Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ބޭވަފާތެރިވީމެވެ.

ލޮޓަސް Level 1
July 28, 2020 3 Mins Read
3 Comments

އެރޭ އަހަންނައް އެ ފޯނު ކޯލުގައި ނުހުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެރޭ އަހަންނަށް ގުޅީ އަހަންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެކެވެ. އަހަރެން އޭނާ ހައްދާލުމަށްޓަކާ އޭނާއާ ވާހަކަދައްކާ ހަދަމެވެ. އެރޭ ވެސް އޭނާ ގުޅީ އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށެވެ. އޭރު ރޭގަނޑު 12 ޖަހަން ތިރީހަކަށް މިނެޓު ހުއްޓެވެ. ގޭގަ  ފޯނު ބަހައްޓާފައި ހުންނަނީ ގެއަށް ވަންނަ ދޮރާ މާ ދުރު ނޫން ހިސާބެއްގައެވެ. އަހަރެން އިނީ ފޯނުން ވާހަކަދައްކަން ގޮނޑީގައި އިށީނދެލައިގެންނެވެ. އޭނާ އާއި އަހަރެން ވާހަކަ ދެއްކީ އޭނާގެ ހިތް ލަންބުވާލާފަދަ ގޮތަކަށެވެ. އެހާމެ ލޯބިންނެވެ. އޭނާ އަށް އަހަރެން ކައިވެނި ކުރަން އުޅޭ ވާހަކަ ކޮންމެވެސް މީހެއްގެ ފަރާތުން އިވިގެން އެކަމުގެ ތެދު ދޮގު އަހަރެން ކައިރީ އަހާލިއެވެ. އަހަރެން ބުނީމެވެ. މީހަކާއިންނާކަށެއް ނޫޅެމެވެ. އެހެން ބުނުމާއެކު އޭނާ އުފަލުން ހީލި އަޑު ވަރަށް ހިތްގައިމެވެ.

ކުއްލިއަކަށް ދޮރު ކައިރީން ބޭރުން މީހެއްގެ ހިލަމެއް ވީހެން ހީވެގެން ބަލާލި އިރު ކަމަކުދާކަށްނެތެވެ. ފޯނުން އަހަރެން ދެއްކި ހާ ވާހަކައެއް އަހުމަދަށް އަޑުއިވިއްޖެކަން އޭނާގެ މޫނުން ހާމަވެއެވެ. ދޮރު ކައިރީ މީހަކު ހުއްޓިގެން ހުންނައިރު ފޯނުގައި ހުރެގެން އެމީހަކު ދައްކާ ވާހަކަ ރަނގަޅަށް އަޑުއިވޭނެއެވެ. އަހަންނަށް ދޭން ގެނައި އުފަންދުވަހުގެ ހަދިޔާ ވެސް އަހުމަދުގެ އަތުގައި އޮތެވެ. ދެންމެ ދެންމެ ފެންވަރާ ލައިގެން ރީތި ޓީޝާޓަކާ ޖީންސެއްގައި އަހުމަދު ހުރިއިރު އޭނާގެ ރީތިކަން ވަރަށް ފުރިހަމަ އެވެ.  އަހުމަދު ޖަހައިގެން ހުރި ފިރިހެން ސެންޓުގެ މީރުވަސް މުޅިގޭތެރެ އެއްވަސް ކުރުވިއެވެ. ކޮންމެ ރެއަކުވެސް އަހުމަދު އަހަންނާ ބައްދަލު ކުރާނީ އެގޮތުގައެވެ. އެކަމަކު މިރޭ އަހުމަދުގެ މޫނުގެ ކުލަވަރު ތަފާތެވެ.އޭނާ އެހުރީ ރުޅިއައިސް އަދި އެހާމެ ހިތްހަމަ ނުޖެހި ފައެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ ؟

އަހަންނާ އަހުމަދާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރު ވެދާނެއެވެ. ކައިވެނިކުރުމަށްޓަކާ އަހުމަދު ވަނީ އޭނާގެ ގޭގައި ކޮޓަރިއަޅަން ފަށާފައެވެ. ދެމީހުންގެ ގެ ހުންނަނީ ޖެހިޖެހިގެން ނެވެ. ދެ ޢާއިލާގެ މީހުންވެސް އަހަރެމެންގެ ގުޅުމަށް ލޮލުން ބޮލުން ރުހި ގަބޫލެވެ. މިހެން މިގޮތަށް މިކަން އޮތްވާ އަހަރެން އެހެން ފިރިހެނަކާއެކު ފޯނުގައި މާފޮޅުވަން ހުއްޓާ ފެނި އަދި ދެއްކިހާ ވާހަކައެއް އަޑުއިވުނީމާ އަހުމަދު އަހަންނަށް ކުރިހާ އިތުބާރު ގެއްލިގެން ހިގައްޖެއެވެ. އެރޭ އަހުމަދު އަހަންނާ އޮތް ގުޅުން ކަނޑާލިއެވެ. ބޭވަފާތެރިވެ އިތުބާރު ގެއްލުވާލި މީހަކާ ކައިވެނި ނުކުރާނެވާހަކަ ސާފު ބަހުން ބުންޏެވެ. އަހަރެން ހީކުރީ އަހަރެންގެ ދޮންކަމާ ރީތިކަން ފެނިފައި އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އަހުމަދު އަހަރެން ދޫކޮށްލާފައި ނުދާނެކަމަށެވެ.

