މާޖިދަށް ބަލަން ހުރެފައި އިށީންނަން އުޅުނު މައުނާގެ ލޮލުގައި ވެސް ނައިޝަމް އަޅައިގަތެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ދެލޯ ބޮޑުކޮށްގެން ނައިޝަމްއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު މައުނާއަށް އެތަނުން ނުކުމެގެން ގޮސް ނައިޝަމްގެ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.

ނަމަަވެސް އޭގެ ކުރިން ޔޫހާ މައުނާއަށް ގޮވައިލާ އެތަނުގައި އިށީންދުމަށް ބުނެލިއެވެ. މައުނާވެސް ކުޑަކުއްޖެކޭ އެއްފަދައިން ޔޫހާގެ ބަސް އަހައި އެތަނުން ގޮޑިއެއްގައި އިށީންދެލިއެވެ. އެތައް ސުވާލަކުން ފުރިފައިވާ މައުނާގެ ސިކުނޑި އަދިވެސް އަމުރު ކުރަމުން ދިޔައީ ނައިޝަމްއަށް ބެލުމަށެވެ. ނަމަވެސް ނައިޝަމްއަށް ބަލަހައްޓައިގެން ހުރެގެން އޭނާގެ ސުވާލުތަކަށް ޖަވާބެއް ލިބޭނެ ހެއްޔެވެ؟

ޔޫހާއަށް ކަޅި ޖަހައިވެސް ނުލައި ބެލެމުން ދިޔައީ އޭނާގެ ކުރިމަތީގައި ފުލުސް ޔުނީފޯމްގައި އިން އައިލީޝްއަށެވެ. އެކަމުގެ ސަބަބުން އުނދަގޫވެފައި އިން އިރު އައިލީޝްއަށް ވެސް ދިޔައީ އޭނާގެ ފުރަގަހުގައި ޔޫހާ އިނުމުން އުނދަގޫ ވަމުންނެވެ. އެކި މީހުން އެކި ހިޔާލުގައި ތިއްބާ އެތަނަށް ގާޒީ ވަޑައިގަތުމުން އެންމެންވެސް ކޮޅަށް ތެދުވެލިއެވެ. ނައިޝަމްވެސް އޭނާގެ ހާސްކަމާއިއެކު ނުތަނަވަސްކަން ބޮލުން ފިލުވައިލުމަށްފަހު ވަރަށް ފުރިހަމައަށް ޝަރީއަތަށް ތައްޔާރުވެލިއެވެ.

ފުރަތަމަވެސް ގާޒީ އެންގީ ނައިޝަމްއަށް އޭނަގެ އިއްވުން އިއްވާލުމަށެވެ. ކަންތައް ދިޔަ ގޮތް ސާފުކުރުމަށެވެ.

ނައިޝަމް އޭނާގެ ގޮޑިން ތެދުވެ އަތަށް ފައިލު ހެޔޮވަރުކޮށްލާ ވަރަށް ރަނގަޅަށް އެޔަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ގާޒީގެ މޫނަށް އަދި މާޖިދުގެ މޫނަށް ބަލައިލިއެވެ.

