Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ 5… (ފަސްވަނަބައި) ޕާރޓް 2

Annna Level 510 Stories100 Comments100 Login
April 18, 2020 4 Mins Read
8 Comments

އަހަރެންގެ ދެފައިގައި ހީވަނީ ކަސްތޮޅުއަޅާފައިވާ ހެންނެވެ. އަހަރެންގެ ދެލޮލުން ކަރުނަ އަންނަން ފެށީ އިވުނު ވާހަކަ އަކުންނެވެ. އަހަރެންނަށް ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އަހަރެންނަކަށް ނޭނގުނެވެ.

***

“ސަމީ.. އަހަރެން މިއުޅެނީ އާޝާ އޭނާގެ މަންމަ ގާތައް ފޮނުވާލަން ވެގެން.. އޭނާ ފޮނުވާލީމައި އަހަރެމެންނައް އޭރުން ހަމަޖެހިލައިގެން އުޅެވޭނެއެއްނު؟” ބައްޕަގެ ވާހަކަ ހުރިގޮތުން ހީވަނީ އަހަރެންނަކީ އޭނާ އަށް ހުރި ބޮޑުމުސީބާތެެއް ހެންނެވެ. ނަމަވެސް އެއީ އަހަރެންގެ ހުރި ހަމައެކަނި ބައްޕައެވެ. އެބައްޕަ އަހަރެންދެކެ ރުޅިއަންނަން ވީސަބަބެއް ސަމިއްތަ ކައިރީ ނުބުނެ ގައިމު އަހަރެން ކައިރީ ބުނެލިއްޔާ ފަހެ ކިހިނެއް ވާނެ ހެއްޔެވެ. “އުނހު.. އޭރުން ކަމަކު ނުދާނެ… ގޭގެ ހުރިހާ މަސައްކަތެއް ކުރާނީ ކާކު؟… ގައިމުވެސް އަހަރެންނަކަށް ނުވާނެ.. މިއޮތް ފަޔަކައްވެސް ތަދުވާތީ މިއުޅެނީ.. އަތެއް ފަޔެއް ހަލުވާނުލެވިގެން އުޅޭ އިރުވެސް ތިއުޅެނީ އޭނާ ފޮނުވާލަން… އެގޮތް ކަމަކު ނުދާނެ…” ކަރުނަތައް ފުހުނު ވަރަކަށް އިތުރައް ފައިބަން ފެށީ ސަމިއްތަގެ އަޑު އިވުމުންނެވެ. އަހަރެން މިޖެހުނީ އަމިއްލަ ގޭގައި ނޯކަރަކަށް ވެގެން އުޅޭށެވެ. ބޭނުންވީމައި ފޮނުވާލާފައި، ގެނެސް ހަދަން އަހަރެންމީ ކުޑަކުދިން ހެން ކުޅެން ގެންގުޅޭ ކުޅޭ ކުޅޭ އެއްޗެއް ހެއްޔެވެ. ސަމިއްތަ ޝަކުވާ ކޮށްލިއިރު ހީވަނީ ފަސްއަހަރުގެ ކުޑަކުއްޖަކު އޭނާގެ މަންމަ ނޫނީ ބައްޕަގެ ގާތު ޝަކުވާ ކޮށްލިހެންނެވެ. އެހާވެސް ބުނެލިލެއް ޅައެވެ.

ހިނިއާދެވޭ ވަރަށް ވުރެ އަހަރެން އިނީ ދެރަވެ ހިތުގައި ޖެހިފައެވެ. އެހެންނޫންނަމަ އަހަރެންގެ ހުނުން ކޮންޓްރޯލް ނުވީހެވެ. “ހާސް ކަނޑާލަބަ ސަމީ.. ސަމީ އޭނައަށް ވާވަރަށް އަނިޔާ ދީފީމެއްނު؟ އަހަރެންނަށްވެސް ދެން އޭނައެއް ނުބެލޭނެ.. އާޝާގެ މަންމަ އަހަރެންގެ ބޮލައް ޖަހާފައި އެދިޔައީ ބޮޑު އުނދަގުލެއް… އަހަރެން ހުންނާނެ ޖެސިކާ ކިޔާ މީހަކު ހަމަޖައްސާފައި…  ގޭގެ ކަންތަކާއި އަހަރެންނާ ސަމީގެ ކަންކަން ކުރަން.. އަންނާނަން އާޝާ ކައިރީ ބުނެފައި…” ބައްޕަގެ ވާހަކަތައް އަޑުއިވިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.

