Skip to content
އެސްފިޔަ

އަންޖަލް (4)

ޖައިޝްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮޑުގައި އަންޖަލް ބޯ އަޅާލުމުންނެވެ. ޝައުގުން ފުރިގެންވާ ނަޒަރަކުން ތިރިވެލާފައި އަންޖަލްގެ މޫނަށް ބަލާލިއެވެ. އޭރު އަންޖަލް އޮތީ އަގަ ހުޅުވައިން ނިދާފައެވެ. ފޮތެއް އަތުގަ ޖެހިއްޖެޔާ އަންޖަލްގެ ހާލަކީ މިއީއެވެ tienda . އަންޖަލް އޮތް ގޮތް ފެނުމުން ޖައިޝްއަށް މަޖާވިއެވެ. އަދި ފޯނު ނަގާ އަންޖަލްގެ ފޮޓޯއެއް ނަގާލިއެވެ. ޖުނާން ނުރުހުންވެފައި ޖައިޝްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޖައިޝް ޖުނާންއަށް ދައްކާލުމުގެ ގޮތުން އަންޖަލްގެ ބޮލުގައި ފިރުމާލިއެވެ. އޭރު ސީޕްލޭން ލޭންޑް ކުރަން އެނައުންސްމެޓް އިއްވަމުން ދިޔައެވެ. އަންޖަލް ދެލޯ ހުޅުވާލުމަށްފަހު އަވަސް އަވަހަށް ތެދުވެލިއެވެ. އަދި ޖުނާންއާ ދިމާލަށް ބަލާލިއެވެ. ޖައިޝްއަށް ޖުނާން އާއި އަންޖަލްގެ ދެމެދުގައި ކަންތައް ގަޑެއް އުޅޭ ކަމުގެ އިހުސާސް ވާން ފެށިއެވެ. މިކަމާ އޭނާ ކުޑަކޮށް ނުރުހުންވިއެވެ.

ރިސޯޓަށް ފޭބި ވަގުތު ފަސް މީހުންގެ އިންތިޒާރުގައި ރިސޯޓް ސްޓާފުން އައިސް ތިއްބެވެ. އެމީހެއްގެ ކޮޓަރި އެމީހަކަށް ދެއްކުމަށް ސްޓާފުން ދަބަސްތައް ނަގައިގެން ހިގައިގަތެވެ. އެއް ބްލޮކެއްގައި ހަތަރު ކޮޓަރި ހަދާފައި ހުރެއެވެ. އެއްފަޅީގައި ދެކޮޓަރިއެވެ. އަނެއް ފަޅީގައި ދެކޮޓަރިއެވެ. ފުރަތަމަ ޖެހުނު ކޮޓަރިއާ އަރާ ހަމަ ވުމުން ސްޓާފް މިސްޓާރ އެން މިސިސް ޖުނާންއޭ ބުނެލިއެވެ. ޖުނާން އާއި ޝަންމަ ގޮސް އެކޮޓަރިއަށް ވަނެވެ. އެކޮޓަރީއާ އިންވެގެން ހުރި ކޮޓަރި ކައިރިއަށް ގޮސް މިސްޓާރ ޖޫދުއޭބުނުމުން ކައިރީގައި ހުރި އަންހެން ސްޓާފަށް ފްލައިގް ކިސެއް ދިނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. އަންޖަލް އެކޮޓަރި ބޭނުން ވެގެން ސްޓާފް ކައިރީ އަހަލިއެވެ.

” އިސްހާޤް ވިދާޅުވި ގޮތަށް ރޫމްސް އެރޭޖް ކުރީ..” ހޮޓެލް ސްޓާފް ބުނެލިއެވެ. އަންޖަލް އެއްޗެކޭ ނުބުނެ އަނެއް ފަރާތަށް ގޮސް އޭނާއަށް ވީ ކޮޓަރިއަށް ވަނެވެ. އަދި ޖައިޝްވެސް އަންޖަލް ވަތްތަން ބަލަން ހުރެފައި ގޮސް ވަނެވެ. ޝަންމަގެ ބަލި ހާލު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސް ވަމުންނެވެ. ފުއްޖަހާ މޭކަޕް ކޮށްފައި ހުރުމުން އޭނާގެ މޫނުމަތިން ބަލި ވައްތަރެއް ނުޖަހައެވެ. ކޮޓަރިއަށް ވަނިއްސުރެ ޝަންމަގެ ކެއްސުން ނުހުއްޓައެވެ. އަގައިން އެހާ ވަރަށް ލޭވެސް އައެވެ. ކަންބޮޑުވެފައި ޖުނާން ޝަންމަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ. ބޭސް ކެއުމުން އަބަދުވެސް ކެއްސުން ގަޑު ރަގަޅުވާ ކަމުން ޖުނާން ދަބަހުން ބޭސް ގުޅައެއް ހިފައިން އައިސް ޝަންމައަށް ދިއްކޮށްލިއެވެ.

