އޭރުވެސް އެ މަޑު އަތް ތިލައިގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ހީވާ ގޮތުން ބޮޑު ކަމެއް ނިންމަން އުޅެނީއެވެ. ފޯން ނެގުމަށްފަހ ޓައިޕްކުރަން ފެށިއެވެ. އެއާއެކު ދެން ފެނުނީ ‘ އައިމް ރެޑީ ޓުބީ ޔުއާސް’ އޭ ޖަހާ ނަބީލްގެ ނަމްބަރަށް މެސެޖް ފޮނުވާލި ތަނެވެ. އެއަށްފަހު ފޯން ނިއްވާލުމަށްފަހު އެ ވެސް އެނދުމައްޗަށް ހޫރާލިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ގައުގައި ހުރި ފެންތަކަށް ނުބަލާ އެނދުމަތިން ބާލިހެއް ނެގުމަށްފަހު އެ މޫނުމަތީ އަޅާ އަޑުން އަޑު ނަގާ ރޮއެގަތުމަށްފަހު ހުރުތަނަށްް ނާޔާ ތިރިވި މަންޒަރެވެ.
*******************************************************************
އާ ދުވަހަކަށް އިރުއެރީ ޒީވާން ހޭލައިގެން ބެލްކަނީގައި ކޮފީ އެއް ބޯންހުއްޓައެވެ. މޫނުމަތީގައިވި ހިނިތުންވުމުން ޒީވާން އުފާވެފައި ހުރި މިންވަރު ބަލައިލި ކޮންމެ މީހަކަށް އެނގޭނެ އެވެ. އެހެން ނުވިއްޔާ ދެރައެއް ނޫން ހެއްޔެވެ؟ މިރެއަކީ އޭނާ އެތައް ދުވަހެއް ވަންދެން ކުރި އިންތިޒާރަށް ނިމުން އަންނާނެ ރެއެވެ. އެންމެ ފުރަތަމަ ސާޔާގެ ރައްޓެއްސެއްގެ ގޮތުގައި ޝިމާ ތަޢާރަފްވި ދުވަހު ވެސް ޒީވާންގެ ހިތުން ޝިމާއަށް ޙާއްސް މަޤާމެއްް ދެވުނެވެ. ނަމަވެސް ބުނަން ފަސްޖެހެވުނީ ހިތް ނޭދޭ ޖަވާބެއް ލިބިދާނެތީއެވެ. ނަމަވެސް ދެން ޝިމާ އޭނާގެ މީހަކަށް ނުހަދާ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންކަމުން މިފަހަރު ހިތްވަރު ދޫކޮށްނުލުމަށް ޒީވާން ވަނީ ވަރުގަދަ އަޒުމެއް ކަނޑަ އަޅާފައެވެ.
ބަދިގެ ތެރޭ ހެނދުނުގެ ސައި ތައްޔާރު ކުރަން ހުރި ޝިމާއަށް ކުއްލި ސިހުމެއް ލިބުނީ ފަހަތުން އައިސް މީޝާ އާއި ސާޔާ އޭނާ ސިއްސުވާލުމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ފަހަތަށް އެނބުރި ބަލަލި ޝިމާއަށް ހުރެވުނީ އޭނާގެ ކަނާއަތުން މޭގައި ވެސް ހިފަހައްޓާލައިގެންނެވެ. އެތަން ފެނި މީޝާ އާއި ސާޔާ އަށް ނުހީ ނުހުރެވުނެވެ. އެއާއެކު ދެން ފެށިގެން ދިޔައީ ތިން ކުދިން އެކަކު އަނެކަކަށް ޖެއްސުންކުރުމެވެ.
