
ވަރުދާން – 2
ފޫހިކަމާއެކު މައުރީން ޓީވީން ދަށްކަމުން ދިޔަ މަންޒަރުތަކަށް ބަލަމުންދިޔައެވެ. ދޭތެރެއަކުން ފޯނުން ގަޑި ބަލާލަމުން ބައްޕަ އަންނާނެ އިރެއްގެ އިންތިޒާތުގައި އޮވެވުނެވެ. ގަޑިން މިހާރު ހަގަޑި ބައިވަނީއެވެ. ގޭގެ މަސައްކަތް ކުރަން އުޅޭ މީހާ ބައްޕަ އަންނަން ވާއިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުޅެއެވެ. ކަންނެތް ކަމާއެކު ތެދުވެލަމުން މައުރީން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އެތެރެއަށް ވަދެ ދޮރު ލޮކްކޮށްލަމުން ޕާރޓީ އަށް ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. މައުރީން ގެ ތަނަވަސް ކަބަޑް ހުޅުވާލަމުން ފަހަރަކުހެދުމެއް ބަލަމުންދިޔައެވެ.
ފުންކަނޑުގެ އަޑިއެވެ. އެއްވެސް ދިރޭ މަހުލޫޤެއްގެ ހިލަމެއްނަވާ ތަނެކެވެ. ވަށައިގެން ބޮޑެތި ގާތަކާއި މަރުވެފައިވާ މުރަކަތައް ވެއެވެ. ގާތަކުގެ އަޑީގައި އޮއިދެމެވަރުގެ ބޮޑު ހޮހަޅައެއްވެއެވެ. ހޮހަޅައިގެ އެތެރެއަށް މިއިން ޒަމާނެއްގެގައި އިރުގެ އަލި އެޅިފައި ނުވާކަން ޔަޤީނެވެ. އެތަށްމޭލަކަށް އެހޮހަޅަ ފެތުރިފައިވާއިރު އޭގެ އަޑީ ގައި ވާދުނިޔޭގެ ހިލަމެއްވެސް ނުވާފަދައެވެ. ހޮހަޅައިގެ އޮއެވަރުގައި ދަތުރުކުރުމަށް ފަހު ވަރުދާން ސަހަރަށްދެވެއެވެ. ބަލާބެލުމަށް އެތާގައި ދިރިއުޅޭ މަޙްލޫޤުންނާ އިންސާނުންގެ މާބޮޑު ތަފާތެއްނެތެވެ. މަހުގެ ނިގުލެއް ގައި ފަތާއުޅެއެވެ. މޫދުއަޑިއަށް ނޭވާލެވެއެވެ. އިންސާނުންފަދަ ބުރުސޫރައެއް ލިބިފައިވެއެވެ. ގުދުތަރީ ރީތިމުރަކަތަކާ އެކިކުލަކުލައިގެ ރީތިމަސްމަހާމެހި ދިރިއުޅޭ މިސަހަރަކީ އަޖައިބު ކުރުވަނިވި ސަހަރެކެވެ. ބޮޑެތި މުރަކަތަކާ ހޮހަޅަތައް ބޭނުން ކޮށްގެން ގެތައް .ބިނާކުރެވިފައިވެއެވެ. ވަށައިގެން ދެޖިންސުގެ މަޙުލޫޤުން ހަރަކާތްތެރި ވަމުންދެއެވެ. ޝާހީހެދުން ކޮޅުތުރުކުރަށް ވައިގެން އިރާމުދާނެއްގައި ރާނީ މައުވާ އިނެވެ. ވަށައިގެން ބިޔަ ބޮޑެތި ވަރުދާނުން ހިދުމަތުގައި ތިއްބެވިއެވެ. ބަލާ ބެލުމައް ކަމަކާ ވަރަށް ކަންބޮޑުވެފައި އިނދެ އަރިހުގައިތިއްބެވި ބޭފުޅުންނާ ވާހަކަ ދަށްކަމުން ގެންދިޔައެވެ.
