ޝައުނާ އޮތީ އިކުރާމަށް ގުޅައިގެންނެވެ. އެތައް އިރެއް ވަންދެން ވާހަކަ ދައްކަން އޮތެވެ. ގަޑިން ރޭގަނޑު 12 ޖަހަނީއެވެ. ޝައުނާ ފޯނު ބާއްވައިފައި ފާޚާނާއަށް ވަދެފައި ނުކުމެ އޮށޯތީ ނިދާށެވެ. ހަމަ އޮށޯވެލިތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ނުދަންނަ ނަންބަރެއް ކަމުން ފޯނެއް ނުނަގައެވެ. ޝަމްވީލް އެތަނުން ސިފައިންގެ މީހެއްގެ ފޯނުން މިގުޅަނީ ޝައުނާއަށެވެ. އޭނާ ފޯނެއް ނުނަގައެވެ. “ބައްލަވާ، އަޅުގަނޑު ކޮން އިރަކުންތޯ ފޮނުވާލާނީ…! އަވަހަށް ފޮނުވާލަދީ…” ޝަމްވީލް އެމީހުން ކައިރި އާދޭސް ކުރަމުން ދިޔައެވެ. […]
1 އަހަރު ފަސް މިއަދަކީ ޝައުނާ އިތުރަށް ތަޢުލީމު ޙާޞިލް ކުރުމަށް މާލެ ދާ ދުވަހެވެ. ޢާއިލާގެ އެކި މެންބަރުން ޝައުނާއަށް ބައްދަލު ކޮށްލަން ގެއަށް އެބަ އާދެއެވެ. ދަތުރަށް ތައްޔާރުވެގެން ބަންދަރުގައި ތިބީމެވެ. އަހަރެން ގޮސް ލާންޗަށް އެރީމެވެ. އަހަރެންގެ ޙަޔާތުގައި މިއަދަކީ އެހެން ކަހަލަ އިޙުސާސް ތަކެއް ކުރެވޭ ދުވަހެކެވެ. މައިންބަފައިން ދޫކޮށް އެހެން ރަށެއްގައި އަހަރެންނަށް އުޅެވޭނެބާއޭ ޝައުނާ ހިތައް އަރަމުން ދިޔައެވެ. ކޮންމެއަކަސް ލާންޗު މާލެއަށް މިސްރާބު ޖަހައިފިއެވެ. ޝައުނާގެ ހިތުގައި […]
ޝަމްވީލްގެ ދެ އަތް ފުރަގަހަށް ލައި އައްސާލިއެވެ. އަދި ލޮލުގައިވެސް ފޮތިކޮޅެއް އެއްސިއެވެ. “ކަލޭމެން ތި ކޮން ބައެއް؟ ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ؟ އަހަންނަށް ކިހިނެއް ހަދަން ތިއުޅެނީ؟” ޝަމްވީލް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. އެހިނދު އެތަނުން މީހަކު ޖަވާބު ދިނެވެ. “އަހަރެންގެ ލޯބިވެރިޔާ ކަލޭ ޖަހައިގަތީމަ، އޭގެ ބަދަލު ދޭން މިއުޅެނީ! ހައްހައްހައްހާ…..” “ކާކު ކަލޭގެ ލޯބިވެރިޔަކީ؟ އަހަރެން ކިއެއް ކުރީ؟” ޝަމްވީލް އެހިއެވެ. “ޝައުނާ………..” އެމީހާ ހަޅޭއްލަވައިގަތެވެ. “ކަލޭ އޭނަޔާއެކީ އުޅުނަކަ […]
ޝަމްވީލް ގައިގާ ހުރި ބާރެއް ލާފައި ދުއްވައިގަތެވެ. ފަހަތުން އަންނަނީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެމީހުން އަންނަނީ ވަޅިއާއި ދަގަނޑު ފަދަ އެއްޗެހި ހިފައިގެން ކަމެވެ. އެމީހުން އެ އަންނަނީ ޝަމްވީލަށް ހަމަލާ ދޭން ކަން ކަށަވަރު ވިއެވެ. ދެފައިން ވާގި ގޮސްފިއެވެ. ގައިގާ ވަރެއް ނެތެވެ. ދުވެ ދުވެ ވަރުބަލި ވެއްޖެއެވެ. މޫނު ނިވާ ކޮށްގެން ތިބި މި މީހުން އައިސް އެމީހުން އަތުގައި އޮތް ވަޅި ހެރީ ޝަމްވީލްގެ ބަނޑަށެވެ. […]
އެއީ ހަމަ ދާދި ފަހުންނެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. އަހަރެން، އަހަރެންގެ ލޯބިވެރިޔާއާއެކު ވަޤުތުތަކެއް ހޭދަ ކުރީމެވެ. އެއީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިން ވަޤުތުތަކެކެވެ. ދެ މީހުންގެ ޢާއިލާވެސް ރުހިގެންނެވެ. ނަމަވެސް ކަން ހިނގާ ދިޔައީ މާ ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ލޯބިވެރިޔާ، ޝިފާގެ ދައްތަ އަހަރެން ދެކެ ރުޅި އަންނަން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޝިފާގެ ދައްތަ ބޭނުންވީ އަހަރެމެން ދެމީހުން ދުރުކުރުމެވެ. އެއްދުވަހަކު ޝިފާ އަހަރެންގެ ގާތުގައި ބުންޏެވެ. […]