Skip to content
އެސްފިޔަ

އަންޖަލް (8)

ވިއްސަކަށް މިނިޓު ތެރޭގައި ޖުނާން އާއި އަންޖަލް ސޯލް ކޮންޕެނީގެ ޕާރކިން ޒޯނުގައި ކާރު ޕާރކް ކުރުމަށްފަހު ގޮސް ބިލްޑިންގްއަށް ވަނެވެ. ސޯލް ކޮންޕެނީ އަކީ ކޮންސްޓްރަކްޝަންގެ އެކި މަސައްކަތް ކުރާ ކުންފުންޔެކެވެ. އެކި އެކި ފަރާތްތަކުން ދޭ ބޮޑެތި ޑީލްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ފުރިހަމަކޮށް ނިންމާ ހަމަ އެކަނި ކުންފުންޔެވެ. ގިނަބަޔަކު ދަންނަ މަޝްހޫރު ކުންފުންޔެކެވެ.

އަންޖަލް ޖުނާންގެ ފަހަތުން ހިގަމުން ދިޔައީ އަދި އޮފީހަށް އާ ވުމުންނެވެ. އަންޖަލް އާ ދިމާލަށް އެކި އެކި ސްޓާފުން ބަލަމުން ދިޔައެވެ. ފިރިހެންވެރިން ބަލަމުން ދިޔައީ އަންޖަލް ރީތިކަމުންނެވެ. އަންހެން ސްޓާފުން ބަލަމުން ދިޔައީ ޖުނާންގެ ކާރުން ފައިބާގެން ޖުނާން އާ އެއްކޮށް އައުމުން އެކަމާ ޖެލަސް ވެގެންނެވެ. ޖުނާން ދިޔަގޮތަށް ގޮސް 3 ވަނަ ފަންގިފިލާއަށް ދިއުމަށް ލިފްޓުން އެރިއެވެ. އަންޖަލް ހާސްވެފައި ހުރިކަން އެގުމުން އަންޖަލްގެ އަތުގައި ޖުނާން ހިފާލިއެވެ. ތިންވަނަ ފަންގި ފިލާގައި އިނީ ތިން ކޮޓަރިއެވެ. ކޮންމެ ކޮޓަރިއެއްގައި ނަމެއް ޖަހާފައި އިނެވެ. އިސްހާޤުގެ ހުވަފެނަކީ އޭނާގެ ތިން ދަރިންވެސް އެކައްޗެއް ކިޔައިން އެ ވިޔަފާރިއާ ހަވާލް ވުމެވެ. ކޮންމެ ކުއްޖަކަށް ވެސް ވަކި ކޮޓަރިއެއް ހަދާފައި ހުއްޓެވެ. ޖައިޝް އާއި ޖޫދު އަދި ވަޒީފާ އަށް ނުނިކުތް ކަމަކު އިސްހާޤުގެ އުންމީދަކީ އެ ދެކުދިންވެސް ޖުނާން ގޮތަށް ހިތަވަރާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކޮންމެވެސް ދުވަހަކުން އެދެކުދިން ވަޒީފާއަށް އަންނާނެކަމަށް އެދެކުދިންނަށް ވެސް ވަކިން ހާއްސަކޮށް އިސްހާޤް ކޮޓަރިއެއް ހަދާފައި ނަންޖަހާފައި ހުއްޓެވެ.

ޖުނާން ގޮސް އޭނާގެ ކޮޓަރިއަށް ވަދެލިއެވެ. އަންޖަލް އަށް ހައިރާން ކަމެއް ލިބުނީ އެތާ ތެރޭގައިވެސް އިތުރު ކޮޓަރިއެއް އިނުމުންނެވެ. ވަތް އިރު ކުރިމަތީގައި މޭޒަކާއި ގޮޑިއެއްގައި އަންހެން ކުއްޖަކު އިށީދެލައިން އިދެފައި ޖުނާން ފެނުމުން ތެދުވެލިއެވެ. ޖުނާން އަތުގެ އިޝާރާތުން އިށީނުމަށް ބުނެލިއެވެ.

