ނުކުމެބަލަ..އަހަރެން މިހުރީ ބެލްކަނީގަ…” މިޝެލިންއަތަށް ކޮތަޅެއް ދިއްކޮލަމުން ޔުނާން ބުނެލީ ފާހަނައަށް އިޝާރާތްކުރަމުންނެވެ. އަނގައިން ބަހެއްވެސް ބުނެނުލާ މިޝެލިން އެ ކޮތަޅުގައި ހިފަމުން ފާހަނައަށް ދާން މިސްރާބުޖެހިއެވެ.

ފާހަނައިގެ ދޮރުހުޅުވުނު އަޑަށް ޔުނާން ބެލްކަނިއިން ކޮޓަރިއަށްވަނީ ފޯނު ޖީބަށްލަމުންނެވެ. މިޝެލިން ފެނުމުން ޔުނާން ހުއްޓުންއަރާގޮތްވިއެވެ. ކަކުލުން ކުޑަ ތަންކޮޅެއް ތިރިއަށް ލައިގެންހުރި ހެނދުން ހުރިއިރު އެހެނދުން ހީވަނީހަމަ މިޝެލިންއަށް ފަހާލެވިފައިވާ ހެނދުމެއްހެނެވެ. ހެނދުމުގެ ދަށުން ހުދުކުލައިގެ ޖިންސްއެއް ލާފައިހުރިއިރު، ކަޅުކުލައިގެ އެ ހެނދުމުގެ އުނަގަނޑާ ހިސާބުން ހުދުކުލައިގެ ޗޭނެއްހެންއިން ހިމަ އެތިކޮޅެއް އެލުވާލާފައިވުމުން ވަރަށްވެސް ރީއްޗެވެ. އެ ހެނދުމުގެ އަތް ދިގުކޮށް އިނުމުން ވަކިން ރީތިކަމަށް ދައްކައެވެ.

“ސަމްތިންގް އިޒް މިސިންގް…” އެހެން ބުނެލަމުން ޔުނާން މިޝެލިންއާ ދިމާލަށް ހިނގައިގަތެވެ. އަދި އެދިޔަގޮތަށްގޮތް މިޝެލިންގެ ހަތްޔަރުކޮއްލެވިފއިވާ އިސްތަށިގަނޑު މިނިވަންކޮއްލިއެވެ. އެވަގުތު އިސްތަށިގަނޑު އޭގެ ޒާތުގައި މިނިވަންކަމާއެކު ވިހުރިލާފައި އުނަގަނޑުން އިސްތަށިގަނޑު ތިރިއަށް ފައިބައިގެންދިޔަ ހިތްގައިމު މަންޒަރު ފެނިފައިވެސް މީހެއްގެ ހިތް އޭގެމަގާމުން ދޫވާނެކަންގައިމެވެ. ނަމަވެސް ޔުނާންގެ ހިތް އޭނާ ވަނީ ހިލައަށް ވުރެވެސް ހަރުކޮއްފައި ކަންނޭނގެއެވެ. މި ހިތްގައިމު މަންޒަރުންވެސް މިޝަލިންއަށް ޔުނާންގެ ހިތް ކާމިޔާބެއް ނުކުރެވުނެވެ. ނުވެސް ކުރެވޭނެއެވެ.

“ޕާފެކްޓް..ހިނގާ..” މިޝެލިންއަށް ބަލާލާފައި ޔުނާން ބުނެލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިދަތީ ޖީބަށް ދެއަށް ޖަހާލައިގެންހުރެއެވެ.

“ކޮންތާކަށް؟..” މިޝެލިން އަހާލީ އޭނާ ހުރިތަނުން ގުޑިވެސްނުލާ ހުރެއެވެ.

“އައީމަ އެނގޭނެ…” ފަސްއެނބުރި މިޝެލިންއަށް ބަލާލާފައި ޔުނާން ބުނެލީ ކޮޓަރިން ނުކުންނަމުންނެވެ. އަނގައަށް ވައްތަރެއް ޖައްސާލަމުން މިޝެލިންވެސް ކޮޓަރިން ނުކުތެވެ.

