ފޯނުގެ އަނެއްފަރާތުން އިވުނު އަންހެން އަޑުގެ ސަބަބުން ނަތާޝާގެ ސުވާލުތަކަށް އިތުރު ސުވާލެއް އިތުރު ވެގެން ދިޔައެވެ.
ފޯނު އެނެގީ ކާކު ހެއްޔެވެ؟ ޔުނާން މީހަކާ ކައިވެނި ކުރީ ހެއްޔެވެ؟ އެއީ ޔުނާންގެ ކާކު ހެއްޔެވެ؟
ނަތަޝާއަށް ލިބުނު ސިހުމުގައި ފޯނު ކަނޑާލެވުނެވެ. ދެލޮލުން ކަރުނަ އެތި ފައިބަން ފެށީ އޭނާގެ ހިތަށް ލޮޅުމެއް ގެނެސްދީފައިއެވެ. އެއަޑު އިވިފައި ނަތާޝާގެ ހިތުގައި ހީވީ މީހަކު ވިކައިލި ހެންނެވެ. އޭނާގެ ހަގު ދަރިފުޅު ކައިވެނި ކުރާތަން ދެކެން އޭނާ ނުހަނު ބޭނުމެވެ. އެދަރިފުޅު އޭނާއާ ނުލާ އެކަން ކުރާކަށް އެއްވެސް ވަރަކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ޔުނާން އެފަދަ ކަމެއް ކޮށްފާނެބާއޭ އެތައް ފަހަރަކު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
***
އައިލީޝްއަށް މަޑުމަޑުން އޭނާގެ ވަރުބަލިވެފައިވި ދެ ލޯ ހުޅުވައިލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްކަމުން އޭނާއަށް އޮވެވުނީ ކޮންތާކު ކަމެއްވެސް ނޭނގުނެވެ. ތިންހަތަރު ފަހަރު އެސްފިޔަ ޖަހައިލުމުން އޭނާއަށް މަންޒަރު ސާފުވެގެން ދިޔުމާއިއެކު ކައިރީގައި އިން ސާޔާއާއި ރައުހާ އަދި އައިމިނަތުވެސް ފެނިގެން ދިޔަައެވެ. ހަށިގަނޑަށް ވެރިވެފައި ހުރި ވަރުބަލިކަމާއި ގައިގެ އެކި ތަންތަނުގައި ރިއްސަމުން ދިޔުމުން އޭނާއަށް އޮތްތަނުން ދެތުވުމަށް ނުކުޅެދުނެވެ. ”މޭމް. ކޮބާ ނައިޝަމް؟ ނައިޝަމް ރަނގަޅުތަ؟ ކީއްވެ އަހަރެން މިތާ މިއޮތީ؟”
އައިލީޝްއަށް އެއްފައްޗަކަށް ސުވާލުތައް އަމުނާލެވުނު އިރު އެދެލޮލުން ކަރުނައެއް ކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފައިބައިގަތެވެ. ތުންފަތުގައި މަޑު ތުރުތުރެއް ވި އިރު މުޅިގައި ދިޔައީ ރޫރޫ އަޅަމުންނެވެ. ”އައިލީޝް. އެއްޗެއް ކާލަން ވީނުން. ހެނދުނުވެސް އެއްޗެއް ނުކައެއްނު އައިލީޝް ތިހުރީ. އަން މި އާފަލުކޮޅާއި އޮރެންޖް ކޮޅު ކާލާ.” އައިމިނަތު ތަށި ދިއްކޮށްލުމާއިއެކު އައިލީޝް އޭނާގެ އަތް ފޮޅުވާލައި އައިމިނަތުގެ މޫނަށް ބަލައިލިއެވެ.
އައިލީޝް ކުރި އެންމެ ސުވާލަކަށްވެސް އައިމިނަތު ޖަވާބު ނުދިނުމާއިއެކު އައިލީޝްގެ ހިތުގައި އެތައް ވަހުމެއް އުފެދެން ފެށިއެވެ. ”އަނެއްކާ ނައިޝަމްއަށް ކިހިނެއް ވީ ބާ؟ ނައިޝަމް ރަނގަޅު ބާ؟ އަހަރެން ކުރި ސުވާލުތަކަށް ޖަވާބު ނުދިނީ ކީއްވެބާ؟ ނައިޝަމް އަނެއްކާ.. ނޫން. އެހެންނެއް ނުވާނެ. ނޫން.” އައިލީޝްއަށް އެނާގެ ދެކަންފަތުގައި އަތް އަޅައި ދެކަކޫގައި މޫނު ޖައްސާލެވުނެވެ. އަދި ދެލޯ ވަރަށް ބާރަށް މަރައިލިއެވެ. އައިލީޝް އެހެން އޮވެފައި ފުންމައިގެން އެނދުން ތެދުވެ އެތަނުން ނުކުންނަން ހިނގައިގެތެެވެ. ފައިވާންވެސް ހުރިތަނުގައި ބަހައްޓާ ހުސްފާގައި ހިނގަމުން ދިޔައީ ސާޔާމެންގެ އަޑަށް އަޅާވެސް ނުލައިއެވެ.
އައިލީޝް ގޮސް ހުއްޓިލީ އަވަސް ފަރުވާ ދޭ ކޮޓަރީގެ ދޮރުމަތީގައިއެވެ. އެތަނުގައި އީރަމްއާއި ޝިޔާމް ހުރުމާއިއެކު ނައިޝަމްވީ އެކޮޓަރީގައި ކަން އައިލީޝްއަކަށް ނޯޅުނެވެ. ގައިގައި ކިތަންމެ ވޭނެއް އަޅަމުން ދިޔަ ނަމަވެސް އޭނާ އެކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަދެލިއެވެ. އެވަގުތު އެތަނުގައި ހުރި ޑޮކްޓަރާއި ވައްހާބުގެ އިތުރުން ޝިޔާމްވެސް އައިލީޝްއަށް ބަލައިލިއެވެ. ނަމަވެސް އައިލިޝްގެ ނަޒަރު ހުއްޓިފައިވީ އޭނާގެ ކުރިމަތީގައި އެތައް ހޮޅިތަކެއް ގުޅާފައި އޮތް ނައިޝަމްއަށެވެ. އަނގައަށް ވެސް އަދި ނޭފަތަށްވެސް ހޮޅިއެއް ގުޅާފައިވުމުން ނައިޝަމްގެ ހާލު ރަނގަޅު ނޫންކަން އޭނާއަށް ނަގައިގަނެވުނެވެ. ކުދިކުދި ފިޔަވަޅުތައް ނަގަމުން ގޮސް އެނދު ކައިރީ އޭނާ ހުއްޓިލިއިރު އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އެއްވެސް ބާރެއް ނެތިއެވެ. އައިމިނަތު އާއި ސާޔާގެ އިތުރުން ރައުހާވެސް ނުހަނު ބާރު މިނުގައި ހިނގާފައި އައިސް އެތަނަށް ވަދެ އައިލީޝްގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ.
”ނައިޝަމް.” އައިލީޝް ނައިޝަމްގެ އަތުގައި ކޮށްޓާލަމުން އެމޫނަށް ބަލައިލިއެވެ. ދެވަނަ ފަހަރަށް ވެސް އެއަތުގައި އައިލީޝް ކޮށްޓާލިއެވެ. ތިން ވަނަ ފަހަރަށް އައިލީޝް އޭނާގެ ދެއަތް ނަގައި ނައިޝަމްގެ ދެކޮލުގައި ހިފައިލިއެވެ. އޭރު އެދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ދިޔައީ ނައިޝަމްގެ ގައިގައި އަޅާފައި އޮތް ހުދު ބެޑްޝީޓް ފޯ ކުރަމުންނެވެ. ނައިޝަމްގެ ކޮލުގައި ހިފާލެވުމާއިއެކު އައިލީޝް އަނެއްކާވެސް ނައިޝަމްއަށް ގޮވަން ފެށިއެވެ. ”މޭމް. ކީއްވެ ނައިޝަމް ލޯ ނުހުޅުވަނީ؟ ނައިޝަމް ކައިރީ ބުނެބަލަ އަހަރެން މިހުރީ އައިހޭ. ދެން ލޯ ހުޅުވާށޭ.”
އައިލީޝް ބުނެލި ޖުމުލަތަކުން އެތަނުގައި ތިބި މީހުންގެ ލޯތައް ފެންކަޅި ކޮށްލިއެވެ. އައިމިނަތުއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީ އައިލީޝްއަށް ކޮށްފައިވާ އަސަރުތަކާ މެދު ވިސްނާށެވެ. ”މޭމް. ނައިޝަމްއަށް ގޮވާބަ. އާދޭސް ކޮށްފަ ބުނަން ނައިޝަމްއަށް ގޮވާދީބަ. ނައިޝަމް ކައިރީ ބުނެބަލަ ލޯ ހުޅުވާށޭ. ކީއްވެތަ ނައިޝަމް އެހެން އެއޮންނަނީ؟” އައިލީޝް ހީވީ މޮޔަވެފައިވާ މީހެއް ހެންނެވެ. އެދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައިރު ނޭފަތުން ދިޔައީ ހުއްޓުމެއް ނެތި ދަވަތައް ފައިބަމުންނެވެ. ”ރައުހާ. ނައިޝަމް ބުނީ އަހަރެންގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ފުހަލަ ދޭނަމޭ. ނައިޝަމްއަށް ގޮވާބަ. އަހަރެންގެ ލޮލުން މިހާ ވަރަށް ކަރުނަ ފައިބަމުން ދިޔައިރު ވެސް ނައިޝަމް އެއޮންނަނީ ކީއްވެ؟ ސާޔާ. ނައިޝަމް ބުނީ އަހަރެން ގާތު އަބަދުވެސް އަހަރެންނާއިއެކު ވާނަމޭ. ދެން ކީއްވެ ނައިޝަމް އެހެން އެއޮތީ.”
ރައުހާއަށް އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި މީހަކަށް ނޭނގޭނެހެން ފުހެލިއެވެ. އަދި އިސްދަށަށް ޖަހައިލައިގެން ހުރެވުނީ އައިލީޝްގާތު ބަލައިލުމަށް އިތުރު ހިތްވަރެއް ނުލިބުމުންނެވެ.