މެންދުރުގެ ކެއުމަށް އެންމެން އެއްކޮށް ޖަމާވީ ޖުނާން މެން ކޮޓަރި ކައިރިއަށެވެ. އެކީގައި ހިގާފައި ގޮސް ރެސްޓޯރަންޓަށް ވަދެ ބުފޭއިން އެމީހަކު ކާހިތްވާ އެއްޗެހި ތައްޓަށް އަޅައިން އައިސް މޭޒު ދޮށުގައި އިށީދެލިއެވެ. އަންޖަލްގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. ޝަންމަ މިކަމާ ކުޑަކޮށް ކަންބޮޑު ވިއެވެ.

” އަންޖޫ.. ކިހިނެއްވެފަ..” ތައްޓާށް ބަލަހައްޓައިގެން ނުކައިން އަންޖަލް ކުރިމަތީ އަތް ޖަހާލަމުން ޝަންމަ އަހާލިއެވެ.

” ނޭގެ.. ބޮލުގަ ރިއްސަނީ…” އަންޖަލް ދޮގެއް ހަދާލިއެވެ. ހަގީގަތުގައި އޭނާ މޫޑް އޮފް ވެފައި އިނީ މިއަދު އެއްކޮށް ޖައިޝް ކައިރިން ދުރަށް ނުދެވުމުންނެވެ. ވޭނުން ފަށައިން ޕްލޭންގައިވެސް އިންނަން ޖެހުނީ ޖައިޝް ކައިރީއެވެ. ނުވިތާކަށް ރިސޯޓަށް އައިސް ހުންނަން ޖެހޭ ކޮޓަރިވެސް ހުރީ ޖައިޝް ކޮޓަރިއާ ޖެހިގެންނެވެ. ޖައިޝް ކާން އިދެފައި ތެދުވެގެން ހިގައިގަތެވެ. އާންމުކޮށް އެކަހެރިކޮށް ޖައިޝް އުޅޭތީ އެއްވެސް މީހަކު އަޅައެއް ނުލައެވެ.

ރިސޯޓްގެ ރިސެޕްޝަނަށް ޖައިޝް ގޮސް ޕެނަޑޯލް ގުޅައެއް ލިބިދާނެތޯ އަހާލިއެވެ. އަންޖަލް ބޮލުގައި ރިއްސައޭ ބުނުމުން އަވަހަށް ބޭސް ހޯދޭތޯ ޖައިޝް މަސައްކަތް ކުރިއެވެ. ސްޓާފަކު އައިސް ޕެނަޑޯލް ދެގުޅަ ދިނުމުން ޖައިޝް ރެސްޓޯރަންޓާ ދިމާލަށް ހިގައިގަތެވެ. އޭރު އެކަކުވެސް ފެންނަން ނެތުމުން ޖައިޝް ޖުނާންއަށް ގުޅާލިއެވެ. އަދި ޖުނާން މޫދަށް އެރެން އައިސް ހުރިވާހަކަ ބުނުމުން ބީޗަށް ޖައިޝް އައެވެ. އަންޖަލް ވަކިން ގަހެއްގެ ހިޔަލުގައި އިން ގޮޑިއެއްގައި އޮށޯވެލައިގެން އޮތެވެ. ޖޫދު މުޅި ބީޗްގައި ހަޅޭއްލަވަމުން ދުވަމުން ގެންދިޔައެވެ. ޖުނާންވެސް ޝަންމަގެ އަތުގައި ހިފައިގެން ބީޗް ކައިރީ ހިގަމުން ދިޔައެވެ. މިމަންޒަރު ބަލަން އިން އަންޖަލްގެ ލޮލަށް ކަރުނަ ހުރީ ޖަމާވެފައެވެ. ނަމަވެސް އަވި އައިނެއް އަޅައިން އިނުމުން އެކަން އެއްވެސް މީހަކަށް ފާހަގަ އެއް ނުކުރެވޭނެއެވެ. ޖައިޝް އައިސް އަންޖަލްގެ ގޮޑި ކައިރީ ގައި އިން ގޮޑީގައި އިށިދެލިއެވެ. އަދި އަންޖަލް އަށް ޕެނަޑޯލް ދިއްކޮށްލިއެވެ. އެވަގުތު އަންޖަލްގެ ލޮލުގައި ހުރި ކަރުނަތަށް ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ.