”އާކިފް ރަޝީދުއަކީ މާލޭގެ ބޯއްޓެއްގައި ދަތުުކުރަމުންދިޔަ މީހެއް. އިބްރާހިމް މާޖިދުއަކީ އާކިފް ރަޝީދުގެ އަނބިމީހާ ޒާހިދާ އަންވަރުގެ ކުރީގެ ފިރިމީހާ. ޒާހިދާ އަންވަރު އާކިފް ރަޝީދުއާ ކައިވެނި ކުރި އިރުވެސް އެދެމީހުންގެ ގުޅުމަކަށް ބަދަލެއް ނާދޭ. ވަރިވެފައިވީ ވެސް ބޮޑު ރޭވުމަކުން. އެއީ އާކިފް ރަޝީދުގެ އެ ބޮޑު ގެޔާއި މުދަލާއި ފައިސާ އަތުލުން. އާކިފް ރަޝީދު އާއި ޒާހިދާ އަންވަރުގެ ކައިވެންޏަށް އެތައް އަހަރެއް ވީ ނަމަވެސް ޒާހިދާ އަންވަރަށް އެކަން ކާމިޔާބު ނުވީ އާކިފް ރަޝީދު މާލޭގައި ނޫޅޭތީ. ނަމަވެސް ދެހާސް ނުވަ ވަނަ އަހަރުގެ ކުރީ ކޮޅު އާކިފް ރަޝީދު މަރައިލުމަށް އެތައް މަސައްކަތަކާއި މަޝްވަރާއެއް އިބްރާހިމް މާޖިދުއާއި ޒާހިދާ އަންވަރު ފެއްޓެވި. ހަމަ އެއަހަރު އާކިފް ރަޝީދު މާލޭގައި ނެތް ދުވަސްވަރެއްގައި ޒާހިދާ އަންވަރު ފާތުމަތު އައިލީޝް އާކިފްވެސް މައިރަލަން މަސައްކަތް ކުރި. އެއީ އާކިފް ރަޝީދުގެ ހުރިހާ މުދަލެއް ލިބޭނީ އެގޮތުން ކަމަށް ވާތީ. ނަމަވެސް އެކަންވެސް ކާމިޔާބު ނުވުމުން އާކިފް ރަޝީދު މަރައިލަން ނިންމީ އެއަހަރު ހަމަސްފަހުން އާކިފް ރަޝީދު މާލެ އަންނާނެކަން އިނގޭތީ. އެހެންނަމަވެސް ހަމަސްފަހުން އާކިފް ރަޝީދަށް މާލެ ނާދެވި އޭގެ އެއްއަހަރާއި އެއް މަސްފަހުން އާދެވުމުން އެކަން އަނެއްކާވެސް އެމީހުންނަށް ކާމިޔާބު ވީ. އެއްއަހަރާއި އެއް މަސްފަހުން އާކިފް ރަޝީދުގެ ހޮސްޕިޓަލުގެ ރިޕޯޓްތަކުން އެނގެން އެބަހުރި އާކިފްގެ ސިކުނޑި މަރުވެފައިވަނީ ތޭރަ ފެބްރުއަރީ ދެހާސް ދިހައެއްގެ ނުވަގަޑި ތިރީހުގައިކަން. އެއީ އާކިފް ރަޝީދުގެ ބޮލުގައި ބޮޑު ދަގަނޑު ބުރިއަކުން ޖަހާފައިވާތީ. އާކިފްގެ ހިތް އެއްކޮށް މަސައްކަތް ކުރުން ހުއްޓިފައިވަނީ އޭގެ އެނެއް ދުވަހު ސާދަ ފެބްރުއަރީ ދެހާސް ދިހައެއްގެ ފަތިހު ފަސްގަޑި ސޯޅާގައި. އެއީ އޮޕްރޭޝަން ކުރުމުގެ ތެރޭގައި.” ނައިޝަމް އޭނާގެ ވާހަކަ ނިންމާލުމަށްފަހު އެހުރިތާގައި މަޑުކޮށްލީ ވަކީލަކަށް ހުރި މީހާ އައިސް އޭނާގެ ވާހަކަތައް ފެށުމުންނެވެ.

”އަޅުގަނޑުގެ ހިތުގައި ވަރަށް ސުވާލު އުފެދޭ އިބްރާހިމް މާޖިދު ތިކަމުގައި ބައިވެރިވެފައި ވާތީ. އިބްރާހިމް މާޖިދު ކީއްވެބާ އެކަމުގައި ހަވާލުވީ. ޒާހިދާ އަންވަރުވެސް އާކިފް ރަޝީދުގެ ދަރި މަރައިލަން މަސައްކަތް ކުރިއިރު އޭނާ ކީއްވެގެންބާ އާކިފް ރަޝީދުވެސް މަރައިލަން މަސައްކަތް ނުކުރީ. ތީ އެއްވެސް ތާކުން ނުޖެހޭ ވާހަކައެއް. ކޮންމެ މީހެއްގެ ހިތުގައިވެސް ހަމަ އަހަރެންގެ ހިތުގައި މިއުފެދުނި ސުވާލުތައް އުފެދޭނެ.” ވަކީލުގެ ވާހަކަ ނިމުމާއިއެކު ގާޒީވެސް އެކަމަށް ބޯ ޖަހައިލިތަން ފެނުމާއިއެކު ނައިޝަމް އަނެއްކާވެސް ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. ނަމަވެސް މާކުރިން ވަކީލު ވާހަކަ ދައްކަން ފެށިއެވެ. ”އަޅުގަނޑު މިދަންނަވަނީ އިބްރާހިމް މާޖިދެއް ނޫނޭ އެކަން ކުރީ. އަދި ޒާހިދާ އަންވަރެއްވެސް ނޫނޭ. އެކަމު އަދިވެސް އެއްސުވާލު އެބަ އުފެދޭ. މިހާރު މިމަރަށް އެތައް އަހަރެއް ވެގެންދާއިރުވެސް ޒާހިދާ އަންވަރު ނޫޅޭތޯއޭ އާކިފް ރަޝީދުގެ މުދާ އަތުލާކަށް؟ ފައިސާ އަތުލާކަށް؟ އަދި ފާތުމަތު އައިލީޝް އާކިފްއަށް ކުރި އަނިޔާއާ މަރައިލަން އުޅުނު ކަމުގެ ހެކި ކޮބައިތޯ؟ އަދި އިބްރާހިމް މާޖިދު އާކިފް ރަޝީދު މަރައިލިކަމުގެ ހެކި ކޮބައިތޯ؟” ވަކީލުގެ ވިސްނުމާއި ވާހަކަ ދެއްކުންތެރިކަން ނުހަނު މޮޅެވެ. ބަސްކޮށާރު އެހައިވެސް ރަނގަޅެވެ. ތަނުގައި ތިބި އެންމެން އޭނާގެ ވާހަކަތަކަށާއި ސުވާލުތަކަށް ބޯ ޖަހަމުން ދާއިރު އެތަނުގައި އޭނާ ދެއްކި ވާހަކަތައް ގަބޫލުނުކޮށް ސާބިތުކަމާއިއެކީ ތިބީ އައިލީޝްއާއި އޭނާގެ ޓީމް އަދި ޕްރޮސެކިއުޓަރުންގެ ޓީމެވެ.

