Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާޔަން (ފަހުބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 13, 2020 2 Mins Read
5 Comments

“ޔަނާހު…ޒީވާ ވެސް ލިއަމް ވެސް މަރާލީ އެކަކު. ހަމަ އެއްގޮތަކަށް. އެއީ ސީރިއަލް ކިލާރ އެއް. އޭނަ ބޭނުން ވަނީ ޝާޔަން. އެންޑް މިހާރު ޝާޔަން ގެއްލިގެން މިއުޅެނީ. ވީ ހޭވް ޓު ފައިންޑް ހާރ.” ޔަނާހު ގޮވައިގެން ކިނާން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.

“ޝާޔަން ޝާޔަން ޝާޔަން…” އިވިގެން ދިޔައީ ދަންނަ އަޑެކެވެ. ޝާޔަންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ހުމާމް ޝާޔަންގެ ކުރިމައްޗަށް އަރާލިއިރު އޭނާގެ މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.

“ހުމާމް ކީއްވެ؟” ޝާޔަންއަށް އަހާލެވުނީ އެވަރަށެވެ. އޭރުވެސް އޭނާ އައްސާފައި އިން ގޮނޑިން އަތާފައި މޮހެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެވަގުތު ހުމާމްގެ ބިރުވެރި ހިނިގަނޑު މުޅި ތަނުގައި ގުގުމާލިއެވެ. “ޝާޔަން.. އަހަރެން ޝާޔަން ގެ އުމުރުން ސާދަ އަހަރުން ފެށީގެން ޝާޔަން ލިބޭތޯއުޅުނިން. ކިތައް ފުވަހު ޝާޔަން ފަހަތުން ދިޔައިން. އެކަމު އެންމެ ފަހަރަކުވެސް ޝާޔަން އަހަންނަށް އެ ފުރުސަތެއް ނުދިނީމެއްނު. އަހަރެންގެ މޫނުމަތީ ޒީވާ ޖެހި ދުވަސް ހަނދާން އެބަހުރިތަ؟ އޭގެ ބަދަލު މިހާރު އޭނަޔަށް ދީފިން. އެހެން ނޫނަސް އެތައް ދުވަހެއްވެއްޖެ ޝާޔަން  އާ ބައްދަލު ކުރަން އެހީވެދޭށޭ ކިޔާތާ..އެކަމަކު އޭނަ ބުނީ އެކަމެއް ދުވަހަކުވެސް ނުވާނެޔޯ..ދެން ހުރީ ރަނޑު ފިރިހެނާ..އޭނަ އުޅުނީ މަގޭ މީހެއް ހޯދަން. ޝާޔަން ތީ ހަމަ އެކަނިމަގޭ މީހެކޭ..” ހުމާމް ހަޅޭއްލަވައިގަތްލެއް ބާރުކަމުން ޝާޔަން ބިރުން ހަލާކުވިއެވެ. ގޮތް ހުސްވެފައި އިންދާ ޝާޔަން އެތާ އެކަނި ބޭންދުމަށްފަހު ހުމާމްއެތަނުން ދިޔައެވެ.

ކިނާން ހާސްކަމާއެކު ފައިލުތަށް ހާވަމުން ދިޔައެވެ. ޔަނާހު ވާނުވާ ނޭންގިފައި ހުރީ ސުވާލެއްވެސް އަހަާލަން ޖެހިލުންވެފައި ހުރުމުންނެވެ. ” ޔަނާހު..އަހަރެމެން މި ހޯދަނީ ހުމާމް ނަމަކަށް ކިޔާމީހަކު.އެއީ ޝާޔަން ގްރޭޑް ހަތަކުން ފެށިގެން އޭނާގެ ފަހަތުންއުޅޭ މީހެއް. ޒީވާ އަށް ވަރަށް މެސެޖު ވެސް ކޮށްފަ ހުރީ ޝާޔަން ހަވާލުކުރާސޯ ނޫނީ މަރާލާނަމޯ ކިޔާފަ . އެއްވެސް އިރަކު އެ ހުމާމެއްގެ ވާހަކަ އެމީހުން ޔަނާހުކައިރީގަ ބުނިތަ؟”

ކިނާންގެ ވާހަކައިން ޔަނާހުއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެ ހުމާމް ގެ ވާހަކަ މީގެ ދެ އަހަރު ކުރިން ޒީވާ ވަނީ އޭނާއަށް ކިޔައިދީ ފައެވެ. މަގުމަތިން ހިނގާފައިދާއިރު ފަހަތުން އައުމާ ލެއިން ސިޓީ ލިޔުމަށްފަހު އެފޮނުވާ ވާހަަކަވެސް ވަނީ ކިޔައިދީފައެވެ. އެހެންކަމުން ލިއަމް އާ ދެމީހުން އެއްދުވަހު ހުމާމްގެ ފަހަތުން އެގެއަށް ވަނީ ގޮސްފައެވެ. “އަހަންނަށް އިނގޭ އޭނައުޅޭގެ. ހިނގާދާން.” ޔަނާހު ފުންމައިގެން ތެދުވިއެވެ. ކިނާން ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެކަން މާ ބޮޑުކަމަކަށް ނުހަދާ އޮފީހުންނިކުމެގެން ގޮސް ސައިކަލަށް އެރިއެވެ. ފަހަތުންޔަނާހުވެސް އެރިއެވެ.