އަހަންނާއި އަހުމަދު ވަކި ވުމުން ހަގީގަތުގަވެސް އަހަރެން ވަރަށް ދެރަވިއެވެ. ގޭމީހުންވެސް އަހުމަދުގެ އެ ނިންމުން ބަދަލު ކުރެވޭ ތޯ އުޅުނެވެ. އެކަމަކު އެކަން ވީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އަހަރެން އެހެން މީހުންނާ ވާހަކަދައްކާ ގުޅުންބޭއްވިއަކަސް ސީރިއަސް ކޮށް ގުޅެން ބޭނުންވީ އަހުމަދު އާއެވެ. ދެމީހުން ރައްޓެހިވެގެން އުޅުނުއިރު ކައިވެނިކޮށްގެން ހޯދާނެ ދަރީންގެ އަދަދާ ދަރިންނަށް ކިޔާނެނަމާ މިހެން ގޮސް އެތައް ކަމެއް ހަމަޖައްސައި އެތައް އަހުދުތަކާ ވަޢުދު ތަކެއް ވީމުއެވެ.

އަހަރެމެން ދެމީހުން އެކީ އެއް އެނދެއްގައި އެއް ރޭ ހޭދަކުރީމެވެ. ނަމަވެސް ކިޔުންތެރިޔާ ތިހީކުރާ ބޮޑު ކަމެއް އަހަރެމެން ނުކުރަމެވެ. އެކަމަކު އެކަން ނުކުރާހާކަން އެކަންޏެވެ. ލޯބީގެ ބޮސްދިނުމާ ފިރުމުންތަކާ ލޯބި އިހުސާސްތަކެއް ކުރީމެވެ. ވައުދު ތަކާއި އަހުދުތައް ކުރީމެވެ.

އެކަމަކު މިހާރު ހުރިހާކަމެއް ކަފުންވީއެވެ. އަހަރެން ބޭނުންވީ އޭނާއަށް ދައްކަން މީހަކާ އިނުމަށެވެ. އޭނާއަށް ވުރެން މުއްސަނދި ތަނަވަސް މީހަކާއެވެ. އަހަރެން ދައްތައާއެކު މާލެދިޔައީމެވެ. އެހެން ގޮސް އުޅުމުގެ ތެރޭގައި އިއްބެއާއި ދިމާވި އެވެ. އިއްބެއަކީ އަހަންނަށް ވުރެން އެތައް އަހަރެއް ދޮށީ މީހެކެވެ. ރީތި މީހެއް ނޫނެވެ. އިއްބެ ބުނީ އޭނާއަކީ މާލޭގެ ގެދޮރު ހުރި މާލޭ މީހެކެވެ. އަހަރެން ބޭނުން ވީ އިއްބެއާއި ކައިވެނިކުރާށެވެ. އަހަންނާ އަހުމަދު ކައިވެނިނުކުރިއަސް ކައިވެނިކުރާނޭ މުއްސަނދި މީހުން ވާކަން އަންގާލުމަށެވެ. ކައިވެންޏަށް ވަލީދިނުމުގެ ކުރިން އަހަރެންގެ ބައްޕަ އަހަރެންގެ ކައިރިން ކަމަކު އެދުނެވެ. ދެވަނަ ފަރަށް ވިސްނާލުމަށެވެ. ކައިވެނިކުރެވެނީ ގާތްގަނޑަކަށް އަހަރެންގެ ބައްޕަ އާއި އެއްއުމުރެއްގެ މީހަކާ ކަމަށް ވާތީއެވެ. އެކަމަކު އަހަރެން ހުރީ ކައިވެނިކުރަން ކަނޑައަޅައި ނިންމައިގެންނެވެ. އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވުނެވެ.

