Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ފުރަ މެންދަން 4

NeeshXrX Level 1
June 13, 2020 3 Mins Read
2 Comments

^3^ ކައިން މަޑުމަޑުން ހަރުގަނޑުން ފޮތެއް ނަގައިގެން މެޓްމަތީގައި އިށީނދެލިއެވެ. ލައިބްރަރީކަމުން ހަމަހިމޭނެވެ. ލައިބްރަރީގައި ހުރީ ލައިބްރޭރިއަންގެ އިތުރުން ދެތިންކުއްޖެކެވެ. އެއެންމެންވެސް ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ.

ވަގުލޮލަކުން ކައިން ޝަވާންއަށް ބަލަމުންދިޔައެވެ. “މާ ބަލާހިތުން ތިއުޅެނީ ކީއްވެހެއްޔޭ.؟ އެއީ މަގޭ ސުވާލަކީ.” ޝަވާން ކައިންއާއި ދިމާލަށް ބަލާވެސް ނުލާ އެއްސެވެ. “ހުނ.. އިޑިއޯޓިކް ޖަރކީ ޖަރކް ބޯއި..” ކައިން ޝަވާންއަށް މޫނުހަދާލަމުން ޝަވާންގެ އަތުގައިވާ ފޮތުގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. “އާރް.އެލް.ސްޓައިންގެ ގޫސްބަމްޕްސް..؟ ކަލޭ ތިއީ ކުޑަކުއްޖެއްތަ ތިވާހަކަ ކިޔަން.؟” ޝަވާން އަނގަ މަޑުންލައިގެން ހުންނަން ފެށުމުން ކައިން ޖެއްސުމެއް ކޮއްލާހިތްވިއެވެ.

“ވަޓްއެވަރ.” ޝަވާން ރައްދުނުދިނުމުން ކިޔަންހުރި މޭރީކޭޓް އެންޑް އޭޝްލީގެ ފޮތަށް ކައިން ބަލާލިއެވެ. ކައިން އެންމެ ސިކުންތަކަށްވެސް ދެންމެ ޝަވާންއާއި ދިމާލަށް ބަލާލިނަމަ ޝަވާންގެ ތުންފަތު ގައިވާ ފަނޑު ހިނިތުންވުން ފެންނާނެއެވެ. ^3^

ކައިން ވާހަކަ ކިޔުމައިގެން ކުރިއަށްދިޔައެވެ. ކުއްލިއަކަށް ބޮޑު ފޮތްބަރިއެއް ކައިންގެ އުނގަށް ވެރިގެން ދިޔައެވެ. “މިއީ..؟” ކައިން ތުން ވަށްކޮއްލަމުން މަތި ބަލާލިއެވެ. އޭރު މަތީ ޝެލްފްއިން ޝަވާން ކޮންމެވެސް ވާހަކަފޮތެއް ހޯދަނީއެވެ.

“ކަލެއަށް ހަމަ ނޭނގެނީތަ ޖެއްސުމެއް ނުކޮއްލާ ހުންނަން..؟” ކައިންއަށް އެހުނެވެ. “ދެން ތިހެން ހިތުގައި ބާއްވާ.. ބުނަން ވާހަކައެއް.. ރުޅިގަދަ އަންހެން ކުދިންނަށް ވަރަށް ޖެއްސުން ކުރާހިތްވޭ..” ޝަވާން ބުނެލިއެވެ. “ރުޅިމަޑު އަންހެންކުދިން…؟” ކައިން ސުވާލުކުރީ ޝަވާން ޖަވާބެއް ދޭނެ ކަމަކަށެއްނޫނެވެ. “ރުޅިމަޑު އަންހެންކުދިން.؟ އަމްމް. ވަރަށް ބޯރިން.. އެއްވެސް ތްރިލްއެއް ނާދޭ..” ޝަވާން ބުނެލިއެވެ.