”ނައިޝަމް ވަނީ..” ޑޮކްޓަރު އައިސް އައިލީޝްގެ ކުރިމައްޗަށް އަރައި އޭނާގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. ނަމަވެސް އޭނާގެ މޫނު ފެނިފައި ޑޮކްޓަރަށް އޭނާގެ ޖުމުލަ ފުރިހަމަ ކުރަން ދަތިވިއެވެ. ނަމަވެސް އޭނާ ކުންހީއެއްގެ ތެރޭ ބަހައްޓައި އެހައި ވަރަށް ކަރުނަ އަޅައި ރޯކަށް ޑޮކްޓަރުވެސް ބޭނުމެއް ނުވިއެވެ. ”ނޫން. ނުބުނާތި ނައިޝަމް ގޮއްސިއޭ. ޕްލީޒް ޑޮކްޓާ އެހެން ނުބުނައްޗެ.” އައިލީޝްއަށް ހުރިތަނަށް ތިރިވެލެވުނެވެ. ދެލޯ ކައިރި ދުޅަވެފައިވިއިރު މުޅި މޫނުމަތި ވަނީ ރަތްވެފައިއެވެ.
”އައިލީޝް. ނައިޝަމްއަކަށް ދެރަ ގޮތެއް ނުވެއޭ. ވަރަށް އަވަހަށް ދެން ނައިޝަމް ހޭ އަރާދާނެ.” ޑޮކްޓަރު އެހެން ބުނުމަށް ފަހު އެތަނުން ދިޔައީ އޭނާގެ ދެލޯ ވެސް އަތުން ފުހެލަމުންނެވެ. ހީވާ ގޮތުން އައިލީޝްއަށް ކޮށްފައިވި އަސަރު ފެނިފައި އޭނާގެ ހިތަށްވެސް އަސަރު ކޮށްފިއެވެ.
ހުރިހާ އިރު އެތަނުގައި ދޮރު ކައިރީ ހުރި ޔޫހާގެ ހަރަކާތްތައް ވަނީ ހުއްޓިފައިއެވެ. ފުން ހިޔާލަކަށް ގެއްލިފައިވި އިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ވަރަށް ވެސް ދުރު ހަނދާންތަކެކެވެ. އެއީ މީގެ ދިހަ އަހަރު ކުރީގެ ހަނދާންތެކެވެ. ފެބްރުއަރީ ތޭރާގައި އައިލީޝް އުޅުނު ގޮތުގެ ހަނދާން ތަކެވެ.
___
ކޮލެޖް ނިންމާލާފައި ޔޫހާ އާއި އައިލީޝް ގެޔަށް އައީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ. ފުރަތަމަ ސެމިސްޓާރގައި ކިޔަވަމުން ދިޔައިރު ދެމީހުންވެސް ދިޔައީ ކިޔެވުމަށް ވަރަށް ރަނގަޅަށް ފަރުވާތެރިވަމުންނެވެ. ހުރިހާ ގަޑިއަކަށް ބަރާބަރަށް ހާޒިރުވަމުންނެވެ. ނަމަވެސް ދެމީހުން އެކުގައި ކޮލެޖަށް ގޮސް އަންނައިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ބުނެ އެކަކު އަނެކަކުގެ މޫނަށް ބަލައިވެސް ނުލާނެއެވެ. ޔޫހާގެ މޫނުމަތީގައި ރުޅުވެރިކަމާއި ނަފްރަތު ވާއިރު އައިލީޝްގެ މޫނުމަތީގައި ވާނީ މާޔޫސްކަމާއި ހިތާމައިއެވެ. ނަމަވެސް އެދުވަހު އައިލީޝްވެސް އަދި ޔޫހާވެސް ގެޔަށް އައީ މުޅި މޫނަށްވެސް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. ސަބަބަކީ އެދުވަހަކީ އާކިފް މާލެ އަންނަ ދުވަހަށް ވީމައިއެވެ. އެއް އަހަރު ފަހުން ދެމީހުންނަށް ވެސް އެމީހުންގެ ބައްޕަ ފެނިގެންދާނެ ތީއެވެ.
އައިލީޝް ގެޔަށް ވަދެ އެންމެ ފުރަތަމަވެސް ބަލައިލީ ބަނޑުހާވެފައި ހުރުމުން ކާލާނެ އެއްޗެއް ހުރިތޯއެވެ. ނަމަވެސް ޔޫހާ ދިޔަ ގޮތަށް ކޮޓަރިއަށް ވަދުމުން އައިލީޝްވެސް އޭނާގެ ފޮތްތައް ކާމޭޒު މަތީ ބަހައްޓާލުމަށްފަހު ބަދިގެއަށް ރަނގަޅަށް ނަޒަރު ހިންގައިލިއެވެ. ތަށިތަކާއި ޖޯޑުތައް ސިންކު ތެރޭގައި ވިއިރު އުދުންމަތީ ހުރީ އެދުވަހު ރިހަ ކެއްކި ހުސްތެއްޔެވެ. އައިލީޝްއަށް އޭނާގެ ބޯ ތެފަރާތަށް ހޫރައިލެވި ހެދުމުގެ އަތް އޮޅާލުމަށްފަހު ބޮލުގެ އިސްތަށިގަނޑުގައި ހުުޅިއެއް ޖަހާލާފައި ސިންކު ތެރޭގައި ހުުރި ހުރިހާ ތައްޓެއް ދޮންނަން ފެށިއެވެ. އަދި އުދުން މަތީގައި އިން ތެލިވެސް ދޮވެ ނިންމާލުމަށްފަހު އެތެއްޔަށް ފިޔާ ކޮށަން ފެށީ އެރެއަށް ކާލާނެ ޕާސްތާކޮޅެއް ކައްކާލުމަށެވެ. އޭރުވެސް ގޭތެރެއިން އެކެއްގެ ހިލަމެއްވެސް ނުވެއެވެ. ނައިޝަމްވެސް ގެޔަށް އަންނަނީ ރޭގަނޑުކަމުން އެހެން ދުވަސްދުވަހެކޭ އެއްގޮތަށް އެދުވަހުވެސް އައިލީޝްއަށް ބަދިގޭގައި އުޅެން ޖެހުނީ އެކަނި މާ އެކަންޏެވެ.
ފިޔާ ކޮށާލުމަށްފަހު ޕާސްތާކޮޅު އެހެން ތެއްޔަކަށް އަޅައި މަޑުކުރަން އުދުން މައްޗަށް އުދުމަށްފަހު އައިލީޝް އޭނާގެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ގޮސް ވަދެލީ ހެދުން ބަދަލުކޮށްލުމަށެވެ. އޭރުވެސް އެތުންފަތުގައިވި ހިނިތުންވުން ފިލައި ނުދެއެވެ. ހެދުން ބަދަލުކޮށްލައިގެން އަނެއްކާވެސް އައިލީޝްގޮސް ވަދެލީ ބަދިގެޔަށެވެ. އޭރު ޒާހިދާ ބަދިގެއިން ނުކުންނަނީއެވެ. ”ކަމަނާ ކޯއްޗެއް ކައްކަނީ ތި؟” މަލާމާތުގެ ރާގަކަށް ޒާހިދާ އެހެން އަހައިލިއިރު އައިލީޝް ހުރީ އިސްޖަހައިލައިގެންނެވެ. ޔޫހާވެސް އޭރު ޓީވީ ބަލަން ސޯފާގައި ދެފައި ވައްކޮށްލައިގެން އިނެވެ. ”މިއުޅެނީ ބައްޕަ އަންނާތީ މިރެޔަށް ޕާސްތާ ހަދައިލަން ވެގެން.”
ޒާހިދާ އެތަނުން ހިނގައިގަތް އިރުވެސް އޭނާގެ ތުންފަތުގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ދެއަތް އެންމެ ބާރަށް ވަނީ މުއްކަވާލާފައިއެވެ. ކައްކާ ނިންމާލުމަށްފަހު މޭޒުމައްޗަށް ހުރިހާ އެއްޗެސް އަރުވާ ނިންމާލިއިރު މަޣްރިބު ނަމާދު ބަންގި ގޮވަނީއެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައިލީޝް އޭނާގެ ކޮޓަރިއަށް ވަދެލީ ފެންވަރައި ނަމާދުކޮށްލުމަށެވެ.
ޔޫޙާ އޭނާގެ ކަންފަތުގައި ފޯނު ޖަހައިލައިގެން ހުރީ ބެލްކަނީގައިއެވެ. އިރުއިރުކޮޅާ ހިނިގަނޑެއް ޖަހައިލާ ގޮތުން މަޖާ ވާހަކައެއް ދައްކަނީކަން އެނގެމުން ދިޔައެވެ. ”ދެން ޒައިކްވެސް ދައްކާ ވާހަކަ. ހެހެހެ.” ޔޫހާ އައިސް އެނދުމަތީގައި އޮށޯވެލައި އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަން ފެށިއެވެ. އޭރުވެސް އޭނާ ދިޔައީ ޒައިކްއާ ވާހަކަ ދައްކަމުންނެވެ. އެއް ގަޑިއިރުގެ ދިގު ވާހަކައަކަށްފަހު ޔޫހާ އޭނާގެ ފޯނު ބާއްވާލީ ނުވައެއް ޖަހަން ނުހަނު ގާތްވެފައި ހުރުމުގެ ސަބަބުންނެވެ. ރީތިވެލައިގެން ޔޫހާ ކޮޓަރިން ނުކުމެލިއިރު ނުހަނު ނަލަވެލައިގެން ޒާހިދާވެސް ސޯފާގައި އިށީންދެލައިގެން އިނެވެ. ކޮށްފައިވާ މޭކަޕުންނާ ލާފައި ހުރި ވިދާ ހެދުމުން ހީވަނީ ފެޝަން ޝޯއަކަށް ދާން ރެޑީވެފައި ހުރިހެންނެވެ.
ޒާހިދާ ފެނިފައި ޔޫޙާގެ މޫނަށް ފޫހިކަމެއް ވެރިވެގެން ދިޔައެވެ. އެހެންކަމުން ގެއިން ނުކުމެގެން ގޮސް އެތަނުގައި ހުރި ހަޓަކަށް ޔުޙާ ވަދެލީ ޒާހިދާގެ ކުރިމަތީގައި ނީންނާށެވެ.
އާކިފް އަންނަ ވާހަކަ އިނގުނު އިރުއްސުރެ ނައިޝަމްގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. ކޮލެޖުން އައި ގޮތަށް ދީފައިހުރި މަސައްކަތްތައް ވެސް ނުނިންމާ އޭނާގެ ކޮޓަރީގައި އާކިފް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައީ އެހައި ދުވަސްކޮށްފައި ފެންނަން އުޅޭތީއެވެ.