ދޮންމަންމަ ހަމަ ރަނގަޅައްވެސް އަހަރެންގެ ބައްޕަ ނުބައި ގޯޅިއަކަށް ލަންބުވާލައިފިއެވެ. އެއީ މިހާރު އާޝާދެކެ ލޯބިވި އާކިފް އެކޭ ބޭރުން ދާމިހަކުވެސް ނުބުނާނެކަން އަހަރެން ގެރެންޓީ ދެމެވެ.

އަހަރެން ކޮޓަރިއަށް ދާން ދުއްވައިގަތީ ބައް ގޮނޑިސެޓުން ތެދުވީމައެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލިފަހުން ބައްޕަ ގޮވާލި އަޑު އަހަރެންނަށް އިވުނެވެ. ކިތަންމެ ހުޅުވަން ބޭނުން ނުވިއަސް ބައްޕަ އަށް ވުމުން އަހަރެން ހުޅުވީމެވެ. އަހަރެންނަށް ފެނުނީ ކުރިން އަހަރެން ދޮރުހުޅުވާލީމައި ފެންނަ ބައްޕައެވެ. އަހަރެން ހީކުރީ އެހެން ފަހަރުތަކެކޭ އެއްގޮތައް އަހަރެންގެ ބޮލުގައި ފިރުމާލައިފައި ސަމާސާއެއް ކޮށްލާނެ ކަމަށެވެ. ނަމަވެސް އެކަހަލަ އިޝާރާތެއް ނުލިބުމުން އަހަރެން ދޮރު ބޮޑައް ހުޅުވާލީ ބައްޕަ އަށް ވަންނާނެ ތަން ދެއްކުމަށެވެ. ބައްޕަ ހަމަ ހިނިތުން ވުމެއް ދޭއިރައް އަހަރެންގެ ހިތް އެކަމައް އެދުނީއެވެ. ހިތަކީވެސް ހާދަހާ ތަފާތު އެއްޗެކެވެ site internet. މީހެއްގެ ކިބައިން ނުރުހުންތަކެއް ލިބިފައި އެއްމެ ފަހަރަކު ހިތްހެޔޮކަން ފެނިިލިއަސް އެކަމަކައް އެދެވެން ފަށައެވެ.

ބައްޕަ ގޮސް އިށީންދެލީ އެނދުގެ އަރިމައްޗެއް ގައެވެ. އަހަރެންވެސް ބައްޕަގެ ކުރިމައްޗައް ވާކަހަލަ ގޮތަކަށް އިން ގޮނޑިއެއްގައި އިށީންދެލީ މެވެ. އަހަރެންގެ ހިތް އެދެވެންފެށީ ބައްޕައައިސް އަހަރެންގެ ގައިގައި ލޯބިން ބައްދާލާ ސަމާސާކޮށްލާށެވެ. ނަމަވެސް ސިކުނޑި ބެލީ އަހަރެންގެ ހިތައް ވިސްނައި ދެވޭތޯއެވެ. އެއީ މިހާރު ވުން ވަރަށް ދުރު ކަމެކެވެ. ބައްޕަ އެވަނީ ސަމިއްތަގެ މަކަރުވެރި ދަލުގައި ޖެހިފައެވެ. އަހަރެން ބައްޕަ އަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކޮށްލީމެވެ. ބައްޕަވެސް ހިނިތުންވުނެއް ހަދިޔާ ކޮށްލިއެވެ. “ކިހިނެތްވީ؟؟.. ބައް… ޕާ” ޖެހިލުންވެ ހުރެ އަހަރެން ބައްޕައާއި ސުވާލުކޮށްލީ އިސްޖަހައިގެން އިނދެ ބައްޕަ ވާހަކަ ނުފެށުމުންނެވެ. އަހަރެންނަށް ބުނެވޭ ކިތަންމެ ކުޑަ ބަހަކުންވެސް އަނިޔާ އެއް ތަހަންމަލް ކުރަންޖެހުމަކީ ދުރުކަމެއް ނޫނެވެ. އަހަރެން އުޅުނީ ވަރަށް ރުންކުރުކޮށް ބުނާށެވެ.

