އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އޮއްސިގެން ދާ ހިތްގައިމު މަންޒަރު ބަލާލަން ފޫހިކަމެއްނެތި އަހަރެން އިނީ ހުދު ބޯކިރުކޮޅެއްފަދަ ދޮން ވެލިގަނޑު މަތީގައެވެ. ރާޅުތައް ބީއްސާ ފަށުގައި ބައެއް ކުދިވެރީން ކުޅެ ދުވެ ހަދަން ތިއްބެވެ. އެކުދިންގެ ބެލެނިވެރިންވެސް ގުދުރަތީ ރީތިކަން ފޯނާއި ކެމެރާ ތަކުގައި އަދި ހަނދާންތަކެއްގެ ގޮތުގައި ސިނކުޑީގައި ރައްކާކުރަމުންދިޔައެވެ. ބައެއް މީހުން އޮލަވާހަކައެއްގައި ތިއްބެވެ. އަނެއްބަޔަކު މަޣްރިބު ނަމާދަށް ބަންގި ގޮވަން ފަށާއިރަށް ދަރިން ގޮވައިގެން ގެއާއި ދިމާއަށް މިސްރާބުޖަހަންފެށިއެވެ. އަހަރެންވެސް […]
ޝަމްވީލްގެ ދެ އަތް ފުރަގަހަށް ލައި އައްސާލިއެވެ. އަދި ލޮލުގައިވެސް ފޮތިކޮޅެއް އެއްސިއެވެ. “ކަލޭމެން ތި ކޮން ބައެއް؟ ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ؟ އަހަންނަށް ކިހިނެއް ހަދަން ތިއުޅެނީ؟” ޝަމްވީލް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. އެހިނދު އެތަނުން މީހަކު ޖަވާބު ދިނެވެ. “އަހަރެންގެ ލޯބިވެރިޔާ ކަލޭ ޖަހައިގަތީމަ، އޭގެ ބަދަލު ދޭން މިއުޅެނީ! ހައްހައްހައްހާ…..” “ކާކު ކަލޭގެ ލޯބިވެރިޔަކީ؟ އަހަރެން ކިއެއް ކުރީ؟” ޝަމްވީލް އެހިއެވެ. “ޝައުނާ………..” އެމީހާ ހަޅޭއްލަވައިގަތެވެ. “ކަލޭ އޭނަޔާއެކީ އުޅުނަކަ […]
ނޯޓް: ބައެއް ކިޔުންތެރިން އެދިލައްވާފައި ވާގޮތަށް އަޅުުގަނޑު މިހާރުވާނީ ވާހަކައިގެ ނަންބަދަލު ކޮށްލާފައެެވެ. ނަން ބަދަލުވިއެއްކަމަކު އަޅުގަނޑުގެ ވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.. **** **** **** ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ […]
* ރަވިކާން ފާޑަކަށް ޒައިލީން ގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް އެ މޫނުގެ ކުލަވަރު ބަދަލުވިތަން ޒައިލީންއަށް ފެނުނެވެ. ވީ ކިހިނެތްތޯ އަހާލަން ޒައިލީން އަނގަ ހުޅުވާލިތަނާ ރަވިކާން އައިސް ޒައިލީން ގަޔާލާ ބޮނޑި ކޮށްލިއެވެ. ޒައިލީންއަށް ލިބުނު ސިހުމުން ހަރަކާތެއް ކޮށްލަން ނޭނގިފައި ހުއްޓާ ރަވިކާން ޒައިލީންގެ ގައިގައި ރަވިކާންގެ ވަރަ އޮޅާލިއެވެ. ހެދި ނުހެދިއެއް ނޭނގުނެވެ. ޝޮކެއް ޖެހިފައި ޒައިލީން އިންދާ ދެން އިވުނީ ރަވިކާންގެ ވޭނީ ހަޅޭކުގެ އަޑެވެ. * ********* […]
ވިސްނުމެއްގައި ހުރެ އަނޫފް ގޮސް ފަހަތަށް އެނބުރިގެން އިން އަންހެން ކުއްޖާގެ ކުރިމަތިގައި ހުރި ގޮނޑީގައި އިށީނެވެ. އެކުއްޖާގެ މޫނު ފެނުމާއެކު އޭނާ ލާން އުޅުނު ނޭވާވެސް ތާށިވީ ކަހަލައެވެ. މީ ދުނިޔެ ދައްކާ ދަޅައެއް ހެއްޔެވެ؟ ކުރިމަތޫގައި ފެންނަންމީނީ ރޫޔާހެއްޔެވެ؟ ހާދަހާ ވައްތަރެވެ. އިސްތަށުގަނޑު އެއްކޮން ފަން ނަމަ އެއީ ހަމަ ރޫޔާއެވެ. މޫނުމަތިންވެސް އެހާމެ ވައްތަރެވެ. އަނޫފް ބޯ ހާސްވިއެވެ. ތަޤްދީރު މިކުޅެނީ ކޮންކަހަލަ ކުޅި ގަނޑެއްހެއްޔެވެ؟ “އަނޫފް…” އެއަންހެންކުއްޖާ އޭނާގެ ނަމުން ގޮވާލުމާއެކު […]
