Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އުދަރެހުގެ ރަންތަރި

Fathimath Athifa Hussain Level 210 Stories
June 13, 2020 3 Mins Read
0 Comments

މަލީކްއާއި އަފުނާންގެ ތިބެނީ ތިންކުދިންނެވެ. ދެފިރިހެން ކުދިންނާއި އެއް އަންހެން ކުދިންނެވެ. މަލީކްގެ ދެފިރިހެންދަރިން އުޅެނީ ކިޔެވުން ނިއްމާލުމަށްފަހު ވަޒީފާގައެވެ. ސާއިމް ވަޒީފާ އަދާކުރަނީ ޕޮލިހުގައެވެ. އަދި ޔައިޝް ވަޒީފާ އަދާކުރަނީ އައިޖީއެމްއެޗްގެ ލެބޯޓަރީ ޓެކްނީޝަން އަކަށެވެ. މަލީކްއާއި އަފުނާން އެދެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރައިޝާ ދެކެ އިންތިހާޔަށް ލޯބިވެއެވެ. ޔައިޝް އަދި ސާއި މް ރައިޝާގެ ކޮންމެ އެދުމެއް އަބަދުވެސް ފުރިހަމަ ކޮއްދޭނެއެވެ.

ރައިޝާއަކީ ބަސްމަދު ކިޔަމަންތެރި ކުއްޖެކެވެ. މަންމަ އަފުނާންގެ ބަސް އަބަދުވެސް ގަބޫލުކުރާނެއެވެ. މަލީކް ކަމެއް ނުކުރަން ބުނެފިނަމަ އިތުރު ސުވާލުކުރުމެއްނެތި އެކަމަކުން ދުރުވެގަންނާނެވެ. ގުރޭޑްބާރައިގައި ރައިޝާ ދިޔައީ ކިޔަވަމުންނެވެ. މަންމައާއި ބައްޕަ ފަހުރުވެރިވާނެފަދަ ކާމިޔާބީއެއް ހޯދުމަށް ރައިޝާ ދިޔައީ ރެއާއިދުވާލު މަސައްކަތް ކުރަމުންނެވެ.

އަފުނާން އާއި މަލީކްގެ ހުވަފެނަކީ ގުރޭޑް ބާރައިގެކިޔެވުން ނިއްމައި ޑޮކުޓަރުކަން ކިޔެވުމަށް ރައިޝާ ރާއްޖޭން ބޭރަށް ފޮނުވުމެވެ. ރައިޝާގެ އުއްމީދަކީވެސް އެއީއެވެ. މަންމައާއި ބައްޕަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ރައިޝާ ހުރީ އަތުކުރި އޮޅައިލައިގެންނެވެ. ގުރޭޑް ބާރައިގެ ކިޔެވުންނިމުން ވެގެންދިޔައީ ރައިޝާއަށް ލިބުނު އުފަލަކަށެވެ. ބޯމަތީގައި ބާއްވާފައޮތް ބުރައެއް ނެގިގެންދިޔަފަދަ އިހުސާސެއް ރައިޝާއަށް ކުރެވިގެންދިޔައެވެ.

ރޭގަނޑުގެނިދި ގުރުބާންކޮށް ކިޔެވުމަށް ހުސްކުރުމަށްފަހު ހަމަޖެހުމުގެ ނޭވާލުމަށް ފުރުސަތު ލިބުނީތީވެސް މެއެވެ. ރައިޝާއަށް ހަދިޔާއަކަށް ބައްޕަ މަލީކް ސައިކަލެއް ގަނެދިނެވެ. ގުރޭޑްބާރަ ނިމުމުން ރައިޝާއަށް ލިބިގެންދިޔަ ހަދިޔާއެކެވެ.ރައިޝާ ހުރީ ވަރަށް އުފަލުންނެވެ. ސައިކަލެއް ގަނެދިނުންއެދި އެތައްފަހަރަކު އޭނާގެ މަންމައާއި ބައްޕަ ކައިރިންއެދުނެވެ. މިއަދު އެއެދުންވެސް ފުރިހަމަވީއެވެ.

ރައިޝާ އޭނާގެ ބޭބެ ސާއިމް އާއިއެކު ސައިކަލް ދުއްވަން ދަސްކުރިއެވެ. އަދި މަސްދުވަހުގެ ފަރިތަކުރުމަށްފަހު ސައިކަލް ދުއްވުމުގެ ހުއްދަ ކަމުގައިވާ ނެގިއެވެ. ޖޫންމަހުގެ ވިހިވަނަ ދުވަހަކީ ރައިޝާގެ ނަވާރަވަނަ އުފަންދުވަހެވެ. ރައިޝާ ކެނޑިނޭޅި އަބަދުވެސް ކޮންމެ އަހަރެއްގަވެސް އުފަންދުވަހަށް އިންތިޒާރު ކުރާނެއެވެ.

