އަންޖަލް ދެލޯ މަރާ ތުންފަތް ފިއްތާލިއެވެ. ޖައިޝް ކިރިޔާ އަންޖަލްގެ މޫނު ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އަދި އަންޖަލްގެ ކަންފަތް ކައިރިއަތްގޮސް މަޑުމަޑުން ބުނެލިއެވެ. ” އަހަންނަކީ އެހާ ނުލަފާމީހެއްނުން… އަހަރެން އަންޖަލް ގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން..” ޖައިޝް މިހެން ބުނެފައި ގޮސް އޭނާއަށް ހާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އަންޖަލްއަށް ހުރީ ގުޑާލަންވެސް ނޭގިފައެވެ. ދެލޯ މަރައިގެން ހުރިގޮތަށް ހުރެވުނު އިރެއްވެސް ބުނާކަށް ނޭގުނެވެ. އީދުގެ ދެދުވަސް އަންޖަލް އަށް ހީވީ […]
ފަޒާގެ ތެރޭގައި ވަނީ ތެތްފިނިކަމެވެ. ވާރޭގެ ހިތްގައިމު އަޑުން ފަޒާގެ ތެރޭ ލުއި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. ގަސްތަކުގެ ފަތްތަކުގައި ހަރުލާފައިވާ ވާރޭގެ ޝަބްނަމް ތިކިތަށް ފެންނަ ގޮތް އަޖައިބެއްހާ ފުރިހަމައެވެ. ގަސްތަކުގެ ފަތްތައް ދެއަތަކަށް ހޫރެމުން ދިޔައީ އާ ދިރުމެއް ހަށިގަނޑަށް ލިބިގެން އުޅޭ އުސޫލުންނެވެ. ޖެހިލާ ތެތްފިނި ވައިރޯޯޅި ތަކުން ފަތިހުގެ ފިނިކަން އިތުރު ކުރުވާފައިވެއެވެ. ބޯ ކުއިލްޓްގެ ތެރެއަށް ވަދެ އަރާމު ނިދީތެރޭ ފީނަމުން ދިޔަ އިޔާޝްއަށް ހޭލެވުނީ ބަންގީގެ މަތިވެރި ކަލިމަތައް […]
ޑޮކުޓަރުގެ ވާހަކައިން އަހަރެންގެހިތް މާޔޫސްވިއެވެ. މިއޮތްހުރިހައި ދުވަހަކު ރީތިދިރިއުޅުމެއް އުޅުނު ދިރިއުޅުން އެގޮތުގައި ކުރިޔަށް ދެންނުދާނެއެވެ. ޒިވިޔަލްއަށް ދެން ދުވަހަކުވެސް އަމިއްލަ ފައިމައްޗަށް ކޮޅައް ދެތުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެނަސް ހިތްވަރުއެލުވާލައި ހަނގުރާމައިގެ މެދުތެރެއިން ފިލަންދާ މީހަކަށް އަހަރެން ވާކަށް ނެތީމެވެ. އަހަރެން ހިތްވަރާއެކު ޒިވިޔަލްގެ ފައި ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނަމެވެ. އަހަރެންނަކީ ފެށުނީއްސުރެ ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ މީހަކީމެވެ. މަންމަގެ ލޯބިވެސް ލިބުނީ އުމުރުން ތޭރައަހަރު ވަންދެނެވެ. ދެކި ޑުނީ ފެއިލްވެ […]
މަލައިކާ ޖަމީލާގެ ފަސްފަހަތުން ހިނގަމުން ދިޔައެވެ. ދުވާލު ވަގުތަށް ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައިވާ ބާރުތައް ވަނީ ބަލިކަށިވެފައެވެ. އެހެންކަމުން އޭނާއަށް ޖަމީލާ ބިރުގަންނަވައިލަން ކުުރެވޭނެ އެއްވެސް ކަމެއް އެވަގުތު ނުވިއެވެ. ޒާޔާއާއި ދިމާވި ދުވަހުން ފެށިގެން މަލައިކާއަށް ޖަމީލާއަކީ ކާކުކަން އޮޅިފައެއް ނެތެވެ. މަލައިކާގެ ބާރުގަދަ ސިކުނޑިއަށް ޒާޔާއާއި ގުޅޭ ކޮންމެ މީހެއްގެ މަޢުލޫމާތު ވަރަށް ސާފުކޮށް އިނގިފައިވިއެވެ. ޖަމީލާ އާއި އާލިޔާ އަކީ ޒާޔާއަށް ރަނގަޅުވާނެ ބައެއް ނޫންކަން އެނގުނު ދުވަހުން ފެށިގެން މަލައިކާ […]
