Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 10

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 28, 2020 7 Mins Read
22 Comments

* ރަވިކާން ފާޑަކަށް ޒައިލީން ގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް އެ މޫނުގެ ކުލަވަރު ބަދަލުވިތަން ޒައިލީންއަށް ފެނުނެވެ. ވީ ކިހިނެތްތޯ އަހާލަން ޒައިލީން އަނގަ ހުޅުވާލިތަނާ ރަވިކާން އައިސް ޒައިލީން ގަޔާލާ ބޮނޑި ކޮށްލިއެވެ. ޒައިލީންއަށް ލިބުނު ސިހުމުން ހަރަކާތެއް ކޮށްލަން ނޭނގިފައި ހުއްޓާ ރަވިކާން ޒައިލީންގެ ގައިގައި ރަވިކާންގެ ވަރަ އޮޅާލިއެވެ. ހެދި ނުހެދިއެއް ނޭނގުނެވެ. ޝޮކެއް ޖެހިފައި ޒައިލީން އިންދާ ދެން އިވުނީ ރަވިކާންގެ ވޭނީ ހަޅޭކުގެ އަޑެވެ. *

*********

“އަލް.. ޒައިދާން…” ހެއިލަންގެ އަޑަށް ޒައިދާން ބަލާލިއެވެ. “ފުޑް..” ހެއިލަންގެ އަތުގައި އޮތް ކޮތަޅުގައި އެކިއެކި ކާއެއްޗެހި ހުއްޓެވެ. “ތޭންކްސް ހެއިލް…” އަލްޔާ ކޮތަޅުން ޗިލީ ޗިޕްސް ޕެކެޓްއެއް ނަގާ ކަނޑާލިއެވެ. އޭރު ޒައިދާން އިނީ މޮޅިވެރިވެފައެވެ. އިއްޔެ ވީނުވީއެއް ނޭނގި ޒައިލީން ގެއްލުމާއި މިއަދު ރޭގަނޑު ވާން އުޅޭއިރުވެސް ޒައިލީން ނުފެނުމުން ޒައިދާންގެ ސިކުނޑި ވަނީ ސުމަކަށް ދާން ތައްޔާރު ވެފައެވެ. “ޒައި އަދި އަންނާނެ…” ހެއިލަން ޒައިދާންގެ ކޮނޑުގައި ޖަހާލިއިރުވެސް އެދެލޯ ވަނީ ފެންކަޅިވެފައެވެ. ހީވާ ކަހަލައެވެ. ޒައިލީން ނެތުމުން ޒައިދާންއަށްވުރެ ހެއިލަންއަށް މާ އަސަރު ކުރެއެވެ.

“ހެއިލް.. އަޅެ ހިނގާބަލަ ޕޮލިހަށް ދާން… ޒައި ނެތްތާ ކިހާއިރެއް..؟ މިހާރު ސައުވީސް ގަޑިއިރު ވަނީ..” ޒައިދާން ބުނެލިއެވެ. “ޒައިދާން.. އަލް ކުރިން ބުނީ ކީކޭ..؟” އަލްޔާ އަނގަފުރާ ޗިޕްސް އަޅައިގެން ހުރެ އުނދަގޫ ފާޑަކަށް އަހާލިއެވެ. އަލްޔާ ވަނީ ޒައިލީން ގެއްލުނުއިރުން ފަށައިގެން އެއީ ހަންޓަރުންގެ ކަމަކަށް ވެސް ވެދާނެ ކަމަށް ބުނެފައެވެ. “‘ޒައި ގެއްލުނީ ހަންޓަރުންގެ ސަބަބުން ކަމަށް ވަންޏާ ޕޮލިހުންނަށް ޖިންނި ބައިގަނޑެއް ރިޕޯޓް ކޮށްގެން އަހަރެމެންނަށް ކޮން ފައިދާއެއްތަ ވާނީ..؟؟ ބްރޯ ވިސްނާލަބަލަ…” ހެއިލަން ނުހަނު މަޑުމައިތިރިކަމާއެކީގައި ވިސްނައިދެވޭތޯ ބެލިއެވެ. “އެކަމަކު ޒައި ގެއްލުނީ ހަންޓަރުންގެ ސަބަބުން ނޫންކަމަށް ވަންޏާ..؟” ޒައިދާން އެއްސެވެ. “ލޯ ކުރިމަތީގައި މީހަކު ގެއްލުމަކީ އާދަޔާޚިލާފް ކަމެއް.. ޒައިދާން ހަނދާން ނެތުނީތަ އަލިގަނޑެއް އަރާފައި ޒައި ގެއްލުނު ގޮތް..؟ ޝީ ޖަސްޓް ވެނިޝްޑް..” އަލްޔާ ބުނެލިއެވެ. “އެންޑް ދެޓްސް ނޮޓް ނޯމަލް… އަހަރެމެންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޒައި އަނބުރާ އަންނަންދެން އިންތިޒާރު ކުރުން.. ސަމްތިން ޓެލްސް މީ ޒައި ވިލް ކަމް ސޫން..” ހެއިލަން ކުރާ އުންމީދު ފެނިފައި ޒައިދާން ކުޑަކޮށް ހީނލިއެވެ.