ކޮޓރީގެ ދޮރުފޮތިގަނޑު ފުރޭނިގެން އައިސް މޫނަށް އެޅުނު އަލިކަމުގެ ސަބަބުން ނާޔާއަށް އުނދަގޫ ގޮތަކަށް އޭނާގެ ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ ޓައިލްސްތަކު މަތީގައިކަން ވެސް ރޭކާލީ އިރުކޮޅެއްފަހުންނެވެ. ބޮލަށް ބަރުވެފައި ވުމުގެ ސަބަބުން ތަންތަން ސާފުވާން ވަގުތު ކޮޅެއްނެގިއެވެ. އޮވެވުނީ ތެތް އެއްޗެއްސާ އެކު ކަން ވެސް ރޭކާލީ އޭސީގެ ފިނިކަމާއެކު ހަށިގަނޑުގައި ހިފާފައިވާ ފިނިކަން ދެގުނަ ވުމުންނެވެ. ހުމުގެ އަސަރު ވެސް ހުރުމާއެކު ހަށިގަނޑަށް ވެރިވެފައިވަނީ ގޮތްނޭނގޭ ވަރުބަލިކަމެކެވެ. ނަމަވެސް އޮތްތަނުން ހިތްވަރުކޮށްލާފައި ތެދުވީ މިއަދުމީ ޝިމާއަށް ޙާއްސަ ދުވަހެއްކަން އެނގި އެކުވެރިޔާގެ ހައްޤުގައެވެ. ތެދުވުމާއެކު ކައިރީހުރި އެނދުގެ ފަޑީގައި ހިފަހައްޓައިލެވުނީ އެނބުރުން އަރައިގަތުމުންނެވެ. އިރުކޮޅަކު އެ ގޮތުގައި ހުރެލުމަށްފަހު ނާޔާ ފާޙާނަ އާ ދިމާލަށް ހިނގައިގަތީ ތެތް އެއްޗެހި ބަދަލުކޮށް ފެންވެރުމަށްޓަކައެވެ. ދަމުން ނާޔާ އޮތް ތަނުގައި ހުރި ފެންތައް ވެސް މޮޕް އަކުން ސާފުކޮށްލިއެވެ.
” ދޮންދައްތާ ވާން ވަރަށް އަވަހަށް މި ގެއަށް ކުއްޖަކު ގެންނަން އުޅޭކަން ޙަބަރުތަކުގެ ފަލަ ސުރުޙީއަށް އެބައޮތް އަރާފަ” ސިޑިން ފަބައިގެން އަންނަ ޒީވާން ފެނި ޖެއްސުމެއްކޮށްލުމުގެ ގޮތުން ސޯފާގައިއިން ޒީވާންގެ މަންމަ ޒީނާާއަށް ޝާނިމް ބުނެލިއެވެ. އޭރު ހަމަ ޒީނާ އިން ސޯފާގައި ޒީވާންގެ ބައްޕަ ޒަކީ ވެސް އިނެވެ. ޖެހިގެން ޝާނިމްގެ ބައްޕަ ޝިޔާޒް އާއި ޝިފާ ވެސް އިނެވެ. ތަން ކޮޅެއް ދުރުގައި ލެޕްޓޮޕް ހުޅުވައިގެން ޝާނިމްގެ ކޮއްކޮ ޝަރާ އާއި ޒީވާންގެ ކޮއްކޮ ޒިވާ ވެސް އިނެވެ. ޝާނިމް އޭނާ އާއި ދިމާކޮށްލުމާއެކު ޒީވާން އެއަތް ޖީބަށް ޖަހާލުމަށްފަހު އަނެއް އަތުން ބޮލުގައި އަތް ފުނާ އަޅާލިއެވެ. މަންމަ މެން ވެސް ތިއްބާ ޝާނިމް އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އޭނާ ލަދުގަތެވެ. އެއާއެކު ދެން ފެށިގެން ދިޔައީ އެކަކު އަނެކަކާ ދިމާކުރުމެވެ. ބޮޑެތި މީހުންވެސް އެކަމުގައި ބައިވެރިވީ ޒީވާން އަށް ވެފައި ހުރި ވަރު ފެނުމުންނެވެ. އުފާވެރި ހަމަޖެހޭ އާއިލާ އެކެވެ.