” މީ އަހަރެންގެ ޕާސަނަލް ސެކެޓްރީ ޔުމްނާ… ޔުމްނާ މީ އަންޖަލް މިއަދު އަލަށް ޖޮއިން ކުރީ.. ޔުމްނާގެ މަސައްކަތަކީ އޮފީހުގެ ކަންކަން އަންޖަލް އަށް ވަރަށް ރަގަޅަށް ކިޔާ ދިނުން.. ” ޔުމްނާ ކުރަން ވީ ކަންތައްތައް އޮޅުން ފިލުވައިދެމުން ޖުނާން ބުނެލިއެވެ.

” އިތުރު މޭޒަކާއި ގޮޑީއެއް ގެންނަން ބުނަންވީތޯ” އަދަބުވެރިކަމާއެކު ޔުމްނާ އަހާލިއެވެ.

” ނުން.. އަންޖަލް އިންނާނީ އަހަރެންގެ ކެބިންގަ… ދުވާލަކު 2 ގަޑިއިރު ޔުމްނާ ކައިރިއަށް ދާނެ އެއްޗެހި ދަސް ކުރަން.. ޓީޗް ހާ ވެލް އިގޭ..” މިހެން ބުނުމަށްފަހު ޖުނާން އަންޖަލް ގާތު އައުމަށް ބުނެފައި ގޮސް އެތެރޭގައި އިން ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރެ ފެނުމުން އަންޖަލްގެ ހިތަށް އުފާވެރިކަން ވަނެވެ. އޭނާ އަބަދުވެސް ޖުނާން މަސައްކަތް ކުރާ އޮފީސް ދެކިލާ ހިތްވެއެވެ. ތަނަވަސް ކޮޓަރިއެކެވެ. މޮޑު މޭޒަކާއި ގޮޑިއެއް ހުރި އިރު ކަޅުކުލައިގެ ސޯފާ ސެޓެއްވެސް ޖަހާފައި ހުއްޓެވެ. ކަބަޑުތައް ވަނީ އެކި އެކި ކޮންސްޓްރަކްޝަންއާ ބެހޭ ފޮތްތަކުން ތަރުތީބު ކުރެވިފައެވެ. މުޅި ކޮޓަރީގައި ވަނީ މަޑު ފިނިފެންމާ ވަހެއް ހަރުލާފައެވެ. ޖުނާން އަންޖަލް އަތުލަފިކޮށްލިއެވެ. އަދި އަންޖަލް މޫނުގައި ބީހިލިއެވެ.

” ކޮބާ ދެން ކީއްކުރަންވީ… އަހަރެން ބޭނުމެއް ނުން އަހަރެން ލޯމަތިން އަންޖަލް ގެއްލޭކަށް..” ޖުނާން މަޑު މަޑުން ވާހަކަ ދައްކަމުން ދިޔައެވެ. އަންޖަލްގެ ކޮލަށް ޖަންބު ކުލަ އަރަމުން ދިޔައީ ގަންނަމުން ދިޔަ ލަދެއްގެ ބޮޑު ކަމުންނެވެ. މަޑު މަޑުން ޖުނާން އޭނާގެ ތުންފަތް އަންޖަލްގެ ތުންފަތާ ކައިރި ކޮށްލިއެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖެހުމުން ދެމީހުން އެއްފަހަރާ ދުރަށް ޖެހިލިއެވެ. އަންޖަލް އަވަސް އަވަހަށް ގޮސް ފޮތެއް ނަގައި ކަބަޑު ކައިރީ މަޑުކޮށްލިއެވެ. ޖުނާން ވަންނާށޭ ބުނުމުން ޔުމްނާ ވަދެގެން އައީ ފައިލް ތަކެއް ހިފައިންނެވެ. ފައިލްތައް ޖުނާން އަށް ދިއްކޮލުމަށްފަހު އަންޖަލް އަށް ބަލާލާފައި ޔުމްނާ ނިކުމެގެން ހިގައިގަތެވެ.

