Skip to content
އެސްފިޔަ

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..12

ޓެރަހަށް އަރަން ހުރި ސިޑިން މައްޗަށް އެރުމަށްފަހު ޝިމާ މަޑުމަޑުން ޓެރަހުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޝިމާއަށް ދެލޯ ބޮޑުކޮށްލެވި އޭނާގެ ދެއަތުން އަނގަ މަތީ އަތް އަޅާލިއެވެ.

 

**********************************************************************

ޓެރަހުގެ ދޮރުން ފެށިގެން ދާން އޮތް މަގު އެއްކޮށް އޮތީ ރަތްކުލަ އާއި ހުދުކުލައިގެ ފުއްޕާހަމުން ފުރި ބާރު ވެފައެވެ. ހިނގަމުން ދާއިރު ފުއްޕާހަންތައް މައްޗަށް އުދުހިގެން ދާނެކަން ކަށަވަރެވެ. އެހާވެސް ގިނައެވެ. ޓެރަހަކީ ބޮޑު ޓެރަހަކަށް ވެފައި މަތި ފާޑުވެރި ސީލިންގަކުން ހިޔާކޮށްފައި އޮތް ތަނެއްކަމުން މައްޗަށް ދޫކޮށްލާފައިވާ ހީލިއަމް ބެލޫންތައް ވަނީ ސީލިންގުގައި ޖެހި މަތަ ވެފައެވެ. އެހެންކަމުން މަންޒަރު ފެނުމުގައި ހިތަގައިމު ގޮތެއް ހުއްޓެވެ. ކުރިމަތީ ހުރި ހުދުކުލައިގެ އޮމާން ފާރުގައި ބޮޑު އަކުރުން އެކިކުލަކުލައިގެ ފެއަރީ ލައިޓްސް ބޭނުން ކޮށްގެން ‘ ހެޕި ބާތްޑޭ ޝިމް’ އޭ ޖަހާލާފައިވެއެވެ. ކުރިމަތީ ހުރި މޭޒުގައި ކަޅު ފޮތިގަނޑެއް އަޅާ މޭޒު ވަނީ ޝިމާއަށް އެންމެ ރީތި މާ ކަމުގައިވާ ލިލީ މަލުން ޖަރީކޮށްލާފައެވެ. މޭޒުގެ މެދުގައި ބޮޑު ކޭކެއް ބައިންދާލެވިފައިވާ އިރު އެއްފަރާތުގައި ބޮލުގައި އަޅަން ބާތްޑޭ ކޯންތަކާ ޝިމާއަށް ޙާއްސަކޮށް ބާތްޑޭ ކްރައުން ވެސް ވަނީ ބައިންދާލެވިފައެވެ. ހުރިހާ މަންޒަރެއް ފެނުމުން ޝިމާ އަށް މިއަދުމީ އޭނާގެ ނަވާރަ ވަނަ އުފަންދުވަސް ކަން އެނގިގެން ދިޔައެވެ. އެއާއެކު އޭނާއަށް އަމިއްލަ ނަފްސަށް ހީލެވުނީ އެކަން އޭނާގެ ހަނދާނުން ކައްސާލުމުންނެވެ.

ހައިރާންވެ އަނގަމަތީ ދެއަތް އަޅައިގެން ދޮރުމަތީ ހުރި ޝިމާ ފެނި އެންމެންގެ މޫނު މައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. ޙާއްސަކޮށް ޒީވާންއަށްް ޝިމާ ނޫން އެހެން މީހަކާ ދިމާލަށް ބަލާލަން ވެސް ނުކުޅެދުނެވެ. އެހާވެސް އޭނާގެ ޝިމް މީރޭ ލޮތްބެވެ. އެންމެން އެއް އަޑަކުން ހެޕި ބާތްޑޭ އޭ ބުނެލުމުން ޝިމާއަށް ހަމަބިމަށް އާދެވުނެވެ. މަޑުމަޑުން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް އޭނާގެ ތިން އެކުވެރިން ގައިގައި ބައްދާލީ މި ފަދަ ފުރިހަމަ ކަމެއް ކޮށްދިނުމުން ޝުކުރު ވެރިވާ ހާލުގައެެވެ. އަދި އެއަށްފަހު ދެން ތިބި ޝާނިމްގެ ތިން އެކުވެރިންނަށް ވެސް ޝިމާ ޝުކުރު އަދާކުރިއެވެ.

