ވާނަމޭ އުމުރަށް އެކީ ޖާނާ (6)
ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ.
*******************************************************
އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މައިރާހުއްޓެވެ. އަތުގައި އޭނަ ލިޔަން ގެންގުޅޭ ފޮތާއި ގަލަމެއްއޮތެވެ. މަޑުމަޑުން ރާޅުޖަހާހިސާބަށް މައިރާ ފޭބިއެވެ. އަދި ދެފައިތިލަޔަށް ބަލަހައްޓައިގެން ހުރީ ބީއްސާލާ ރާޅުއައިސް އޭނަގެ ފައިގައި ބީހިލާފައި ދާކޮންމެ ފަހަރަކު ވެލިގަނޑުގެތެރެއަށް އެދަފައިތިލަ އަޑިއަށްވަދެގެންދާތީއެވެ. ކޮވެއްޔެއް ގޮވާލީ އެވަގުތުއެވެ. މައިރާ އަޑުއައި ދިމާލަށް ބަލާލާފައި ލޮނުގަނޑުން ދެފައި ދޮވެލައިގެން އެއްގަމަށް އަރާ ރުއްކައިރީ ދެފައި މެޔާ ކައިރިކޮއްލައިގެން ފައިވަންމަތީ އިށީނެވެ.
” ބައްޕަ ކީއްވެތަ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ.. އަހަރެން ކޮން ކުށެއް ކޮށްގެންތަ ތިހާ ބޮޑު ޝަޒާއެއް ތިދެނީ… އަހަރެންގެ ހިތަށްވެސް ހާދަ ތަދުވެޔޭ.. އަހަރެންވެސް ބޭނުން ބައްޕަގެ ލޯތްބާ އަޅާލުން… 19 އަހަރު ވަންދެން މި ކެއްކުރަމުންދަނީ ބައްޕަގެ ލޯބި ލިބޭތޯ.. ތިދުލުން ދަރިފުޅާއޭ ކިޔާ ގޮވާލާތޯ… ތިދެއަތުން ލޯބިން ފިރުމާލާތޯ… ބައްޕައަށް ކީއްވެތަ ނުވިސްނެނީ.. މިއަދު މަންމަ ހުރިނަމަ މިހެނެއް ނުވާނެ… މަންމަ ކީއްވެތަ ދިޔައީ.. އަހަރެން މަންމަ އެންމެ ބޭނުންވި ދުވަސްކޮޅު ކީއްވެތަ އަހަރެން ދޫކޮއްފަ ދިޔައީ….”
މައިރާގެ ދެލޯވަނީ ކަރުނައިން ފުރި ބަންޑުންވާން ކައިރިވެފައެވެ. މިއޮއް ހުރިހާ އިރު އުފާވެރިކަމުގެ މާސްކެއް މޫނުމަތީ އަޅައިގެން ހުއްޓަސް މައިރާގެ ހިތަށް ކެތްނުވީއެވެ. ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. މައިރާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ. ބައްޕަގެ ލޯބި ލިބެން ބޭނުންވެފައިވާލެއް ބޮޑުކަމުން އެހިތަށް ކެތް ނުކުރެވުނީއެވެ.
މައިރާ އަތުގައި އޮތް ނޯޓު ފޮތް ހުޅުވާލިއެވެ. އަދި ހިތުގައިވާ އުދާސްތައް ދިޔައީ އެފޮތުގައި ރައްކާކުރަމުންނެވެ. ސަނާޝްއަށް އެހުރިހައި ވާހަކަތަކެއް ކިޔައިދޭން ކިތަންމެ ބޭނުންވިނަމަވެސް އެހިއްވަރެއް ނެތެވެ. ސަނާޝްއަށް ބައްޕައެއް ނެތަސް ޢާއިލާ ބައެއްގެ ލޯތްބާ އަޅާލުން އެންމެ ފުރިހަމައަށް ލިބެމުންދާއިރު މައިރާއަށް އެލޯބި ނުލިބިގެން ޝަކުވާކުރާކަށް ނުކެރޭނެއެވެ. މައިރާ މިއަދު މީހަކަށް ހަދައިދީފައި އެހުރީ އޭނަގެ ބޮޑުދައިތައެވެ.
