Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަންޖަލް (6)

Krystal Level 510 Stories100 Login100 Comments
June 13, 2020 5 Mins Read
41 Comments

ރޭގަނޑު ބާރަ ޖަހަން އުޅެނިކޮށް ފެންބޮވައިގަނެގެން އަންޖަލްއަށް ހޭލެވުނެވެ. އޭރު އޭނާހުރީ މުޅި ދުވަހު އެއްޗެއް ނުކައި ހުރުމުން ބަޑުހައިވެސް ވެފައެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންޖަގު ނަގާލީ ތައްޓަށް ފެންއެޅުމަށެވެ. ނަމަވެސް ޖަގުގައި ފެންނެތުމުން އަންޖަލް ފޭބީ ކާގެއަށް ދިއުމަށް ތިރިއަށެވެ. މުޅި ގޭތެރެ ވަނީ ރަތް ބޮކި ދިއްލާފައެވެ. މިހާ ދަންވުމުން ގޭގެ މަސައްކަތުމީހުންވެސް ނިދާފައި ތިބޭނެކަމުން އަންޖަލް މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކާގެއަށް ވަނެވެ. ޖަގަށް ފެންއަޅާލުމަށްފަހު ގޮސް ޕްރިޖް ހުޅުވާލީ ކާލެވޭކަހަލައެއްޗެއް އިންތޯބެލުމަށެވެ. އަންޖަލްގެ ލޮލުގައި ތައްޓަކަށް އަޅާފައި ހުރި ބަތް އެއްޗެއްފެނުނެވެ. ހަލުވިކަމާއެކު އެނަގާ އަތަށް ސަމްސަލެއް ޖަހާލުމަށްފަހު މޭޒު ދޮށުގައި އިށީދެލިއެވެ. ކާގޭގައި އެއްވެސް ބޮތްކެއް ދިއްލާފައި ނެތުމުން ކާގެ އެތެރެ ފެންނަނީ ވަރަށް އަދިރިކޮށެވެ. ކުއްލިއަކަށް ކާގޭގެ ބޮކި ދިއްލުމުން އަންޖަލްއަށް ބޭއިހްތިޔާރުގައި ތެދުވެގެން ގޮސް ކަބަޑުކައިރީ ތިރިވެވުނެވެ. އަދި އެދިމާލުން ބޮކި ނިއްވެން އިނުމުން އެ ސްވިޗަށް ފިއްތާލިއެވެ. ފެންބޯން ނުކުތް ޖައިޝް އަށް ބޮކި ނިވުމުން ލިބުނީ ހައިރާންކަމެކެވެ. އަނެއްކާ އެބޮކި ޖައްސާލިއެވެ. ހަމަ ޖައްސާލުމާއެކު އަންޖަލް އެ ނިއްވާލައެވެ. ޖައިޝް ކައިރީގައި އިން ކުޑައެއް އަތަށް ނެގީ ގެޔަށް ވަގެއް ވަދެގެން އުޅެނީކަމަށް ހީކޮށެވެ.
“ކާކު… ނުކުމޭ އޮތްތަނުން… މީ ކޮންތަނެއް ކަމަށް ހިތާތަ މިގެޔަށް ވައްކަން ކުރަން ތިވަނީ..” އަންޖަލް އިންތަނާ ކައިރިވަމުން ޖައިޝް ބުނެލިއެވެ. އޭނާވެސް ބިރުގަނެފައި ހުރުމުން މަޑުމަޑުން ފިޔަވަޅު އަޅަމުން ދިޔައެވެ. އަންޖަލްއަށް ޖައިޝްގެ އަޑު ޖެހުމުން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އަދި އެތަނުން ތެދުވެލިއެވެ.
” މަންމާތް…” މޫނު މައްޗަށް އިސްތަށިގަޑު ވައްޓާލާފައި ހުރި އަންޖަލް ފެނުމުން ޖައިޝް ބިރުން ބިންމައްޗަށް ވެއްޓުނެވެ. އަންޖަލް ކައިރިއަށް ހިނިއަޔަސް ހިފަހައްޓާލައިގެން ހުރީ ޖައިޝް ކޮށްފާނެ ކަމެއް ނޭގޭތީއެވެ. އަތުގައި އިން ތަށި ފްރިޖްއަށް ލުމަށްފަހު އަންޖަލް ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ޖައިޝް ތެދުވުމަށްފަހު އަންޖަލްގެ އަތުގައި ހިފާލިއެވެ.
