Skip to content
އެސްފިޔަ

އަންޖަލް (5)

އަންޖަލް ދެލޯ މަރާ ތުންފަތް ފިއްތާލިއެވެ. ޖައިޝް ކިރިޔާ އަންޖަލްގެ މޫނު ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. އަދި އަންޖަލްގެ ކަންފަތް ކައިރިއަތްގޮސް މަޑުމަޑުން ބުނެލިއެވެ.

” އަހަންނަކީ އެހާ ނުލަފާމީހެއްނުން… އަހަރެން އަންޖަލް ގެ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން..” ޖައިޝް މިހެން ބުނެފައި ގޮސް އޭނާއަށް ހާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނެވެ. އަންޖަލްއަށް ހުރީ ގުޑާލަންވެސް ނޭގިފައެވެ. ދެލޯ މަރައިގެން ހުރިގޮތަށް ހުރެވުނު އިރެއްވެސް ބުނާކަށް ނޭގުނެވެ. އީދުގެ ދެދުވަސް އަންޖަލް އަށް ހީވީ ދެގަރުނުހެންނެވެ. ވީހާވެސް އަވަހަށް މާލެދާން އޭނާހުރީ ބޭނުން ވެފައެވެ. ދެތިން ފަހަރަކު ޝަންމަ ކުރެންވެސް މާލެ ދަނީ ކޮންއިރަކުތޯ އަހާލިއެވެ. ޝަންމަ އާއި ޖުނާން ހީކޮށްގެން ހުރީ އަންޖަލް އައިސުރެ ބަލީ ކަމުގައެވެ.

:ދެދުވަސްފަސް:

ކޮޓަރިންވަދެގެން އައި އަންޖަލް އަތުގައި އޮތް ދަބަސް ނަގާ ބިންމައްޗަށް އެއްލާލުމަށްފަހު އެދުމައްޗަށް ވެއްޓިގަތެވެ. އޭނާ އެއްވެސް މީހެއްކައިރީ ބުނަން ބޭނުން ނުވާ ސިއްރެއް މިއަދު ޖައިޝްއަށް އެގި ހާމަވެއްޖެއެވެ. ޖައިޝް އަނެއްކާ މިގޭ މީހުން ކައިރީ ނުބުނާނެބާއެވެ. ނުނީ ޝަންމަ ކައިރީ ބުނެފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ ޝަންމަ އަކީ އަންޖަލްގެ އާއިލާގައި ހުރި ހަމައެކަނި ފަރާތެވެ. ޝަންމަ އަންޖަލް އާ ދެތެރޭ ދެކޭގޮތް މުޅިން ބަދަލުވެ އަންޖަލްއަށް ނަފްރަތު ކުރަން ފަށައިފިނަމަ އަންޖަލް މުޅިން އެކަނިވެރިވާނެއެވެ. ހުރިހާ ކަމެއް އަންޖަލް ވިސްނަން އޮއްވާ ނިދިޖެހުނެވެ.

ޝަންމަ އެއާރޕޯޓުން އައިސް ފާހަނައަށް ވަތް ގޮތަށް ފާހަނައިން ނުނިކުމެގެން ޖުނާން ދެތިން ފަހަރަކު ދޮރުގައި ޖަހައިފިއެވެ. ޝަންމަގެ ހިލަމެއް ނުވުމުން ޖުނާން ކަންބޮޑުވާންފެށިއެވެ.

“އިއްބޭ… އިއްބޭ… ގެނެސްބަލަ މިކޮޓަރި ފާހަނައިގެ ތަޅުދަޑި..” ޖުނާން ކޮޓަރިން ނިކުމެ އަޑުގެ ނެތް ތަނަށް ގޮވާލިއެވެ. އަސްމާ ދުވެފައި އައީ ޖުނާން އެހާ ބާރަށް ހަޅެލުވުމުނެވެ. އާތިކާއާއި އިސްހާޤް އެކުއެކީހެން އައިސް މައްޗަށް އެރިއެވެ. މުޅި ގެޔަށް ހީވަނީ އެލާރޓް އައިސްގެން އުޅޭހެންނެވެ. ގަދަ ނިދީގައި އޮތް އަންޖަލްއަށް ކަމެއް ވެގެން އުޅޭހެންވެސް ހީނުވެއެވެ. ޖޫދުއާއި ޖައިޝްވެސް ކޮޓަރިން ނިކުމެގެން އައި ޖުނާންގެ އަޑަށެވެ. އިއްބެ ހަލުވި ކަމާއިއެކުއައިސް ޖުނާންއަށް ތަޅުދަޑި ދިއްކޮށްލިއެވެ. ޖުނާން ދުވެފައި ގޮސް ފާހާނައިގެ ދޮރު ހުޅުވާލިއެވެ. ޝަންމާއޭކިޔާ ބާރަށް ގޮވާލުމަށްފަހު އަގައިން ލޭއައިސް ބިންމައްޗަށް ވެއްޓިފައިއޮތް ޝަންމަ ނަގާ އަތްދަޑިމައްޗަށް ލައިގެން އައިސް އެދުގައި ބާއްވާލިއެވެ.

