އަހަރެންގެ ދުނިޔެ
ޑޮކުޓަރުގެ ވާހަކައިން އަހަރެންގެހިތް މާޔޫސްވިއެވެ. މިއޮތްހުރިހައި ދުވަހަކު ރީތިދިރިއުޅުމެއް އުޅުނު ދިރިއުޅުން އެގޮތުގައި ކުރިޔަށް ދެންނުދާނެއެވެ. ޒިވިޔަލްއަށް ދެން ދުވަހަކުވެސް އަމިއްލަ ފައިމައްޗަށް ކޮޅައް ދެތުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެނަސް ހިތްވަރުއެލުވާލައި ހަނގުރާމައިގެ މެދުތެރެއިން ފިލަންދާ މީހަކަށް އަހަރެން ވާކަށް ނެތީމެވެ. އަހަރެން ހިތްވަރާއެކު ޒިވިޔަލްގެ ފައި ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނަމެވެ.
އަހަރެންނަކީ ފެށުނީއްސުރެ ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ މީހަކީމެވެ. މަންމަގެ ލޯބިވެސް ލިބުނީ އުމުރުން ތޭރައަހަރު ވަންދެނެވެ. ދެކި ޑުނީ ފެއިލްވެ މަންމަވެސް މިދުނިޔެ ދޫކުރީއެވެ.ބޮ ޑުދައިތަ ހާފިޒާގެ އެހީތެރިކަން މަންމަގެ ވަކިވެދިޔުމަށްފަހު އަހަންނަށް ލިބިގެންދިޔައެވެ. އެހާ ތަނަވަސް ބަޔަކަށް ނުވިނަމަވެސް ހާފިޒާއްތައަކީ މާލޭގައި ގެދޮރުހުރި މީހެކެވެ. ހާފިޒާއްތަގެ ފިރިމީހާ ވިނާޝް އަކީ ކޮންސުޓުރެކްޝަން މަސައްކަތް ކުރާމީހެކެވެ.
އޭލެވެލް ނިމުމާއެކު އޮފީސް މެނޭޖުމެންޓުގެ ދާއިރާއިން އަހަރެން ކިޔެވީމެވެ. ތިންއަހަރުގެ ކިޔެވުން ނިއްމާލުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުތީމެވެ. އަމިއްލަ އޮފީހަކުން އަހަންނަށް ވަޒީފާ ހަމަޖެހުނެވެ. އަހަރެން ހުރީ އެކަމާ ނުހަނު އުފަލުންނެވެ. ރަނގަޅު އާމްދަނީއެއްލިބި ފަހަށް ފައިސާ ރައްކާކޮއްގެން އަހަރެންގެ އަމިއްލަގޭގައި ދިރިއުޅެން ފެށުމަކީ އަހަރެންގެ ހުވަފެނެކެވެ. ބާވެފައިވާ އިމާރާތް ޒަމާނީ ފެންވަަރަކަށް ހަދައި ބަޔަކަށް އެއްބައި ކުއްޔަށް ދީގެން އަހަންނަށް މިނިވަންކަމާއެކު އުޅެވޭނެތީއެވެ.
އޮފީސް މީޓިންއަކަށް އަހަރެން ރިސޯޓަށް ދާންޖެހުނެވެ. އަހަރެންހުރީ އެއްގޮތަކަށްވެސް އެދަތުރުގައި ބައިވެރިވާ ހިތަކުންނޫނެވެ. ދުވަހަކުވެސް އެކަނި ތަނަކަށް ގޮސްފައި ނުވާތީއެވެ. އެހެނަސް ހިތާއި ދެކޮޅަށް ނަމަވެސް އެދަތުރުގައި އަހަރެން ބައިވެރިވީމެވެ. އަހަރެންގެ އޮފީސް ރައްޓެހިން ކަމުގައިވާ ޒައިނީ އަދި ޝަހުދާ ވެސް ދަތުރުގައި ބައިވެރިވިޔެވެ. އެދެމީހުން ދަތުރުގައި ބައިވެެރިވިކަން އެއީ އަހަރެންގެ ނަސީބެވެ.
ވިހިމިނުޓުގެ ކުރު ދަތުރަކަށްފަހު އަހަރެމެންނަށް ރިސޯޓަށް ދެވުނެވެ. ވިލުނޫކުލައިގެ މޫދާއި ކާފޫރުކޮޅެއްފަދަ ހުދު ދޮންވެލިގަނ ޑު ފެނުނުހިނދު ހިތައް ނުނެދޭންދަތި ހިންހަމަޖެހުމެއް ލިބިގެންދިޔައެވެ. ލޯންޗުން ފޭބުމަށްފަހު އަހަރެންނާއި ޒައިނީ އަދި ޝަހުދާ ދިޔައީ އަހަރެމެން ތިބުމަށް ހަމަޖެހިފައިވާ ކޮޓަރިޔަށެވެ.