ހެވިފައި ހުރި ޝިމާއަށް ކުއްލި ސިހުމެއް ލިބުނީ ކުއްލިއަކަށް މުޅިތަނުން ކަރަންޓް ދިއުމުންނެވެ. އެއާއެކު އަޔާން އެމީހުން ކައިރީ ހުރި މޭޒުގެ ވަށައިގެން ހުރި ކޭންޑްލްސް ތައް ދިއްލާލިއެވެ. އޭގެ ތެރެއިން ކޭކު ފެނިގެން ދިޔައީ ހުވަފެނީ ގޮތަކަށެވެ. ނަމަވެސް އެ އަލިކަމުގެ ސަބަބުން ހަމައެކަނި އަލިވަމުން ދިޔައީ ހަމައެކަނި ޝިމާ މެން އެންމެން ތިބި ތަންކޮޅަށް އެކަންޏެވެ. ” ލުކް ބެކް ޝިމް ” ޝިމާ ސިއްސައިގެން ދިޔައީ އެއް އަޑަކުން އޭނާގެ ތިން އެކުވެރިން އެހެން ގޮވާލުުމުންނެވެ. އެއާއެކު ޝިމާ ބިރުންހުރެ ފަހަތް ބަލާލިއެވެ. ނަމަވެސް ފެނިގެން ދިޔަ މަންޒަރުން ޝިމާ ބުދެއްހެން ހުއްޓުން އަރައިގެން ދިޔައެވެ.

ޓެރަހުގެ އެއްފަރާތުގައި ހުރި ބޮޑު އޮމާން ފާރުން އަނދިރިކަމުގެ ތެރެއިން އަކުރު ތަކެއް ދިއްލެމުން ދިޔައެވެ. މަޑުމަޑުން މާހައުލުގެ އަނދިރިކަން ނެތެމުން ދިޔައީ އަކުރު ތަކުން އަރަމުން ދިޔަ ރަން ކުލައިންނެވެ. ލޮލުން އުފާވެރި ކަމުގެ ކަރުނަ ފައިބާ ހާލު ޝިމާ އޭނާގެ ކުރިމަތީ ހުރި ފާރުން ކަޝްފުވެގެން ދިޔަ ލިޔުން ކޮޅު ކިޔާލިއެވެ. ބޮޑު އަކުރުން ފާރުގައި ‘ އައި ލަވްޔޫ’ އޭ ޖަހާލާފައިވަނީ ރީތި ފޮންޓަކުންނެވެ. ރަން ކުލައިގެ ފެއަރީ ލައިޓްސް އިން އެހެން އަޅާލައިފައި ވުމުން އެ ލިޔުނު މީހުން ކޮށްފައި ހުރި ބުރަ މަސައްކަތާ ހުނަރުވެރިކަން ހާމަވެއެވެ. ޓެރަހަށް ވަދެގެން އައިއިރު އެތަން އެހާ އަނދިރީ އެހެންވެގެންތާ އެ ޝިމާގެ ހިތަށް އެރިއެވެ.