” ރާނީ އަޅުގަނޑު ތަށްޔާރު ކުރިމަތީގައި ހުރި ޒުވާން ފިރިހެނަ ކުއްޖާ އިށްވާލިއެވެ. ” އެކަމަކު އެއަންހެން ކުއްޖާ ސަލާމަތުން މިހިސާބަށް ގެނައުމަކީ ވަރަށްއުނދަ ގޫކަމެއް ، ކުރިއަށްއޮތް 3 މަސްދުވަސް ތެރޭގައި އޭއާއަށް ހުރިހާބާރެއް ލިބޭން، އޭރުން އަހަރެމެންގެ ރޭވުން ކާމިޔާބެއް ނުވާނެ. ” އޭނަ މިހާރު ދިރިއުޅެމުން ދަނީ އެނިކަމެތި އިންސާނުންގެ ތެރޭގައި، އާލް ކުރަންވީ ކަމަކީ އޭނަ ހަށްދާލައިގެން އަހަރުމެންގެ ބާރުގެ ދަށައްގެނެސްދިނުން”. ” އާދެ ” އިހުތިރާމާއެކު ކުރުނީސް ކުރަމުން އެފިރިހެން ކުއްޖާ އެބޮޑު މާލަމުން ނުކުމެގެންދިޔައެވެ. ” އޭނާއަށް އިތުބާރު ކުރެވިދާނެތޯ”. ރާނީގެ އަރިސް ބޭފުޅުން ތަކުތެރެއިން މީހަކުއަހާލިއެވެ. ” އިތުބާރުނުކުރެވުނަސް އެނޫންމަގެއް އަހަރެމެން އަތަކުނެތް. އާލް އަކީ އިންސާނީ ނަސްލަކުން އުފަންވި ވަރުދާންއެށް. އޭނާއަށް އިންސާނުން ގެ ތެރޭގައި އުޅުމުގެ ގާބިލްކަން ލިބިގެންވޭ”. “އަހަރުމެންގެ ފާލުތަކުން އެއާއިލާގެ އެހެން ވަރުދާންއެއް މިސަހަރުގަ އުޅޭކަމަށް ދަށްކަނީ”.. މާލަމުގެ ބިޔަ ތަނބު ތަކުތެރޭގައި ފިލާހުރި ލުޔޫން ސާފުކޮށް ދެކެވެމުން ދިޔަ ވާހަކަ ތަށް އަޑު އަހަމުން ގެންދިޔައެވެ.
********
ގޭގެ ބެލް އަޅާލި އަޑަށް ކުރަން ހުރި މަސައްކަތް ހުއްޓާލަމުން މައުރީން ބޭރަށް ނިކުތެވެ. މަޑު ހިނގުމެއްގައި ޒަރީރު އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ބައްޕަ ބޭރަށް ނިކުން ކަމުގެ އުންމީދުގައި ނައުރީން ސޯފާގައި މަޑުކޮށް ލިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލަށްޕާލަމުން ޒަރީރު ފުންނޭވާ އެއް ދޫކޮށްލިއެވެ. ދަރިފުޅުގެ މިލާފައިވާ މޫނުފެނުމުން ހިތަށް އަސަރުކުރެއެވެ. އެދަރިފުޅާ އެކު ވަގުތުހޭދަ ކޮށްލަންބޭނުންވެއެވެ. ނަމަވެސް ހިތްވަރެއް ނުލިބެއެވެ. އެދަރިފުޅުގެ މޫނު ފެންނަ ކޮންމެ ހިނދަކު މާޒީ ހަނދާންވެދެއެވެ. މާޒީގެ ހިތި ހަގީގަތް ދަރިފުޅަށް ކިޔައިދޭނެ ހާ ބާރެއް ގަޔަކުނެތެވެ. ” ހުމްމް.. ދެން ޒަރީރޫ ހީލި ގަނެއޭ އެނދުގައި އިށީނދެ ލައިގެން އިން ހުމައިދާ ހެމުން ހެމުން ބުނެލިއެވެ. ” ބައްޕަ ގެ ބޭބީ ނިދާފަތަ ހުމައިދާގެ ބޮޑު ބަނޑު ގައި އަތްޖަށްސާލަމުން ޒަރީރު ބުނެލިއެވެ.” “މިފަހަރު ކޮންނަމެއް ބޭބީއަށް ކިޔާނީ.” ދެކެވެމުންދާ ވާހަކަޔާ ވަރަށް ގަޔާވެފަ ހުމައިދާ އަހާލިއެވެ..” އަމްމްމް އަންހެން ކުއްޖެއް ވިއްޔާ މައުރީން ފިރިހެން ކުއްޖެއް ވިއްޔާ މަހީން އޯކޭއެންނު ދޯ….