ކޮޓަރިޔަށް ވަދެވުމާއެކު އަހަރެމެން އެކިގޮތްގޮތައް މޮ ޑެލްކޮށް ފޮޓޯ ނަގަންފެށީމެވެ. ފެންވަރައި ހަދައިލުމަށްފަހު މެންދުރުގެ ކެއުމަށް ދިޔައީވެސް އަހަރެމެން ތިންމީހުން އެކީގައެވެ. ކައިގެން އައިސް ލެޕްޓޮޕް ނަގައި މީޓިންއަށް ތައްޔާރުކުރަންޖެހޭ މުހިއްމު ލިޔެކިޔުންތަކާއި ރިޕޯޓުތައް ނިއްމުމުގައި އަހަރެންނާއި ޒައިނީ އަދި ޝަހުދާ އުޅުނީ އަވަދިނެތިއެވެ. މީޓިން ފެށެންވާއިރައް ހުރިހައިކަމެއް ނިއްމާފައި ބެހެއްޓުމަށްޓަކައި އަހަރެމެން ދިޔައީ ވަރަށްވެސް ބުރަކޮށް މަސައްކަތްކުރަމުންނެވެ.
މީޓިން ފެށިގެން ކުރިޔަށް ދިޔައެވެ. ޕުރެޒެންޓޭޝަން ހުށަހަޅަން ޖެހުނީ އަހަރެންނެވެ. ވަރަށްވެސް ފަރުވާތެރިކަމާއި އެކު ލަސްލަހުން އަހަރެން ޕުރެޒެންޓޭޝަން ހުށަހަޅައި ނިއްމާލީމެވެ. ކުންފުނީގެ އެމް ޑީގެ ތައުރީފް އަހަންނަށް ލިބިގެންދިޔައެވެ. މީޓިންނިމި ރޭގަނ ޑުގެ ކެއުމަށް އަހަރެމެން އިންސާފު ކުރަންފެށީމެވެ. ތަފާތުއެކި ބާވައްތަކުގެ ކާނާތަކުން މޭޒުމަތި އޮތީ ފުރިފައެވެ. “ރައިނީ ދޯ ކިޔަނީ މީ ތިއޮފީހުގެ ބިޒްނަސް ޕާޓުނަރ ޒިވިޔަލް. މިރޭގެ ޕުރެޒެންޓޭޝަން ގެންދިޔަގޮތް ވަރަށް ކަމުދޭ. އަދި މިރޭ ރައިނީ ވަރަށް ރީތި އިނގޭ. ބަލައިގެން އުޅެއްޗޭ ބަޔަކު ގެއްލުމެއްވެސް ދީފާނެ” އަހަރެންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އަހަރެންނަކީ ފިރިހެންކުދިންނާއި ވާހަކަދައްކާ އުޅޭމީހެއް ނޫނެވެ. އެހެނަސް ކުންފުނީފެ ބިޒްނަސް ޕާޓުނަރަކަށް ވުމުން ނުރުހުންވެ އެއްޗެކޭ ބުނާކަށް އަހަންނަށް ނުކެރުނެވެ. އަހަރެން ތެންކުސްއޭ ބުނެ ނިއްމާލީއެވެ. ރިސޯޓު ދަތުރު ނިއްމާލުމަށްފަހު އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މާލެ އާދެވުމުންނެވެ. އެއްދުވަހުގެ ރެސްޓަށްފަހު އަހަރެން އޮފީހަށް ނިކުންނަށް ފެށީމެވެ. ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖަކަށްފަހު މެސެޖެއް ދިޔައީ އަންނަމުންނެވެ. އަހަރެން އިނީ މަސައްކަތައް ގޮސް ގެއްލި ހުސްވެފައި ކަމުން ފޯނަށް އަންނަ މެސެޖުތަކަށް މާބޮ ޑު ސަމާލުކަމެށް ނުދެމެވެ.