މަޑުމަޑުން އެ ލިޔުންކޮޅާ ދިމާލަށް ޝިމާއަށް މިސްރާބުޖެހުނީ ބޭއިޙްތިޔާރުގައެވެ. އެއީ އެ ހިތް އެދޭ ޒުވާނާގެ ޢަމަލަކަށް ވުމަށް އެދި ދުޢާ ކުރެވުނީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. މަޑުމަޑުން ގޮސް ޝިމާ އެތާ ހުއްޓިލުމާއެކު ޝިމާގެ ވަށައިގެންވި އުބައްތިތައް ދިއްލެން ފެށިއެވެ. މުޅިންހެން ނިމުނު އިރު ޝިމާއަށް ހުރެވުނީ ފިނިފެންމަލުން ބަރާވެފައިވާ ، އުއްބައްތިތަކުން ދިއްލިފައިހުރި ހިތެއްގެ ތެރޭގައެވެ. ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައީ ޝިމާ ހުރި ދިމާލުން މަތިން ތިރިއަށް އެލުވާލާފައި ހުރި ކުދި ލައިޓްތައް ރަން ކުލައިން ދިއްލުމުންނެވެ. އެއާއެކު ފެނުނު މަންޒަރުގެ ފުރިހަމަ ކަމުން މިފަހަރުން ތަޢުރީފާ ހައިރާންކަމުން ހިތް ފުރިގެން އައީ ޝިމާގެ ހިތް އެކަންޏެއް ނޫނެވެ. ދެންތިބި އެންމެން ވެސް ތިބީ އެމަންޒަރުގެ ފުރިހަމަ ކަމުން އަޖައިބު ވެފައެވެ.

ކުރިމަތީ މީހަކު އިންހެން ހީވެގެން ޝިމާ އެފަރާތަށް އެނބުރިލިއެވެ. ކުރިމަތީ އެއްފައި މައްޗަށް ތިރިވެ އިން ޒީވާން ފެނި ޝިމާގެ ހިތް ލޯތްބާ ތަޢުރީފުން ފުރިގެން އައެވެ. މެރޫންކުލައިގެ އަތްދިގު ގަމީހަކާއެކު މަތިން ލައިފައިވާ ކަޅުކުލައިގެ ސޫޓް އިން ބަލައިލަން ހަރުދަނާ ގޮތެއް ޒީވާންގެ ގައިގައި ހުއްޓެވެ. ގަމީސް އެންމެ މިޒަމާނުގެ ފަޓުލޫނެއްގެ ދަށަށް ޖަހާލެވިފައިވީއިރު އެ ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ހީލައިގެން އިންއިރު މޫނު މަތީ ދައްކުވައިދެނީ އިންތިހާ ފިރިހެންވަންތަ ކަމެވެ.

ޒީވާން އޭނާގެ ޖީބުން ކުޑަ ފޮއްޓެއް ނެގުމަށްފަހު އެ ހުޅުވާލިއެވެ. ލޯތައް ތަރަތަރަ ޖަހައިގެން ދިޔައީ އޭގެ ތެރޭގައިވި ހުދުކުލައިގެ އަލިމަހުގެ އަނގޮއްޓި ފެނިފައެވެ. އެއާއެކު ދެން ރީތި ހިނިތުންވުމަކާއެކު ޒީވާން އޭނާގެ ކުރިމަތީގައި ހުރި ޝިމާ އަށް ބަލައިލިއެވެ. ” ޝިމް އަހަރެން ވަރަށް ދުވަސް ވެއްޖެ މި ވާހަކަ ބުނަން އުޅޭތާ އެކަމް ބުނަން ފަސްޖެހެވުނީ ހިތަނޭދޭ ޖަވާބެއް ލިބިދާނެތީ .. އެކަމް ދެން ފޮރުވާކަށް ބޭނުމެއް ނޫން.. ޝިމް އައިލަވް ޔޫ.. އައި ލަވްޔޫ ސޯމަޗް… ޝިމް ވިލް ޔޫ ބީ މައިން” ޒީވާންގެ ފިރިހެންވަންތަ އަޑުން އިއްވާލި ބަސްތަކުން ޝިމާގެ ދެލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނައިންނެވެ. އާނ އެކޭ ބުނުމަށް ބޯޖަހާލިއިރު ޝިމާއަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. ރޮވޭނެއްނޫން ހެއްޔެވެ؟ އެއީ އޭާނާ ހިތް އެދޭ ހަމައެކަނި ބައިވެރިޔާ ވިއްޔާއެވެ. އުފާނުވާންވީ ކީއްވެހެއްޔެވެ؟