”އިބްރާހިމް މާޖިދު އެކަމުގައި ބައިވެރިވެފައިވަނީ ޒާހިދާ އަންވަރުގެ އެދުމުގެ މަތިން. އެއީ އެދެމީހުންވެސް ބޭނުންވަނީ އާކިފްގެ މުދަލާއި ފައިސާ އާއިއެކު އުފާވެރި ދިރިއުޅުމެއް ކަމަށް ވާތީ. އާކިފް ރަޝީދުގެ ދިރިއުޅުމަށް ޒާހިދާ އަންވަރު ވަދީވެސް މި ބޭނުމުގައި. މީގެއިތުރުން މީގެ ހަފްތާއެއް ކުރިން އިބްރާހިމް މާޖިދު އެއާޕޯޓުން އަތުލައި ގަނެވުނީ އެގޭގެ، ޕެރެޑައިސް ގޭގެ ރެޖިސްޓްރީއާއި އެގޭގެ ތިޖޫރީން ނަގާފައިވާ ނަވާރަ މިލިއަން ރުފިޔާއާއެކު. އެހެންވީމަ ޒާހިދާ އަންވަރު އަދި އިބްރާހިމް މާޖިދު މިދިޔަ އަހަރުތަކުގައިވެސް އުޅުނީ މިކަމުގައި. ނަމަވެސް ކާމިޔާބު ނުވީ. މިކަން ކާމިޔާބުވީ ފާތުމަތު އައިލީޝް އާކިފް ގޭގައި ނޫޅޫއްވި ރެޔަކު ގޭގެ ތަޅު ހަލާކުކޮށްލައިގެން. މިކަމުންވެސް އެނގެނީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެކޭ. އަދި ތިދެންނެނީ ހެކި ކޮބާހޭ ދެއްތޯ؟ ދޭހާސް ނުވަވަނަ އަހަރު ޒާހިދާ އަންވަރު އައިލީޝް މަރައިލަން އުޅުނުކަމުގެ ހެއްކަކަށް އެއިންނެވި މަރިޔަމް ޔޫހާ ފުދޭނެ. އަދި އަޅުގަނޑު މުހައްމަދު ނައިޝަމް އިޝާމްވެސް ފުދޭނެ.” ނައިޝަމް އޭނާގެ އިނގިލި ޔޫހާއަށް ދިއްކޮށްލުމާއިއެކު ޔޫހާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. އެވަރުގެ ކަމަކަށް ސަމާލުނުވެ އިނުމުން އޭނާގެ ހިތުގެ ވިންދު ދިޔައީ ސިކުންތަކަށް ފަހު ސިކުންތެއް ބާރުވަމުންނެވެ. އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ވުމުން ޔޫހާއަށް އިސްދަށަށް ޖަހައިލަން މަޖުބޫރުވިއެވެ. ގާޒީވެސް ޔޫހާއާ ދިމާ ބަލަން އިނެފައި ވަކީލާ ދިމާލަަށް ބަލައިލީ އޭނާގެ ވާހަކަ ފަށާށޭ ބުނާ ފަދައިންނެވެ.

ވަކީލަށް ދެން ބުނާނެ އެއްޗެއް ނުވިސްނުނީ ކަންނޭނގެއެވެ. އެތައް އިރެއްވި ފަހުންވެސް ވަކީލު ވާހަކަދައްކާކަށް ނުފެށިއެވެ. އެހެންކަމުން ގާޒީ އަނެއްކާވެސް ނައިޝަމްއަށް ވާހަކަދައްކަން ފުރުސަތު ދިނެވެ. އަދި ސުވާލުވެސް ކޮށްލިއެވެ. ”ޕްރޮސެކިއުޓާރ ނައިޝަމްއަށް އެމަންޒަރު ފެނުނީ ކިހިނެއްތޯ؟ އަދި މަރިޔަމް ޔޫހާއަށްވެސް؟”