އާކިފް އަންނާނަމޭ ބުނީ ނުވައެއް ޖަހާއިރުކަމުން އައިލީޝްވެސް އޭނާގެ ކޮޓަރިން ނުކުމެ ނައިޝަމްގެ ކޮޓަރިއަށް ވަދެލީ އޭނާއަށް ލިބިފައިވި ފުރިހަމާ އުފާވެރިކަމާއި އެކުއެވެ. ދިހައެއް ޖަހަން ނުހަނު ގާތްވެފައިވި އިރުވެސް އާކިފް ގެޔަށް ނައުމުން އެންމެންގެ ހިތުގައިވެސް ވީ ބިރުވެރިކަމާއި ސުވާލުތައް އުފެދިފައިއެވެ. ”ފޯނެއްވެސް ނުނަގާ. ރިންގް ވޭބަ. އަނެއްކާ ކިހިނެއްބާ ވީ؟” އައިލިޝް އެބޮޑު ގޭގެ ސިޓިންގް ރޫމުގައި ހިނގަމުން ދިޔައިރު ނިއްމަތިން ދިޔައީ އުދާސްތައް ހިލެމުންނެވެ. ނައިޝަމްވެސް އައިލީޝް އެކޭ އެއްވަރަށް ހިނގަމުން ދިޔައިރު އޭނާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ.
ޒާހިދާ އަދިވެސް އިށީންދެލައިގެން އިނީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. އާކިފްގެ ހަަބަރެއް ނުވާއިރުވެސް އޭނާއަށް އެއްޗެއް ހީނުވާ ފަދައެވެ.
”ހަލޯ. ބައްޕާ. ކީއްވެތަ އެހައި ލަސްވަނީ؟ މިހާރު ދިހައެއް ޖަހަނީ އެހެރަ.” އައިލީޝް ފުރަތަމަވެސް ކުރަން ފެށީ ޝަކުވާއެވެ. އެކޮޅުން އިވެމުން ދިޔަ އަޑަށް ފުރަތަމަވެސް އައިލީޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެއަށްފަހު އެމޫނަށް ވެރިވެގެން ދިޔައީ ހިތާމައެވެ. ދެލޮލަށް ހީވީ ސުނާމީއެއް އަރައިގެން ދިޔައެވެ. އެކޮޅުން ބުނި ވާހަކަތަކުން އައިލީޝްއަށް ހީވެގެން ދިޔައީ އޭނާގެ ކޯތާފަތުގައި މީހަކު ބާރު އެތިފަހަރެއް ޖަހައިލިހެންނެވެ.
ޔޫހާވެސް އިންތިޒާރުކޮށްކޮށް ވަރުބަލިވުމުން ގޭތެރެއަށް ވަދެގެން އައީ ފޫހިވެފައި ހުރެއެވެ. ނަމަވެސް އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އައިލޫޝްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައެތި ފެނިފައިއެވެ. ”ބައްޕަ. އައިޖީ. އައިޖީއެމް. އެޗް. ހަމަލާ.” އައިލީޝްގެ ދުލުން ބޭރުވި ލަފްޒުތައް ޔޫހާއާއި ނައިޝަމްގެ ކަންފަތާ ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ. ކެނޑިކެނޑިގެން ލަފްޒުތައް ބޭރުވިނަމަވެސް އައިލީޝް އެބުނީ ކީކޭކަން ކިތަންމެ ރަނގަޅަކަށްވެސް އެދެމީހުންނަށް އިނގުނެވެ. ޒާހިދާއަށްވެސް އެބުނީ ކީކޭކަން ނުހަނު ފަސޭހައިން އިނގުނެވެ.
މޫނަށް ހިތާމަވެރިކަން ގެނުވަމުން ޒާހިދާ އަޑުން އަޑު ނަގައި ރޯން ފެށިއިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ލަސްތަކެއް ނުކޮށް ބޭރަށް ނުކުމެ ކާރެއް ހޯދާލުމަށްފަހު އެއަށް އަރައިގެން އެންމެންވެސް ހޮސްޕިޓަލާ ހަމައަށް މިސްރާބު ޖެހިއިރު އެކެއްގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ޒާހިދާ ނޫނީ އެންމެންގެ ލޮލުންވެސް ފައިބަމުން ދިޔައީ ހިތާމައިގެ ކަރުނައެވެ. ނަމަވެސް ޒާހިދާގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ކުރީ ސީޓްގައި އިން އިރު އޭނާގެ ތުންފަތުގައި ކުރަހާލާފައިވާ ހިނިތުންވުން ވަނީ އެންމެންނަށް ފަރުދާވެފައިއެވެ.
ހޮސްޕިޓަލާ ހަމައަށް ދެވުމާއިއެކު އައިލީޝް ނުހަނު ބާރަށް ކާރުން ފައިބުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. ނައިޝަމްގެ އިތުރުން ޔޫހާ އަދި ޒާހިދާވެސް އެބާރު މިނުގައި ދުވެފައި ދިޔައީ އައިލީޝްގެ ފަހަތުންނެވެ. އެތަނުގައި ޕޮލިހުންނާއިއެކު ނަރުހުން އަދި ޑޮކްޓަރުން އަވަދިނެތި އުޅެމުން ދިޔައިރު އެއިން ކޮންމެ މީހެއްގެ ހަރަކާތުގައިވެސް ވަނީ މާޔޫސްކަމާއި އަވަސްކަމެވެ.
ހަތަރު މީހުންވެސް ގޮސް މަޑުކޮށްލީ އަވަސް ފަރުވާ ދޭ ކޮޓަރީގެ ދޮރު ކައިރީގައިއެވެ. އައިލީޝްގެ ލޮލުން ކަރުނަ އެންމެ ހިނދުކޮޅަކަށްވެސް ހިނދިގެން ނުދެއެވެ. ޔޫހާވެސް ހުރީ އެފަދަ ހާލެގައިއެވެ.
އެތައް އިރަކު އެތަނުގައި މަޑުކޮށްގެން ހުރުމަށްފަހު އައިލީޝްމެންނަށް އާކިފްގެ ސޫރަ ފެންނަ ވަރުވީ އޭގެ އެނެއް ދުވަހު ހައެއް ޖަހަން ގާތްވެފައިވަނި ކޮށެވެ. އާކިފްގެ މޫނަށް ލިބިފައި ހުރި އަނިޔާތަކުން އެއިން އެކަކަށްވެސް ރަނގަޅަށް އެމޫނަށް ބަލާލާކަށް ނުކެރުނެވެ. ”ނޫން. ބައްޕާ. އަޅުގަނޑު ދޫކޮށްފައި ނުދޭ. ބައްޕާ. ދެލޯ ހުޅުވާލަބަ. ޕްލީޒް. އަޅުގަނޑަށް ޓަކައި އާދޭ. އަޅުގަނޑަށް އިނގޭ ބައްޕަ އަޅުގަނޑު ދޫކޮށްފާ ނުދާނެކަން. ބައްޕާ.” އައިލީޝްގެ ދެލޮލުން ވާރެ ވެހޭ ބީދައިން ކަރުނަތައް ފައިބަމުން ދިޔައެވެ. އާކިފްގެ ގައިގައި ބައްދައިގެން އޮވެ ރޮމުން ދިޔައިރު ނައިޝަމްގެ ދެލޯ ވެސް ވަނީ ކަރުނައިން ފުރި ބާރުވެފައިއެވެ.
”ބައްޕާ. އާދޭސްކޮށްފައި ބުނަން. އަޅުގަނޑު ދޫކޮށްފައި ނުދޭ. ބައްޕާ އަޅުގަނޑު އަތުގައި ހިފާލަބަ. ބައްޕަ ބުނީމެއްނު އަބަދުވެސް އަޅުގަނޑާއިއެކު ވާނަމޭ. ދެން ކީއްވެ ތިހެން ތި އޮތީ.”
___
ޔޫހާއަށް ހަމަ ހޭ ވެރިކަމެއް ވީ ވައްހާބު އޭނާގެ ކޮޑުގައި ހިފާލުމުންނެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނަތައް ދިޔައީ ފައިބަމުންނެވެ. އައިލީޝް ރޮމުން ދިޔަ މަންޒަރު ބަލަން ކެތް ނުވުމާއިއެކު ޔޫހާ މަޑުމަޑުން ހިނގާލާފައި ގޮސް އައިލީޝްގެ ކުރިމަތީ ހުއްޓި އޭނާގެ ދެކޮޑުގައި ހިފާލިއެވެ. ވަގުތުން އައިލީޝް ޔޫހާގެ ގައިގައި ބައްދާލާއި އަޑުގެ ނެތްތަނަށް ރޯން ފެށިއެވެ. ”އައިލީޝް. ހުއްޓާލާ. ނައިޝަމް ކިހާ ދެރަވާނެ އައިލީޝް ރުއިކަން އެނގުނީމަ. ނައިޝަމް ބުންޏެއްނު އައިލީޝް ގާތު ނުރޮއްޗޭ. ހުއްޓާލާ ދެން.”
ޔޫހާ ދިޔައީ ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން އައިލީޝްއަށް ވިސްނައިދެމުންނެވެ. އާކިފް މަރުވި ދުވަހު އައިލީޝް ހުއްޓާނުލާ ރޮމުން ދިޔަ ނަަަމަވެސް އެންމެ ފަހަރަކުވެސް ޔޫހާ އައިލީޝްގެ ގާތަށް ޖެހިލައި އޭނާއަށް ހިތްވަރު ދިނުމަށް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އައިލީޝް ރޮމުން ދިޔަ އަޑު ދެކެވެސް ޔޫޙާއަށް އާދެވުނީ ރުޅިއެވެ. އެހައި ވަރަށް ރޮމުން ދިޔައީތީ އައިލީޝްއަށް ކުރެވުނީ ނަފްރަތެވެ. ނަމަވެސް މިފަހަރު ޔޫހާ އެހެން ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ރަނގަޅު ވާން ބޭނުމެވެ. އައިލީޝްގެ ފަރާތުން މަޢާފަށް އެދެން ބޭނުމެވެ. ކުރެވުނު ކަންތަކާ ދެރަވެއެވެ. ހިތާމަ ކުރެއެވެ.
ޔޫޙާ ކިތަންމެ ވަރަކަށް އެއްޗެއް ކިޔަސް އެއަޑު އައިލީޝްއަށް އިވޭ ހެންނެއް ހިޔެއް ނުވެއެވެ. އޭގެ ބަދަލުގައި އައިލީޝްގެ ރުއިމުގެ އަޑު ދިޔައީ ބާރުވަމުންނެވެ. ”ކީއްވެ؟ ކީއްވެ؟ އަހަރެން ދޫކޮށްފަ އެންމެން ދަނީ؟” އައިލީޝްއަށް މަޑުމަޑުން އެހެން ބުނެވުނު ނަމަވެސް އެއަޑު އެތަނުގައި ތިބި އެންމެންނަށް އިވުނެވެ. ”އައިލީޝް ދޫކޮށްފަ އެންމެންނެއް ނުދެއޭ. އަހަރެންވެސް މިހުރީނު. ނައިޝަމްވެސް އެއޮތީނު. ޒައިކްވެސް އެހެރީނު.” ޔޫހާ އައިލީޝްގެ ބޮލުގައި ފިރުމާލިއެވެ. އަދި އައިލީޝް ދުރުކޮށްލާ އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަދިނެވެ.