އަހަރެމެންގެ ކައިވެނި ކުރެވުނެވެ. އަހަރެން ހުރީ އުފާވެފައެވެ. ކައިވެނިކުރެވި މާ ގިނަ ދުވަހެއް ނުވެ އަހަންނަށް އިއްބެގެ ހަގީގަތް އެނގުނެވެ. ހަގީގަތުގައި އިއްބެއަކީ މާލޭ ގެދޮރުހުރި މީހެއްނޫންކަމެވެ. އިއްބެ އަހަންނަށް އޮޅުވާލީއެވެ. އަހަރެން އިންތިހާއަށް ފޫހިވިއެވެ. ވަރިކުރަންވެސް ބުނީމެވެ. އެކަމަކު އޭނާ އަހަރެން ވަރި އެއްވެސް ނުކުރިއެވެ. ރުޅިއައިސްގެން އުޅޭގެއިންނިކުމެގެންވެސް ދިޔައީމެވެ. އެހެންގޮތެއް ފެނޭތޯ ވެސް އުޅުނީމެވެ. އެކަމަކު މާ ބުރުގެ އުސޫލުން ކޮންމެ މީހަކުވެސް ބޭނުންވަނީ ފޮނިކޮޅުބޯލާފައި ދާށެވެ.

އެންމެފަހުން ޖެހުނީ އިއްބެއާއި އެކު އުޅޭށެވެ. އިއްބެ އަހަންނަށް ރަނގަޅެވެ. އެކަމަކު އަަހަންނަކަށް އިއްބެ ދެކެ ލޯތްބެއް ނުވެވުނެވެ. ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުންގޮސް އަހަރެން އަލަތު ދަރިފުޅަށް ބަލިވެއިނެވެ. އިއްބެ އުފަލުން ދެފައި އެއްތާނކު ނުޖެހެއެވެ. އަހަރެން ދުވަސްފުރައި ފިރިހެން ކުއްޖެއް ވިހެއީމެވެ. ކުއްޖާގެ ނަމަކަށް އަހަރެން ކީ އަހުމަދުއާއި އަހަރެން ރައްޓެހިވެގެން އުޅުނުއިރު ދެމީހުން ބޭނުންވި ނަމެވެ. ދަރިފުޅު ބޮޑުވަމުން އައި ވަރަކަށް ދަރިފުޅު ވައްތަރުވީ އިއްބެއާއެވެ. އިއްބެގެ އާއިލާ މީހުން އަހަންނާއި ދަރިފުޅަށް ވަރަށް ހެވެވެ. އެކަމަކު އަހަރެން އުފަލެއް ނުވެއެވެ. މުސްކުޅި އަކާއެކު ލޯބިން އުޅޭކަށް އަަހަންނަކަށް ނޭނގެއެވެ. ލޯބިނުވާތީއެވެ.

އޭނާ ކައިރިން ވަރި ވެގެން ވެސް އެހެން މީހަކާ އިންނަން އުޅުނީމެވެ. އެކަމަކު އޭނާ ބޭނުންވީ ދެއަންބަށް އިންނާށެވެ. އެ ގޮތެއް އަހަރެން ބޭނުމެއް ނުވިއެވެ. މިހާރު ދަރިފުޅު ވެސް އެހުރީ ބޮޑު ވެފައެވެ. އަހަރެންގެ ޢުމުރުން މިހުރީ ސާޅީސް އަހަރަށް ގޮސްފައެވެ. އިތުރަށް ދަރިން ވެސް ބޭނުމެވެ. އެކަމަކު މިހާރު މާ ލަސްވެއްޖެއެވެ. ބައެއް މީހުން އަހަރެން ސިފަކުރަނީ ގިނަލާރިދޭ މީހުން ތުންފުހެން ގެންގުޅޭ ފައިފުއްސެއްގެ ގޮތުގައެވެ. އެކަމަކާ އަހަރެން އަޅައެއް ނުލަމެވެ.

އަހަންނާ މިއަދު ވެސް އަހުމަދުގެ އާއިލާއާ ގުޅުންއޮވެއެވެ. އެކަމަކު އަހުމަދު ފިޔަވައެވެ. އަހުމަދު އަހަރެން މަތިން ހަނދާން ވާކަމެއް ނުވާކަމެއް ބުނާކަށެއް އަަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެން އަބަދުވެސް އެ ދުވަސްތައް ހަނދާން ކުރަމެވެ. އަހަރެން ދޭން އޮތް މެސެޖަކީ މީހަކަށް ދައްކަންށޭ ކިޔާފައި އަހަރެން ކުރި ކަހަލަ މޮޔަ ކަމެއް ނުކުރުމަށެވެ. އަދި ލޯބިވާމީހަކަށް ބޭވަފާތެރިނުވުމަށެވެ.

Share Article

Follow Me Written By

ލޮޓަސް

Level 1

Other Articles

Previous

ފެވިފާ ތިނަން ވެޔޭމިހިތުގާ 11

Next

އައިނާ (2) 18

Next
July 28, 2020

އައިނާ (2) 18

Previews
July 28, 2020

ފެވިފާ ތިނަން ވެޔޭމިހިތުގާ 11

3 Comments!

  1. Anonymous says:
    July 28, 2020 at 5:14 pm

    ,

  2. Unkwn says:
    July 29, 2020 at 12:39 pm

    Iraa ingey thedhu vhk eh????

  3. ލޮޓަސް says:
    July 30, 2020 at 7:54 pm

    Thnks

Comments are closed.



All Right Reserved!