ޝިމާ އާނއެކޭ ބުނެލުމާއެކު ޒީވާން އޭނާ ގެންގުޅުނު އަނގޮއްޓި ޝިމާގެ ވައަތު ކަށި އިނގިލީގައި އަޅުވާލިއެވެ. އެއަށްފަހު އެ އަތަށް ބޮސްދިނުމަށްފަހު ތެދުވެ ޝިމާ އެއަތު ތެރެއަށް ގެނައީ ލޯތްބާއެކުގައެވެ. އަދި ހުދުކުލައިގެ ލިލީ މަލުން ބަރާވެފައިވި މާބޮނޑިއެއް ވެސް ޒީވާން ޝިމާގެ އަތުތެރެއަށް ލައި ދިނެވެ. އެއާއެކު ޝިމާ އެކަމަށް ޝުކުރު އަދާކުރީ އިތުރަށް ޒީވާންގެ އެ ތަނަވަސް މޭގެ ތެރޭ ބޮނޑިވެލަމުންނެވެ. އެހެން ބަޔަކު އެތާ ތިބިކަން ވެސް އެ ދެކުދިންނަށް ރޭކާ ނުލާ ފަދައެވެ. އެގޮތުގައި ދެމީހުންގެ އަތުތެރޭ ތިބި ދެ މީހުންނަށް ސިހުންގެނުވީ އެމީހުންގެ ރައްޓެހިން ކޮންގްރާ އޭ ކިޔާ ހަޅޭއްލަވައި ގަތުމުންނެވެ. އެއާއެކު ޒީވާން އާ ޝިމާ އެކަކު އަނެކަކާ ދުރުވެލުމަށްފަހު ޒީވާން އޭނާގެ ހުދުދަތްތައް ދައްކާލަމުން ހީލި ގޮތުން ހީވީ އޭނާ ހާ އުފާވެރި ކުއްޖަކު މި ދުނިޔެ މަތީގައި ވެސް ނެތްހެނެވެ. އުފާވެރި ކަމާއެކު އެ ދެމީހުން ވެސް ގޮސް ދެ މީހުންގެ ރައްޓެހިން ގައިގައި ބައްދާކުމަށް ފަހު އަވަހަށް ޝިމާގެ ކޭކު ފެޅުމައިގެން އުޅުނެވެ. ” ހޭ މިހިރީ ވެސް ކޭކެކޭ ކާލަން ހަމަ ހަބޭސް ވާނެ.. އެކަމު ހިއެއް ނުވޭ މީރުވާނެ ހެނެއް އަބަދު ކަޕްކޭކެއް ހެން ރުޅި އައީމަ އެ މޫނު ކޮޅު ފުފިފަ ހުންނާތީ” އެވަގުތު ކޮޅު ވެސް އިޔާޝް އަށް ނާޔާ އާއި ބެހިނުލާ ނުހުރެވުނެވެ. ” ހުރެބަލަ ޑޮންކީ.. ކޭކު ކާން ދޭނަމޭ މިފަހަރު” އެހެން ކިޔާ ކޭކު ފޮއްޗެއް އަތަށް ނަގަމުން އިޔާޝް ފަހަތުން ނާޔާ ދުއްވައިގަތެވެ. އޭރު މަނޒަރު ބަލަން ތިބި އެންމެންްގެ މޫނުމަތިން ވެސް ފެނިގެން ދަނީ މަޖާވެފައިވާ ކަމުގެ ކުލަތަކެވެ. ނަމަވެސް ދުވެދުވެ ހުރި ނާޔާ އަށް ދުވުން މަޑު ޖައްސާލަން މަޖުބޫރު ވީ ފޯންއަށް މެސެޖެއް އައުމުންނެވެ. މެސެޖު ފެނުމާއެކު ނާޔާގެ ހިތުގައި ނުތަނަވަސް ކަމުގެ ރާޅު ބާންޏެއް ދަތުރު ކޮށްލިއެވެ. ހުއްޓުން އަރާފައި ހުރި ނާޔާ ފެނި އެންމެން ވެސް ކިހިނެއްވީތޯ އެހިއެވެ. ނަމަވެސް ކަމެއް ނުވާކަމަށްް ބުނެ އެބަ އަންނަމޭ ކިޔާ ނާޔާ ޓެރަހުން ނުކުމެގެންް ދިޔައެވެ.

