Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..8

euphoria Level 210 Stories100 Login
June 10, 2020 5 Mins Read
17 Comments

ފަޒާގެ ތެރޭގައި ވަނީ ތެތްފިނިކަމެވެ. ވާރޭގެ ހިތްގައިމު އަޑުން ފަޒާގެ ތެރޭ ލުއި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. ގަސްތަކުގެ ފަތްތަކުގައި ހަރުލާފައިވާ ވާރޭގެ ޝަބްނަމް ތިކިތަށް ފެންނަ ގޮތް އަޖައިބެއްހާ ފުރިހަމައެވެ. ގަސްތަކުގެ ފަތްތައް ދެއަތަކަށް ހޫރެމުން ދިޔައީ އާ ދިރުމެއް ހަށިގަނޑަށް ލިބިގެން އުޅޭ އުސޫލުންނެވެ. ޖެހިލާ ތެތްފިނި ވައިރޯޯޅި ތަކުން ފަތިހުގެ ފިނިކަން އިތުރު ކުރުވާފައިވެއެވެ.

ބޯ ކުއިލްޓްގެ ތެރެއަށް ވަދެ އަރާމު ނިދީތެރޭ ފީނަމުން ދިޔަ އިޔާޝްއަށް ހޭލެވުނީ ބަންގީގެ މަތިވެރި ކަލިމަތައް ކަންފަތުގައި ޖެހުމުންނެވެ. ކަންނެތްކަމާއެކު ތެދުވެ ފާހާނައަށް ވަނީ ޖަމާއަތަށް މިސްކިތަށް ދިއުމުގެ ބޭނުމުގައެވެ. އޭރުވެސް އެސޮރުގެ ލޯ ރަނގަޅަށް ނުހުޅުވެއެވެ. އަވަސް އަވަހަށް ފެންވަރައިގެން ނުކުމެ ގްރޭ ކުލައިގެ އަތްދިގު ޓީޝާޓަކާއެކު ކަޅު ކުލައިގެ ޖިންސްއެއް ލައިގެން މިސްކިތަށް ދިއުމަށް ތައްޔާރުވެލިއެވެ. އިޔާޝް ކޮޓަރިން ނިކުތް ވަގުތުވީ ޖެހިގެން ހުރި ކޮޓަރިން އޭނާގެ ދޮންބެ އިޔާން ވެސް ނިކުން ވަގުތަށެވެ. ދެބެން އެކަކު އަނެކަކަށް ހިނިތުންވެލުިމަށްފަހު އަވަހަށް މިސްކިތަށް ދާން ނުކުތީ ޖަމާޢަތް ފެށެންވާއިރަށް ދެވޭތޯއެވެ.