***
އިރުއޮއްސެމުން ދިޔަ ވަގުތު ކާޅާ ދޫނީގެ އަޑުތައް ވަނީ މުޅި މާހައުލުގައި ގުގުމާލާފައިއެވެ. އިރުގެ ރަން ދޯދިތައް މާސިންގާ ކަނޑަށް އެޅެމުން ދިޔައިރު އެމަންޒަރު ބަލާ ފޫހިނުވާނެކަން ގައިމެވެ. ރަން ކުލައިގެ ދޯތިތައް މޫދަށް އެޅިފައިވުމުން އެމޫދުވެސް އެކަމާ ފަހުރުވެރިވެފައިވީ ފަދައެވެ. ޔުނާން އާއި އަރީން އަތިރީގެ ވެލިގަނޑުމަތީ އިށީންދެލައިގެން ތިބިއިރު ދެމީހުންގެ އަތް ވަނީ ޖޯޑުކޮށްލެވިފައިއެވެ. އަދި ދެމީހުންގެ ތުންފަތުގައިވެސް ހިނިތުންވުމެއް ވިއެވެ.
”އަރީން ކީއްވެބާ މަންމަ ފޯނު ކަނޑާލީ؟ އަނެއްކާ މަންމައަށް އަރީންގެ އަޑު އިވުނީތަ؟” ޔުނާން އަރީންގެ މޫނަށް ބަލައިލާ މާނަ ފުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ”އެހެން ހީވަނީ. އަހަރެންނަށް މިއުޓަށް ވެސް ނުލެވި އިނީ.” އަރީން ހާސްވެފައި އެހެން ބުނެލެވުނު އިރު ޔުނާންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްވެފައިވާ ކަމުގެ ކުލަވަރުތަކެވެ.
”އަނެއްކާ މަންމަ ހީކުރީބާ.. އޯންނޯ.” ޔުނާންއަށް އޭނާގެ ބޮލުގައި ޖަހައިލެވުނެވެ. ހިތާ ހިތުން އޭނާއަށް ދުއާ ކުރެވެމުން ދިޔައީ ނަތާޝާ އެގޮތަށް ނުވިސްނާތޯއެވެ. އެކަހަލަ އެއްޗެއް ހިތަށް ނާރާތޯއެވެ.
***
”ނައިޝަމް. ދެން ތެދުވެބަ. އަހަރެން ބޭނުމެއް ނޫނޭ ނައިޝަމް ތިގޮތަށް އޮންނާކަށް. ކީއްވެ ނައިޝަމް އެތަނަށް އައިސް ވަދީ؟ ނައިޝަމް ދެން ތެދުވޭ އަވަަހަށް. މިހާރުވެސް އަހަރެންގެ ހިތަށް ތަދުކުރެވިއްޖެއެއް ނޫންތަ؟ ދެން ތި ދެލޯ ހުޅުވާލަބަ. އަހަރެންނަށް ނިކަން ބަލާލަބަ. ނައިޝަމް ޕްލީޒް. އަހަރެން ދޫކޮށްލާފަ ނުދާނަން ކަމަށް ނައިޝަމް ވައުދު ވީ މެއްނު. އަހަރެންގެ ބައްޕަވެސް ވަކިވެގެން ދިޔައީ އުފަލެއް ދީފަ. އަހަރެން ބޭނުމެއް ނޫން ނައިޝަމްވެސް އަހަރެންނަށް އުފަލެއް ދީފަކާ ވަކިވެގެން ދާކަށް. އަހަރެން ހިތަކަށްވެސް ނާރާ އެންމެ ސިކުންތެއްގެ ތެރޭ ލިބުނު އުފާތައް ވައިގެ ތެރެއަށް ހިނގައިދާނެ ކަމަކަށް. ދެން ލޯ ހުޅުވާލަބަ.”
ނައިޝަމް އޮތް އެނދުގެ މަގަތުގައި އައިލީޝް އިށީންދެލައިގެން އިނީ ނައިޝަމްގެ އަތުގައި ހިފައިލައިގެން ހުރެއެވެ. ގިސްލުމުގެ އަޑު ކެނޑުނު ނަމަވެސް އައިލީޝްގެ ލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ނަމަވެސް އެހެން އިންދާ އައިލީޝްއަށް ސިހުމެއް ލިބިގެން ދިޔައީ ނައިޝަމް އެނާގެ އަތަށް ބާރު ކޮށްލުމުންނެވެ. ހަމަ އެސިހުމުގައި ހުރެ އައިލީޝް ނައިޝަމްގެ މޫނަށް ބަލައިލިއެވެ. ދެލޯ ހުޅުވާލާފައި އޮތް އިރު އެދެލޮލުން ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި އަސަރު ތަކެކެވެ. ނައިޝަމް މަޑު މަޑުން އޭނާގެ އަތް އުފުލާލާ އައިލީޝްގެ ކޮލުގައި ހިފައިލިއެވެ. އަދި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ”އަހަރެން ބުނީމެއްނު އައިލީޝް ގާތު ނުރޮއްޗޭ. ދެން ކީއްވެ ރޮނީތި؟ އަވަހަށް ހުއްޓާލާ. އަހަރެން ބުނީމެއްނު އައިލީޝް ރޮންޏާ އަހަރެންނަށްވެސް ރޮވޭނޭ.”
ނައިޝަމް ގަދަކަމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދި އައިލީޝްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ތުރުތުރު އަޅަމުން ދިޔަ އަތަކުން ފުހެލަދިނެވެ. އައިލީޝްއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި ނައިޝަމްގެ އަތުގައި ހިފާލާފައި އޮތް އަތަށް ބާރު ކޮށްލިއެވެ.
- ~ އެއް މަސް ފަސް ~
”ދަރިފުޅާ ޔޫނާން. ކޮންތާކު އުޅެފަ ތިޔައީ؟ މަންމަ ހާދަ އިންތިޒާރެއް ކޮށްފީމޭ ދަރިފުޅަށް.” ނަތާޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަގަތެވެ. އަދި ދުވެފައި ގޮސް ޔުނާންގެ ގައިގައި އޮޅުލާގަތެވެ.
”މަންމާ އަހަރެންނަށް މައާފު ކުރޭ. އަހަރެންނަށް މައާފު ކުރޭ. އަހަރެންނަށް މަންމަމެންނަށް ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް. ތައިލެންޑަށް ގޮސް މަންމަމެންނަށް އަހަރެންގެ ހަބަރުވެސް އަންގާނުލެވުނި. މަންމާ ދެން އަހަރެން އެހެން ނޫޅޭނަން. މިހާރު ވިސްނިއްޖެ.” ޔުނާންއަށް ވެސް ނަތާޝާގެ ގައިގައި ނުހަނު ބާރަށް ބައްދާލެވުނެވެ. އޭނާއަށް އޭނާގެ މަންމަގެ ރީތި މޫނު ފެނުމުން ލިބުނު ހިތްހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ.
ނަތާޝާ ޔުނާންގެ އަތުގައި ހިފައިލައިގެން ގޮސް ސޯފާގައި އިށީންދެލައި ދޮރާ ދިމާލަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ޔުނާންގެ މޫނަށް ބަލައިލިއެވެ. ”ޔުނާން. ދަރިފުޅު މީހަކާ އިނީތަ؟ ދަރިފުޅުގެ އަންހެނުންގެ އަޑުތަ މަންމައަށް އިވުނީ އެދުވަހު؟ ކޮބާ އޭނަ؟” ނަތާޝާ އޮތްހާ ދުވަހު އެސުވާލު ޔުނާންއަށް ނުކުރީ މި ދުވަސް އަންނާނެކަން އެނގޭތީއެވެ. ޔުނާންގެ ކުރިމަތީ އިދެ އެ ސުވާލުކުރަން އޭނާ ބޭނުންވީމައެވެ.
”ހެހެ. މަންމާ. އަހަރެން އުޅެނި ކައިވެނި ކޮށްގެންނެއް ނޫނޭ. އެކަމު އެއީ އަހަރެން އިންނަން ހުރި ކުއްޖާ. މިމަހު އިންނަން މިގަސްތު ކުރަނީ.” ޔުނާން އެހެން ބުނެލީ އޭނާގެ ހިތަށް އެރި ލޮޅުން ފޮރުވާލަމުންނެވެ. ނަތާޝާ މާ ފާޑަކަށް ބަލަން އިނުމުން ޔުނާންއަށް އެވީ ކީއްކަން ވަރަށް ރަނގަޅަށް އެނގުނެވެ. ”އެދުވަހު އަރީން އުޅުނީ އަހަރެން އުޅުނު ގެޔަށް އައިސް ގެންނޭ. އަރީންއަށް ވަރަށް މީރުކޮށް ކައްކަން އިނގޭތީ އަހަރެންނަށް ރަހަ ދައްކާލަން ވެގެން. ދެން އަރީން ކައްކަން އުޅުނު ގަޑީ އަހަރެންނަށް ނިދުނީ. އެހެންވެ އަރީން ފޯނު ނެގީ ކެނޑިދާނެތީ.” ޔުނާން އެދުވަހުގެ ކަންތައް ހިނގިގޮތް ތަފްސީލުކޮށްލަ ދިނެވެ. އަދި ހިނިތުންވުމެއް ނަތާޝާއަށް ރައްދުކޮށްލިއެވެ.
ނަތާޝާއަށް އޭނާގެ ކުރީގެ ދަރިފުޅު ލިބުނު ކަމުގެ އިހްސާސް ކުރެވެމުން ދިޔައީ އޭނާގެ ހިތް އުފަލުން ނަށާ ހާލުއެވެ. ”އަރީން ތަ އެކުއްޖަ އަށް ކިޔަނީ؟ ކޮން ދުވަހަކުން މަންމައަށް ދައްކާލާނީ؟” ނަތާޝާ ވަރަށް ޝައުގުވެރިކަމާއިއެކު ބުނެލިއެވެ. ”ހޫމް. އަރީން ކިޔަނީ. މާދަން މަންމަ ކައިރިއަށް އަރީން ގެންނާނަން. އެކަމު ނޫނެކޭ ނުބުނައްޗެ އިނގޭ. މަންމާ ކޮބާ ދޮންބެ އާ ބައްޕަ.” ޔުނާން ގޭތެރެއަށް ނަޒަރު ހިންގައިލަމުން ބުނެލިއެވެ.
