Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 2

idontcare Level 110 Stories
March 14, 2020 3 Mins Read
2 Comments

 މިސް ހުރީ މަށަށް ބަލަހައްޓައިގެން ސަލާން ނުގޮވާ މަޑު ކޮށްގެނެވެ. އަވަސްއަވަހަށް ކޮޅަށްތެދުވުނު ގޮތެއްވެސް ނޭނގެއެވެ. މީހާ ކުޑަކޮށްވެސް ދޮން ނަމަހީވެސް މަގޭ މުޅިމޫނު ލަދުން ރަތްވީހެވެ. މިސް ކައިރީގައި ހުރި ފިރިހެން ކުއްޖާވެސް ފެނުނީ ތެދުވި ފަހުންނެވެ. އޭނާވެސް ހުރީ މަށާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އަޅުވައިގެން ހުރި ކަޅު ދަބަހުގެ އަތްގަނޑުގައ އެއްއަތުން ހިފަހައްޓާލައިގެނެވެ. މިސް ސަލާމް ގޮވުމުން ސަލާމް ބަލައިގަތުމަށްފަހު އިށީނީ ހިތާހިތުން އެންމެނަށް ކުދި ކިޔަމުންނެވެ. މިކަމުގައި ކުށްވެރިކުރެވޭ ވަރުގެ މީހަކުނެތް ކަންވެސް އެނގެއެވެ. ދެބުމަ ގޮށް ޖަހައިގެން ގޮނޑީގައި އިށީނދެ ދެފައި ދަމާލީމެވެ.     

މިސް އެ ފިރިހެން ކުއްޖާ ގާތުގައި އިންޓްރޮޑިއުސް ވެލުމަށް ބުނެލުމަށްފަހު މިސްގެ މޭޒު ދޮށުގައި އިށީނީއެވެ. އެ ފިރިހެން ކުއްޖާވެސް ކުޑަކޮށް ބޯކަހާލާފައި ބުނެލިއެވެ. “އަހަންނަކީ ކިޔާން. އަހަރެންގެ އުމުރުންމިވީ ސާދަ އަހަރު…” މަ އޭރުވެސް އައި ސިގުރުޅިގަނޑުގައި ދަތްކުނޑި ވިކައިގެން އިނީއެވެ. މަގޭ ރުޅިގަދަ ވާހަކަވެސް މަންމަ އަބަދު ދައްކަނީ މިހެންވެއެވެ.

މިސްވެސް ހިނިތުންވުމަކާއެކު އޭނާއަށް އިށީންނާނެ ތަނެއް ދެއްކިއެވެ. ކްލާހުގެ ފިރިހެން ބަރިއާއި އެންމެ ކައިރީގައި އިންނަނީ މަށެވެ. އެވެސް މަށަށް އެ ނަޝްވާ ދިން ލަޑެކެވެ. އެ ދޭތެރޭގައި ހުންނާނީ އެންމެ މީހަކަށް ހިނގާލާފައި ދެވޭ ވަރުގެ ޖާގައެކެވެ. މިސްވެސް އެސޮރު ބޭންދީ އެތާ އެންމެ ކައިރީ އިން ގޮނޑީގައެވެ. ނަޝްވާއަށް ހީވީ ދުނިޔެ ރަންވިހެންނެވެ. އޭނާ މަ ދުވަހަކުވެސް ބިޓެއް ނުނަގާތީ އޭނާ މަށަށް މަގޭ ‘ސޯލްމޭޓް’ ހޯދުމަށް ފޯރިއެއް ހުރެއެވެ.

……………………………………………………………………………………………………

ހުސްވެފައިވާ ކޮފީތަށި ބެހެއްޓި އިރު އުޝާގެ ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވެމެކެވެ. ސްކޫލުގައި އުޅުނުއިރުގެ އުފާވެރި ހަނދާންތައް އާވުމުންނެވެ. ކޮފީތަށި ދޮވެލާފައި އޭނާ ފެންވަރައިލައިގެން ނުކުމެ ބޭރަށް ދިޔުމަށް ތައްޔާރުވެލިއެވެ. ކަކުލާ ހިސާބަށް އަންނަ ޕްލަމް ކުލައިގެ ހެދުމާއިއެކު ނޫކުލައިގެ ޖިންސާއެކު ކަޅު ޝޯލް އަޅައިގެން ހުރިއިރު މޫނުގައި އެއްވެސް މޭކަޕެއް ކޮއްފައި ނެތްނަމަވެސް ރީއްޗެވެ. އެމޫނު ފެންނަނީ ވަރަށް ތާޒާ ކޮށެވެ.

