Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (އަށްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
June 8, 2020 10 Mins Read
18 Comments

މަލައިކާ ޖަމީލާގެ ފަސްފަހަތުން ހިނގަމުން ދިޔައެވެ. ދުވާލު ވަގުތަށް ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައިވާ ބާރުތައް ވަނީ ބަލިކަށިވެފައެވެ. އެހެންކަމުން އޭނާއަށް ޖަމީލާ ބިރުގަންނަވައިލަން ކުުރެވޭނެ އެއްވެސް ކަމެއް އެވަގުތު ނުވިއެވެ. ޒާޔާއާއި ދިމާވި ދުވަހުން ފެށިގެން މަލައިކާއަށް ޖަމީލާއަކީ ކާކުކަން އޮޅިފައެއް ނެތެވެ. މަލައިކާގެ ބާރުގަދަ ސިކުނޑިއަށް ޒާޔާއާއި ގުޅޭ ކޮންމެ މީހެއްގެ މަޢުލޫމާތު ވަރަށް ސާފުކޮށް އިނގިފައިވިއެވެ. ޖަމީލާ އާއި އާލިޔާ އަކީ ޒާޔާއަށް ރަނގަޅުވާނެ ބައެއް ނޫންކަން އެނގުނު ދުވަހުން ފެށިގެން މަލައިކާ ވީވަރަކުން އެ ދެމީހުންނަށް ފާރަލާން މަސައްކަތް ކުރެއެވެ. އެކަމަކު ދުވާލު ވަގުތު މަލައިކާ ހުންނަނީ ‘ނިކަމެތި’ ވެފައެވެ. ދުވާލު ވަގުތު އެއްވެސް ބާރެއް އޭނާގެ ގަޔަކު ނުހުރެއެވެ.

ނިހާން އޭނާގެ ވަޒީފާއާއި ގުޅޭ މަސައްކަތެއް ނިންމަން އުސްމާންމެން ގެއަށް އައިސް އިނެވެ. ނިހާން މިވަގުތު އެގެއަަށް އައިސް އިނީ ޖަމީލާ ނޫޅޭ ވަގުތަކަށް ވުމުންނެވެ. އުސްމާނާއި ނިހާން ލެޕްޓޮޕް ދޮށުގައި އެ މަސައްކަތެއް ކުރަން ތިބިއިރު ނޫމާން ހަސްނައިން އާއިއެކީ ޕީ.އެސް ކުޅެން އިނެވެ. ހަސްނައިން ވެސް މިއަދު މޫޑު ޚަރާބުވެފައި ހުރުމުން ނޫމާންގެ ގެއަށް އައީއެވެ. ހަސްނައިން އިނީ ޒާޔާގެ ބައްޕަ އިނުމުން އަނގައިން އެންމެ ބަހެއްވެސް ބޭރުކުރަން ނުކެރިފައެވެ. ހަސްނައިން އާއި ނޫމާން އެހާ ފޯރީގައި ގޭމް ކުޅެން ތިއްބައި ކުއްލިއަކަށް ނިހާން އައުމުން ހަސްނައިން ހަމަ އެއްކޮށް އަނގަ ބަންދުވީއެވެ. ދެން މުޅި މީހާ އިނީ ނެގިމަޑުވެފައެވެ. ޓީވީ ސްކްރީން ނޫން އެހެން ދިމާލަކަށް ބަލައިލަންވެސް ހަސްނައިންގެ ހިތަަކަށް ނޭރިއެވެ.

“ކޮބާ ނިމުނީނު މި. ދަނީ އިނގޭ.” ލެޕްޓޮޕް ލައްޕައިލަމުން ނިހާން ބުންޏެވެ. “އާނ ދެން އަވަހަށް ދޭ. މަންޖެ އިންނާނެ މިހާރު ބައްޕަ ނައިސްގެން ބިރުން.” އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުސްމާން އެ ބުނި ޖުމުލައެއްގެ ސަބަބުން ހަސްނައިން އަށް އުސްމާނާއި ދިމާލަށް ބަަލައިލެވުނެވެ. ނިހާންއަށް އެވަގުތު ބަލައިލެވުނީ ހަސްނައިން އާއި ދިމާލަށެވެ. ހަސްނައިން އިރުކޮޅަކު އުސްމާނާއި ދިމާލަށް ބަލަން އިނުމަށްފަހު އަނެއްކާވެސް އޭނާ ޓީވީ ސްކްރީނަށް އޭނާގެ ސަމާލުކަން ދިނެވެ. “ހެހެ.. ދޯ! ނައްޓައިލީއޭ. ފަހުން އަންނާނަން.” ނިހާން ލެޕްޓޮޕް ނަގަމުން އުސްމާނާއި ސަލާމް ކޮށްލިއެވެ.

ޖަމީލާ ބާރު ހިނގުމެއްގައި ގެއަށް އައީ އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވާތީއެވެ. އެކަމަކު ފަހަތް ބަލައިލާ ކޮންމެ ފަހަރަކު އެއްވެސް މީހަކު އޭނާއަކަށް ނުފެނެއެވެ. ދޮރު ހުޅުވާލަން އަތް ހިއްލައިލި ވަގުތު އެތެރެއިން ދޮރު ހުޅުވިގެން ދިޔައެވެ. ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުން ޖަމީލާއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އޭގެެ ދެވަނަ ސިކުންތުގައި އޭނާއަށް ގޭގައި އެވަގުތު ނުހުރެވުނު ކަމުގެ މޮޔަ ހީވިއެވެ. މިހާރު ނިހާން އެއުޅެނީ ގެއަށް ދާންކަން އޭނާ ހުރި ގޮތުން ޖަމީލާއަށް އެނގުނެވެ.

ނިހާން އޭނާގެ ކުރިމަތީ ހުރި އަންހެން މީހާއަށް އިޚުތިރާމް ކުރުމުގެ ގޮތުން ދޮރުގެ އެެއްފަރާތަކަށް ޖެހިލިއެވެ. ނިހާން އެއްފަރާތަކަށް ޖެހިލުމާއިއެކު ޖަމީލާ ގޭތެރެއަށް ވަދެއްޖެއެވެ. އަދި ބިރުގަންނަ ކަމަށް ހެދެމުން އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޖަމީލާގެ އެ ޢަމަލުންވެސް ޖަމީލާ ހިލޭ މީހުނާއި ދުރުދުރުން އުޅޭކަން އުސްމާނަށް ފާހަގަވެގެން ދިޔައެވެ. ޖަމީލާ އަކީ މިހާރު ލަދުޙަޔާތްކުޑަ މީހެކޭ ނުބުނެވޭނެއޭ އުސްމާންގެ ހިތަށް އެރިއެވެ. ޖަމީލާ ކޮޓަރިއަށް ވަތް އިރުވެސް ނިހާން އަށް ޖަމީލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އިރުކޮޅެއްފަހުން ނިހާން އުސްމާނަށް ބަލައިލައި ބުމަ އަރުވައިލީ އެއީ ކާކުތޯ އަހައިލާފަދަ ގޮތަަކަށެވެ. އުސްމާން ދެފަރާތަކަށް ބޯ ހޫރުވައިލީ އެކަމާ އަޅައިނުލާށޭ ބުނާ ގޮތަކަށެވެ. ނިހާން ދެން އިތުރަށް އެ ގޭގައި މަޑުކުރަން ނުހަދައި އުސްމާނަށް ހިނިތުންވެލަމުން ގެއިން ނުކުމެގެން ދިޔައީއެވެ. ކޮންމެއަކަސް އެ ފެނުނު އަންހެން މީހާއާއި މެދު ނިހާންގެ ހިތުގައި ޝައުގުވެރިކަމެއް އުފެދިއްޖެއެވެ.

