އެހެންއެއްޗެއް ކައިންއަކަށެއް ނުފެނުނެވެ. “ކާކު..؟” ކައިން ގޮވާލިއެވެ. ޖަވާބުދާރީވާނީ ކާކުހެއްޔެވެ.؟ މޫދުގެ ލޮނުގަނޑުހެއްޔެވެ.؟ ނޫނީ ބެންޗުހެއްޔެވެ.؟ ކައިން ދެފަރާތަށް ބޯހޫރާލަމުން ޑްރޯވިންބްލޮކް ހިފައިގެން މޫދުން އެރިއެވެ. އެންކަލްއަށް އަރާފައި ކައިންއަށް ގެއަށްދެވުނުއިރު ދެގަޑިބައިވެއްޖެއެވެ. ހުޑީ އާއި ޖިންސުސޯޓު އަލަމާރީގެ އެންމެ ދަށަށްލާ ފޮރުވާލަމުން ކައިން ނިދާ އެއްޗެހި ލައިގެން އެނދު މަތީގައި އޮށޯވެލިއެވެ. ވީހާވެސް އަވަހަކަށް ނިދޭތޯއެވެ. ހެނދުނު ހޭލިގޮތަށް ކައިން ފެންވަރައިގެން ސްކޫލަށް ދާން ތައްޔާރުވިއެވެ. އިސްތަށިގަނޑު ފުނާއަޅަނި ކޮށް ކައިންގެ ލޮލުގައި އަލަމާރިދަށުން ޑްރޯވިންބްލޮކްގެ […]
ފުރަ މެންދަން 5 ………………………………….. ^3^ ކައިން ރައިނާގެ ކޮޓަރިދޮރުގައި ޓަކިޖަހާލިއެވެ. ޖަވާބެއްނައެވެ. ދެތިން ފަހަރު ޖަހާލައިގެން ރައިނާގެ ޖަވާބެއް ނައެވެ. ކައިން އެންމެފަހުން މަޑުކޮށްކޮށް ވަރުބަލި ވެގެން ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ. ފެނުނު މަންޒަރުން ނޭވާލާންވެސް ކައިން ހަނދާން ނެތުނެވެ. ^3^ ފާޚާނާއިން ދެންމެއަކު ފެންވަރައިގެން ނުކުތް ޝަވާން ފެނިފައެވެ. ހުރީ ތިރިން ކަޅާއި ހުދު ސްޓްރައިޕް ދަމާލާފައިވާ ސޯޓެއް ލައިގެން އެކަންޏެވެ. ހުރީ ހުސް ގަޔާއެވެ. އޭރުވެސް ފެން ތިކިތައް ގަޔަށް ތަޅަމުން […]
^3^ ކައިން މަޑުމަޑުން ހަރުގަނޑުން ފޮތެއް ނަގައިގެން މެޓްމަތީގައި އިށީނދެލިއެވެ. ލައިބްރަރީކަމުން ހަމަހިމޭނެވެ. ލައިބްރަރީގައި ހުރީ ލައިބްރޭރިއަންގެ އިތުރުން ދެތިންކުއްޖެކެވެ. އެއެންމެންވެސް ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ. ވަގުލޮލަކުން ކައިން ޝަވާންއަށް ބަލަމުންދިޔައެވެ. “މާ ބަލާހިތުން ތިއުޅެނީ ކީއްވެހެއްޔޭ.؟ އެއީ މަގޭ ސުވާލަކީ.” ޝަވާން ކައިންއާއި ދިމާލަށް ބަލާވެސް ނުލާ އެއްސެވެ. “ހުނ.. އިޑިއޯޓިކް ޖަރކީ ޖަރކް ބޯއި..” ކައިން ޝަވާންއަށް މޫނުހަދާލަމުން ޝަވާންގެ އަތުގައިވާ ފޮތުގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. “އާރް.އެލް.ސްޓައިންގެ ގޫސްބަމްޕްސް..؟ ކަލޭ ތިއީ ކުޑަކުއްޖެއްތަ […]