އެއާއެކު އަނެއްކާ ވެސް ދެންތިބި މީހުން މާހައުލުގެ އުފާވެރި ކަމުގެ ތެރެއަށް އެނބުރި ދިޔައެވެ. ހީ ސަކަރާތްޖަހާ މަޖާކޮށް އުޅުނެއް ކަމަކު ސާޔާގެ ހިތުގައި ވަނީ ބިރުވެރި ކަމެއް ވަކި ހިއްޕާލާފައެވެ. ކޮންމެސް ކަމެއް ވާން އުޅޭ ކަމުގެ އިންޒާރު އެ ހިތް ކެނޑިނޭޅި ދެމުން ދިޔައެވެ. މިއަދު އެއްކޮށްހެން ނާޔާ އޭނާ އާ ދުރުކަމެއް ބަހައްޓަމުން ދާކަން ވެސް ސާޔާ އަށް ވަނީ ފާހަގަ ވެފައެވެ. ނަމަވެސް ކީއްވެގެން ތޯ ތިއުޅެނީ އަހާނުލެވުނީ ނާޔާ އޭނާ އާއެކު އެކަނި ހުރުމަށް އެންމެ ފުރުސަތެއް ވެސް ނުދިނުމުންނެވެ. ކިތަންމެ ހިތަށް ކޮއްކޮގެ ޢަމަލު ތަކުން ތަދުވި ނަމަވެސް ކެތްކުރީ ރަނގަޅު ވަގުތަކު އެ ވާހަކަ ދައްކަން ވެގެންނެވެ. ހިޔާލު ތަކު ތެރޭ ހުރި ސާޔާއަށް އެ ޙިޔާލުތަކުން ނުކުމެވުނީ މާހައުލުގައިވި ހުނުމުގެ އަޑު ކެނޑިގެން ދިއުމުންނެވެ. އެންމެން އެއް ދިމާލަކަށް ބަލަން ހުއްޓުންް އަރާފަ ތިބުމުން ސާޔާވެސް ޓެރަހުގެ ދޮރާ ދިމާލަށް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ސާޔާއަށް ވެސް ހައިރާންކަން ލިބި ބިރުވެރިކަމުގެ ވިންދެއް ހިތުގައި ޖަހާލިއެވެ.

އެހެން އެންމެންނަށް ވުރެވެސް ބޮޑަށް ޝާނިމް ހީވީ ބިރުގަތްހެންނެވެ. ކުރިމަތީ ހުރި ނާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރި ފިރިހެންމީހާ ފެނި ޝާނިމް އަށް ހީވީ އޭނާގެ ކުރިމަތިން ބޮޑު ބިރެއް ފެނުނު ހެންނެވެ. ވަށައިގެންވާ ހަތަރު ފާރު އައިސް އޭނާ އޭގެ ތެރޭ ފިއްތާލި ކަމުގެ އިހްސާސް ޝާނިމް އަށް ކުރެވުނެވެ. އިޔާޝް ތޯއެވެ؟ ނާޔާ އެފަދަ ގޮތަކަށް އެހެން ފިރިހެނަކާ އެކު ފެނުމުން އެ ހިތުގައި ރިއްސާލީ ވޭނީ ގޮތަކަށެވެ. ދެއަތް މުށްކަވާލެވުނީ ވެސް އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލީ ދެލޯ ފުރިގެން އަންނަން އުޅުނު ކަރުނަ ތައް ހުއްޓުވުމުގެ ގޮތުންނެވެ.

( ނިނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Xeen

    Alhey sis me first dhw…
    Masha Allah V reethi mi part vx❤️❤️❤️?????
    Varah vvvvvvvvvvvv vvvvvvvvv reethi hama heevanee vaahakaige therey ga ulheveyhen… Alhey zeevaan haada Roman eyy dhw… Shim & zeevaan ah congratulations?
    (Zeevaan is my son dhw mi vaahaka igaa….hehe…dharifulhu mommy varah ufaavehje)?
    Alhey but e nabeel aai aizan ge sababun naaya, saayaa & shaanim ah haadha bodu gonjehumaka kurimathi laan jehunee dhw……haada rulhi aadhey Nabeel & Aizan dheke… Varah basnaaha 2 meehun?…
    Sis varah Hama reethi Sifakurunthan vx.. I really love it… Sis aai migothan vaahaka dahkaa levuneema heevanee hama Xeen ge Aslu sis akaa vaahaka dhehkey hen
    Stay Safe
    Take care
    Lysm
    Your big fan Xeen