ހަސްނައިން އަށް ފުން ނޭވައެއް ދޫކޮށްލަމުން ސޯފާގައި ލެނގިލެވުނެވެ. ހަސްނައިން ނޭވާ ދޫކޮށްލި ގޮތުންނާއި ސޯފާގައި ލެނގިލި ގޮތުން ހީވީ ހަސްނައިން މީގެ ކުރިން ނޭވާވެސް ނުލައި އިންހެނެވެ. ތެދެކެވެ! ނިހާން އެ ގެއަށް އައީއްސުރެ ހަސްނައިން އިނީ ހަމަ އެއްވެސް ޙަރަކާތެއް ކޮށްނުލައެވެ. ޖޮއިސްޓިކްގައި ހިފަހައްޓައިލެވިފައިވި ހަސްނައިންގެ އިނގިލިތައް ޙަރަކާތްކުރާކަން އެކަންޏެވެ. އެނޫން އެއްވެސް ޙަރަކާތެއް ނުކޮށް ހަސްނައިން އިނީ ހަމަ ޓީވީ ސްކްރީނަށް ދެލޯދީގެންނެވެ.

“ހާދަ ޔުނިކް ގޮތްތަކެކޭ ދޯ މިހާރު ތި ވަނީ.” ނޫމާން ހަސްނައިންގެ ބޮލުގައި ޖަހައިލަމުން ބުންޏެވެ. “ޔުނިކް އާ ސުނިކް ގޮތްގޮތް ވާނެއްނު. ހަމަ ސަހާދެއް މި ބުނީ ޒާޔާ ބައްޕަ އައީމަ އަހަރެން އިނީ ބިރުން ކިރިޔާ މަރުނުވެ. މިހާރުވެސް ރަށުތެރޭ ދެކެވޭ ވާހަކަތައް މަދެއްނޫނިއްޔަ.” މޭގައި ފިރުމައިލައި މީހާ ހަމައަކަށް އެޅެމުން ހަސްނައިން ބުންޏެވެ. ނޫމާން ދެންވެސް ހީނލިއެވެ. “އަސްލު އެކަހަލަ ކަމެއް ނެތްދޯ؟ އައި މީން ލައިކް…” “އާނ އެކަހަލަ ކަމެއް ނުވެޔޭ. އަހަރެން ހަމައެކަނި ޒާޔާ ސަލާމަތް ކޮށްދިނީ ދޯ. މިހާރު ނޭނގެ ޒާޔާވެސް ހުންނާނީ ވަރަށް ފާޑަކަށް ކަންނޭނގެ. ދެން ނުކެރޭނެ އޭނަ ކުރިމައްޗަށް އަރަންވެސް.” ނޫމާން ބުނަން އުޅުނު ޖުމުލަ ހަސްނައިން އަށް ނަގައިގަނެވުމުން ހަސްނައިން އަވަސްއަވަހަށް އެ ސުވާލުގެ ޖަވާބު ބުނެލައިފިއެވެ. ނޫމާން ދެން އިތުރަށް އެ ވާހަކަ ކުރިއަށް ގެންދާކަށް ބޭނުމެއްނުވިއެވެ. ނޫމާން ބޭނުންވީ ކޮންމެހެންނަކުންވެސް އެމީހުން އެ ކުޅޭ މެޗު ނިންމައިލާށެވެ. ހަސްނައިންވެސް ކުރިއެކޭ އެއްފަދައިން ފޯރިއާއިއެކީ މެޗު ކުޅެން ފެށިއެވެ. ބޯޅަ މެޗު ކުޅެން ދެކުދިން ތިބިއިރު ދެމީހުނަށް ތިބީ ހަމަ ރަނގަޅަށްވެސް ގޭމްގެ ތެރެއަށް ވަދެވިފައެވެ.

ޖަމީލާ އަށް ކޮޓަރިތެރޭ ފުންމަފުންމައިފައި ނެށެނީއެވެ. އޭނާ ކޮޓަރިއަށް ވަންނަން ދޮރުގައި ހިފައިލައިފައި އޭނާ ވަށްކަޅިން ނިހާންއަށް ބަލައިލި ވަގުތު ނިހާން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމުން ޖަމީލާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެ ލިބުނު އުފަލުގައި އޭނާ އާލިޔާއަށް ގުޅައި އެތައް ފަހަރަކު އެ ވާހަކަ ދެއްކިއެވެ. އާލިޔާވެސް ޖަމީލާގެ ވިސްނުންތެރިކަމަށް ތަޢުރީފުކުރަމުން ޖަމީލާއަށް އެކަމުގައި ކާމިޔާބަށް އެދުނެވެ. އަދި ޖަމީލާއަށް އެކަން ކުރެވިއްްޖެނަމަ ޖަމީލާއަށް ވަރަށް އަގުހުރި ހަދިޔާއެއް ދޭނެކަމަށްވެސް އާލިޔާ ބުންޏެވެ. ޖަމީލާ އެ ހަދިޔާ ބޭނުން ނޫންކަމަށް ބުނުމުން އާލިޔާ ފައިސާ ބޭނުމެއްނުވޭހޭ އެހުމުން ޖަމީލާއަށް ދެފަރާތަކަށް ބޯ ހޫރުވައިލަމުން ފައިސާ ބޭނުމޭ ބުންޏެވެ. މިހާރު ޖަމީލާ ދަހިވެތިވެފައިވީ އާލިޔާ އޭނާއަށް ދޭން ނިންމި ފައިސާކޮޅަށެވެ. އެ ފައިސާ ލިބުނު ދުވަހަކުން އޭނާއަށް ނިހާން އާއި އެކީ ވަކިން ގެއެއް ގަނެގެން އުޅެވިދާނެތާއެވެ. ކޮންމެއަކަސް ޖަމީލާ އެ ދުވަހުގެ އިރުއޮއްސެންދެންވެސް ކޮޓަރިތެރޭގައި ނެށީ އެ ކުލަ ނުވާ ހުވަފެންތަކެއް ދެކެމުންނެވެ.

އިރުއޮއްސުނު ވަގުތު ލިލިއަން ގޯތިތެރޭ ހުރި ގަސްތަކަށް ފެން ދީ ނިންމައިލުމަށްފަހު ގޭތެރެއަށްވަނެވެ. ނިހާން އަންނަ ވަގުތު ޖެހޭތީ ލިލިއަން އަވަސްވެގަތީ ނިހާން އަށް ކޮފީ ގިރުމަށެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ވަަގުތު ކޮފީ ބުއިމަކީ ނިހާންގެ އާދައެކެވެ.