އޮފީހުގެ ވައިބާރ ގުރޫޕަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އެކި އެކި ޑިޕާރޓްމެންޓްތަކުގައި މަސައްކަތް ކުރާ ފިރިހެން މުއައްޒަފުން ދިޔައީ ވައިބާ ގައި އަންޖަލްގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. އެންމެންވެސް ތިބީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. އަންހެންވެރިން ހޫނު ފެނަށް ވައްޓާލީ ޔުމްނާގެ މެސެޖްއިންނެވެ. އަންޖަލް ހުންނަނީ ޖުނާން ކޮޓަރީގައި ކަމާއި އެމީހުން 8 ގަޑިއިރު މަސައްކަތް ކުރާ އިރު އަންޖަލް މަސައްކަތް ކުރަން ޖުނާން ބުނީ ދެގަޑިއިރޭ ބުނުމުން އެންމެން އަންޖަލް އަށް އެއްޗެހި ކިޔަމުން ދިޔައެވެ. ބައެއް ފިރިހެންވެރިން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އަންޖަލްއާ ދިމާލަށް އިތުރަށް އެމީހުން އެއްޗެހި ކިޔާފާނެތީއެވެ.

***

އޮފީސް ނިންމާލުމަށްފަހު ޖުނާން އާއި އަންޖަލް ގެއަށް އައި އިރު އަސްމާ ގޯތިތެރޭ ދެކޮޅަށް ހިގާލަ ހިގާލާ ހުއްޓެވެ. ވަހަކައިގާ ހެމުން ހެމުން ވަތް ދެމީހުން ހުއްޓުން އެރީ އަސްމާގެ މޫނުގެ ކުލަވަރު ފެނުމުންނެވެ. ޖުނާން ފެނުމާ އެކު އަސްމާ އައިސް ޖުނާންގެ އަތުގައި ހިފައިގެން ގޮސް އަސްމާގެ ކޮޓަރިއަށް ވަނެވެ. އަންޖަލްގެ ހިތް މަޑު މަޑުން ތެޅެމުން ދިޔައި އަސްމާގެ އަމަލްތައް ހުރި ގޮތުންނެވެ. މަޑު ހިގުމެއްގައި ގޭތެރެއަށް ވަދެގެން އައި އަންޖަލްގެ ލޮލުގައި އަޅައިގަތީ ސިޓިންގްރޫމްގެ ސޯފާތައް ފޮޅަން ހުރި މަރީއެވެ. ތެޅި ތެޅި ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. އިސާހިތަކު މީހާ ދާހިއްލަންވެސް ފަށައިފިއެވެ. އަނެއްކާ މަރީ އެއްޗެކޭ ކީބާއޭ އަންޖަލްގެ ހިތަށް އަރަމުން ދިޔައެވެ. މަރީއަށް އަންޖަލް ހާސްވެފައި ހުރިތަން ފެނުމުން ނުލަފާ ހިނިގަޑެއް ޖަހާލިއެވެ. އަދި އަންޖަލްއާ ދިމާލަށް ހިގައިގަތެވެ.

” ހީކުރީތަ އަހަރެން މިގެއިން އެހާ ފަސޭހައިން ނެރެލެވޭނެ ކަމަށް.. ދަންޔާ ދާން ޖެހޭނީ ކަލޭ..” މަރީ އަންޖަލް އަށް ބަލާލަމުން މަލާމާތް ކުރާ ރާގަކަށް ބުނެލިއެވެ.

” އަންޖަލް އޮފީސް ކިހިނެއް ވަނީ އާތިކާ ބުނި މިއަދު ފުރަތަމަ ދުވަހޯ..” އާތިކާ ހިގާފައި އައިތަން ފެނިފައި މަރީ ވަގުތުން ރާގު ބަދަލް ކޮށްލިއެވެ. އަންޖަލް އައި ރުޅީގައި އެއްވެސް އެއްޗެކޭ ނުބުނެ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

***

“ޖުނާން އެއީ ތެދެއްތަ… އަންޖަލް އޮފީހަށް ދިޔަ ފުރަތަމަ ދުވަހު މިކަހަލަ ވާހަކައެއް އަޑޫ އިވޭނެ ކަމަކަށް މަންމަ އުންމީދެއް ނުކުރަން..” އަސްމާ ގޮޑީގައި ޖުނާން ބައިންދާލަމުން ބުނެލިއެވެ.

