Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް

idontcare Level 110 Stories
March 14, 2020 2 Mins Read
4 Comments

މެންދަމުގެ އަރާމް ހަމަހިމޭން ވަގުތުގައި މުޅި މާލެ ހަމަހިމޭން ނިންޖަކުން ނިދާލާފައިވާ ފަދައެވެ. މަގުމަތީގައި ދުއްވާފައިދާ މަދު އުޅަނދު ތަކެއް ފިޔަވައެވެ. ނަމަވެސް މިފަދަ ވަގުތެއްގައިވެސް ނިދަން ދިއުމުގެ ބަދަލުގައި އުޝާ އިނީ ކޮޓަރިއަށް ނުވަދެ ބެލްކަނީގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. އެ މޫނުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. އެ ލޮލުން ފެންނަމުންދަނީ ހުސްކަމެވެ.

އެތަށް އިރަކު އެތާ އޮއްވާ އޭނާއަށް ސިހިފައި ތެދުވެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭނާއަށް މަޑުމަޑުން ނިތްކުރީގައި ޖަހާލެވުނީ މިރޭ އެއްކޮށް ނުނިދާ އުޅެވުނުކަން އެނގުމުންނެވެ. އަވަސްއަރުވާލައިގެން ފާހާނާއަށް ވަދެ ތައްޔާރުވެލައިގެން ނުކުމެ ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމުމުން މުސައްލަ އޮޅާލައިފައި ނަގައި ކަބަޑު މަތީ ބޭއްވިއެވެ. އެއަށްފަހު ހޫނު ކޮފީތައްޓެއް ހަދައިލައިގެން އަނެއްކާވެސް ބެލްކަންޏަށް ނުކުމެލިއެވެ. އެތާ ކުޑަ ހުދުކުލައިގެ އުނދޯއްޔެއް ބަހައްޓާލައިފައިވެއެވެ. އަދި އެތާ ގިނަ އަދަދަކަށް ހައްދާފައިވާ މާގަސްތަކުން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މަލުގެ މީރުވަސް ހިފާލާފައިވުމުން އެ މާހައުލު ވަރަށް ހިތްފަސޭހައެވެ. އުޝާ މަޑުމަޑުން އުދޯލިހެއްލަމުން ކޮފީބޯން ފެށިއެވެ. އެހެން އޮތް އިރު ފޮތެއްގެ ގަނޑުތައް ފަދައިން އޭނާގެ ސްކޫލުގެ އުފާވެރި ދުވަސްތަކާއި އޭގެ ފަހުގެ ހިތި ދުވަސްތައް އޭނާގެ ކުރިމަތީގައި އުކެން ފެށިއެވެ.

……………………………………………………………………………………………..

 

އެހެން ދުވަސްތަކެކޭ އެއްފަދައިން ހޭލައިގެން ފަތިސްނަމާދުކޮށްލައިގެން ފެންވަރައިލައިގެން ރީތިވެލައިގެން ނުކުތްއިރު މަންމަ ބައްޕަ ތިބީ ސައިބޯށެވެ. “އަނހާ! ދަރިފުޅާ. އަވަހަށް އާނދޭ ސައިބޯން” މަންމައަށް މަ ފެނުމާއެކު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ. ބައްޕަވެސް ހިނިތުންވެލުމެއް ހަދިޔާކޮއްލުމުން ގޮސް މަންމަ ކައިރީ އިށީނދެލީމެވެ. އެވަގުތު ދޮންބެވެސް ސްކޫލަށް ދާން ތައްޔާރުވެލައިގެން އައިސް އިށީނެވެ. އެންމެން އެއްކޮށް ސައިބޮއެ ނިމުމުން ބައްޕަ މަށާއި ދޮންބެ ކާރުގައި ސްކޫލަށް ލުމަށްފަހު ދިޔައީ އޮފީހަށެވެ. ދޮންބެ މަގޭ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ހީލައިފައި ދިޔައީ އޭނާގެ ކުލާހަށެވެ. މަވެސް މަޑު ނުކޮށް ހިގައިގަތީ ބެލް ޖެހުމުގެ ކުރިން ކްލާހަށް ވަދެވޭތޯއެވެ.

ކްލާހަށް ވަދެވުނުކަމެށް ނޭނގެ ކުރިމައްޗަށް ފުންމައިގެން އެރީ އަހަރެންގެ އެކުވެރި ނަޝްވާއެވެ. “އެނގޭތަ! އެނގޭތަ! އެއްކަލަ އަލަށް ވަތެއްނު ވަރަށް ހޮޓު ސޮރެއް. އޭނަ އަންނަނީ މިކުލާހަށް. އަޅޭ ވާވާވާވާ” ނަޝްވާ އުފަލުން ފުންމެން ފެށުމުން މަށަށް ބާރަކަށް ހެވުނީ ބޭއިޙްތިޔާރުގައެވެ. އެހެންޏާފަހެ މީހަކަށް ނުހެވޭ ވަރެއް ހެއްޔެވެ؟ އޭރު ކުލާހަށް އައިސްވަތް އެލީނާއާއި ޒޯޔާވެސް މަށާ އެއްބައިވެގެން ހިނިގަނޑެއް ޖަހާލިއެވެ. ތެދުތެދަށް ބުނާނަމަ އެވަގުތު ކްލާހުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ހެނީއެވެ. ބެލް ޖެހުމުން އަވަސް އަވަހަށް އެންމެން ތެޅިގަނެފައި ކްލާހުން ބޭރަށް ނުކުތީ ލައިން ހަދާށެވެ. އަހަރެމެންނަށް ލިބިފަ މި ހުރީވެސް އާދައިގެ ލީޑިންގް ޓީޗަރެއް ނޫނެވެ. އިއްޔެވެސް އަހަރެމެން އެންމެ ދެތިން މިނިޓް ލަސްވެގެންނޭ ކިޔާފައިވެސް ހަޅޭއްލަވާލީ އެހެނަކުންނެއް ނޫނެވެ. އެންމެ ‘ގަޓު’ ވެލާފަ އުޅޭ ސޮރުތައްވެސް ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. ކޮންމެއަކަސް ލައިން ހަދާ ނިމުނުތަނާހެން ޓީޗަރު އައިއްސިއެވެ. ލައިން ހަދައިގެން ތިބިތަން ފެނުމުން ވަކި އެއްޗެކޭ ނުބުނެ ހޯލަށް ދާށޭ ބުނެލާފައި ދިޔައީއެވެ.