މިސްކިތުން އިޔާޝްއަށް އޭނާގެ ތިން ރަޙްމަތްތެރިންނާ ދިމާވިއެވެ. އެހެންކަމުން ނަމާދުކޮށް ނިމިގެން ހަތަރު ޒުވާނުން ވެސް މިސްރާބުޖެހީ ކައިރީގައި ހުރި ކެފޭއާ ދިމާލަށެވެ. މި ވަގުތަށްް ވާރޭ ހުއްޓާލައިފައި ވީ ނަމަވެސް މާދުރަށް ދާން ހަތަރު ޒުވާނުންވެސް ގަސްދުނުކުރީ އުޑުމަތި ބަނަކަމުންނެވެ. ކެފޭއަށް ވަދެ ހަމަޖެހިލުމަށްފަހު ހަތަރު ޒުވާނުންވެސް ކޮފީއަށް އޯޑަރު ކުރިއެވެ. އެކިވާހަކަ ތަކުގައި ތިއްބާ ފަސްވަރަކަށް މިނިޓު ފަހުން ކޮފީ ލިބުނެވެ. އެއާއެކު ހަތަރު ޒުވާނުންވެސް ބެލީ ކޮފީގެ އަސަރުން ހަށިގަނޑު ތާޒާކޮށްލާ ހަށިގަނޑުގައި ހިފައިފާވާ ފިނިކަން ކުޑަކޮށްލެވޭތޯއެވެ. ” އެއްބައި ކުދިންގެ މޫނުމަތިން ހާދާ ހަނދުވަރު ދެޔޭ އެބަ މިދުވަސްކޮޅު.. ވާން ބްރޯ ވަޓްސް އަޕް..” ޒީވާންގެ މޫނުމަތިން އެހެންޏާ ނުފެންނަ ކަހަލަ ހިނިތުންވުމެއް ފެންނަން ހުރުމުން މަޑު ހުނުމަކާއެކު އިޔާޝްް އަހާލިއެވެ. ކައިރީ ތިބި ޝާނިމް އާއި އަޔާންް ވެސް ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާ އުސޫލުންނެވެ. ” ދޮންބޭ” ޖަވާބު ދިނުމުގެ ބަދަލުގައި ޒީވާން ޝާނިމްއަށް ގޮވާލިއެވެ. އެއާއެކު ޝާާނިމް ކޮށިއަރައިގަތެވެ. އަނގައިގައި ކޮފި ނެތްކަން އެއީ ކުރިމަތީ އިން އަޔާންގެ ނަސީބެވެ. އެހެންނޫންނަމަ އަޔާންގެ މޫނު މަތި ކޮފީއިން ދޮވެލެވުނީހެވެ.

ހައިރާންކަމާއެކު ޝާނިމް އޭނާ އާ ޖެހިގެން އިން ޒީވާންގެ މޫނަށް ބަލައިލީ އޭނާ ދޮންބެ އޭ ކިޔާފައި ގޮވާލުމުންނެވެ. ދެބެންގެ ދެދަރި ދެކުދިން ނަމަވެސް ދެމީހުންގެ ދޭތެރެ އޮންނަ އެކުވެރިކަމުގެ ސަބަބުން ދެމީހުން އެކަކު އަނެކަކަށް ގޮވާ ހަދަނީ ނަމުންނެވެ. އާއިލާ މީހުން ވެސް އެކަން ކަމަކަށް ނަހަދަނީ އެ އެކުވެރިކަމުގެ ސަބަބުންނާއި އުމުރުގެ މާ ބޮޑު ފަރަގެއް ދެކުދިންގެ ދޭތެރޭ ނެތުމާވެސް އެކުގައެވެ. ޝާނިމް ޒީވާންއަށް ވުރެ ބޮޑުވާާނީ އެންމެ އަހަރެކެވެ. ޒީވާން އޭނާއާ ދިމާލަށް ދޮންބެ އޭ ކިޔާފައި ގޮވާލާނީ ހާލަކުން ފަހަަރަކުއެވެ. އެވެސް ކަމެއް ބޭނުން ވެއްޖެއްޔާއެވެ. ” ކޮންކަމެއް ބޭނުންވީ؟” ނަފްސު ހަމައަކަށް އަޅުވާލަމުން ޝާނިމް ޒީވާން ކައިރި އަހާލިއެވެ. “ފަހަރިއަށް ގުޅާދީބަ.. ވާހަކައެއް ބުނަން. ޕްލީޒްޒްޒް”

ޒީވާން އެހެން ބުނެލި ގޮތުން ކައިރީ ތިބި ތިން މީހުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ޒީވާން ހީވީ ކުޑަކުއްޖަކު ބައްޕަ ކައިރި ކުޅޭ އެއްޗަކަށް ބޮޑާހާކާާލިހެންނެވެ. ” އެކީއްކުރަން؟ އަމިއްލައަށް ވެސް ގުޅޭނެއްނު..” ހިނިގަނޑު މައިތިރި ކުރަމުން ޝާނިމް ބުނެލިއެވެ.” ހްމް ގުޅޭނޭ އެކަމު ދޮންބެ ގުޅީމަ އަވަހަށް ފޯން ނަގާނޭ”