” ކިހިނެއްވީ… އަހަރެން އަންޖަލް ކައެއް ނުލާނަމޭ… ބަޑުހައިވެފަ ނުން ތިހިރީ ކައިގެން ދޭ… މިބޮކި ދިއްލިޔަސް މިގޭމީހަކު އަންޖަލްއާ ދިމާލަކަށް އެއްޗެކޭ ނުބުނާނެ..” ޖައިޝް ފެންފުޅިއެއް ނަގައިގެން މިހެން ބުނުމަށްފަހު މައްޗަށް އެރިއެވެ. އަންޖަލްއަށް ޖައިޝްގެ ހިތްހެޔޮކަން އިހުސާސް ކުރެވެން ފެށުނެވެ.
ކައިގެން އައިސް ކޮޓަރިއަށް ވަތް އަންޖަލްގެ ލޮލުގައި އަޅައިގަތީ ރިތިވާ މޭޒުމަތީގައި އޮތް ސިޓީއުރައެވެ. އަސްމާ އަންޖަލް ނިދާފައި އޮތުމުން ނުގޮވާ އެތާގައި އެ ސިޓީއުރަ ބާއްވާފައި ދިޔައީއެވެ. ސިޓީ އުރަ ނެގުމަށްފަހު އަންޖަލް ގޮސް ބެލްކަންޔަށް ނުކުމެ ގޮޑީގައި އިށިނުމަށް ފަހު އެކަޑާލިއެވެ.
: ހެއި އަންޖޫ… އަހަރެން އަންޖޫ ކައިރީ ބުނާނެ އެއްޗެއްވެސް ނޭގޭ.. އަންޖޫ އަހަރެންދެކެ ވަރަށް ރުޅިއައިސް ދޯ ތިހިރީ.. އަންޖޫ އެކަނި ކޮށްފަ އަހަރެން ދިޔައިމަ… އަންޖޫ ދެރަ ނުވައްޗޭ… އައި އޭމް އޯލްވޭސް ވިތް ޔޫ… އިންޝާﷲ އަންޖޫ އެކަނިވިޔަކަ އަހަރެން ނުދޭނަން.. ތިގޭގައި އަންޖޫއަށް ހުރެވޭނެ.. މަންމަ އަންޖޫ ބަލާނެ… ޖޫދުވެސް ޖުނާންވެސް އަންޖޫ އަށް ވަރަށް ރަގަޅަށް ބަލާނެ… އަންޖޫ އަކަށް އެއްވެސް އެއްޗަކަށް ދައްޗެއް ނުވާނެ… އަހަންނަށް ކެންސަރު ޖެހިފައި ހުރިވާހަކަ ބުނަން އަހަރެން ބޭނުން ނުވީ އަންޖޫ މާބޮޑަށް ދެރަވެދާނެތީ.. އަހަންނަށް މައާފް ކުރާނެ ކަމަށް ހީކުރަން.. އެންޑް އަންޖޫ… އަހަންނަށް އިގޭ އަންޖޫ ޖުނާން ދެކެ ލޯބިވާކަން.. އަހަންނަށް އަންޖޫ އުޅޭގޮތުން ފާހަގަ ކުރެވުނީ އެއީ އަހަރެންވެސް އުޅުނު ގޮތްވީމަ ….. އަހަރެން އުންމީދު ކުރަން އަހަންނޭ ކިޔާފަ އަންޖޫ.. އަންޖޫގެ ލައިފް ހަލާކް ނުކޮށްލާނެކަމަށް.. އަންޖޫ ލޯބިވާ މީހަކާ އެއްކޮށް އުޅުމުގެ އިހްތިޔާރު އަންޖޫ އަށް ލިބިގެންވޭ… ސޯ ޑޯންޓް ފީލް ސޭޑް އެންޑް ޓްރައި ޓު މޫވް އޮން… އަބަދުވެސް އަންޖޫ ދެކެ ލޯބިވާ .. ޝަންމަ…: އަންޖަލްގެ ބަޑި ފަޅައިން ދިޔައެވެ. ޝަންމަ ނިޔާވީ ކެންސަރު ޖެހިގެން ކަން އަންޖަލްއަށް އެގުނީ އަދި ކިރިޔާއެވެ. އަދި ނުވިތާކަށް އަންޖަލް ޖުނާންދެކެ ލޯބިވާކަންވެސް ޝަންމައަށް ވަނީ އެގިފައެވެ. ގިސްލަމުން ރޮމުންދިޔަ އަންޖަލާ ދިމާލަށް ބަލަހައްޓައިގެން އަދިރީ ތެރޭ ޖައިޝް ހުއްޓެވެ. އަންޖަލް ހުއްޓުވޭތޯ ދާން އޭނާ އިންތިހާއަށް ބޭނުމެވެ. ޖައިޝް އެޅި ފިޔަވާޅާއެކު ފެނުނީ އަންޖަލް ދުވެފައި ގޮސް ކޮޓަރިއަށް ވަތްތަނެވެ.
އަތަށް ސިޓީ އުރަ ލައިގެން އަންޖަލް ގޮސް ޖުނާންގެ ކޮޓަރީގައި ތަޅައިގަތެވެ. ނުނިދިފައި އޮތް ޖުނާން އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި ރޮމުން ދިޔަ އަންޖަލްގެ އަތުގައި ހިފާ ދެކޮޅު ބަލާލުމަށްފަހު ކޮޓަރިއަށް ވެއްދިއެވެ. އަންޖަލް ޖުނާންގެ މޭމަތީގައި ތަޅައިގަތެވެ.