”އާދެ. އަޅުގަނޑުމީ ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ޕެރެޑައިސް ގޭގައި އުޅެމުން އަންނަ މީހެއް. އަދި މަރިޔަމް ޔޫހާއަކީ އިބްރާހިމް މާޖިދާއި ޒާހިދާ އަންވަރުގެ ދޮށީ ދަރި. އެއިންނެވި މަރިޔަމް ޔޫހާގެ ގާތުގައި އިން މާއުނާ މާޖިދަކީވެސް ހަމަ މިދެމީހުންގެ ދަރިއެއް. މީގެ ހަފްތާއެއްވަރު ކުރިން މިކަން އެމީހުންނަށް އެނގިގެން ދިޔައީ. އޭރުވާނީ އިބްރާހިމް މާޖިދު ހައްޔަރުކޮށްފައި. މަރިޔަމް ޔޫހާ އުޅެމުން ދިޔައީ އެގޭގައި ޒާހިދާ އަންވަރު އާކިފްއާ ކައިވެނި ކުރީންސުރެ. މައުނާ ބެހެއްޓީ މާޖިދުގެ ގާތުގައި. ޒާހިދާ އަންވަރުގެ ދެވަަނަ ދަރިއެއް ހުންނަ ކަމެއް އެއްވެސް ވަރަކަށް އާކިފް ރަޝިދަކަށް ނޭނގެ. އެހެންކަމުން މަރިޔަމް ޔޫހާއަށް ޒާހިދާ އަންވަރު އައިލީޝްއަށް ކުރި އަނިޔާއާ ކީ ހުރިހާ އެއްޗެއް އަޑު އިވިފާއި ހުރީ. އަދި މަރިޔަމް ޔޫހާ އައީ ޒާހިދާ އަންވަރާ ދެކޮޅަށް ތެދުވަމުން.” ނައިޝަމް އޭނާގެ ވާހަކަ ނިންމާލާ ގާޒީއާ ދިމާލަށް ބަލައިލިއެވެ. އޭރު ދިޔައީ ނައިޝަމްގެ ކޮޅަށް ހެކި ގިނަވެ އެކޮޅު މޮޅުވަމުންނެެވެ. މިކަމާ މާޖިދު ރުޅިގަނޑު ހައްތަހާ ގަދަވަމުން ދިޔައިރު އިރުއިރުކޮޅު ދިޔައީ ވަކީލުގެ ގައިގައި ކޮއްޓާލަމުންނެވެ. އަނގަ ބަންދުވާވަރުގެ ބަހެއް ބުނެލާށޭ ބުނާފަދައިން މާޖިދު ދިޔައީ ވަކީލަށް ބަލަމުންނެވެ.

މައުނާ އިނީ ބޮޑު ޝޮކެއްގައިއެވެ. އިވެމުން ދިޔައީ އޭނާ ދުވަހަކު އިވެން ބޭނުންނުވާ ބަސްތަކެވެ.

އަނެއްކާވެސް ގާޒީ އެވަކީލަށް ވާހަކަ ދެއްކުމަށް އެންގިއެވެ. އިރުކޮޅަކު ވާހަކަ ނުދައްކާ ހުރުމަށްފަހު އޭނާ އޭނާގެ ވާހަކަ ފެށީ ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެއެވެ. ”އިއްޒަތްތެރި ގާޒީ. ޕްރޮސެކިއުޓާރ ނައިޝަމް ދެންމެ އެ ވިދާޅުވީނޫންތޯ އާކިފް ރަޝީދު މަރުވީ އޮޕްރޭޝަން ކުރުމުގެ ތެރޭގައިއޭ. އެހެންވީމައި މިކަން ނުބެލޭނެ ތޯ އެއީ ޑޮކްޓަރުގެ އިހުމާލު ކަމަަކަށް؟ އަދި މިކަން ކުރީ އިބްރާހިމް މާޖިދު ކަމެއް އިނގެން ހުރީ ކިހިނެއް ތޯ؟” ގާޒީ އެއްބަސްވެލުމުގެ ގޮތުން ދެވަނަ ފަހަރަށްވެސް ބޯ ޖަހައިލިއެވެ.

ނައިޝަމްއަށް އެ ޖުމުލަތަކުން އިތުރު ހިތްވަރެއް ލިބުނު ފަދައެވެ. އެބުނި ބަސްތައް ނައިޝަމްގެ ހިތަށް އެތައް ފަހަރަކު އަރައިފައިބަމުން ދިޔައެވެ. އެ ހުރިހާ އެއްޗެއް އަޑުއަހަން އިން އައިލީޝްގެ މޫނަށް ދިޔައީ އެތައް ކުލަތަކެއް އަރައިފައިބަމުންނެވެ. އެހިތުގައި ދިޔައީ އެތައް ފަހަރަކު މީހަކު ވަޅި އަޅައި ކޮށައިލަމުންނެވެ. ”ގާޒީވެސް އެވަކީލު ދައްކައި މޮޔަވާހަކަ އަޑު އަހަނީ ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް އަހަރެންގެ ބައްޕައަށް އިންސާފެއް ލިބެން ހަމަ ނެތީ ހެއްޔެވެ؟ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟

***

މިލާފައިވާ މޫނުމައްޗާއިއެކު ޔުނާން އޭނާގެ ދެއަތް ޖިންސް ސޯޓުގެ ޖީބަށް ޖަހައިލައިގެން މަގުގެ ދުވާރުމަތިން ހިނގާފައި ދިޔައިރު އެންމެފަހަރަކުވެސް އިސްއުފުލައި ބަލައި ނުލައިއެވެ. ނަމަވެސް ބޮޑު ފަލަ މަގެއް ހުރަސް ކުރަން ޖެހުމުން އޭނާ ޓްރެފިކް ލައިޓަށް ބަލައިލަން އިސްއުފުލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކޮލެޖަށް ދާން ރެޑިވެފައި ހުރި ކަޅު އަބާޔާއަކާއިއެކު ފަތުދިޔަ ކުލައިގެ ޝޯލްއެއް އަޅާފައި ހުރި އަރީންއެވެ. އެމޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. އަރީންއަށް ޔުނާން ފެނުމާއިއެކު އޭނާގެ މޫނު އެނެއް ފަރާތަށް އަނބުރައިލީ ޔުނާންގެ ހިތަށް ވީ ތަދު އިހްސާސް ނުވާ ހާލުއެވެ. ޓްރެފިކް ލައިޓްގެ ފެހި ބޮކި ދިއްލުމާއިއެކު ޔުނާން ކުރިއަށް ހިނގަން ފެށިއެވެ. އަރީންވެސް އިސްދަށަށް ޖަހައިލައިގެން ހިނގާފައި ކުރިއަށް ދިޔައެވެ. އެންމެ ފަހަރަކުވެސް ޔުނާންގެ ނަޒަރެއް އަރީންގެ އިސްޖެހިފައިވި މޫނަކުން ވަތްކެއް ނުވެއެވެ. އޭނާގެ ހިތަށް އެތައް އުދާހަކާއި ޝުއޫރުތަކެއް އަރައިފައިބަމުން ދިޔައެވެ.

މަގުގެ މެދުން ދެމީހުންގެ ފިޔަވަޅު އެއްވަރުވެގެން ދިޔައެވެ. އަރީން އިސްއުފުލައި އެއްޗެކޭ ނުބުނުމުން ޔުނާންގެ ހިތަށް ހީވީ މީހަކު ފައިން އަރައި ޗިސްޗިސް ކޮށްލިހެންނެވެ. އެކަމުގެ ސަބަބުން އުނދަގޫވެފައި ހުރި ޔުނާން އޭނާ ފަހަނައަޅައި ދިޔަ އަރީން އަށް ބަލައިލާ އަރީންގެ ފަހަތަށް އައި އަތުގައި ހިފައި ޔުނާންއާ ދިމާލަށް ދަމާއިލިއެވެ. އެވަގުތު އަރީން އަނގައިން މަޑު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައިރު ސިކުންތެއްގެ ތެެރޭގައި އަރީން އައިސް ޖެހުނީ ޔުނާންގެ ތަނަވަސް މޭމަތީގައިއެވެ. އަދި އިސްއުފުލައި ޔުނާންއަށް ބަލަން ހުރެވުނީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައިއެވެ. ދެމީހުން މަގު މެދުގައި ހުރި އިރު އެތައް ބައެއްގެ ނަޒަރު އެމީހުންނަށް އަމާޒުވެފައިވެއެވެ. ޔުނާންވެސް ހުއްޓާނުލައި އަރީންއަށް ބަލަން ހުރެ އޭނާ ބުނަން ބޭނުންވާ އެތި ބުނެލިއެވެ. ”އަހަރެންނަށް މައާފު ކުރޭ.”

އަރީންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަނެއްކާވެސް އޭނާގެ މޫނުމައްޗަށް ހިތްހަމަނުޖެހުން ވެރިވިއެވެ. އަދި ޔުނާންއާ ދުރުވެލައި ފަހަތަށް އެނބުރި ދިޔުމަށް ހިނގައިގަތެވެ. ”ޔުނާން މައާފަށް އެދެންވީ އަހަންނަކަށް ނޫން.” ފަސް އެނބުރި ބަލައިލަމުން އަރީން އެހެން ބުނެލައި އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

”އަހަރެން މައާފަށް އެދެންވީ ކާކަށް ހެއްޔެވެ؟ އަރީން އެހެން އެބުނީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. އޭގެ މާނައަކީ އަރީން އަހަރެންނަށް  މައާފުކޮށްފި ކަމެވެ. އަދި އަހަރެންނަށް މައާފަށް އެދެން ޖެހޭ ވަރު ކަމެއް ނުވާކަމެވެ.” ޔުނާން އޭނާގެ ހިތަށް ވިސްނައިދިނީ މޮޔަ ގޮތަކަށެވެ. އަރީން އޭނާއަށް މައާފު ކުރިކަން އެނގުމާއިއެކު ހިނިތުންވެލައިފައި ދުވެފައިގޮސް މަގު ހުރަސްކޮށްލިއެވެ. އޭރު ޔުނާންގެ ހިތަށް ވަނީ ހިތްހަމަ ޖެހުމެއް ވެރިވެފައިއެވެ.