އޮފީސް ނިއްމާލުމަށްފަހު ޒައިނީ އާއިއެކު ސައިކަލުގައި އަހަރެން ގެއަށް އައީމެވެ. ހަފީޒާއްތަ ކާން އަންނަން ބުނިއެވެ. އަހަރެން މަނާވެގަތީމެވެ. މަޢުރިބް ނަމާދަށް ބަންގި ގޮވުމުގެކުރިން ފެންވަރައިލަން ބޭނުންވެފައި ހުރުމުންނެވެ. ފެންވަރައި ނަމާދު ކުރުމަށްފަހު އަހަރެން ދަބަހުން ފޯނު ނެގީމެވެ. ފަންސާހަަކަށް މެސެޖް ފޯނަށް އައިސްފައި އޮތެވެ. މެސެޖުތައް ކިޔަންފެށީމެވެ. މެސެޖްތައް ކިޔައިނިމުނު ހިނދު އެއީ ކާކުކަން އެނގިގެންދިޔައެވެ.
މެސެޖްކުރީ ޒިވިޔަލް އެވެ. ވާހަކަދައްކަން ބޭނުންވާ ކަމުގައި އޮތެވެ. އަދި އުނދަގޫ ނުވާނަމަ ބައްދަލުކުރުމަށް ބޭނުން ކަމުގައިވެސް އޮތެވެ. އަހަރެން އޮފީހުން ފެނުނުވާހަކައާއި ކަޅުކުލައިގެ ހެދުން އަހަންނާއި ގުޅޭކަމަށް ބުނެފައި އޮތެވެ. އަހަރެން މެސެޖްތަކަށް ރިޕުލައި ނުކުރަމެވެ. ޒިވިޔަލްގެ ހުރިވަރެއްވެސް އެނގިދާނެތާއޭ އަހަރެންގެ ހިތައްއެރިއެވެ. ތިންމަސް ފާއިތުވެ ދިޔައީއެވެ. ޒިވިޔަލް ފޫހިކަމެއްނެތި އަހަންނަށް މެސެޖް ކުރެއެވެ. އަހަރެން މެސެޖުތައް ބަލާފައި ރިޕްލައި ނުދީ ބަހައްޓަނީއެވެ.
އަހަރެންގެ އުފަންދުވަހު އޮފީސް ރައްޓެހިން ކޭކެއް ފެޅިއެވެ. އެންމެގާތްކޮށް އުޅޭ އެކުވެރީންގެ ފަރާތުން ހަދިޔާވެސް ލިބުނެވެ. ޒިވިޔަލް ވެސް އުފަންދުވަހުގެ ތަހުނިޔާކިޔެވެ. މެސެޖަކުންނެވެ. އަހަރެން ޖަވާބުގައި ޝުކުރިއްޔާއޭ ލިޔެލުމަށްފަހު ފޮނުވައިލީމެވެ. ޒިވިޔަލް ފުރަތަމަ ފަަހަރަށް އަހަންނަށް ގުޅީ އެެރޭގައެވެ. އަހަރެން ފޯނަށް ޖަވާބުދޭން ނުދޭން ހުއްޓާ ފޯނު ކެނ ޑުނީއެވެ. އަނެއްކާވެސް ޒިވިޔަލް އަހަންނަށް ގުޅިއެވެ.
އަހަރެން މިފަހަރު ފޯނުނެގީމެވެ.”ހަލޯ ރައިނީ ރައިނީ ފޯނުނަގާތޯ އިންތިޒާރުގަ މިއިނީ . ވަރަށް އުފާވެއްޖެ. ރައިނީ ފޯނުނެގީމަ. އަހަރެންނަށް ރައިނީ ވަރަށް ކަމުދޭ. ރިސޯޓުން ފެނުނު ފުރަތަމަ ފަހަރުންވެސް ރައިނީ އަހަރެންގެ ހިތްމިލްކުކުރި. ރައިނީ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވެދީ. ރައިނީ މިހާރު ޖަވާބު ނުދިނަސް ވިސްނާފަ މިކަމަށް ޖަވާބެއް ދޭނެކަމަށް އުއްމީދުކުރަން. އަހަރެން ނޫޅެން ސަކަރާތްޖަހާކަށް ދިރިއުޅުމަކީ ކުޅޭކުޅޭ ކުޅިވަރެއްނޫން. ވީހިނދު ރައިނީގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން. ވަންސް އެގެއިން އައި ވިޝްޔޫ އަ ވެރީވެރީ ހެޕީބާތް ޑޭ ޓުޔޫ ރައި.” އަހަރެންގެ ޖަވާބަކަށް މަ ޑުކުރުމެއްނެތި ޒިވިޔަލް ފޯނު ބޭއްވިއެވެ.
