Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (11)

Ihoo Level 2100 Login10 Stories100 Comments
June 13, 2020 2 Mins Read
2 Comments

ފާއިތުވި 8 އަހަރުތެރޭ މާލެއަށް އައިސްފައިވާ ނުހަނު ބޮޑެތި ބަދަލުތަކެއް ބަލާލި ކޮންމެ ދިމާލަކުން ފެނެއެވެ. މީގެ 8 އަހަރުކުރީގައި ހަދާފައިވާ އިމާރާތްތައް ސުންނާފަތިކޮށް އޭގެ ބަދަލުގައި ހުރީ 10 ނުވަތަ 15 ބުރީގެ ކުލަކުލައިގެ އިމާރާތްތަކެވެ. ހަމައެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހާމެ ތަފާތެވެ.

ހުޅުލެއިން މާލެއަށް ދިޔަ މަގުމަތީގައި އިއުފާގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެކަމާ ރިހާމާއި މިޖްދާދު އިނީ ހީލަހީލައެވެ. އިއުފާގެ ވާހަކަތައް އަޑުއަހާން ޔޫން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ.

ޔޫންމެން މާލޭގައި ދިރިއުޅޭ ގެޔަށް އާދެވުމުން ރިހާމާއި މިޖްދާދަށް އަލްވަދާއު ކިޔާފައި ޔޫން އާއި އިއުފާއި ދެމީހުން ގެއަށް ވަދުނެވެ. ދޮރު ހުޅުވިގޮތަށް މިލްނާ ހުރީ އައިސް ކިއުބެއްހެން ގަނޑުވެފައެވެ. ހޭވެރިކަންވީ އިއުފާ މިލްނާގެ އަތް ތަޅުވާލުމުންނެވެ. އެއާއެކު މިލްނާ ބާރުބާރަށް ގޭތެރޭގައި އުޅޭދެންތިބި އެންމެންނަށް ލައުޑްސްޕީކަރުން ގޮވާހެން ގޮވަން ފެށިއެވެ. މިލްނާ އުޅުނު ގޮތުން ޔޫން ހުރީ ހީހީ ގޮސް ހަލާކުވާން ކައިރިވެފައެވެ. މަލްސާއަށް ޔޫން ފެނުމާއެކު ކަރުނައިން ފުރިގެންވާހާލު ނުހަނު ލޯތްބާއެކު ބައްދާލިއެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތުގައި އެކަނިމާއެކަނި ޒުވާން ފުރައިގެ އަންހެން ކުއްޖަކު ގަހެއްގެ ހިޔަލުގައި އިނެވެ. އޭނާ އިނީ ކަޅުކުލައިގެ ދިގު އަބާޔާއެކީ އާދައިގެ ވަށްކަޅު ބުރުގާއެއް އަޅައިގެންނެވެ. ދޭތެރެދޭތެރެއިން އޭނާގެ ދޮން އަތްތިލައިން ދެލޮލުން އޮހޮރޭ ކަރުނަތައް ފުހެމުން ދިޔައެވެ. އޭނާގެ ނަޒަރުހުރީ މޫދާއި ދިމާލަށެވެ.

އިޙްނާގެ ވިސްނުން ހުރީ ހަޔާތުގެ މިހާ ހިސާބަށް އާދެވުނުއިރު ކުރެވިފައިވާ ކަންތައްތަކަށެވެ. އިޙްނާ އެދުވަހު ޔޫން ގާތުގައި އެހެން ބުނުމުން އޭގެ ފަހުން އޭނާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. ކޮންމެހެން މަޖުބޫރުވެގެން ނޫނީ އެއްވެސް އެއްޗެއް ޔޫން އިޙްނާއަކާއެއް ނުބުނެއެވެ. އެގޮތަށް ޔޫން ކަންތައް ކުރާތީވެ އިޙްނާގެ ހިތަށް ވަރަށް ތަދުވެއެވެ. އެއީ ކީއްވެގެން ކަމެއް މިހާ ހިސާބަށްވެސް އިޙްނާއަށް ހޯދިފައެއްނެތެވެ. އިޙްނާއަށް އަންގާލުމެއްނެތި ގްރޭޑް 10 ނިންމި އަހަރުގެ ނޮވެމްބަރުގައި ޔޫން މާލެދާން ފުރިއެވެ. ފުރާން އުޅޭކަން އިޙްނާއަށް އިނގުނީވެސް އެދުވަހު ފޮށިތައް ބަންދުކޮށްގެން ފުރާންދާންވެގެން ނިކުމެ ހުއްޓައެވެ. އަތުގައި އޮތް ފޯނު އެލާމްވާން ފެށުމުން އިޙްނާ ބަލާލިއިރު ފަސްގަޑި ބައިވެއްޖެއެވެ. އެތަނުން ދާހިތްނުވެފައި އިނދެވެސް ގެއަށްދާން މިސްރާބުޖެހިއެވެ.