” ކޮބާތަ ނާޔޫ.. އައި ރިއަލީ މިސް ހާ” ހެނދުނުގެ ސަޔަށް އެންމެން އެކުގައި އިންސާފު ކުރަންް ތިބެ ޝިމާ އޭނާގެ ދެ އެކުވެރިން ކައިރި އަހާލިއެވެ. ” ނާޔޫ މެސެޖް ކުރި ދެންމެ ބުނި އިރުކޮޅަކުން އެބަދަމޭ” މީޝާ ބުނެލުމާއެކު ސާޔާ މީޝާ އާ ދިމާލަށް ބަލައިލީ ސިހިފާ ކަހަލަ ގޮތަކަށެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ؟ ޝިމާ މެން ގެއަށް އަންނަން ވެގެން އެތައް ފަހަރަކު ސާޔާ ނާޔާ އަށް ގުޅިއެވެ. ނަމަވެސް ފޯން އޮންނަނީ ނިއްވާލާފައެވެ. އެހެންކަމުން ހޭލެވުމުން ޝިމާމެން ގެއަށް އަންނާށޭ ކިޔާ މެސެޖް ކޮއްލީ ނާޔާ ނިދާފަ ކަމަށް ހީކޮށެވެ. ނަމަވެސް ކުރި މެސެޖް އަށް ނާޔާ އެތައް އިރެއް ވީ އިރުވެސް ޖަވާބު ނުދީ އެ ސުވާލުގެ ޖަވާބު އަޑު އެ އިވުނީ މީޝާގެ ފަރާތުންނެވެ. އެހެންވީމަ ހައިރާން ވާނެ ނޫންހެއްޔެވެ؟ ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ސައިބުޔުމައިގެން ކުރިއަށް ދިޔައީ ފަހުން ނާޔާ ކައިރި އަހާލާނީއޭ ހިތާއެވެ. ސާޔާ އަށް ނޭނގުނު ކަމަކީ ނާޔާ އެހެން ކަން ތައް ކުރި އަސްލު ސަބަބެވެ. އެހެން ކަންތައް ކުރަންވުމުން ނާޔާގެ ހިތުގައި އެޅި ވޭނެވެ.
” ބައިދަވޭ ޝިމް މިރޭ އެބައޮތް އެނގޭ ޕާޓީއެއް އަޔާންމެންގޭ ޓެރަހުގަ… ޝިމްގެ ޑްރެސް ގެނެސް ދޭނެ ނާޔޫ އަންނައިރު އެންމެން ވެސް އެއްވައްތަރެއްގެ ޑްރެސް ލާނީ… އެހެންވެ ނާޔޫ ދޮންތަ ލައްވާ އެންމެންގެ ޑްރެސް ވެސް ފެހީ..” ސާޔާ މަތިމަތިން އޭނާގެ ވާހަކަ ހަދާލިއެވެ. ނަމަވެސް ހަގީގަތަކީ އެއީ ޒީވާން ޝިމާއަށް ޙާއްސަ ކޮށްގެން ގެނެސްދޭ ހެދުމެއްކަމެވެ. އަދި މީޝާއާއި ސާޔާ އަށް ވެސް ހެވުނީ މިއީ ޝިމާގެ އުފަންދުވަސްކަން ވެސް އެ ކުއްޖާ ހަނދާންނެތުމުންނެވެ. ނަމަވެސް އަޅާނުލާ ހުރީ އެއީ އެމީހުން ރޭވި ގޮތް ކަމުގައި ވާތީއެވެ.
” ޔާޝް ދޭބަ ނާޔޫ އަތަށް މި ޑްރެސް ހަވާލު ކޮށްލަން” އެއާއެކު ފާރުގައި ހިތެއްގެ ބައްޓަމަށް ބޮކި ފަތި ތަކެއް ހަރު ކުރަން ހުރެފައި އިޔާޝް ބާރު ބާރަށް އެ ދިމާލަށް އައީ ނާޔާ ދެކިލުމަށް އެ ހިތް އެދުނު ވަރުންނެވެ. މީހަކަށް ނުބަލާ ޒީވާން ދިން ކޮތަޅު ހިފައިގެންް ބޭރަށް ދުއްވައިގައިން ގޮތުން އަޔާން މެންގޭ ޓެރަސް ރެޑީ ކުރަން ތިބި ޝާނިމް އާއި އަޔާން އަދި ޒީވާން ގެ މޫނުމައްޗަށްވެސް ހައިރާންކަން ވެރިވިއެވެ. ނަމަވެސް ތިން މީހުންނަށް ވެސް ދެވަނަ ސިކުންތުގައި ހިނިގަނޑެއް ޖަހާލެވުނީ އެއީ ނާޔާ އާ ތޮޅެން ވެގެނޭ ހިތަށް އަރުވާލާފައެވެ.