މާޒީގެ ހަނދާން ތަކަށް ގެތްލިފައި އިން ޒަރީރު ބޭއިހްތިޔާރުގައި ހިނިތުން ވެވުނެވެ. އެހަނދާން ތަކުން އަބަދުވެސް ހިތް ރޮއްވާލައެވެ. ބުނެލާމާނަފުން ބަސްތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. ދަރިފުލުގެ ސޫރަފެންނަ ކޮންމެ ފަހަރަކު ލޯބިވާ އަނބިމީހާގެ މަތިން ހަނދާން ކޮށްދެއެވެ. އެރީތި ވަށްމޫނެވެ. އެ ލޯބި ރާލުބާނި ބޮޑު އިސްތަށިގަނޑެވެ. ހިނިތުން ވެލާއިރު ކޮލަށް އެޅޭލޯބޮ އަދިކޮޅެވެ. ބޯޑުވަމުން އަންނަ ހުމައިދާގެ ދިރިހުރި ރީތި ތަސްވީރެކެވެ. އެއްސުފުރާމަތީ ކަމުންދިޔަ މައުރީން އާއި ޒަރީރުގެ މެދުގައި ވަނީ ހިމޭން ކަމެވެ. އިސްވެ އެކަކު އަނެކަކާ އަނގައިން ނުބުނާތާ ބަލާވެސްނުލައެވެ. އެމީހަކުއެމީހެއްގެ އަމިއްލަ ދުނިޔެއަށް ގެށްލި ކަމުންދިޔައެވެ. އިސްވެ ބުނާނެ އެއްޗަކާމެދު ޒަރީރު ވިސްނަމުން ދިޔައެވެ. ” ބައްޕާ” މާހައުލުގެ ހިމޭންކަން ނަގާލަމުން ނައުރީންގޮވާލިއެވެ. މައުރީން އަށްހުރިހާ ސަމާލުކަމެއް ދެމުން އިސްއުފުލާ ޒަރީރު ބަލާލިއެވެ. “އަމް އަނެތް މައުރީން ބޭނުމީ މައުރީންގެ 17 ބާރތްޑޭ ޕާރޓީއެއް ބާށްވަން.” ހިތްއަވަސް ވެފައިވާ މީހެއްފަދައިނަ އެއްނޭވާއިން މައުރީން ބުނެލިއެވެ. ޒަރީރުގެ ހުރިހާ ހިތްސެއް އޭނާއަށް މަލާމާތް ކުރާފަދައެވެ. އާނއެކެވެ. އޭނާގެ ދަރިފުޅައަށް މިއަންނަމަހު 17 އަހަރު ފުރޭކަން ހަނދާން ނެތޭނީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ. ” އާނނ ވިސްނާނަން އިނގޭ.. ކަރުގައި އަޅައި ގަންނަމުން ޒަރީރު އަށް ބުނެވުނެވެ. ” ދަރިފުޅު ކޮން ތާކު ޕާރޓީ ބާއްވަން ބޭނުމީ” ގަދަކަމުން ހިނިތުން ވެލަމުން ޒަރީރު އަހާލިއެވެ. ހައިރާން ވެފައި އިން މައުރީން ، ބައްޕަ އެ މުހާތަބް ކުރަނީ އޭއާއަށް ތޯ ސުވާލު އުފެދުނެވެ. ” ގޭ ޓެރަސް ގަ އޯކޭވާނެ”.