“އަހާނ.. ދަރިފުޅާ އާދޭ ސައިބޯން.. މިއަދު ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކައި ތިއުޅެނީ..” އިޙްނާ ކާބަޔަށް ވަދުނުތަން ފެނިގެން ނުހާ ނުހަނު ލޯތްބާއެކު ގޮވާލިއެވެ.

“ނޫން މަންމާ.. ޑައިޓުކުރަންޏާ ޑައިޓުގެ ތާވަލުގައި އޮންނަ އެއްޗެއްނު ކެވޭނީ.. އަހަރެން ބަރާބަރަށް ކަމޭ.. އެކަމާ ހާސްވާކަށް ނުޖެހޭނެ” އާދައިގެ މަތިން އިޙްނާ އޭނާގެ މައިދައިތައާ ސަމާސާ ކުރިއެވެ. ފިރިމީހާ އާއިލާގެ މީހުންނާ ވީހާވެސް ގާތްގުޅުމެއް ބޭއްވޭތޯ އިޙްނާ މަސައްކަތްކުރެއެވެ. ނަތީޖާއަކީ އެއާއިލާގެ އެންމެން އިޙްނާދެކެ ވަރަށް ލޯބިވެއެވެ. އަދި ކުޑަކުދިން ތިބެނީ އިޙްނާދެކެ ހަމަ ރަނގަޅަށްވެސް މޮޔަވެފައެވެ. ދެމައިން އޮލަ ވާހަކައިގައި ތިއްބާ މިޙްރާން ކަމަކާ ވަރަށް ހިތްހަމަނުޖެހިފައި ކުނި މޫޑެއްގައި އައެވެ.

“ދަރިފުޅާ އަވަހަށް އާދޭ ސައިބޯން.. މަންމަ މިހިރީ ދަރިފުޅަށް އެންމެ މީރު ހެދިކާ..”

“އަހަންނެއް ނޫޅެން ކަލޭ ގެނެސްދޭ އެއްޗިހި ނުކެވިގެންނެއް.. މި ތެޔޮ ބޮނޑިތައް ކަލޭ ކާލާ..” ނުހާގެ ވާހަކަ މެދުކަނޑާލާފައި ރުންކުރު ގޮތަކަށް މިޙްރާން ޖަވާބުދީފައި ކޮޓަރިއަށް ވަދުނެވެ. އެހިނދު ނުހާގެ ކަރުނަތައް އޭގެ މަގާމަށް ދޫވިއެވެ. މިޙްރާން އޭނާގެ މަންމައާ މެދު ކަންތައްތައް ކުރާގޮތުން އިޙްނާވަރަށް ހިތްހަމަނުޖެހިފައިހުރެ ކޮޓަރިއަށް ވަދުނެވެ.

“މިޙްރާން ގާތު ކިތައްފަހަރު ބުނެދޭންވީ މަންމައާ އެގޮތަށް ވާހަކަނުދައްކަން.. ބަލަ މަންމަގެ މަގާމް އެހާ މަތިވެރިވެގެންވާކަން މިޙްރާނަށް އިނގޭތަ؟ މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެއަށް ދެވެން އޮންނަ މަގުގެ ވާހަކަ އަޑެއް ނާހަމުތަ؟ މަންމަ..” އިޙްނާގެ ދޮން ކޯތާފަތުގެ މައްޗަށް މިޙްރާންގެ ހޫނު ހަމަލާއެއް ދިނެވެ. އޭރުވެސް މިޙްރާންގެ އަތުގެ ނިޝާން ރަތްކޮށް އިނގޭން ހުރިއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

ނުފިލާނޭ މިހިތަކުން… 12

Next

ވާލޯބި އެނގޭނަމަ…(16)

Next
June 13, 2020

ވާލޯބި އެނގޭނަމަ…(16)

Previews
June 13, 2020

ނުފިލާނޭ މިހިތަކުން… 12

2 Comments!

  1. Felix says:
    June 15, 2020 at 7:36 pm

    V reethi….
    When next?

    1. Ihoo says:
      June 15, 2020 at 11:06 pm

      Jazakallah khairan felix.. next part is submitted now.. and im sorry for writing the parts too short

Comments are closed.

Next Episodeއިޙްނާ (12)←


All Right Reserved!