
ނާމާން އަދިރި ހިޔަނި 2
ފުރަތަމަ ބައި
މަވެސް އަހަރެން މަސައްކަތުން މަޑު މަޑުން އަހަރެންނަށް ވާހަކަ ދައްކަން ރަގަޅު ކުރަމުން ގެންދިޔާމެއެވެ . އެތަކެއް ދުވަހެއް މަސައްކަތުން އަހަރެންނަށް ރަގަޅަށް ވާހަކަ ދެކެވެން ފެށިއެވެ . ރާ އަކުރު ވެސް އަހަރެންނަށް ކިޔަން އުދަނގޫ ވިޔަސް އަހަރެން މަސައްކަތުންނާއި އަހަރެންގެ މައިންބަފައިން މަސައްކަތުން ރަގަޅު ކުރީމެއެވެ
########
2 ވަަނަ ބައި
ކޮންމެ ކަމަކީ ވެސް ވަރަށް ކެއްތެރި ކަމާއެކު ކެރިގެން ކުރިމަތި ލުމެއެވެ .ދުވަހަކަށް ފަހު .. އަހަރެން ވެސް އައީ ބޮޑު ވަމުންނެއެވެ . އަހަރެންނަށް މުޅިން އާ ތަޖުރިބާ ތަކެއް ކުރެވެއެވެ .
އަހަރެން ގެ އުމުރު އެއްކޮށް ކަހަލަ ގޮތަށް މި ހޭދަ ކުރަމުން މި ގެންދަނީ އަހަރެންގެ މައިންބަފައިން ކާރިއެވެ . އެއްވެސް ކަމެއް ނުވަތަ ބޭނުން ވާ ކަމެއް އަހަރެންނަކަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަހަރެންގެ މައިންބަފައިން ކުރަމުން ގެންދެއެވެ . އެކަމާ އަހަރެން އިންތިހާ އަށް އުފާ ކުރަމެއެވެ .
ދުވަސްތައް ފާއިތު ވަމުން ހިގައްޖެއެވެ . އަހހަރެންގެ ގެ ދިރިއުޅުން ބަލަދު ކުރަން ޖެހުނެއެވެ . އަހަރެން އެހެން އިސްކޫލް އަކަށް ބަދަލު ވެއްޖެއީމެއެވެ . އެއީ 2010 ވަނަ އަހަރު އަހަރެންގެ އިސްކޫލް އިން ނިމްލާފައި އަހަރެން ހިޖުރަ ކުރީ އަހަރެންގެ އުޅެމުން ދިޔަ ރަށް ކާރި އޮތް ރަށަކަށެއެވެ . އެތަނުން ވެސް އަހަރެންނަށް ޖެހުނީ އެހެން ކަހަލަ ތަޖުރިބާ އަކަށެއެވެ . \
އެއީ އެރަށު މީހުން ގެ ދިމާ ކުރުމާއި އަދި އެ ނޫންވެސް ކަން ކަމެއެވެ . އަހަރެންނާ ދިމާލަށް ހަޑި ހުތުރު ނަންތަކުން ގޮވަން ފެށިއެވެ . ނަމަވެސް އަހަރެން އެކަންކަމަށް އެއްވެސް ވަރަކަށް އަޅައެއް ނުލަމެއެވެ .