“ޔޭއި ގެސް ވަޓް ބައްޕަ ބުނީ ޔެސް އޯ ގޭގެ ޓެރަސް ގައި ޕާރޓީ ބޭއްވިޔަސް” ހިނިތުން ވެލަމުން މައުރީން އޭނާގެ ބެސްޓީއާ ވާހަކަ ދަށްކަމުން ދިޔައެވެ.” އޭ ލައީ ވާނެ ދޯ އިންސްޓަގްރާމް ފީޑް އަށްލާން ސަޅި ފޮޓޯ ކޮޅެއްނަގަން”. ” އާނ ދޯ ސަޅި ތީމް އެއް ހޯދާތި .. އޭ ތިއެއްނޫނޭ ދާނާން 12 ހާއިހު ތި ގޭ ބެކް ގޭޓް ކައިރިއައް ރީތިވެގެން ހުންނާތި” ” ހުމްމްމް ބާއި ދެންން.. ފޯނުކަނޑާލަމުން މައުރީން، އަތުގައި އޮތް ހެދުނަ ގައިގައި ޖައްސާލަމުން ލޯގަނޑުން ބަލާލިއެ. “ޕާރ ފެކްޓް”. އެ ރަތް ކުލައި ގެ ޝޯލްޑަރް ލެސް ހެދުން މައުރީން އާކިތަން މެ ހާވެސް ގުޅެއެވެ. ރީތިވެނިމިގެން ރަތަ ކުލައިގެ މެޓް ލިޕްސްޓިކް އިކުން ދެތުން ފަތް ފަވާލަމުން ބޯ އެސްފިޔަ ތަކުގައި ފަރުވާތެރި ކަމާއެކު މަސްކަރާ ހިންގާލިއެވެެ. ލޯގަނޑުން ފަރިބަލާލަމުން ފޯނުން ސްނެޕް އެއް ކޮށްލިއެވެ. ދެއަތުން ހީލްސް ނަގަމުން މަޑުމަޑުން ދޮރުހުޅުވާލަމުން މީހަކަށް ހިލަމެއް ނުވާނެހެން މަޑުމަޑުން ސިޑިނަ ގްރައުންޑް ފްލޯ އަށް ފޭބިއެވެ. ” ހަލޯ މިދަނީ އިނގޭ ” މައި ގޭޓް ކައިރި ނަމެއް ގައި ވަޒީފާ އަދާކުރަން އިން ގާޑުމީހާއަށް ބަލާލަމުން ފޯނުގައިހުރި ނައުރީން ބުނެލިއެވެ.