ނަމަވެސް އެކަން ނުވީ އަހަރެން ބައްޕައަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ. އެއީ އަހަރެންގެ ބައްޕަ ވީމައިވެސް މެއެވެ. އަހަރެންގެ ހަށިގަނޑުގައި ހިނގައި ދައުރުވަނީ އެބައްޕަގެ ލެއެވެ. ބައްޕަ އާއި މަންމަ ވާހަކަ ދައްކާއިރު އިސްވެސް ނުއުފުލޭނެއެވެ. އެހައިވެސް އެދެމީހުންގެ ދަރަޖަ މަތިވެރިއެވެ. “މާދަން އަންނާނެ ދަރި… އަ. އާޝާގެ މަންމަ އާޝާ ބަލާ.. ބައްޕަގެނެސްދޭނަން އާޝާ އެއްޗެހިއަޅާނެ ފޮއްޓާއި ފޮތްތަކާއި އެހެނިހެން އެއްޗެހި އަޅާނެ ފޮށިގަނޑުތައް.. ބައްޕަ އަށް ހިތްހެޔޮކޮށް މާފުކޮށްދޭތި..” މިހެން ކިޔައިފައި ބައްޕަ އަހަރެންނާއި ދިމާލައް ބަލައިނުލާ ނިކުންނަން ދިޔައެވެ. އަހަރެންނަށް ފާހަކަ ކުރެވުނީ ބައްޕަ އަހަރެންނާއި ހަތަރުކަޅި ހަމަކުރަން ޖެހިލުންވާކަމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ސިކުނޑިއަށް މިހާރުހުސް އަރަނީ ޖަވާބު ނުލިބޭ ސުވާލު ތަކެވެ.

ބައްޕަ ނިކުތުމުގެ ކުރިން ހިނިތުންވުމެއް ވެރިކުރުވިއެވެ. ނަމަވެސް އެދެލޮލުން އަހަރެންނަށް ލޯތްބާއި ހަމްދަރުދީ ފެނުނުހެން ހީވަނީ ކީއްވެހެއްޔެވެ؟ ވެރިކުރުވި ހިނިތުންވުމުގެ ފަހތުގައި އެތައްހާސް ވޭނެއްވާހެން ހީވަނީ ކީއްވެހެއްޔެވެ؟ ބޮލައް ބަރުވާހެން ހީވުމާއެކު އަހަރެން އެނދައް ވެއްތި ގަތީމެވެ. ބަނޑުހައި ވެފައި ހުރިކަންވެސް އަހަރެން ހަނދާނުން ކައްސާލިއެވެ. އަހަރެން އޮތްގޮތައް އޮވެ ވިސްނަން ފެށީމެވެ. ނުވިސްނަން ހުއްޓަސް އެކަން ކުރެވޭނީ ކިހެނެތް ހެއްޔެވެ. އެއީ އަހަރެންގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ.

އަހަރެން އަނެއްކާވެސް ބަނޑުހައިކަން އިހުސާސް ކުރެވެން ފެށުމުން ކާން ދިޔައީމެވެ. ދެނަމާދުދޭތެރޭ ބައްޕަ ދެފޮއްޓާއި ތިން ފޮށިގަނޑުގެނައެވެ. އޭގެ ކޮއްމެ ފޮށިގަނޑެއްގައި ދެފޫޓޫ ވަރު އުސްމިނުގައި ހުރެއެވެ. އޭގެއިން އެއް ފޮށިގަނޑަކަށް އެޅީ ވާހަކަ ފޮތެވެ.. މަދުން ނަމަވެސް އަހަރެންގެ އަތުގައި އިނގެރޭސި ވާހަކަ ސީރީޒް ހުރެއެވެ.. އަހަރެންނަށް އޭގެތެރެއިން އެއްމެ ކިޔާހިތްވާ ވާހަކަ ސީރީޒް އަކަށް އުޅޭނީ ‘ސީކްރެޓް ކިންގްޑަމް’ ގެ ވާހަކަ ސީރީޒް ތަކެވެ.