ގެޔަށް ވަދެ އޭނާ ނިކަން ކެރިހުރެ އަރީންއަށް މެސެޖެއް ކޮށްލިއެވެ. ”ސްޓަޑީ ވެލް. ކަމް ހޯމް ސޭފް.” އެއްގަޑި އިރު ފަހަނައަޅައި ދިޔައިރުވެސް އަރީންގެ ފަރާތުން މެސެޖެއް ނައެވެ. އަނެއްކާވެސް ޔުނާންގެ ހިތް ސުވާލުތަކުން ފުރިގެން ދިޔައެވެ. ”އަރީން އަހަރެންނަށް މައާފު އަދިވެސް ނުކުރަނީ ހެއްޔެވެ؟ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ދެކެ ހުރީ އަދިވެސް ރުޅި އައިސް ހެއްޔެވެ؟” އަރީން ފެންނަ އިރަކުން މިހުރިހާ ސުވާލެއް ކުރުމަށް ޔުނާން ބޭނުންވިއެވެ.

***

”އާދެ. އިއްޒަތްތެރި ގާޒީ. އިބްރާހިމް މާޖިދާއި އިސްމާއިލް ހަސަނާއި އަލީ ހާމިދު، އާކިފް ރަޝީދަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުން އާކިފް މަރުވީ. އާކިފް ރަޝީދުގެ ގައިގެ ފަނަރަ ވަރަކަށް ތަނަށް ވަޅި ޖަހާ ޒަހަމްކޮށްފައި ވާއިރު ބޮޑު ދަގަނޑު ގަޑަކުން ބޮލުގައި ޖަހައިފައިވުމުން އާކިފް ރަޝީދު މަރުނުވާންވީ ކީއްވެތޯ؟ ޑޮކްޓަރުގެ އިހުމާލަކަށް މިކަން ވާންވީ ކީއްވެގެން ތޯ؟ އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެއަކީ އަނިޔާކުރަން ހުއްދަ ދީފައިވާ ގައުމެއް ނޫން. އަޅުގަނޑުމެންގެ އިސްލާމްދީންވެސް ވަނީ މިކަން ހަރާމް ކުރައްވާފައި. އަނިޔާވެރިނުވުމަށް އަންގަވާ ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވޭ. ގެއްލުމެއް ދިނުމެއްވެސް ގެއްލުމެއް ލިބިގަތުމެއްވެސް ނެތޭ. އަދި އަލްބަޤަރާ ސޫރަތުގެ ސަތޭކަ ނުވަދިހަ ފަސްވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވޭ އަހަރެމެންގެ އަތްތަކުން އަހަރެމެންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށޭ. މިހުރިހާ ކަމަކުންވެސް އެނގޭބަ ނޫންތޯ އިސްލާމްދީނުގައި އަނިޔާވެރިވުމަކީ ކޮންކަހަލަ ކަމެއް ކަން. އަނިޔާވެރިވުމަކީ އަހަރެމެން އިސްލާމްދީނުގައި އޮންނަކަމެއް ނޫންކަން. އެހެން ނޫން ނަމަ މިކަން މަނާ ނުކޮށް ކޮންމެ ދުވަހަކު އެތައް ހާސް މީހުންނެއް މިދިވެހި ރާއްޖެއިންވެސް މަރަން ވީ ނޫންތޯ؟ އެހެންކަމުން އާކިފް ރަޝީދުގެ މަރަކީ ޑޮކްޓަރުގެ އިހުމާލުން މަރުވި މަރެކޭ އަޅުގަނޑު ނުބުނާނަން. އާކިފް ރަޝީދުގެ މަރަކީ ރާވައިގެން އަނިޔާވެރިގޮތަކަށް މަރައިލި މަރެއް. އާކިފް ރަޝީދު މަރުވެފައިވަނީ އިބްރާހިމް މާޖިދުމެން ދީފައި ހުރި އަނިޔާތަކުން. ލިބިފައި ހުރި ޒަޚަމްތަކުން.” ކީރިތި ޤުރުއާނަށާއި ރަސޫލާގެ ސުންނަތަށް މިކަހަލަ ކަންކަމުގައި އަލިއަޅުވާލުމަކީ ނައިޝަމްގެ އާދެއެކެވެ. މިކަމުގެ ސަބަބުން ބަލިވެފައިވާ ނައިޝަމްގެ ކޮޅު މޮޅުވެގެން ދެއެވެ.

