Skip to content
އެސްފިޔަ

ފަޅިސިކުންތު

އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ވަރަށް ނުވާ ކަމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ.

މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ.

ހަޔާތުގެ އެއް މަގުސަދަކީ ލޯބިވާ ބައިވެރިއެކެވެ. އެހެނެެއް ކަމަކު އަހަންނަށް އެ ފަދަ ބައިވެެެރިއަކު ހޯދާނެ ގޮތް ނޭނގުމުން ދިރިއުޅުމުގެ މަގުސަދާ ދޭތެރޭ ބޭކާރު ސުވާލުކޮށް، ޝަކުވާގެ ކަނޑެއްގެ ތެރެއަށް ފީނުމުގެ ބޭނުމެއް ނެތެވެ. އަހަރެން ވެސް އެ އުންމީދުކުރީމެވެ. ނާކާމިޔާބުވުން އެއީ އަދި އެހެން ކަމެކެވެ. ބައިވެެރިއަކު ނެތުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން އަހަރެންގެ ދެރަކަމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ. އަނެއްކާ ވެސް އެ ވެއްޓުނީ ކަރުނަ ތިއްކެކެވެ.

އެ ކަރުނަ ތިކިން ބުނެދެނީ އަހަރެންގެ އެ އަނދިރި ހަޔާތް އަލިކޮށްދިން ހާދިސާއެވެ. އެއީ ހަޔާތަށް ދިއްލުނު އަލިގަދަ ވޮށެއްހެން އަހަރެންގެ އަލަތު ލޯބިވެރިޔާ އަހަރެންގެ ހަޔާތުގެ ތެރެއަށް ފާޅުވެގެން އައި ހާދިސާއެވެ. އަދި ވިދިގެން އައި ކޮންމެ ފަޅިސިކުންތަކު ހިނގި އުފާވެރި އެތައް ހާދިސާއެއް ވެސް މެއެވެ. ގައިމެވެ. އަހަރެންގެ ލޯބިވެރިއަކު އެބަހުއްޓެވެ. ފާފައަކަށް ނުވާނަމަ އަހަރެން އެ ލޯބިވެރިޔާއަށްޓަކައި ސަޖިދަ ކޮށް ކުރުނީސް ކުރާ ވަރަށް ލޯބިވަމެވެ. އެއީ ޢިފާ އާދަމް އެވެ. އަހަރެންގެ ނަމުންނަމަ “އިއްކީ” އެވެ.

އަހަރެމެންގެ ގުޅުން ފެށުނު ގޮތުގެ ތަފްސީލަކަށް ދާކަށް ނެތީމެވެ. ކުރު ގޮތަކަށް ބުނަންޏާ އެ ފަތްމިނި ކަމަނާ އަހަންނަށް ފުރަތަމަ ފެނުނީ “ކްރޮސް ރޯޑް” އަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް އިޝްޤީ ވިންދެއް ޖަހާލިއެވެ. ޖަޒުބާތުތައް ރޯވެ ކެކެން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ.
ހެދުން އަޅާފައިވަނީ ދީނީ މިންގަނޑަށް ފެތޭނެހެންނެވެ. ބުރުގާ އަޅާފައި ހުރި އިރު، އޭނާގެ ބުރުގާ ހުރީ އަހަރެން ވަރަށް ގަޔާވާ ގޮތަކަށެވެ. ކުދި ރީތި ދަތްތަކާއި ކޮލުގެ އަޑިކޮޅާއި މިޔަކަނުގެ ހިނދިވަޅާއި ބޮޑު ބޮޑު ދެ ލޮލުން އެ މޫނު އުޖާލާކޮށްދެ އެވެ. ޢިފާގެ އުނިކަމެއް ވާ ކަމަކަށް އަހަރެން ހަމަ ކުޑަކޮށް ވެސް ގަބޫލެއް ނުކުރަމެވެ. އެހެންކަމުން އޭނާ ވީ އަހަންނަށް ރީތި ކުއްޖަކަށެވެ. އަހަރެންގެ ހިތުގައި އަންހެން ކުއްޖަކާ މެދު ޝައުގުވެރިކަމުގެ ފުރަތަމަ ރާޅުބާނީ އުފެއްދީ އޭނާ އެވެ. އޭނާ އެއީ ހަމަ އަހަރެންގެ އޭނާ އެވެ.

އަހަރެމެން ފުރަތަމަ ވާހަކަ ދެއްކީ ފޭސްބުކް މެސެންޖާއިންނެވެ. އެހާ ރީތި ކުއްޖެއްގެ ފޭސްބުކް އައިޑީ އެއްލި ކަޅިއަކުން ފެނުނީމާ ކަނޑުމަތީގައި އިނެއް ކަމަކު ފޯނުގައި ނުލިޔާނީ ކާކު ހެއްޔެވެ؟ ވަގުތުން ފްރެންޑްރިކުއެސްޓް ނުފޮނުވާނީ ކާކު ހެއްޔެވެ؟ ފޭސްބުކުން މި ކުޅި ފެށުނީ ދަތުރު ދިިޔަތާއި ދުވަހެއް ފަހުންނެވެ. އޭގެ އެއް މަސް ފަހުން އަހަރެމެންގެ ލޯބީގެ ހަޔާތް ރަސްމީކޮށް ފެށުނެވެ. އެ މަސް ދިޔަ ގޮތުގެ ތަފްސީލެއް ކީއްކުރަން ކުރު ހުލާސާއެއް ދޭނެ ހިތްވަރު ވެސް އަހަރެންގެ މިއަދު ނެތެވެ.