” ސޮރީ… މާ ބޮޑަށް ތަދުވަނީތަ..” ޖައިޝް ހާސްވެފައި އަހާލިއެވެ. އަންޖަލް ޖުނާންއަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ. މީހަކު އޭނައާ ވާހަކަ ދައްކާހެންވެސް ހީނުވެއެވެ.

” ދޮންބޭ އަނެއްކާ އަންޖަލް ރޮއްވަނީތަ.. ތިއްތީ ބަލާބަލަ މި ދޮންބެ ކޮންމެވެސް އެއްޗެކޭ ކިޔައިފި…..” ޖޫދު ފެން ފޮދެއް ބޯލަން އައިވަގުތު އަންޖަލް ރޯތަން ފެނުމުން ދުރުގައި ހުރި ޖުނާންއަށް ގޮވާލިއެވެ. ޝަންމަ އާއި ޖުނާން އައިސް އަންޖަލް ކައިރީގައި މަޑުކޮށްލިއެވެ. ޖައިޝް ބުނާނެ އެއްޗެއްވެސް ނޭގިގެން ގޮޑިން ތެދުވިއެވެ. ޝަންމަ އައިސް އަންޖަލް އިން ގޮޑީގެ ކަނުގައި އިށީނުމުން އަންޖަލް ޝަންމަ ގައިގާ ބާރަކަށް ބައްދާލިއެވެ. އަދި ރޯން ފެށިއެވެ. މިހާރު އޭނާ ރޮމުން އެގެންދަނީ އޭނާއަށް ކުރެވުނު ކަންތައް ހިތަށް އަރާފައެވެ. ޝަންމަ ޖުނާންދެކެ ވާ ލޯބި އަންޖަލްއަށް ވަރަށް ރަގަޅަށް އެގެއެވެ. އޭނާއަށް ވެސް އެވަނީ ބޭ އިހްތިޔާރުގައި ޖުނާން ދެކެ އިންތިހާއަށް ލޯބިވެވިފައެވެ.

” ސޮރީ ޝަންމާ… އައި އޭމް ސޮރީ..” އަންޖަލް މައާފަށް އެދެން ފެށުމުން ޝަންމަ ހީކުރީ އެއީ އޭނާގެ ސަބަބުން ދަތުރު ފަނިވެދާނެތީ ރޮނީ ކަމަށެވެ.

” އިޓްސް އޯކޭ.. އަންޖޫ ކުޑަކޮށް ނިދާލަންވީނުން އޭރުން ބޮލުގެ ރިހުން ކެޑިދާނެ…” ޝަންމަ އަންޖަލް ދުރުކޮށްލަމުން ދެލޯ ފޮހެލަދިނެވެ. ޖުނާންގެ އެދުމުގެ މަތިން ޖޫދު ގޮސް އަންޖަލް ކޮޓަރިއަށް ލާދިނެވެ. ކަންބޮޑުވެފައި ހުރި ޖައިޝް އިރުކޮޅެއްފަހުން ކޮޓަރިއަށް ދާން ހިގައިގަތެވެ. އަދި އަންޖަލް ކޮޓަރިކައިރީގައި ވަރަށް އިރު ހުރުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ރޭގަޑު 11ވެސް ޖެހިފަހުން އަންޖަލްއަށް ހޭލެވުނެވެ. އަންޖަލްއަކީ ގަވައިދުން ނަމާދު ކުރާ ކުއްޖެއްކަމުން ނަމާދު ނުކުރެވުމުން ދެރަވެފައި ގޮސް އަވަސްވެގަތީ އަވަހަށް ނުކުރެވި ހުރި ނަމާދުތައް ކުރުމަށެވެ. އަންޖަލްގެ މައިންބަފައިން އަބަދުވެސް އަންޖަލްއަށް ދިން ނަސޭހަތަކީ ކޮންމެފަދަ ހާލެއްގައިވެސް ނަމާދު ނާޅާކުރުމަށެވެ. ނަމާދުކޮށްލައިންގެން އަންޖަލް ކޮޓަރިން ބޭރަށް ނުކުތީ ފޫހިވާތީއެވެ. 11 ޖަހައިފައި ވުމުން އެންމެންވެސް ތިބޭނީ ނިދާފައިކަން އަންޖަލް އަށް އެގެއެވެ. ނަމަވެސް ނުނިދާ ހުންނާނެ އެކަކު އަންޖަލްގެ ސިކުޑިއަށް އައިމުން ވައިބާ އިން ވީޑިއޯ ކޯލް ކޮށްލިއެވެ.