ގޭގެ މައި ދޮރުން ބޭރަށް ނުކުމެލުމަށް ފަހު ނާޔާއަށް އޭނާގެ ދެލޯ މަރާލެވުނީ ލޮލަށް އިރުގެ އަލި އެޅުމުންނެވެ. ލޮލުގައި އަދިވެސް ކޮންމެސް ވަރަކަށް ދުޅަކަންް ހުރުމުން ލޯ ހުޅުވާލުމަށް ނާޔާއަށް ވީ ބޮޑު ކަމަކަށެވެ. އެހެންކަމުން އަޅުވާފައި ހުރި ކްރީމްކުލައިގެ އެންމެ މި ޒަމާނުގެ ހޭންޑް ބޭގް އިން ނާޔާ އޭނާގެ އަވިއައިނު ނަގާ އެ ބޮޑު ދެލޯ ފޮރުވާލިއެވެ.
ސައިކަލުގައި އައިސް ނާޔާމެންގޭ ދޮރު ކުރިމަތި މަޑުކޮށްލި އިޔާޝް އޭނާގެ ތޫނު ނަޒަރު ނާޔާ އަށް އަމާޒުކޮށްލިއެވެ. ހުދުކުލައިގެ ޓީޝާޓް އަކާއެކު ނާޔާ ލައިފައި ވަނީ އައިސް ބްލޫ ކުލައިގެ ޖިންސްއެކެވެ. ޖިންސްގެ ފައިކުރި ކުޑަކޮށް އޮޅާލެވިފައި ވީ އިރު އަރައިގެން ހުރީ ހުދުކުލައިގެ ސްނީކާސް ބޫއްޓަކަށެވެ. އަޅާފައި ހުރި ކަޅުކުލައިގެ ޝޯލްގެ ތެރެއިން އެ ވަށް މޫނު ކޮޅު ފެންނަނީ ނުހަނު ލޯބިކޮށެވެ. އިރުގެ ގަދައަލި މޫނަށް އެޅުމުގެ ސަބަބުން އެ ދޮންމޫނަށް ވަނީ ރަތްކުލަ ފާއްދާލާފައެވެ.
ނާޔާ ވެސް އޭނާ ކައިރި އައިސް މަޑުކޮށްލި އިޔާޝްއަށް ބަލާލިއެވެ. ކަޅުކުލައިގެ ޓީޝާޓް އަކާއެކު ލައިފައިވާ ކަނޑު ނޫކުލައިގެ ޖިންސްް ފޮތީގެ ސޯޓުން އިޔާޝްގެ ފިރިހެންވަންތަ ކަން ދައްކުވައިދެއެވެ. ލޮލުގައި އަޅާފައިވާ އަވި އައިނުން އެ ތޫނު ދެލޯ ވަނީ ފޮރުވާލެވިފައެވެ. ނޫންނަމަ ފަތަހަ ކުރާނީ ކިތައް އަންހެން ކުދިންނެއްގެ ހިތްކަމެއް ނޭނގެއެވެ. ކަނދުރާ އާ ހަމައަށް އޮތް އިސްތަށިގަނޑު ފަންކަމުން އެއްބައި އިސްތަށިތައް ނިތްކުރި މައްޗަށް ފައިބާފައި ހުއްޓެވެ. ހީލައިގެން އިން އިރު ދެކޮލަށް އެޅިފައިވި އަޑިކޮޅުން އެ ފިރިހެންވަންތަ މޫނުމަތި އަޖައިބެއްހާ ފުރިހަމައެވެ.
އެކަކު އަނެކަކުގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކުރަން ތިބި ދެމީހުންނަށް ހަމަހޭވެރިކަމެއް ވީ ނާޔާގެ ފޯން ރިންގުވާން ފެށުމުންނެވެ. ހަމަހޭވެރިކަމެއް ވީ ފަދައަކުން ނާޔާ ފޯން އަށް އައި ޒީވާން ގެ ކޯލް އަށް ޖަވާބު ދިނެވެ. އަދި އިޔާޝް އާ ދިމާލަށް ލޯ އަޅާލުމަށްފަހު އޭނަ ޝިމާމެންގެއަށް ގެންގޮސް ދިނުމަށް އެދުނެވެ. ” ބައްލަވާ އަޅުގަނޑުގެ ސައިކަލު ފަހަތަށް ތިބޭފުޅާ އެރުމުން ދޯ ދެވޭނީ” އެއާއެކު ލޯއަޅައިން ހުރި ނާޔާ އަށް ވެސް ހީލެވުނީ އިޔާޝް ހިނިގަނޑެއް ޖަހާލުމަށް ފަހު ސައިކަލުގެ ފަހަތަށް އަރަން ބުނެލި ގޮތުންނެވެ.