” ޝަންމަ އަށް ކެންސަރު ޖެހިފައި ހުރިކަން ޖުނާންއަށް އިގޭތަ.. އޭން.. އިގޭތަ..” ތަޅަމުން ތަޅަމުން އަންޖަލް ވާހަކަ ދެއްކިއެވެ. ޖުނާން އަންޖަލްގެ ދެއަތުގައި ހިފަހައްޓާލިއެވެ.
” އައި އޭމް ސޮރީ އަންޖޫ… ” ޖުނާންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އަންޖަލް މަޑުމަޑުން ޖުނާންގެ ގޮޑުގައި އޭނާގެ ބޯޖައްސާލިއެވެ. އަދި ގިސްލަ ގިސްލާފައި ރޯންފެށިއެވެ. ޖުނާންވެސް އަންޖަލްގެ ގައިގާ ބައްދާލިއެވެ. ކޮޓަރިބޭރުގައި އަންޖަލް ރޯއަޑު އަހަން ޖައިޝް މަޑުކޮށްލައިގެން ހުއްޓެވެ.
***
އާދުވަހަކަށް އިރު ފެނުން ތޮޅިލީ އިސްހާޤު ގޭގެ އެންމެނަށް ސިޓިންރޫމަށް ހެދުނު 10 ޖަހަންވާއިރަށް އައުމަށް ފޮނުވި މެސެޖުންނެވެ. ކޮންމެ މީހަކުވެސް ތައްޔާރުވެގެން ތިރިއަށް އައި އިސްހާޤު ބުނާނެ އެއްޗެއް ނޭގޭތީއެވެ. ޖައިޝް ފިޔަވާ އެންމެން 10 ޖެހި އިރު ސިޓިންގްރޫމަށް އައެވެ. އިސްހާޤު މަޑުކޮށްލީ ޖައިޝް އަންނާނެ ކަމަށް ހީކޮށެވެ.
” ކިހިނެއްވީ އިސްހާޤޫ… އެންމެން ގެނެސް އެއްޗެކޭ ނުބުނެ ތިހިރީޔޯ..” އާތިކާ އިސްހާޤް ވާހަކަ ނުދައްކާ އިނުމުން އަހާލިއެވެ.
” ޖައިޝް..” އިސްހާޤަށް ބުނެވުނީ މިވަރަށެވެ.
” އޭނަ ނާންނާނެ… އެއީ އެއް އިރެއްގަވެސް އަހަރުން ކިޔާ އެއްޗެއް އަޑުއަހާ ކުއްޖެއްތަ… ނޭގެ މި ދެތިން ދުވަހަކު ނުކުމެގެން އުޅުނީ ކީއްވެކަމެއް.. އިސްހާޤަށް އަދިވެސް ޖައިޝް ދަހެއް ނުވޭތަ..” އާތިކާ ރުންކުރު ގޮތަކަށް ބުނެލިއެވެ.
” އަހަންނަކަށް ނުން ޖައިޝް ދަސް ނުވަނީ އާތިކާ އަށް ޖައިޝް ދަސްނުވަނީ.. ” އިސްހާޤު ކައިރިއަށް ރުޅިއައެވެ. ދެމީހުން ޒުވާބު ކޮށްފާނެތީ އަސްމާ އަވަސް އަވަހަށް ގޮސް ޖައިޝް ގޮވައިގެން އައިސް އިށީދެލިއެވެ. އަތީކާ ނުރުހުންތެރިކަމާއެކު ޖައިޝްއަށް ބަލާލިތަން ބަލަން އަންޖަލް އިނެވެ.
” އިއްޔެ ދިމާވީ ވަރަށް ހިތާމަވެރި ކަމެއް… ބައްޕައަށް އިގޭ ޖުނާން ދެރަވާނެ ވަރު… އަދި އަންޖަލްވެސް ދުނިޔޭގަ ހުރި ހަމައެކަނި ފަރާތް މަރުވުމުން ހިތާމަކުރާނެވަރު ބޭބެ އަށް އިގޭ… ޝަންމަ ނިޔާވުމުން ބައްޕަވެސް މިހިރީ ވަރަށް ދެރަވެފައި.. އެކަމަކު އަހަރެމެން މިގޮތަށް ހިތާމަކޮށް ތިބުމަކީ ޝަންމަ އެދޭކަމެއް ނުން.. އަދި ޝަންމަ ނިޔާވިއަސް އަންޖަލްއަކީ މިގޭ ކުއްޖެއް ގޮތުގައި އަހަރެން ދެކެނީ.. މިގޭގައި އަންޖަލްއަށް ބަހެއް ބުނާނެ މީހެއް ނުހުންނާނެ.. މިހާރުވެސް އަންޖަލް އަށް ކުރިން އުޅުނު ގޮތަށް އުޅެވޭނެ..” އިސްހާޤު ވާހަކަ ދައްކަމުން ދިޔައެވެ. ޝަންމަގެ ނަން ބުނާ ކޮންމެ ފަހަރަކު އަންޖަލްގެ ލޮލުން ކަރުނަ ހިލިލައެވެ. އަސްމާ އިނީ އަންޖަލްގެ އަތުގައި މަޑުމަޑުން ހިފަހައްޓާލައިގެންނެވެ. އަންޖަލްއަށް ކުރާނެ އަސަރު އަސްމާއަށް ވަރަށް ރަގަޅަށް އެގެއެވެ. މިއަދު އަންޖަލް މިގެއިން ބޭރުކޮށްލިއަސް އޭނާ ދާނެ އިތުރު ތަނެއް ނުހުންނާނެކަން ހުދު އޭނާއަށްވެސް އެގެއެވެ.