    1. euphoria
      Xeen

      Omg wht a huge comment xeen dear.. I really like these kind of comments.. Btw ys alhugandu liyunu gadii vs hiivi hama stry therey ulhevunu hn hehe.. Ehehhee yes xeen mii zeevaan Ge mommy ey dhw.. Zeevaan bunii mommy ufaaveema zeevaan Ge happiness double vehje o hehe.. Lahba nabeel nd aizan Ge sababun haadha dhera eh libey dhw eba naya mnnah.. Let’s see dhw kihineh tho vanii kuriah huri part thakn.. Bas naahaa kudhin v ma sakaaraathey dhw.. Nd btw my lovely xeen thnk yuh soo much dear.. Vv ufaavehje xeen ah mi part vs kamudhiyae ma… Alhugandu dhekenii mithaa ulhey hurihaa readers vs hama v gaai baeh gothuga.. Hehe.. U too dear stay safe❤️
      Take care ❤️
      LYMMM❤️❤️❤️❤️❤️

    2. euphoria
      Xeen

      Nd yes ur first xeen.. Congratulations.. ♥️❤️♥️

  2. Kairaa

    Alhey haadha reehchey mi bai vx……speechless…..kiyaali iru vx heevanee vaahakaige thereyga ulheveyhen….ehaaa reethi…masha allah….sis kn irakun nxt part…..curiously waiting….lysm….stay safe….

    1. euphoria
      Kairaa

      Awwn thankx kairaa dear.. Vvv happy mi part vs dear ah Reethi v ma.. Glad to hear that u like it.. Nxt part miadhu insha Allah submit kohla dheynan.. So publish v Haa avahakah kiyaalan libeyne insha Allah ngey sis.. Just keep waiting it won’t take too long insha Allah.. U too dear stay safe nd lymmm❤️❤️❤️

  3. Livy

    Varah Varah Varah reethi ❣️❣️ maa sha Allah ?? curiously waiting waiting for the next part ?✨? ly ⚡?⚡?

    1. euphoria
      Livy

      Awwn Livy dear thnkx fr ur lovely comment darl.. Nxt part v avahah kiyaalan libeyne insha Allah.. Just keep waiting nge Livy.. Lym dear ❤️❤️❤️

  4. saaya

    vvvvvvvvvvvvvvvvvvvvvvvvvvvv reethi ma sha allah….mi part vrh furihama …waiting for next part…..lysm kokko

    1. euphoria
      saaya

      awwwwwwwwwwnnn my loabi loabi sis thnk yuh sooo much girl… lymm sisoooooooooo

  5. Kylie

    Alheyyy sisss mi part vv reethi……. Nabeel kanneyge naya aa ekkoh ehury…… Next part ga iyaash ulhey gothun roveyne kanneyge….. Whn nxt sissyy… Waiting ngey… lots of luv fr mee…. Bee Safe dearr

    1. euphoria
      Kylie

      hii kylie thnk yuh sooo kuch dear… lets see dhw naya aa eku aii kaaku tho.. ys iyaash v dheravaane kanne dhw… nxt part insha allah miadhu submit kohlaanan.. lahba just keep waiting nge it won’t take too long insha allah… lym darl.. u too stay safe

  6. Fathima

    Burugaa alhaagen haram gulhumakah hudhadhiny kamakunudhey…theduvri loibakahvaany kaivenyah endhunyma n huhdha gothuga ulhunyma…

  7. ?Ril?

    Sis mi part ves varah sali. Shim an zeevaan haadha rom ey dhw. Btw I love this part. Aley iyaash is in love dhw. Hehehe. When next. Love u sis.❤❤❤❤❤❤❤❤????