“ހްމްމްމް.. ދެންވެސް ކާންފަށާ.. އަދި ހުންނާނެ ގެއެއްވެސް ހޯދަން ވާނެއްނު..؟ އިއްޔެރޭ ވެސް މިހިރަ ގޭގައި އުޅޭ އަންހެން މީހާގެ ގާތު އާދޭސް ކޮށްގެން ތިބެވުނީ..” އަލްޔާ ބޯ ކަހާލަމުން ބުނެލިއެވެ. “ތަނެއް ހޯދަންޏާ ހޯދަންވާނީ މިތަނާއި އެންމެ ކައިރީގައި ހުންނަ ތަނެއް.. ޒައި ގެއްލުނީ މިތަނުން…. ޒައި އެނބުރި އަންނާނީވެސް ހީވާގޮތުގައި ހަމަ މިތަނަށް..” ޒައިދާން ދެން ހަދަންވީ ގޮތް ކިޔައިދިނެވެ. “އޯކޭ.. ކައިގެން ތިކަމާއި ވިސްނޭނީ..” ހެއިލަން ބުނެލިއެވެ. ޒައިދާންވެސް ކޮތަޅުން ޗިޕްސް ޕެކެޓެއް ނަގައިގެން ކާން ފެށިއެވެ.

**************

ޒައިލީން ގަޔާލާ ބޮނޑިކޮށްލައިގެން ހުރި ރަވިކާން ބިމަށް ދެމުނެވެ. “ރަވިކާން…” ޒައިލީންއަށް ދެކަކޫ މައްޗަށް ވެއްޓިގަނެވުނެވެ. ބިންމަތީ ހަރަކާތެއް ނެތި އޮތް ރަވިކާން ފެނި ޒައިލީންގެ ހިއްސުތައް ހުއްޓުނު ފަދައެވެ. “ރަވިކާން..” ޒައިލީންއަށް އަނެއްކާވެސް ރަވިކާންގެ ނަމުން ގޮވާލެވުނެވެ. ރަވިކާން ގެ ވަރައަށް ހެރިފައިވާ ޝަހާދަތް އިނގިލި ވާވަރުގެ ދަގަނޑުކޮޅު ޒައިލީންއަށް ފެނުނީ ދެނެވެ. ދެން ޒައިލީންއަށް އިވުނީ ރަވިކާން ހޭންފެށި އަޑެވެ.

ރަވިކާން ބިންމައްޗަށް ވެއްޓިގަނެ ދެންމެ އެ ޖެއްސީ އެކްޓްކަން އެނގުމުން ޒައިލީންއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. “ޔޫ ކްރޭޒީ އިޑިއަޓް..!! އައި ވޯޒް ވޮރީޑް..!!!!” ޒައިލީންއަށް ރަވިކާންގެ ގައިގައި ބޮނޑިއެއް އެޅުނެވެ. ވާނީވެސް އެހެންތާއެވެ. ރަވިކާން ތެދުވެ ޒައިލީންގެ އަތުގައި ހިފާ އެ ތަނުގެ ކަނަކަށް ގެންދިޔައެވެ. “ވަޓް ވޯޒް ދެޓް..؟؟” ޒައިލީންއަށް އެހުނެވެ. “އެއީ އެހެން ޖިންނިއެއް ދިން ހަމަލާއެއް.. އަހަރެމެން މިތަނުގައި ހުންނަންޏާ އެ ޖިންނިއަށް ހަމަލާއެއް ނުދެވޭނެ..” ރަވިކާން ބުނެލިއެވެ. “ވައި ޑިޑް އިޓް އެޓޭކް ޔޫ..؟” ޒައިލީން އަހާލިއެވެ.