ކީރިތި ޤުރުއާނުގައިވާ ކަންތައްތަކަކީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. މިއީ އެންމެންވެސް ގަބޫލު ކުރަން ޖެހޭ ވާހަކަތަކެއްވާ ފޮތެކެވެ. މި ފޮތަށް އަލިއަޅުވައިލުމުގެ ސަބަބުން ގާޒީއަށް ވެސް ނައިޝަމްގެ ވާހަކަ ގަބޫލު ކުރެވި މާޖިދުގެ ކޮޅު ބަލިވެގެން ދިޔައެވެ.

މިއަދުގެ ޝަރީއަތަށް ލިބިފައިވާ ގަޑި ހަމަވެގެން ދިޔައީ ނައިޝަމްގެ ކޮޅު މޮޅުވެގެންނެވެ. އަނެއްކާވެސް ދެން ޝަރީއަތް އޮންނާނީ ދެން އަންނަ އާދީއްތާގައި ކަމުގައި ބުނެ ގާޒީ އެދުވަހުގެ އަޑު އެހުން ނިންމާއިލިއެވެ. ނައިޝަމްއަށް ލިބިފައިވާ ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. ނަމަވެސް މާޖިދުގެ ހިތްހަމަޖެހުންވަނީ ނަގާލާފައިއެވެ. ވަކީލަށް އެކަމުގެ ހުރިހާ ރުޅިއެއް ބާލަމުން ދިޔައިރު އެވަކީލު ދިޔައީ މާޖިދަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެން އެތަނުން ނުކުތުމާއިއެކު ނައިޝަމްއާ ޝިޔާމްވެސް ވާހަކާގައި އެތަނުން ނުކުމެގެން ދިޔައީ އެމީހުންގެ ކޮޅަށް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލް ލިބުމުގެ ސަބަބުން އެކަމާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ނައިޝަމް އޭނާ އަޅަމުން ދިޔަ ފިޔަވަޅު މަޑު ޖައްސައިލަން ޖެހުނީ ފަހަތުން ނުހަނު ބާރަށް އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ.

”މަކަރުވެރިޔާ. ދޮގުވެރިޔާ. ތިއީ އަހަރެން އުންމީދު ކުރި ފަދަ މީހެއްނޫން. ތިއީ އަމިއްލަ އެދުމުން ފޯވެފައިވާ މީހެއް. ބޮޑު ދޮގުވެރިއެއް. ބޮޑު މަކަރުވެރިއެއް. ކަލޭއަށް އަހަރެން އަހަރެންގެ ބައްޕަގެ ހުރިހާ ވާހަކައެއް ކިޔައިދިނީމަ، ނޫނޭ ބައްޕަގެ އެކަންޏެއް ނޫން. އާއިލާގެ ވާހަކަތައް ކިޔައިދިނީމަ އެކަމުގެ ނާޖާއިޒް ފައިދާއެއްނު ތިނެގީ. އަހަރެން ކިތައް ފަހަރު ބުނިން އަހަރެންގެ ބައްޕައަކީ މާތް މީހެކޭ. އަހަރެންގެ ބައްޕަ އެކަހަލަ ކަމެއް ނުކުރާނޭ. އަހަރެންގެ ބައްޕަ އެހައި ރަހުމުކުޑަ ނަމަ އެހައި ނުބައިނަމަ އަހަރެން ތަރުބިއްޔަތު ކުރެވޭނެތަ؟ މިހާ ރަނގަޅަށް ތަރުބިއްޔަތު ކުރެވޭނެތަ؟ އަހަރެންގެ ބައްޕަ އެކަހަލަ ކަމެއް ނުކުރާނެ. ކަލޭއަށް ވުރެ އަހަރެންގެ ބައްޕަ ރަނގަޅުވާނެ. މާތް ވާނެ. މިހާރު އިނގިއްޖެ އަހަރެންގެ ބައްޕަ ކަލޭއާ ކައިރި ނުވާށޭ ބުނީ ކީއްވެކަން.” މައުނާ ނައިޝަމްގެ ކުރިމައްޗަށް އަރައި ހިތަށް އާހައި އެއްޗެއް ގޮވަމުން ދިޔައެވެ.

”މާޖިދު މައުނާ ތިހުރީ ވަރަށް ރަނގަޅަށް ތަރުބިއްޔަތުކޮށްފަ. ރަނގަޅަށް ތަރުބިއްޔަތު ކޮށްފަ ހުރިއްޔާ ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިހްތިރާމް ކުރަން ދަންނަން ޖެހޭނެ. ތިމާއަށް ވުރެ ބޮޑެތި މީހުންނަށް ރީތި ބަހުރުވައިން ވާހަކަ ދައްކަން އިނގެން ޖެހޭނެ. ރަނގަޅަށް ތަރުބިއްޔަތު ކޮށްފައިވާނަމަ ފިރިހެނުންނާ ގައިގޯޅި ވާކަށް ނުކެރޭނެ. ހިތަށް އެރި އެއްޗެއް ބުނާކަށް ނުކެރޭނެ. ރަނގަޅަށް ތަރުބިއްޔަތު ކޮށްފައިވާނަމަ މައުނާ ލާނި ތިކަހަލަ އެއްޗިއްސެއް ނޫން. ތިވަރަކަށް މޭކަޕެއް ނުކުރާނެ. މީހުންނަށް ތުއިއެއް ނުދައްކާނެ. ތިމާގެ ފޮނިކަމެއް އެހެން މީހުންނަކަށް ނުދައްކާނެ. ތިމާގެ ރީތިކަމުގައި ސޭލެއް ނާޅުވާނެ. ރަނގަޅަށް ތަރުބިއްޔަތު ކޮށްފައިވާނަމަ މައުނާގެ ކިބައިގައި ލަދުވެތިކަމެއް ވާނެ. ރީތި ސިފައެއް ހުންނާނެ. ނޫންތަ އަޅެ. އަހަރެން މިބުނީ ދޮގެއްތަ؟”