ސަނާޝްއެކޭ އެއްވަރަށް ޒާހިދާ މައިރާދެކެވެސް ލޯބިވެއެވެ. އެކަން ޚުދު މައިރާއަށްވެސް އިނގެއެވެ. ނަމަވެސް އަމިއްލަ ބައްޕަ ކަންތައް ކުރާގޮތް ހަނދާންވާ ކޮންމެ ފަހަރަކު މައިރާގެ ހިތް ހަލާކުވެއެވެ. ނަމަވެސް އެހުރިހާކަމެއް ޔާސިރު ކުރާއިރުވެސް މައިރާގެ ހިތުގައި ޔާސިރާމެދު ނުރުހުމުގެ އެއްވެސް މިންވަރެއް ނެތެވެ. ޔާސިރު މައިރާ ދަރިއެއްގެ ގޮތުގައި ނުދެކުނަސް މައިރާ ޔާސިރުދެކެ ނުލާހިކު ލޯބިވެއެވެ. އެބައްޕަގެ ލޯބި ހޯދަން ކޮންމެ ކަމެއް ކުރަން ޖެހުނަސް މައިރާއަށް ހެވެވެ.
***************************************************************
ޔާސިރު ރިސޯޓުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު އަނބުރާ ރަށަށްއައީ އެރޭ އަށެއް ޖެހިއިރުއެވެ. ރަށަށް އެންމެ ފުރަތަމަ ޢައިގޮތަށް އޭނާ ވިސްނަމުން ދިޔައީ މައިރާ އަލުން އަނބުރާ ގެއަށް ގެނެވޭނެ ގޮތަކާ މެދުއެވެ. ގެޔަށްވެސް ނުގޮސް ޒާހިދާ މެންގެޔާ ދިމާއަށް ޔާސިރު ހިނގާގަތް ސަބަބަކީވެސް އެއީއެވެ. ޢަޒީޒް އަތުން ލިބުނު ހަދިޔާތައް ހިފައިގެން ދާން ގަސްތުކުރި މައިގަނޑު ސަބަބަކީވެސް އެއީއެވެ.
ޒާހިދާމެންގެޔާ އަރާ ހަމަވުމުން ޔާސިރު ހޮއްޓުނެވެ. އަދި މައިރާ ގާތުގައި ދައްކާނެ ވާހަކަތައް އޭނާގެ ސިކުނޑިތެރޭގައި ރާވާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ލުމަށްފަހު އެގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ޔާސިރު ވަތް ގޮތަށްވަދެ ދެތިންފަހަރަކު ގޮވާލުމުންވެސް މައިރާގެ ހަބަރެއް ނުވިއެވެ. ނުވިތާކަށް ޒާހިދާއާ ސަނާޝްގެ ޖަވާބެއް ވެސް ނުލިބުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޖަވާބެއް ނައުމުން ޔާސިރު އަނބުރާ ގެޔަށް ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އޭނާ ހުޓެން މަޖުބޫރުވީ އަންހެން ކުދިންތަކެއްގެ ހުނުމުގެ އަޑު ގެއިން ބޭރުން އިވުމުންނެވެ. އެއީ މައިރާއޭ ހިތައި ޔާސިރު އަނެއްކާވެސް ގޭތެރޭ މަޑުޖެހުނެވެ.
****************************
މައިރާ ގެއަށް ނައިސް ލަސްވުމުން ޒާހިދާ ގާތު ބުނެލާފައި ސަނާޝް ދިޔައީ މައިރާ ހޯދާށެވެ. ޒާހިދާވެސް ސަނާޝްއާ އެކުއެކީހެން ގެއިން ނުކުތީ އޭނާގެ ރަށްޓައްސަކަށް މިއަދު ކެއްކި އެއްޗިހިން ކާއެތިކޮޅެއް ގެންދާށެވެ. މައިރާ ހޯދަމުން ރަށުގެ އެކި ތަންތާ ހިނގަމުންދިޔަ ސަނާޝްއަށް މައިރާ ފެނުނީ ރަށު ތުނޑިއާ ދިމާލުން އެކަނި މާ އެކަނި ހިނގާފައި އަންނަނިކޮށެވެ. ދުވަމުންކަހަލަ ގޮތަކަށް ސަނާޝްގޮސް މައިރާއާ އެއްވަރުކޮށް އޭނާގައިގައި ބޮނޑިއެއް އަޅާލިއެވެ.