“ދޭބަލަ…. ދޭބަލަ ޑޮކްޓަރަށް ގުޅަން…” ކައިރީގައި ހުރި އިސްހާޤް ކޮއްޕާލަމުން އަސްމާ ބުނެލިއެވެ. އަސްމާގެ ލޮލުން ކަރުނަ އައިސްފައި ހުއްޓެވެ. ޝަންމަގެ ލޯ މަޑުމަޑުން މެރެމުން ދިޔައެވެ. ޖުނާން ޝަންމަގެ ކޮލުގައި މަޑުން ޖަހާލިއެވެ. ދެލޯނުމެރުމަށް އެދެން ފެށިއެވެ. ޖައިޝް ކޮޓަރި ދޮރުމަތީގައި ނުވަދެ ހުރީ އޭނާ އެތަނަށް ވަދެފިނަމަ އޭނާގެ މަންމަ ކިޔާނެ އެއްޗެއް ނޭގޭތީއެވެ. ދެލޯ އުގުޅަމުން ކޮޓަރިން ނުކުތް އަންޖަލް އަށް ޖައިޝް ހާސްވެފައި ހުރި ތަން ފެނުނެވެ. އަދި ޖުނާންމެން ކޮޓަރި ދޮރުމަތީ އެކޮޓަރިއަށް ނަޒަރު ހިންގައިހުރުމުން ކުޑަކޮށް ބިރުގަތެވެ. ޖައިޝް ހުރީ ޖުނާން ދެކެ ރުޅިއައިސްކަން އަންޖަލް އަށް އެގެއެވެ. އަންޖަލް ލޯބިވަނީ ޖުނާން ދެކެކަން އެގުމުން ޖައިޝް ޖުނާންއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ ކަމަށް އަންޖަލް އަށް ގަބޫލުކުރެވެއެވެ. އަންޖަލް ޖުނާން ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ އަސްމާގެ ރުއިމުގެ އަޑު އިވެން ފެށުމުންނެވެ. ޖައިޝްއާ ދިމާލަށް އަންޖަލް ދެލޯ އަޅާލީ ނަފްތަރު ކުރާ ނަޒަރަކުންނެވެ. ޖުނާންއަށް ކަމެއް ކުރިކަމަށް އަންޖަލްއަށް ހީކުރެވެން ފެށުނެވެ. ކޮޓަރި ދޮރުމައްޗަށް އެރިތަނާ ޝަންމަ އެދުގައި އޮތްތަން އަންޖަލްއަށް ފެނުނެވެ.

“ޝަންމާ… ޝަންމާ….” އަންޖަލް އަށް ޝަންމަ އޮތް ހާލުފެނިފައި ތެޅިގަނެވުނެވެ. ދުވެފައި އައިސް އެދުކައިރީ މަޑުކޮށްލުމަށް ފަހު ބާރަކަށް ރޯންފެށިއެވެ.

” ކި.. ކި.. ކިހިނެއް… ވީ….” ރޮމުން ރޮމުން އަންޖަލް އަހާލިއެވެ. އެއްވެސް މީހަކު އަގައިން ނުބުނެއެވެ. އެވަގުތު ޝަންމަ އަސްމާގެ އަތުގައި ހިފާލިއެވެ. އަސްމާ ޝަންމާއާ ކައިރިވެލީ އެއްޗެއް ބުނަން އުޅޭހެން ހީވެގެންނެވެ.