 ރީތިވާ މޭޒުމަތީގައި ހުރި ސެންޓް ފުޅި ގަޔަށް ބުރުވާލުމަށްފަހު ފޯނު އަތަށް ލައިގެން ހޮޓަލުގެ އެ ކޮޓަރިން ނުކުމެ ދޮރު ތަޅުލާފައި ހެދުންތައް އަޅާފައި ހުރި ބަރު ދަބަސް ހިފައިގެން ތިރިއަށް ގޮސް ތަޅުދަނޑި ރިސެޕްޝަނާއި ހަވާލުކޮށްލުމަށް ފަހު ބޭރަށް ނުކުމެލިއިރު ސްކޫލަށް ދާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި އޮފީހަށް ދާ މީހުނާއިގެން މަގު ވަނީ ތޮށްޖެހިފައެވެ. އޭނާ އަވަސް ހިގުމެއްގައި އެތަށް އިރަކު ހިގުމަށްފަހު ހުއްޓުނީ ހިމަގޯޅިއެއްގެ ކުރިމައްޗަށެވެ. އެތާ ހަރަކާތްތެރިވެ އުޅުނީ ދެތިން މީހެކެވެ. އެމީހުންވެސް އުޅުނީ އަމިއްލަ ކަންކަމާއިގެންނެވެ. ދެފަރާތަށް ބަލަމުން އެތާހުރި ދެބުރީގެ އިމާރާތެއްގެ ތެރެއަށް ދެމިގަތެވެ. އޭނާއަށް ވަދެވުނީ ކުޑަ ސިޓިންރޫމަކަށެވެ. ކުޑަ ޓީވީއަކާއި ސޯފާސެޓެއް ހުރިއިރު ސޯފާ ކުރިމަތީ ހުރި ކޮފީ ޓޭބަލް މަތީ މާވަށިގަނޑެއްގައި ހުދު ލިލީ މާ ބޮނޑިއެއް އިނެވެ. ވަކި މީހަކު ހޯދަންވެސް ނޫޅެ ދިޔަގޮތަށް ޓީވީހުރި ކަބަޑު ހުޅުވާލިއެވެ. އެތާއިނީ ތިރިއަށް ދެވެން އިން ސިޑިއެކެވެ. އެތަނަށް ފައިބަން ފުރަތަމަ ހަރުފަތަށް ފައި ލާފައި ކަމެއް ހަނދާންވެގެން ނިތްކުރީގައި އެއް އަތުން މަޑުމަޑުން ޖަހާލާފައި ކުޑަކޮށް ދުވެލާފައި އޭނާ ދިޔަގޮތަށް ދޮރު ތަންޑު އަޅުވާލާފައި އަވަސްއަވަހަށް އެ ސިޑިން ފޭބިއެވެ.

އޭނާއަށް ވަދެވުނީ ބިއްލޫރި ދޮރެއްގެ ކުރިމައްޗަށެވެ. އެ ބިއްލޫރި ދޮރުގެ އަނެއް ފަރާތުގައި ހުރީ ބޮޑު އޮފީހެކެވެ. އެތާ އޭރުވެސް އެތަށް ބަޔަކު ހަރަކާތް ތެރިވަމުން ދިޔައެވެ. އެތަނުގައި ހުރި ގިނައީ ފުލުސް ޔުނީފޯމުގައި ތިބި މީހުނެވެ. އުޝާ ކުރިމަތީ ހުރި މެޝިނުގައި އޭނާގެ ކަނާތު ބޮޑުވާ އިނގިލި ޖައްސާލުމުން މަޑު ފެހިކުލައިން އޭތި ދިއްލިފައި ބިއްލޫރި ދޮރު ދެފަރާތަކަށް ކެހިގެން ދިޔައެވެ.އުޝާ ދިޔައީ އެއްފަރާތުގައި ހިމަ ކޮރިޑޯ ތެރެއިން ލާފައެވެ. އެތާ ދެފަރާތު ފާރުތަކުގައިވެސް ހުރީ ނަމްބަރުތަކެއް ޖަހާފައި ހުރި ދޮރުތަކެކެވެ.

