* ޒައިލީންއަށް ހެވިފައި ހުރެވުނީ ރަވިކާން އެކުރަނީ ސަމާސާއެއްހެން ހީވުމުންނެވެ. ނަމަވެސް އެ ދެލޯ ވިދާލި ގޮތުންނާއި ޒައިލީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިގޮތުން ޒައިލީންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. * “ރަވިކާން ސަމާސާ ނުކޮށްބަލަ.. ޖިންނިއެއްހެން ހެދިގެން ނޫޅެބަލަ..” ޒައިލީން ހަގީގަތަށްވެސް ބިރު ގަނެގެން ބުނެލިއެވެ. ”އަހަރެން މީ ޖިންނިއެއް.. ދެން އަހަރެން ކިހިނެތްތަ ޖިންނިއެއްހެން ނޫޅޭނީ..؟” ރަވިކާން ރަނގަޅު ޖަވާބެއް ދީފައި ބަނޑުހައިވެފައި ހުރި މީހެއް ފަދައިން ދޫ ނެރެލިގޮތުން ހީވަނީ މީރު ކާއެއްޗެއް […]
” އަހަރެމެންގެ ގުޅުމަކަށް އާއިލާއިން ނަފްރަތެއް ނުކުރާނެ.. އެކަމަކު ތިބުނިހެން ރާވިންއަށް ކުރާނެ… އެކަމަކު ރާވިންއަށްވެސް އެނގޭނެ ދޯ ލޯތްބަކީ ގަސްދުގައި ވާ އެއްޗެއް ނޫންކަން؟…” މަލާއިން ބުންޏެވެ. ކޮންމެއަކަސް ދެމީހުންވެސް ގުޅުން ކުރިޔަށް ގެންދަން ބޭނުންވަނީ އާއިލާގެ އެހެންމީހުނަށް އަންގައިގެންނެވެ. ” އިހަށް ހިނގާ ރާވިންއާ ވާހަކަ ދައްކާލަން…އޭރުންދޯ ރާވިން ދެން ކަންތައް ކުރާނެ ގޮތެއްވެސް އެނގޭނީ..” ހާތިބު ބުންޏެވެ. ” އޭނަ އަހަރެމެން ދައްކާ ވާހަކައެއް އަޑެއް ނާހާނެ.. އެއީ އެއަށްވުރެ ބޯހަރު މީހެއް..” […]
އެކާވީސްވަނަބައި “އިނގޭ އަހަރެން ބުނީމައި ގަބޫލު ނުކުރެވޭނެ ކަން.. އެކަމު އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އެއް އަޑު އަހާބަލަ.. ހިޝާން އަކީ ދެފަހަރު ދެއަންހެން ކުދިން ގެން ގުޅޭ މީހެއް.. އަހަރެންގެ ވާހަކަ އެއް ގަބޫލު ކުރަންޏާ ޓެރަސް އަށް ގޮސް ބަލާބަލަ.. ގައިމުވެސް އޭރުން އެނގޭނެ..” ޔުއާލް ނިކަން ކުޅަދާނައެވެ. ތުންފަތް މައްޗައް ވެރިވި ވިހަ ހިނިތުންވުން އައިނާ އަށް ނުފެނުނީ އޭނާ ފުރަގަސް ދިނުމުންނެވެ. *** އައިނާ މިސްރާބުޖެހީ ޓެރަސް އަށެވެ. […]
ޝައުނާ އޮތީ އިކުރާމަށް ގުޅައިގެންނެވެ. އެތައް އިރެއް ވަންދެން ވާހަކަ ދައްކަން އޮތެވެ. ގަޑިން ރޭގަނޑު 12 ޖަހަނީއެވެ. ޝައުނާ ފޯނު ބާއްވައިފައި ފާޚާނާއަށް ވަދެފައި ނުކުމެ އޮށޯތީ ނިދާށެވެ. ހަމަ އޮށޯވެލިތަނާ ފޯނު ރިންގުވާން ފަށައިފިއެވެ. ނުދަންނަ ނަންބަރެއް ކަމުން ފޯނެއް ނުނަގައެވެ. ޝަމްވީލް އެތަނުން ސިފައިންގެ މީހެއްގެ ފޯނުން މިގުޅަނީ ޝައުނާއަށެވެ. އޭނާ ފޯނެއް ނުނަގައެވެ. “ބައްލަވާ، އަޅުގަނޑު ކޮން އިރަކުންތޯ ފޮނުވާލާނީ…! އަވަހަށް ފޮނުވާލަދީ…” ޝަމްވީލް އެމީހުން ކައިރި އާދޭސް ކުރަމުން ދިޔައެވެ. […]
އަންޖަލް މޫނު ދުރުކޮށްލުމަށްފަހު ބާރަކަށް ރޮއެގަތެވެ. ކުރީގެ އަންޖަލް ނަމަ މިހާރު ޖައިޝްގެ މޫނު މަތީގައި އެތިފަހަރެއް އަޅާލީހެވެ. ނަމަވެސް އޭނާ ވަނީ މިވަގުތު އެއްވެސް ކަމަކާމެދު ވިސްނުމަށް އުދަގޫވެފައެވެ. ޖުނާންދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖައިޝް މަޑުމަޑުން އަންޖަލްގެ ގައިގާ ބައްދާލިއެވެ. މިފަދަ ވަގުތެއްގައި ހަދަންވީ ގޮތެއް ހުދު ޖައިޝްއަކަށްވެސް ނޭގެއެވެ. އަންޖަލް ހިތްފުރެންދެން ރޯން ދޫކޮށްލާނީ ބާއޭ ނުވަތަ ހަމަޖެއްސޭތޯ ވަހަކަ ދައްކަންވީ ބާއޭ ހިތަށް އަރަމުން ދިޔައެވެ. **** ޖައިޝްގެ ކެބިން ދޮރު […]