“އިންސިކުއްޖާ ވާހަކަ ދައްކަންވީ އަހަރެންނަށް އެނގޭ ކަހަލަ ބަހަކުން.. މިސާލަކަށް ދިވެހި ބަސް.. އެއީ އިންސިން ވާހަކަ ދައްކާ އުޅޭ އަހަރެންނަށް އެންމެ ފަސޭހައިން ދަސްވި ބަސް.. ދެން އިނގިރޭސި ބަސް ވެސް ކުޑަކޮށް އެނގޭ..” ރަވިކާން ބުނެލިއެވެ. “ރުޅިއެއް ނާދޭތަ..؟” ޒައިލީން އަހާލީ ރަވިކާން އެހުރިހާ އިރެއް ވީއިރު ރުޅިއައިސްގެން އެންމެ އެންމެ ބަހެއް ވެސް ބޭރު ނުކޮއްލުމުން ހައިރާން ވެގެންނެވެ.

“ކަމުދަނީ ރުޅިއައީމަދޯ..؟” ރަވިކާން ބުމަ ގޮށްޖަހާލަމުން ރުޅި މޫނު ދައްކާލިއެވެ. “ނޫން.. ތިހެން މަޖާކޮށް ހުންނައިރު ހީވަނީ ވާހަކަ ދައްކާލަން ތަންކޮޅެއް ފަސޭހަހެން.. ދެން ރުޅި އައުމަކީ ރަވިކާންގެ ލޭގައި މާ ކުރިންވެސް ހުރި ކަމެއްހެން.. އެހެންވެ ރަވިކާން ރުޅިއައީމަ ތަންކޮޅެއް ކަމުދޭހެން ހީވަނީ…” ރަކި ހިނިތުންވުމަކާއިއެކީގައި ޒައިލީން ޖަވާބުދިނެވެ. “އިންސިކުއްޖާ ބޭނުންވީ އަހަރެންނާއި ވާހަކަ ދައްކަންތަ..؟” ޒައިލީންގެ މޫނަށް ބަލާލަމުން ރަވިކާން އެއްސެވެ. އެހެން ހެދުމުން ޒައިލީން ލަދުގަތެވެ.

“ދެން ނޭނގޭ ކަންކަން އޮޅުންފިލުވާ ހިތްވާނެތާ އެންމެންވެސް..” ޒައިލީން ބުނެލިއެވެ. “އެހެންތާ.. އިންސި ކުއްޖާވެސް ހީވަނީ މިހާރު ތަންކޮޅެއް ރުޅިމަޑުވެ ބިރުވެސް ފިލައިފިހެން.. ބުނެބަލަ..! އިންސި ކުއްޖާ އަހަރެންދެކެ ބިރުގަނޭތަ..؟” ރަވިކާން އެއްސެވެ. “އާނ… ނޫން… ދެން ނޭނގޭ.. އަދިވެސް ވަރަށް ރުޅިއާދޭ އެކަމަކު.. ބައެއްފަހަރު ކޮއްލާ ކަންކަމުން ހީވަނީ ހިތް ހުއްޓިދާނެހެން..” ރަވިކާންގެ ވަރައިގައި ވިކާލަމުން ޒައިލީން ބުނެލިއެވެ.

“ހިތް ހުއްޓުވާދޭންވީތަ..؟ އަހަންނަށް އެނގޭ ވަރަށް މޮޅަށް މީހުންގެ ހިތްތައް ހުއްޓުވަން..” ރަވިކާން ފަޚުރުވެރިވެފައި އެހެން ބުނެލިއިރު ޒައިލީން އިނީ ހެވިފައެވެ.