ކިތަންމެ ނުވިސްނަން ހުއްޓަސް ޒިވިޔަލްގެ ހިޔާލުތައް އަހަރެންގެ ސިކުނ ޑީގައި ދިޔައީ ދައުރުވަމުންނެވެ. ޒިވިޔަން އަށް ދޭނެ ޖަވާބެއް އަހަންނަކަށް ވިސްނާ ވިސްނާ ނޭނގުނެވެ. ހަފީޒައްތަ ގާތުގައި ޒިވިޔަލްގެ ވާހަކަ ބުނީމެވެ. ހަފީޒައްތަ ބުނިގޮތުގައި ޒިވިޔަލްއަކީ މަންމަ މަރުވެފައިވާ މީހެއްކަމެވެ. އަދި ޒިވިޔަލް ބަލައި ބޮ ޑޑޑޑުކޮއްފައިވަނީ އޭނާގެ ބައްޕަ އަމީރް ކަމުގައެވެ. ހަފީޒާއްތަ ބުނިގޮތުގައި ޒިވިޔަލްއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަހަރެންގެ އެންމެގާތް ދެއެކުވެރިން ކަމުގައިވާ ޒައިނީ އަދި ޝަހުދާ ވެސް އެދުނީ ޒިވިޔަލްގެ އެދުމަށް ފުރަގަސް ނުދިނުމަށެވެ.
އަހަރެން ޒިވިޔަލްއާއި ކައިވެނިކުރުމަށް އެއްބަސްވީމެވެ. އަހަރެންނާއި ޒިވިޔަލްގެ ކައިވެނި ކުރެވުނެވެ. އެންމެގާތް އެކުވެރިންނާއި ޒިވިޔަލްގެ އޮފީސް މީހުންނާއި ހަފީޒައްތަ ކައިވެނީގެ ސައިގައި ބައިވެރިވިޔެވެ. ކައިވެންޏަށްފަހު އަހަރެން ބަދަލުވީ ޒިވިޔަލްގެ ގެއަށެވެ. ޒިވިޔަލް އަހަންނަށް ވަރަށް ރަނގަޅެވެ. ގޭތެރޭގެ މަސައްކަތްކުރުމުގައި އަހަންނަށް ވީވަރަކުން އެހީތެރިވެދޭނެވެ. އަހަރެންދެކެ ލޯބިވާވާހަކަ ތަކުރާރުކޮށް ބުނާނެއެވެ.
ކައިވެންޏަށް ފަސްމަހުގައި އަހަރެން ބަލިވެއިނެވެ. އަހަރެންނާއި ޒިވިޔަލް ދަރިޔަކު ލިބެންއުޅޭތީވެ ތިބެނީ ވަރަށް އުފަލުންނެވެ. ބަނ ޑުބޮ ޑުވި ހިސާބުން ޒިވިޔަލްގެ އަޅާލުން އަހަންނަށް އެންމެފުރިހަމަ ގޮތުގައި ލިބިގެންދިޔައެވެ. ބަނ ޑަށް އެންމެ ހަތްމަހުގައި އޮޕުރޭޝަންކޮށް ދަރިފުޅު ނަގަންޖެހުނެވެ. ﷲގެ ރަހުމަތުން އަހަރެންނާއި ދަރިފުޅަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަހަރެންނާއި ޒިވިޔަލް އަށް ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެވެ. ދަރިފުޅަށް ޒައިކްގެ ނަމުން ނަންދިނީމެވެ.
ރޭގަނ ޑު ބާރަޖަހައި ބޮ ޑުވީއެވެ. ދަރިފުޅު ޒައިކް ނިންދެވުމަށްފަހު ޒިވިޔަލް ގެ އިންތިޒާރުގައި އަހަރެން ހޭލާހުރީމެވެ. ދޭއްޖެހި އިރުވެސް ޒިވިޔަލް ގެޔަކަށް ނާދެއެވެ. އަހަރެން ޒިވިޔަލްގެ ފޯނަށް ތަކުރާރުކޮށް ގުޅަންފެށީމެވެ. ފޯނު ރިންގުވެއެވެ. އެހެނަސް ފޯނަށް ޖަވާބެއް ނުދެއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ފަތިސްވީއެވެ. އަހަރެން ނިދިފައި ހޭލެވުނީ ފޯނު ރިންގުވާ އަ ޑަށެވެ.” ރައިނީ މީ ވިޔާމް. ޒިވިޔަލް އެކުސި ޑެންޓުވެ ހޮސްޕިޓަލުގަ ބާއްވާފަ އޮތީ. ޑޮކުޓަރުން ބުނީ އޮޕަރޭޝަން ކުރަންޖެހޭކަމަށް. ރައިނީ އަށް އާދެވޭނެތަ ހޮސްޕިޓަލަށް.” އަހަރެންގެ އަތުން ފޯނު ވެއްޓުނެވެ. ލޮލުން ކަރުނަ އޮހިގަތީ އަހަރެންގެ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ޒިވިޔަލް އަށް ދެރަގޮތެއް މިންވަރުނުވުން އެދި ދުޢާކުރީމެވެ.