” ރީ..ރީތިވާ.. މޭޒުގެ… ކަބަޑު…” ޝަންމައަށް ބުނެވުނީ މިވަރަށެވެ. އޭނާގެ ފުރާނަ މިދުނިޔެއާއި އަލްވަދާއު ކީއެވެ. މިމަންޒަރު ބަލަން ހުރި ޖުނާންއަށް ގިސްލެވެން ފެށުނެވެ. ލޯބި ނުވިއެއްކަމަކު ތިން އަހަރުވަންދެން އެކުގައި އުޅުނު އަބިމީހާ ނިޔާވެގެން އެދިޔައީ އޭނާގެ ކުރިމަތީއެވެ. އަންޖަލް ޝަންމަގެ ގައިގާ ބާރަށް ބައްދާލައިގެން ހުރެ ރޮމުން ގެންދިޔައެވެ. ޑަކްޓާރ އަސްވަދު އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. މުޅި ކޮޓަރީގައި އަންޖަލްގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އަސްމާ ބެލީ އަންޖަލް ދުރުކުރެވޭތޯއެވެ. ނަމަވެސް އަންޖަލް އިންޗިއެއްވެސް ޝަންމައާ ދުރަކަށް ނުދެއެވެ. ރޮމުން ދިޔަ އަންޖަލްއަށް ބަލަހައްޓައިގެން ހުރި ޖައިޝްގެ ލޮލަށްވެސް ކަރުނަތައް ޖަމާވެފައި ހުއްޓެވެ. އަންޖަލް ހިތާމަކުރާތަން ބެލުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އެންބިއުލާންސްގެ ދެމީހުން އައިސް ޝަންމަގެ ފުރާނަނެތް މަސްގަޑު ސްޓްރެޗާރއަކަށް ލައިގެން ކޮޓަރިން ނެރެން ގެންދިޔައެވެ. އަންޖަލް ދެވެފައި ގޮސް އެމީހުން ކުރިމައްޗަށް އެރިއެވެ.

” ނުން.. ޕްލީސް.. އަހަންނާ ދުރަށް ނުގެންދޭ… ހެޔޮނުވާނެ.. ޝަންމާ ތެދުވެބަލަ… މިމީހުން ކިޔަނީ ޝަންމަ މަރުވިއްޔޯ..” އަންޖަލް މޮޔައަކު ފަދައިން ވާހަކަ ދައްކަން ފެށިއެވެ. ޖުނާންގެ އިޝާރާތަށް އެމީހުން އަވަހަށް އެކޮޓަރިން ނުކުތެވެ. ދެންތިބި މީހުންވެސް އެމީހުން ފަހަތުން ނުކުމެގެން ހިގައިގަތެވެ. އަންޖަލް އަނެއްކާވެސް ދުއްވައިގަތީ އެކަން ހުއްޓުވޭތޯއެވެ. ނަމަވެސް ކޮޓަރި ކުރިމަތީގައި ހުރި ޖައިޝް އަންޖަލްގެ ފަހަތުން އަންޖަލްގައިގާ ބައްދާލީ އިތުރަށް އަންޖަލް އެކަން ކުރުވިއަނުދެންށެވެ. ޝަންމަގެވެސް އިތުރު އާއިލާ މީހަކަށް ހުރީ އަންޖަލްއެވެ. އެހެންކަމުން ޖަނާޒާގެ ކަންތައްތަކާއި މޫނު ދެއްކުމުގެ ކަންކަމުގައި ގުޅާނެ އިތުރު ބަޔަކު ނެތެވެ. ޝަންމަ ގެންގޮސް އެންބިއުލާންސަށް ލާ ދުއްވާލުމުން ޖައިޝް އަންޖަލްގެ ގައިން ދޫކޮށްލިއެވެ. އަންޖަލް ފަހަތަށް އެބުރި ޖައިޝްގެ ކޯމަތީގައި ވަރުގަދަ އެތިފަހަރެއް ޖެހިއެވެ. އަދި ދުވެފައި ސިޑިން ފައިބައިގެން ބޭރަށް ނުކުތެވެ. އޭރު އިސްހާޤު ކާރު ގަރާޖުން ނެރެމުން ދިޔައެވެ.