***
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަންޖަލް އާއި ޖުނާންގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ. ދެމީހުން އެކަކު އަނެކަކަށް އެދޭވަރު އެދެމީހުންނަށް ވަޒަންކުރެވެއެވެ. ޖައިޝްވެސް އަންޖަލްގެ ކޮންމެ ފިޔަވަޅެއް ބަލަމުން ދިޔައެވެ. ނަމަވެސް މީހުންނާ އޮންނަ އެކަހެރިކަން އަދިވެސް ޖައިޝްގެ އޮވެއެވެ.
ޖޫދު ގެ އޭލެވެލް އެންމެ ފަހު އިމްތިހާނު ފެށެން އޮތީ ބާކީ އެންމެ މަހެކެވެ. ކޮޓަރިންވެސް ނުނިކުމެ ޖޫދު ދިޔައީ ކިޔެވުމައިގެން ކުރިއަށެވެ. އޭނާގެ މަޤްސަދު ހާސިލްވާން އޮތީ އެންމެ މަގެއްކަން ޖޫދުއަށް އެގެއެވެ. އޭލެވެލްގެ ގަދަ ދިހައެއްގައި ޖޫދު ހިމެނިއްޖެނަމަ ޖޫދު ބޭނުން ކޮންމެ ކަމެއް ކޮށްދޭނެކަމަށް އިސްހާޤްވަނީ ވައުދުވެފައެވެ.
” އެއްޗެއް ކައިގެން އިދެބަލަ.. އަހަންނަށް ހީވަނީ ދުވަސްކޮޅަކުން ޖޫދު އެއިންސްޓައިން އަށް ވުރެވެސް މޮޅުވާނެހެން..” މޭވާކޮޅެއް ހިފައިން ޖޫދުގެ ކޮޓަރިއަށް ވަތް އަންޖަލް ބުނެލިއެވެ.
” އޭރުން އަންޖަލް އަށް ރަގަޅެއްނުން..” އާފަލު ފޮއްޗެއް އަގަޔަށް ޖަހާލަމުން ޖޫދުބުނެލިއެވެ. ޖޫދު މިބުނި އެއްޗަކާ އަންޖަލް މާބޮޑަކަށް ނުވިސްނައެވެ. އެބަހުގެ ފަހަތުގައި ވަނީ ކޮން މާނައެއްކަމެއްވެސް ޖޫދު ނޫނީ އެހެން މީހަކަށް ނޭގެއެވެ.
އަންޖަލް އާއި ޖުނާންގެ ސިއްރު ބައްދަލްވުންތައް އެންމެ ކައިރިން ބަލަމުން ދިޔަ އެކަކީ އޭގޭގައި ގެންގުޅޭ ކައްކާ މަރީ އެވެ. މަރީއަށް އެކި ރޭމަތިން ޖުނާން ގޮސް އަންޖަލް ކޮޓަރިއަށް ވަންނަތަން ފެނިފައިވެއެވެ. އަސްމާ ގާތު ބުނަންވީތޯ ނޫނީ އަޅާނުލާ ދޫކޮށްލަންވީތޯ މަރީގެ ހިތައް އަރަމުން ދިޔައެވެ. އޭނާ އެއްޗެކޭ ނުބުނެ ހުރީ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވުމުންނެވެ. ނަމަވެސް އަސްމާގާތު ބުނަން މަރީ ކިތަންމެހާވެސް ބޭނުމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަރީ ހުންނަނީ ޖުނާންއަށް މޮޔަވެފައެވެ. ޖުނާން އޭނާނުން އެހެން މީހަކަށް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ.
***
އަންޖަލް ދޮރުގައި ގަޑިން ބާރަ ޖެހިތަނާ މީހަކު ޓަކިޖަހާލިއެވެ. ދަތްޕިލަ ސޭލް އަޅުވާލުމަށްފަހު އަންޖަލްގޮސް ދޮރުހުޅުވާލީ އެއީ ޖުނާން އަބަދުވެސް އަންނަ ގަޑިކަމުންނެވެ. އަންޖަލްގެ ހިނިތުންވުން ފަޑުވިއެވެ.
” ކިހިނެއްވީ ؟ހީކުރި މީހާ ނައިމަތަ..” މަރީ ވަހަކަ ދައްކަން ފެށިއެވެ.