“އޯވް…. ދެން ރުޅިއައިސްގެން އެންމެ ބަހެއްވެސް ނުބުނާނަން.. އޭރުން ޖެއްސުމެއް ނުކުރާނަންދޯ..؟” ކައިން އެއްސެވެ. “ނޫނޭ.. މިހާރު ކައިންއާއި ބެހޭގޮތުން ކަމެއް އިނގެޔޭ ކިޔާވަރަށް ވާހަކަ ދެއްކިއްޖެ…. އިނގޭ ރުޅި އަރުވާލައިފިއްޔާ ރުޅި އަންނާނެކަން. އެހެންނޫނީ ތިރުޅި ގަދަކަމަކީ އަމިއްލަ ވީކްނެސް ފޮރުވަން އަޅާފައިވާ ތޮށިގަނޑެއް..” ޝަވާން ބުނެލިއެވެ. “ޑޯންޓް މޭކް މީ ލާފް.. ރުޅި އަރުވާލާއިރަށް ރުޅި އަންނާނެޔޭ ބުނެލިއިރު ހީވަނީ އެތައްދުވަހެއް ވަންދެން އެކީގައި އުޅެފައި ދަސް ކޮއްލައިފީމޭ ބުނެލިހެން.. ގޯޝް.. ހޭވް ޔޫ އީވެން މެޓް މީ..؟” ކައިންގެގާތަށް ނުލަފާ ހިންޏެއްއައެވެ.

“ވާގޮތް އިނގިދާނެތާ..” ޝަވާން އިތުރަށް ފޮތްތަކެއް ކައިންގެ އުނގުމައްޗަށް ވަރާލިއެވެ. ބޭނުން ނުވިޔަސް ކައިންގެ ދެބުމަ ގޮށްޖެހެން ފެށިއެވެ.

”ބަލިގަބޫލުކޮއްފީމޭ ބުނެފިއްޔާ ދެން ހުއްޓާލާނަންތަ..؟” ކައިންއަށް މަޖުބޫރުވީ ހުއްޓާލާށެވެ. ޝަވާންގެ އެ ހަރަކާތް ތަކުން މަޑުން ހުރެވޭވަރެއް ނޫނެވެ.

އެދުވަސް ނިމިގެންދިޔައީ ޝަވާންއާއި ކައިންގެ އެކަކު އަނެކަކަށް ޖެއްސުން ކުރުމުންނެވެ. ގެއަށް ގޮސްފަ ކައިން ކޮޓަރިއަށްވަނެވެ. “އާހް.. ކައިނީ އައީތަ.؟” ފުނާއަޅަމުން ކައިރާ އަހާލިއެވެ. ”ހޫމް..” ކައިން އެހެން ބުނެލާފައި ފާޚާނާއަށްވަނެވެ. ކައިން ލީ ‘ސްޓިލް ގޯޖެސް’ ޖަހާލާފައިވާ ހުދު ޓީޝާޓަކާއި ނޫ ޖިންސު ސޯޓެކެވެ. “ފުރަތަމަ ދުވަސް ކިހިނެތް ދިޔައީ..؟ ކިތައް މީހުންނަށް ޖެއްސުން ކޮއްލައިގެން އޮފީހަށް ފޮނުވާލި.؟” ކައިރާ އެއްސެވެ. ”ނުފޮނުވާލާ.. މިއަދު ދެން ފުރަތަމަ ދުވަހަށްވީމައި ފްރީކޮށް ދެނީ..” ކައިން ޓެބް ނަގަމުން ބުނެލިއެވެ. “އަޅޭ.. ކައިންމެން ހާދަ ނަސީބު ރަނގަޅޭ.. ދޮންތިމެން ޖެހެނީ އަބަދު މަސައްކަތް ކުރަން..” ކައިރާ ކުދި ކިޔާލަމުން ބޮލުގައި ވޫލްކޮޅު އައްސާލިއެވެ.

“ހޫމް. އެހެންތާ ވާނީ..” ކައިން ހަމަޖެހިލަމުން ބުނެލިއެވެ. “ކޮބާތަ އެއްކަލަ ޑްރޯވިން ބްލޮކް..؟ އަދި އެއްފަހަރު އެ ދައްކާލަބަލަ.. ދޮންތި އަދި ރަނގަޅަށް ބަލާލަން ބޭނުން..” ކައިރާ އެދުނެވެ. ކައިންގެ ކުރިމަތީ ދައްކާލި ފިލްމެއްހެން އިއްޔެރޭ ވީގޮތް ހަނދާންވިއެވެ. ސިކުނޑިއަށް ފިނިރާޅެއް ޖަހާލި ކަހަލައެވެ. “ނުދައްކާނަން..” ހަގީގަތް ބުނުމުގެ ބަދަލުގައި ކައިން ޚިޔާރުކުރީ ސިއްރު ކުރުމެވެ. ކައިރާގެ ގާތުގައި އެ ވާހަކަ ބުންޏަސް ގަބޫލު ނުކުރާނެކަން އެނގޭތީއެވެ. ފޮތިކޮޅެއް އަމިއްލަ ބާރުގައި ވައިގެތެރޭގައި ހަރަކާތް ކުރިއޭ ބުނެފިއްޔާ ގަބޫލު ކުރާނީ ކާކު ހެއްޔެވެ.؟