ގޮނޑީގައި ހަމަޖެހިލަމުން ޒީވާން ބުނެލިއެވެ.” އެކަމް ކަމެއް ބުނީމަ ގުޅާނީ..” ޝާނިމް ވެސް ގަދަކޮށްލިއެވެ. އެއާއެކު އަޔާން އާއި އިޔާޝް ވެސް އެކަމަށް އެއްބަސްވެލިއެވެ. އެހެންކަމުން ހަތިޔާރު ބަހައްޓާފައި ޒީވާންއަށް ޖެހުނީ އޭނާގެ ބޭނުން ކިޔައި ދޭށެވެ.” އޯކޭ އޯކޭ މިއުޅެނީ އިޝްޤީ ބަލި ޖެހިގެން.. މަ ބޭނުންވަނީ ޝިމާ އަހަރުންގެ މީހަކަށް ހަދަން އެހެންވެ ފަހަރި ގޮއްޔައަށް ގުޅާދޭށޭ މި ބުނީ ޝިމް ގެ ބާތްޑޭ އަހަންވެގެން.. މަ ބޭނުން ވަރަށް ސްޕެޝަލް ގޮތަކަށް ޝިމްއަށް ޕްރްޕޯޒްް ކުރަން” ޙިޔާލެއްގައި އިނދެ ޒީވާން އޭނާގެ ބޭނުން އެންމެ ގާތް ތިން އެކުވެރިންނާ ހިއްސާކުރިއެވެ. އެމީހުންވެސް އެކަމަށް ތާއީދުކޮށް ޒީވާންއާ ވަރަކަށް ދިމާކޮށްލިއެވެ. ޝާނިމްވެސް ތިމަންނަގެ ކޮއްކޮ ބޮޑުވީ ދޯޯ އޭ ކިޔަމުން ސާޔާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ތިންވަނަ ރިންގާއެކު ސާޔާ ފޯން ނެގުމުން ޝާނިމް މި ގުޅީ ޒީވާން ބުނެގެން ކަމުގައި ބުނެ އެންމެންނަށް އަޑު އިވޭނެހެން ފޯން ސްޕީކަރަށްް ލިއެވެ. ” ކީކޭ ވާންް” މަޑުމައިތިރި ކަމާއެކު ސާޔާ ޒީވާންގެ ކައިރި އަހާލިއެވެ. އެއާއެކު ޝާނިމްްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ސާޔާގެ އަޑުގައި ހުރި މަޑުމައިތިރި ކަމުންނެވެ. އެއަޑުން އެކަނިވެސް ޝާނިމްގެ ހިތަށް ހަމަޖެހުން ގެނެސްދިނުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް ހިތުގެ އެއްކަނެއްގައި އަދިވެސް ބިރުވެރި ކަމެއް ވަކި ހިއްޕާލާފައި ވަނީ އިއްޔެ ފޯންއަށް އައި މެސެޖްގެ މަތިން ހަނދާންވެފައެވެ. ” ދޮންބެދައްތާ” ޒީވާން ނިކަން ލޯބިން ސާޔާއަށް ގޮވާލިއެވެ. އެއާއެކު ކައިރީގައި އިން ޝާނިމް ޒީވާންގެ ބޮލުގައި ޖަހާލިއެވެ. ސާޔާއަށް ވެސް ހެވުނީ ޒީވާން ގޮވާލި ގޮތުންނެވެ. “ނާޔާ އާއި މީޝާ ލައިބަ ކޮންފަރެންސް އަށް ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެގެެން”ނާޔާ އޭ ބުނުމުން ޒީވާންގެ ކުރިމަތީ އިން އިޔާޝްގެ ހަށިގަނޑަށްް ނޭނގޭ ފޯރިއެއް އަރައިގަތެވެ. ނާޔާ އާ ބެހިލަންމީ ރަނުގެ ފުރުސަތެކޭ އެސޮރުގެ ހިތަށް އެރިއެވެ.