ލިޔާ މޭޒުދޮށުގައި ޒާޔާ އިނީ މިއަދު ދިން ފިލާވަޅުތައް ހަދާށެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ފަވާޝަތު އާ ވާހަކަދައްކަމުން ޒާޔާ ފިލާވަޅު ހަދަމުން ދިޔައެވެ. އެވަގުތަކީ ފަވާޝަތުވެސް ފިލާވަޅު ހަދަން އިން ވަގުތަށްވުމުން ދެ އެކުވެރިންވެސް ގުޅައިގެން ތިބީއެވެ. ޒާޔާ ފޯނު ސްޕީކަރަށް ލައިފައި މޭޒުމަތީ ބޭއްވިއެެވެ. “ދެން ފަވާ އަށް ހަމަ ނާދެވޭނެތަ މިގެއަށް؟” ދެރަވެފައިވި އަޑަކުން ޒާޔާ އެހިއެވެ. “އާނ ދެން ކީއްކުރާނީ ޒާޔާ. ހަމައެކަނި ސްކޫލުން ދެމީހުން މި ދިމާވަނީ. ނުވިތާކަށް އަހަންނަށް ބޭރަށްވެސް ނުނުކުމެވޭ މި ބޮޑުދައިތަގެ ކަންތަކާ ހެދި. ބޮޑު ކަމެއް ހުވާ!” ޝަކުވާގެ ރާގަކަށް ފަވާޝަތު ބުންޏެވެ. އޭނާ ހަމަ އަސްލުވެސް އެ އިންނަނީ އާލިޔާގެ ކަންތަކާ ހެދި ބޮލަށް އުނދަގޫވެފައެވެ. “ދެން ފަވާ! އެއީ ފަވާގެ ބޮޑުދައިތައޭ. ތިހާ ވަރުވާކަށް ނުވޭކަންނޭނގެ އަދި.” ޒާޔާ ތަންކޮޅެއް ބާރަށް ބުންޏެވެ. ފަވާޝަތު އެހެންމީހުނަށް އިޚުތިރާމް ކުރާއިރު ފަވާޝަތުގެ އެންމެ ގާތް މީހާއަށް އިޚުތިރާމް ނުކުރާތީ ޒާޔާ ހިތްހަމަ ނުޖެހުނެވެ. “ޒާޔާ އަށް ނޭނގެނީ އަދި މި ވެގެން އުޅޭގޮތް. ބޮޑުދައިތައަށް ކަމަކު ނުދޭ އަހަރެން ޒާޔާއާ އެކީގަ އުޅޭތީ. ބޮޑުދައިތައަށް އެނގޭނެ އަހަރެން ބޭރަށް ނުކުންނަނީ ހަމައެކަނި ޒާޔާއާ ބައްދަލުކުރަންކަން. ބޮޑުދައިތަ ވަރަށް ރުޅިއާދޭ އަސްލު ޒާޔާ ދެކެ. ދެން ބޮޑުދް…” ފަވާޝަތު ވާހަކަ ދައްކަ ދައްކައި ހުއްޓައި ފޯނު ކެނޑުމުން ޒާޔާ ޙައިރާންވިއެވެ. އެވީ ކިހިނެތް ހެއްޔެވެ؟ ގައިމު ދެމީހުން ގުޅައިގެން މިއުޅެނީ އޮންލައިން ކޮށެވެ. ދެން އެވީ ކިހިނެތްހެއްޔެވެ؟

“ކަލޭ ކީއްކުރަން އެ ޒާޔާއަކަށް ގުޅައިގެން މަގޭ ވާހަކަތައް ތި ދައްކަނީ؟” ފަވާޝަތުގެ ފޯނު އަތުލަމުން އާލިޔާ ފަވާޝަތާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ކުއްލިއަަކަށް އައިސް އާލިޔާ ފަވާޝަތުގެ ފޯނު އަތުލުމުން ފަވާޝަތު އިނީ ރުޅިއައިއްސައެވެ. “ގެނޭ މަގޭ ފޯނު. ތީ ބޮޑުދައިތަ މަށަށް ގަނެދިން އެއްޗެއްވެސް ނޫން. ތީ އަހަންނަށް ހެޔޮއެދޭ މީހަކު އަހަންނަށް ގަނެދިން ފޯނެއް. ތީތި އަތުލުމުގެ އެއްވެސް ހައްގެއް ބޮޑުދައިތިގެ ނޯންނާނެ. ސާފުވެއްޖެ؟” ފަވާޝަތުވެސް އާލިޔާ އާއި ދިމާލަށް ހަޅޭއްލަވައިގަންނަމުން އާލިޔާ އަތުން ފޯނު އަތުލިއެވެ. “ކަލޭ މަށާ ދިމާލަށް ހަޅޭއްލަވަން ކެރުނީ އެ ޒާޔާ ބުނެގެން ދޯ؟ ނުލަފާ އެއްޗެއް!” އާލިޔާ އޭނާގެ ބޮލުގައި ހިފަހައްޓަމުން ބުންޏެވެ. “ބޮޑުދައިތަ ކަންތައް މިހާރު މާ މައްޗަށް ތި ދަނީ. އަހަންނަށް ކުރެވޭ ގޯސްކަމެއްގެ އިލްޒާމް ކީއްވެތަ ޒާޔާގެ ބޮލުގަ ތި އަޅުވަނީ؟ ބޮޑުދައިތައަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ޒާޔާ އަކީ ގޯސް ގޮތަކަށް އުޅޭނެ ކުއްޖެއްނޫންކަން…. ބޮޑުދައިތަ އާ ދިމާލަށް ހަޅޭއްލެވުނީތީ އަހަރެން މާފަށް އެދެން. އެކަމަކު އަހަރެންގެ ކަންތަކާ ބޮޑުދައިތަ ނުބެހުނިއްޔާ ރަނގަޅުވާނީ.” ފުރަތަމަ ޖުމުލަތައް ރުޅިވެރިކަމާއިއެކު ބުންޏެއްކަމަކު ފަވާޝަތު ފަހު ޖުމުލަތައް ބުނެލީ މަޑުމައިތިރި ކަމާއިއެކުއެވެ. އާލިޔާ އެއްވެސް އެއްޗެކޭ ނުބުނެ ފަވާޝަތުގެ ކޮޓަރިން ނުކުތެވެ. އާލިޔާ މާ ބާރެއްކޮށް ދޮރު ލެއްޕުމުން ފަވާޝަތުއަށް ދެލޯ މަރައިލެވުނެވެ. ބޮޑުދައިތައަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާ ކުރަމުން ފަވާޝަތު އަނެއްކާވެސް ފިލާވަޅު ހަދަން އިށީނެވެ.

ރަށުގެ ބޮޑު ވަލުތެރޭ މަލައިކާ ހިނގަމުން ދިޔައެވެ. އޭނާގެ މިޞްރާބަކަށްވެފައިވީ ވަލުތެރޭ ހުރި ފަޅުގެއެވެ. އޭނާ އިސްލާމްވުމުން އޭނާގެ އާއިލާއިން އޭނާ ދޫކޮށްލުމާއިއެކު މަލައިކާ އުޅެމުން ދިޔައީ އެ ރަށުގައި ހުންނަ ފަޅުގޭގައެވެ. އޭނާ ފަހަރެއްގައިވެސް އޭނާއަކީ އެ ރަށު މީހުންނަށް ހުރި ބޮޑު ބިރަކަށް ވާކަށް ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ދިރިއުޅެމުން ދިޔައީ ވީހާވެސް މީހުން ނޫޅޭ ފަޅު ހިސާބެއްގައެވެ. މަލައިކާ ކައި ހަދަނީ ގޭ ދޮށުގައި ހެދިފައި ހުންނަ ގަސްގަހުން ލިބޭ މޭވާއާއި ތަރުކާރީއެވެ. މަލައިކާއަށްވެސް ލެއަކީ ވަރަށް މީރު އެއްޗެކެވެ. އެހެންނަމަވެސް ﷲ ހެއްދެވި އެއްވެސް މަޚުލޫޤެއް އޭނާގެ ސަބަބުން މަރުވާކަށް މަލައިކާ ބޭނުމެއްނުވެއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލައިގެން މަލައިކާ ހުންނަނީ އެހެންވެއެވެ.

ޒާޔާ އާއި ދިމާވި ދުވަހުވެސް މަލައިކާގެ ހިތް ގޮތަކަށް ތެޅިލިއެވެ. މަލައިކާ އެ ދުވަހު ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ޒާޔާ ކައިރިއަށް ގޮސް އޭނާގެ ލޭބޯން ބޭނުންވިއެވެ. އެހެންނަމަވެސް ﷲ މަތިން ހަނދުމަކުރަމުން މަލައިކާ ދުވެފައި ދިޔައީއެވެ. އަދި މަލައިކާ އެންމެ ބޮޑަށް ޖެހިލުންވީ އޭނާގެ އަސްލު ސޫރައިގައި ހުއްޓައި ޒާޔާއަށް ފެނުމުންނެވެ. ޒާޔާއަކީ ވަރަށް ނަޞީބުގަދަ ކުއްޖެކޭ މަލައިކާގެ ހިތަށް އެރިއެވެ. ޒާޔާއަށް ނޭނގި ޒާޔާ އެދަނީ ބޮޑު އަނދިރިގަނޑަކަށް ވެއްޓެމުންނެވެ. އެކަމުން ޒާޔާ ސަލާމަތްކުރަން މަލައިކާ ހުރީ އަތުކުރި އޮޅައިލައިގެންނެވެ. އެކަމަކު މަލައިކާއަށް އެވަގުތު ނޭނގުނީ އޭނާއަށްވެސް އެ ހުރެވުނީ ކިހާ ބޮޑު އަނދިރިގަނޑެއްގައިކަމެވެ.