” ދައިތާ… މިރޭވެސް ބީޓީއެސް ބަލަން ހޭލާދޯ ތިއޮތީ..” އަންޖަލް މަލާމާތް ކޮއްލަމުން ހޭން ފެށިއެވެ.

” އަންޖޫ އަޅެ މި ލަވަ ހާދަ ރީއްޗޭ… އަދި ހާއްސަކޮށް ޝުގާގެ އެއޮއް ރެޕެއް… މިލަވަތައް އަޑު އެހީމަ އަހަރެން ލޮލުން ކަރުނަ އާދޭ.. ބަލާބަލަ މިއޮއް ޑާންސް މޫވްއެއް.. ވީ ވެސް ބަލާބަލަ ހޭންޑްސަމްކަން… އަހަރެން ގުރައިދޫއަށް ނުގެންދާކަން ރަގަޅެއްނުން…” އެއަންހެން ކުއްޖާ އޭނާގެ ލޮލާ ދިމާލަށް ފޯނު ކައިރިކޮށްލިއެވެ.

” ހޫ.. ހޫ.. އަހަރެން ގުރައިދޫއަށް ދާން ޓިކެޓެއް ދީފާނަމޭ.. މިހާރު ފޮނުވާލަންވެފަ ތިހިރީ… އޭ ފައި ތިއެއް ނޫނޭ.. އިގޭތަ މިއަދު ވަރަށް ކަޑަކަމެއް ވި… އަހަރެން ބީޗްގަ އިންދާ ޖައިޝް އައިސް ޕެނަޑޯލް ދިނީމަ މަގޭ ލޮލުގަ ހުރި ކަރުނަކޮޅު ފޭބީ..” އަންޖަލް ވާހަކަ ފެށި މާދުރުން ކަމަށް ވުމުން ފައިހާ އަށް ކިޔާ އެއްޗެއް ވަހުމް ނުވިއެވެ.

” ކީކޭ.. ކޮން ކަރުނަ އެއް ކޮން ޕެނަޑޯލް އެއް.. ތި ތަންކޮޅެއް ސާފް ވާގޮތަށް ކިޔާބަލަ..” ފައިހާ މިހެން ބުނުމުން އަންޖަލް ކޮޓަރި ކައިރީ އިން ގޮޑީގައި އިށީދެލިއެވެ.

” އައި އޭމް ސޯ އެންބަރޭސްޑް.. އަސްލު އަހަރެންގެ ހިތް ކިތަންމެ ހުއްޓުވަން ބޭނުންވިޔަސް އައި ރިއަލީ ލައިކް ޖުނާން….. ޝަންމަ އާ ހެދި ޖުނާން އުޅޭވަރު ފެނުމުން އަހަންނަށް މިއަދު ރޮވުނީ.. އެގަޑީވެއްޖެ އެ ޖައިޝް އައިސް ޕެނަޑޯލް ދިއްކުރަން… އަހަންނަށް ކޮޓަރިއަށް ގޮސް ހެވުނު ވަރެއް ނޭގެ އެ ޕެނަޑޯލް ހަދާން ވީމަ… އޭނަ ހުންނަނީ އަހަންނާ އަޅައިގަނެފަ ކަންނޭގެ..” އަންޖަލް ވާހަކަ ދައްކަމުން ދިޔަ އިރު ފައިހާ އަތުގެ އިޝާރާތުން ހުއްޓާށޭ ކިޔަމުން ދިޔައެވެ.