މާޖިދަށް ބަލަން ހުރެފައި އިށީންނަން އުޅުނު މައުނާގެ ލޮލުގައި ވެސް ނައިޝަމް އަޅައިގަތެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ދެލޯ ބޮޑުކޮށްގެން ނައިޝަމްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މައުނާއަށް އެތަނުން ނުކުމެގެން ގޮސް ނައިޝަމްގެ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ނަމަަވެސް އޭގެ ކުރިން ޔޫހާ މައުނާއަށް ގޮވައިލާ އެތަނުގައި އިށީންދުމަށް ބުނެލިއެވެ. މައުނާވެސް ކުޑަކުއްޖެކޭ އެއްފަދައިން ޔޫހާގެ ބަސް އަހައި އެތަނުން ގޮޑިއެއްގައި އިށީންދެލިއެވެ. އެތައް ސުވާލަކުން ފުރިފައިވާ […]
ސާރާމެން ކޯހަށް އައި ފަހުން ދުވަސްތައް ދިޔަގޮތް ނޭނގުނެވެ.އެދުވަސް ތަކުގެ ތެރޭގައި ހަޝްމާވެސް ސާރާމެންނާއި ވާހަކަ ދައްކާހަދަންފެށިއެވެސާރާވެސް މާލްމެންނާއި އެކު ކުރިން އުޅުނު ބީރައްޓެހި ގޮތްކެނޑި ގޭތެރެޔަށް ހޭނިއްޖެއެވެ. އެއްރޭ ސާރާ އާއި ނައިނާ ކައިނިންމާލުމަށްފަހު ކޮޓަރިޔަށް ހިނގައިގަންނަނިކޮށް ހަޝްމާ ގޮވާލި އަޑު އިވުމުން ސާރާ އެދިމާލަށް ބަލާލިއެވެ.ހަޝްމާ އެދުނީ އޭނައާއި އެކު ބެލްކަންޔަށް ދިޔުމަށެވެ.ނައިނާ ކޮޓަރިޔަށް ފޮނުވާލުމަށްފަހު ސާރާ ހަޝްމާގެ ފަހަތުން ހިނގައިގަތެވެ. ސާރާ ދިޔައިރު ހަޝްމާ ހުރީ ބެލްކަނި ރެއިލިން ތަކުގައި ހިފަހައްޓައިގެންނެވެ.ޖެހެމުން ދިޔަ […]
ތައްޓަށް ބިރިޔާނިކޮޅެއް އަޅާފައިފުރަތަމަ ބަތްސުވާ އަނގަޔަށް ލީގޮތަށް ކައިންއަށް މޭޒުގެ ކަނާތަށް ބަލާލެވުނެވެ. ތަފާތު އިހުސާސެއް ކުރެވިގެންނެވެ. އެތަނުގައި ކަޅު ގަމީހަކާއި ނޫޖިންސެއް ލައިގެންހުރި ދޮންފިރިހެންކުއްޖާގެ އެބެލުމުން ކައިން ރުޅި އަންނަގޮތްވިއެވެ. ނަމަވެސް ކައިންއަށް އިއްތިފާގުން އެކުއްޖާގެ މޫނަށް ބަލާލެވުނެވެ. ދެލިކޮޅެއްފަދަ ދެލޮލާއި ގުޅޭ ހަށިގަނޑެކެވެ. މޫނުމަތިން އެހާ ރައްޓެހި ވައްތަރެއް ނުޖަހައެވެ. ކައިން ކެއީ އެ ކުއްޖާއާއި ދިމާއަށް ވައްކަޅިން ބަލަމުންނެވެ. އެކުއްޖާގެ އެބެލުމުން ފިނިވާ ގޮތްވިނަމަވެސް ރައިނާގެގާތު އެވާހަކަ ނުބުނެ މަޑުންހުރީ ރައިނާގެ ގޮތް […]
ޖައިޝްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮޑުގައި އަންޖަލް ބޯ އަޅާލުމުންނެވެ. ޝައުގުން ފުރިގެންވާ ނަޒަރަކުން ތިރިވެލާފައި އަންޖަލްގެ މޫނަށް ބަލާލިއެވެ. އޭރު އަންޖަލް އޮތީ އަގަ ހުޅުވައިން ނިދާފައެވެ. ފޮތެއް އަތުގަ ޖެހިއްޖެޔާ އަންޖަލްގެ ހާލަކީ މިއީއެވެ tienda . އަންޖަލް އޮތް ގޮތް ފެނުމުން ޖައިޝްއަށް މަޖާވިއެވެ. އަދި ފޯނު ނަގާ އަންޖަލްގެ ފޮޓޯއެއް ނަގާލިއެވެ. ޖުނާން ނުރުހުންވެފައި ޖައިޝްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޖައިޝް ޖުނާންއަށް ދައްކާލުމުގެ ގޮތުން އަންޖަލްގެ ބޮލުގައި ފިރުމާލިއެވެ. އޭރު ސީޕްލޭން […]
ކޮލެޖަށް ދިއުމުން އެގުނީ މާޒް ކޮލެޖަށްވެސް ނުދާކަމެވެ. އީޝަލް ނިންމީ މާޒްގެ ގެއަށް ދިޔުމަށެވެ. އެގެއަށް ދިޔައިރު އެގެ ހުރީ ތަޅުލާފައެވެ. ދޮރުގައި އިރުކޮޅަކު އަތުގެ ނުފުށުން ދެތިންފަހަރަކު ޖަހާލުމަށްފަހު” އައްސަލާމް ޢަލައިކުމް ” މިހެން ސަލާމް ގޮވާލުމަށްފަހު އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހުރުމަށްފަހު، އެތާ ކައިރި ގެއެއްގެ މީހެއްގެ ގާތު މާޒް މެންވީތަނެއް އެނގޭތޯ ސުވާލުކޮށްލިއެވެ. މާޒްމެން މިހާރު އުޅެނީ އެގެޔަކު ނޫން ކަމަށެވެ. މާޒް އީޝަލްއަށް އެއްވެސް ޚަބަރެއް ނުވެ އެގޮތަށް ދާންވީ […]