ގޭދޮށުގައި ހެދިފައި ހުރި ބިޔަ ރުކަކުން މަލައިކާ ދެތިން ކުރުނބާ ބިނެވެ. އަދި ތަންކޮޅެއް ދުރުގައި ހެދިފައި ހުރި ފެހި ޖަނބުރޯލު ގަހުން ދޮންވެފައި އިން ފަސް ޖަނބުރޯލު ބިނެވެ. ކުރުނބާ ހަދައި ގޭ ދޮށުގައި ޖަހައިފައި ހުރި މޭޒެއްގެ މަތީ މަލައިކާ އެ އެއްޗެހި ބެހެއްޓިއެވެ. ޖަނބުރޯލުތައްވެސް ފޮތިފޮތި ކޮށްލުމަށްފަހު ކުރުނބަތައް ކައިރީގައި ބެހެއްޓިއެވެ. މަލައިކާ އެ ހުރިހާ ކަމެއް ކުރީ އޭނާ ހުރިތާހުރެ ހަމައެކަނި އޭނާގެ ލޮލުގެ ބާރު ބޭނުންކޮށްގެންނެވެ.

ކައި ނިންމައިލުމަށްފަހު މަލައިކާ އެތާ ހުރި ބިޔަ ގަހުގެ އެންމެ ކޮޅަށް އަރައި ހެދިފައި ހުރި ދިގު އޮފިގަނޑެއްގެ މަތީ އިށީނެވެ. އެ އޮފިގަނޑަށް އެރުމުން ރަށުތެރެ ވަރަށް ރީތިކޮށް ފެންނަމުން ދިޔައެވެ. ވަށައިގެންވި މާޙައުލަށް މަލައިކާ ބަލަން އިނީ އެއްވެސް ކަހަލަ ނުރައްކަލެއް ރަށުތެރޭ އުޅޭތޯ ބެލުމަށެވެ. މި ރަށަކީ އޭނާ އުފަންވި ރަށަކަށް ނުވިއެއްކަމަކު އެރަށް ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެއްކަމުގައި ދެއްކިގެން މަލައިކާ ވަރަށް ފުރިހަމައަށް އެކަން ކުރަމުން ދިޔައެވެ. އޭނާގެ ހަށީގައި ފުރާނަ ހުރިހައި ހިނދަކު އަމާންކޮށް އޮތް އެ ރަށަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވިޔަކަ ނުދޭނެއެވެ.

މަޣްރިބް ނަމާދުކޮށްލައިގެން ޒާޔާ އޭނާގެ ލެޕްޓޮޕް ހިފައިގެން އިށީނެވެ. އޭގެންވެސް އޭނާ ހަދަން ޖެހޭ ފިލާވަޅު ހުރީތީއެވެ. ސްކޫލުން ހަދަން ދީފައިވާ ޕްރޮޖެކްޓްއަށް ބޭނުންވާވަރަށް އިންޓަރނެޓުން މަޢުލޫމާތު ހޯދަމުން ޒާޔާ ޕްރެޒެންޓޭޝަން ތައްޔާރުކުރަމުން ދިޔައެވެ. އެކަމަކީ ފުދޭވަރަކަށް ވަގުތު ހޭދަވާނެ ކަމެއްކަމުން މިރޭ ދަން ވިޔަސް އެ ހަދައި ނުނިމޭނެކަން ޒާޔާއަށް އެނގެއެވެ. ޕްރެޒެންޓޭޝަންގެ އެއް ސްލައިޑް ނިންމައިލެވުނުތަނުން ޢިޝާ ނަމާދަށް ބަންގި ގޮވައިފިއެވެ. އެވަގުތަށް އޭނާ ކުރަން އިން މަސައްކަތް މެދުކަނޑައިލަމުން ޒާޔާ އަވަސްވެގަތީ ނަމާދުކުރާށެވެ.

ބަންގީގެ އަޑަށް ނިދިފައި އޮތް ނިހާންއަށް ހޭލެވުނެވެ. މަޣްރިބް ނަމާދުކޮށްގެން އޮށޯވެލިގޮތަށް އޭނާއަށް ނިދުނީއެވެ. ހަމައެކަނި ނިދުނީއެއްވެސް ނޫނެވެ. މިއަދު މޫނުބުރުގާ އަޅައިގެން ހުރި މީހާއާއި މެދު ވިސްނަން އޮއްވައި އޭނާއަށް ނިދުނީއެވެ. އެ މީހާ ފެނުނު ފަހުން ނިހާންގެ ހިތުގައި އެ މީހަކާއި މެދު ޝައުގުވެރިކަން އުފެދުނެވެ. ނިހާންއަށް އަބަދުވެސް އަންހެން ކުދިން ރީތީ މޫނު ބުރުގާ އެޅީމައެވެ. މާޒީވި ދުވަސްތަކުގައި އޭނާ ޒިޔާނާ ގާތުގައިވެސް މޫނު ބުރުގާ އެޅުމަށް ބުންޏެވެ. އެހެންނަމަވެސް ޒިޔާނާއަށް އަބަދުވެސް ރީތީ ބޮޑު ބުރުގާ ކަމުން އޭނާ މޫނު ބުރުގާ އަޅާކަށް އެއްބަހެއްނުވިއެވެ. ނިހާންވެސް އިތުރަށް އެކަމާ އަޅާނުލީ އެގޮތަށް ހުރުމުންވެސް ޒިޔާނާ ރީތިވެފައި ފުރިހަމަ ކަމުންނެވެ. އެ ޚިޔާލުތަކެއްގައި އޮވެ ނިހާން އަށް ނިދުނުއިރުވެސް އޭނާއަށް ނޭނގުނީއެވެ. ދެލޯ އުނގުޅަމުން އެނދުން ތެދުވެ ފެންވަރައިލައިގެން ދެން ނިހާން ދިޔައީ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި މިސްކިތާއި ދިމާލަށެވެ.

ނަމާދުން ނިމިގެން ޒާޔާ ނުކުތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ލިލިއަން އަށް އެހީވާށެވެ. “ރިހަ ކައްކަނީ.” ފްރިޖުން މަސްކޮތަޅެއް ނަގަމުން ލިލިއަން ބުންޏެވެ. ޒާޔާ ބޯ ޖަހައިލުމަށްފަހު ތެއްޔަކަށް ހަނޑޫ އެޅުމަށްފަހު އެ ދޮންނަން ފެށިއެވެ. ދެމީހުންވެސް ބަދިގެތެރޭ ޙަރަކާތްތެރިވަމުން ދިޔައިރު މަަލައިކާ ބަދިގެ ދޮރުމަތީ އެމީހުން ކުރާ މަސައްކަތްތައް ބަލަން ތިއްބެވެ. އޭނާ ހުރީ ޒާޔާ ކައިރިއަށް ދާން ބޭނުންވެފައެވެ. ޒާޔާއަށްވެސް ކުޑަކޮށް އެހީވެދޭ ހިތުންނެވެ. ނަމަވެސް ލިލިއަން ހުރުމިގެ ސަބަބުން މަލައިކާއަށް އެތެރެއަށް ވަންނާކަށް ނުކެރުނެވެ. އޭނާ ދޮރުމަތީ ހުއްޓެއްކަމަކު އޭނާ ހުރީ ޒާޔާއަށްވެސް އޭނާ ނުފެންނާނެ ފަދަ ގޮތަކަށެވެ. ގޭގެ ދޮރާށި ހުޅުވުނު އަޑަށް މަލައިކާ ފަހަތް ބަލައިލިއެވެ. އޭރު ނިހާން އެތެރެއަށް ވަދެގެން އަންނަނީއެވެ.