“ފޮނިކުއްޖާގަނޑު… އެބައަންނަން އަތިރިމައްޗަށް ގޮސްފައި… ޝަރޫން ބުނީ އެތަނުގައި ހުންނާނަމޭ..” ކައިރާ ބުނެލިއެވެ. “ކައިން ވެސް ގޮވައިގެން ދޭބަލަ..” ކައިން އެދުނެވެ. ކައިރާ އިންކާރު ކުރާނެކަން އެނގޭތީއެވެ. “ދައްތަ ހުއްދަ ދިނީތަ..؟” ކައިރާއަށް އެހުނެވެ. “ނޫން.. ދޭ.. ދޭ..” ކައިން އަތް ހޫރާލިއެވެ.

ކައިރާ ކޮޓަރިން ނުކުތުމުން ކައިން އެނދުމަތީގައި ދެފައި ވަށް ކޮއްލައިގެން އިށީނެވެ. ”މިރޭވެސް ދާނަން މަގޭ ޑްރޯވިން ބްލޮކް ހޯދަން.. އެތަނުގައި އޮއްވާ އަޅެ އެއަށް ކިހިނެތްބާ އެވީ..؟” ކައިންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އަދި ދެވިސްނުމެއްގައި ހުރެފައި އިސްތަށިގަނޑު ވިނަވާލައިގެން ހުރެ ޓެބާއި އެއަރޕޮޑްސް ޖީބަށް ޖަހާލައިގެން ނުކުތެވެ.

“ދައްތާ.. އެބައަންނަން ރައިމެންގެ ގެއަށްގޮސްފައި….” ކާގޭ މޭޒުދޮށުގައި އިށީނދެލައިގެން ހުރި ކާއިނާތުއަށް ގޮވާލަމުން ކައިން ބުނެލިއެވެ. “މާލަސްނުވެ އަންނާތި.. ގޮނޑުދޮށަށް ނޫނީ މޫދަށް ނުދާތި..” އަބަދުހެން ބުނާ ވާހަކަ ކާއިނާތު ބުނެލިއެވެ. “ހޫމް އޯކޭޔޭ ދައްތާ…” ކައިން ފިޔާތޮށިކުލައިގެ ހިތްތަކެއް ކުރަހާފައިވާ ފައިވާނަކަށް އަރައިގެން ރައިނާމެންގެ ގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ކާއިނާތު އެހެން ބުނެބުނެ ވަރުބަލިވެސް ނުވަނީބާވައޭ ކައިންގެ ހިތަށް އެރިއެވެ.

“ކާކު..؟” ރައިނާމެންގެ ގޭދޮރުގައި ޓަކިޖަހާލުމާއެކީގައި އަޑުއައެވެ. “އަޅުގަނޑޭ… ކައިން…” ކައިން ބުނެލިއެވެ. “ކައިން ކޮބާ ކައިރާ..؟” ދޮރުހުޅުވީ ޝަރޫންއެވެ. “ދޮންތި ގޮސްފި އަތިރި މައްޗަށް.. ކީއްވެ ޝަރޫންބެ ނުގޮސް ތިހުރީ..؟” ކައިންއަށް އެހުނެވެ. “މިދަނީއޭ ދާން…” ޝަރޫން އަތްހޫރާލަމުން ނުކުތެވެ.