“ނޫނޭ.. އަދި ވާހަކައެއް އަހަން ބޭނުން.. ރަވިކާން ދުވަހަކުވެސް އަހަރެމެން އުޅޭތަނަށް އައިންތަ..؟” ޒައިލީން އެއްސެވެ. ”ނޫން..” ރަވިކާން ޖަވާބުދިނެވެ. “އޭ.. ޖިންނިންގެ އުމުރު އިންސިންނަށްވުރެ ދިގުވާނޭ ބުނިއަޑު އެހިން.. ރަވިކާންގެ އުމުރު ކިހާވަރެއް..؟” ޒައިލީން ކުއްލި ހުނުމަކާއިއެކީގައި އެއްސެވެ. “ތިކަހަލަ ސުވާލު އިންސިން ކުރޭތަ…؟ ތެދަށް ޖަވާބުދީފިއްޔާ ގަބޫލުކުރާނަންތަ..؟” ރަވިކާން އެއްސެވެ. “ބުނީމަތާ އެނގޭނީ.. ކިހިނެތްތަ ދެން އެނގޭނީ މި ވާހަކަ ދެއްކެނީ ދެ އަހަރުގެ ބިޔަކަމަށް ދައްކާ ތުއްތު ކުއްޖަކާއި ނޫންކަމެއް..؟” ޒައިލީންއަށް ނުހުރެވިގެން ބާރަށް ހީގަނެވުނެވެ.

ހިނިއައިސްފައި ރަވިކާން ބޯ ހޫރާލިއެވެ. “އިންސިންނަކަށް އަހަރެމެންގެ އުމުރު ބުނެދިނަސް ނޭނގޭނެ..” ރަވިކާން ބުނެލިއެވެ. ހަމައަސްލުކޮށްވެސް..؟ ދޮގު ނަހަދައްޗޭ..” ޒައިލީން ބުނެލިއެވެ. ”ކީއްވެ އަހަރެން ދޮގު ހަދަންވީ..؟؟” ރަވިކާން އެއްސެވެ. ޒައިލީން ދެކޮނޑު އަރުވާލިއެވެ.

“ޒައިލީން އުމުރުން ކިހާވަރެއް..؟” ރަވިކާން އެއްސެވެ. ޒައިލީން ކުއްލިއަކަށް ރުޅިއައިސްފައި ރަވިކާންއާއި ދިމާލަށް ބަލައިލިއެވެ. “އަޅެފަހެ ޖިންނި ކުދިންނަށް ވެސް ނޭނގެނީތަ އެއީ އަންހެން ކުދިން އެންމެ ރުޅި އަންނަ ސުވާލު ކަން..؟” ޒައިލީން އެއްސެވެ. “ނޭނގޭ..” ރަވިކާން ހައިރާންވެފައި ބުނެލިއެވެ. “އެދޮގެއް.. ހަމަ ސަމާސާ.. އަހަރެން ފިޔަވާ އެހެން އަންހެން ކުއްޖަކު މިތާ ހުރިނަމަވެސް ޔަގީން ރަވިކާން ހުރިތަނަށް ނޮޅާލީސްކަން..” ޒައިލީން ހެމުން ބުނެލިއެވެ.

“އަހަރެންނަށްވީ ސޯޅައަހަރު… މީގެ ތިންމަސް ފަހުން ފުރޭނެ ސަތާރަ އަހަރު..” ޒައިލީން ބުނެލިއެވެ. “އަސްލުވެސް..؟؟” ރަވިކާންއަށް ހެވުނެވެ. ރަވިކާން ހޭން ފެށުމުން ޒައިލީން އެދިމާލަށް ތުން އޫ ކޮށްލިއެވެ. “ކުޑަކުޑަ އިންސިއެކޭ.. އެވަރުވެސް ނޭނގުނު..” ރަވިކާން ހީލަމުން ބުނެލިއެވެ. “ކިހިނެތް ވީތަ ކާފާ…؟” ޒައިލީންވެސް އެސަމާސާގައި ބައިވެރިވިއެވެ. އެއްކަލަ ރީތި ވަގުތުކޮޅު އައިސް ދެމީހުން ވަށާލައިފިއެވެ. ރުޅިވެރިކަމެއް ޒުވާބެއް ނެތެވެ.