ރައިޝާގެ އިންތިޒާރަށް ނިމުންއައެވެ. ފުރަތަމަވެސް މަންމައާއި ބައްޕަގެ ފަރާތުން އުފަންދުވަހުގެ ތަހުނިޔާ ލިބިގެންދިޔައެވެ. ރައިޝާގެ ނަވާރަވަނަ އުފަންދުވަސް ކަމުން ރައިޝާގެ މަންމަ އަފުނާން ބޭނުންވީ ކުލަގަދަ ޕާޓީއެއް ބޭއްވުމަށެވެ. ރައިޝާއަށް އެކުވެރިންގެ ފަރާތުންވެސް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖްތައް ލިބެމުންދިޔައެވެ. އުފަންދުވަހުގެ ކޭކް ފަޅައި ރައިޝާއަށް މަންމައާއި ބޭބެމެންގެ ފަރާތުން ބައިވަރު ހަދިޔާތަކެއް ލިބުނެވެ.

ޕާޓީ ނިމުނުތަނާހެން ރައިޝާގެ އެންމެގާތް އެކުވެރި ތައިނާ ފޯނުކުރިއެވެ.އަދި ވަރަށް އަވަހަށް ބައްދަލުކުރު މަށްވެސް އެދުނެވެ. ރައިޝާ އޭނާގެ  މަންމަ އަފުނާނު ކައިރިން ހުއްދަ ހޯދުމަށްފަހު ގެއިން ބޭރަށް ނިކުތެވެ. ސައިކަލުގައި ދާއިރު ފަރުވާތެރިކަމާއެކު ދުއްވާއެއްޗިއްސަށާއި ހިނގާ މީހުންނަށް ބަލައިގެން ދުއްވުމަށް އަފުނާން ރައިޝާއަށް ތަކުރާާރޮކޮށް ނަސޭހަތްތެރިވިއެވެ.

ރައިޝާ ޖަވާބުގައި ބޯޖަހައިލިއެވެ. ރައިޝާ ސައިކަލަށް އަރައި ތަޅުދަނޑި ޖަހައި ސައިކަލް ސުުޓާޓް ކޮއްލިއެވެ. ތައިނާ ދިރިއުޅެނީ ހުޅުމާލޭގަ ކަމުން ރައިޝާ ކުރަންޖެހެނީ ދިގު ދަތުރެކެވެ. ބުރިޖްއަށް އެރުމުގެކުރިން ރައިޝާ ބޮލުގައި ހެލްމެޓް އެޅިއެވެ. ބުރިޖް މަތީގައި ވަރަށްވެސް ކާރުބާރު ބޮޑެވެ. ދުއްވާއެއްޗެހި އެހާމެ ގިނައެވެ. ހަވީރުގެ ވަގުތުކަމުން ގިނައިން ފެންނަނީ ހަވީރު ފިންޏަށް ދުއްވާލަން ނިކުމެއުޅޭ ޒުވާންފުރައިގެ ކުދިންނެވެ.

ތައިނާގެ ގެޔަށް ދެވެން މާގިނައިރުތަކެއް ނެތެވެ. ރައިޝާ ސައިކަލުގެ ސުޕީޑް ބާރުކޮއްލިއެވެ. ތައިނާ ގާތަށް އަވަހަށް ދިޔުމުގެ ބޭނުމުގައެވެ. ތައިނާއަށް ފޯނުނަގައި ގުޅުމަށްފަހު ތިރިޔަށް ފައިބާ ހުރުމަށް ރައިޝާ ބުނެލިއެވެ. ފޯނު ކަނޑައިލަމުން ރައިޝާ ފޯނު ޖީބަށްލިއެވެ. އަދި އަނެއްކާވެސް ސައިކަލު ދުއްވަންފެށިއެވެ. ރައިޝާ ތައިނާ ދިރިއުޅޭ ގެހުންނަ ގޯޅިއަށް ވަންނަން އުޅުނުތަނާ ބާރު ސުޕީޑްގައި އައިކާރެއް ފެނުނެވެ. ސައިކަލުގެ ބުރަކިހިފައި ސައިކަލު މަޑުކުރުމަށް ރައިޝާ  މަސައްކަތް ކުރަންފެށިއެވެ.

ނަމަވެސް ރައިޝާއަކަށް ސައިކަލު މަޑުކުރެވޭގޮތް ނުވިއެވެ. ރައިޝާ ބިރުން ރޫރޫ އަޅަންފެށިއެވެ. އަނެއްކާވެސް ސައިކަލުގެ ސުޕީޑް މަޑުކޮށް ބުރެކި ޖެއްސޭތޯ ރައިޝާ މަސައްކަތް ކުރަންފެށިއެވެ. ކުރިމަތިންއައި ކާރު އައި ބާރު މިނުގައި ގޮސްޖެހުނީ ރައިޝާގެ ސައިކަލުގައެވެ. ޖެހުނުލެއް ބާރުކަމުން ރައިޝާ ދުރަށް ވިއްސައިގެންދިޔައެވެ. ކާރު އެދިޔަގޮތައްގޮސް ހުއްޓުނީ ބިޔަބޯ ގަސްތަކެއްގެ ތެރެޔަށެވެ. އަފުނާންގެ ފޯނު ރިންގުވާފެށިއެވެ.