ފަރުވާތެރި ކަމާއެކު ބެކް ގޭޓުން މައުރީން ނިކުތެވެ.” އޯހްހް ގޯރްޑް ނަސީބެއްނު ޑޭޑް ގޭވަށާ ގާޑުން ނުބަހަށް ޓާކަން. ކައިރީގައި ހުރި ލައިޝާއަށް ނަޒަރެއް ދެމުން މައުރީން ބުނެލިއެވެ. ” ހިނގާ އަވަހަށް ދާން”. ރަށުގެ މަގުތަކުގައި ވަނީ ހިމޭން ކަމެވެ. ” ޔޫ ލުކް ސޯ ނައިސް ޓުޑޭ .” ސައިކަލު ދުއްވަމުން ލައިޝާ ބުނެލިއެވެ. ޕާރޓީ ބޭށްވުމަށް ހަމަޖެހިފައިވަނީ ރަށުގެ މީހުން ވަރަށް މަ ދުން ގޮސް އުޅޭ ހިސާބުގައި ހުންނަ ގެއެއް ގައެވެ. ގޭ ވަށައިގެން ބޮޑު ފާރެއް ލެވިފައި ވާއިރު. ޕާރޓީ އެއް ބޭއްވިފައިވާ ތަނެއްހެން ހީއެއް ނުވެއެވެ. ސަކަލުން ފައިބަމުން މައުރީން އިސްތަށި ގަނޑު ރީތި ކޮށް ލިއެވެ. ” ހުމްްމްމް ހުމްމް ދެން ހެވޭ ތިވަރުނުކުރިޔަސް .. ރީއްޗޭ”.” ޝަޓް އަޕް ލައީ”. ގޭ ގެ ދޮރުަން އެތެރެއަށް ވަންނަމުން ދެއެކުވެރިން ހީލިއެވެ. ވަށައިގެން ކުލަކުލައިގެ ބޮކިތަށް ދިށްލިފައިވާއިރު ޖަހާފައިވާ މިއުޒިކާ އެއަ ވަރަށް ޒުވާނުން ފައިހަމަ ކުރަމުން ދެއެވެ. ” ހޭއި ޕާރޓީ ތެރެއިންދިމާވި ދެ ކްލާސް މޭޓްސްއާ ވާހަކަ ދައްކާ ލަން މައުރީން މަޑު ކޮށްލިއެވެ. ” ޔޫވޯންޓް ސަމް ޑްރިންކްސް ލޭޑީސް” މޫ ނު މަށްޗައް މަޖާ ވައްތަރެއް ޖައްސަމުން ޒުވާން ފިރިހެން ކުއްޖެއް އަހާލިއެވެ.” އޯޕްސް މީ ލައީ ގެ ކަޒިން އެއް . ޒަވީން . މާލޭގަ އުޅެނީ އީދް އަށް މިކޮޅަށް އައިސް އެއުޅެނީ . އަތުން ކޯކުތަށީ ގައި ހިފަމުން ލައިޝާ އިށްވާލިއެވެ.
އެކިކަހަލަ ބުއިން ތަކުގެ ބުރުތައް ކުރިޔަށް ދިޔައެވެ. މީހުންގެ ހުނުމުގެ އަޑުން ފަޒާގުގުމާލާފަވެއެ. ޖަހާފަ ކަންފަތަށް އުނދަގޫވަމުންދިޔައެވެ.”އެބައަންނަން ބޭރަށް ގޮސް ލާފަ.
މާހައުލުގެ ހަލަބޮލިކަމުން އުނދަގޫވެފައި ހުރި މައުރީން ބޭރަށް ނިކުންނަން މިސްރާބު ޖެހިއެވެ. މީހުން ފުރި ބާރު ވެފައި ވުމުން ހިނގާފަ ދިޔުން ވީ އުނދަގޫކަމަކަށެވެ. ކުރިމަތިން ހުރަސްކުރި ޒުވާނަކު ބަލާނުލާ މައުރީން ގައިގައި ޖެހިގަތެވެ. މިފަދަކަމަކަށް ސަމާލްނުވެ ހުރި މައުރީން އަރިއަޅާލާގޮތަ ވިއެވެ.
އެހިނދު ބާރުގަދަ މުލަށްދަނޑި އެއްގެ އިހުސާސް ކުރެވުނެ.”ކެއާފުލް” ނުހަނު ގާތުން ޒުވާނެއްގެ އަޑު އިވުމުން. ދެލޯމަރައިގެން އޮތް މައުރީން ލޯ ހުޅުވާލިއެވެ. ނުހަނު ގާތުގައި ހުރި ޒުވާނާ ގެ ކަނޑެއްފަދަ ދެލޮލައް ބަލަހައްޓައިގެން ހުރެވުނެވެ. ހުރެވުނުތަން ހަނދާން ވުމުން އަވަހަށް މައުރީން ދުރަށް ޖެހިލިއެވެ. ވަށައިގެން އަމާޒުވެފައިވާ ލޯ ތަކާ ދުރަށް ފިލަން މަސައްކަތް ކުރާމީހެއްފަދައިން އަވަހަށް ބޭރަށްނިކުތެވެ.”ސާބަހޭ ބޮރޯ މިހާރު އެކުއްޖަ ލަދުގަންނުވާލީ” އެޒުވާނާ ގާތުހުރި ކުއްޖަކު ސަމާސާކޮއްލިއެވެ.