” ނާޝްގެ ސަފަރުކަތްދަ ގަޑިން ވީއިރެއް އިނގޭތަ އަދިވެސް ހިންޔެއް ހިރޭހެން ތި ހިރެމުން ހިނގަނީ… މޭއީ ގެއްލިގެން މުޅި ރަށުގަ މިހާރު ހިނގައިފިން… ވަރަށް އަވަހަށް އަންނާނަމޭ ކިޔާފަ ދިޔަ މީހާ ތީ… އަދި ދިޔަތަނެއްވެސް ބުނީކީ ނޫނޭ.. ބުނި ނަމަ ދޯ ސީދާ އެތަނަކަށް ދާން އިނގޭނީ.. ޔަޤީން އަހަރެންގެ ދެތިން ކިލޯ ލުއިވާނެ މިއަދު މޭއީ ހޯދަން ހިނގާ ހިނގާފަ ދުވުނީމަ… މިރޭ ޖެހޭނެ ޖޫގޯ ދޭން އެހެންވީމަ..” ސަނާޝް ހުރީ އެއްވެސް މީހެއް ގާތު ނުބުނެ އެގޮތަށް މައިރާ ދިޔުމުން އެކަމާ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.
” ސަނާޝޫ… އަހަންނަށްވެސް ތަދުވެޔޭ ސަންތިމަރިޔަނބާ…. ހުވާ ނާޝް މަޑުން ހުންނާނީ ބޮނޑިއެއް ދިނީމަ.. އަދި އަނގަހުޅުވާފިއްޔާ ބޮލިރަވައެކޭ ތަފާތެއް ނެތޭ މިކުއްޖާފުޅުގެ… އާން އެހެންޏަ ރަށު މެދުހުރެ ހަމަ ހިތަށް އައިހާ އެއްޗެއް ގޮވާގަތީއޭ.. ނަސީބެއް މިގަޑީ ގިނަ މީހުން މިސްކިތު ތިބިކަން.. އެހެންނަ މިތަނަށް މިއަދު ރަށު ރައްޔިތުން އެއްވީސް ކަންނޭގެ..” ސަނާޝް ބުނިހާ ބާރަށް ނުބުނެވުނަސް މައިރާވެސް މިފަހަރު ސަނާޝްއާ ދިމާލަށް އެހެންބުނީ ތަންކޮޅެއް ބާރަށެވެ. އެހެންނަމަވެސް އެކަން މާ ބޮޑުކަމަކަށް ސަނާޝަކަށް ނުވިއެވެ.
” ހޫން ހެވޭ..މިރޭ 9 ގަ ޖޫގޯ ބޯން ދާން ރެޑީވޭ… އެނުދީ މޭއީ އަށް ނުކެރޭނެ ހަމަނޭވާލާންވެސް.. ހަނދާންކުރާތި.. ދެން ހިނގާ ގެއަށްދާން… ބަނޑުހައި ވެއްޖެއޭ އަނެއްކާވެސް.. އެހެންނުވާނީ ގައިގަ ހުރިއްޔާ ހުރި އެއްޗެއް މޭއީ ހޯދަން އުޅެން ހަދައިގެން ގޮއްސި….” ސަނާޝްވެސް މިފަހަރު ބުނެލީ ތަންކޮޅެއް މަޑުންނެވެ. އޭނާ ހަމައަސްލަށްވެސް ހުރީ ބަނޑުހައިވެފައެވެ. މެންދުރު ގަޑީގައި އެހާ ބުރަކޮށް އުޅުމުން އޭނާއަށް ރަނގަޅަށް ކާލަން ފުރުސަތެއް ނުލިބުނީމައެވެ. މައިރާވެސް އަދި މަޣްރިބު ނަމާދު ނުކުރެވޭތީ އަވަހަށް ގެޔަށްދާން މިސްރާބު ޖެހިއެވެ.
މައިރާމެން ގެޔަށް ދިޔަމަގުމަތީގައި ޒީޝާމެން ގެޔަށްވަދެ ޒީޝާވެސް އެދެމީހުންނާއެކު ކެއުމުގައި ބައިވެރިކުރުމަށް ޒީޝާގެ މަންމަ ގާތުން ހުއްދައަށް އެދުނެވެ. ތިން ކުދިން އެއްކޮށް ހީ ސަމާސަކުރަމުން ގެޔަށް ދިޔުމަށް މިސްރާބު ޖެހީ ދެން ވާންއުޅޭ އެއްވެސް ކަމެއް ނޭނގޭ ހާލުއެވެ.