********************************************************************
އިރުއޮއްސެމުން އައިއިރު އަނދުން ކުލައިގެ ވިލާތަކުން އުޑުމަތި ވަނީ ހިސާރުކޮށްލާފައެވެ. ޓެރަސް ރެޑީކޮށް ނިންމާލުމަށްފަހު ހަތަރު ޒުވާނުންވެސް ހިތްހަމަޖެހުމުގެ ނޭވާއެއްލީ ތަން ތައްޔާރު ކޮށްލެވުނު ގޮތާ މެދު ހިތްހަމަޖެހުނު ވަރުންނެވެ. އެއަށްފަހު ހަތަރު ޒުވާނުން ވެސް މިސްރާބު ޖެހީ ތާާޒާ ވެލައިގެން މިސްކިތައް ދިޔުމަށްޓަކައެވެ.
” ޝިމް އަހަރެމެން ގޭން ރެޑީ ވެގެން މިދަނީ އިނގެ.. ޔާން ބުނި ކާރު ފޮނުވާނަމެ އަހަރެމެން އެންމެން ނަގަން” ނާޔާ އަވަސް އަވަހަށް އެހެން ބުނެލުމަށް ފަހު އެގެއިން ނުކުތުމަށް ހިންގައިގަތެވެ. ފަހަތުން ސާޔާ އާއި މީޝާވެސް އަވަސް އަވަހަށް ނުކުތެވެ. ނުކުންއިރު ގޭ ދޮރުމަތި ޝާނިމް އޭނާގެ ކާރުގައި އެމީހުން ބަލައި އައިސް ހުއްޓެވެ . ސާޔާ ކުރީ ސީޓަށް އެރުމާ އެކު ނާޔާ އާއި މީޝާ ފަހަތު ސީޓަށްް އެރިއެވެ. އެއާއެކު ޝާނިމް އަވަހަށް ކާރު ދުއްވާލީ ވަގުތު ކުޑަތަން ވަމުން ދާތީ އާއެކު އަންހެން ކުދިންތައް ރެޑީ ނުވެ ތިބުމުންނެވެ.
އަޔާން މެން ގޭގެ ގެސްޓް ރޫމް އެއްގެ ތެރޭ ހަތަރު އަންހެން ކުދިން ތައްޔާރު ވަމުން ދިޔައީ އެމީހަކަށް ކުރެވުނު އެންމެ އަވަހެއް ކުރަމުންނެވެ. ތައްޔާރުވެ ނިމިގެން ސާޔާ މަޑު މަޑުން ރޫމްއިން ނުކުމެ ޓެރެސްއަށް އެރުމަށް މިސްރާބު ޖެހީ އެންމެންވީ އެތާނގާ ކަމުންނެވެ. މީޝާ އާއި ނާޔާ ވެސް ކުޑަ އިރުކޮޅެއް ކުރިން ވަނީ އެތަނަށް ގޮސްފައެވެ. ޓެރަސްއަށް ވަނުމަށްޓަކައި ޓެރަސްގެ ދޮރުގައި ހިފާލި ސާޔާއަށް ސިހުމެއް ލިބުނީ ފަހަތުން އައިސް އެ ހަށިގަނޑުގައި މީހަކު ބައްދާލުމުންނެވެ. އެއީ ޝާނިމްގެ އަމަލެއްކަން އެނގުނީ ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުންނެވެ. ” ޔޫ ލުކް ބިއުޓިފުލް މައި ކުއީން” މަޑުމަޑުން ސާޔާގެ ކަންފަތް ދަށުގައި ޝާނިމް ބުނެލިއެވެ. އެއާއެކު ލަދުރަކި ގޮތަކަށް އިސްޖަހާލުމަށް ފަހު ސާޔާ ހިނިތުންވެލިއެވެ. ދެން ގެނައި ކުއްލި ހަރަކާތަކާއެކު ޝާނިމް ސާޔާ އޭނާ އާ ވީ ފަރާތަށް އަނބުރާލުމަށްފަހު ސާޔާގެ ނިތުގައި ބޮސްދިނެވެ. އެއާއެކު ލަދުން ސާޔާ ޝާނިމްގެ މޭތެރޭ މޫނު ފޮރުވާލިއެވެ. އެއާއެކު ޝާނިމްގެ މަޑު ހުނުމުގެ އަޑު އިވި އެ އަތު ތެރޭ އިތުރަށް ސާޔާ ހައްޔަރު ކޮށްލިއެވެ.
