އިރުގެ ދޯދިތައް ދުނިޔެއަށް މަރުޙަބާ ކިޔަމުންދިޔަ ވަގުތެވެ. ކޮވެލީގެ ނަލަ ގޮވާލުމުގެ އަޑުވެސް މަދުން ނަމަވެސް އިވެމުން ދިޔައެވެ. ޖެހެމުން ދިޔަ އަރާމު ވައިގެ ބާނިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. އެ ހިތްގައިމު ވަގުތުގެ އިސްތިޤުބާލުގައި އަތިރިމަތީގައި ތާރާ ފިޔަވައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މަދު ފަހަރަކު ނޫނީ އެ އުމުރުފުރާ ގެ ކުއްޖަކު އެގޮތަށް އެކަނިމާއެކަނި އިންނަ ތަނެއް ނުފެންނާނެއެވެ. ބަލާބެލުމަށް އަދި އެއީ 18 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހަމުގެ […]
“އެބައޮތް ވަރަށް މުހިއްމު ކަމެއް ޑިސްކަސް ކުރަންވެފަ. އެކަމު ހައުސް ކަންތައް ނިމުނީމަ..” ޒީވާ ޝާޔަންއަށް މެސެޖު ކޮށްލިއެވެ. ޝާޔަން ކިޔާކިޔާވެސް ޒީވާ ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އެ ހަފްތާ ނިމިގެން ދިޔައީ ވަރަށްވެސް އޮމާންކަމާއެކީގައެވެ. ހުކުރު ދުވަސް އައިސް ޖެހުނު އިރު ހުރިހާކުދިން ވެސް އުޅެމުން ދިޔައީ ނުހަނު ބުރަކޮށެވެ. ދިވެހި އަދަބީ ރޭހުގެ ހަރަކާތްތަށް ބަލާލުމަށް އާއްމުންނަށް ފުރުސަތު ހުޅުވާލެވިފައި ވީއިރު މުޅި ސްކޫލު ވަނީ ފުރި ބާރުވެފައެވެ. ޝާޔަންވެސް ކަންކަން އިންތިޒާމު […]
ބައްޕަ އައި ގޮތައް އައިސް އަހަރެންގެ އަތުގައި ހިފާ ދޮންމަންމަގެ އަތުން އަހަރެންގެ އަތް ދަމައި ގަތެވެ. އަހަރެން ހީކުރީ ބައްޕަ އެނުލަފާ އަންހެނާގެ އަތުން އަހަރެން ސަލާމަތް ކުރަން އުޅެނީ ކަމަށެވެ. އަދި ދޮންމަންމަގެ މޫނުމަތިން އެކަމުގެ ޖެހިލުންވުމާއި، ސިހުމާއި، ބިރުވެރިކަން ފެންނާނެކަމަށެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އޭރުގައި ހުރި ނުލަފާ މަކަރުވެރި ހިނިތުން ވުމެކެވެ. އެހެންކަމުން އަހަރެންގެ މޫނުމަތިން ފެންނަން އުޅުނު ކުޑަ ހިނިތުންވުންވެސް ފިލައިގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް ބައްޕަ އަހަރެންގެ އަތުން ދޫކޮށްލި ގޮތުން އަހަރެން ތަޅުން މައްޗައް ވެއްޓި ތިރީ މެދު ދެދަތް މަތީ ތުންފަތައް ހެރި ތުންފަތް ފަޅައިގެން ދިޔައެވެ. އޭގެ ދެތިން ލޭތިކިން އެހުދު ތަޅުން ކަޅި […]
ޝާންގެ ހަލުވިކަމާއި އަމަލުތައް ފެނިފައި ނުހާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަރީޝް ކިޔާ މީހަކު ގުޅުމުން މާއަވަސް އަރުވާލައިގެން ދިޔުމުން ނުހާ ހައިރާން ވިއެވެ. ” އަހަރެން ބުނީމެއްނުން އަހަރެން ނުގުޅަނީސް ނުގުޅާށޭ” ޝާން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. ” ކިހިނެއް ވީ މިހާރު؟ އޮފީހަކު ނުންތަ ތިހިރީ… އަހަރެން ހީކުރީ އޮފީހުގަ ކަމަށް… ސޮރީ” އެކޮޅުން ވާހަކަ ދެއްކީ އަރީކާއެވެ. ” ހޫމް ދެން ހެވޭ…. އާދެ… މިހާރު އިންނާނީ އޭތި ކިރިމިނަލް […]