ކައިން އެތެރެއަށްވަނެވެ. “އަނހަ ކައިން..؟ ހާދަ ނުވަގުތެއްގައި..؟” އެތެރޭގައި ކާންއިން ޝަޒީލާ އެއްސެވެ. “ރައިނާ ކޮބާތަ..؟” ކައިން އެއްސެވެ. “ވެއްޖެ ކޮޓަރީގައި.. ކައިފިންތަ..؟ ކާން އަންނަން ވީނު..؟” ޝަޒީލާ އެއްސެވެ. “ދެންމެ މިއައީ ކައިގެން..” ކައިން ކުޑަދޮގެއް ހަދާލިއެވެ. “އެހެންތަ.. ދޭ އެތެރެއަށް..” ޝަޒީލާ ހިނިތުންވެލަމުން ބުނެލިއެވެ.

ކައިން ރައިނާގެ ކޮޓަރިދޮރުގައި ޓަކިޖަހާލިއެވެ. ޖަވާބެއްނައެވެ. ދެތިންފަހަރުޖަހާލައިގެން ރައިނާގެ ޖަވާބެއްނައެވެ. ކައިން އެންމެފަހުން މަޑުކޮށްކޮށް ވަރުބަލިވެގެން ޓަކިޖަހާލާފައި އެތެރެއަށްވަނެވެ. ފެނުނު މަންޒަރުން ނޭވާލާންވެސް ކައިން ހަނދާންނެތުނެވެ.

.. ނުނިމޭ ..

ނޯޓް : ނީޝްގެ ސަޕޯޓަރުންގެ ކިބައިން މި ބައި ކުރުވީތީ ވަރަށް ބޮޑަށް މާފަށް އެދެމެވެ. ނީޝް ކުޑަކޮށް ވަރުބަލިވާ ގޮތް ވުމުން އެހާ ގިނައިރު ޓައިޕް ނުކުރެވުނީއެވެ. އެކަމަކު އިރާދަކުރެއްވިއްޔާ ދެން އޮތް ބައި މިއަށްވުރެ ދިގު ކޮށްލެވޭތޯ ބަލާނަމެވެ. ހުރިހާ ސަޕޯޓަރުން ދެކެ ނީޝް ވަރަށް ލޯބިވެއެވެ. ތިހުރިހާ ސަޕޯޓަރުން ނީޝްއަށް ދޭ ހިތްވަރާކައި އޯގާތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

އަދި ޒެލްއަށް :- ޒެލްގެ ”ބަޑި” ވާހަކަ އަލުން ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ނީޝްގެ ފަރާތުން… ވަރަށް ކިޔާހިތުން މިހުރީ ?

އަދި ޔޫންއަށް :- ތޭންކްސް ޔޫން… އެކުއްޖާ ސްޓޯރީގެ 21 ވަނަ ބައި ނީޝްއަށް ވަރަށް ކަމުދިޔަ.. 22 ވަނަ ބައި ކިޔާލަން ވަރަށް ބޭނުންވޭ… ލަވް ޔޫ އާރ ދަ ބެސްޓް އެވަރ ގަރލްލްލް ?

އުންމީދު ކުރަން ޕްރޮފައިލް ކަމުދިޔަކަމަށް.. ވާހަކަ.ކޮމްގައިވެސް ނީޝް މި ވާހަކަ ގެނެސްދެންް.. އެއްވައްތަރު ކޮށްލަން ނީޝް މިހާރު ހުންނާނީ އެއް ފޮޓޯއެއް ލާފައި ❤❤❤

( ދިގުވިނަމަ މާފަށް އެދެން ? ) އަދި ޝުކުރިއްޔާ… ❤❤❤❤❤❤❤

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

NeeshXrX

Level 1

Other Articles

Previous

ނޭނގޭ!(12)

Next

ލޯތްބަށްޓަކައި (2ވަނަ ބައި)

Next
June 13, 2020

ލޯތްބަށްޓަކައި (2ވަނަ ބައި)

Previews
June 13, 2020

ނޭނގޭ!(12)

2 Comments!

  1. ?Ril? says:
    June 13, 2020 at 12:13 pm

    Varah sali mi part ves neesh. Anekaa konmanzarreh BAA kain ah fenuny varah curious vey eba. When next please avah up kohladeychey.
    And take care ❤❤❤❤
    Love u too❤❤❤❤❤
    Stay safe❤❤❤❤❤

  2. Mary says:
    June 13, 2020 at 8:57 pm

    Neesh mi vahaka varah rythi..neesh age bunebala

Comments are closed.

Next Episodeފުރަ މެންދަން 5 އަދި 6←


All Right Reserved!