” ކިހިނެއްވީތަ.. އަޑު އަހާބަލަ..” އަންޖަލް ވާހަކަ ދައްކަން ފެށުމުން ފައިހާ ފަހަތަށް އަތް ދިއްކޮށްލާފައި ޖައިޝްއޭ ބުނެލިއެވެ. އަންޖަލް އަތުގައި އިންފޯނު ދޫވިއެވެ. އަދި އެބުރި ފަހަތަށް ބަލާލިއިރު ޖައިޝް ހުރީ އޭނާގެ ކޮޓަރި ދޮރުމަތީގައި ހުރިހާ އެއްޗެއް އަޑު އަހަންށެވެ. އެތަނުގައި ދިއްލާފައި ހުރި ފަޑުއަލިން ޖައިޝް ހުރިކަން އަންޖަލްއަށް ނޭގުނީއެވެ. ކޮޓަރިއާ ދިމާލަށް އަންޖަލް ހިގައިގަތް ވަގުތު ޖައިޝް އަންޖަލްގެ އަތުގައި ހިފާފައި ގޮސް ފާރުގައި ޖެއްސުމަށް ފަހު އަންޖަލް އަށް ނުދެވޭ ގޮތަށް ފާރުގެ ދެފަރާތުން އަތް އަޅާ އަންޖަލް އަށް ބަލާލިއެވެ.

” އަހަރެން ކުރި ކޮން ކަމެއް މާ މަޖާވީ… އަންޖަލް ލޯބިވާ މީހަކީ ޖުނާންތަ؟” ޖައިޝް ރުޅިވެރި ރާގަކަށް އަހާލިއެވެ. އަންޖަލް އެއްޗެކޭ ނުބުނެ ތިރިވެފައިވެސް ދެވޭތޯ އުޅުނެވެ. އެވަގުތު ޖައިޝް ފާރުގައި ވަރަށް ބާރަށް ޖަހާލިއެވެ.

” އަހަރެން ދެކެ ނުންތަ އަންޖަލް ލޯބިވަނީކީ… ދެން އަހަންނަށް އެހާ ރަގަޅަށް ކަންތައް ކުރީ ކީއްވެ. އަހަރެންގެ ނިދާފައި އޮތް ހިއްސުތަކާ ކުޅުނީ ކީއްވެ.” ޖައިޝް އަހާލިއެވެ. އަންޖަލް އަށް ޖައިޝް ރުޅިއައިސްފައި ވާކަން އެގުމުން ކުޑަކޮށް ބިރުގަތެވެ.

” އަ..އަހަރެން… ލޯބިވަނީ ޖުނާން ދެކެ…. އަހަންނަށް އެގޭ އެއީ މީހެއްގެ ފިރިއެއްކަން… އަދި އެއީވެސް އަހަރެންގެ ދައްތައެއްގެ ފިރިމީހާކަން.. ބަޓް މައި ހާރޓް ޑަޒަންޓް އޮބޭމީ… އަހަރެން ޖައިޝް ދެކެ ލޯތްބެއްނުވޭ.. އަހަރެން ޖައިޝް ދެކެ ގަންނަނީ ބިރު.. ފްސްޓް ޓްރައި ޓު އެކްޓް ލައިކް އަ މޭން..” އަންޖަލް ބިރުން ހުރެ ޖައިޝް އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. އޭރު ކޮންމެވެސް ވަރަކަށް އަންޖަލްގެ ލޮލަށް ކަރުނަތައް ޖަމާވެފައި ހުއްޓެވެ. ޖައިޝްގެ ހިތަށް ދިޔައީ އަންޖަލްގެ ކޮންމެ ބަހަކުން އެތަކެއް ތީރު ތަކެއް ހެރެމުންނެވެ. އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާ އެންމެ ލޯބިވަނީ އޭނާގެ ކޮއްކޮ ދެކެއެވެ. އޭނާ ދެކެ ވީ ލޯތްބެއް ނޫނެވެ. އެއީ ހަމްދަރުދީއެވެ. ޖައިޝް މަޑުމަޑުން އަންޖަލްގެ ތުންފަތާ އޭނާގެ ތުންފަތް ކައިރި ކުރަމުން ދިޔައެވެ. އަންޖަލްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ގުޑާލަންވެސް ނުކެރިފައި އަންޖަލް ހުރެ މަޑުމަޑުން ގިސްލަން ފެށިއެވެ. އޭނާ ޖައިޝްދެކެ ލޯތްބެއް ނުވެއެވެ. ނަމަވެސް ޖައިޝް އޭނާދެކެ ލޯބިވާކަން މިއަދު އޭނާއަށް އެގިއްޖެއެވެ. އަންޖަލް ދެލޯ މަރާ ތުންފަތް ފިއްތާލިއެވެ. ޖައިޝް ކިރިޔާ އަންޖަލްގެ މޫނު ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އަދި….

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. ?Ril?

    Wow sis this part is also amazing.
    Aley bts group ge vaahaka inthankoo Varah majaa. Mee first dhw. I was waiting for this story . Finally it got publish. When next
    Saarangey.