ބޭނުންވާ ކަންތަށް ބުނުމުގެ ކުރިން އެ ދެމީހުން ކޮންފަރެންސް އަށް ލާން ޒީވާން އެދުނީ އެއީ ވެސް މުހިންމު ބަޔަކަށް ވާތީއެވެ. ހަމައެކަނި އެ ދެމީހުން ކޮންފަރެންސް އަށް ލާން ބުނުމުން ޒީވާންގެ މަޤްސަދު ކޮންމެސް ވަރަކަށް ސާޔާ އަށް ރޭކާލިއެވެ. އެހެންކަމުން ދެކޮޅުހެދުމެއް ނެތި ސާޔާ އެކަން ކުރުމައިގެން އުޅުނެވެ.

” ހަލޯ.. ޔާ ހާދަ ނުގަޑިއެެއްގަ ތި ގުޅާލީ” އިވިގެން ދިޔަ މީޝާގެ އަޑުން އަޔާންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. ހިނިތުންވެލެވުނީ ވެސް ބޭއިޙްތިޔާރުގައެވެ. ނަމަވެސް އަންހެނުންގެ މަކަރުވެރިކަން އެއްފަހަރު ތަޖުރިބާކޮށްފައި ވުމުން އަޔާންގެ މޫނު މަތިން އެ ހިނިތުންވުން ފޭދެން ސިކުންތު ކޮޅެއްވެސް ނުނެގިއެވެ.

ރިންގުވަމުންދިޔަ ފޯނަށް ބަލަހައްޓައިގެން އިން ނާޔާގެ ލޮލުގައި ވަނީ ކަރުނައެވެ. އެ ފޯން ނަގަންވީތޯ ނުވަތަ ނޫންތޯ ނާޔާގެ ސިކުނޑި ދިޔައީ ވަރުގަދަ ބަހުސް އެއް ކުރަމުންނެވެ. ލޮލުގައިވި ރަތްކަމާއި ދުޅަކަަމުން ރޭ ހަތަރުދަން ހޭދަކުރީ ނުނިދާކަން އެނގޭހާވެއެވެ. ނަމަވެސް ރިންގުކެނޑުމުގެ ކުރިން އެ ކޯލް ނަގަން ނިންމީ މީ އެ ދައްްތަ އާއި މިގޮތަށް ވާހަކަ ދައްކާލެވޭނެ އެންމެ ފަހުފަހަރޭ ހިތަށް އަރުވަމުންނެވެ. ނަފްސު ހަމައަކަށް އަޅުވާލާ ނާޔާ އޭނާގެ އަޑުވެސް ހަމައަކަށް އަޅުވާލީ ސާޔާއަށް އޭނާ ރޮއެފާ ހުރިކަން ސިއްރު ކުރުމަށެވެ.