“ކިހިނެތް ޒައިލީން އަނބުރާ އިންސާނުގެގާތަށް ދާނީ..؟” ޒައިލީން އެއްސެވެ. “ނޭނގެ.. މީހުން އެކި ތަންތަނަށް ފޮނުވޭ ބާރު ލިބިފައިވަނީ ބާރީއަށް އެކަނި.. އައުލްކީންއަށްވެސް މިހާރު އެބާރު ލިބިފަ އެހުރީ..” ރަވިކާން ބުނެލިއެވެ. “އެހެންތަ..؟ ބާރީ ޒައިލީން ދުނިޔެއަށް ފޮނުވާދެންޏާ ދުނިޔެ ބަލާލަން ރަވިކާން އަންނާނަންތަ..؟؟” ޒައިލީން އެހިގޮތުން ހީވަނީ އަޅެ ދެން އަންނާށޭ ބުނިހެންނެވެ.

“ނުދާނަން… އަހަރެން ކީއްވެގެން ދާންވީ ތިތަނަކަށް..؟ އިންސި މީހުން ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ… މިބުނީ ފަންޑިތަވެރިންގެ ވާހަކަ.. އަހަރެން މިތާއުޅޭ ޖިންނިންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވިޔަސް އިންސިންގެ ކިބައިން ސަލާމަތްވުމަކީ ނާދިރުކަމެއް..” ރަވިކާން ބުނެލިއެވެ. “ތިބުނީ އަންދާލާނެޔޭ.. ދޯ..؟” ޒައިލީން އެއްސެވެ. “އާނ.. އަހަރެން ބޭނުމީ އިންސިކުއްޖާ އަވަހަށް ދުނިޔެއަށް ފޮނުވާލަން..” ރަވިކާން ބުނެލިއެވެ. “ބޭނުމީވެސް އަނބުރާ ދާން..” ޒައިލީން ބުނެލިއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލަމުން ދެފާރަވެރިން ވަނެވެ. އޭނާގެ ފަހަތުން މުސްކުޅިފުރައެއްގެ ދެތިން މީހުންވެސް ވަނެވެ. “އަހަރެމެން މިއައީ ބާރީ ވިދާޅުވެގެން ބަލާ…” ފާރަވެރިޔަކި ބުނެލިއެވެ. ރަވިކާން ރުޅިމޫނު ހަދާލަމުން އެ ފާރަވެރިޔާގެ ފަހަތުން ހިނގައިގަތެވެ. ޒައިލީން ގޮވައިގެން އަނެއް ފާރަވެރިޔާ ހިނގައިގަތީ ރަވިކާން އާއި ރަވިކާންއާއެކީ ދިޔަ ފާރަވެރިޔާ ދިޔަ ދިމާލަކަށެއް ނޫނެވެ.

ޒައިލީން ކަންބޮޑުވިއެވެ. އެތަނުން އޭނާއަށް ކުޑަކޮށްވެސް އެނގެނީ ރަވިކާންއެވެ. ޒައިލީން އެގެންދާ ތަނަކަށް ގެންގޮސްފައި ކުރާނީ ކީއްކަމެއްވެސް ނޭނގެއެވެ. މަރާލާފައި ޖަނަވާރުންނަށް ކާންދޭނީ ނޫންކަމެއް ވެސް ނޭނގެއެވެ.

ޒައިލީންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން ރަވިކާންއަށް ހީގަނެވުނެވެ. ޒައިލީން އެދިމާލަށް ބަލާލުމުން މަލާމާތް ކޮއްލުމުގެ ގޮތުން ރަވިކާން ލޮލަށް ވައްތަރެއް ޖައްސާލަމުން ހީނލިއެވެ. އެފަދަ ގަޑިއެއްގައި ރަވިކާން އެހެން ހެދުމުން ޒައިލީން އައިރުޅިން ދަތްކުނޑި ވިކާލެވުނެވެ. އެދިމާލަށް ބަލާވެސް ނުލާ ފާރަވެރިޔާއާއި މުސްކުޅި މީހާގެ ފަހަތުން ޒައިލީން ދިޔައެވެ.