ބާކީ އިން ދެފޮށިގަނޑުން ކުރެއް އެކެއްޗައް އެޅީ ކިޔާވާ ފޮތްތަކެވެ. ދެންއިން ފޮށިގަނޑައް ސްކޫލު ދަބަހާއި އަހަރެންގެ ރީތިވާ ސާމާނު ތަކާ އަހަރެންގެ ލިޔާ ފޮތްތަކާ އެއްޗެހި އެޅީމެވެ. ދެން އިން ދެފޮށި ފުރެންދެން އެޅީ ހުސް އަހަރެންގެ އަންނައުނެވެ.

ބަދިގެއައް ވަދެފައި އަހަރެން ނުކެއީ ހަވީރު ވަރަށް ރަނގަޅައް ކައިގެން އިނީމައެވެ. ރިހަކޮޅާއި ބަތް ހުސްވެފައި ހުރީމައި އަހަރެން އެތެލިތައް ދޮވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެން މުޅި ކޮޓަރީގައި އެނބުރެން ފެށީ މެވެ. ބާރައަހަރު ވަންދެން އުޅޭ ބޮޑުވި ކޮޓަރި ދޫކޮށް ދާންޖެހެންޏާމުން ވާނީވެސް މިހެން ތާއެވެ. މިހެން އުޅެއުޅޭފައި ނިދުނު އިރެއްވެސް ނޭނގެއެވެ.

އަހަރެންނަށް ހޭލެވުނީ ސޯނާ ގަޑިގެ އެލާމަށެވެ. އަހަރެން ފުއްމައިގެން ތެދުވީމެވެ. މިއަދު ބައްޕަ ބުނީ ހެނދުނު ނުކެއްކިއަސް އެއްމެ ރަނގަޅު ކަމަށެވެ. ސަމިއްތަ ކައްކާލާނެ ކަމަށެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. ބައްޕަގެ ނިންމުމަށް ސަމިއްތައަށްވެސް ދެކޮޅުހަދަން ނުކެރެއެވެ.

އަހަރެން އިނީ އުފާވުމުގެ އިތުރައް ދެރަވެސް ވެފައެވެ. އަހަރެން ފުރަތަމަ ބުނާންވީ ކޮންވާހަކައެއް ހެއްޔެވެ.. އުފާހެވެ.. ނޫނީ ދެރަ ހެއްޔެވެ. ނޫނެކެވެ. ފުރަތަމަ އުފަލެވެ. އުފަލަކީ ދެއަހަރުފަހުން އަހަރެންގެ ލޯބިވާ މަންމަ ކައިިރިއަށް ދާތީއެވެ. ދެރަވަނީ ކީއްވެގެން ކަން އިނގޭނޫން ހެއްޔެވެ. ބައްޕަ އާއި އުޅޭ ބޮޑުވި ގެ ދޫކޮށް ދާން ޖެހުމުންނެވެ.

އަވަސް އަވަހަށް ރީތިވެލައިގެން އަހަރެން ކާގެއަށް މިސްރާމުޖެހީމެވެ. ކާގެއައް ވަތްއިރު ސަމިއް ތަށިތައް އަތުރާ އުޅުނެވެ. އަހަރެން ޖޯޑުތަކަށް ސައިއަޅާ ދިނީމެވެ. އަހަރެން ފެނުމުން ސަމިއްތަ ކަޅި އަޅާލިއެވެ. އެވީގޮތެއް އަހަރެންނަށް އެނގިއްޖެއެވެ. އެއީ މިއަދު ސައި ކައްކާން ޖެހުމުންނެވެ. އަދި ކޮބާ ހެއްޔެވެ.. އެއްމެ ކުރައެއްގެ ސައެވެ. ބައްޕަ ހުރީ ހޮޓަލުން ހެދިކާ ގަނެފައެވެ.