ލިފްޓުން ތިރިޔަށް ފޭބިއިރުވެސް މިޝެލިންހުރީ ހައިރާންވެފައެވެ. ޔުނާން އަކީ ކިހާވަރެއްގެ މީހެއްކަން ނޭނގުނަސް އޭނާއަކީ މުއްސަންޖެއްކަން މިގެއަށް ބަލައިލި ކޮންމެ ދިމާލަކުންވެސް އެނގެއެވެ. ނޯކަރުންތައް އެކި ކަންތަކުގައި އުޅެފަވެސް ޔުނާން ފެނުމުން ބިރެއްފަނިގެން އިސްޖަހާލާ ގޮތްވެސް މިޝެލިންއަށް ފާހަގަކުރެވުނެވެ.

“ތީ ކާކުތަ؟…” ކުއްލިއަކަށް މިޝެލިން ދެލޯ ހަނިކޮއްލާފައި އެހެން އަހާލުމުން ޔުނާން ބަލާލިއެވެ.

“ޔުނާން…” އެއްޗެކޭ ނުބުނާނެހެން ހީވި ހިނދުކޮޅަކަށްފަހު ޔުނާން ބުނެލިއެވެ.

“އައި މީން..ކާކު ދަރިއެއް؟..” މިޝެލިން ބުނެލިއެވެ.

“ޔާއިންގެ..އަހަރެންމީ ބްލޫމްސް ހޮސްޕިޓަލްގެ ވެރިމީހާގެ ދަރި..” ފުންނޭވާއެއްލަމުން ޔުނާން އެހެން ބުނެލިއިރު އެ އަޑުގަ އާއި ހަރަކާތުގައިވީ ފަރުވާކުޑަކަމެވެ. ލިބުނު ސިހުމުން މިޝެލިންހުރީ އަނގަ ހުޅުވުނުގޮތަށް ލައްޕާލަންވެސް ނޭނގިފައެވެ.

“އަހަން..ދަރިފުޅު އައީތަ..” ޔުނާން ފެނުމާއެކުހެން ސޯފާގައި އިށީނދެގެންއިން މެދުއުމުރުގެ ފިރިހެނަކު ބުނެލީ ހިނިތުންވެލަމުންނެވެ. އެމޫނަށް ބަލާލުމުންވެސް އެއީ ހިތްހެޔޮ މީހެއްކަން މިޝެލިންއަށް ނަގައިގަނެވުނެވެ. އެ ފިރިހެންމީހާ ކައިރީގައި އިން އަންހެންމީހަގެ މޫނަށް ބަލާލުމުން އެއީވެސް ހިތްހެޔޮ މީހެއްކަން މިޝެލިންއަށް ހީކުރެވުނެވެ. އެމީހުންނާ ވަކިން އެއް މީހަކަށް އިށީނދެވޭނެހެން އިން ސޯފާއެއްގައި އިނީ ސައުވީހަކަށް އަހަރުގެ އަންހެންކުއްޖެކެވެ. އެއަންހެން ކުއްޖާގެ މޫނުމަތިންވެސް މިޝެލިންއަށް ފެނުނީ ހިތްހެޔޮކަމެވެ.

“ލައްބަ ބައްޕާ..” މިޝެލިންގެ އަތުގައި ހިފާލާފައި ދޫކޮއްލަމުން، ސޯފާގައި އިށީދެލާފައި ޔުނާން ބުނެލީ މިޝެލިންވެސް އިށީނުމުންނެވެ.

“ދަރިފުޅާ..މީ ކޮންކުއްޖެއްތަ؟…” ޔާއިން ބުނެލީ މިޝެލިންއަށް އިޝާރާތްކޮއްލާފައި ހިނިތުންވެލަމުންނެވެ. ޔުނާން ޔާއިންއަށް ބަލާލާފައި ޔޫހާއަށް ބަލާލާފައި އަނެއްކާވެސް ޔާއިންއަށް ބަލާލިއެވެ. ޔާއިން ކައިރީއިން ޒީހާގެ މޫނުމަތީގައިވި ދެއްކުންތެރިކަމުގެ ހިނިތުންވުން ފަނޑުވިއިރު އަނގައަށް ގޮތެއް ހަދާލެވުނީ ޔުނާން އޭނާ އެތާ އިންކަމަށްވެސް ހަދާނުލުމުންނެވެ. ޔުނާންގެ ދެލޮލަށް އަބަދުވެސް އޭނާ ކަޝްފްވެފައިވާ ފަދައެވެ.