”އެހެންވީމަ މާދަން މަންމަ ވަރަށް މީރު އެއްޗެހި ތައްޔާރު ކޮށްލާނަން އިނގޭ. ޔަގީނެއްނު. ނޫނެކޭއެއް ނުބުނާން. އެކަމު ބަލާލާފަ ދޯ ދެން އިނގޭނީ. ދޮންބެ އެބޮތް ނިދާފަ. މިދިޔަ އެއް މަސް ދުވަހު ދޮންބެ ހީވަނި އެހެން ފަދަ ކަމެއް ހެން ދަރިފުޅު ނައިސްގެން. ދޭބަލަ ކޮޓަރިއަށް ދޮންބެ ހޭލައްވާލަން.” އެއް މަސް ވެގެން ދިޔައިރު ޒައިކްއަށް ބޮޑެތި ބަދަލުތަކެއް އައިސްގެން ދިޔައެވެ. ކުރެވުނު ކަންތަކަށް ދެރަވެ ހިތާމަކުރެވެން ފެށިއެވެ. އެއީވެސް ޔޫހާގެ ބުރަ މަސައްކަތުންވީ ކަމެކެވެ. ނަމަވެސް ނަތާޝާ ޝާހިދުގެ ވާހަކަ ނުބުނުމުން ޔުނާންގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ޒައިކްގެ ވާހަކަތައް ކިިޔާދިން އިރު ޝާހިދުގެ ވާހަކަ ނުކިޔާދިނުމުން ޔުނާން އެސުވާލު ޒާހިދާއަށް ކޮށްލިއެވެ.
”ދަރިފުޅާ ހިތްވަރު ކުރައްޗެ. ދަރިފުޅު ގެއިން ނުކުމެގެން ދިޔަތާ ތިން ވަނަ އަހަރު ބައްޕަ ވަރަށް ބަލިކޮށް އުޅުނީ. އަނގައިންނާ ނޭފަތުން ލޭ އަންނާތީ. މަސައްކަތްތައްވެސް ރަނގަޅަކަށް ނުކުރެވެ. މުޅި މީހާ މަހެއްގެ ތެރޭ އަނަރޫފަވެގެން ދިޔަ. ރީތި ހަށިގަނޑު ދިޔަ. ޑޮކްޓަރަށް ދައްކަން ބުނުމުންވެސް ބައްޕަ އެކަމެއް ނުކުރި. މާ ބުރަކޮށް އުޅޭތީ ވީ ގޮތެކޭ ބުނެ އެކަން ހިންދާލަނި. ދެން އެއްދުވަހު ބައްޕަ ލޭ ހޮޑުލައިފަ އޮތީ ފާހަނާއަށް ވެއްޓިފަ އެނބުރިގެން. ހޮސްޕިޓަލަށް ގެންދިޔައީމަ އިނގުނީ ބައްޕައަށް ކެންސަރު ޖެހިފައިކަން ހުރީ. އެކަމު އެއީ ބައްޕަގެ އެންމެ ފަހު ދުވަސް. ދަރިފުޅަށް އެހައި ވަރެއްކޮށް ގުޅީވެސް އެހެންވެ. ބައްޕަ ބޭނުންވި އެންމެ ފަހު ވަގުތުވެސް ދަރިފުޅުގެ މޫނު ދެކިލަން. މަޢާފަށް އެދެން. އެކަމު އެނަސީބެއް ބައްޕައަކަށް ނުލިބުނު. މަންމަ ކައިރީ ބައްޕަ ބުނި ދަރިފުޅު ގާތު ބުނާށޭ މައާފު ކޮށްދޭށޭ. ދަރިފުޅާ. މަންމައަށާއި ބައްޕައަށް މަޢާފު ކުރޭ. މަންމަމެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެއްވެސް ކުށެއް ނެތި ދަރިފުޅަށް އެއްޗެހި ކިޔުނީ. މަޢާފު ކުރޭ.”
ނަތާޝާގެ ވާހަކަ ނިމުނު އިރު ޔުނާންގެ ދެލޯ ވަނީ ރަތްވެފައިއެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލައިއެވެ. ހީވާ ގޮތުން އޭނާ ދިޔައީ ނުރޯން ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ. ނަމަވެސް އޭނާއަށް އެކަން ވީ ނާކާމިޔާބެވެ. ކަރުނަތައް ލޮލުން ފައިބައިގަތީ އޭނާ އެވަރަށް ހިފަހައްޓާލައިގެން އިންދައެވެ. އޭނާ މާލެ އައީ އެފަދަ ހަބަރެއް ލިބޭނެ ކަމުގެ އުންމީދުގައެއް ނޫނެވެ. ޝާހިދުގެ މަރުގެ ހަބަރަކީ ޔުނާންއަށް އަޑު އަހަން ފަސޭހަވި ހަބަރެއް ނޫނެވެ. ނަތާޝާ އާކިފްގެ މަރުގެ ހުރިހާ ވާހަކައެއްވެސް ޔުނާން އަށް ކިޔައިދިނެވެ. އެހަބަރު އިވުމުން ވެސް ޔުނާންއަށް ލިބުނީ ސިހުމެކެވެ. ޔުނާން ހިތްވަރުކޮށްފައި ހަމައަކަށް އެޅިލަމުން ނަތާޝާއަށް އަދި ޝާހިދުއަށް މަޢާފު ކުރުމަށް ފަހު ގޮސް ޒައިކްގެ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ތަޅައިގަތެވެ. ޒައިކްއަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައިއެވެ. އަދި އޭނާއަށް އެލިބުނު މާޔޫސީކަމުން މިންޖުވެލުމަށެވެ. ފަސްވަރަކަށް މިނެޓް އެހައި ބާރަށް ދޮރުގައި ތަޅަން ފެށުމުން ޒައިކް ކުދި ކިޔަމުން ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެ ހަނދާނަށް އައީ ކުޑައިރު ޔުނާން އޭނާއަށް ގޮވާ ގޮތެވެ. އެއީ އެންމެ ކުޑައިރުން ފެށިގެން ޔުނާން ދަސްކުރި ކަމެކެވެ. އަދި ކޮށް އުޅުނު ކަމެކެވެ.
”ޔުނާން. ކޮން އިރަކު އައީ. އަންގާވެސް ނުލާ.” ޒައިކްއަށް ލިބިފައި ހުރި ސިހުމުގައި އޭނާއަށް އެހެން އަހައިލެވުނީވެސް ދެލޯ ބޮޑު ކޮށްލައިގެން ހުރެއެވެ. ނަމަވެސް ޒައިކްގެ ސުވާލަށް ޖަވާބު ނުދީ ޔުނާން އޭނާގެ ނޭފަތުގައި އަތް އަޅައި އަތް ދެފަރާތަށް ހޫރަން ފެށިއެވެ. ”ޗީ ޗީ އައްޗީ. ދޭ ދޭ. މޫނު ދޮވެގެން އާދޭ އަހަރެންނަށް އިންޓަވިއު ކުރަން.” ޒައިކް ކޮޓަރިއަށް ވާ ގޮތަށް އަނބުރާލުމަށްފަހު ޔުނާން އޭނާ އެތެރެއަށް ކޮށްޕާލިއެވެ. އަދި ދޮރުޖަހާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ފެން ވަރާލީ އުދާސްވެފައި ހުރުމުގެ ސަބަބުންނެވެ.
***
”ނައިޝަމް. އަހަރެންވެސް ދާނަން. ޕްލީޒް. އަހަރެން ގޮވާގެން ދޭ. އަހަރެން އަދި މީން ދުވަހަކު ނުދަން އެކަހަލަ ރަށަކަށް.” ނައިޝަމްގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔައިރު އައިލީޝް ދިޔައީ މެއްސެއްހެން އޭނާގެ ފަހަތުން އެނބުރެމުންނެވެ. ކުރުނުކޮށް ކިޔަމުން ދިޔައީ ރަށަށް ގެންދިޔުމަށެވެ.
”އޯކޭ އޯކޭ ޕްރިންސެސް. އަވަހަށް ރެޑީ ވޭ ދާން. އެކަމު ގޮސް ނޫޅޭތި ހޫނު ވާތީ. ފެންވަރާލަން ރީތި ފާހަނާއަށް ނުލިބޭތީ. އިނގޭ.” ނައިޝަމް ހީވީ އައިލީޝްއަށް އަމުރެއް ކޮށްލިހެންނެވެ.
އަންނަ ހަފްތާގައި ފުރަން ހަމަޖެހިފައި ވުމުން ނައިޝަމް ކުރިންލާ ތައްޔާރު ވަމުން ދިޔައީ ކުރިއަށް އޮތީ ބިޒީ ދުވަސްތަކަކަށް ވުމުންނެވެ. މި ހަފްތާގައި ޒައިކްއާއި ޔޫހާގެ އަދި ޔުނާން އާއި އަރީންގެ ކައިވެނި ކުރެވެމުންދާތީ އެންމެންވެސް ޗުއްޓީ ނަގައިގެން އުޅެމުން ދިޔައީ އެކަމުގައިއެވެ. އަވަދިނެތި ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ދިޔައީ އެންމެން އެކުއެކީއެވެ.
ނައިޝަމް އޮފީހަށް ދާން ނުކުމެލައި އޭނާގެ ކާރަށް އަރައި މިސްރާބު ޖެހިއެވެ. އެއީ އޭނާއަށް ލިބުނު ފުރަތަމަ ، ދެވަނަ އަދި ތިންވަނަމަހުގެ މުސާރަ އެއްކޮށްލައިގެން ގަތް ކާރެކެވެ. ކާރު ގަތްތާ އަދި އެއް އަހަރުވެސް ނުވެއެވެ. އަދި ނައިޝަމް ގެންގުޅޭ ފޯނު އެއީ އައިލީޝް ހަދިޔަލަކަށް ނައިޝަމްއަށް ދީފައި އޮތް ފޯނެކެވެ.
***
”އިނގޭތަ؟ އެދުވަހު ކަލޭ އަހަރެންގެ ބައްޕަ މަރައި ނުލިނަމަ ގޯތީގެ ދެބައިކުޅަ އެއްބައި ކަލޭއަށް ލިބިގެން ދާނެ. އަހަރެންގެ ނަން މައްޗަށް މުޅި ގޯތި، ހުރިހާ މުދަލަކާއި ފައިސާއެއް ވި ނަމަވެސް އެދުވަހު މާލެ އައިސް ބައްޕަ އުޅުނީ ތިން މީހުންނަށް ވާ ގޮތަށް ގޭ ބަހައިލަން. އެކަމު ކީއްކުރާނި. ނަސީބު ދެރަކަން ދޯ. އެކަމު މިއަދު ކަލޭ އަށް އުޅެން ޖެހިފައި ތިހުރިތަން މާ ފުރިހަމަ ހެން ހީވަނީ. ހަޔާތުގެ ބާކީ ދުވަސްތައް ތިތަނުގައި ހޭދަ ކޮށްލާ.”