” އައްސަލާ މްއަލައިކުމް މިއީ މޯލްޑިވެސް ޕޮލިސް ސާވިސް. ތީ އަފުނާން ދެއްތޯ. ތިޔަބޭފުޅާ ވީހާވެސް އަވަހަކަށް އައިޖީއެމްއެޖަށް ދުރުވެދެއްވާ. ތިޔަ ބޭފުޅާގެ ދަރިފުޅު އެކުސިޑެންޓުވެ  ހޮސްޕިޓަލުގައި ދަނީ ފަރުވާދެވެ މުން. ހާލުވަރަށް ސީރިއަސް.” މަގޭ ދަރިޔަށް ކަމެށް ނުވާނެޔޭ ބުނަމުން އަފުނާން ރޯންފެށިއެވެ. ލަސްކުރުމެށްނެތި މަލީކްއަށް އަފުނާން އެހަބަރުދިނެވެ. ދިހަވަރަކަށް  މިނެޓް ފަހުން އަފުނާންއާއި މަލީކް ހޮސްޕިޓަލަށް ދިޔައެވެ.

އަފުނާން ހުރީ ދުޢާ ކޮއްލަ ކޮއްލައެވެ. ދެރަގޮތެއް މިންވަރު ނުކުރައްވާތޯއެވެ. ރައިޝާ ހެޔޮހާލުގައި ވުންއެދިގެންނެވެ. އިރުކޮޅަކުން ސާއިމް އާއި ޔައިޝްވެސް ހޮސްޕިޓަލަށް އައެވެ. ޑޮކުޓަރު ނުކުމެ ދިން ހަބަރަކުން އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮއްވައިލިފަދައެވެ. ރައިޝާ މިދުނިޔެ ދޫކުރީއެވެ. އަފުނާން އަޑުން އަޑުނަގައި ރޯންފެށިއެވެ. މަގޭ ދަރިފުޅޭ ކިޔަމުންނެވެ. ރައިޝާގެ ލެއިން ކަޅިވެފައިވީ ހަށިގަނޑު ފެނުނުހިނދު އަފުނާންގެ ހިތް ކުދިކުދިވެގެން ދިޔައެވެ.

ވަކިވެގެން އެދިޔައީ އޭނަގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. މަލީކް ކިތަންމެ ނޮރޯން ހުއްޓަސް ލޮލުން ކަރުނަ ހިލުނެވެ. ލޯބިވާ ދަރިފުޅު ކުއްލިއަކަށް ވަކިވެގެން ދިޔުމުންނެވެ. އަފުނާން ދަރިފުޅާ ރައިޝާ އެނބުރި މަންމަ ކައިރިޔަށް އަންނާށޭ ކިޔައި ރޮމުން ދިޔައެވެ. ރައިޝާގެ ވަކިވެދިޔުމަކީ އަފުނާން އަށް ބަލައިގަނެވޭވަރުގެ ކަމަކަށް ނުވިއެވެ.

އެހެނަސް ތަގުދީރުގެ ނިންމުން އެކަކަށްވެސް ބަދަލު ނުކުރެވޭނެ ނޫންހެއްޔެވެ. ވަކިވެގެން އެދިޔައީ އަފުނާންގެ އުދަރެހުގެ ރަންތަރިޔެވެ. ވަކިވެގެން އެދިޔައީ އަފުނާން އާއި މަލީކްގެ ދިރިހުރުމުގެ މަގުސަދެވެ. ރައިޝާއަށްޓަކައި އެދެމީހުން ނުއުފުލަނީ ކޮންބުރައެއް ހެއްޔެވެ. ހާދަ ފޮނި އުއްމީދުތަކެއް ރައިޝާ އަށްޓަކައި އެމީހުން ކުރިޔެވެ. އެހެނަސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ބަދަލުވެގެން ދިޔައީއެވެ. އަބަދައްޓަކައި އަފުނާން އާއި މަލީކްގެ އުދަރެހުގެ ރަންތަރި އޮއްސުނީއެވެ. އެހެނަސް ދުވަހެއްގެ ކޮޅުންވެސް ރައިޝާގެ ހަދާންތައް އެމީހުންނާއި ވަކިވުމެއް ނުވެއެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އިންތިޒާރު 15

Next

އަނާޔާ

Next
June 13, 2020

އަނާޔާ

Previews
June 13, 2020

އިންތިޒާރު 15



All Right Reserved!