**************************
ގޭތެރެއަށް ވަތް ތިން މީހުން ހުއްޓުން އެރީ ކުރިމަތީ ހުރި ޔާސިރު ފެނިފައެވެ. ތިން މީހުންވެސް ތިބީ ފެނުން މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. މައިރާ އަދި ސަނާޝްވެސް ހުރީ ދެން ޔާސިރު ނާންނާނެ ކަމަށް ނިންމައިގެންނެވެ. މައިރާގެ ނަތީޖާ ލިބުމުގެ އުފަލުގައި ބައިވެރި ނުވިތާ އެނަތީޖާ ހޯދީތީ މަރުހަބާ ކިޔާވެސް ނުލައެވެ. އެހެން ހުއްޓަ ކުއްލިއަކަށް ޔާސިރު ފެނުމުން މައިރާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބައްޕާއޭ ކިޔާލާފައި ގޮވަން ކިތަންމެ ބޭނުންވިޔަސް ޔާސިރުގެ ޖަވާބު ހުންނާނޭ ގޮތެއް ނޭނގޭތީ މައިރާއަކަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންވެ ޔާސިރު އެއްޗެކޭ ބުނޭތޯ މައިރާ ހަނުހުރީއެވެ.
*************************************************************************
ޔާސިރު ހީކުރި ގޮތާ ޚިލާފަށް މައިރާ އަނގައިން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެންމެ ކުޑަމިނުން ބައްޕާއޭ ކިޔާލާފަ ގޮވާ ވެސް ނުލައެވެ. ކިތަންމެ ރުޅިއައިނަމަވެސް ޔާސިރު ރުޅި ކޮންޓްރޯލް ކޮއްލީ އެގެޔަށް އައި ބޭނުން ހަނދާންކޮށްލާފައެވެ. މަޑު ހިނގުމެއްގައި ގޮސް މޭޒުމަތީ ހުރި ޕާރުސަލްތައް ހިފައިގެން އައިސް މައިރާ ކުރިމައްޗަށް ހުއްޓެމުން ޔާސިރު ވާހަކަ ދައްކަން ފެއްޓިއެވެ.
” ދަރިފުޅާ.. ބައްޕައަށް މާފްކުރޭ.. ބައްޕަ ވަރަށް ދެރަވޭ ދަރިފުޅާ ދޭތެރޭ ކަންތައްތައް ކުރެވުނު ގޮތުން… ބައްޕަ ވަރަށް ލަދުވެސް ގަނޭ ދަރިފުޅު ކުރިމައްޗަށް މިއަދު މިގޮތަށް އައިސް ހުއްޓެން.. އެކަމް ދަރިފުޅު މަތިން ހަނދާންވާ ވަރުން ދަރިފުޅު ދެކޭ ހިތުން އެންމެ ފަހުން މި އައީ މިގެޔަށް…… މިހުރީ ބައްޕަ ދަރިފުޅަށް ގެނައި ހަދިޔާ.. ބައްޕަ ވަރަށް އުފާވޭ ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވީމަ.. މިއަދު ދަރިފުޅު މަންމަ ދުނިޔޭގައި ހުރި ނަމަ، އުފަލުން މޮޔަވީސްކަން ޔަޤީން… ” ޔާސިރުގެ އެކްޓިންއަށް އޮސްކާ އެވޯޑެއް ދޭހާ ފުރިހަމައެވެ. އެކްޓު ކޮއްލުމަށް އެހާވެސް މޮޅެވެ. މޮޅެތި ވާހަކަތައް ދައްކަމުން މައިރާގެ ބޮލަށް ވާވަށްދަމުން ދިޔައިރު މައިރާއަށް އޭގެ އެއްވެސް ކަމެއް ރޭކާވެސް ނުލައެވެ. ސަނާޝްގެ ހާލުތޯއެވެ. ބޮޑުބޭބެއަށް ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އައުމުން އޭނާ ހައިރާންވިއެވެ. މިވީ 18 ވަރަކަށް އަހަރުތެރޭ ނުވިސްނުނު ކަމެއް މިއަދު ކުއްލިއަކަށް ވިސްނުނީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މިހުރިހާ ކަމެއްގެ ތެރޭ ބޮޑު ނުބައެއް އުޅޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައެވެ. އެހެންނަމަވެސް މައިރާގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އެހުރިހާ ޚިޔާލުތަކެއް ސިކުނޑިން ފޮހެލިއެވެ. އަދި މައިރާއަށްޓަކައި އުފާ ކުރިއެވެ. އެންމެފަހުން މިއޮށް ހުރިހާ ދުވަހު މައިރާ ކުރި އިންޒާރު ނިމުމަކަށް އައީއެވެ.
މައިރާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހުރީ ދެން އެބައްޕަގެ ރުހުން ލިބޭނޭ ކަމުގެ އުއްމީދު ކަނޑާލައިގެންނެވެ. ކުއްލިއަކަށް އެފަދަ ކަމެއް ދިމާވުމުން ފާޑަކަށް ޝޮކެއް ޖެހުނީއެވެ.
” މައިރާ… ދަރިފުޅު އަދިވެސް ބައްޕަގެ ދެކެ ރުޅި އައިއްސަތަ؟؟ ބައްޕަ ޤަބޫލްކުރަން މައިރާއަށް ބައްޕަ މިދައްކާ ވާހަކަތައް ޤަބޫލްކުރަން އުނދަގޫ ވާނެކަން… ބައްޕައަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ބައްޕައަށް މާފުވެސް ހައްޤު ނުވާނެކަން އިނގޭ.. އެކަމަކުވެސް މިއައީ މިއަދު ދަރިފުޅުގެ ރުހުން ހޯދަން..” މައިރާއެއްޗެކޭ ނުބުނުމުން ޔާސިރު އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ދޮގަކަށް ފަހު ދޮގެއް ހަދައިގެން ވިޔަސް މައިރާ ގެޔަށް ގެންދެވެން އޮތް ހުރިހާ މަސައްކަތެއް ޔާސިރު ކުރާނެއެވެ. މައިރާގެ ދިރިއުޅުން ހަލާކުގެ ތެރައަށް ވައްޓާލުމަށް އޭނާ ހުރީ އަޒުމު ކަނޑައަޅާގެންނެވެ.
” ބައްޕާ……… އަޅުގަނޑު ދުވަހަކުވެސް ބައްޕައާ ދޭތެރޭ ހިތް ބުރައެއް ނުކުރަން.. އަޅުގަނޑު ދެރަވަނީ އެގޮތައް ކަންތައް ކުރާތީ.. އަޅުގަނޑަކަށް ނޭނގޭ ބައްޕަ އަޅުގަނޑު ދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް.. އަޅުގަނޑަށް އިނގިގެން ނޯންނާނެ ދުވަހަކުވެސް ބައްޕަ ދެރަވާފަދަ ލަދު ގަންނަން ޖެހޭ ފަދަ އެއްވެސް ކަމެއް ކޮށްފައެއް…. އެކަމަކު މިއަދު ބައްޕަ އަށް ވިސްނިގެން އައީތީ އަޅުގަނޑު ވަރަށް އުފާވޭ.. އަލްޙަމްދުލިﷲ…. އަޅުގަނޑުގެ ދުޢާ މިއަދު އެ އިޖާބަކުރެއްވީ..” މައިރާއަށް ހީވީ އޭނާއަށް ހުރިހާ އުފަލެއް ލިބުނީ ހެންނެވެ. މިވީ 19 ވަރަކަށް ދުވަހު އޭނާ ކުރި އިންތިޒާރު މިއަދު އެ ނިމުނީއެވެ. އޭނާގެ ލޯބިވާ ބައްޕަގެ ރުހުން އޭނާއަށް ލިބުނީއެވެ.
8 Comments!
Comments are closed.



Salaam readers.. I’m really sorry lahun up kohla dhevunyma.. Baeh mistakes huredhaane.. Check koh nulaa upkohlevuny mi.. And Do comment your views.. And Hope You all will like this part tooo
Its ok eyy…..Varah reethi mi part vx….????waiting for the nxt…and whn nxt….waiting….
Varah varah reethi ❤❤❤maa sha Allah ????? waiting waiting
Masha alllah vvv rýthi ..
Waiting for the next part???❤❤❤❤❤❤❤
Really really amazing. No words to describe how beautiful this episode is. Yaasir ge acting v molhu inge. Hehe. Anyways mairaa au eynage bappa libumun eveegothun I also kinda cried. Hehe. So, good luck Maayu. If ya need any help, m always there for you to help. Love you so so so so much Maayu ❤️❤️❤️???❤️?❤️?❤️?❤️?❤️?❤️?❤️?❤️
vvvvv salhi mi part?♥♥♥
when next part
kobaa tr aneh part
Maayu aneh part kobaa we are waiting