ހިތްހަމަނުޖެހިފައި އިން މައުރީން ސިނގިރޭޓޭއް ރޯކޮށްލިއެވެ. ފޯނުން ފެންނަމުންދިޔަމަން ޒަރަށް ގެތްލިފައިން މައުރީންގެ ހަރަކާތް ތަށް ބަލަން ދުރުގައި އެއްކަލަ ޒުވާނާހުއްޓެވެ. އެކަނިމާއެކަނި މިއޮށްފަދަ ދަންވަރުގަޑީ ބޭރުގައިނދެ ނޭފަތާއަނގައިން ދުނަބޭރުކުރަމުން ދާ މި އާދިޔާހިލާފު އަންހެންކުއްޖާ އަކީކާކުބާއެވެ. “ދެން ތެންކިޔުއެކޭ ނުބުނާނަންތަ” ގާތުން މީހެއްގެ އަޑުއިވުމުން ސިހިފައި މައުރީން ބަލާލިއެވެ. ދާދިގާތުގައި ހިތްގައިމު ގޮތަކަށް ހުއްޓިލައިގެން އެއްކަލަޒުވާނާހުށްޓެވެ.” ” ހާއި މީ އަނާން”. “މައުރީން” ފޫހި ގޮތަކަށްް މައުރީން ޖަވާބުދިނެވެ.” އޯކޭ ދޯ މިތާއިށީނަސް .” އޭކޮން ކަމެއް” މާހައުލުގެ ހިމޭން ކަން ނަގާލަމުން ލައިސާ އިށްވާލިއެވެ. މި ގޮތް ނޭނގޭ ޒުވާނާކިބައިން ސަލާމަތް ވާންބޭނުން ވެފައިން މައުރީން މި ރަނުގެ ފުރުސަތުގެ ބޭނުން ކުރަމުން ލައިސާ ފަހަތުން ބޭރަށް ނުކުތެވެ. ދެއެކުވެރިން އެކިއެކި ވާހަކައިގަތިބެ ސަމާސާކުރަމުން ދިޔައެވެ.
އެދެމީހުންގެ ހަރަކާތް ތަކަށް ފާރަވެރިވާން އެހެން ފަރާތެއް ވާކަން ނޭނގޭހާލު ދެއެކުވެރިންވެސް އަމިއްލަވާހަކަތަކަށް ގެތްލިފައިތިއްބެވެ. ދުރުގައި ހުރި އާލް އެއްޗެއް ދިރާސާކުރާފަދައަކުން މައުރީން އަށް ބަލަމުންގެންދިޔައެވެ. ބަލާބެލުމަށް އާދައިގެން އިންސާނުންނާ އެއްވެސް ތަފާތެއް ނެތެވެ. މިފަދަ އިންސިއެއްގެ ކިބައިން ރާނީ އަށް ހާސިލްކުރެވޭނީ ކޮންކަމެއްތޯ އާލް ވިސްނާލިއެވެ.