އައިލީޝް އިނީ ޒާހިދާގެ ކުރިމަތީގައިއެވެ. މިއަދު އައިލީޝް ޕޮލިސް ސްޓޭޝަނަށް އެދިޔައީ ކޮންމެހެން އެކަންތައް ޒާހިދާއަށް އެނގެން ޖެހޭނެތީއެވެ. ޒާހިދާ މޮޔަ ހިތަށް އަރުވާލުމަށެވެ. އޮތް ހާއިރު ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރަވައިގެން އިން ޒާހިދާގެ ހިނިތުންވުން ފަޑުވެގެން ދިޔައީ އައިލީޝް އެވާހަކަ ބުނުމުންނެވެ. ލިބެން އުޅުނު މުދާ ނުވަތަ އަތުގައި ހުރި ހުރިހާ މުދަލެއް ގެއްލުމުން ކުރެވެމުންދާ އިހްސާސް ޒާހިދާއަށް ކުރެވެމުން ދިޔައެވެ. އަދި އޭނާގެ މޮޔަ ހިތަށް އަރަމުން ދިޔައެވެ.
***
ޒައިކްމެންގެ ގޭގެ ޓެރަހުގައި ކުރެވެމުން ދިޔަ ދެ ކައިވެނީގެ ސަބަބުން މުޅި މާހައުލުގައިވެސް ހިފާލާފައި ހުރީ އުފާވެރިކަމެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ.
ހުދުކުލައިގެ ބޮޑު މާމެޑް ވެޑިންގ އެއްލައި ކަޅު ކުލައިގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި ވުމުން ޔޫހާ ހިވަނީ ހަމަ މާމެޑެއް ހެންނެވެ. ތުންފަތުގައި ޖައްސާފައިވި ގަދަ ރަތް ކުލައިގެ ލިޕްސްތިކް އޭޏާގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވީއިރު ލޯ މަތީގައި އައިލައިނާ އަޅާލާފައިވެއެވެ. އަތުގައި އޮތް ނުލާއި ހުދުކުލައިގެ މާބޮޑިން ޔޫހާ އެކޭ ފަލަކުން ނެއްޓިގެން އައިސް އިން ތަރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެހައިވެސް ފުރިހަމަވެފައި ޗާލެވެ.
ޒައިކްވެސް އަޅިކުލައިގެ ސޫޓެއް ލައި ނޫކުލައިގެ ޓައީއެއް އަޅާލާފައި ވުމުން ފިރިހެންވަންތަކަން ވަނީ އިތުރުވެފައިއެވެ. އިސްތަށިގަނޑުގައި ސްޕައިކް ޖައްސާ މައްޗަށް ހިއްލާފައި ވުމުންނާއިއެކު ތުބުޅިއާއި މަތިމަސް ރީތި ވަރަކަށް ކޮށާލާފައިވުމުން ނުހަނު ސްމާޓް ކަމަށް ދައްކައެވެ. ޔުނާންވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ. ނަމަވެސް ތަފާތީ ޔުނާންގެ ޓައީގައި މަޑު ނޫކުލަ ވުމުންނެވެ.
ޔުނާންއަށް ހުންނަން ހަމަޖެހިފައި ހުރިތަނުގައި އޭނާ ގޮސް ހުއްޓިލީ އޭނާގެ އަނބިމީހާ ފެންނާނެ އިރަކަށެވެ. ކައިވެނިކޮށްގެން އެތަނުން ނުކުމެގެން ދިޔަގޮތަށް އަދި ޔުނާންއަށް އަރީން ނުފެނެއެވެ. ނަމަވެސް އަރީންގެ އެހިޔާލުގައި ހުއްޓާ ޔުނާންއަށް ހަމަބިމަށް އާދެވުނީ އޭނާގެ ކުރިމަތީގައި ހުއްޓިލި ޕަރީއެއްފަދަ އަރީން ފެނިފައިއެވެ. ތިރިން ފެށިގެން މައްޗަށް ޔުނާންގެ ނަޒަރު ހުއްޓިގެން ދިޔައިރު އެދެލޯ ވަނީ ބޮޑުވެފައިއެވެ. ހުދުކުލައިގެ ވާލެއްފަދަ ވެޑިން ހެދުމެއް ލައި ނުހަނު ރީތިކޮށް ޝޯލް އަޅާލާފައި ވުމުން އަރީންގެ ރީތިކަން ދެގުނައެވެ. މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތުންފަތުގައި ޖައްސާފާއިވީ އިރު އެސްފިޔަތަކުގައި މަސްކަރަ އަޅައި ލޮލުގައި ވަނީ އައިލައިނާ އަޅާލާފައިއެވެ. އެ ފިޔާތޮށި ކުލައިގެ ތުންފަތުގައިވި ހިނިތުންވުމުން އަރީން އިތުރަށް ރީތިކަމަށް ދައްކައެވެ. މަޑު ނޫކުލައާއި ހުދު ކުލަ ހުރި މާބޮޑިއެއް އަރީންގެ އަތުގައި އޮތް އޮތް އިރު އެމޫނުމަތިން ފެންނަމުން ދިޔައީ ލަދުވެތި ކަމެވެ. ޔުނާން ދިޔައީ ހިތުން އަރީންގެ ރީތި ކަމަށް ތައުރީފު ކުރަމުންނެވެ. ޔުނާންއަށް ހީވީ ސާދަ ވިލޭރޭގެ ހަނދު އޭނާގެ ކުރިމަތީގައި އައިސް ހުއްޓިލި ހެންނެވެ.
މައުނާ އާއި އައިލީޝްގެ އިތުރުން ނައިޝަމްވެސް ވަނީ ޕާޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުވެލައިފައިއެވެ. އުފާވެރިކަމާއިއެކު ޕާޓީ ނިމިގެން ދިޔައިރު ވެސް އެންމެންގެ ތުންފަތުގައިވެސް ފަނޑު ވުމެއް ނެތި ހިނިތުންވުން ކުރަހާލެވިފައި ވިއެވެ.
***
ނައިޝަމްއަށް އޭނާގެ އުފަން ފަސްގަނޑުގައި ދެފައި ބީހިލުމާއިއެކު އެންމެ ފުރަތަމަވެސް އާވާން ފެށީ އޭނާގެ މަންމައާއި ބައްޕަގެ ހަނދާން ތަކެވެ. އެތަނަށް ކުޅެން އައިސް އުޅޭއިރު އިޝާމް އޭނާ ބަަލައި އައިސް އުޅޭ މަންޒަރު ވަގުތުން ސިފަވާން ފެށިއެވެ. ނަމަވެސް ދެފަރާތަށް ބޯ ހޫރުވާލައި އެ ހިޔާލުތަކުން ދުރުވެލީ އެންމެން ދޯނިން ބޭލުމަށެވެ. އަރީންގެ އާއިލާގެ ދެމީހުންނާއި ނަތާޝާ އަދި ޔުނާން އާއި އަރީން، ޒައިކް އާއި ޔޫހާ، މައުނާ އާއި އައިލީޝް ދޯނިން ފޭބުމާއިއެކު އެކެއްގެ އަނގަވެސް ބަންދު ނުވެއެވެ. ހުއްޓާ ނުލައި ދައްކަމުން ދިޔައީ ތަނުގެ ރިތި ކަމުގެ ވާހަކައެވެ.
”މިއޮށް އައީނު. ބޭބެ މިނުކުމެލީ ގޭތެރެ ސާފުކޮށްލާފަ.” ގެއިން ނުކުތް އަލިފުޅަށް އެރުނީ ނައިޝަމްގެ ކުރި މައްޗަށެވެ. އޭނާގެ ފަހަތުގައި ހުރި ބޮޑު ގުރޫޕަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު އަލިފުޅު އެތަނުން ދިޔައީ އެއްވެސް ކަމަކަށް ބޭނުން ވެއްޖެ ނަމަވެސް އަންގާލުމަށް ބުނެފައިއެވެ.
އާދައިގެ ގޮތަކަށް ހަދައިފާވި އެގެ ފެނިފައި އެންމެންވެސް އެގޭގައި އުޅެލަން ނުހަނު ބޭނުންވިއެވެ. ތެޅިގަލުން ގެ އެއްކޮށް ރާނާފައިވާއިރު ސީލިންގ ކޮށްފައެއް ނުވެއެވެ. ޓިނުގެ ބަދަލުގައި ޖަހާފައި ހުރީ ރަތްކުލައިގެ އީޓެވެ. ތިރީގައި ވަނީ ތަޅުން އަޅާފައިއެވެ. މައިގެ ތެރެއިން ލާފައި ނައިޝަމް އެންމެން ގޮވައިގެން ގޮސް ކޮޓަރިތައް ދައްކައިލިއެވެ. މުޅި ޖުމުލަ އެގޭގައި ތިން ކޮޓަރިވާއިރު އެއް ކޮޓަރި ދިނީ ހުރިހާ ފިރިހެނުންނަށެވެ. ދެން ކޮޓަރި ދިނީ ނާތާޝާ އާ އަރީންގެ މަންމަ ނޫން އެންމެންނަށެވެ. ނަތާޝާ އަށާއި އަރީންގެ މަންމައަށް އިނީ ދެން އިން ކޮޓަރިއެވެ.
އެންމެންވެސް ކޮޓަރިއަށް ވަދެ ހަމަޖެހުމާއިއެކު ނައިޝަމް އެނާގެ ކޮޓަރިން ނުކުމެ ބަދިގެ ފަރާތަށް ދިޔައީ އެކި އެކި ކަންކަން ހަނދާން އާ ކޮށްލުމަށެވެ. ބަދިގެއަށް ވަދުމާއިއެކު ނައިޝަމްއަށް އޭނާގެ މަންމަ ކާން ހަދަން އުޅޭތަން ފެނުނެވެ. ތަބަކުގައި ހުނި ރޮށި ހުރިއިރު ކުޑަ ބޯތައްޓެއްގައި ކުޅި ރިހާކުުރު ހުއްޓެވެ. އެއީ ނައިޝަމް އެންމެ ކާ ހިތްވާ އެއް ނާސްތާއެވެ. ”އަވަހަށް އިށީންދޭ ކާން.” ޝަމްހާ އެހެން ބުނުމާއިއެކު ނައިޝަމް ގޮސް ބެންޗުގައި އިށީންދެލިއެވެ. ނަމަވެސް އިސްއުފުލާލިއިރު އޭނާއަށް އޭނާގެ މަންމަ ގެއްލިގެން ދިޔައެވެ. އެއަށްފަހު ނައިޝަމް ބަދިގެއިން ނުކުމެ ގިފިލި ކައިރީ ގޮސް ހުއްޓިލީ އެއީ އެނާ އޭނާގެ މަންމަ އާއި ބައްޕައާއިއެކު އަކުން ބަކުން އަދި އޮށްވަޅު ކުޅެފައިވި ތަން ވީތީއެވެ. ”މިތަނުގައި ވީ. ދަރިފުޅު މިތަން ކޮނެލަބަ. ކޮބާ މަންމަ މޮޅުވީ.” ޝަމްހާ އެހެން ބުނުމާއިއެކު ނައިޝަމްއަށް ހޭން ފެށުނެވެ. އޭނާގެ މަންމަވެސް ކުޑަކުއްޖެއް ހެން ދެއަތް މައްޗަށް ހިއްލައި މޮޅުވީ އޭ ކިޔަން ފެށުމުންނެވެ.
