ޒާޔާއަށް މަގުމަތިން ހިނގައިފައި ދިޔައިރުވެސް މަލައިކާ ކޮބައިތޯ ބަލައިލެވެއެވެ. މަގުގެ އެކި ދިމަދިމާ ބަލަމުން ޒާޔާ ދިޔައީ މަލައިކާ ފެނޭތޯއެވެ. އެހެންނަމަވެސް ސްކޫލާއި ހަމައަށް ދެވުނު އިރުވެސް އޭނާއަށް މަލައިކާއެއް ނުފެނުނެވެ. “ޕޮއް.” ޒާޔާ ސިހިގެން ދިޔައީ ފަވާޝަތު އޭނާގެ ކަންފަތް ދޮށުގައި ކުޑަކޮށް ހަޅޭއްލެވުމުންނެވެ. “ފަވާ؟ ކޮންއިރަކު؟” ޒާޔާ ސިހިފައި ހުރިވަރުން އޭނާ ކުރަން އުޅުނު ސުވާލުވެސް ރަނގަޅަކަށް ނުކުރެވުނެވެ. “ޕިސް ޕިސް.. ވަރުތަކެއް ވެފައޭ ދޯ ތި ހުންނަނީ އެކަމަކު. އަހަންނަށް މިއަދު ތަންކޮޅެއް […]
ސެންޓްރަލް ޕާކްތެރޭގައި އެހާވެސް މީހުން ގިނައެވެ. އަހަރެން ހުރީ ލަޔާލްގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެގެންނެވެ. އަހަރެން އިށީންދެ އިން ބެންޗުން ތެދުވީ ކޮންމެސް ފިރިހެނަކާ ވާހަކަ ދައްކަން ލަޔާލް ހުއްޓުމުންނެވެ. “ލަޔާލް. ހިނގާދާންދެން. މާލަސްވެއްޖެންނު.” ނަމަވެސް އަހަރެންގެ ބަސްތަކަކަށް ލަޔާލް ފަރުވާލެއް ނުބެހެއްޓިއެވެ. “ކުޑީ ވެއިޓް..” ލަޔާލް ދާން ނޫޅޫމުން އެ ފިރިހެން މީހާގެ މޫނަށް އަހަރެން ބަލާލީ ދަންނަ މީހެއްހެން ހީވުމުންނެވެ. ނަމަވެސް އެ މީހާ އިސްޖަހައިގެން ހުރުމުން ރީއްޗައް މޫނު ފެންނަ ގޮތެއް ނުވިއެވެ. […]
އަހަރެންނާ ސަލްވާ އާ ބައްދަލުވިތާ އަދި މިވީ ގާތް ގަނޑަކަށް 6 މަސް ދުވަހެވެ.ސޯޝަލް މީޑިއާ މެދުވެރިކޮށް އެންމެ ފުރަތަމަ ބައްދަލުވިއިރު އެހާ ރަނގަޅަކަށް ވާހަކަ ނުދެއްކެއެވެ.އަބަދުވެސް ކޮންމެވެސް ކަމަކާ ޒުވާބު ކުރެވެއެވެ.ނަމަވެސް އަހަރެން އަބަދުވެސް އޭނާ ގާތު އަހަރެންގެ އެކުވެރިއަކަށް ވުމަށް އެދި އަހަމުން ދިޔައީމެވެ .ހާލަތާއި ވަގުތު ދިމާކުރި ގޮތުން އޭރު އަހަރެން ވަނީ ކަނު އަނދިރި އަނދަވަޅަކަށް ވެއްޓިފައެވެ.އެކުވެރިއެއްގެ އެހީތެރިކަމަށް ނުހަނު ބޭނުން ވިއެވެ.މިހާތަނަށް އަހަންނަށް އިޙުތިޔާރު ކުރެވުނު އެއްވެސް އެކުވެރިޔަކު އަހަންނަށް […]
“ހަލޯ ހަމްދީސޯ އެއްކަލަ ޕްރޮޖެކްޓް ކަންތަކާ ވާހަކަ ދައްކަން އެ ކޮމްޕެނީގެ ސީއީއޯ މާދަން މާލެ ދާ ހަބަރު އޮތީ ލިބިފަ އެހެންވީމަ އެކަންތަކާ ހަވާލުވެދެއްވާތި” ލަންކާއިން އައި ފޯނުކޯލު ނިމުމުން ހަމްދީ ފޯނު ބޭއްވިއެވެ. މިއީ ވަރަށްވެސް ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހަމްދީމެނަށް ލިބިއްޖިއްޔާމު ވަރަށް ވެސް ބޮޑު ފައިދާއެއްކުރާނެ ހަމަ އެއާއެކު މި ޕްރޮޖެކްޓް އަތުން ދޫވެއްޖިއްޔާމު މުޅި ވިޔަފާރި ހަލާކު ވުމަކީވެސް އެކަށީގެންވާކަމެކެވެ….. 2 އަހަރުގެ ދިގު އިންތިޒަރެއް ނިމުމަކަށް އަންނާތީ […]
ނޯޓު: އަޅުގަނޑު އަނެއްކާ އަލުން މި ނަން ބަދަލުކޮއްލީ ސަބަބަކާއި ހުރެއެވެ. ވަރަށް އަވަހަށް އެ ސަބަބުވެސް ކިޔުންތެރިންނަށް އެނގިގެން ދާނެއެވެ. މީ އަޅުގަނޑު މީގެ ތިން ވަރަކަށް މަސްކުރިން ލިޔަން ފަށާފައިވާ ވާހަކަ ‘ ހިތުގެ އުދާހުން ދުރުވާނެބާ ‘ އެ ވާހަކައިގެ ޓްރެއިލާރ އެވެ. ވާހަކައިގެ ނަމާއި އެކު ވަރަށް ބޮޑެތި ބަދަލުތަކަކާއި އެކީގައި އަޅުގަނޑު މިވާހަކަ އަނެއްކާ އަލުން މި ވާހަކަ ދިގު ވާހަކައެއްގެ ގޮތުގައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. އެންމެ ފުރަތަމަ […]