” ކޮންތާކު ރޯވީ..” ނާޔާ އޭނާގެ އާދައިގެ މަތިން ފުރަތަަމަވެސް ސާޔާއާއި ބެހެލިއެވެ. ” މަންޖެ އަވަނަށް ފިހަން ލައިފަ ހުރި ކަޕްކޭކް ތަކުގަ..” ލާނެތް ހިނިގަނޑަކާ އެކު އިޔާޝް އޭނަގެ ކޮންމެ ދުވަހެއްގެ ވާޖިބު ފުރިހަމަކޮށްލިއެވެ. އެއާއެކު އެންމެންނަށް ވެސް ހެވުނީ އިޔާޝް ނާޔާ އަށްދިން ޖަވާބު އަޑު އަހާފައެވެ. “ޔޫ ޑޮންކީ” އިވުނީ އިޔާޝްގެ އަޑުކަމުން ނާޔާގެ އަޑަށް ވަގުތުން ރުޅިވެރިކަން ވެރިވިއެވެ. ” ޔެސް މަންކީ.. ވާހަކަ އާގެން ކުރިޔަށް” ހިނިގަނޑަަކާއެކު އިޔާޝް ނާޔާއަށް ރައްދު ދިނެވެ. ” ހުހް މަ މިއުޅެނީ ކަލެއާ ދައްކަން ހުރި ވާހަކަތައް ގިނަ ކަމުން ނޭވާ ނުލެވިގެންވިއްޔަ ” ފޫހިގޮތަކަށް ނާޔާ އިޔާޝްއަށް ރައްދުދިނެވެ. އޭރު އެދެމީހުންގެ ކޯޅުންގަނޑު އަޑު އަހަމުން ދިޔަ ފަސް މީހުން ތިބީ ހީހީ ހަލާކުވާން ގާތްވެފައެވެ. ކެފޭގައި މިވަގުތު މީހުން ނެތުމީ ނަސީބޭ ތިން ޒުވާނުންގެ ހިތަށް އެރިއެވެ. ވަގުތުގެ ގޮތުންނާއި މިއަދުގެ މޫސުމުގެ ގޮތުން މިވަގުތު ކެފޭގައި ތިބީ އެ ހަތަރު ޒުވާނުން އެކަންޏެވެ. ނަމަވެސް އެ ތިން ކުދިންނާ ޙިލާފަށް އިޔާޝް އޭނާ އިން މާހައުލަށް ވިސްނާނުލާ ނާޔާ އާ ޖަދަލު ކުރަން ފެށި ގޮތުން އަނެއް ތިން މީހުނަށް ބޯހޫރާލެވުނެވެ. ” ޕިސް ޕިސް އަޅެފަހެ ތި ދެމީހުން ކޯޅެންތަ މަށަށް ނާޔާ ކޮންފަރެންްސްއަށް އަރުވާށޭ ބުނެވުނީ” ހިނިގަނޑު މަތަ ކުރަމުން ޒީވާން ބުނެލިއެވެ. ” ސޮރީ ބްރޯ ދުވަހުގެ ވާޖިބު ފުރިހަމަކޮށްނުލާ ނުހުރެވުނީ” ހެމުން ހެމުން އިޔާޝް ޒީވާން ގާތުން މާފަށްއެދުނެވެ.

ޒީވާން ވެސް ތަންކޮޅެއް ސީރިއަސް ވެލުމަށްފަހު އޭނާގެ ބޭނުން ތިން އަންހެން ކުދިން ކައިރި ބުނެލިއެވެ. އެމީހުން ބުނި ގޮތުންނަމަ ޝިމާގެ އުފަންދުވަހަކީ ޖެހިގެން އަންނަ ހުކުރު ދުވަހެވެ. އެއާއެކު ޒީވާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އޭނާ ބޭނުންވި ގޮތަށް ކަންތައް ކުރެވޭނެތީއެވެ. ޒީވާން އޭނާ ޕްލޭން ކޮށްފައިވާ ގޮތް އެމީހުނަށް ކިޔައިދިނުމުން އެ ގޮތް ވަރަށް ފުރިހަމަ ކަމަށް ބުނެ ޒީވާންއަށް އެއެންމެން ވެސް ތަޢުރީފު ކުރިއެވެ. ހިނިތުންވެލުމަށްފަހު ޒީވާާން އެ ތިން އަންހެންކުދިންނަށް އެ ކުދިން ކޮށްދޭންވީ ކަންކަން ކިޔާދިނުމަށްފަހު އެ ވަގުތަށް ފޯން ބޭއްވީ އޭނާ ބުނި ކަންތައް އެ ތިން ކުދިން ކޮށްދޭނެ ކަމަށް އެއްބަސްވުމުންނެވެ. އެއާއެކު ތިން އަންހެން ކުދިންވެސް ފޯނު ބޭއްވީ ޝިމާއަށްޓަކާ އުފާކުރާ ހާލުގައެވެ.