ސާމިހު ފާހަނަޔަށް ވަދެ މޫނު ދޮވެގެން ނުކުމެ އެތާ އޮތް ތުވާއްޔަކުން ފެން ފުހެލިއެވެ.އަދި ޓީޝާޓް ގަޔަށް މަހާލުމަށްފަހު މޫނުބަލާ ލޯގަނޑު ކުރި މައްޗަށް އަރައި އަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮއްލިއެވެ.ކޮންމެފަދަ ވަގުތެއްގައިވެސް ސާމިހުއަށް އަބަދުވެސް އިސްކަން ދެވެނީ އޭނަގެ އިސްތަށިގަނޑަށެވެ.ހިންހަމަޖެހެ ވަރަށް އިސްތަށިގަނޑު ރީތި ކުރެވުމުން ސާމިހު ބޭރަށް ނުކުންނަން ހިގައިގަތެވެ. އާހް.އަޅޭ.އައިމްސޯޓަޔަޑް ދެން ނިމުނީ…ޔައިޝް ހުދާ ވަރަށް ބަލިވެއްޖެ…އާހް އާ………… ފުން ނޭވާތަކެއްލަމުން ހުދާ ޔައިޝްއަށް ބުނެލިއެވެ.އޭރު ހުދާ ހުރީ ދަލުންގޮސް ފެންވެރިފައެވެ.ނޫމުގައި ހުރި […]
ސްކޫލް ނިންމައިފައި ލިއަމް އަށް ގެސްޓް ހައުސްއަށް ވަދެވުނުއިރު މެންދުރު އަނބުރައި ދޭއް ޖަހައިފިއެވެ. ލިއަމް އެއްޗެހި ބަދަލުކޮށްލައިގެން ނުކުމެ ގެސްޓްހައުސްގައި ހުރި ކާބަޔަށް ވަނެވެ. ވެއިޓަރ އައުމުން ކާއެއްޗެއްސަށް އޯޑަރު ކޮށްފައި ލިއަމް އޭނާގެ ފޯނު ނެގިއެވެ. އޭނާއަށް މިއަދު ޒާޔާގެ ފަރާތުން ފެނިފައިވަނީ ތަފާތު މަންޒަރެކެވެ. ކްލާހުން ދިމާވިއިރު ކްލާހުން ބޭރުގައިވެސް ދެމީހުން ދިމާވިއެވެ. އޭނާ ޒާޔާއަށް ފެންނަ ހިސާބުގައި ހުއްޓެއްކަމަކު ޒާޔާ އޭނާއާއި ދިމާލަށް ބަލައިވެސް ނުލައި ދިޔަގޮތުން ލިއަމްގެ ހިތުގައި ކޮންެވެްސްވަރަކަށް […]
“ނޫން! އަހަރެން ބޭނުމީ ހަމައެކަނި ޔޫޝައު! ޔޫޝައު އެހެންމީހެއްގެ މިލްކަކަށް ވިޔަކަ ނުދޭނަން! އަދި އަމުދުން އެ ރީމްގެ!” ލަމްނާ ބުންޏެވެ. އޭނާގެ ލޯ ވަނީ ރަތްވެ ވަޅުޖެހިފައެވެ. ޒާހިދާ ގަދަކަމުން ލަމްނާ ދޮރުމަތިން ދުރުކުރިއެވެ. ލަސްނުކޮށް ޔޫޝައުމެންވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ހަތަރު މީހުންގެ ފިޔަވަޅު ހުއްޓުނީ ލަމްނާގެ ވޭނީ އަޑަށެވެ. “ޔޫޝައު! އެންމެ ފިވަޅެއް ކުރިއަށް އެޅިޔަސް އަހަރެން… އަހަރެން މި ވަޅި އަތުގަ އަޅާނަން!” ލަމްނާ އަޑުގެ ނެތް ކޮޅަށް ބުންޏެވެ. […]
ވިހިވަނަބައި “ހާސްނުވޭ.. ބޭނުންވަނީ އައިނާ އެއްނު.. އަހަރެން ބުނާ ގޮތައް ކަން ކުރޭ…” ނަޝްވާ ހަރަމް ބަނދެލިއެވެ. *** “ކޮންކަމެއް..؟؟” ޔުއާލް ބުނެލީ އައިނާ ހާސިލް ކުރަންވެގެން އެހިތް އެދި ގޮވަމުން ދާތީވެއެވެ. *** “އައި ލަވް ޔޫ..” އައިނާގެ ކަންފަތް ދަށައް ގުދުވެލަމުން ހިޝާން ބުނެލިއެވެ. ވަގުތުން އައިނާ ލަދުން ގޮސް މަލެއްހެން މިލާ މޯޅިވިއެވެ. ކޯވެސް ޗެރީ ކޮޅެއްހާ ރަތްވިއެވެ. އައިނާގެ ލަދުވެތި މޫނަށް ބަލަން ގެއްލިފައި ހިޝާން އަށް ހުރެވުނީ އާޝޯހު ވެފައެވެ. […]