މަޑުމައިތިރި ސާދާމިޒާޖެއްގެވެރި މަލްކާއަކީ ހަރުދަނާ ޒުވާނެކެވެ. ހިތްތިރި އެކުވެރިއެކެވެ. މައިންބަފައިންދެކެ ނުހަނު ލޯބިވާ ދަރިޔެކެވެ. މަހަލްދީބް ނޫހުގައި މަސައްކަތްކުރި ހީވާގި ނޫސްވެރިއެކެވެ. އެންމެނާއިވެސް ގުޅިގެން އުޅެން ދަންނަ މަޖާ މިޒާޖެއްގެ އިންސާނެކެވެ. މުސްކުޅި ހަރުބަހެއްގައި އޮވެއެއްނޫން ހެއްޔެވެ. ދުނިޔެ ހިނގަނީ ތޮށެލިދުޅަޔަށެވެ. މަލްކާގެ ދިރިއުޅުމަށްވެސްވީ އެފަދަ ގޮތަކަށެވެ. ދިރިއުޅުމެއްގައި މީހަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް މަލްކާ އަށް ހުރީ ފުދިފައެވެ. މައިންބަފައިންގެ ލޮތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި މަލްކާއަށް ލިބެއެވެ. އެންމެ އެކުވެރިކޮށް އުޅޭ […]
ނޫކުލައިގެ ސާފު ބިއްލޫރިކޮޅެއްފަދަ ކަނޑަށް އެޅިފައިވަނީ ހިނިތުންވެފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. ސާލެއް ފަދައިން ދަމާލެވިފައިވާ އުޑުމަތީގައި ތަރިތައް ބަބުޅަމުންދިޔައެވެ. ހަނދުގެ އަލިން އެކުއްޖާގެ ހަންގަނޑު ވިދަމުންދިޔައެވެ. ލޮނުގަނޑު އައިސް ދަނީ އެކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ތެންމާލަމުންނެވެ. އެކުރެހުމަށް ފުރިހަމަކަން ގެންނަމުން ކައިންއަށް ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. މަޣުރިބްނަމާދަށް ބަންގި ގޮވިއަޑު މުޅި މާހައުލުގައި ފެތުރިގަތްއަޑަށް ކައިންއަށް ހޭވެރިކަމެއްވިއެވެ. ނިމިފައިވާ ކުރެހުން ޑްރޯވިން ބްލޮކްގެ ތެރެއަށް ކޮއްޕާލަމުން ކައިން އެއްގަމަށް އަރަން ދުއްވައިގަތެވެ. އެދުވެފައިދިޔަގޮތަށް […]
އެދުވަހުގެ މެންދުރު ވަގުތު އާލިޔާގެ އެދުމަކަށް ޖަމީލާ އެގެއަށް ދިޔައެވެ. އޭނާ ދިޔައީ އަދިވެސް އޭނާ ކުރަން ބޭނުންވާ ކަންތައް މޮޅަށް ކުރެވޭނެ ގޮތަކާއި މެދު އަދިވެސް މޮޅެތި ރޭވުންތައް ރާވަންވެގެންނެވެ. އާލިޔާ އަކީ ވިސްނުން ތޫނު މީހެއްކަމުން ޖަމީލާ އެކަން ކުރުމުގައި އާލިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވިއެވެ. ޒާޔާގެ ރުހުން ހޯދުމަށްޓަކައި އާލިޔާއަށް މޮޅެތި ‘ޓިޕްސް’ ތައް އެނގޭނެކަން ޖަމީލާ ދަނެއެވެ. އާލިޔާ އަކީ އަބަދުވެސް ބޭރު ޑްރާމާތައް ބަލައި އުޅޭ މީހެކެވެ. އެހެންކަމުން […]
ކައިން އަކީ އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ރީތި މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ފެށުނީއްސުރެ ކައިން ބަލަމުން އަންނަނީ ކައިންގެ ބޮޑުދައިތަ ކާއިނާތުއެވެ. އެކާވީސް އަހަރު ވެފައި ހުރި ކައިރާ އަކީ ކައިންގެ ހުރި ހަމައެކަނި ދައްތައެވެ. މޫދަށް ދިޔުމަކީ ކައިން ކުޑައިރުއްސުރެ ބޭނުންވާ ކަމެކެވެ. ނަމަވެސް ކާއިނާތު އެކަމާއި ދެކޮޅު ހަދައެވެ. އޭގެ ސަބަބެއް ކާއިނާތު ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް ކާއިނާތުއަށް އަންގާ ނުލާ ކައިން […]