މާތް ރަސްކަލާންގެ ކޮންމެ އިންސާނަކު ވެސް ހައްދަވާފައި ވަނީ އެންމެ ރިވެތި ސޫރާގައެވެ . އަހަރެން އެކަން ގަބޫލް ކުރިމެއެވެ . އެހެނަސް އަހަރެން އެކަން ފަހުން ފަހުން އެކަންތައް ގަބޫލް ކުރަން އުދަގޫ ވިއެވެ . އަދި އަހަރެންނަށް އަހަރެން މީ ކާކު ކަން ވެސް އަދި އަހަރެން މީ ހަޑި މީހެއްކަން އަހަރެން ގަބޫލް ކުރީމެއެވެ . އަހަރެންނަށް އެކަން ތައްތައް ވީ ވެސް އަހަރެންނަށް އާއްމު ކަމަކަށެއެވެ ،. އަހަރެން ބޭނުން ވަނި އަހަރެން ގެ މައިންބަފައިން ކާރި ނުބުނެ އަހަރެން އެކަން ސިއްރު ކުރުމަށެއެވެ ‘
މާތް ﷲ އިރާދަ ފުޅާ އެކު އަހަރެން ހިތުލައިގެން ހުރި ކަން ކަން ފުރިހަމަ އަށް ދިޔައެވެ . އަހަރެން ސިއްރު ކުރަން ބޭނުން ވި ކަންތައް ތައް ސިއްރު ވިއެވެ . އަމިއްލަ ނަފްސަށް ބޭ އިހުތިޔާރުން ގެއްލުން ދެވުނެއެވެ
2011 ވަނަ އަހަރު އަހަރެންނަށް މުޅިން އާ ފިލާ ވަޅު ތަކެއް ނެގިގެން ދިޔައެވެ . އަހަރެން ގެ އަމިއްލަ ޒަމީރު ވެސް ބުނަމުން ގެންދަނީ އަހަރެންނަކީ އެއްވެސް މީހެއް ނޫން ކަމެއެވެ . އަދި އަހަރެން ނުކިޔަވަން ވެސް އަހަރެން އަމިއްލަ ޒަމީރު ބުނަމުން ގެންދެއެވެ . ސަބަބަކަށް ވަނީ އަހަރެންނަށް ކުރަމުން ދާ އަނިޔާގެ ސަބަބުން އަހަރެންނަށް ކެއްތެރިކަން ކޮޅުން ލާ ފަހަރު ވެސް އާދެއެވެ . ނަމަވެސް އަހަރެންގެ މަންމަ މެންނަކަށް އެކަން ނާންގަމެއެވެ . އަހަރެންނަށް ކުރަމުން ގެންދާ ޖެއްސުމަކީ ވެސް އަހަރެންނަށް ލިބޭ އަނިޔާ އަށް ވެދެއެވެ .
އަހަރެން އެކަންކަމަށް ކެއްތެރި ވީމެއެވެ މާތް ﷲ ހަޒުރަތުގައި ދުވާ ވެސް ދެއްނެވީމެއެވެ . މިޔަށް ތުރެން ރަގަޅު ދިރިއުޅުމެއް ދެއްކެވުން އެދި އެވެ . އަދި އެހެން ރަށު ސްކޫލް އަކަށް ގެންދިޔުމަށެއެވެ . ނަމަވެސް އަހަރެންނަކަށް އެ ނަސީބު ލިބެން ނެތުމުން އަހަރެން ހުރި ރަށުގައި މަޑު ކުރީމެއެވެ .
2011 ވަނަ އަހަރު ވެސް ދިޔައީ އިންތިހާ އަށް ދެރަ ކޮށެއެވެ . 2012 ވަނަ އަހަރު އަހަރެން އާ އަޒުމެއްގައި އަހަރެން ކުރިމަތި ލީމެއެވެ ނަމަވެސް އަހަރެންނަށް 2012 ވަނަ އަހަރު ދިޔައީ ވެސް ވަރަށް ހިތް ދަތި ކޮށެއެވެ .. އަހަރެން އެއްވެސް ވަރަކަށް ހީވެސް ނުކުރާ ގޮތަކަށެއެވެ . ކޮންމެ އަކަސް އަހަރެންނަށް މުހިއްމު ވީ އަހަރެން ގެ މަންމަ ގެ އުއްމީދު އާ ކޮށްދިނުމަށެއެވެ . ނަމަވެސް އަހަރެންނަށް އަހަރެން މަންމަ ގެ އުއްމީދު ހާސިލް އެއް ނުކުރެވުނެއެވެ . އަހަރެން ގެ މަންމަ އެ ހުވަފެއްތަކެއް ދިޔައީ ބޭޒާރު ވެގެންނެއެވެ . .
3 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ
3 Comments!
Comments are closed.
How old are you?
There’s this thing story feshunu kolhuga. “dhuvahakah fahu … Aharen dhiyaee bodu vamunneve”. That sentence ehen ineema negeyne meaning akee eh dhuvas kohlaafa, dhen jehigen ai dhuvahu bodu vegen dhaa kamah. The right thing is “dhuvahakah fahu dhuvaheh dhiya varakah aharen dhiya ee bodu vamunneve.”
Vrh reethi vaahaka eh maasha allah ?