ފޯނަށް ލިބުނު ނާޔާގެ މެސެޖާ އެކު ޝިމާ އޭނާގެ ހަމައިސްކޮޅަށް ތެދުވެލުމަށްފަހު ގޮސް ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. މަޑު ފިޔާތޮށި ކުލައިގެ ކުރު މަތި ކޮޅަކާއެކު ތިރިން ލައިފައި ހުރި ގަދަ މެރޫން ކުލައެއްގެ ފައިތިލަ އާ ހަމައަށް ހުރި ސްކާޓެކެވެ. މަތިކޮޅު ސްކާޓްގެ ދަށަށް ޖަހާ ލޫޒްކޮށް ބެގީ ޖަހާލާފައި ހުރުމުގެ ސަބަބުން ހިތްގައިމު ގޮތެއް ހުއްޓެވެ. އަޅާފައިވަނީ ތިރިން ލާފައިވާ ސްކާޓްގައި ހުރި މެރޫން ކުލައިގެ ޝޯލްއެެކެވެ. އެންމެ މިޒަމާނުގެ ގޮތަށް އަޅާފައިހުރި ޝޯލްގެ ތެރެއިން ޝިމާގެ ވަށް މޫނު ކޮޅު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ލޯ ވަށައިގެން އަޅާފައި ހުރި އައިލައިނާގެ ސަބަބުން އެ ބޮޑު ދެލޮލުގައިވި ހުދުކަން ބޯކިރު ކޮޅެކޭ އެއްފަދައެވެ. ތުންފަތުގައި ޖައްސާފައި ހުރި ގަދަ ރަތްކުލައިގެ ލިޕްސްޓިކްގެ ސަބަބުން އެ ތުންފަތް ހީވަނީ ފަތިހަށް ފޮޅިފަ އިން ރަތް ފިނިފެންމަލެއް ހެންނެވެ. އަމިއްލަ ސޫރަ އަށް ބަލަހައްޓައިގެން ހެވިފައި ހުރި ޝިމާ ހަމަހޭވެރިކަން ވީ ފަދައަކުން ޑްރެސިންޓޭބަލް މަތީ އޮތް ޕާސް ނަގައިގެން ނުކުންނަން ހިނގައިގަތެވެ.
ގޭގެ މައި ދޮރުން ނުކުންއިރު އަޔާންމެންގޭ ކާރު ޑްރައިވަރު ހުރީ ޝިމާގެ އިންތިޒާރުގައި ކަމުން އަވަސް އަވަހަށް ގޮސް ޝިމާ ކާރަށް އެރިއެވެ. ނަމަވެސް ނާޔާމެން އެ ކާރުގައި ނެތުމުން ހިތް ބިރުގަތް ނަމަވެސް އެކަން ހިންދާލީ އެ މީހުން ކުރިން ދިޔައީ ކަމުގަ ނިންމާފައެވެ. ކާރު އައިސް އަޔާން މެންގޭ ކުރިމައްޗަށް ހުއްޓާލުމާއެކު ޑްރައިވަރު ޝިމާ އިން ފަރާތުގެ ދޮރު ހުޅުވާލަ ދިނެވެ. އެހެން ކަމުން ޑްރައިވަރަށް ޝުކުރު އަދާކުރުމަށްފަހު ޝިމާ ކާރުން ފޭބީ ރީތި ހިނިތުންވުމަކާ އެކުގައެވެ.އަޔާން މެންގޭ ދޮރުން އެތެރެއަށް ވަނުމާއެކު ދޮރުވާނަކަށް ހުރި މީހާ ޕާޓީ އޮތީ ޓެރަހުގައޭ ބުނުމުން ޝިމާ ޓެރަހަށް ދިއުމަށް މިސްރާބު ޖެހިއެވެ.