އެ ދިގު އެސެމްބްލީ ނިމުންއިރު މަގޭ ދެފަޔަކު ކަމެއް ނެތެވެ. ސިޑިން އެރުންވެސް ވީ ބޮޑު ކަމަކަށެވެ. ސްކޫލުގައި ތިބިއްޔާ ތިބި ބަޔަކަށް ހިތާހިތުން ކުދި ކިޔަމުން ބާރުބާރަށް ހިގަމުން އައިސް އެންމެނަށްވުރެ ކުރިން ކްލާހަށް ވަދެ ގޮނޑީގައި އިށީނދެ ޑެސްކުގައި ބޯއަޅާލައިގެން އޮތީ ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ. އަހަރެން އެހެން އޮތަސް ކްލާހުގެ އެއްވެސް ކުއްޖަކު އެއްޗެކޭ ނުބުނާނެއެވެ. އެއްކޮށް ނުވަ އަހަރު ވަންދެން ކިޔެވިއިރު އެކަކު އަނެކަކުގެ ގޮތްވެސް ހުންނާނީ ގައިމު ދަސްވެފައިތާއެވެ. އެކަމަކުވެސް މި ނަޝްވާއަށް އެއްޗެއް ދަސްވި ކަމަކަށް ނުވިއެވެ. މަ މީނާ ކައިރީ އިށީންނަން ހިތަށްވެސް އެރީ ކީއްވެބާއޭ ހިތަށް އަރައެވެ. އެހެންޏާފަހެ އައިގޮތަށް މަ ގައިގައި ކޮއްޓަކޮއްޓފައި ގޮވަންފެށީ ކޮން މޮޔައެއް ކަމެށް ވެސް ނޭނގެއެވެ. ރުޅި އައިސް ރަތްވެފައި މަ ބޯހިއްލާލިއިރު ކްލާސް ޓީޗަރު ހުރީ ކްލާސް ކުރިމަތީގައެވެ. އެހެން ހުރިހާ ކުދިން ތިބީ މިސް އައުމުން އިހުތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވެއެވެ. މިސް ހުރީ މަށަށް ބަލަހައްޓައިގެން ސަލާން ނުގޮވާ މަޑު ކޮށްގެނެވެ. އަވަސްއަވަހަށް ކޮޅަށްތެދުވުނު ގޮތެއްވެސް ނޭނގެއެވެ. މީހާ ކުޑަކޮށްވެސް ދޮން ނަމަހީވެސް މަގޭ މުޅިމޫނު ލަދުން ރަތްވީހެވެ. މިސް ކައިރީގައި ހުރި ފިރިހެން ކުއްޖާވެސް ފެނުނީ ތެދުވި ފަހުންނެވެ. އޭނާވެސް ހުރީ މަށާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އަޅުވައިގެން ހުރި ކަޅު ދަބަހުގެ އަތްގަނޑުގައ އެއްއަތުން ހިފަހައްޓާލައިގެނެވެ. މިސް ސަލާމް ގޮވުމުން ސަލާމް ބަލައިގަތުމަށްފަހު އިށީނީ ހިތާހިތުން އެންމެނަށް ކުދި ކިޔަމުންނެވެ. މިކަމުގައި ކުށްވެރިކުރެވޭ ވަރުގެ މީހަކުނެތް ކަންވެސް އެނގެއެވެ. ދެބުމަ ގޮށް ޖަހައިގެން ގޮނޑީގައި އިށީނދެ ދެފައި ދަމާލީމެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ވީމޭ ތި ލޯތްބަށްޓަކައި- ޓްރެއިލަރ

Next

މަޢާފް – ސާދަވަނަ ބައި

Next
March 14, 2020

މަޢާފް – ސާދަވަނަ ބައި

Previews
March 14, 2020

ވީމޭ ތި ލޯތްބަށްޓަކައި- ޓްރެއިލަރ

4 Comments!

  1. icare says:
    March 14, 2020 at 12:34 pm

    masheh nuun aharen kiyaanii

  2. Anonymous says:
    March 14, 2020 at 9:17 pm

    Aslu vaahaka thakuga (ma)beynun kurun ehaa nugulhey ekam vv reethi??

  3. miu says:
    March 15, 2020 at 2:02 pm

    2 nazarun vaahaka liyun rangalheh noon.. first person noonee third person in liyeba 2 nazaru mix nukoh

  4. ? says:
    March 20, 2020 at 8:28 pm

    Ma aharen magey vex beynunkohfi..vrh undhagoo makiyaathyve..ekam masha allah vrh reethi

Comments are closed.


All Right Reserved!