“މިޝެލިން….އަހަރެން އިންނަން އުޅޭ ކުއްޖާ…” ޔުނާން އެހެން ބުނެލުމުން މުޅި ތަނުގައި ވަރުގަދަ ބޮމެއްގޮވިފަދައެވެ. ޔާއިންގެ މޫނުމަތިން ތަރުޖަމާކުރަންދަތި އަސަރެއްފެލިއިރު ޒީހާގެ މޫނުމަތިންވެސް ފެނިލީއެ އަސަރެވެ. ޔޫހާ ދެލޯބަޑުކޮއްލައިގެން އިނީ ދެން ވާނެގޮތް ހިތައްއަރުވަންވެސް ނޭނގުމުން އަތުގައި އޮތް ފޯނުގައި ބާރަކަށް ހިފަހައްޓާލައިގެނެވެ.

ނުނިމޭ

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

ޒަޚަމް 3

Next

ސިއްރެއް 2

Next
March 14, 2020

ސިއްރެއް 2

Previews
March 12, 2020

ޒަޚަމް 3

16 Comments!

  1. malsamalkkomal says:
    March 13, 2020 at 5:58 pm

    MI baeh mistakes thah hureema rangalhu kohllaafa..kuryga bunefa inee yooha aki yunan dhahtha eyy..ekam mihaarun e inaane badhalu kohfa..and yunan surjeon akah v 25 years akun noon 27 years in..insha allah varah avahah 6th part up kohlladhynan..tc..lve ya all

    1. Yaanaa says:
      March 13, 2020 at 6:25 pm

      Pleeeees thankolheh avas kohlahche dhen huri bai thah. Mivaahaka varah kiyaa hithun mihiry n dhaa goiy vx varah salhi.. eagerly waiting?

    2. Malsa Moosa says:
      March 16, 2020 at 4:36 pm

      Ehe..thankx yaanaa..up kollaafin

  2. Aashy says:
    March 13, 2020 at 6:24 pm

    oh……..mihaaru yooha is yunan ge kokko…nice…waiting for next part………….

    1. Malsa Moosa says:
      March 16, 2020 at 4:36 pm

      thankx Aashy..yess..up kollaafin

  3. magnumm says:
    March 13, 2020 at 7:12 pm

    kuda different eh ayas stry hama obi ngeyyyyy…lav u moyagandaaaa….n pleeeshhhhh…take care with ur self ngeyyy….sister lavs uuuu??

    1. Malsa Moosa says:
      March 16, 2020 at 4:38 pm

      thankx bro..lve ya too moyess..yh..insha allah i will..u take care to nge brother..

  4. Yanaa says:
    March 13, 2020 at 8:42 pm

    Okay…waiting waiting waiting❤❤❤❤ ly malkko

    1. Malsa Moosa says:
      March 16, 2020 at 4:39 pm

      Ehehe..thankx yanaa..up kollaafin..ly 2

  5. friend says:
    March 13, 2020 at 9:38 pm

    Vvvvvv reethi
    ekam haadha gina dhuvas kollaafa thi up kollee
    eves kureege part
    Dhen kon zamaanakunbaa aneh part kiyaalan libeynee
    v avahah up kolladehcheh

    1. Malsa Moosa says:
      March 16, 2020 at 4:40 pm

      thankx friend..sorry nge..kuda kameh dhimavii..ehn v..and next part up kohllaafin..thankx for waiting

  6. Anonymous says:
    March 13, 2020 at 9:38 pm

    What????SAAJAN??? Saajan eii
    koacheh thr???

    1. Anonymous says:
      March 14, 2020 at 4:37 pm

      Surgeon ?

  7. malsamalkkomal says:
    March 14, 2020 at 5:10 pm

    ނަމަވެސް މިޝެލިންގެ ލޯ ކުރިއަށްވުރެވެސް ބެޑުވެގެންދިޔައީ ޔުނާން ހީލަމުން އޭނާގެ އަތް އެ އަންހެންކުއްޖާގެ ގައިގައި ވަށާލަމުންނެވެ.