ޓެރަހަށް އަރަން ހުރި ސިޑިން މައްޗަށް އެރުމަށްފަހު ޝިމާ މަޑުމަޑުން ޓެރަހުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޝިމާއަށް ދެލޯ ބޮޑުކޮށްލެވި އޭނާގެ ދެއަތުން އަނގަ މަތީ އަތް އަޅާލެވުނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.



Mi part ves vvvvvvvvv reethi i rlly proud of yuh kokko❤?…..keep it up kokko…lysm❤?….miss yuh so much….tc be safe❤??
awwwwnnn sis thnk yuh so much fr ur lovely comment .. vvv ufaavehje sis ah mi part vs reethi v ma… lym girl… mymm darl… u too stay safe nd take care sisooo
Alhey sis Haadha reechey mi part vx?? …..heevanee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️hama vaahaka ige thereya ulheveyhen.. Masha Allah u are so talented.
Keep it up sis
Stay home
Stay Safe
Take care
Lysm❤️❤️❤️❤️❤️????????????
Waiting for the next
You’re big fan Xeen
awwn xeen dear vv happy vehje xeen ah mi part reethi v ma.. thnk yuh sooo much dear.. heheh nasiibennu vaahaka ige therey ulheyhn feel vaa kan vs dhw… once again thnk yuh sooo much for ur support nd fr the lovely comment… stay home saty safe girl.. lym darl…
Sis Mee ge real name akee Zeena. Hehe ihthifaagakun nama vx Mee ge name sis ah liye vuneema I am so happy.
Hehe….But I am a teenage girl
awwn vvvv ufaavehje xeena eii xeen ge aslu name kan enguniima… ihthifaagakn namavs xeen kahala loabi loabi supportive reader eh ge real name stry ga liyevuniima vvv happy vehje asluvs
Mi part ves varah sali . Masha Allah
Aley simaa ah fenunee konthanehbaa. Very curious.
When next
hey Ril.. v wait kurin Ril ge comment akah.. nd finally ekan vs vehje… heeheh.. btw thnk yuh soo much fr ur lovely comment dear.. lets see dhw shimaa ah fenunii kn thanehkann.. insha allah nxt part ga ingeyne kn thanehkan shima ah fenunii… nxt part insha allah maadhan submit kohladheynan..
Ohh ril varah happy veje sis ril ge comment ah wait kureema. But sorry kuree part ah comment eh nukohlavunee maa.???? ekamaku ves story kiyaalin that part also was amazing… Love u sis❤❤❤????
Maashaa Allah mi part ves varah Salhi.???.. Just speechless… How many parts total… Curiously waiting for the next part… Keep it up… Is it a celebrity or… In the cover pic.. In each cover pic they are there??? Just curious.. 사랑해 언니.❤️❤️❤️❤️. 조심해요..
they are turkish model couple eh
hey sisii… vvv ufaavehje mi part vx sis ah reethi v ma..total kithah part kameh neynge bunaakah bt engeyhaa vs ehchaky adhi stry nimn gaai vs nuvaakan… yup sis they are turkish model couple eh…again thnkx fr ur lovely comment dear..
Thanks for replying me, talking to sweet authors like you make me happy ?… Good luck with the story.. Love you sissssyyyyy ??????
heehehe eii thnks bunaavaru kameh nooney dear after all sis ennu dhw thi kiyanii vs.. btw ur most wlcm my lil sis… lym dear
mashallah.. haadha rom eyhhhhhhh.. vv reethi.. really proud of you sis.. love to write stories with you.. thankyou for supporting me.. love you… keep it up!!!!!
hellw my dear frnd… thnk yuh soooooooo much for ur lovely comment.. eheheh vv rm dhw.. im proud of u too girl.. told yuh thnkx nubunaaney girl we are frnds ennu dhw…. lym darl..