އެތަނަށް ފަހު ދެން ނައިޝަމް ދިޔައީ ގޭތެރެއަށް ވަދެގެން މައިގެ އާ ދިމާލަށެވެ. އެތަނުގައި އިން ހެއްލާ އުނދޯލީގައި ނައިޝަމް ގޮސް އޮއްތާލިއެވެ. އޭރު ކައިރީގައި އެނާގެ މަންމަވެސް އިނެވެ. ޝަމްހާގެ އުނގަށް ނައިޝަމްގެ ބޯ ލައިގެން އިން އިރު އިޝާމް އުނގަށް ވަނީ ނައިޝަމްގެ ފައި ލައިފައިއެވެ. މަޑުމަޑު ނާނާއެއް ޝަމްހާ ކިޔާދެމުން ދިޔައިރު ޝަމްހާގެ މަޑުމަޑު އަތުން ދިޔައީ ނައިޝަމްގެ ބޮލުގައި ފިރުމަމުންނެވެ. ނައިޝަމްއަށް ލޯ މަރާލެވުނެވެ. ނަމަވެސް ލޯ ހުޅުވާލަން ޖެހުނީ ޝަމްހާގެ އަޑު ކެނޑިގެން ދިޔުމުންނެވެ. ނައިޝަމް އޭނާގެ ބޯ ހިއްލާ ލައި ބޯ ކޮޅާއި ފައިކޮޅަށް ބަލައިލިއެވެ. އޭނާއަށް އޭނާގެ ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އަނެއްކާވެސް ނައިޝަމް މަޑު ހިނގުމެއްގައި ގޮސް އިށީންދެލީ ބަބުކެޔޮ ގަސްކައިރީ އެލުވާފައި އިން ތިން ޖޯލީގެ އުނދޯލީ ގައިއެވެ. އެތަނުގައި އިން ޝަމްހާ އަދި އިޝާމްވެސް ދިޔައީ ވަރަށް ގިނައިން ނައިޝަމްއަށް ނަސޭހަތް ލާ ދެމުންނެވެ. ”ދަރިފުޅާ. ދެން ހުއްޓާލަބަ. މަންމަ އަބަދުވެސް ބުނަމެއްނު ކުދިން ކިތަންމެ އެއްޗެއް ކިޔަސް ނުރޯށޭ. މުއްސަނދި ވިޔަސް ފަގީރު ވިޔަސް އަހަރެމެންނަކީ އިންސާނުން. އެކަލާނގެ އަހަރެމެންނަށް ނިއުމަތް ދެއްވަނީ. އަހަރެެމެން ޖެހޭނެ އެ ނިއުމަތަށް ޝުކުރުވެރި ވާން.” ޝަމްހާ ނައިޝަމްގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ނައިޝަމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަ ދިނެވެ.
ނައިޝަމްއަށް އޭނާގެ ހިޔާލީ ވާފަށް ކެޑިގެން ދިޔައީ ކުރިމަތީގައި ހުރި ގޭގެ ދޮރުފަތް ނުހަނު ބާރަށް ޖެހުމުންނެވެ. އޭރު ނޭނގި ނަމަވެސް ނައިޝަމްގެ ލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ. ނައިޝަމްއަށް ދެފަރާތަށް ބަލައިލެވުނީ އޭނާގެ މަންމަ އާއި ބައްޕަ އިންތޯއެވެ. ނަމަވެސް އެކަކުވެސް އެތަނުގައި ނެތުމުން ނައިޝަމްއަށް ގިސްލެވެން ފެށުނެވެ. ”އަދި އެއްފަހަރު އަހަރެންނަށް ފެނިލަބަ މަންމާ. ބައްޕާ.” ނައިޝަމްއަށް އޭނާގެ މޫނުމަތީގައި އަތް އަޅައިލެވުނެވެ. އަދި އެންމެ ފަހުން އޭނާއަށް އޭނާގެ މަންމައާއި ބައްޕަ ފެނުނި ދުވަހު ބުނެލި ޖުމުލަތައް ކަންފަތުގައި ގުގުމާލިއެވެ. ”އާން ދަރިފުޅާ. މަންމަމެން ކޮންމެހެން ހަދާފައިވެސް ދަރިފުޅު ކައިރިއަށް އެދުވަހަކުން ދާނަން.” ތަކުރާރުކޮށް ޝަމްހާގެ އަޑުން ނައިޝަމްގެ ކަންފަތުގައި އެޖުމުލަ ގުގުމަން ފެށިއެވެ.
”ކީއްވެ އަހަރެންނަށް ނުވެސް ފެނި މަންމަމެން ދިޔައީ؟ ކީއްވެ؟ އެދުވަހު ކީއްވެ އަހަރެންނަށް އަންގާވެސް ނުލައި މާލެ އަންނަން އުޅުނީ؟ އެހައި ގަދަ އިރުވެސް މަންމަމެން ކީއްވެ މާލެ އަަންނަން އުޅުނީ؟ އަހަރެން ގުރެޖުއޭޓް ވި ދުވަހު އެކަހަލަ ބޮޑު ހިތާމައެއް ލިބޭނެ ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރާ. ކީއްވެތަ އެދުވަހަކު އުފަލެއް ލިބިއްޖާ އޭގެ ދެވަނަ ސިކުންތުގައި ހިތާމައެއް ލިބެނީ؟ މަންމަމެން އެދުވަހު ރަށުގައި ތިބި ނަމަ މާސިންގާ ކަނޑުގެ ރާޅުތަކުގެ ޝިކާރައަކަށް ނުވީސް. އެ ދޯނި ބަންޑުން ޖަހައި ނުލީސް.” ނައިޝަމްއަށް ހިތާ ހިތުން ވާހަކަ ދެކެވެމުން ދިޔައެވެ.
ނައިޝަމް އެގޮތުގައި އިންދާ އެތަނަށް އައިލީޝް އައި އިރުވެސް އޭނާއަކަށް ނޭނގެއެވެ. އުނދޯލީގެ މެދުގައި ނައިޝަމް އިށީންދެލައިގެން އިން އިރު މަޑުމަޑުން ގޮސް އައިލީޝް އިށީންދެލީ ނައިޝަމްގެ ކަނާތް ފަރާތުގައިއެވެ. އުނދޯއްޔަށް އެރި ގުޑުމާއިއެކު ނައިޝަމް އޭނާގެ މޫނު ހިއްލާލައި ބަލައިލިއެވެ. އައިލީޝް އޭނާއާ އެހައި ކައިރީގައި އިނުމުން ނައިޝަމްއަށް އޭނާގެ މޫނު އެނެއް ފަރާތަށް އަނބުރާލެވުނެވެ. އަދި ކަރުނަތައް ފުހެލައި މޫނަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ”ނައިޝަމް. ކޮންކަމަކާ ރޮނީ ތި؟ ބުނެބަލަ.” ނައިޝަމް ފޮރުވަން އުޅުނު ކަންތައް އައިލީޝްއަށް ސިއްރު ނުވި ކަހަލައެވެ.
”މަންމަ އާއި ބައްޕަ މަތިން މާ ބޮޑަށް ހަނދާން ވީ ރަށަށް އައީމަ. އެހެންވެ.” ނައިޝަމް އެއްވެސް ކަމެއް އައިލީޝް އަކަށް އޮޅުވާލާކަށް ބޭނުމެއް ނުވިއެވެ. ނައިޝަމްއަށް އެހިތާމަ ލިބުނު ދުވަހު އެންމެ ކައިރީގައި އެހީވެދޭން ހުރީ އައިލީޝް ކަމަށް ވާތީއެވެ.
އައިލީޝް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އެވާހަކަ ދައްކާގެން ނައިޝަމްއަށް ރޮވިދާނެތީއެވެ.
”ނައިޝަމް. އިނގޭތަ އަހަރެން ނަރސް އަކަށް ވެވުނީމަ މޮޔަ ހިތަށް އެރީ ކީއްވެ ކަން؟” އައިލީޝް އުސުވާލު ކޮށްލުމާއިއެކު ނައިޝަމް އައިލީޝްއަށް ބަލައިލާ އެއްބުމާ އަރުވާލިއެވެ. އަދި ނޭނގެއޭ ބުނެލިއެވެ. ”އަހަރެންނަށް ނަރސްކަން ކިޔަވަމުން އައި އިރުވެސް ލިބިފައި ހުރި ތަޖުރިބާގެ އަލީގައި ވެސް ބައްޕަ ސަލާމަތް ނުކުރެވުނީމަ. ދެން އަދި ޒައިކްގެ ބައްޕަ ޝާހިދުބޭ ވެސް ސަލާމަތް ނުކުރެވުނީމަ. އެދުވަހު އަހަރެން ހިތަށް އެރީ ނަރުހަކަށް ވެގެން އެންމެ މީހަކު ސަލާމަތް ނުކުރެވުނަސް ޕޮލިހަކަށް ވެގެން އެތައް ބައިވަރު މީހުން ސަލާމަތް ކުރެވޭނޭ. އެހެންވެ ޕޮލިހަކަށް އަސްލު ވީ އަކީ.” އައިލީޝް ނައިޝަމްގެ އަތަށް ފިތާލިއެވެ. އަދި ނައިޝަމްގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ.
***
ރަތް ކުލައިގެ ލިބާހެއް ލައި ކަޅު ކުލައިގެ ފޭއްޔެއް ލައިގެން ހުރި އައިލީޝް ނުހަނު ޗާލެވެ. ބޮލުގެ އިސްތަށިގަނޑުގައި އެއްފަރާތަކަށް ހުޅިއެއް ޖަހާލައި ރަތް ކުލައިގެ ފޮތި ފަށެއް އަޅާފައި ވުމުން އައިލީޝްގެ ރީތިކަން އިންތިހާއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާ މޫނުގައި އެއްވެސް މޭކަޕެއް ކޮޮށްފައެއް ނުވެއެވެ. ނަމަވެސް އައިލީޝް ވަރަށް ވެސް ރީއްޗެވެ. އަތިރިމަތީގައި ނައިޝަމް އާއި އައިލީޝްގެ ކައިވެނީގެ ފޮޓޯ ނަގަމުން ދިޔައީ އެންމެ ކުރީގެ ގޮތަށް އެންމެންވެސް ނަލަ ހެދިލައިގެންނެވެ. ނައިޝަމް ހުރީ ހުދު ކުލައިގެ ޓީޝާޓެއް ލައި ކަޅާ ހުދުން ޒީނަތްތެރި ކޮށްފައިވާ މުންޑެއް ލައިގެންނެވެ. ބޮލުގައިވެސް އެފަދަ ކުޑަ މުންޑެއް އޮޅާފައި ވުމުން ނައިޝަމްވެސް ނުހަނު ރީއްޗެވެ. ނުހަނު ސްމާޓެވެ.