ޒައިލީން ގޮސްފައި ވެއްދީ ވަރަށް ތަނަވަސް ކޮޓަރިއަކަށެވެ. އެއަންހެން މީހާ ޒައިލީން ލާން ހެދުމެއް ގެނެސްދިނެވެ. އަދި ޒައިލީން ފާޚާނާއަކަށް ވެއްދިއެވެ. ޒައިލީންއަށް ހުރެވެނީ އަބަދު ހައިރާންވެފައެވެ. އެއީ ކޮންތަނެއް ހެއްޔެވެ.؟ ހީވަނީ ޔޫ.އެސްގެ ފެންވަރު ރަނގަޅު ހޮޓެލްއެއްގައި ހުރެވުނު ހެންނެވެ. ޒައިލީން ކުޑައިރު ޒައިނާ ޖިންނިން އުޅޭ ބިރުވެރި ވާހަކަތައް ކިޔައިދޭއިރުވެސް މިހާ ފެންވަރު ރަނގަޅު ތަންތަން ޖިންނިން އުޅޭ މާހައުލުގައި ހުންނަ ވާހަކައެއް ނުކިޔައިދެއެވެ.

ޒައިލީން ފެންވަރައިގެން ނުކުތުމުން އެމީހާ ހެދުން ދިއްކޮއްލިއެވެ. އެއީ ޕްރިންސެސްމެން ލާކަހަލަ ބޮޑު ގައުންއެއް ކަހަލަ ހެދުމެކެވެ. ހެދުން ލުމުން ޒައިލީން އެތަނުގައި ހުރި ގޮނޑިއެއްގައި ބައިންދާފައި އެ މުސްކުޅި އަންހެން މީހާ ޒައިލީންގެ މޫނުގައި ފުށް ޖަހާލިއެވެ. ޒައިލީންގެ ދޮންކަމުން އެފުށް ޖެހުމުން އޭނާހުރީ ނުލާހިކު ނަލަ ކުލައެއްގައެވެ. ވަރަށް ރީއްޗަށް އިސްތަށިގަނޑުވެސް ހަދައިދިނެވެ. ކަންފަތައް ލައްވާ އެއްޗެހިން ކަންފަތް ޒީނަތްތެރި ކޮއްދީފައި ބޮލުގައި ފާޑެއްގެ އެއްޗެއް އެޅުވިއެވެ. ހީވަނީ ތާޖެއް ހެންނެވެ. ނަމަވެސް ތާޖަކަށްވުރެ އޭތި ހުރީ މާ ފާޑަކަށެވެ.

އެހުރިހާ ކަމެއް ނިމުމުން އެ އަންހެން މީހާ ޒައިލީންގެ ވާތު ލޮލުގެ ކޮޅުގައި ތަރިއެއް ޖެއްސެވެ. އެ ތަރި ޖެހިފަހުން ޒައިލީންއަށް ގޮތެއް ވޭތޯ ބަލަން އެ އަންހެން މީހާ ހުއްޓެވެ. ނަމަވެސް ހިނިތުންވެގެން ޒައިލީން އިންނަން ފެށުމުން އެ އަންހެން މީހާ ޒައިލީން އަރަން ބޫޓެއް ދިއްކޮއްލިއެވެ. ހައިހީލްއަށް ވަރަށް ގިނައިން އަރާފައިވާ ނަމަވެސް އެ ބޫޓު ހުރިގޮތުން ހިނގާނީ ކިހިނެތް ބާވައޭވެސް ޒައިލީންގެ ހިތަށްއެރިއެވެ. ހައިހީލް އެއްގައި ހުންނަންޖެހޭ ސިފަތަކަށްވުރެ އިތުރު ސިފައެއް ހުއްޓެވެ. އެއީ އެ ބޫޓުގައި ތިން ކަށި ހުރުމެވެ. އެއަށް އެރުމުން ޒައިލީންއަށް ހިނގަން އުނދަގޫވިއެވެ. އަރިއަޅާލަނީވެސް މަދެއްކޮށެއް ނޫނެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޒައިލީން ނުވެއްޓި ސަލާމަތްވަނީ ގާތުގައި އެ އަންހެންމީހާ ހުންނާތީއެވެ.