ސަބަބު ބުނެދެން ހެއްޔެވެ؟ މިގުޅުމަށް އަހަރެއް ފުރުނު ދުވަހަކީ، އަހަރެން ދުވަހަކުވެސް ހަންދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެއީ އުޑާއި ބިމުގައި ލެއްވިހައި ތަކެއްޗެއް ހެކިކޮށް، ވަކިނުވާނެ ކަމަށް ކުރި ވަޢުދުތައް ފުނޑުފުނޑުވެގެން ދިޔަ ދުވަހެވެ. އަހަރެމެން ދެމީހުންނަކީ ތެލެސީމިއާ ކެރިއަރުންކަން އިނގިގެން ދިޔަދުވަހުއެވެ. ކިތަންމެ ލޯބި ވިޔަސް މި ގުޅުން ނިންމާލަން މަޖުބޫރު ކުރުވި ދުވަހެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ. އަހަންނަށް ވަނީ ދުވަހަކުވެސް ޢިފާ މަތިން ހަނދާން ނައްތާނުލެވޭވަރަށް އޭނާ ދެކެ ލޯބިވެވިފައެވެ.

އެދުވަހަށްފަހު، އަހަރެން މިހުރީ އަނެއްކާ ވެސް މާޔޫސްވެ ވަރުދެރަވެފައެވެ. ކޮންމެ ފަޅި ސިކުންތެއް ވެސް މިހާރު ހިނގަނީ މަރުވުމަށް އެދިއެދި ހުއްޓައެވެ. ދުނިޔެ އަހަންނަށް ދިނީ ކެއްސެވެ.

Comments (30)

  1. އައިޝާ

    Zidhan! Haadha molhey! Hama kos kollaifi! Mi hama yageen varah avas aruvaalaafa noonee moodeekoh indhegen liyefakan! Ehen noonee zidhan ge vaahaka kiyaafa meehun fikkandaigendhaahaa molhah liyaane! Liyaa Kujjaa me man ekey! Loabivey! _ A fan from Addu

    1. Liyaa Kujjaa
      އައިޝާ

      Shukuriyyaa Aish ♥️? Alhugandu ves Varah Loabivey ingey!

  2. NooYas

    Good work. Keep it up. Actually your stories are really amazing. Well done ??????

    1. Liyaa Kujjaa
      NooYas

      Hello nooyas! Thank you for the lovely view. ❤️?

  3. eekko

    ehn mehunaa dhimalah mun** govaafa vaahaka liyaaba enun

    1. Liyaa Kujjaa
      eekko

      Hello ekko! Thank you for the lovely comment. ❤️?

  4. Aasha?

    Hi Zidhan. I really like u. can i get ur number please.

    1. Liyaa Kujjaa
      Aasha?

      Hello Aashaa! You may contact me via 9877233. I like my fans too! Best regards! ❤️?

  5. Evil Queen

    Omg vrh emotional
    Vrh gulhun eba huri mihaaru baeh meehun thahamal kuramun dhaa kankamaa your the best! vrh furihama ♡♡??

    1. Liyaa Kujjaa
      Evil Queen

      Thank You ?

  6. Nonni

    Aww I love youuuuu❤️!!!!

    1. Liyaa Kujjaa
      Nonni

      ❤️?

  7. Meekkomee

    Varah salhi ingyy mi story ?????? waiting for a new story ????✌️ttly✌️

    1. Liyaa Kujjaa
      Meekkomee

      Thank ?

  8. Aby

    Varah reethi ❤

    1. Liyaa Kujjaa
      Aby

      ♥️ thanks

  9. Imu

    Tiktok ga zidhaan aa ekiii ulheh anhen kujja aa thr mi vakivaan jehuniii??
    Ehnviyyaa vrh dheravehje… u both vrh gulhey ..?

    1. Liyaa Kujjaa
      Imu

      Nah ? She was my bestfriend.

  10. NooYas

    Liyaa kujjaa tiktok es kulheytha? Surprising for me. Hehe. Haadha talented ey dhw. Maasha Allah. Good luck for your hard work. ??????

    1. Lulu
      NooYas

      _zillu__ is his tiktok id ❤️??

    2. NooYas
      NooYas

      Hehe. I don’t need any tiktok I’d dear. Kurin v foari hunnaane tiktok au. Mihaaru v foohivey e balan fesheema. Hehe. Anyways thanks ❤️?❤️?

  11. Imu

    Thi tiktok hadhaa grl akii bestfriend viyyaa … vrh avahah it gonna change to love … hehe thajuribaa kohfa mibuni

    1. Theilaa
      Imu

      Aslu vxxx … knme kameh vaanii rangalhah….???❤

    2. Liyaa Kujjaa
      Imu

      Sorry I have a girlfriend and let’s not discuss personal things here on comment section now onwards? ?

    3. Anonymous
      Imu

      it’s not gonna happen

  12. Imu

    Ma zidhaan ge personal kamakaa nubehen .. masha thajuribaa vefa oiy ehcheh buneliii … sorry hiy hama nujehunii ma … i love ur stories … ehnve dhn nudhakkaanan ekahala vhk eh … happy???

  13. Blackkk quween

    Hehe nice bro man ekey ?✌?

    1. Liyaa Kujjaa
      Blackkk quween

      Thanks ♥️♥️

  14. Anonymous

    Varah salhi

  15. Iyaasha

    Varah Reeth..

Comments are closed.