މަލައިކާ ނިހާންގެ ފަހަތުން ގޮސް ގޭތެރެއަށްވަނެވެ. އަދި ނިހާން ވަތް ކޮތަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަދެ އެ ކޮޓަރީގައި ހުރި ލިޔާ މޭޒުދޮށުގައި އިށީންދެލީ ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގެ ވަގުތުތައް ގުނަމުންނެވެ. ޒާޔާ އަންނާންދެން އެތަނުން ފޮތެއް ކިޔައިލަން މަލައިކާގެ ހިތަށް އެރިއެވެ. އެގޮތުން އޭނާގެ އަތްޖެހޭ ހިސާބުގައި އޮތް ވާހަކަފޮތެއް ނަގައި އެ ކިޔަން ފެށިއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކާ އެއްޗެހި މޭޒުމައްޗަށް އެރުވުމުގައި ލިލިއަން އުޅުނެވެ. ޒާޔާ ދިޔައީ އޭނާގެ ބައްޕައަށް ގޮވާށެވެ. ދޮރުގައި ޓަކި ޖަހައިލައިފައި ތަޅުގައި ހިފައިލިއިރު ދޮރު ހުޅުވައިފައި ހުރުމުން ޒާޔާ ދޮރު ކުޑަކޮށް ހުޅުވައިލިއެވެ. އޭރު ނިހާން އިނީ އޭނާ ގެންގުޅޭ ނަމްބަރު އައިނު އަޅައިގެން ފޮތެއް ކިޔާށެވެ. “ބައްޕާ. ހިނގާ ކާން.” ނިހާން ފޮތް ބޭއްވުމަށްފަހު ތެދުވެ ޒާޔާއާއިއެކީ ބަދިގެއަށް ދިޔައެވެ. ނިހާން އިށީނުމުން ޒާޔާ ނިހާންއަށް ކާން ހަދައިދީފައި އޭނާވެސް ނިހާން ގާތުގައި ކާން އިށީނެވެ. “ބައްޕާ! އަޅުގަނޑަކަށް ހިއެއް ނުވޭ މިރޭ ނިދޭނެހެނެއް.” ތައްޓަށް ބަތް އަޅަމުން ޒާޔާ ބުންޏެވެ. “އެއީ؟ ބޮލުގަ ރިއްސާތީ؟” ނިހާން އެ ސުވާލު ކުރީ އާންމު ގޮތެއްގައި ޒާޔާ ރޭގަނޑު ނުނިދާނީ ބޮލުގައި ރިއްސާ ކަމަށް ވާތީއެވެ. އެހެނަސް ޒާޔާގެ ފަރާތުން ލިބުނީ އެހެން ޖަވާބެކެވެ. “ނޫން. އެބޮތް ބޮޑު ޕްރޮޖެކްޓް އެއް ހަދަން ދީފަ. އަޅުގަނޑު ބޭނުން އެ އަވަހަށް ނިންމަން. ހިއެއް ނުވޭ މިރޭ ހޭލާ އިނދެގެންވެސް އެ ނިންމޭނެހެނެއް. އެހެންނޫނީ އެ ނިންމަން މާދަން ފަވާގެ ގެއަށް ދިޔަސް އޯކޭތަ؟” ޒާޔާ އެ ސުވާލުކުރުމާއިއެކީހެން ނިހާންއަށް ނޫނެކޭ ބުނެވުނެވެ. ޒާޔާ އެއީ ކީއްވެހެއްޔޭ އެހުމުންވެސް ނިހާން ޖަވާބެއް ނުދިނެވެ. ޒާޔާގެ މޫނުމައްޗަށް އެރި ކުލަވަރު ފެނި ލިލިއަން ވެސް ދެރަވިއެވެ. ޒާޔާއަށް ހުއްދަދޭން ނިހާން ގާތުގައި ބުނަން ލިލިއަން ބޭނުންވިއެވެ. އެހެންނަމަވެސް ލިލިއަން އޭނާ އަކީ ކާކުކަމާއި ކޮން ފެންވަރެއްގެ މީހެއްކަން ހަނދާންކޮށްލަމުން ހިމޭންކަން އިޚުތިޔާރުކުރިއެވެ. “ބައްޕައަށް މިހާރު އެހާ ކަމަކު ނުދޭ ދަރިފުޅު އެގެއަށް ދާކަށް. ފަވާއަކަށް ނާދެވޭތަ މިގެއަށް؟” އެތައް އިރެއްވަންދެން އެއްޗެކޭ ނުބުނެ އިނދެ ނިހާން އެންމެ ފަހުން ސުވާލުކުރިއެވެ. “އާނ ބައްޕާ. ފަވާގެ ބޮޑުދައިތައަށް ކަމަކު ނުދޭ ފަވާ ބޭރަށް ނުކުންނާކަށް.” ޒާޔާ އަސްލު ސަބަބު އޮޅުވައިލަމުން ބުންޏެވެ. އެއްވެެސް މީހެއްގެ ގޯސްވާހަކަ ދައްކާކަށް ޒާޔާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ދެން އެދެމެދުގައި އިތުރު ވާހަކަތަކެއް ނުދެކެވުނެވެ. އެންމެންވެސް ހިމޭންކަން ޚިޔާރު ކުރަމުން އަވަހަށް ކައި ނިންމައިލެވޭތޯ ބެލިއެވެ.

ކައި ނިމިގެން ޒާޔާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ކޮތަރިއަށް ވަދެ ދޮރު ލައްޕައިލައިފައި ކުރިއަށް ހިނގައިގަންނަން އުޅެނިކޮށް މަލައިކާ ފެނުމުން ޒާޔާގެ ދެލޯ ބޮޑުވިއެވެ. މަލައިކާ މިކޮޓަރިއަށް ވަނީ ކިހިނެތްހެއްޔެވެ؟ “މަލައިކާ؟” ސުވާލުގެ ނަޒަރަކުން ޒާޔާއަށް މަލައިކާ އަށް ބަލައިލެވުނެވެ. މަލައިކާ ހިނިތުންވެލަމުން ގޮނޑިން ތެދުވެ ޒާޔާ ކައިރިއަށް ދިޔައެވެ. އަދި ޒާޔާ ގައިގައި ބައްދައިލިއެވެ. “ހެޕީ ޓު ސީ ޔޫ މައި ޑިއަރ ޑިއަރ ފްރެންޑް.” މަލައިކާ އެހެން ބުނެލުމާއި އެއްކޮށް ޒާޔާވެސް މަލައިކާގެ ބުރަކަށީގައި ކުޑަކޮށް ޖަހައިލަމުން މީ ޓޫ އޭ ބުނެލިއެވެ. މަލައިކާ އޭނާގެ ދެލޯ ހަނިކޮށްލަމުން ދޮރުގެ ތަޅަށް ބަލައިލުމާއިއެކު ތަޅުލެވިގެން ދިޔައެވެ. ޒާޔާއާއި ދުރުވެލަމުން މަލައިކާ ޒާޔާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. “އަހަރެން ހަމަ ޒާޔާ އާއި ބައްދަލުކުރާހިތުން މިރޭ މިއައީ. އަހަރެން ހަމަ މިގެއަށް ވަތް ގޮތަށް ޒާޔާގެ ކޮޓަރިއަށް އައިސް މި އިންނަނީ ޒާޔާ ކޮޓަރިއަށް އަންނަންދެން.” މަލައިކާ ބުންޏެވެ. “އެހެންތަ! ހާދަ ރަނގަޅޭ. އެކަމަކު މިރޭ އަހަރެން ވަރަށް ބިޒީވާނެ. އެބޮތް ބޮޑު ޕްރޮޖެކްޓް ގަނ..” ޒާޔާ ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ މަލައިކާ ހޭން ފެށުމުންނެވެ. “ޒާޔާ. އަހަރެން އައީމަ ޒާޔާއަށް މިރޭ ވަރަށް ފަސޭހަވާނެ ކަންނޭނގެ. އަހަރެން ޒާޔާއަށް ހެލްޕް ވެދޭނަން ތި ޕްރޮޖެކްޓް ނިންމަން.” މަލައިކާ އެހެން ބުނެލުމާއިއެއްކޮށް ޒާޔާ އަވަހަށް ހިނގާށޭ ބުނެ ލެޕްޓޮޕް ހިފައިގެން އެނދުގައި އިށީނެވެ. މަލައިކާވެސް އައިސް ޒާޔާ ގާތުގައި އިށީނެވެ.