    1. euphoria
      ?Ril?

      hllw ril dear… thnk yuh sooo much sis.. vv ufaavehje ril ah mi part vs reethi v ma.. lahba shim and zeevaan v rom dhw… ahahah hingaa dhw iyaash ge gotheh vs balaalan… nxt part mihaaru liyamn midhanii insha allah miadhu submit kohlaanan ngey sis… lymm darl

  8. Nww-she

    Masha Allah sissssssss
    Mi part vess vrh vrh vrh vrh vrh vrh vrh vrh reethi
    Iyaash n nayaa gulhuvacheee
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. euphoria
      Nww-she

      thnk yuh soooooo much dear.. vv ufaavehje mi part dear ah reethi v ma… lets see dhw iyaash nd naya ge relation ah vanii kihineh tho..

  9. Bluebird

    Wow???Maashaa Allah V v v v v v v v v v v v Salhi. ? ? ? ? ? ? Just speechless….?. Sisoooooo You are great….?? Every time you finish the story with Curiously…. It is great.. Very great.. More and more great….??? I Love this story… ??????Is this your first story??? You are very very much talented Sisoooooo….?????V reethi sifakurunthah ves…..???? No wonder Shaanim got afraid of a boy!! ?? Keep it up sisoooooooooooooo… Sis if you don’t mind how old r u?? …. Love your stories a lot.. ??????Love you take care ?????

    1. euphoria
      Bluebird

      Maasha Allah wht a huge comment lil sis.. Thnk yuh soooo much dear for ur lovely comment… It means a lot.. So glad to see ur comment.. Vv ufaavehje mi part sis ah kamudhiyaema… Lahba mii alhugandu Ge first stry.. Yup shaanim dhw.. Let’s see dhn vaagoih dhw.. Btw I’m 16 years old dear… U too dear stay safe nd take care.. Lymm sis♥️♥️♥️♥️♥️♥️

  10. VANTEKTH

    omg dharivaru.. wow wow wow.. neh ehn ehcheh hama again nukunnaakah.. vvvvvv reethi.. alheyh avahah aneh prt up kurahchey.. e aizan hama huvaa.. love you bodu koh nge.. miss you a lot darl.. proud of you buddy

    1. euphoria
      VANTEKTH

      Thnk yuh dear.. It means a lot.. Lahba nxt part avahah up kohla dheynan ngey.. Hehe aizan kaalan tha thiulhenii cool darl… Lym.. Mym.. Proud of yuh too girl ?♥️❤️

  11. Aish

    Mi vaahakai ge first episode fenifaves vv kiyaahiyvi ekam Hama nuky v keh kohffin nukiyaaveytho. Ekam Hama Mai langondi ah kehnuvegen furathama episode in feshigen kiyan mi feshy furathama ibaaraai kolhun vx v kiyaahiyvehjje mihaaru 9 vana episode aaa Hama ah kiyaifin ☺️☺️☺️ vvv reethi ? dhen Hama kuriah oy konmme episode ehves kiyaafa comment kohllaanan ingey dear. Mi part aaa behey gothun ehcheh bunaakah adhi neynge e eee adhi nukiyan mi baeh?
    Stay home
    Stay safe

  12. euphoria

    salaam my dear readers.. srry to say bt alhugandu laptop kuda massala eh jehugn iyye nxt part submit kohnulevun… so nxt part alhugandah up kohladheveynii sunday nunii monday ga.. srry fr that.. nd i hope u all will wait nd understand….

  13. euphoria

    Salaam my dear readers.. Srry to say bt alhugandu lap kuda massala eh jehign ulheythii iyye nxt part submit kohnulevun.. So dhn kuriah ah oih 2 part ekkoh Sunday nunii Monday ga alhugandu up kohlaanan insha Allah.. Hope u all will understand…

  14. Starlight vixx

    Varah reethi but Hama jeheytha Aizan &Nabeel hunnan varah foohi dhemyhun rulhives aadhe ????

    1. euphoria
      Starlight vixx

      Thnk yuh dear.. ❤️

  15. euphoria

    Salaam my dear readers.. Srry to say bt Alhugandu lap kuda massala eh jehign nxt part submit kohnulevun iyye vs adhi miadhu vs.. So ebai up kohleveyniii Sunday nunii Monday ga.. Srry for that.. Hope u all will understand..

Comments are closed.