” ކޮން ހީކުރި މީހާއެއް” އަންޖަލް ނޭގޭ ކަމަށް ހަދާލިއެވެ.
” ނޭގޭ ކަމަށް ހަދާނެ ކަމެއް ނެތް.. އަހަންނަށް އެގޭ އަންޖަލް އާ ޖުނާންއާ އޮންނަ ގުޅުން..” މަރީ އެއްފަޅިން މަލާމާތް ކުރާގޮތަކަށް ހީލަމުން އަންޖަލް ކޮޓަރިއަށް ވަނެވެ.
” އަހަރެން މިހާރުވެސް ބޭނުމިއްޔާ އަސްމާއްތަ ކައިރީ ބުނެވިދާނެ.. އެކަމަކު އަންޖަލް ވެސް ހަދާއެއްޗެއް ބަލާފަ ދޯ އެހާ ބޮޑު ކަމެއް ކުރަންވާނީ..” މަރީ ބޮޑާވެލާފައި ގޮސް ގޮޑީގައި އިށީދެލިއެވެ.
“ކޯއްޗެއް މަރީ ބޭނުމީ.. ކޮންކަމެއް ބޭނުންވަނީ… އަހަރެން ޖުނާންދެކެ ލޯބިވިޔަސް އެއީ މަރީއާ ކޮންބެހޭކަމެއް..” އަންޖަލް މަރީ އިން ގޮޑިކައިރިއަށް ޖެހިލާފައި ބުނެލިއެވެ. މަރީކައިރިއަށް އައި ރުޅިއެއް ބުނަންވެސް ނޭގުނެވެ. ތެދުވުމަށްފަހު އަންޖަލްއާ ހަތަރު ކަޅިހަމަކޮށްލިއެވެ.
” އަހަންނަށް ވަރަށް ބޮޑުކަމެއް އެއީ.. ކަލޭތީ ކާކު ޖުނާން ދެކެ ލޯބިވާން.. ކަލޭއާ މަށާ ކޮންގޮތަކުން ތަފާތުވީމަ ކަލޭދެކެ އެ ޖުނާން ލޯބިވާންޖެހުނީ… ތިވެސް ހަމަ އަހަރެން ކަހަލަ ފަޤީރެއްނުން.. ހުންނަ ހަޔާތް ކުޑަކަން ބަލާބަލަ ކަލޭ ހުރީ ކަލޭގެ ދައްތަ މަރުނުވެގެން ދޯ އޭނަގެ ފިރިމީހާ ޖަހައިގަންނަން.. ކިހިނެއް އިގޭނީ މާރާލީ ނުންކަމެއްވެސް..” މިހެން ބުނުމާއެކު މަރީގެ ކޯމައްޗަށް އައި އަންޖަލްގެ ހޫނު އެތިފަހަރެކެވެ. މަރީވެސް ބަލަން ނުހުރެ ވީ ތަދުން އަންޖަލްގެ ކޮލުގައި ޖެހިއެވެ. މި މަންޒަރު ފެނުނީ ބޭރަށް ނުކުތް ޖައިޝްއަށެވެ. ޖައިޝްގެ ރުޅި ގަޑު ކޮންޓްރޯލުން ނެއްޓިއެވެ. އަދި އަންޖަލްގެ ކޮޓަރިއަށް ވަދެ މަރީގެ އަތުގައި ބާރަކަށް ހިފުމަށްފަހު ދަމާފައި ގެންގޮސް ގޭގެ މައިގޭޓުން ބޭރަށް ކޮއްޕާލިއެވެ.
” ކޮބާ ކަލޭގެ ލަދު… ކަލޭތީ ކާކު އަންޖަލް ގައިގަ ޖަހަން..” ޖައިޝް އަޑުގެ ނެތް ތަނަށް ބުނެލިއެވެ. އަންޖަލްގައިގާ އެކަކުވެސް އަތްލުމަކީ ޖައިޝް ބޭނުންވާކަމެއް ނޫނެވެ. އޭނާއަށް ވެގެން ވަންޔާ ޖުންނާންއާއި އަންޖަލްއާ ދެމީހުންވެސް ދުރުކުރީހެވެ. ނަމަވެސް އަންޖަލްގެ އުފަލަށް އޭނާ މަޑުން ހުރީއެވެ.
” ހަ… މިގޭ ހުރިހާ ދަރިންދޯ އޭނައާ ހެދި ހޭބަލިވަނީ… ބުނަން ތިކުރީ ވަރަށް ނުބައި ކަމެއް… އަހަރެންގެ ނުބައިކަން ކަލޭމެންނަށް އަންގާލާނަން..” ޖައިޝް ކޮށްޕާލުމުން ވެއްޓުނުގޮތުން މަރީގެ އަތަށް ވަރަށް އަނިޔާވިއެވެ. ހުރިހާ މަންޒަރެއް ބަލަން ބެލްކަންޔަށް ނުކުމެ އަންޖަލް ހުއްޓެވެ. ޖައިޝްގެ ރުޅިގަޑަކީ އަންޖަލްއަށް އެގޭ ރުޅިގަޑެކެވެ. މިހާ ކުޑަ ކުޑަ ކަމަކާ ޖައިޝް ރުޅިއައުމުން އަންޖަލް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އެކުއްޖާ 22