ކަސްތަޅުއެޅުވިފައިވާ ވަރުދާންއެކެވެ. ބަލާބެލުމަށް އުމުރުންދުވަސްވެ ގައިބާރުދޫވެފައިވެއެ. ގައިގެއެތަން މިތަނަށް އެވަރުވަރުގެ އަނިޔާލިބިފައިވެއެވެ. “މަންމާ” ކުރެހިފައިވާއަޑަކުން އާލް ގޮވާލިއެވެ. ބަލިކަށި ގޮތަކަށް ލޯހުޅުވާލަމުން ޝޫރާ ތޭރިތަކުން ބޭރުބަލާލިއެވެ. ކައިރީގައި ހުރިފިރިހެން ކުއްޖާފެނުމުން ހިތައްފިނިކަން ލިބިގެންދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް ގައިގައި އަޅަމުން ދިޔަ ވޭން މަތިން ހަނދާން ނެތުނެވެ. ތޭރިތަކާަގާތް ވެލަމުން އެމޫނުގައި މައިވަންްތަ ދެއަތުން ފިރުމާލިއެވެ. ދަރިފުޅު ކިހިނެތް ލޯތް ބާއެކު އާލް ގާތު އަހާލިއެވެ. އެތަށް ދުވަހަކަށް ފަހު އަމިއްލަ މަންމަ އާބަށްދަލް ވުމުން ބަޔާންކުރަން ނޭނގޭ ހިންހަމަޖެހުމެއްލިބުނެވެ. މަންމަ އަތުގައި އަޅުވާފައިވާ ކަސްތޮޅު ތަކަށްބަލާލަމުން މަންމައާ އިތުރަށްގާތް ވެލިއެވެ. ” މަންމާ އާލް މަންމަ ސަލާމަތް ކުރާނަން ވަރުގަދަ އަޒުމާއެކު އާލް އިށްވާލިއެވެ.”
އަމިށްލަ މަންމަގެ ހައްޤުޤައި ކޮންމެ ކަމެއް ކުރަން ނިން މައިގެން ހުރި އާލް އަމިއްލަ ނަފްސައް ވިސްނައި ދެމުން ލޯމަރާލިއެވެ. ނަމަވެސް އެމައުސޫމް އަންހެން ކުއްޖާ އަށް ދެރައެއް ދީގެން އޭނާ އަށް ހަމަ ފައިދާއެއް ކޮށްފާނެތޯ އަމިއްލަ ނަފްސާސުވާލު ކޮށްލިއެވެ. ނަމަވެސް އޭނާގެ މަޖުބޫރީ ހާލު ހިތަށް ގެންނަމުން ފަހަތަށް އެނބުރި ވައިރޯޅިއެއް ފަދައިން ގެތްލުނެވެ.
********
ގެއަށް އާދެވުމާއެކު މައުރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ ވަށައިގެން ވާމާހައުލަށް ނަޒަރެއް ދެމުން އަތުން ހިފައިގެންހުރި ހީލްސް އާއެކު، ސިޑީގެ ހަރުފަތްތަށް ގިތާކުރަން ފެށިއެވެ. ދެވަނަފަންގިފިލާގައި ފެތުރިފައިވަނީ މަރުފަދަ ހިމޭންކަމެވެ.މަޑުމަޑުން ގޭގެ ދޮރު ހުޅުވާލަމުން މައުރީން ގޭތެރެއަށް ދެމިގަތެވެ. ދެވަނަސިކުންތުގައި ކުއަލިހަރަކާތާއެކު ކޮޓަރިއަށް ވަނެވެ. ވެފައިވާ ވަރުބަލި ކަމާ ބަރުވެފައިވާ އެސްފިޔަތަކާއެކު އެނދުމަށްޗަށް ވެއްޓިގަތެވެ.
ހާމަ އުޑުގައި ތަރިތަށް މިނިވަން ކަމާއެކު އޭގެ ވާޖިބު އަދާކުރަމުން ދެއެވެ. ހިތްގައިމު ޓެރަސްގައި ހުރި އުނދޯލީގައި އިށީނަދެލައިގެން އިންޒަރީރު އުނދޯލި ހެއްލަމުން ދިޔައެވެ. ދޭތެރެއަކުން ވެއްޓިގެންދާ ކަރުނަތިކި ފޮހެލާގޮތުން ހިތްދަތި ވެފައިވާ މިންވަރު ހާމަކޮށްދެއެވެ.