އާސަހަރާއަށް ދެވުނު އިރު ޝަންމަ ވަނީ ހިނަވާ ކަފުން ކޮށްފައެވެ. މޫނު ދެއްކުމަށް ހާއްސަކޮށްފައިވާ ތަނުގައި ފުދޭވަރަކަށް މީހުން ޖަމާވެފައި ހުއްޓެވެ. އާތިކާ އަންޖަލްގެ ގައިގާ ހިފައިގެން އެދިމާލަށް ހިގަމުން ދިޔައެވެ. އެހިސާބަށް އަރާ ހަމަވިތަނާ އަންޖަލް އަބުރައިގަނެގެން ވެއްޓުނެވެ. ހަދާނެގޮތް ހުސްވެފައި ހުރި ޖުނާންއަށް މިމަންޒަރުފެނުނެވެ. މިދަޑިވަޅުގައި ޝަންމަ ދޫކޮށްފައިދާކަށް ޖުނާންގެ ހިތެއް ނޭދެއެވެ. ލޮލުގައި ހުރި ކަރުނަތައް ފޮހެލުމަށްފަހު އައިސް އަންޖަލް ނަގާ ކައިރީގައި ހުރި ގޮޑިބަރީގައި ބައިންދާލިއެވެ. އަދި އަސްމާ ގާތު އެތާ މަޑުކުރުމަށް އެދުނެވެ. އެކި މީހުން ދުރު ދުރުގައި ތިބެ ޝަންމަ ކުއްލިއަކަށް މަރުވަންވީ ސަބަބަކީ ކޮބާތޯ ސުވާލު އުފައްދަމުން ދިޔައެވެ. ޝަންމަގެ މޫނު ދައްކާ ކަށުނަމާދުކޮށް ވަޅުލާ ނިމުމަށްފަހު ގެއަށް އެންމެން އައެވެ. އޭރުވެސް އަންޖަލްގެ ހޭވެރިކަމެއް ނެތެވެ. އެންމެފަހުން އަންޖަލްއަށް މޫނު ނުދައްކާ ޝަންމަ ވަޅުލަން ޖެހުނީ އެދުވަހުގެ ސަހަރާ މޫނު ދައްކާ ކޮޓަރިތައް ފުލް ވެފައި ހުރުމުން އިތުރަށް މަޑޫ ކުރެވެން ނެތުމުންނެވެ. މުޅިގޭތެރެ ވަނީ އެއްކޮށް ފަޅުވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އަންޖަލްއަށް ހޭވެރިކަންވީ އަސްމާ ދެތިންފަހަރަކު ގޮވާލުމުންނެވެ.

” ޝަންމަ.. ޝަންމަ ކޮބާ… އަހަރެން ގެންގޮސްދީ..” އަންޖަލް އަށް އަނެއްކާ ރޮވެންފެށުނެވެ. އަސްމާ ބެލީ އަންޖަލް ހަމަޖައްސަދެވޭތޯއެވެ. އެތަކެއްވާހަކަ އަންޖަލްއާ ދައްކާ އަންޖަލް ރުއިން ހުއްޓާލިއެވެ. ކޮންމެ މީހަކީވެސް މިދުނިޔެއިން ވަކިވާނެ މީހެއްކަމާއި އެއްވެސް މީހަކީ އަބަދު އަހަރެމެންކައިރީ އުޅޭނެ ބައެއް ނުންކަން ބުނެދެމުން ދިޔައެވެ. ދެން އެބަޔަކަށް ކޮށްދެވޭނެ ކަމަކީ ހެޔޮދުއާ ކޮށްދިނުންކަންވެސް ބުނެދެމުން ދިޔައެވެ. އަންޖަލް އެދުގެ އަނެއްފަރާތަށް އެބުރިގެން އޮވެ ރޯން ފެށިއެވެ. މިދުނިޔޭގައި އޭނާއަށް އަޅާލާނެ އެކަކުވެސް ދެނެއް ނުހުންނާނެއެވެ.