Next

ލޯތްބައްޓަކައި (1 ވަނަ ބަައި)

Next
June 13, 2020

ލޯތްބައްޓަކައި (1 ވަނަ ބަައި)

Previews
June 13, 2020

އެކުއްޖާ 22

41 Comments!

  1. Livy says:
    June 13, 2020 at 10:57 am

    Dhen Rangalhu vaanii joodh ves Anjal dheke Loabi nuvejjaaa ???? btw mi part Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting for the next part ?✨?

    1. Krystal says:
      June 13, 2020 at 11:14 am

      Hahahaha… Livy hama thihen ves vedhaane… ???
      Btw thank you ???

  2. Krystal says:
    June 13, 2020 at 11:17 am

    ANJAL mi story kiyaa hurihaa kudhinnah!!
    Krystal storyge picture change kuramun dhaanan story dhaa gothun.. baeh kudhin picture ah balain story hoadha faane so ekudhinnah bunely..
    Krystal ge huriha stories fennane story thiryga KRYSTAL jahaafa red kulain in thanah fithaalyma…
    Ummeedhu kuran hurihaa kudhinnah ves kamudhaane kamah ???
    Stay safe.. ly all ❤❤❤

  3. ?Ril? says:
    June 13, 2020 at 11:53 am

    Story ge pic varah sali sis .and story is also amazing. Speechless. Masha Allah
    Keep it up sis. Waiting for next?
    And yaa take care an be safe❤??? lym❤❤

    1. Krystal says:
      June 13, 2020 at 1:58 pm

      Awwnnn… ❤❤❤ thank you dongsaeng..
      I was waiting for blue bird.. iyye online nuvevuny kanneyge dhw…

    2. Anonymous says:
      June 13, 2020 at 2:37 pm

      Yeah ril ah ves heevanee . I am also waiting for her . Friday ga ves belin ekamaku dongseon ge comment eh nufenu. Miss u dear dongseon. ❤❤❤❤❤?

    3. ?Ril? says:
      June 13, 2020 at 2:39 pm

      Sorry name ah liyan hadhaan nethunee ehen ve eynee anonymous araafa but that’s mee ingey sis

    4. Krystal says:
      June 13, 2020 at 3:09 pm

      Yes krystal ves v belin fridayga blue bird adheytho… hope she is all fine and well ??
      Hehehe.. yes ril kan ingeye comment balaalyma ves…❤❤

    5. ?Ril? says:
      June 13, 2020 at 4:18 pm

      Yaa hope every thing is fine

  4. Afu says:
    June 13, 2020 at 12:49 pm

    Masha Allah varah salhi igey mi part vx sissoo ❤️??….. Cover vx varah salhi ?????…. Alhey egey enmen anju fahathuntha … Siss ur the best author igey …. N afu varah happy vejje afu vx siss ehaa frnd vma … Thnkyw afu aa frnd vma aslu heevx nukuran siss afu aa ehaa?????? frnd vaane kamakah???❤️? …. Uhmmm again ur the best story writer ingey …. Siss nxt part konirakun …. Siss maa curious kon ninmaatheeve Mihunnanee kehmadhuvefa …
    Luv u bigu Koh ❤️❤️❤️❤️❤️❤️❤️❤️❤️…
    Lots and lots of love from afu ??????❤️❤️❤️❤️
    Salanghae ❤️❤️
    Stay safe

    1. Krystal says:
      June 13, 2020 at 2:02 pm

      !!Waaahhh
      Such a long comment ❤❤
      Hahaha… aan emmenah vany dhw…
      Thank you afuuuuuuuuu krystal ge stories ehaa like vaathy v happy vey… ?
      Hehhe… krystal ge readers aa frnd nuve dhen kaakaa krystal friend vaany?
      Next part insha allah 2 days there upkohdheveytho balaanan ingey…. hahaha afu kiyaa ehcheh balan curious vaa gothah nimmaly ???
      Nado nomu saranghae…

  5. Afu says:
    June 13, 2020 at 2:50 pm

    Hahahhaha thnkyw siss ????❤️
    Hahahhahah asluvx thr ????
    Owwwn ur a sweet siss ingey ??❤️??❤️
    Ehn vru siss afu kiyaa ehcheh balan next time ga vx curious kohlaanan dhww
    Siss reply kureythww inin
    Happy to see tht luving wrds ???❤️
    I’m so happy ????
    Luv u ❤️
    Stay safe

    1. Krystal says:
      June 13, 2020 at 3:08 pm

      Hahaha.. yes… afuu curious kohleveytho v try kuraanan ingey….
      Awnnn.. ehentha… reply lahun kurevunas remember that you are always in my heart ??
      Hehhe.. saranghae uri dongsaeng

  6. Nct jaemin says:
    June 13, 2020 at 3:15 pm

    Varah reethi mi part ves super curiously waiting for next part..

    1. Krystal says:
      June 13, 2020 at 3:18 pm

      Thank you jaemin ❤

  7. Anuahs says:
    June 13, 2020 at 6:03 pm

    Mi part ves hama habeys?♥️?. Waiting for the next part.

    1. Krystal says:
      June 15, 2020 at 10:52 am

      Thank you anuahs ?

  8. Laya says:
    June 14, 2020 at 1:57 pm

    Omg…. laya vahaka nukiya kon dhuniye ehgagha miulheny.. sis bunihen laya story hoadhany pic ah balaigen.. change vefa inyma laya ah neyguny.. ????
    Masha allah mi part v salhi… hahahhaa jaish ahves biru gannan ingeytha??? Manmaai ooooo… hahahha
    Sis waiting for next part ingey avahah up koh dhechey..
    Sarangae ???

    1. Krystal says:
      June 15, 2020 at 10:54 am

      Ehentha… aslu cover change kohky bodah mi 3 character ah adhi focus inyma…
      Awnn thank you laya ??
      Hahaha.. heeves nuvey dhw…
      Saranghae ??