އެދުވަސް އެއްކޮށް ކަހަލަ ގޮތަކަށް އެ އެންމެން ވެސް ހޭދަކުރީ ޒީވާންއަށް އެކި ކަންކަމުގައި އެހީވުމުގައެވެ. ހަޤީޤީ ރައްޓެހި ކަމުގެ ލާމަސީލު މިސާލެކެވެ. ޒީވާން އާއި ޝިމާގެ އުފަލަށްޓަކައި އެދުވަސް އެއްކޮށް އެކި މަސައްކަތުގައި އެ ކުދިން ހޭދަކޮށްލީ އެއްވެސް ޝަކުވާ އަކާނުލައެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ގޭގައި އަމިއްލަ ކަންކަމައިގެން އުޅެމުންދިޔަ ޝިމާއަކަށް ނުވެއެވެ. އެނާގެ ރައްޓެހިން ނުގުޅައިގެން ޝިމާގެ އެތައް ހާސް ޝަކުވާއެއް މިހާރު ސާޔާމެންނަށް އަޑު އަހަންވެސް ޖެހިއްޖެއެވެ. ނަމަވެސް އެ ކުދިން ޝިމާ ހަމައަކަށް އަޅުވާލީ އެއްވެސް އުނދަގުލަކާ ނުލައެވެ. ޝިމާއަށް އެނގިފައި އޮތް ގޮތުންނަމަ އޭނާގެ ރައްޓެހިން އުޅެމުން ދިޔައީ ގޭގެ އެކިކަންކަމުގައި ވަރަށް ބުރަ ކޮށެވެ. އެހެންކަމުން ޝިމާވެސް އެކަމާ މާ ބޮޑަށް އަޅާނުލައި ހުރީ އޭނާގެ ދޮންތަ ވެސް މިއަދު ބަލިކޮށް އުޅޭތީވެ ގޭގެ އެކި މަސައްކަތް ކުރަންހުރުމުންނެވެ.

ވަގުތަކީ މެންދަމުގެ ހަމަހިމޭން ވަގުތެވެ. ލޯތައްމެރި މަޑުދާންތަކުގައިވާ ހަށިގަނޑުތައް އަރާމު ނިދިން އުފާ ހާސިލް ކުރަމުން ދިޔަ ނަމަވެސް ނިދި ވަނީ ނާޔާ އާ ރުޅި ވެފައި ކަހަލައެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ނާޔާގެ ކަރުނުންފުރިފައިވި ދެލޯ އަމާޒުވެފައިވަނީ ކަޅުކުލައިގެ ސާލެއްލެވިފައިވާ ހާމަ އުޑަށެވެ. އަބަދުހެން ތަރިތަކުން އެއުޑު ފުރާލެވިފައި ވީނަމަވެސް މިރޭ ތަރިތައް ވެސް ކަޅު ވިލާތަކުގެ ފަހަތުގައި ފިލާ ތިބީ ނާޔާގެ ހިތާމައިގައި ބައިވެރިވާ ފަދައަކުންނެވެ. ” ވައި؟” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ނާޔާގެ ވޭނީ ގިސްލުމުގެ އަޑުންނެވެ. ރިހުން އެކުލެވިފައިވާ އެއަޑު އިވޭ ކޮންމެ މީހެއްގެ ހިތަށްވެސް އަސްރު ކުރާނެކަން ގައިމެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު ނާޔާ އޭނާގެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލީ އައިޒަން ކީ ބަސްތައް ކަންފަތް ދަށުގައި ގުގުމަން ފެށުމުންނެވެ. ވޭނީ އަޑަކުން ހަޅެއްލަވައި ގަނެވުނީ އެ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ. ކިތަންމެ ހަނދާންކުރަން ބޭނުންނުވިޔަސް ރޭގައި ރަސްފަންނުގައި ހިނގި ކަންތައް ނާޔާގެ ލޮލު ކުރިމަތީ އެނބުރެން ފެށިއެވެ. ހިޔާލަށް އަންނަން ފެށީ އެ ހިތްދަތި ވަގުތު ކޮޅެވެ.