“އަހަރެން މިއަންނަނީ ޓެކުސީއް އެއްގައި. ދަރިފުޅު ގޮވައިގެން.” ވެއްޓުނު ފޯނު ކަންފަތުގައި ޖަހަމުން އަހަރެން ބުނީމެވެ. ދަރިފުޅު އުރާލުމަށްފަހު މެޔާލައި ބޮ ޑިކޮއްލީމެވެ.”ޒިވިޔަލްއަށް ގޮތެއް ވެއްޖިޔާ އަހަރެންނާއި ދަރިފުޅު ދިރިއުޅޭނީ ކިހިނެތް. ޒިވިޔަލް އަހަރެންނާއި ދަރިފުޅު ދޫކޮއްފައި ނުދައްޗޭ. އަހަރެން މަރުވެދާނެ. އަހަރެން މޮޔަވެދާނެ. ޒިވިޔަލް އަހަރެންނާއި ދުރަށް ނުދައްޗޭ.” އަހަރެންގެ ހިތައް އަރަމުންދިޔައެވެ.
ހޮސްޕިޓަލަށް ދިޔައީމެވެ. ހަފީޒައްތަ ދަރިފުޅު އުރައިގެން ދިޔައީ އެގެއަށެވެ. ޒިވިޔަލްގެ ފައިގެ އޮޕްރޭޝަން ކާމިޔާބެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެންދިޔައީ ޒިވިޔަލްއަށް ނުހިގޭތީއެވެ. ޑޮކުޓަރު ބުނީ ފަހަރެއްގައި ޒިވިޔަލްއަށް ހިނގިދާނެކަމަށެވެ. ނަމަވެސް މާބޮ ޑު ޔަގީންކަމެށް އެކަމަކަށް ނެތެވެ. ހަމަހުގެ ޒައިކް އާއެކު ޒިވިޔަލްގެ ކަންތައްތައް އަހަރެންދިޔައީ ބަރާބަރަށް ކުރަމުންނެވެ.
ޒިވިޔަލްގެ މިލާފައިވާ މޫނުފެންނަ ހިނދު އަހަރެންގެ ހިތްކުދިކުދިވެއެވެ. އެހެނަސް ޒިވިޔަލްގެ ކުރިމަތީ އަހަރެން ހިނިތުންވަމެވެ. ޒިވިޔަލްއަށް އަދި ﷲގެ ރަހުމަތުން ހިނގޭނެއެވެ. ޒައިކް އުރާލައި ކުޅެލާހެދުމަށް ކޮއްޅަށް ތެދުވެވޭނެއެވެ. ފޫހިކަމެށް ވަރުބަލިކަމެށްނެތި ޒިވިޔަލްއަށް ހޭހަންކުރަން އަހަރެން ހުންނާނަމެވެ. ދަރިފުޅު ޒައިކް އާއި ލޯބިވެތި ފިރިމީހާ ޒިވިޔަލްއަކީ އަހަރެންގެ އުދަރެހުގެ ރަންތަރިއެވެ. އަހަރެންގެ ދިރިހުރުމުގެ ކާނާއެވެ.އަހަރެންގެ ދުނިޔެއެވެ. އަހަރެންގެ ދިރިއުޅުމުގެ މަގުސަދެވެ.ﷲގެ އިރާދަފުޅުން އަހަރެންގެ މިކު ޑަ އާއިލާއަށް އުފާފާގަތިކަން އަދި އަންނާނެެއެވެ.އަހަރެންގެ ދުނިޔެ އަދި އާބާދުވާނެއެވެ.
ނިމުނީ
6 Comments!
Comments are closed.


Ma sha allah vrh vrh vrh rythi mi vaahaka vx.. sis ur so talented ma sha allah… will be waiting for another stry of ur’s ..?♥️♥️
ThanQ❤ Sadha
Maasha allah … v reethi vaahaka e … u r truely talented dear .. looking forward for another great story ?♥️
ThanQ? Imkko
kon irakun tha dhigu vaahaka eh kiyaalan libeyny, btw vaahaka vrh reethi!:)
Vrh reethi mi story ves..sis ge hurihaa story eh ves kiyan..vrh salhi..masha allah..nd vrh ufaavey knme dhuvahaku kahala gothakah story eh kiyaalan libeythee..???❤