    “ދޮންބޭ..އައި މިސްޑް ޔޫ..” ޔުނާންއާ މުހާތަބުކޮށް އެ އަންހެންކުއްޖަ ބުނެލި ބަސްކޮޅަކުން މިޝެލިންއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. = އެޑިޓް ކުރެވިފަ=

    “ހެއި ފަހަރި…ވޯއު..ދޮންބެގެ ހޮވުން ހަމަ އެއްވަނަ އެނގެ…އަހަރެންމީ ޔަޝާ އެނގެ…” މިޝެލިން ގައިގައި ބައްދާލަމުން ޔަޝާ ބުނެލިއެވެ. ޔަޝާގެ ހުންނަ އެކުވެރިކަމާއި އަނގަގަދަކަމުން މިޝެލިންއާ ވަރަށް އަވަހަށް ރައްޓެހިވެއްޖެއެވެ.

    “ބްރޯ..އަނގާވެސް ނުލަމެއްނު..” ޔުނާން ގައިގައި ބައްދާލާފައި މަރުހަބާ ކިޔާލަމުން ޒުވާނާ ބުނެލިއެވެ. މިޝެލިންވެސް އެޒުވާނާއަށް ބަލާލިއެވެ. ދިގު ހަށިގަނޑެއްގެ ވެރިއެކެވެ. ވަރުގަދަ ހަށިގަނޑަކާއި ހަމުގެ ކުލަ ދޮނެވެ. ކަޅުކަންގަދަ ބުމައަކާއި އެކު އެ ކަޅުކުލައިގެ ދެލިކޮޅެއްފަދަ ކަޅީގެ ތޫނުކަމާއެވެ. މިޝެލިންއަށް ފާހަގަކުރެވުނީ ޔުނާންއާއި މިޒުވާނާގެ ވައްތަރުގޮތެއްހުރިކަމެވެ.

    “ހައި ފަހަރި…” މިޝެލިންއާ ދިމާލަށް ބަލާލާފައި ހީލަމުން އެ ޒުވާނާ ހައި ޖަހާލުމުން މިޝެލިން ހަމައެކަނި ހީލުމަކުން ފުއްދާލީއެވެ.

    ( “ޔާން..އަން..މަންމަ ބުނީ މި ރިންގް ދޭށޯ..” ކަމެއް ހަނދާންވިފަދައަކުން އެޒުވާނާ ބުނެލީ އޭނާގެ އިނގިލީގައި އަޅާފަ އޮތް އަނގޮއްޓިއެއް ނަގަމުން ޔުނާންއަށް ދިއްކޮށްލަމުން ޔުނާންއަށް އެކަނި އަޑުއިވޭވަރަށެވެ. އެޒުވާނާގެ އަތުގައި ވެސް އޭގެ އަނގޮއްޓިއެއް އޮތެވެ. އިއްޔެ ޔުނާން އޭނާގެ އަނގޮއްޓި ގެއްލިގެން ހޯދާ ހޯދާ ނުފެނުމުން މަންމަ ކައިރީއެވާހަކަ ބުނެވުނު ހަނދާނެއްވިއެވެ. އެ އަނގޮއްޓިއާ ނުލާ ޔުނާންއަށް ހީވަނީ އޭނާގެ ހަށިގަނޑުގެ ބައެއްވެސް މަދުހެންނެވެ. އަނގޮއްޓި ދިނުމާއެކު ޔުނާން އޭތި ކަށި އިނގިލީގައި އަޅާލިއެވެ. ) ޑިލީޓް

    ނޯޓް : މި ޕާޓް ޕަބްލިޝް ކުރެވިފަ އިނީމަ ދެން އަލުން އެޑިޓް ނުކުރެވޭނެތީ މީނީ އެބައި ޑިލީޓްކުރި ވާހަކަ އާއި އެޑިޓް ކުރި ވާހަކަ ކޮމެންޓް އަކުން ބުނެލާފައެވެ. ބައެއް މީހުން ކޮމެންޓް ޝެކްޝަން ނުބަލާނެތީއާއެކު ދެން އަންނަ ޕާޓްގައި މިކަން އިއުލާނުކޮއްލާނަން

  8. Kairaa says:
    March 14, 2020 at 6:58 pm

    Varah reethi…waiting

  9. malsamalkkomal says:
    March 16, 2020 at 4:40 pm

    thankx kai

Comments are closed.


All Right Reserved!