އެރޭ ބާރަޖަހައި ބޮޑުވިއިރުވެސް ދެ އެކުވެރިން ތިބީ އެ މަސައްކަތުގައެވެ. ޒާޔާ އަށް ނޭނގޭ ކޮންމެ އެއްޗެއް ހަދަން ޖެހޭގޮތް މަލައިކާ އޭނާއަށް ކިޔައިދެމުން ދިޔައެވެ. ގިނަ މަޢުލޫމާތުތައް ޒާޔާއަށް ލިބުނީ މަލައިކާގެ ފަރާތުންނެވެ. މަޢުލޫމާތު ހޯދަން އިންޓަރނެޓް ބޭނުންކުރަން ޖެހުނީ ވަރަށް މަދުފަހަރަކުއެވެ. “މަލައިކާ މުޅި އިންޓަރނެޓްގަ ހުރި ހުރިހާ އެއްޗެއް ހިތުދަސްކޮށްލައިގެންތަ ތިއުޅެނީ؟” ޒާޔާއަށް އެ ސުވާލުކޮށްލެވުނީ އޭނާ ހީކުރިވަރަށްވުރެ މަލައިކާ މޮޅުވީމަައެވެ. މަޢުލޫމާތު މުއްސަނދިވީމައެވެ. “އެއީ ދެން ހަމަ އިނގެނީ. އަހަރެންވެސް ކިޔެވީމޭ ޒާޔާއެކޭ އެއްގޮތަށް. ހެހެ.” މަލައިކާ ޒާޔާއަށް ޙަޤީޤަތް ފޮރުވަމުން ބުންޏެވެ. އޭނާ އަށް ގިނަ އެެއްޗެހި އިނގެނީ އޭނާގެ ސިކުނޑީގެ ބާރުގަދަކަމުން ކަން ބުނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ސިކުނޑީގެ ބާރު ކިތަންމެ ގަދައެއްކަމަކު މަލައިކާއަށްވެސް ފަހުން ކަންކަން ވާނެ ގޮތެއް ނޭނގެއެވެ. އެއީ ވާނެކަމެއްވެސް ނޫންކަމަށް މަލައިކާ މިހާރު ޤަބޫލުކުރެއެވެ. ކުރިން އޭނާ އެކަންކަން ޤަބޫލުކޮށް ފާލުބެލުމާއި އަތްބެލުން ކަންކަންވެސް ކޮށް އުޅުނެވެ. ނަމަވެސް އިސްލާމްދީނުގެ މަތިވެރި ޙިދާޔަތް ލުބުނު ފަހުން މަލައިކާ އެހުރިހާ ނޭދެވޭ ކަންތައްތައް ދޫކޮށްލިއެވެ. އެހެންކަމުން މަލައިކާ އަށް ލިބިފައިވި ހުރިހާ ބާރަކީވެސް އަދި ވަރަށް ކުޑަ މިންވަރެއްކަމަށް މަލައިކާ ޤަބޫލުކުރެއެވެ.

“ޔެސް. ފައިނަލީ ފިނިޝްޑް. ވަރަށް ބޮޑަށް ޝުކުރިއްޔާ މަލައިކާ.” ލެޕްޓޮޕް ބަހައްޓަމުން ޒާޔާ ބުންޏެވެ. “މަރުހަބާ. ދެން އަވަހަށް ނިދަން އުޅޭ.” ޒާޔާގެ ބޮލުގައި ފިރުމައިލަމުން މަލައިކާ ބުންޏެވެ. މަލައިކާ ޒާޔާގެ ބޮލުގައި ފިރުމައިލުމާއިއެކުހެން ޒާޔާގެ ބޮލަށް އުނދަގޫވާކަހަލަ ގޮތެއް ވެގެން ދިޔައެވެ. ޒާޔާ އުނދަގުލެއް ވާފަދައިން ދެލޯ މަރައި ބާރުކޮށްލުމުން މަލައިކާއަށް އޭނާގެ އަނގަމަތީ އަތް އަޅައިލެވުނެވެ. އޭނާއަށް ނޭނގި އޭނާގެ އަތުގެ ބާރެއް ބޭނުން ކުރެވިއްޖެކަން އެނގުމުން މަލައިކާ އަނެއްކާވެސް ޒާޔާގެ ބޮލުގައި ފިރުމައިލިއެވެ. “އަހަރެން ދަނީ އިނގޭ.” އެނދުން ތެދުވަމުން މަލައިކާ ބުންޏެވެ. “ދަންވަރުވެސް އެކަނިތަ ދަނީ؟” ޙައިރާންވެ ހުރެ ޒާޔާ ސުވާލުކުރިއެވެ. “އަހަރެން ބަލާ އައިސް ހުންނާނޭ މީހަކު. އެހެންވީމަ އޯކޭ އެއްނު.” މަަލައިކާ އެހެން ބުނެ އަވަހަށް އެކޮޓަރި ދޮރު ހުޅުވައިފައި ނުކުތެވެ. އަދި ދޮރު ލައްޕައިފައި އެހުރިތާ ހުރެފައި ގެއްލުނެވެ.