  9. Bluebird says:
    June 15, 2020 at 8:02 am

    Awwwwn bogoshipeo…… I’m feeling just fine fine fine.. Ijen neoye soneul noelge.. I know all mine mine mine.. Cuz I’m just fine….. Hehe
    BTW your story is freaking beautiful.. It feels like watching a movie… I like it. Keep it up..
    And yeah here is something funny.. Me bluebird is from Baa atoll which both starts with B. And Ril,Raa atoll and you Krystal eonnie, kaafu atoll. ?how’bout naming BRK for our friendship…???
    Oh Ril…. Your name reminds me of our school boy…. Rilwan… We were friends before…. Sometimes I read your name as Rilwan…… Saranghae BRK… Josimhayo….. Jalgayo.. ?????☺️??um did you guys knew about bts anniversary…. Since June 1 they to June 13 the conducted many events… Hope you watched it….
    Another thing is on July 15 Map of the soul 7 the journal will be released… I get these news from an app named Kpop news…… Bye

    1. Krystal says:
      June 15, 2020 at 10:59 am

      Omg… you are back ?????
      Hahahaha.. I am fine lava dhuhvaalee dhw… nice ❤❤❤
      Awwnnn thank you sweety ?
      BRK! Kurukoh break kiyeyne dhw.. hahaha just came into my mind…
      Oh yeah… i watched everything on youtube… omg Bang bang Con belintha… i was crying the whole time.. heevany asluves concert ehga indheveyhen.. ehadset jahain kotari therey onna iru.. ??
      Oh!! Krystal kiyany Koreaboo website in… its a online website which bring news about the whole korean industry.. kpop, dkramas, k varieties and everything ??
      Blue I missed you so much.. ??

    2. Bluebird says:
      June 15, 2020 at 1:23 pm

      Yeah I watched all….. Even their family portraits are freaking gorgeous….. Love you take care….

    3. Bluebird says:
      June 15, 2020 at 1:31 pm

      There was a problem with Jin’s profile. On June 5th his profile weren’t there and many fans raised their voice on social medias. And again on June 6th It was said their are total 8 members… But now I think it is resolved.

    4. ?Ril? says:
      June 15, 2020 at 8:21 pm

      Ohhh annyeongghaseyo blue bird . Olenmaniyoo . Ohhh BRK good name as well as funny. Ohh my name remind u as a school friend that’s great. I was missing u blue bird. Ops dongseon. Bogoshipo. Yaa I knew about their their anniversary. Actually this year I became interested in k pop. and became a bts stan. . And learn many Korean words . And had a good use with tha apps u recommended blue bird. And now I know much information about Korea an bts and as well as I pop. It just became a hobby of mine. Jalgayo and saarangey BRK❤❤❤❤

    5. ?Ril? says:
      June 15, 2020 at 9:52 pm

      * k pop

    6. ?Ril? says:
      June 15, 2020 at 9:55 pm

      Are u interested in Korean movies dongseon and Krystal sis . Actually u are aa eonni dhw sis .

    7. Bluebird says:
      June 16, 2020 at 7:59 am

      Actually I feel sorry for RM Suga Jhope…In’ who is your favourite bias ‘ they have got fewer votes than other members…. I want them to be equally loved but I know it won’t happen even for me… Especially RM he was last….. ???BTW I really appreciate their hard work to make armys happy…. Good luck 방 탄 소 년 단 사랑해…. 조심해요…. 행운을 빌어요…. ???????????Hey eonnie do you read webtoons??? Can you recommend me some.. I already read True Beauty and Save Me….. Save Me is about BTS and members are included as the characters… It is written by the Big Hit Entertainment.. Hope you give it a go…. I guess today I’m being tooooooo talkative.. ☺️☺️☺️ And where on earth is Ril???? I thought she said she was waiting for me???? ?????보고싶어?

    8. Bluebird says:
      June 16, 2020 at 8:29 am

      Oops sorry you’re here…. Yes I watch K drama series from kbs world…. Once Again, Fatal Promise, Brilliant Heritage, House of Bluebird, How to buy a Friend, Born Again etc.. I even know how to read and write in Korean….

    9. ?Ril? says:
      June 16, 2020 at 9:16 am

      Ohh good I guess ur name is blue bird because of that movie. Isn’t it. I also know how to write in Korean. But not too much I have learnt a little. And I am working on that. And about to read I am also working on that too. But I know how to talk in Korean not too much but I know. Actually as I had said that I am a new one on learning Korean. That’s why I need some tips from u to learn and read write in Korea fast.
      Jeo jom dowa jusilraeyo ❤❤??????

    10. ?Ril? says:
      June 16, 2020 at 9:21 am

      And yaa saeng ili eonjeyo dongseon.
      If u tell month also its ok
      And yaa my bais is V

    11. Bluebird says:
      June 16, 2020 at 1:33 pm

      Before the holiday I discussed with my friends about Korean letters….. And I searched through Internet… December 3 days different from Jin and 4 days different from TXT soobin, only years different…. Yeah I got idea from house of Bluebird… Actually it’s a North American bird ?… This is it blue colour with blue orange and brown belly…
      Here are some tips
      ㅓ=eo, ㅁ=M, ㅅ=s, ㄹ=r and l, ㅣ=I, ㅈ=J, ㅊ=ch
      , ㅎ=h, ㅍ=p, ㄴ=n, ㄱ=G and K, ㅐ=ae, ㅌ=t, ㅂ=b, ㅇ=ng, etc….. This is your name 릴( Ril)….