“ކޮންވާހަކަ އެއްތަ މަންމާ..” ޖުނާން އަށް އަސްމާ ދައްކާ ވާހަކައެއް އެއްގޮތަކަށްވެސް ނޭގުމުން އަހާލިއެވެ.

” ޖުނާން ބުންޔޯ އަންޖަލް މަސަކަތް ކުރާނީ ދެގަޑި އިރޭ.. ޖުނާންގެ ކެބިންގަޔޯ އަންޖަލް ހުންނަނީވެސް… މީ ކިހިނެއްވާ ކަމެއް.. މަންމަ ކުރިންވެސް ބުނިން ދޯ މަންމަ ހިތްހަމައެއް ނުޖެހެޔޭ ދަރިފުޅު އަންޖަލް އާ މާ ގާތްވެގެން އުޅެން.. އެއީ ޝަންމަގެ ކޮއްކޮއެއްކަން ދަނެގެން އުޅޭނީ… ފާޑު ފާޑުގެ ވާހަކަ މީހުން ދައްކާނެ.. އެއެއްޗެހި ބައްޕައަށް އަޑު އިވިއްޖެޔާޔޯ… އަންޖަލްވެސް ބައިދާ ޔުމްނާ ކައިރީ.. މަންމަ ބޭނުމެއްނުން އިތުރަށް އޮފީސް މުއަށްޒަފުން ކޮންޕްލެއިން ކުރާ އަޑު އަހާކަށް..” އަސްމާ ވާހަކަ ދައްކަމުން ދިޔައިރު ތުއްތު ތުއްތު ކުއްޖެއްފަދައިން ޖުނާން އަޑު އަހަން އިނެވެ. ޖުނާން އަކީ އެއް އިރެއްގައިވެސް އަސްމާގެ ބަހަކަށް ނުކިޔަމަންތެރިވީ ކުއްޖެއް ނޫނެވެ. ހަމައެކަނި އަސްމާ ބުނި އެންމެ ކަމެއް އޭނާ އަކަށް ނުހުއްޓުނެވެ. އެއީ އަންޖަލް އާ ދުރުން އުޅުމެވެ. އަންޖަލް ދެކެ އިންތިހާއަށް ލޯބިވާއިރު އަންޖަލްއާ ދުރަށް ދާނީ ވަކި ކިހިނަކުން ހެއްޔެވެ؟ މަސްލަހަތު ގޯސް ނުކުރަންވެގެން ޖުނާން އަސްމާ ބުނިގޮތަށް ހަދާނަމޭ ކިޔާފައި އެކޮޓަރިން ނިކުތެވެ.

***

” ކޮބާ އަންޖަލް އޮފީސް ކިހިނެއްވަނީ…” ރޭގަޑުގެ ކެއުމަށް އިންސާފް ކުރަން އިން އިސްހާޤު އަހާލޅ އަންޖަލް ގާތުއެވެ.