“ޝުކުރިއްޔާ..” ޒައިލީން އެއަންހެން މީހާއަށް ޝުކުރު އަދާކުރިއެވެ. ރައްދުގައި އެއަންހެން މީހާ އަނގަ ހުޅުވާލަން އުޅެފައި ހީނލިއެވެ. އަދި ބޯ ޖަހާލިއިރު އެމީހާގެ ލޯ ވަނީ ފެންކަޅި ވެފައެވެ. އިރުކޮޅަކުން ޓަކި ޖަހާލާފައި ފާރަވެރިއެއް ވަނެވެ. އަދި އަންހެންމީހާގާތުގައި ނިމުނީތޯ އެހުމުން އަތުގެ އިޝާރާތުން އެމީހާ އާނއެކޭ ބުނެލިއެވެ. އެމީހާއަކީ ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ މަންމަނެއްކަން ޒައިލީންއަށް އެނގުމުން ހިތަށް ވަރަށް އަސަރު ކުރިއެވެ. އެ މީހާ ލައްވާ ޒައިލީން ރީތި ކުރެވުނީތީ ޒައިލީން އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އެމީހާއަކީ ވާހަކަ ނުދެއްކޭ މީހެއްކަން އެނގުނުނަމަ ގަދަކަމުން ވެސް އެމީހާ އެކަމުން ދުރުކުރީހެވެ.

ޒައިލީންއަށް ޚިޔާލުތަކުން ބޭރުވެވުނީ ފާރަވެރިޔާ ކަރުކެހެލުމުންނެވެ. “އާދޭ ދާން..” އެމީހާ ނުކުންނަމުން ބުނެލިއެވެ. ޒައިލީން ބޭރަށް ނުކުތެވެ. އަދި އިރުގަނޑެއް ވަންދެން ހިނގަން ޖެހުނެވެ. ވަރަށް ބޮޑު ހޯލެއްގެ ތެރެއަށް ޒައިލީން ގޮވައިގެން އެ ފާރަވެރިޔާ ވަނެވެ. އެތަން ނުލާހިކު ބޮޑެވެ. ތަންކޮޅެއް ދުރުގައި މޭޒަކާއި ގޮނޑިތަކެއް ބަހައްޓާފައި ވެއެވެ. މިހުރެވުނީ ތަންކޮޅެއް ކުރީގެ ފިލްމެއްގައޭ ހިތަށް އެރުމުން ޒައިލީންއަށް އިޚްތިޔާރަކާއި ނުލާ ހެވުނެވެ. ޒައިދާންއަށް މި މަންޒަރު ފެނުނުނަމަ ހީހީފައި ޖޯކު ޖެހީސްކަން ޔަގީނެވެ. “ދޮންބޭ..” ޒައިދާންގެ މަތިން ހަނދާންވުމުން ޒައިލީންއަށް ބުނެވުނެވެ. “އަހަރެންގެ ނަމަކީ ދޮންބެއެއް ނޫން..! މީގެ ފަހުން މަށާއި ދިމާލަށް ތިކަހަލަ ނަންނަމުން ނުގޮވާތި..!” ގާތުގައި ހުރި ފާރަވެރިޔާގެ އަޑަށް ޒައިލީންއަށް އިސްޖަހާލެވުނެވެ. މިތަނުގައި ބޮޑާކޮށް އުޅެނީ ބާރީ އެކަންޏެއް ނޫނެވެ. އޭނަގެ ފާރަވެރިންތައް ވެސް އެހާ ފޮނިވެފައި ޒާތްކޮޅު ބޮޑެވެ.

ފާރަވެރިޔާ އިޝާރާތް ކޮށްލުމުން ޒައިލީން އަނެއްކާވެސް ހިނގަން ފެށިއެވެ. އެވަގުތު އެ ބޫޓު ބާލާފައި ހުސްފަޔާ ހިނގަންވެސް ޒައިލީން ހިތަށްއެރިއެވެ. އެއްފަހަރު ހެދުމުގައި އެ ބޫޓު އަޅައިގަންނަންޏާ އަނެއް ފަހަރު ޒައިލީންއަށް ފައިއެޅޭ ގޮތަކުން ކައްސާލައިގެން ވެއްޓެންވެސް ހިނގައިދާނެއެވެ.