ހުރިހާ އަންހެނުން ވަނީ ހުދުކުލައިން ލިބާސް ލާ ކަޅު ފޭލި ލާފައިއެވެ. އަދި އައިލީޝް އެކޭ އެއްފަދައިން އެއްފަރާތަކަށް ހުޅި ޖަހާލާފައިއެވެ. ހުރިހާ ފިރިހެނުން ވަނީ ނުލާއި އަދި ހުދު ކުލައިން ފަރުމާ ކޮށްފާއިވާ މުންޑަކާއިއެކު ކަޅު ޓީޝާޓް ލާފައިއެވެ. އެންމެން ފޮޓޯއަކަށް ހުއްޓިފައިވި އިރު މުޅި އެތަންވެސް ވަނީ އެންމެންގެ މޫނުމަތީގައި ވި ހިނިތުންވުމާއި އެއްވަރަށް ހިނިތުން ވެލާފައިއެވެ.
އެންމެ ފަހުން ފޮޓޯ ނެގީ އައިލީޝް އާއި ނައިޝަމް ވަކިންނެވެ. ދެމީހުން ދެމީހުންގެ ގައިގައި ބައްދާލައިގެން ހުރިއިރު ނައިޝަމް ވަނީ އައިލީޝްގެ ކަންފަތާ ހަމައަށް ގުދުވެލާފައިއެވެ. ”މަގޭ މާމާ. ޔޫ ލުކް ގޯޖިއަސް. އަހަރެންނަށް ޔަގީން އިރުވެސް އެއުޅެނީ ފިލަންކަން މަގޭ މާމަގަނޑު ރީތި ކަމުން. މާމާ. ލަވް ޔޫ ސޯ ސޯ މަޗް.” ލާނެތް ހިނިތުންވުމަކާއިއެކު ނައިޝަމް އެހެން ބުނުމާއިއެކު އައިލީޝްގެ ކޮލަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އަދި ރަކި ހިނިތުންވުމެއް ނައިޝަމް އަށް ރައްދުކޮށްލިއެވެ. ”ކާފާ. ލަވް ޔޫ މޯރ. މަގޭ ކާފަ މިއަދު މާ ފުރިހަމަ ހެން ހީވޭ.” އައިލީޝް ހޭން ފެށުމާއިއެކު ނައިޝަމްވެސް ހޭން ފެށިއެވެ. އެވަގުތަކީ ކެމެރާމޭނަކަށް ހުރި މީހާ ފޮޓީ ނަގައިލި ވަގުތެވެ.
~ ނިމުނީ ~
~ އަޅުގަނޑަށް މިވާހަކަ މެދުކެނޑުމެއް ނެތި ކާމިޔާބު ކަމާއިއެކު ނިންމާލެވުނު ކަމަށް ޓަކައި މާތްﷲ އަށް ހަމްދުކުރަން. އަދި އަޅުގަނޑަށް ހިތްވަރު ދީ ސަޕޯޓް ކުރެއްވި ހުރިހާ ކިޔުންތެރިންނަށް ފަށް ފަށުން ޝުކުރު އަދާކުރަން. އަދި މިކިޔުންތެރިންގެ ތެރޭގައި އަޅުގަނޑުގެ މި ވާހަކައަށް މެދު ކެނޑުމެއް ނެތި ކޮމެންޓް ކުރެއްވި (ކައިރާ، ރިފް އަދި އާޝްކޮ) ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ވާހަކައަށް ކޮމެންޓް ކުރެއްވި އަދި ގިނަ ކިޔުންތެރިން ތަކެއް ކީ ކަން އެނގުމުންވެސް އަޅުގަނޑަށް ވާހަކަ ލިޔުމަށް ހިތްވަރު ލިބިގެން ދިޔަ. އަދި ތީގެ ތެރެއިން ކޮމެންޓް ކުރެއްވި ކުދިންގެ ކޮންމެ ކޮމެންޓަކީ އަޅުގަނޑަށް އައު ޖޯޝަކާއިއެކު ކުރިއަށް ދިޔުމަށް ލިބުނު ބާރެއް.
އަޅުގަނޑުގެ އިތުރު ވާހަކައެއް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ. އިންޝާﷲ. ހުރިހާ ކިޔުންތެރިންގެ ފަރާތުން މިވާހަކައަށް ލިބިގެން ދިޔަ ސަޕޯޓެއް އެ ވާހަކައަށް ވެސް ލިބޭނެ ކަމަށް އުންމީދު ކުރަން.
އުންމީދު ކުރަން މި ވާހަކަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. އަދި ވާހަކައިގެ މި ފަހުބައި ވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން. ޝުކުރިއްޔާ. ~
22 Comments!
Comments are closed.







Wow right now I’m speechless….. Vvvvvvv salhi… Waiting for your next story Nafu……..♥️♥️♥️♥️????????????????
alheyy thank u soo much een. vr vr vr vr vr ufaavehjje een ah mi vaahaka kamudhiyae ma. thank u so so much. ya keep waiting for my next new story.. stay safe. ly..
Vrh reethi mi vaahaka. Nimun vx hama habeyss❤?? loved it… will wait for your next story…❤❤
Vvvv reethi vahaka
thank u soo much inaa. vr vr vr vr vr ufaavehjje inaa ah mi vaahaka kamudhiyae ma. thank u so so much. stay safe. ly
Maasha Allah vvvv furihama vvvv reethi inthizaarukuraanan. denliyaa vaahakayah ???????????❤❤❤❤❤❤❤❤
alheyy thank u soo much ram. vr vr vr vr vr ufaavehjje ram ah mi vaahaka kamudhiyae ma. thank u so so much.. ya keep waiting for my next new story.. stay safe. ly
Varah Varah Varah reethi ❣️❣️ maa sha Allah ?? Waiting Ingey sis ge new story akah ⚡?⚡?⚡?⚡?⚡?⚡?⚡?⚡
???love you nd miss you?????
alheyy thank u soo much livy. vr vr vr vr vr ufaavehjje livy ah mi vaahaka kamudhiyae ma. thank u so so much.. ya keep waiting for my next new story.. stay safe. lym and miss u more
Vvvvvvvvvvvvvvvvvvvvvvvvv.reethi mi story..Masha Allah….waiting for your nxt story….
alheyy thank u soo much sherher.. vr vr vr vr vr ufaavehjje sherher ah mi vaahaka kamudhiyae ma. thank u so so much.. ya keep waiting for ma next new story.. stay safe. ly
Maasha Allah. ????
Mi vaahaka v v v v reethi sis.
Curiously Waiting for ur next story sis.
Alheyyy I’ll always be supporting u sis.
Lysm
Will miss u ♥♥♥
Ummeedhu kuran sis ge new story veehaaves avahakah kiyaalan libeyne kamah???
alheyy aashko. thank u sooo much. vr vr vr vr vr ufaavehjje aashko ah mi vaahaka kamudhiyae ma. thank u so so much. ya keep waiting for my next new story.. aashko vr ufaavey aashkoge comment kiyaalafa. thigothugai nafu ah support kuran hunnahcheh. nubaakoh thaneh inas bunela dhehcheh.
lym. and will miss u more..
yaa vr avahah kiyaalan libeyne. mihaaru vs liyamun midhany.. keep waiting
And mi story ge 2cover photo ves v v reethi…
Maasha Allah…♥
alhey thank u aashko. vr ufaavehjje.
alhey thank u soo much raaya. vr vr vr vr vr ufaavehjje raaya ah mi vaahaka kamudhiyae ma. adhi vaahakaige nimun vs. thank u so so much.. ya keep waiting for my next new story.. stay safe. ly
Wow sis….. This story is jaw dropping…… Sorry so so nice…. Maashaa Allah…… All the parts of this story is awesome…… It’s like a movie….. I liked all of your stories…. Keep it up…. Hope to see you soon writing a new story…… But if you gave a little bit more detail like how naisham and aileesh became lovebirds and the fun they had on the trip…
alheyy.. bluebird ge comment kiyaalaafa nafu angaan soni nufeyby kiriyaa. vr vr ufaavehjje comment kiyaalaafa. thank u soo much dear. vr vr vr vr vr ufaavehjje dear ah mi vaahaka kamudhiyae ma. adhi nafuge ehn vaahaka thah vs. thank u so so much.. ya vr avahah nafu ge new story eh kiyaalan libeyne. keep waiting.. ohfo. nafu ebaage mathin handhaan nethuny. ebaa laan ulhuny but fahu vaguthu hama handhaanun dhiyae. thanks for highlighting that point.. stay safe. ly
Story vx nimuny dhw… varah varah reethi masha allah.. you’re always welcome…. keep it up sissy.. thank you so much thihaa loabi reethi stry thakeh genes dheythy…
yaa riff mi vaahaka vs nimuny mi. vr ufaavey konme part akah comment kohlyma. thank u soo much riff. vr vr vr vr vr ufaavehjje mi vaahaka riff ah kamudhiyae ma. thank u so so much.. and you’re most welcome. stay safe. ly
Wowww…sisss im speechless….haadha reehchey mi bai vx…???…sis your soooo talented??….masha allah….mi story ge hurihaa baeh vx hama ehaa furihama….story ninmaali goi vx hama habeys???❤️❤️?…….unmeedhu kuran sis ge new story eh vrh avahah kiyaalan libeyne kamah??….nd I’II always be supporting u???…..and cover vx varah reethi ingey☺️☺️….will miss u…lysm…stay safe sis….
alheyyy kairaa. vr vr ufaavehjje kairaa ge dhigu dhigu comment kiyaalaafa. thank u soo much. vr vr vr vr vr ufaavehjje kairaa ah mi vaahaka kamudhiyae ma. mi fahu bai vs.. thank u so so much.. ya nafuge new story eh vr avahah kiyaalan libeyne. keep waiting.. alhey abadhuvs thigothugai nafu ah support kuran hunnahcheh ingey. nafu ah nubaakoh liyevifa inna thaneh buneladhehcheh. alhey cover pic rythi v ma vs vr ufaavehjje. thank u thank sooooo much.. miss u more. lym.. u too stay safe