ރީމްވެސް އިނީ މަހެއް ބޭނޭތޯ ކެތްމަދުވެފައެވެ. އެހެން އެންމެނަށް މަސް ބޭނޭއިރު ރީމްއަކަށް އަދިއެއްވެސް މަހެ ނުބޭނެއެވެ. އެއްމަސް ނަމަވެސް ބޭނޭތޯ ރީމް އިނީ ދުޢާ ކޮށްލަކޮށްލައެވެ. ސުމެއް ކަޓުވާލެވޭތޯއެވެ. އެއްއަތުން ކަންވާރުގައި ހިފައްޓައިގެން އަނެއް އަތް ޑީންގީގައި ވިއްދައިލައިގެން އިން ރީމްގެ އަތްމަތީގައި މީހަކު ހިފާ ބަރުކޮށްލިހެން ހީވެގެން ރީމް ބަލައިލި އިރު ޔޫޝައު ރީމްއާއި ދިމާލަށް ކެމެރާ ދިއްކޮށްގެންނެވެ. ރީމް އެނބުރެލިތަނާހެން ޔޫޝައު ރީމްގެ ފޮޓޯއެއް ނެގިއެވެ. އެޅުނު ފްލޭޝްގެ ސަބަބުން މުޅިތަން އަލިވެގެން […]
އަށާރަވަނަބައި ހިޝާން އެނދުގައި އޮށޯވެލައިގެން އޮތީ އައިނާގެ ޚިޔާލުގައެވެ. އެއީ ފަހަކަށް އައިސް އާދަ އެވެ. މި ހަފްތާ ތެރޭގައި ނަޝްވާގެ އުދަގުލެއް ނުވާތީވެ ހިޝާން ހުންނަނީ ހިސާބަކަށް ހަމަ ޖެހިފައެވެ. ހިޝާން ނިންމައިގެން ހުރީ ދެން ނަޝްވާގެ އުނދަގުލެއް ނުޖެހޭނެ ކަމަށެވެ. އެކަމާ ހިތްހަމަ ޖައްސާލައިގެން އޮށްވާ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކުކަމެއްވެސް ހިޝާން އަކަށް ނޭނގެއެވެ. *** ސްކޫލު ދައުރުގެ ކިޔެވުން ނިމި އޭލެވެލްވެސް ހިޝާން އާއި ހިޝާންގެ އެއްކުލާހެއްގައި ކިޔެވިކުދިން ނިންމާލިއެވެ. […]
އެރޭ އަހަންނައް އެ ފޯނު ކޯލުގައި ނުހުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެރޭ އަހަންނަށް ގުޅީ އަހަންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެކެވެ. އަހަރެން އޭނާ ހައްދާލުމަށްޓަކާ އޭނާއާ ވާހަކަދައްކާ ހަދަމެވެ. އެރޭ ވެސް އޭނާ ގުޅީ އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށެވެ. އޭރު ރޭގަނޑު 12 ޖަހަން ތިރީހަކަށް މިނެޓު ހުއްޓެވެ. ގޭގަ ފޯނު ބަހައްޓާފައި ހުންނަނީ ގެއަށް ވަންނަ ދޮރާ މާ ދުރު ނޫން ހިސާބެއްގައެވެ. އަހަރެން އިނީ ފޯނުން ވާހަކަދައްކަން ގޮނޑީގައި […]
މީހެއްގެ ހިލަން ވީހެން ހީވެގެން ފަހަތް ބަލާލި މިޝްކާއަށް އެނާއާއި ދާދި ގާތުގައި ހުއްޓިލާއިގެން ހުރި ލޯބިވާ ފިރިމީހާ ފެނިލުމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ ، ޝެލް، އެލީނާ……. ހިނގާ ދާން މިހާރު އެ އޮތް ގެން ގަޑި ޖެހެނީ އަވަސް ކުރޭ……” ޔާސިރު އެހެން ބުނެލުމާއެކީ ދެ އަންހެން ކުދިން އަވަސްވެގަތީ ޔާސިރު އެދުނު ފަދައިން ކަންތައް ކުރާށެވެ. ޔާސިރުމެންގެ ދެމަފިރިން ކާރު ގެ ކުރީ ސީޓަށް އެރި އިރު ފަހަތު ސީޓަށް އީޝަލްގެ އިތުރުން […]