” ރަގަޅު..” އަންޖަލް ޖުނާން އަށް ލަދުރަކިކޮށް ބަލާލަމުން ބުނެލިއެވެ. އަސްމާއަށް މި މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. ނަމަވެސް މާ ބޮޑޫކަމަކަށް އޭނާ ނެހެދީ އެއީ ޖުނާން އޭނާ ބުނި ހުރިހާ ކަމެއް ކުރާނެކަން އެގޭތީއެވެ.ކައި ނިމުމަށްފަހު ތަށިތައް ނެގުމަށް މަރީއާއި ނީނާ އައިސް ކާގެއަށް ވަނެވެ. އޭރު ކާގޭގައި އިނީ އަންޖަލް އެކަންޏެވެ. ހިޔާލެއްގެ ތެރޭގައި ގެއްލިފައި އިން އަންޖަލް ސިއްސައިގެން ދިޔައީ ނީނާ އައިސް ޕޮއް ކިއުމުންނެވެ. ނީނާއާއި އަންޖަލް އާ ދެމީހުން ވަރަށް ގުޅެއެވެ. ޝަންމަ ނިޔާވުމުން އަންޖަލްއަށް ހިތްވަރު ދިން އެކަކީ ނީނާއެވެ. ނީނާ އަކީ ޔަތީމު ކުއްޖެކެވެ. އޭނާ އަށްވެސް މައިބަފައިން ނިޔާވުމުން ކުރި އަސަރާ ނަމަވެސް ވަގުތު ފާއިތުވާ ވަރަކަށް ދިރިއުޅުމައިގެން ކުރިއަށް ދާން ޖެހޭނެ ކަން ބުނެދިނީވެސް ނީނާއެވެ. އަންޖަލް ހެވިފައި ގޮޑިން ތެދުވެ ނީނާއާ ދިމާލަށް އެބުރިލިއެވެ. އޭރު މަރީވެސް ފަހަތުގައި ހުރުމުން އަވަހަށް ދަނީޔޭ ބުނެ އަންޖަލް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބެލްކަންޏަށް ނިކުމެލިއެވެ.

ޖެހޭ ފިނި ވައިރޯޅިން އަންޖަލްގެ ބުޅި އިސްތަށިގަޑު ވިހުރެމުން ދިޔައެވެ. ޖައްވުގައި ތެތްފިނިކަމެއް ހަރުލާފައިވުން އަންޖަލް ގައިގާ ދެއަތް އޮޅާލިއެވެ. އަދި އުޑާ ދިމާލަށް ބަލާލީ މިރޭ އާދަޔާ ހިލާފަށް ހަދުވަރު ބޮޑުވެފައި އަލިގަދަ ވުމުންނެވެ.

” ވަރަށް ރީތި ދޯ ހަދުވަރު..” ފަހަތުން ޖައިޝް އައިސް ވާހަކަ ދައްކަންފެށިއެވެ. އަންޖަލް ޖައިޝްއާ ދިމާލަށް ބަލާލިއެވެ. މިހާރު ޖައިޝް ފެނުނަސް ޖައިޝްއަށް ފިލަން އަންޖަލް ނޫޅެއެވެ. ވާހަކަ ނުދައްކާ އަންޖަލް އެހުރި ގޮތަށް ހުރީއެވެ.

” އަހަންނާ ވާހަކަ ނުދައްކަންތަ ތިހިރީ… އޯކެ.. އަހަރެން ހުރެދާނަން އަންޖަލް ވާހަކަ ދައްކަންދެން މިތާ..” ޖައިޝް އަންޖަލް އާ ތަންކޮޅެއް ދުރގައި މަޑުކޮށްލިއެވެ. އަދިވެސް އަންޖަލް ވާހަކަ ދައްކާކަށް ހިތަކަށް ނާރައެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ވެރިވާނފެށިއެވެ. އަންޖަލްގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަމުން ދިޔަތަން ޖައިޝްއަށް ފެނުނެވެ. އޭނާ އަންޖަލް ދެރަވާއެއްޗެއް ނުބުނެއެވެ. ދެން މި މައުޞޫމް ކުއްޖާ ރޮމުން މިދަނީ ކޮންކަމަކާ ހެދި ހެއްޔެވެ. ޖައިޝްއަށް ނުހުރެވިގެން އައިސް އަންޖަލް ގާތުގަ މަޑުކޮށްލިއެވެ. އަދި މަޑު މަޑުން އަންޖަލްގެ ކޮޑުގައި ހިފާލީ ނުރޯށޭ ބުނާ ގޮތަކަށެވެ. އަންޖަލް ހިތުގައި ޖެއްސި މީހަކު ހޭއަރުވާލާނަމޭވެސް ޖައިޝް ހިތަށް އެރިއެވެ. ނަމަވެސް އެއީ ކާކުކަމެއް ނޭގެއެވެ. ފަހަތުން މީހަކު ކަރުކެހިލި އަޑަށް ޖައިޝް އޭނާގެ އަތް ތިރިކޮށްލިއެވެ. އަދި ފަހަތަށް އެބުރި ބަލާލިއެވެ. ބަލާލުމާއެކު އަންޖަލް ރޮމުން ދިޔައީ ކީއްވެކަން ޖައިޝްއަށް ދެނެގަނެވުނެވެ.