ބޭރުމީހާ ގެއައް އަންނަނީ ނުވައެއް ޖަހާއިރު އެވެ. މަންމަ އަންނަނީ ދިހައެއް ޖަހާއިރު އެވެ. އަދިކިރިޔާ އަށެއްޖެހީއެވެ. ލެޕްޓޮޕް ދަބަހާއި އަތް ދަބަސް ހިފައިގެން ސިޓިންގް ރޫމައް އަހަރެން ނިކުތީމެވެ. ލެޕްޓޮޕް ހިފައިގެން އަހަރެން ވައިފައި ޖައްސާލައިގެން ވާހަކއެއް ކިޔާލަން އިނީމެވެ. އަހަރެންގެ އެންމެ ކަމުދާ ވާހަކަ ވެބްސައިޓަކީ އެސްފިޔަ.ކޮމް އެވެ.

ނުވައެއް ޖަހަން ގާތް ވަނިކޮށް ބައްޕަ ޖެސިކާ ބަލައި ދިޔައެވެ. ޖެސިކާ ގެނެއްސައި އޭނާ އަށް ކޮޓަރި ދައްކާފައި، ބައްޕަ އަހަރެންގެ ފޮށިތައް ބޭރައް ނެރުނެވެ. ބައްޕަގެ މޫނުމަތިން ދެރަވެފައިކަން އަހަރެންނަށް ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ދާތީ އެމީހުން ވާންވީ އުފާ ނޫންހެއްޔެވެ؟ އެމީހުންނަށް ‘އާޝާ’ އޭ މިކިޔާ މުސީބާތުން މިންޖު ވަނީ ނޫންހެއްޔެވެ؟ އެއަސަރު އަހަރެންނަށް ފެންނަީ ސަމިއްތަގެ ކިބައިން އެކަންޏެވެ.

ދިހައެއް ޖެހުމުން އަހަރެންގެ ހިތް އަވަސްވިއެވެ. އަތްފައި ފިނިވީ ލިބެން އުޅޭ އުފަލެއްގެ ބޮޑު ކަމުން ނެވެ. އެގޮތައް އިރުކޮޅަކު ތިއްބައި ގޭގެ މައި ދޮރުގައި ބެލް ޖަހާލިއަޑު އިވުނެވެ.

ޔަޤީނެވެ. އެވާނީ އަހަރެންގެ މަންމަ އަށެވެ. ދޮރު ހުޅުވަން ދާން އުޅުނީ ސަމިއްތަ އެވެ. އޭގެ ކުރިން ބައްޕަ ގޮސް ދޮރު ހުޅުވާލިއެވެ.

_ނުނިމޭ

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ހިތުގެ އުދާހުން ދުރުވާނެބާ! – 5 –

Next

މިހިތުންނުފިލާނޭ..3

Next
April 18, 2020

މިހިތުންނުފިލާނޭ..3

Previews
April 17, 2020

ހިތުގެ އުދާހުން ދުރުވާނެބާ! – 5 –

8 Comments!

  1. Meekkomee says:
    April 18, 2020 at 12:41 am

    Varah varah Reethi ingyy mi part ves……. Masha Allah……whn is next… curiously waiting for it……….stay home…. be safe…….✌️✌️❤️❤️??

    1. A aaR says:
      April 18, 2020 at 11:05 am

      jazaakahllah khairan.. Meekkomee… dhen anna bai mirey ehen noony maadhamaa submit kohlaanan.. insha allah… stay home…. be safe..

  2. Yan♥️ says:
    April 18, 2020 at 5:16 am

    Varah reethi Masha Allah

    1. A aaR says:
      April 18, 2020 at 11:06 am

      jazaakallah khairan… Yan..

  3. A aaR says:
    April 18, 2020 at 11:02 am

    miothy mibai fasavana bai… unmydhukuran kamudhaanekamah.. mi bai kuru dho.. ehen namaves dhen anna bai dhiguvaane.. next bai vee enme avahakah submit kohlaanan… faharehgai maadhamaa ves submit kurevidhaane… stay home.. be safe.. #geygaithihbavaa

    1. leesherr says:
      April 19, 2020 at 2:03 am

      Thank you for this story ?

    2. A aaR says:
      April 20, 2020 at 1:55 pm

      vaahaka submit kohlai fin..

    3. A aaR says:
      August 6, 2020 at 11:24 pm

      Jazaakallah khairan leesherr

Comments are closed.


All Right Reserved!