ޒާޔާ ހަމަ އެވަގުތު ކޮޓަރިން ނުކުތެވެ. އެއްކަމަކު އެއްވެސް ދިމާލަކުން މަލައިކާގެ ހިލަމެއް ނުވިއެވެ. މިހާ އަވަހަށްވެސް މަލައިކާ ގެއިން ބޭރަށް ނުކުތީހެއްޔެވެ؟ އަޖައިބެއް ކަހަލަ ކުއްޖެކެވެ. ޒާޔާ އަނެއްކާވެސް ކޮޓަރިއަށްވަދެ ލެޕްޓޮޕް ލިޔާ މޭޒުމަތީ ބެހެއްޓުމަށްފަހު ނިދާހެދުން ލައިގެން އޮށޯތެވެ. ހަމަ އޮށޯވެލުމާއިއެކުހެން އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. “މިއޮއްފަދަ ގަޑީ ކާކުތަ މިގުޅަނީ؟” ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ފަވާޝަތެވެ. “ފަވާ އަދި ނުނިދަންތަ؟” މިހާ ލަސްވެފައި ހުއްޓައި ފަވާޝަތު ގުޅުމުން ޒާޔާ އެހިއެވެ. ކިޔަވާ ދުވަސްވަރު ފަވާޝަތަކީ ދަންވަރު އޭނާއަށް ގުޅާ ކުއްޖެއްނޫނެވެ. މިރޭ ކުއްލިގޮތަކަށް އެ ގުޅީ ކޮންމެވެސް ކަމެއް ބޮޑުވެގެންކަން ޒާޔާއަށް ހީވިއެވެ. “ނުނިދިގެން މިއުޅެނީ. ވަރަށް ބޮޑަށް ހުން އައިއްސަ އަހަރެން މިއޮތީ. ބޭރު މީހާ ވީ އޭނަގެ ގެއަށް ގޮސް. ބޮޑުދައިތައަށް ގޮވާގޮވާވެސް އެ ދޮރެއް ނުހުޅުވި. އަހަންނަށް މާދަން ސްކޫލަށް ނުދެވޭނެ ވާހަކަ ބުނަން އަހަރެން މި ގުޅީ. މާދަން ސްކޫލަށް ގޮއްސަ މިސް ގާތު ބުނެދެއްޗޭ. ދެން ބާއްވަނީ.” ޒާޔާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ފަވާޝަތު ފޯނު ކަނޑައިލިއެވެ. ބަލިގޮތަކަށް ފަވާޝަތު ވާހަކަދެއްކުމުން އޭނާ އެއޮތީ ވަރަށް ބޮޑަށްވެސް ހުން އައިއްސަކަން ޒާޔާއަށް އެނގުނެވެ. ޒާޔާ ވަގުތުން އެގެއަށް ދާން ބޭނުންވިއެވެ. އެކަމަކު މީ ދަންވަރު ވަގުތު ކަމުން އޭނާއަށް ނުކުންނާކަށް ނުކެރޭނެއެވެ. ފަވާޝަތު އެ ޙާލުގައި އެކަނި ދޫކޮށްލައިގެން ކަމަކު ނުދާނެތީ ޒާޔާ އާލިޔާގެ ނަމްބަރަށް ގުޅައިލިއެވެ. އާލިޔާއަށް ގުޅާ ކޮންމެ ފަހަރަކު އޭނާ ފޯނު ބިޒީކޮށްލަނީއެވެ. އާލިޔާ ޒާޔާއަށް ނަފްރަތުކުރާކަން ޒާޔާއަށް އެނގުނީ ދެނެވެ. އެކުވެރިޔާއަށްޓަކައި ދުޢާކުރުން ނޫންގޮތެއް އެވަގުތު ޒާޔާއަކަށް ނެތެވެ. ފަވާޝަތުގެ ބަލި ޙާލަތު ހިތަށް ގެނެވުމުން އެރޭ ޒާޔާއަށް ނިދަންވެސް އުނދަގޫވިއެވެ.

މުޅި ގައިގައި ރަޖާގަނޑު އޮޅައިގެން ފަވާޝަތު ދެކޮޅަށް ދެކޮޅަށް ފުރޮޅެން އޮތެވެ. ހީކަރުވާލެއް ބޮޑުކަމުން ފަވާޝަތު އޮތީ ކޮޓަރީގެ ފަންކާއާއި އޭސީވެސް ނިވައިލައިގެންނެވެ. އެހެނެއްކަމަކު އެވަރުންވެސް ހީކެރުވުމަކަށް ބަދަލެއް ނައެވެ. ހިނދެއް ހިނދަކަށް ހުން ގަދަވާތީ ފަވާޝަތު އޮތީ ދެލޯވެސް ހުޅުވައި ނުލެވިފައެވެ. އޭނާ ކިތަންމެ ފަހަރަކު އާލިޔާއަށް ގޮވިއެވެ. އާލިޔާއަކީ ދަންވަރު ނިދާ މީހެއް ނޫނެވެ. އެހެންކަމުން ފަވާޝަތު ގޮވާއަޑު އާލިޔާއަށް ހަމަ ރީއްޗަށް އިވޭނެކަން ފަވާޝަތަށް އެނގެއެވެ. އާލިޔާއަށް ގޮވައިގޮވައި ވެސް އަޅައިނުލުމުން ފަވާޝަތު އެންމެ ފަހުން ކޮޓަރިއަށް އައީއެވެ.

ފަވާޝަތު އެހެން އޮތްއިރު އޭނާގެ މައިންބަފައިން މަތިން ހަނދާންވިއެވެ. މައިންބަފައިން ނެތްކަމުގެ ފަޅުކަން އަބަދުވެސް ފަވާޝަތަށް އިޙުސާސްކުރެވެއެވެ. ޒާޔާގެ މަންމައެއް ނެތްކަމަކު ބައްޕައެއް އެބަ ހުއްޓެވެ. އެކަމަކު ފަވާޝަތުގެ އޭގެން އެކަކުވެސް ނެތެވެ. ފަވާޝަތު ވަރަށް ކުޑައިރު ވަނީ އޭނާގެ މައިންބަފައިން މި ދުނިޔެ ދޫކޮށް ގޮސްފައެވެ. ފަވާޝަތުއަކަށްވެސް ވަކި އޭނާގެ މައިންބަފައިންގެ މަރުގެ ޙަޤީޤަތެއް ނޭނގެއެވެ. އޭނާއަށްވެސް އިވެނީ މީހުންގެ ތުންތުންމަތިން ދެކެވޭ ވާހަކަތަކެވެ. އެއީ ބަޔަކު ފަވާޝަތުގެ މައިންބަފައިން ރަޙުމު ކުޑަގޮތަކަށް މަރައިލި ވާހަކައެވެ.

މީހެއްގެ އެހީއަކަށް އެދި ފެންބޮވައިގަނެފައިވި ފަވާޝަތު އަނެއްކާވެސް އޭނާގެ ފޯނު ނަގަމުން ޒާޔާއަށް ގުޅައިލިއެވެ. ދެތިން ފަހަރަކު ރިންގް ވެލުމަށްފަހު ޒާޔާ ފޯނު ނަގައިފިއެވެ. “ޒާޔާ. ޕްލީޒް. އަހަންނަކަށް ދެން ކެތެއް ނުވާނެ. ކޮޅަށް ތެދުވާނެ ވަރެއް ނެތް މަގޭ. ވަރަށް ބޮޑަށް ގައިގައި އެބަ ރިއްސާ. އައި ނީޑް ހެލްޕް.” ފަވާޝަތު ވާހަކަ ދައްކަމުން ދިޔަ ގޮތުން ހީވީ އޭނާއަކީ ދިގު މުއްދަތަކަށް ބަނޑުހައި ހޫނުކަން މަތީ ހުރި ކުއްޖެއްހެނެވެ. ފަވާޝަތުއަށް ވާހަކަދެއްކުނީވެސް އެހާ ބަލިގޮތަކަށެވެ. “ފަވާ ޑޯންޓް ވޮރީ. އަހަރެން އެބަ ބަލަން ގޮތެއް ވޭތޯ.” ޒާޔާ ފޯނު ކަނޑައިލުމާއިއެކު ފަވާޝަތު ފޯނު ބާލީސް ކައިރީ ބާއްވަމުން އަނެއްކާވެސް ދެލޯ މަރައިލިއެވެ. ދެލޯ މެރިޔަސް ހީވަނީ ދެލޮލަށް ހޫނުފެން އެޅޭހެންނެވެ.

ޒާޔާ އޭނާގެ ކޮޓަރިން ނުކުމެ ނިހާންގެ ކޮޓަރިއަށް ދިޔައެވެ. ދޮރު ތަޅުލައިފައި ހުރުމުން ޒާޔާ ދޮރުގައި ޓަކިދޭން ފެށިއެވެ. ނިހާން ދޮރު ހުޅުވަންދެން ޒާޔާ ހުރީ ކޮޓަރި ދޮރުގައި ޓަކި ޖަހާށެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އެ ޙާލުގައި އޮއްވައި އެކަނި ޙާލަށް ދޫކޮށްލާކަށް ޒާޔާ ބޭނުމެއްނުވިއެވެ. ފަވާޝަތުގެ ބޮޑުދައިތަވެސް ފަވާޝަތަށް އެހީވީކީ ނޫނެވެ. މެންދަމުގެ ވަގުތަށް ވިއެއްކަމަކު ޒާޔާ ފަވާޝަތު އެކަނި ދޫކޮށްނުލާނެއެވެ.