“ކަލޭ… ކީއްކުރަން މިގޭގަ.. މަށަށް ނުބުނެވޭތަ ކަލޭކައިރީ މަ ކުރިމައްޗަށް ނާރަން..” ޖައިސް ކުރިމަތީ ހުރި މާރީއާ ދިމާލަށް ހިގައިގަންނަމުން ބުނެލިއެވެ. މަރީ ފިޔަވަޅުތައް ފަހަތަށް އަޅަން ފެށިއެއެވެ. ޖައިޝް ހުރިކަން އެގުނު ނަމަ އޭނާ މިތަނަށް ނުވެސް އައިހެވެ. ޖައިޝްދެކެ އަބަދުވެސް މަރީ ބިރުގަނެއެވެ. އަންޖަލް ދެލޯ ފޮހެލުމަށްފަހު ބަލާލީ މަރީ އެތާ ހުރިކަން އެގިގެންނެވެ.

” އަހަރެން އައީ ޖައިޝް މަންމަ ބުނެގެން.. ޖައިޝް ހިތުން އެދުވަހު އަހަރެން ނެރެލީމަހުރިހާ ކަމެއް ނިމުނީ ދޯ… އަދި މިފެށުނީއޭ ހިތަށް އަރުވާލާ… އަހަންނަށް އެގޭ މި އަންޖަލް މިގޭގައި އުޅޭގޮތް..” ޖައިޝްއާ ވާހަކަ ދައްކަން ބިރުވެސް ގަންނަ މަރީ ހީވަނީ ދުވަހަކުވެސް ނުލިބޭ ފަދަ ހިތްވަރެއް ލިބިގެން އުޅޭހެންނެވެ. ޖައިޝް ކައިރިއަށް އައި ރުޅިއެއް ބުނަންވެސް ނޭގުނެވެ. ދައްކަމުން ދިޔައީ ކޮންވާހަކައެއްކަން ނުބުންޔަސް ޖައިޝްއަށް އެގެއެވެ. ޖައިޝްވެސް ހިތުގައި ސިއްރުކޮށްގެން އުޅޭ ކަމެއް އަސްމާ ކައިރީ ބުނަން މަރީ މީ ކާކު ހެއްޔެވެ. ބަލަން ނުހުރެ އަނެއްކާވެސް ޖައިޝް ބެލީ މަރީ އެގެއިން ނެރެވޭތޯއެވެ. އަތުގައި ހިފާ ދަމަން ފެށުމުން މަރީ ގޮވަން ފެށިއެވެ.

” ޖައިޝް އައްދޯތް…. ދޫކޮށްބަލަ… އަހަރެން ކީއްތަ ކުރީ..” މަރީ އެކްޓް ކުރަން ފެށިއެވެ. އަންޖަލް ބަލަން ނުހުރެ ޖައިޝްގެ އަތުގައި ހިފާލިއެވެ. އަދި ދޫކޮށްލާށޭ ބުނެލިއެވެ. ޖައިޝް އަންޖަލްގެ ރަތްވެފައި އިން ދެލޮލަށް ބަލާލިއެވެ. އަދި އަންޖަލްގެ އަތް ދުރުކޮށްލުމަށްފަހު ބިންމަތީ އިށީދެގެން އިން މަރީގެ އަތު ކޮޅުގައި ހިފާ ދަމަން ފެށިއެވެ. މަތިން އަޑުގަދަ ކުރާވަރުން އަސްމާ އާއި އާތިކާ އައިސް މައްޗަށް އެރިއެވެ. ޖައިޝް މަރީގެ އަތުގައި ހިފާ ދަމަމުން ގެންދިޔަތަން ފެނުމުން އާތިކާ ބަލަން ނުހުރެ އައިސް ޖައިގެ ކޯމަތީގައި ވަރުގަދަ އެތިފަހަރެއް އަޅުވާލިއެވެ. ޖައިޝް ވީތަދުން ކޮލުގައި އަތް އަޅާލެވުނެވެ. އަސްމާއާއި އަންޖަލް އަށް ހައިރާންކަން ލިބުނީ ވީގޮތެއްވެސް ބަލާނުލާ އާތިކާ އައިސް ޖައިޝްގައިގާ ޖެހުމުންނެވެ. މިކަމުންވެސް އަންޖަލްއަށް އެގުނީ އާތިކާ ޖައިޝްދެކެ އަންނަ ރުޅިއެވެ. ޖައިޝް އޭރުވެސް މަރީގެ އަތުން ދުލެއް ނުކުރެއެވެ. އާތިކާ ދެވަނަފަހަރަށް ޖައިޝް ގައިގާ ޖަހަން ނެގި އަތުގައި ހިފާލީ ސިޑިން އަރައިގެން އައި އިސްހާޤެވެ.

