Skip to content
އެސްފިޔަ

ހެޔޮނުވާނެ!……… (1 ވަނަ ބައި)

މިތުރުންނޭ ހޭލާށޭ

ތޫފާނޭ ބޯމަތިވީ

މާދަން ވާނޭގޮތްތައް

އެކަކަށްވެސް އެނގުމެއްނެތް

 

ފަހު ތާރީޚެއްގައި ބޯ

މަތިވީ ބޮޑު ވި ނުރައްކާ

ނަވާރައޭ ކޮވިޑުން ނަން

 ދެވިފައިވީ އެ ވައިރަހަށް

 

ދުނިޔޭ ކަންކޮޅުތަކުގައި

ޖެހިގެން ދުނިޔެ އަޅައި ދާ

އިންސާނުން ގިނަވެދަނީ

މި ވައިރަހުން ނޭ ތެދެކޭ

 

ރާއްޖޭން ވެސް ފެނިގެންގޮސް

މާލޭން ވެސް އަދު ފެނުނީ

މި ނުރައްކާ ބޮޑުވެދަނީ

އަޅެ ކަތުނޭ ވިސްނަބަލަ

 

މިކަމުގަ އެއްވެސް މީހަކު

އިސްތިސްނާ ވެފަ ނެތްކަން

 ދަނެތިބެގެން އެންމެންވެސް

ވިސްނައިގެން ކިޔަމާހޭ

 

ޖެހުމުން ދެން ރަނގަޅުވިޔަސް

ފަރުވާއެއް މިކަމަށްނެތް

މިކަމުގަ ދުނިޔެ އަޅައި ދާ

 މީހުން ވެސް މަދު ނޫނޭ 

 

ލޮކްޑައުނެއް އަދި ކާފިއު

އެއް ވެސް އިއުލާން ވެފައި

ނެތަކަސް އަދު ގޭގަ ތިބުން

ކިހިނެއް ވާނެ ބާއޭ؟

 

ވިސްނާށޭ އަދި ފަހުގާ

ނިންމުންތައް ބަދަލުކުރޭ

ގޭގާ ތިބެގެން އެކުގާ

އެންމެން ހަމަ ނިންމާށޭ

ބަނދި ތައްޔާރުކުރީ: އާމިނަތު ސަޙާ ސަޢީދު.

އެންމެހާ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުންމީދު ކުރަން.މި ޙާ ލަތުގައި ސަރުކާރު ބަންދުވެފައި އޮންނަ ދުވަސްކޮޅު މިފަދަ ކުދިކުދި ހަދިޔާ ތިޔަ  ލޮބުވެތި ކިޔުންތެރިންނަށް އަދިވެސް ފޯރުކޮށްދެވިގެން ދާނެކަން މިި ފުރުސަތުގައި އުފަލާއި ޔަޤީންކަމާއެކު ފާހަގަކޮށްލަން.

އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން ނަސޭހަތްތެރިވަން.   އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި  ކަމާއިބެހޭ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ތަކުރާރުކޮށް ހަނދާން ކޮށްދެން.

މީގެއިތުރުން މިފަދަ ޚައްސާސް ދަނޑިވަޅެއްގައި މާތް ﷲ މަތިން ހަނދުމަކޮށް މި ބަލިމަޑުކަމުން އަޅަމެންނާއި އަޅަމެންގެ ދަރިންނާއި މުޅި ރާއްޖެ ރައްކާތެރި ކޮށްދެއްވުން އެދި އެކަލާނގެއަށް ދުޢާ ދެންނެވުމުގެ މަތީގައި ސާބިތުވެ ހުރުމަށް އަޅުގަނޑު ގޮވާލަން.

އެންމެހާ ކިޔުންތެރިންނަށް ވަރަށް ބާއްޖަވެރި އަމާން ދުވަސްތަކަކަށް އެދެން.

ޝުކުރިއްޔާ!

geygai thihbavaa#

STAY AT HOME#

STAY SAFE#

WASH YOUR HANDS#

FARUDHEEZINMAA#