“ކޮންއިރަކުންތަ ތިގެއަށް ގެންދާނީ؟” ރޭގަނޑުގެ ހިތްގައިމު ވަގުތު އަތިރި މަތީ އިށީން ދެލައިގެން އިން ހުމައިދާ ގާތު ޒަރީރުއަހާލިއެވެ. ހާމަ އުޑުން ނަޒަރު ވަކި ކޮށްލަމުން. ހުމައިދާ ޒަރީރަށް ބަލާލިއެވެ. ހަތަރު ކަޅިހަމަކުރެވިފައިވާ އިރު އެދެމެދުގައި ވަނީ ހިމޭން ކަމެވެ. ހުމައިދާގެ ފުންކަނޑެއް ފަދަ އަޖައިބު ކުރުވަނިވި ދެލޮލަށް ކަރުނަޖަމާވިއެވެ.
“ޝުސްސްސް ނުރޯތި” ޒަރީރުގެ ދެއަތުން އެތުނިތުނި ހަށިގަނޑު ވަށާލަމުން ބުނެލިއެވެ. “..ޒަރީރު އަހަރެން ދެކެލޯބިވޭތަ؟..” ” ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..” ހުމައިދާކޮށްލި ސުވާލަށް ޖަވާބުދެމުން ޒަރީރު ބުނެލިއެވެ. “އަހަރެންމީ ކޮންމެފަދަ މީހަކަށް ވިޔަސް ލޯބިވާނަންތަ.” މަޑު ގިސްލުމަކާއެކު ހުމައިދާ އިށްވާލި ބަސްތަށް ޒަރީރު ކަންފަތުގައި ގުގުމަމުން ދިޔައެވެ. “އަބަދުވެސް ލޯބި ވާނަން” ކަރުނަތަށް ފޮހެލަމުން ޒަރީރު އަށްބުނެވުނެވެ. އަތުގައިހުރި ތަސްވީރުތަށް ގަޔާކައިރިކޮށްލިއެވެ.
އުމުރުން 17 އަހަރުވަމުން އަންނަ މައުރީން އޭނާގެ. ދޮށީ އަންހެން ދަރިފުޅު ފަދައިން ގެތްލޭކަށް ޒަރީރުބޭނުމެއް ނޫނެވެ. ވީވަރަކުން ހަޤީޤަތް އޭނާ މައުރީން އަށް ކިޔައިދޭނެެވެ. އެދަރިފުޅު ހުރިހާ ނުރަށްކަލަކުން ސަލާމަތް ކޮށް ދެވޭ ތޯބަލާނެއެވެ. ޒަރީރުއަށް ނޭނގުނު ކަމަކީ ތަގުދީރުގައިނިޔާ ކުރިށް ވާފައިވާ ގޮތް އެނާއަށް ބަދަލުނުކުރެވޭނެކަމެވެ. މާޒީ އަލުން އިއާދަ ވާން ބޭނުން ނޫން ނަމަވެސް ތަގުދީރުގެ ރޭވުން ބަދަލުކުރެވޭނީ ކޮން އިންސާނަކަށް ތޯއެވެ؟….
**********
8 Comments!
Comments are closed.
Vvvv reethi mi part vx… Whn is next part…. Curiously waiting for next part ngey…. N afffraushyyy you are so talented… Maashaallah… Next part thankolheh avahah up kohdhehchey…. ?????
thanQ.. v v avahah up kohladheynan?
Vrh Reethi when next part.?
Next part avahah up kohla dhehchey??
Kbr next part haadha alheyy.. Haadha inthizaareh eba kurevey mi vhk ah avahah next part up kohla dheeba plxx
Laheyy*
April, may, June 3 mas mi vany adhivx up eh nu kohdhey ?
Vhk medhu kandaaly Keeve thr