ކޮޓަރިއަށް އައިސްވަތް އަސްމާއަށް ޝަންމަ އެންމެ ފަހުން ބުނިބަސް ހަދާންވާން ފެށިއެވެ. ހިދުކޮޅަކުވެސް މަޑުނުކޮށް ގޮސް ޖުނާންގެ ކޮޓަރިއަށް ވަނެވެ. އަސްމާއަށް ލިބުނު ހިތްދަތިކަން މާ ބޮޑުވެގެން ދިޔައެވެ. ޖުނާން އެދުގެ ތިރީގައި ޝަންމައާއި އެދެމީހުންގެ ކައިވެނީގެ ފޮޓޯގަޑު ނަގައިން އިދެ ރޮމުން ގެންދިއައެވެ. އެކުގައި އުޅުނު ހަދާންތައް ވާންފެށުމުން ގިސްލުން ބާރުވެލައެވެ. ޝަންމަގެ ހިތްހެޔޮކަމަކީ ޖުނާން އަބަދުވެސް ބަލައިގަންނަ ކަމެކެވެ. އަހްލާޤު ރަގަޅު ފިރިމީހާއަށް އަޅާލާ އަތްބަކު ލިބޭނީ މަދު މީހަކަށެވެ. ޝަންމަ ދެކެ ލޯބިވެނުނަމަ ކިހާ ރަގަޅުހޭވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އިންސާނުންގެ ހިތަކީ ފާޑެއްގެ އެއްޗެކެވެ. 6 އަހަރު ލޯބިން އުޅޭ މީހުންވެސް ދިމާވާ ކަމަކުން ދުޝްމަނުންނަށް ވެގެން ދެއެވެ. ޖުނާން އަށްވެސް ބޭއިހްތިޔާރުގައި އެދެވެމުން ދިޔައީ އެހެން ލޯތްބަކަށެވެ.

އަސްމާ ގޮސް ޖުނާންގެ ކައިރީގައި އިށީދެލިއެވެ. އަދި ޖުނާންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.

“މަންމާ..” ޖުނާން އަސްމާގެ ގައިގާ ބައްދާލަމުން ރޮވެންފެށުނެވެ. އަސްމާ ޖުނާންގައިގާ ބައްދާލައިގެން އިރުކޮޅަކު އިނެވެ. އަދި ޖުނާން ހަމަޔަކަށް އެޅުމުން ގޮސް ރީތިވާ މޭޒުގެ ކަބަޑު ހުޅުވާލިއެވެ. އޭގެ ތެރޭގައި 3 ސިޓީއުރަ އޮތެވެ. ކޮންމެ ސިޓީއުރައެއްގައި ނަމެއް ޖަހާފައި އިނެވެ.

” އަންޖޫ.. ޖުން…. މަންމަ..” އަސްމާ މަޑުމަޑުން ކިޔާލިއެވެ. ތިން މީހުންނަށް އިން ތިން ސިޓީއުރަކަން އަސްމާއަށް ދެނެގަނެވުނެވެ. ޖުން އެއީ ޝަންމަ ޖުނާންއަށް ލޯބިން ކިޔާނަމެކެވެ. އެސިޓީއުރަ ގޮސް ޖުނާންއަށް ދިއްކޮށްލިއެވެ. ޖުނާން އޭގައި ހިފާލިއެވެ. އަސްމާ ގޮސް އަންޖަލްގެ ނަން އިން ސިޓީ އުރަ އަންޖަލްގެ މޭޒުމަތީ ބާއްވާލިއެވެ. އަދި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

= ޖުން… އަހަރެން ނެތަސް މާ ބޮޑަށް ދެރަނުވައްޗޭ.. ޖުން އަށް އެގޭ ދޯ އަހަރެން ޖުން ދެކެ ވަރަށް ލޯބިވާކަން… އަހަންނަށް އެގޭ ޖުން އަހަރެންދެކެ ލޯބިނުވާކަން.. އެކަމަކު އަހަރެންދެކެ ކޮންމެވެސް ވަރަކަށް ލައިކްވޭދޯ.. އެނީވޭސް… އަހަރެން މި ނޯޓު ކޮޅު މިލިޔަނީ އެއްވެސް ވަރަކަށް މިގޮތަށް މިވާހަކަ ދައްކަން ބޭނުންވެގެންނެއް ނުން… އެކަމް ޖުން އަށް އެގޭ ދޯ ދެޓް އައި ޑޯންޓް ހޭވް މަޗް ޓައިމް… އަހަންނަށް އެގޭ ޖުން އަންޖަލްއަށް ހިތްކިޔާކަން.. އަހަންނަށް އަންޖަލްވެސް އަދި ޖުންވެސް އެކަކު އަނެކަކަށް އެއްލާ ކަޅި ފެނޭ… އެކަމަކު އަހަރެން އެއްޗެކޭ ނުބުނީ އަހަންނަކީ މާދަމާވެސް މިދުނިޔެއިން ނެތިގެން ދާނެ މީހެއްކަން އެގޭތީ… އަހަރެން ޖުން އަށް އެއްވެސް ހިތްބުރަކަމެއް ނެތް.. އަދި މިއަދު ޖުން އަންޖަލްއާ އިނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް… އަހަރެން އަބަދުވެސް ބޭނުމީ ޖުން އުފަލުގަ އުޅެން… އަހަންނާ ހެދި ޖުންގެ ހަޔާތް ބަރުބާދުވާކަށް އަހަރެން ނޭދެން…. އައި ލަވް ޔޫ ޖުން.. އަހަރެންނަށް ކޮއްދިން ހުރިހާ ކަމެއް އަހަރެން އަބަދުވެސް އެޕްރިޝިއޭޓް ކުރަން..=

ޖުނާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަން ފެށިއެވެ. އޭނާގެ ހިތުގައި އަންޖަލްއަށް ދެވިފައިވާ މަގާމަކީ ހަޤީޤަތުގައި އޭނާގެ އަބިމީހާއަށް ލިބެންޖެހޭ އެއްޗެކެވެ. އަންޖަލްއަށް ޖުނާން ބޭނުންވާ ވަރު ޝަންމައަށް ވަނީ އިގިފައެވެ. ނަމަވެސް އެހިތްތިރި އޯގާތެރިޔާ ވަނީ އެކަން ސިއްރުކޮށް ދުނިޔޭގައި އުޅެން ލިބުނު މަދުދުވަސްކޮޅުވެސް ޖުނާންއާއެއްކޮށް އުފަލުގައި އުޅެން މަސައްކަތް ކޮށްފައެވެ. ތިމާގެ ފިރިމީހާ އެހެން އަންހެނަކަށް އެދުމަކީ އެތަކެއް ވޭނަކާއި ކެކުޅުމެއް އަނބިމީހާއަށް ލިބޭކަމެކެވެ. ޖުނާން ދެލޯ ފޮހެލުމަށްފަހު ސިޓީއުރަ ހިފައިގެންގޮސް އަލަމާރިތެރޭއިން ބޮޑު ފޮއްޓައް ލިއެވެ. އަދި ޝަންމަގެ ހުރިހާ އެއްޗަކަށް ބަލަހައްޓައިގެން ޖުނާންއަށް ހުރެވުނެވެ.

***

ސިޓީ އުރަ ހިފައިން ކޮޓަރިއަށް ވަތް އަސްމާ ގޮސް އެދުގައި އިށީދެލިއެވެ. އޭރު އިސްހާޤް ފާހަނައިން ނިކުންނަނީ އެވެ.

” ތިއޯ..” އަސްމާގެ އަތުގައި އޮތް ސިޓީ އުރަ ފެނުމުން އިސްހާޤް އަހާލިއެވެ.

” ނޭގެ ޝަންމަ ލިޔެފައިން އެއްޗެއް..” އަސްމާ އެކެޑުމަށްފަހު ކިޔަން ފެށިއެވެ. ސިޓީ ކިޔާ ނިމުނު އިރު އަސްމާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ސިޓީގައި ޝަންމަގެ އެންމެ ފަހުގެ ވަސިއްޔަތް ކޮށްފައި އޮތެވެ. ޝަންމަ ނެތް ދުވަހަކުން އަންޖަލް އެކަނި ނުކޮށް ބަލާދިނުމަށް އެދިފައި އޮތެވެ. މަރުމަތީގައިވެސް ޝަންމަ ވިސްނަމުން ދިޔައީ އަންޖަލް އަށް ވާނެ ގޮތަކާ ދޭތެރޭއެވެ. އިސްހާޤާ ދިމާލަށް އަސްމާ ބަލާލީ ހަދަންވީ ގޮތް ނޭގިގެންނެވެ. އަންޖަލް އެގޭގައި ވޭތުކުރި ދުވަސްތަކުގައި ވަނީ އެންމެންގެ ލޯބިވެސް ހޯދާފައެވެ.

” އަހަރެން މާދަން އެންމެނާ ވާހަކަ ދައްކާނަން.. އަހަރެން ދެކެނީ އަންޖަލް އަކީވެސް މިގޭ ކުއްޖެއް ގޮތުގައި… ދެން ނުވިސްނާ ނިދާލާ.. އަހަރެން ތަންކޮޅެއް ފަހުން ނިދާނީ..” އަސްމާ އެދުގައި ބާއްވާދެމުން އިސްހާޤް ބުނެލިއެވެ.