^3^ ކުއްލި އަކަށް ސިޑިން ފައިބަން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ކައިން އަރިއަޅާލައިގެން ވެއްޓުނެވެ. ރެޖިސްޓަރތަކާއި ގަނޑުތައް ބަރިބަރިއަށް ބިމަށް އޮހިގަތެވެ. ކުއްލިއަކަށް ބާރުހުރި ލަތްކެއްޖަހާ މީހަކު ކައިން ތެދުކޮއްދިނެވެ. “ޝިޓް ޝިޓް ޝިޓް..” ކައިން އެޔެއްމިޔެއްނުބަލާ ވެރިފައިވާ ހުރިހާ އެއްޗެއް އަލުން ނަގަންފެށިއެވެ. ހުރިހާ އެއްޗެއް ނަގާފައި ކައިން އެކުއްޖަކަށް ޝުކުރުއަދާކުރަން އެނބުރުނެވެ. ކައިން ދިޔައީ އެއްލިގެންނެވެ. އެތަނުގައި ހުއްޓިގެން ހުރީ ކައިން ހީކުރި މީހުންގެ ތެރެއިން އެކަކެއް ވެސްނޫނެވެ. “ކަލޭތަ..؟” ރައިނާމެންގެ […]
ތައްޓަށް ބިރިޔާނިކޮޅެއް އަޅާފައިފުރަތަމަ ބަތްސުވާ އަނގަޔަށް ލީގޮތަށް ކައިންއަށް މޭޒުގެ ކަނާތަށް ބަލާލެވުނެވެ. ތަފާތު އިހުސާސެއް ކުރެވިގެންނެވެ. އެތަނުގައި ކަޅު ގަމީހަކާއި ނޫޖިންސެއް ލައިގެންހުރި ދޮންފިރިހެންކުއްޖާގެ އެބެލުމުން ކައިން ރުޅި އަންނަގޮތްވިއެވެ. ނަމަވެސް ކައިންއަށް އިއްތިފާގުން އެކުއްޖާގެ މޫނަށް ބަލާލެވުނެވެ. ދެލިކޮޅެއްފަދަ ދެލޮލާއި ގުޅޭ ހަށިގަނޑެކެވެ. މޫނުމަތިން އެހާ ރައްޓެހި ވައްތަރެއް ނުޖަހައެވެ. ކައިން ކެއީ އެ ކުއްޖާއާއި ދިމާއަށް ވައްކަޅިން ބަލަމުންނެވެ. އެކުއްޖާގެ އެބެލުމުން ފިނިވާ ގޮތްވިނަމަވެސް ރައިނާގެގާތު އެވާހަކަ ނުބުނެ މަޑުންހުރީ ރައިނާގެ ގޮތް […]
ނޫކުލައިގެ ސާފު ބިއްލޫރިކޮޅެއްފަދަ ކަނޑަށް އެޅިފައިވަނީ ހިނިތުންވެފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. ސާލެއް ފަދައިން ދަމާލެވިފައިވާ އުޑުމަތީގައި ތަރިތައް ބަބުޅަމުންދިޔައެވެ. ހަނދުގެ އަލިން އެކުއްޖާގެ ހަންގަނޑު ވިދަމުންދިޔައެވެ. ލޮނުގަނޑު އައިސް ދަނީ އެކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ތެންމާލަމުންނެވެ. އެކުރެހުމަށް ފުރިހަމަކަން ގެންނަމުން ކައިންއަށް ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. މަޣުރިބްނަމާދަށް ބަންގި ގޮވިއަޑު މުޅި މާހައުލުގައި ފެތުރިގަތްއަޑަށް ކައިންއަށް ހޭވެރިކަމެއްވިއެވެ. ނިމިފައިވާ ކުރެހުން ޑްރޯވިން ބްލޮކްގެ ތެރެއަށް ކޮއްޕާލަމުން ކައިން އެއްގަމަށް އަރަން ދުއްވައިގަތެވެ. އެދުވެފައިދިޔަގޮތަށް […]
ކައިން އަކީ އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ރީތި މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ފެށުނީއްސުރެ ކައިން ބަލަމުން އަންނަނީ ކައިންގެ ބޮޑުދައިތަ ކާއިނާތުއެވެ. އެކާވީސް އަހަރު ވެފައި ހުރި ކައިރާ އަކީ ކައިންގެ ހުރި ހަމައެކަނި ދައްތައެވެ. މޫދަށް ދިޔުމަކީ ކައިން ކުޑައިރުއްސުރެ ބޭނުންވާ ކަމެކެވެ. ނަމަވެސް ކާއިނާތު އެކަމާއި ދެކޮޅު ހަދައެވެ. އޭގެ ސަބަބެއް ކާއިނާތު ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް ކާއިނާތުއަށް އަންގާ ނުލާ ކައިން […]