ނައިޝަމްގެ ވާހަކަތަކުން މައުނާގެ އަނގަ ބަންދުވިއެވެ. ނައިޝަމް ބުނި ކޮންމެ ޖުމުލައަކަށް މައުނާއަށް އެވަގުތު ވިސްނައިލެވުނެވެ. ނަމަވެސް ރަނގަޅަކަށް އޭނާއަކަށް ނުވިސްނުނެވެ. ނައިޝަމްގެ ބާރު އަދި ރުޅިއައިސްފައިވާ އަޑުން މައުނާއަށް ވަނީ ސިހުން ލިބިފައިއެވެ. ދެވަނަ ފަހަރަށް ވެސް މައުނާ ސިއްސައިގެން ދިޔައީ ނައިޝަމްގެ ބާރު އަޑަށެވެ.

”އާން. އަހަރެންނަށް މައުނާގެ ސަބަބުން ވަރަށް އެއްޗެހި އިނގުނު. މިމަސައްކަތަށް މައުނާގެ ފަރާތުން ވަރަށް ފަސޭހަވި. މިކަން ނިމުމުން މައުނާ އަށް އެނގޭނެ މައުނާގެ ބައްޕައަކީ ކިހައި މާތް މީހެއްކަން. ކިހައި ރަނގަޅު މީހެއްކަން. އާދީއްތަ ދުވަހު އާއިމަ އިނގޭނެ މިކަން.” ރުޅި އައިސް ރަތްވެފައި ހުރެ ނައިޝަމް އެތަނުން ދިޔައީ މައުނާގެ ދެލޯ ބޮޑުކޮށްލާފައިއެވެ. އެދެލޮލުން ކަރުނަ ބާލާފައިއެވެ.

މައުނާއަށް ހުރިތަނަށް ތިރިވެލެވުނެވެ. އަދި އަނެއްކާވެސް ނައިޝަމް ދެއްކި ވާހަކަތަކަށް ވިސްނަން މަސައްކަތް ކުރެވުނެވެ.

~ ނުނިމޭ ~

113

8 Comments

 1. Riff💜

  June 7, 2020 at 11:55 am

  Wow masha allah vr reethi mi part vx curiously waiting… whn is nxt part

  • 🧚Nafu✨

   June 7, 2020 at 11:08 pm

   thank u soo much dear.. it means a lot.. next part vs vr avahah insha allah. keep waiting

 2. Izabell

  June 7, 2020 at 2:28 pm

  Wow, mi part vx varah reethi, Ma Sha Allah 💜💜💜💜💜💜💜💜💜💜💜💜💜 Varah curious kollaafa thi nimmaaly. 😍😍😍😍😍😍😍😍😍😍😍😍 when is next part? 😊😊 avahah up kollahche 😘😘😘😘😘😘😘 Lysm

  • 🧚Nafu✨

   June 7, 2020 at 11:12 pm

   thank u soo much dear. vr ufaavehjje dear ge colorful comment kiyaalaafa. it means a lot ingey. next part vs vr avahah insha allah. keep waiting. lym..

 3. Kairaa

  June 7, 2020 at 6:39 pm

  Wowww…sis mi bai vx varah varah reethi😘😘😘….vrh curious kohlaafa thi ninmaaly☺️…alhey mifaharu maajidh mennah ekan kaamiyaabu vaan nudhehchey…..curiously waiting for the nxt part….lysm

  • 🧚Nafu✨

   June 7, 2020 at 11:15 pm

   thank u soo much dear.. it means a lot ingey.. balamaa dhw maajidhmen dhn kanthah kuraane goii.. vr ufaavehjje dear ge comment kiyaalaafa. keep waiting.. lym

 4. 🌺Aashko🌻🌼

  June 7, 2020 at 11:00 pm

  Maasha Allah 😍😍😍..
  Curiously waiting for the next part
  Ly sis

  • 🧚Nafu✨

   June 7, 2020 at 11:16 pm

   thank u soo much dear. it means a lot ingey. keep waiting.. lym dear

Comments are closed.