hellw my dear frnd thnk yuh soooo much fr ur lovely comment dear… eheheh v rom dhw adhi nxt part eah vure rom vaane just wait nd watch medam.. im proud of yuh too.. told yuh thnkx nubunaaney girl we are frnds ennu… btw lym darl
thnk yuh my frnd for ur lovely comment.. eheh dhn rom vs vaane thaa dhw.. im proud of u too darl.. told yuh thnks nubunaaney girl we are frnds ennu so no thnkx nd sorry ok… lym darl
Masha Allah… ❤️Luv it…
thnk yuh dear
Maasha allah haadha reechey mi part vx???….Ekm nayage thankolhu thah haadha dhera eyy???…. Nd Poor shima???….. She didn’t know that it was her birthday???….. Vv surprise vaane kanneyge???…..nd zeevan eulheny shima ah propose kuran dhw???… Eyrun e surprise double vaane???…. Btw Waiting fr nxt sissii???… LYSM sissooo❤️??❤️…. Be Safe dear
thnk yuh kylie.. lahba naya ah vaa gothun v dheravey dhw.. ys heheeh shima handhaan vs neh dhw eyna b day kan.. seems like she will be very happy surprise fenuniima dhw.. lets see dhw shima ah vanii kihineh kan nxt part in.. keep waiting dear nxt part mihaaru submit kohlaafa vaanii so insha allah vv avahah dhn nxt part kiyaalan libeyne… u too be safe darl… LYM SISIII
Varah reethi mi part vx, I love it dear. ❤️❤️❤️❤️❤️❤️❤️Dear mihaaru enme 2 meehun tha mi story ge pic gaa meenee
thnk yuh dear.. lahba shima ah zeevaan propose kuraathii ekamah special koh cover change kohlii mi part nd nxt part ah bt dhn hunna part thakuge aneh 3 couples fennaane hama cover in.. again thnk yuh dear fr ur lovely cmmnt..
Masha Allah…V reethi…Waiting for next part.?
❤️❤️Hurihaa part akah comment nukuriyas Hurihaa part eh vx kiyan. Vaahaka Vvvv reethi. Hama speechless. Shima ah anehkaa koahcheh baa e fenuny. Curiously waiting for the next part ❤️❤️
aharenge hayaathugai mihaa hadi vhk eh kiyunu handhaaneh nuve eve. adhi ahannah faahaga kohlevunu thankolheh bunelantha… mi vhk ah ginain cmnt kohfa hunnanii writer ge rahtehinnaa gey miihun kan.. whats goin on?
Dear stry aa medhu dhekey goih haama kohlii thii v ufaavehje.. Mi stry ah alhugandu dhanna miihakah comment kuranii emme 3 kudhin.. Dhn thibii hus hama alhugandah mi site in dhimaavi readers.. E kudhinnaa maa close koh vaahaka dhahkaaleveythii ehn hiivanii e cux e gothah readers Ge comment thakah rpl kohlumakii alhugandu v hihh hama jehey kameh.. Again thanks dear stry aa medhu dhekey goih haama kohliima
Excuse me… Didn’t you find a polite way to talk to her…. You can say you don’t like it but…. The point is you should express it without hurting others feelings….. I also met Euphoria sis a few days before…… It brings happiness by talking nicely.. I think you should try to experience it..
alhugadakee euphoria ge v close frnd eh .. and euphoria ves v ufaavaane hiyaalu faalhu kohleema.. and she loves all her readers ehn ve kanneyge ehaa close koh tlk kurevenee ves…. dont get me wrong but i hope you can say it in a little polite way.. btw i thank u as her frnd for this cmmnt becux this can be an improvement
Alhey vrh curious vehjje……waiting for the nxt part….btw mi bai vx varah varah reethi….lysm..stay safe sis…
And cover vx varah reethi ingey…….
Thnk yuh dear.. V ufaavehje cover pic nd stry Ge mi part vs dear ah Reethi v ma.. Lym nd stay safe dear..
Mi part ves v rythi..Masha Allah…You are so creative??
Mi part ves v rythi..Masha Allah..you are so creative???
Excuse me… Didn’t you find a polite way to talk to her…. You can say you don’t like it but…. The point is you should express it without hurting others feelings….. I also met Euphoria sis a few days before…… It brings happiness by talking nicely.. I think you should try to experience it..
I agree with uuu
Mi part ves v rythi..Masha Allah..Saayaa v hurt vaane dhw..Waiting for next part..
Mi part ves v rythi..
Salaam my dear readers stry Ge 12th part iyye alhugandu vaanii submit kohlaafa bt adhivs publish nuvey.. Nd stry Las vaa kamah takaa hurihaa readers kibain alhugandu nihaayathah maafah edhn.. Lysm dear readers ❤️??