=ނުނިމޭ=

ވާހަކަ އަޕްލޯޑު ކުރަން އެހާ ގިނަދުވަސް ވާތީ ކްރިސްޓަލްގެ ރީޑާރސް ކުރެން މާފަށް އެދެން. ކްރިސްޓަލް ޓްރައި ކުރާނަން

ވީހާވެސް އަވަހަކަށް އަޕްލޯޑު ކުރެވޭތޯ.. މަދުވެގެން ހަފްތާއަކު ދެ ޕާރޓް ގެނެސްދެވޭތޯ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. ?Ril?

    Wow sis mi part ves varah sali. Masha Allah. When next.❤❤❤❤❤❤

    1. Krystal
      ?Ril?

      Thank you ril ?
      Varah avahah insha allah

  2. Afu

    Masha Allah Masha Allah varah habeys mi prt vx ❤️❤️❤️??? alhey mi ulhenee varugadha Mary gadeh dhww dhra kamehnu ???? alhey dhn kihinei baa vaanee … Siss mi faharu vx haadha curious kohshey thi nihmaaly … Waiting 4 nxt …. Stay safe
    Saranghae ❤️❤️❤️

    1. Krystal
      Afu

      Awwnn thank you afu ❤❤
      Hahaha aan dhw mary ge undhagok v boduvejje dhw… hehhe

  3. Bluebird

    Awwwwwwn sis it’s OK ? as long as you upload it… This part also very very nice…??? Maashaa Allah.. I don’t know what will happen next.. Curiously waiting… Keep it up eonnie… Eonnie are you busy or are you sick I’m just worried about you eonnie???????? Love you a lot ??????I purple you always and forever.. ???

    1. Krystal
      Bluebird

      Annyeong my cute dongsaeng ???
      I am fine alhamdulillah.. hama busy kamun comment thakah ah reply nukohlevigen miulheny!!! Sorry to make you worried sweety… saranghae ??

  4. ?Ril?

    Hi blue bird…..❤❤❤❤

    1. Bluebird
      ?Ril?

      Hey Riloooooo ☺️☺️… I saw you before some where…. You saw me right???? Awwwwwwn ????where is Krystal eonnie… Something is up with eonnie… She seems a little bit distant.. I’m worried ? about her…. Hope everything is fine..

    2. ?Ril?
      ?Ril?

      Hi blue bird . In a comment section eh gaa tha. Kon story eh gaa tha. I don’t remember.
      Yaa where is sis. I am missing her…. Hope she is fine. ??????❤❤❤

    3. ?Ril?
      ?Ril?

      Yaaa I remember the story now . Loabiveriah thi noon neydemey mi story dhw

  5. ?Ril?

    Yaaa I remember the story now . Loabiveriah thi noon neydemey mi story dhw

  6. Mer?

    Wow..Amazing

  7. ބްލެކް ރޯޒް

    WoW nice story SIS extremely ordinary v v v reethi mivaahaka I can’t wait to read the next part plz upload kohdheh chey v enme avahakah…..???

    1. Krystal
      ބްލެކް ރޯޒް

      Thank you black rose
      Mihaaru upvefa innany 9th vana part

  8. ?Black Swan?

    EONNIE is every alright?????? I

Comments are closed.