ޔަނާހު ކިޔައިދިން މަގުތަކުން ގޮސް އެންމެ ފަހުން އެބުނާ ގެޔަކަށް ދެވުނެވެ. “ޔަގީނެއް ނޫން އިނގޭ.. މީގެ އަހަރުތަކެއް ކުރީގެ ވާހަކައެއް މިބުނި.” ޔަނާހު ކިނާން އަށް ބަލާލިއެވެ. ކިނާން ބޯޖަހާލަމުން ލަސް ފިޔަވަޅު ތަކެއްގައި ސިޑިން އަރަން ފެށިއެވެ. ކިނާން ގެ ފަހަތުން ޔަނާހުވެސް މަޑުމަޑުން އަރަމުން ގޮސް ދެވަނަ ފަންގި ފިލާޔަށް މަޑުޖެހިލިއެވެ. ކުއްލިއަކަށް ކިނާން ފައިން ޖަހާ ދޮރު ހުޅުވާލިއެވެ. ބާރު އަޑުފައްގަނޑެއް އިވުމަށްފަހު ދޮރު ހުޅުވިގެން ދިޔުމާއެކު ދެމީހުންނަށް ވެސް ފަހަތަށް ޖެހިލެވުނީ ފެނުނު މަންޒަރުންނެވެ.

“އަނހާ…ތިމީހުންގެ އިންތިޒާރުގައޭ މިތިބީ ވެސް.” އިވިގެން ދިޔައީ ހުމާމްގެ އަޑެވެ. އޭރު ޝާޔަންގެ ކަރުގައިވަޅި ޖައްސާލައިގެން ހުމާމް ހުއްޓެވެ.ކަރުން ތަންކޮޅެއް ކަނޑައިގެން ގޮސް އޭރުވެސް ލޭފައިބަމުން ދިޔައެވެ. ކިނާންއަށްވީގޮތްވެސް ނޭންގުނެވެ. އޭނާގެ ހިތުން ހާއްސަ މަގާމެއް ހޯދިކުއްޖާއަށް ކޮށްފައިވާވަރު ފެނުމުން ލޭކެކިގަތެވެ. ޔަނާހުވެސް ބިރުން ހުއްޓަކަސް ހުރީ ރުޅިއައިސް ރަތްވެފައެވެ. ކިނާން ދުވެފައި ދިޔަ ގޮތަށްގޮސް ހުމާމްގެ ބަނޑުގައި ފައިން ޖެހިއެވެ. ނުވިސްނާ ހުރި ހުމާމް ދިޔައީ ވިއްސައިގެނެވެ.

ހުމާމް ހައްޔަރު ކުރެވުނެވެ. އޭނާ ފަހުރުވެރިވަމުން އޭނާ ކުރި ކުށް އެންމެނަށް އިއުލާނު ކުރަމުން ދިޔައެވެ. ޝާޔަން އަށް ހޭލެވުނު އިރު އޭނާއަށް އަނެއްކާވެސް އޮވެވުނީ ހޮސްޕިޓަލްގައެވެ. ނަމަވެސް މިފަހަރު ކިނާން އޭނާގެ އަތުގައި ހިފާލައިން ނިދިފައި އިން މަންޒަރު ފެނުމުން އެ މޫނު ރަތްވެގެންދިޔައެވެ.

ސްކޫލު ހުޅުވި އެ އަހަރުގެ ކިޔެވުން ނިމުނީ ޔަނާހު އަދި ޝާޔަން އަށްވެސް އެތައްފުން ހިތާމަތަކެއް ގެނައި ނަމަވެސް ރަނގަޅު ނަތީޖާއަކާއެއެވެ. ޝާޔަން ތައްޔާރު ވަމުން ދިޔައީ ލިބިފައިވާ ދައުވަތަކަށް ބޭރަށް ދިއުމަށެވެ. އަޅި ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރެ ފަހު ފަހަރަށް ޝާޔަން ލޯގަނޑަށް ބަލާލިއެވެ. އަދި މަންމަ ގާތު ބުނުމަށްފަހު ނިކުތްއިރު އޭނާގެ އިންތިޒާރުގައި ކިނާން އިނެވެ.

ނުހަނު ބޮޑު ކަންތައްގަނޑެއްގެ ތެރެއިން ދިމާވި ނަމަވެސް މިހާރު އެދެމީހުންނަކީވެސް އެކަމުން އަރައިގަނެ އެކަކު އަނެކަކު ދެކެ އިންތިހާޔަށް ލޯބިވާ ދެ ލޯބިވެރިންނެވެ. ޝާޔަންގެ ފަހަތުން އުޅުނު ހުމާމްއަށް އޭނާ ކުރި ކުށުގެ އަދަބު ލިބުނެވެ. މިިހާރު ޝާޔަންއަކަށް އެއްވެސް ބިރެއް ނެތެވެ. ޝާޔަން ސައިކަލު މަތީ އިނދެ ހިނިތުންވެލިއެވެ.

ނިމުނީ

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހިޔާ

Next

ޒަޚަމް 9

Next
June 14, 2020

ޒަޚަމް 9

Previews
June 13, 2020

ހިޔާ

5 Comments!

  1. imagination ?? says:
    June 13, 2020 at 4:54 pm

    hello everyone. after so long i am so glad i am able to finally finish the story. hope u alll like it. in sha allah you will keep seeing my stories from dhanfulhi.mv

  2. Faiherrr?? says:
    June 13, 2020 at 11:06 pm

    Oh Hardha kurey Alan mi story fashaigen kiyanjehuny story ves vvv kurey dhoa pis pis pis

    1. imagination ?? says:
      June 13, 2020 at 11:29 pm

      sorry

  3. shaiiii says:
    June 14, 2020 at 12:51 am

    vvv rythi mi prt vx…hope imagination ge vhk eh adhi kiyaalan libeyne kmh….ly

  4. Friend says:
    June 14, 2020 at 9:52 am

    Stry haadha kuru kohfa dear. Stry salhi waiting 4nw stry

Comments are closed.



All Right Reserved!