**********************************************************************

ކިތަންމެ ގިނަ ވަގުތު އައިޒަން ކުރިމަތީ ކަރުނަ އަޅާ ރުޔަސް އައިޒަންގެ ހިލަ ހިތަށް އަސަރު ނުކުރާނެކަން އެނގޭތީ ނާޔާ ފަސްއެނބުރި ރަސްފަންނުން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް ހުރި ފިޔަވަޅުމަތީ ހުއްޓެން މަޖުބޫރުވީ އައިޒަން ނާޔާގެ އަތުގައި ހިފާލުމުންނެވެ.  އަތް ފޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިޒަން ހިފަހައްޓާލައިފައިވާލެއް ބާރު ކަމުންނެވެ. ” އައި ލަވް ސާޔާ ” ދެން އައިޒަން ބުނެލި ބަސް ތަކުން ނާޔާ އަށް ހީވީ އޭނާގެ ވަށައިގެންވާ މާހައުލު އެނބުރިގަތްހެންނެވެ. ލޮލަށް ކަރުނަތަށް ބޮނޑިވެގަތީ އިޙްތިޔާރަކާ ނުލައެވެ. ސިކުންތު ކޮޅަކަށް ނަމަވެސް ހިތުގެ ތެޅުން ހީވީ ހުއްޓުނުހެންނެވެ. ހިތުގައި މީހަކު ވަޅިން އަނިއެޅިޔަސް އެހާ ވޭން ނާޅާނެކަން ގައިމެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ދެލޯ ފިއްތާ ބާރުކޮށްލެވުނީ އައިޒަން އާ ދިމާ ބަަލަންވެސް ކެތްނުވުމުންނެވެ. ނަމަވެސް ލޯމަރާލި ބާރު މިނުގައި ދެލޯ ތަންމިނަށް ހުޅުވާލަން ނާޔާއަށް މަޖުބޫރުވީ އައިޒަންގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތް ނަމެއްގެ ސަބަބުންނެވެ.

” ނަބީލް ”

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

euphoria

Level 210 Stories100 Login

Other Articles

Previous

ފޮނި ބަތުގެ އަހުވަ

Next

އަންޖަލް (5)

Next
June 10, 2020

އަންޖަލް (5)

Previews
June 10, 2020

ފޮނި ބަތުގެ އަހުވަ

17 Comments!

  1. Livy says:
    June 10, 2020 at 5:38 am

    Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting waiting for the next part ?✨?

    1. euphoria says:
      June 10, 2020 at 7:27 am

      Thnk u so much Livy.. Insha Allah nxt part maadhan nunii mirey kiyaalan libeyne❤️?❤️

  2. Izabell says:
    June 10, 2020 at 9:42 am

    Mi part vx hama outstanding, Ma Sha Allah????????? mi story mi gendhaa goiyy varah interesting plus varah lwbi ??????? Imma curiously waiting for next part ?????????????ly

    1. euphoria says:
      June 10, 2020 at 9:48 am

      thnk u so much dear.. glad to hear those words.. insha allah nxt part mirey nunii maadhan kiyaalan libeyne.. keep waiting.. lym

  3. Xeen says:
    June 10, 2020 at 9:54 am

    Masha Allah V reethi mi part.. Sifakurunthan hama?????❤️❤️❤️❤️
    Waiting for the next

    1. euphoria says:
      June 10, 2020 at 10:35 am

      thnk u so much xeen.. glad to hear those words.. insha allah nxt part tmmrw kiyaalan dhevey varu kuraanan.. keep waiting

  4. ?Ril? says:
    June 10, 2020 at 10:36 am

    Wow.mi part ves varh sali ingey. Aley naayaa aa iyaas aa uley gothun Hama heehee halaaku vefaa mi hiree. When next love uuu

    1. euphoria says:
      June 10, 2020 at 10:53 am

      aawwwnn thnk u so much Ril .. Ys v majaa dhw naya nd iyaash stry liyamun dhaa gadiiga vs hevey e dhekudhinge bai thah liyaairu.. nxt part maadhan insha allah.. lym dear ..