=ނުނިމޭ=

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. Livy

    Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting for the next part ?✨ ly ⚡??

    1. Krystal
      Livy

      ??? Thank you livy
      Ly ❤

  2. ?Ril?

    Hi sis how are u??? Sis mi part ves varah sali ingey . Aley shanma maruvee dhw . Omg dhen vaanee kihineh baa aley . sis When next . Varah curious vey eba!!!!!❤❤❤???and love u so much❤❤❤❤

    1. Laya
      ?Ril?

      Sis ge v close kujjeh gothuga fennany comment in… laya ves beynun frnd vaan ???

    2. Krystal
      ?Ril?

      Hey ril ?
      Alhamdulillah i am good. How about you???
      Hahaha aan shamma maru v… dhen vaa goi balan ril hurey… insha allah soon upload kohdheynan.. lysm ??

    3. ?Ril?
      ?Ril?

      Layaa mee aatha frnd vaan beynumee

  3. Afu

    Alhey shamma maru v dhww ??☹️☹️ btw varah salhi mi part … Hama speechless ???????? bunaane ehcheh hama neygunu … ehaavx reethi … Siss hama molhee ey story liyan … Keep it up siss 🙂 ❤️❤️❤️❤️❤️? Siss alhuga rohvaavx laifi ???? nxt part avahah up kohdhehchey
    When nxt???
    Alhe dhn vaane gotheh kiyaalan meenee mihaaru kehmadhuvefa ☺️☺️☺️??
    Salanghae ❤️❤️❤️????
    anjeon yuji

    1. Krystal
      Afu

      Yes afu ?
      Thank you ❤
      Awwnnn thihaa varah thaureef nukurey ladhuganey ☺☺☺☺
      Alhey sorry afu rohvaalevunyma… i didnt mean it ???
      Next part avas kohdheveytho try kuraanan ingey…
      Nado saranghae ??

  4. Izabell

    Mi part vx varah lwbi ?????? Haadha dhera ey dhw Shamma maru v ma???? btw, im curiously waiting for next part ???? Ly

    1. Krystal
      Izabell

      ?? Thank you izabell
      Asluves dhw…
      Ly ?

  5. Laya

    ?? Masha allah.. sis varah reethi mi bai.. laya mihaaru roven fashaifa.. ??? laya ah varah kamudhey junaan aa shamma aa… junaan loabi nuvias v care kurey nun shamma ah.. eives loaibekey..
    Varah avaha aneh bai kiyan beynun vefa mihiry… sis avahah up kohdechey ingey.. lots of love from laya ❤❤❤❤

    1. Krystal
      Laya

      Thank you laya ?
      Alhey mulhin sakarai dhw.. hurihaa kudhin rohvan dhw mifeshuny ???
      Hahaha.. aan dhw care kurumakyves faadehge loibeh dhw…
      Insha allah avas kohdheynan ingey laya…. lyt ??

  6. Min Suga ❤

    Nice. Waiting for next part

    1. Krystal
      Min Suga ❤

      Thank you Min Suga ❤

  7. ?Ril?

    Yaa layaa alugadu dekeny Krystal sis varah close Koh like a big sis. Dhen sis dhekey gothe Ril akah neyge but hope she think me as close as I do

    1. Krystal
      ?Ril?

      Krystal ves dhekeny thy hama Krystal ge dongsaeng eh gothuga… one of the best readers ???????

    2. ?Ril?
      ?Ril?

      Awn thanks saarangey ❤❤❤❤❤❤❤❤❤❤

  8. Anuahs

    Wowo varah salhi vaahaka eh♥️?. Masha allah♥️. Krystal ge “abadhuves mihithugaa veyey” mi vaahaka ves keen ekam comment nukuran. Evaahaka ves varah salhi. Btw mi vaahaka kuriyah dhaa goiy salhi ekam anjal and jaish maa gulhey kanneynge junaan ah vure.?
    Keep it up krystal.??

    1. Krystal
      Anuahs

      Thank you anuahs…
      Ehentha… anuahs kiyanikoh krystal ah nimuny comment nukuriyas… ???
      Hehhe ehentha… lets see dhw kihinehtho vaany dhen…

  9. taehyung

    aley krystal sis mi part ves varah salhi ingey. maasha Allah.
    kon irakuntha dhen oi part genesdeny

Comments are closed.