    1. Krystal
      ?Ril?

      Thank you ril ?
      Haha… krystal ah mithanun v baivaru ARMY’s aaa dhimaavejje.. plus I am also a BTS fan…. eheve BTS nulaa keh nuvi… hehehe
      Yes yes ril story ah inthizaaru kohgen huri kan egey eba.. hehe.. congratulations first comment kuryma ❤❤
      Insha allah soon upload kohdheynan…
      Nado saranghae ???

  2. Afu

    Varah salhi mi part vx sissoo
    When nxt ????
    Waiting for nxt ……
    Avahah up kohdhehchey
    Hehe BTS ge thankolheh aihn Blackpink ge ehchevx genes dhehchey
    Bigu Koh ly ❤️❤️❤️❤️
    Stay safe

    1. Krystal
      Afu

      ?? Thanks afu
      Next part insha allah soon upload kohdheynan…
      Hehehe.. nice to see a BLINK here…
      Hahaha.. blackpink ehcheh dhw… balaanan ingey.. mistoryga nulevunas ehen story akah black pink geneveytho try kohdheynan afu bunythy ??
      LYT stay safe

  3. Laya

    Masha allah so nice…
    Alhey jaish keehkurantha eulheny anjal fakeerah.. emme curious vaa gothah sis abadhuves vahaka ninmaalany.. dhen kihineh laya nidhaanyves…
    Wow BTS.. sis laya ge fav nan liyunu nama… dhen faharaku JHOPE ves mention kohlahchey… mee sisge fav tha.. suga and V????
    Curiously waiting for next part… stay safe sis.. ❤ LYSM

    1. Krystal
      Laya

      ?? Thanks laya…
      Hahaha.. jaish ah hama ingeyny… ehentha.. abadhuves layage nidhikolhu dhw mi nagaaleveny… krystal akah neyge layage fav aky JHOPE kameh.. krystal ge fav ehenve lee.. hehehe..
      Stay safe..

  4. Izabell

    Varah reethi mi part vx, Ma Sha Allah ?????????????? hama varah curious vefa myni.????????????? Avahah up kollahche next part.?????? Imma waiting ????????? ly

    1. Min Suga ❤
      Izabell

      V reethi.. i am waiting for the next part avahah upkohdhehchey….

    2. Krystal
      Izabell

      Heheh.. thank you izabell ❤❤
      Insha allah avahah up kohla dheynan ingey… ly ???

  5. Min Suga ❤

    Opps nubai thanehgga dhw miliyevuny… sorry sis…

    1. Krystal
      Min Suga ❤

      Thank you ☺☺
      Hehe its okay… dont be sorry..

  6. Kylie

    Maasha allah vvv reethi mi part vx….
    Bt emme curious thankolheh thi ninmaaly ves…. Hehe
    Btw whn nxt sis…. Curiously Waiting ingey
    Lysm sisyy…. TC

    1. Krystal
      Kylie

      ❤❤ Awwnn thank you kylie
      Haha… hama kylie curious kohlan vegen ehisaabah ninmaaly…
      Nxt part insha allah varah avahah up kohdheynan ??
      Lyt.. take care…

  7. Livy

    Mi part Varah Varah reethi ❣️? maa sha Allah ?? curiously waiting waiting??
    ⭐?Ly⭐?

    1. Krystal
      Livy

      Thank you livy ?

  8. ?Ril?

    Where is blue bird ???
    I can’t see her comment also
    Blue bird are u okey little sis??????❤❤

    1. Krystal
      ?Ril?

      Dongsaeng buny fridayga o dhimaavaany. Her dad comes home on friday… so he gives her data..

    2. ?Ril?
      ?Ril?

      Ohhh I ves keen thi comment but eyru geteh nuviey but now I have got it?❤❤?

    3. Krystal
      ?Ril?

      heheh.. gud gud… we will see her on friday…

    4. ?Ril?
      ?Ril?

      Yeah dhw let’s see her ???❤❤❤❤❤❤

  9. Na Jaemin

    Nice.. Krystal siss..
    This is so awesome…..
    Curiously Waiting 4 next part…. Avahah up kohdhehchey…

    1. Krystal
      Na Jaemin

      Awwnnn thank you Na Jaemin????
      Insha allah avahah upkohdheynan ingey

  10. kookie

    omg haadha baivaru ARMYs aa dhimaaveyeh eba.. im so happy.. sis ge fav akee suga tha??my bias is jk

Comments are closed.