  5. Kylie says:
    June 10, 2020 at 3:10 pm

    Hey sis mi part vx vvv habeys?????….. Naya nd iyaash ge koalhungandu thah v majaa Ingey???…… Ekm aixan dheke vrh foohivey naya ah ehn hadhaathy???…. Nd Nabeel aky kaaku baa?????vvv curious vey eba???….Btw waiting fr nxt part.???… LYSM sissooo…?????. Ur one of my fav author Ingey☺️?☺️… Hehe?…. TC sissyy

    1. euphoria says:
      June 10, 2020 at 3:19 pm

      alheyyyy vv inthizaaru kohfin kylie ge comment akah.. nd finally… thnks for ur lovely comment dear.. ys liyaa iru vs hevey naya nd iyaash ge bai thah..heheh.. yh aizan abadhu naya dhera kuranii ey dhw.. nabeel ge vaahaka vaane kurii part ehga vs bunefa bt hingaa dhw dhn inna part inh balaalan aslu nabeel akii kaaku kan.. heheh thnks nd ur one of my fav reader.. stay safe dear.. LYM sis

  6. euphoria says:
    June 10, 2020 at 3:36 pm

    Hellw my dear readers srry to say bt alhugandakah hieh nuvey maadhama stry ge aneh part up kohlevidhaane heneh cuz v bxy mi dhedhuvahu.. insha allah friday nunii thursday nyt ga 9th nd 10th part vs up kohladheynan.. again im really srry buni date ah up kohlanudheveyne thii…hope u all will understand… keep waiting ..

  7. euphoria says:
    June 10, 2020 at 8:27 pm

    salaam my dear readers.. sorry to say but kuda kameh dhimaa vgn maadhan alhugandu up kuran buni part hieh nuvey maadhan up kohleveyne heneh.. so friday nunii friday nyt ga nxt part kiyaalan libey varu vaanii.. again im srry bt i will try my best liyevunu varakn hama up kohleveytho maadhan vs.. ekm hama bodah hiivanii friday ga hn ebai kiyaalan libeyvaru vaaniii.. hope u all will understand.. stay safe nd lysm my dear readers..

    1. Reader says:
      June 11, 2020 at 3:24 pm

      It’s okay we understand ly ☺️?

  8. Anuahs says:
    June 10, 2020 at 8:38 pm

    Mee hama varah salhi story eh?♥️. Comment nukuriyas baraabarah kiyan. Waiting for the next part. Stay safe. Luv u♥️

    1. euphoria says:
      June 10, 2020 at 9:01 pm

      thkn u so much Anuahs.. glad to hear those words.. vv ufaavehje mi stry feshign kiyaakan inguniima.. insha allah nxt part on friday.. keep waiting dear.. stay safe nd lym

  9. Hudharr says:
    June 11, 2020 at 9:10 pm

    Hellowfff… meyn mi part hessa rythi inge maasha allah?????… vrh vrh majaa hhahaahahah ????… naayaa and iyaash ge than than kolhu hessa majaa vefa loabi??? ..saayaa and shaanim ge vx vrh loabi ??…. naayaa and iyaash ge koalhungandu thah genesdhehcheh ginain inge…??….loveyou sis ????..Miss vey hessa?❣️.. stay safe sisyy?????

  10. Hudharr says:
    June 11, 2020 at 9:18 pm

    Hellowfff…. vrh vrh vrh rvh vrh rythi mi part vx ??..kiyaalaa hithun kiyaalevey hama ????… naayaa and iyaash ge part vrh majaa vefa vrh loabi ????….saayaa and shaanim ge vx vrh vrh loabi ☺️☺️❤️❤️.. iyaash and naayaa ge koalhun gandu genes dhehcheh ginaij inge ???… vrh loabivey ??????…. MI ss vey varah bodah?❣️.. Stay safe sisyyy ???

Comments are closed.

Next Episodeލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..9←


All Right Reserved!