“އަހަރެން ނުބުނާނަން ދުވަހަކުވެސް އީރަމް ނުރޮއްވާނަމޭ، ދުވަހަކުވެސް ދެރައެއް ނުކުރާނަމޭއެއް.. އެއީ ހެދޭނެ ވަރަށް ބޮޑު ދޮގެއް ކަންނޭނގެ… އެއްވެސް ގުޅުމަކީ މައްސަލަނުޖެހި އަޑިތަކާއި ކުރިމަތިލާންނުޖެހި އަބަދު އުފަލުގައި އޮންނަ ގުޅުމެއް ނޫން.. އޭގެ ބަދަލުގައި އަހަރެން ބުނާނީ، އަހަރެން އީރަމް ދެރަކޮށް ނުރޮއްވޭތޯ އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ… އެފަދަ ދުވަހެއް އަޔަސް، އީރަމް ދެރަވެ ހިތާމަކުރާނީ އެކަންޏެއްނޫން… އެފަދަގަޑިއެއް އަޔަސް އީރަމްގެ ހިތުގެ އަޑު ނީވޭ ހިސާބަކަށް އަހަރެންނެއް ނުދާނަން…. އަހަރެން […]
މީކާންގެ ދިރިއުޅުމުންނާއި ހިތުން މަންމަގެ މަތީދަރަޖަ ސަލީމާއަށް ހޯދޭނެހެއްޔެވެ؟ އެ ދަރަޖަ ސަލީމާއަށް ދޭން ފަސޭހަވާނެހެއްޔެވެ؟ އެތަށްއަހަރެއްވަންދެން ލޯބިވި މަންމަމަތިން ހަނދާންނެތި އޭނާގެ އަސްލު މަންމަ ދެކެ ހަމަ އެފަދައިން ލޯބިވެވިދާނެހެއްޔެވެ. ސުވާލުތަކެއްގެތެރޭ އެމުނެމުންދިޔަ މީކާން އަށް ހުރެވުނީ އެގޭ ބެލްކަނީގައެވެ. އެންމެނާއި ދުރަށްޖެހިލުމަށާއި ތާޒާ ވައި ހޯދުމުގެ ބޭނުމުގައި އޭނާ އިތުރު އެއްޗެއް ނުބުނެ އެގޭ ބެލްކަނީއަށް ނިކުމެލިއެވެ. އަމިއްލަ ޒަމީރު އޭނާއާއި އެތަށް ސުވާލެއްކުރެއެވެ. އޭނާގެ ހިތާއި ސިކުނޑި ދިޔައީ އެކި އެކި ހަނދާންތަކަކުން […]
ދެމައިންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިޒަކްމެންގެ ނަޒަރު ހުއްޓިފައިވަނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ޒައިން އާއި އަސްމާ އާއި ދިމާލަށެވެ. އިރުކޮޅެއްނުވެ އަސްމާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. އަސްމާގެ ދެލޯ ފެންކަޅިވާންފެށިތަން ފެނި ޒައިންގެ ދެލޯވެސް ކަރުނުން ފުރެން ފެށިއެވެ. ޒައިން އޭނާގެ މަންމައަށް ސަރޕްރައިޒް ދޭން އުޅި ސަރޕްރައިޒް މި ލިބުނީ ހަމަ އޭނާއަށެވެ. ހީނުކޮށް ހުއްޓައި މަންމަ އައުމުންނެވެ. އަސްމާއަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން މަންމާއޭ ކިޔައި ގޮވާލާނެ އިރަކަށެވެ. […]
“ޝާން.. ހުޅުމާލޭ އިމާރާތެއްގައި މަރާލާފައި އޮތް ކުއްޖާގެ ކޭސް އެބައިން އައިސް. ނަންގަވަންވީތޯ؟ ” ޝާންގެ ސެކެޓްރީ ޝާން ކުރެން އެހިއެވެ. “އާން.. އޭތި ގެނެސް އަހަރެން މޭޒުމަތީ ބައިންދާލާ އަހަރެން މިދަނީ މިވަގުތު ކޯޓަށް މައްސަލައަކަށް ދާން.” ކޯޓު ލަމުން ޝާން ލީނާ އަށް ބުނެލިއެވެ. ކާރުގައި ޝާން ނައްޓާލީ ކުރިމިނަލް ކޯޓަށެވެ. މިއަދަކީ އޭނާއަށް ވަރަށް މުހިންމު ދުވަހެކެވެ. އޭނާ މިހާތަނަށް ހަވާލުވި ހުރިހާ މައްސަލަ ތަކުގެ ތެރެއިން ހެކި ނެތުމުގެ ސަބަބުން ކުށްވެރިޔާ […]
ސްކޫލުގެ އަޑުގަދަ މާހައުލުގައި ވާހަކަ ފޮތެއް ހިފައިގެން ހިނގަމުން ދިޔަ ޝާޔަންގެ މިސްރާބު ހުރީ ލައިބްރަރީއާ ދިމާއަށެވެ. ލައިބްރަރީއަށް ވަދެވުމާއެކު ޝާޔަންއަށް ބޭއިހުތިޔާރުގައި ހީލެވުނެވެ. ހުސް ގަޑި ތަކުގައި އޭނާ އަބަދުވެސް ސްކޫލުގެ އަޑުގަދަ މާހައުލުން ސަލާމަތް ވުމަށްޓަކައި އަންނަ އޭނާ އެންމެ ގަޔާވާ ތަނަކީ އެއީއެވެ. ދިވެހި ވާހަކަ ކިޔުމަށް ޝައުޤުވެރިވާ ޝާޔަން އަވަސް އަވަހަށް އެންމެ ކަނުން ގޮނޑިއެއް ހޯދައި އިށީންދެލިއެވެ. އަދި އޭނާގެ ފޮތުގެ ތެރެއަށް ގެނބިގެން ދިޔައެވެ. “އޭ..ކްލާސް ފެށެން ޓޫ […]