    12. ?Ril? says:
      June 16, 2020 at 2:05 pm

      Thankx for the help. I didn’t understand the part about that December 3 days from jin and 4 days from txt soobin. Can u tell that part little bit in detail. Pls
      Ohh so my guess was right about uare name dhw. An thankx for the tips dongseon.
      And yaa Ril is half of my name. My friends call me that name. It’s my nick name. Once again thanks. Pls help me more.❤❤❤????????

  10. ?Black Swan? says:
    June 15, 2020 at 8:10 am

    Annyeonghaseyo… Jal jinesseyo…. Alhamdhulillah I am fine… Masha Allah stry Varah reethi…. Sifakuruntha ves Varah reethi…Cover pics excellent… U r superb EONNIE…. Speechless ??Keep up the great work ? ? ? ? ? ? ? ? this part is also fantastic n interesting… Ummeedhu kuran maa las nuve nxt part kiyaalan libeyne kamah… N I must say that ur very great at writing stories aslu hama story kiyaairu imagine kurevey evaagoiyy….. Hama habeys… Haeng-unel bileoye EONNIE… Saeng-ili eonje eyo??? If u don’t mind can you tell me… I am Jimin.. Name change kohly comment thah publish nuvaathy…
    SARANGHAE EONNIE ? ? ? josimhaeyo…. Jal gayo ? ? ? Jumal jal boneseyo

    1. Krystal says:
      June 15, 2020 at 11:05 am

      Annyeong dongsaeng…
      Thank you jimin ?
      Insha allah las nukoh kiyaalam libey varu kohdheynan ingey…
      Awwnnn.. ehentha? Varah ufaavejje jimin ah mi story kamu dhiyaima.. ?
      Awwnn thank you. Noduyeo.. nae saengil february ga isseyeo… naega jungkook boda nuna kodhun.. gae saengil september jana..☺☺☺
      Jimin ge comments keehvebaa ehen evany… ril geves ehen vefa now its all good.
      Nado saranghae uri dongsaeng ?
      Jal gayeo ???

  11. Bluebird says:
    June 15, 2020 at 1:24 pm

    Yeah I watched all….. Even their family portraits are freaking gorgeous….. Love you take care….

  12. Bluebird says:
    June 17, 2020 at 8:03 am

    Before the holiday I discussed with my friends about Korean letters….. And I searched through Internet… December 3 days different from Jin and 4 days different from TXT soobin, only years different…. Yeah I got idea from house of Bluebird… Actually it’s a North American bird ?… This is it blue colour with blue orange and brown belly…
    Here are some tips
    ㅓ=eo, ㅁ=M, ㅅ=s, ㄹ=r and l, ㅣ=I, ㅈ=J, ㅊ=ch
    , ㅎ=h, ㅍ=p, ㄴ=n, ㄱ=G and K, ㅐ=ae, ㅌ=t, ㅂ=b, ㅇ=ng, etc….. This is your name 릴( Ril)….

  13. ?Ril? says:
    June 17, 2020 at 8:45 am

    Blue bird is u r birth day December1 guess. Is it correct

    1. Bluebird says:
      June 17, 2020 at 12:58 pm

      Ne (네) you must know what I meant.. Hehe…..saeng-ili-eonje eyo??? Hama ahaalee…. Now I don’t know what to talk about… I talked tooooo tooooo much and I don’t know what to talk about with you….. Um… How’s your Google classroom going….. Our class Just started this week…… Within this two days we became so so so close friends…. Where is eonnie… I miss her so so so much…. 보고싶어…. Any way have you been to Baa atoll… I haven’t been to Raa atoll… And yeah which K drama series do you watch…. And do you watch Two Days One Night.. It will be everyday 15:25 and on Sundays new episodes will be at 13:35 on Kbs World…… What are your favourite Korean-pop bands??? Mine are Tomorrow X Together, BTS, Blackpink, ONEUS, Kim Wooseok, CIX, VIXX etc…

    2. Bluebird says:
      June 18, 2020 at 1:25 pm

      Hey chingu… Mianhae… I don’t want to public it here…. May be when we meet each other I can tell…미안해 친구…. 잘가요…

  14. Bluebird says:
    June 17, 2020 at 1:32 pm

    Ne (네) you must know what I meant.. Hehe…..saeng-ili-eonje eyo??? Hama ahaalee…. Now I don’t know what to talk about… I talked tooooo tooooo much and I don’t know what to talk about with you….. Um… How’s your Google classroom going….. Our class Just started this week…… Within this two days we became so so so close friends…. Where is eonnie… I miss her so so so much…. 보고싶어…. Any way have you been to Baa atoll… I haven’t been to Raa atoll… And yeah which K drama series do you watch…. And do you watch Two Days One Night.. It will be everyday 15:25 and on Sundays new episodes will be at 13:35 on Kbs World…… What are your favourite Korean-pop bands??? Mine are Tomorrow X Together, BTS, Blackpink, ONEUS, Kim Wooseok, CIX, VIXX etc…

  15. ?Ril? says:
    June 18, 2020 at 3:42 pm

    Oops Mianhae I shouldn’t ask here dhw . Sorry again. Yaaa hope we can meet someday. Saarangey. Bogoshipo and jalgayo. ??❤❤❤❤

Comments are closed.

Next Episodeއަންޖަލް (7)←


All Right Reserved!