ދޮރުގައި ޓަކި ޖަހައި ޖަހައި ވަރުބަލިވީއިރުވެސް ނިހާން ދޮރު ނުހުޅުވުމުން ޒާޔާ އެންމެ ފަހުން އޭނާ ކޮޓަރިއަށްގޮސް އޭނާ ލައިގެން ހުރި ނިދާ ހެދުން ބަދަލުކުރުމަށްފަހު ކޮޓަރިން ނުކުތެވެ. ފޯނުގެ ފްލެޝްލައިޓް ދިއްލައިލަމުން ޒާޔާ ގޭތެރެއިން ނުކުތެވެ. ފުރަ މެންދަމުގެ ވަގުތަށް ވުމުގެ ސަބަބުން ޒާޔާ ހުރީ ވަރަށް ބޮޑަށްވެސް ބިރުގަނެފައެވެ. އެހެންނަމަވެސް ފަވާޝަތަށްޓަކައި އެ ބިރުވެރިކަން އެއްފަރާތް ކޮށްލުމަށްފަހު ހިނގައިގަތެވެ. ދޮރާށި ދޮށަށް ދެވުނު އިރު ދުރުގައި ހުރި ޖޭމުގަސް ވަރަށް ބޮޑަށް ހެލުނުތަން ޒާޔާއަށް ފެނުނެވެ. ވައިރޯޅިއެއްވެސް ނުޖެހޭއިރު އެ ގަސް އެހާބޮޑަށް ހެލެން ފެށުމުން ޒާޔާ ބިރުގަންނަން ފެށިއެވެ. އެ ގަހާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓައި ކުއްލިއަކަށް އެ ގަހުގެ ތެރެއިން މަލައިކާ ނުކުތުމުން ޒާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 35

Next

ކުއްލި ބަދަލް (1)

Next
June 8, 2020

ކުއްލި ބަދަލް (1)

Previews
June 8, 2020

ނޭނގި ހިތޭ ތި އަތުލީ 35

18 Comments!

  1. Laalu says:
    June 8, 2020 at 2:19 am

    Mee frst thrrrr….. Masha Allah…hama v v v v v reethi…comment nukuriyas In Shaa Allah mi stry gavaaidgun kiyan….dhonthi keep up the gud wrk… lysm❤❤❤❤❤❤❤

    1. Dhonthy says:
      June 8, 2020 at 2:25 pm

      Yes Laalu au mifaharu first libunee. Congrats ? ? ? Thank you so much Laalu dear. Comment nukurevunas gavaaidhun kiyaalangnaa okay inge dear ? ? ? Once again thank you so much. Love you too Laalu <3 <3 <3 <3 <3 <3 <3

  2. Dhonthy says:
    June 8, 2020 at 2:23 am

    Salaam dear readers ? ? ? Miothee auvana episode upload vefa. Unmeedhukuran hurihaa kiyuntherinnau es mi bai kamudhaanekamau ? ? ?Insha Allah dhen oiy episode maadhamaa noon aneh dhuvahu submit kollaanan. And mi bai genesdhinvarau dhigukou genesdheynan Insha Allah. Enjoy reading dears ? ? ? Baajjaveri reakau edhen. Looking forward to your comments. Love you all <3 <3 <3 <3 <3 <3 <3 <3 ? ? ?

  3. Kairaa says:
    June 8, 2020 at 8:38 am

    Wowww…varah varah reethi mi bai vx….vrh curious vehjje…malaikaa hageegai zaayaa ah kiyaadheyne thr anehkaa???curiously waiting for the nxt part….lysm

    1. Dhonthy says:
      June 8, 2020 at 2:26 pm

      Awwww thank you so so so much Kairaa ? ? ? Malaikaage hageegaiy kiyaidheefaanehen heeveytha anekkaa? Let’s see dhw dhn vaane gotheiy. Keep waiting inge Kairaa ? ? ? Love you too dear <3 <3 <3 <3

  4. Izabell says:
    June 8, 2020 at 12:01 pm

    Wow mi part vx varah varah reethi, Ma Sha Allah ???????? Varah interesting❤❤❤❤❤❤❤❤ Alhe Zaya ah dhera gothei nuhadhahchey Dhonthyy ????? When is next part? Imma curiously waiting for next part ????????? Lysssssm

    1. Dhonthy says:
      June 8, 2020 at 2:30 pm

      Awlhey haadha lwbii comment ekey ? ? <3 Thank you sooo much Izabell for this beautiful and colourful comment ? ? ? It really means a lot for me. Alhey dhonthi dhn Zaayaa au dheragotheiy nahadhaanennu dhw ? ? ? Yes dear keep waiting for the next episode. Next part iraadhakurevviyyaa maadhamaa noon aneh dhuvahu submit kollaanan. Love you too Izabell <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  5. Sadha says:
    June 8, 2020 at 2:52 pm

    !!!Hey dhonthy
    Vrh vrh vrh rythi ingey… i’ll be waiting fr next part.. i like malaika.. ♥️♥️

    1. Dhonthy says:
      June 8, 2020 at 4:21 pm

      Hey Sadha ? ? ? Thank you so much dear. Yes dear keep waiting for the next episode. Even I like malaika too ? <3 <3 <3 <3 <3

  6. Maukko says:
    June 8, 2020 at 6:07 pm

    Awlheyy dhonthy massha allah mibai vx v v v v v v teethi….???????this is the best story ever in this world??? b safe dhnthss❤❤❤

    1. Dhonthy says:
      June 8, 2020 at 8:26 pm

      Awlhey thank you so much Maukko ? ? ? Alhamdhulillah vvvvvv ufaavejje mi comment kiyaalaafa. ? ? ? Hehe. Mi story dhuniyeyge enme molhu story au nuvedhaanennu dhw ? ? ? Once again thank you so much dear for this lovely comment. Be safe Maukko <3 <3 <3 <3 <3

  7. މެގްނަމް says:
    June 9, 2020 at 10:00 am

    އޯންންންވް…ދޮންތި ހާދަ މޮޅޭ މާޝާ ﷲ.. މި ޕާރޓްވެސް ވަރަށް ރީތި..ހަމަ ވަރަށް ކިޔާހިތުން އިންދަ އެ ނިމުނީ.. ޑިސްޕިރޭޓްލީ ވެއިޓިންގ..މަޗް ލަވްސް ❤?ދޮންންންންންންންންންންތީ

    1. Dhonthy says:
      July 21, 2020 at 1:09 am

      Awww. Thank you so much mag ? ? ? ? Love you too magnamooooo <3 <3 <3 <3 <3

  8. Shorty says:
    June 10, 2020 at 7:51 am

    Awwn…this story is really gud…Masha Allah dhonthii haadha molhey ..
    Stay home ?
    Stay safe ?

    1. Dhonthy says:
      June 10, 2020 at 8:19 am

      Awlhey ? ? ? Thank you so much Shorty. It really means a lot for me ? Hope to see your comments more often. Stay home and stay safe <3

  9. Maukko says:
    June 10, 2020 at 10:17 pm

    No dhonthy i mibuni i kiy story thakuge therein enmme best story eyy????

  10. SHARAN?? says:
    June 19, 2020 at 12:22 am

    Woww mi prt vx Vv reethi V curious vehje a Eh prt kiyan vx love you soo much dhonthy

    1. Dhonthy says:
      June 19, 2020 at 6:23 pm

      Awww thank you so much SHARAN. love you too SHARAN <3 <3 <3

Comments are closed.

Next Episodeޒާޔާ (ނުވަވަނަ ބައި)←


All Right Reserved!