އޭނާ ހުއްޓުނީ 59 ޖަހާފައި ހުރި ދޮރުގެ ކުރިމަތީގައެވެ. އޭރު އެތެރެއިން ބާރު މިއުޒިކެއްގެ އަޑު އިވެއެވެ. ދެފަރާތަށް ބޯހޫރާލާމުން އޭނާ އެތެރެއަށް ވަތީ ދޮރުގައި ޓަކި ނުޖަހައެވެ. އެއީ ބޮޑު އެޕާންޓްމެންޓެއް ކަހަލަ ތަނެކެވެ. އެތާ ދެ ކޮޓަރިއެއް ވެސް ހުއްޓެވެ. އުޝާ ވަތް އިރު ބޮޑު ޓީވީއެއްގެ ކުރިމަތީ ހުރި ސޯފާއެއްގައި މިހުރާނާއި އިޝާން ނުލަފާ ފާޑަކަށް ހިނިއައިސް ތިބިއިރު ލަވަޖަހާފައި ހުރީ މިހުރާން އަތުގައި އޮތް ބްލޫޓޫތް ސްޕީކަރުންނެވެ. އެ ބޮޑު ސިޓިންރޫމާއި ގުޅިފައި އިންނަ ކުޑަ ބަދިގެއާއި ހަމީހުންނަށް ހަމަޖެހިލައިގެން އިދެވޭ ކާމޭޒެއް އިނދެއެވެ. އެ ކާމޭޒުދޮށުގައި ޔަނާލް އިނީ ލެޕްޓޮޕް ހިފައިގެން އެއްޗެއް ޓައިޕްކުރާށެވެ. އޭނާ ވެސް އިނީ ރުޅި އައިސް ރަތްވެފައެވެ. އުޝާ ދެ ފަރާތަށް ބޯ ހޫރާލަމުން ދިޔަގޮތަށް ގޮސް ސްޕީކަރު އަތުލާފައި ނިއްވާލިއެވެ. “އަޅެ ފަހެ މީހަކަށް ޖެއްސުން ނުކޮށް ކަލޭމެން ދެ މީހުނަށް ނޭވާ ވެސް ނުލެވެނީތަ؟ އަދި…” “ސާރ ބުނި އުޝާ އައީމަ ބުނާށޯ ސޯގެ އޮފީހަށް ދާށޯ”އަކުރުތަކަށް ދަމާލާފަ އިޝާން އެހެން ބުނެލިއިރު އުޝާ އެއްޗެއް ބުނިހެންވެސް ހީވެސް ނުވެއެވެ. އުޝާ ލޯ އަޅާލައިފަ ދިޔައީ ސްޕީކަރު އޭނާއާއި ޔަނާލްގެ ކޮޓަރިއަށް ލާފަ ތަޅުލާފައެވެ. މިހުރާނާއި އިޝާންވެސް އަނގަ ހަދާލާފަ ސޯފާއަށް ވެއްޓިގަތެވެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 2 އަދި 3 =އެޑިޓް ކުރެވިފަ=

Next

ވީމޭ ތި ލޯތްބަށްޓަކައި- ޓްރެއިލަރ

Next
March 14, 2020

ވީމޭ ތި ލޯތްބަށްޓަކައި- ޓްރެއިލަރ

Previews
March 13, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 2 އަދި 3 =އެޑިޓް ކުރެވިފަ=

2 Comments!

  1. magnumm says:
    March 14, 2020 at 12:22 pm

    startinn looks like really interesting❤?m waiting for the upcoming partsss ngeyyy??

  2. Yan♥️ says:
    March 19, 2020 at 7:54 pm

    Varah reethi Masha Allah ? waiting for the next part ??

Comments are closed.


All Right Reserved!