ޒައިލީންއަށް ރަވިކާން ފެނުނެވެ. އޭރު ރަވިކާންވެސް ވަނީ ވަރަށް ރީތިކޮއްފައެވެ. ރީތި ކޯޓްފަޓުލޫނަކާއި ވައްތަރުކުރާ ހެދުމެއް ލައިގެން ރަވިކާން ހުރިއިރު ވަރަށް ރީއްޗެވެ. ހާވާލާފައިވާ އެ ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ފުނާ އަޅާލާފައިވުމުން އެދިމާ ބަލަން ހުންނަ މީހާއަށްވެސް އެމީހާގެ ލޯ ރަވިކާންގެ މޫނުން ކައްސައެއްނުލާނެއެވެ.

ހިނގާފައި އައި ޒައިލީން ރަވިކާންގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއްފަހުންނެވެ. އެބޮޑު ހެދުމުގައިވެސް ޒައިލީން ފެންނަލެއް ނުހަނު ރީއްޗެވެ. މޫނުމަތީގައި ފުށްޖެހުން ފިޔަވާ އެހެންކަމެއް ކޮއްފައި ނެތަސް އެމޫނު ނުހަނު ލޯތްބެވެ. މުށި އިސްތަށިގަނޑު ވަރަށް ފަރުވާތެރިކަމާއެކީގައި ސްޓައިލްކޮއްލާފައި ވުމުން ޒައިލީންގެ އިސްތަށިގަނޑު އިތުރަށް ރީއްޗެވެ. ޒައިލީން ހިނިތުންވެގެން އެހުރިގޮތް ބަލަން ރަވިކާންއަށް ހުރެވުނީ ކިހާ އިރަކުކަމެއް ނޭނގެއެވެ.

އިރުކޮޅަކުން ބާރީގެ ބިރުވެރި ސޫރަ ދައްކާލައިފިއެވެ. ބާރީގެ ފަހަތުން ދެފާރަވެރިންވެސް އައެވެ. އެއައި ގޮތަށް އައިސް ބާރީ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ބާރީގެ އަތުގެ އިޝާރާތަށް ޒައިލީންވެސް އެތަނުން ގޮނޑިއެއްގައި އިށީނެވެ. ރަވިކާން އިށީނީ ޒައިލީންއާއި ޖެހިގެން އިން ގޮނޑީގައެވެ. ދެމީހުންވެސް ގޮނޑީގައި އިށީނުމުން ބާރީ ކަރުކެހެލާފައި ވާހަކަ ދައްކަން ފެށިއެވެ.

“އޭތް ރަވިކާން.. ސަލްވިޔާ މަރުވިޔެއްކަމަކު ކަލޭ ނުޖެހޭނެ ފިލާކަށް.. އަހަރެން އިއްޔެރޭ ފާރަވެރިން ފޮނުވީ ކަލޭ ހައްޔަރު ކޮއްގެން ގެންނަން ވެގެން.. އެކަމަކު މިހާ ރީތިރީތި އިންސިއެއް ގެނެވޭނެ ކަމަށް ހިތަށްވެސް ނާރުވަން.. ޝައްކެއްވެސް ނެތް.. މިއިންސި ވައްތަރީ ސަލްވިޔާ އާއި.. ހަމަ ދޮން ކަމާއި އެއިސްތަށިގަނޑު.. އަހަރެން މިއިންސިގަނޑު މިހޯލަށް ގެނައީވެސް އެސުވާލު ކުރަންވެގެން.. ބުނެބަލަ..! ކަލެއާއި ސަލްވިޔާއާއި ދެމެދުވަނީ ކޮންގުޅުމެއް..؟؟؟” ބާރީ އެއްސެވެ. ބާރީވެސް ޒައިލީން ސަލްވިޔާއާއި ވައްތަރޭ ބުނުމުން ޒައިލީންއަށް ކުރިން ރަވިކާން ބުނީ ތެދެއްކަން ގަބޫލު ކުރެވުނެވެ.

“ސަލްވިޔާއަކީ ކާކުކަމެއް ނޭނގެ…” އިސްދަށަށް ޖަހާލައިގެން އިނދެ ރުޅިވެރިއަޑަކުން ޒައިލީން ޖަވާބު ދިނެވެ. މި ޖިންނިންނަކީ ނުދަންނަ ބަޔަކަށް ވާއިރު އޭނާގެ ހިތްހެޔޮކަމާއި ރަނގަޅުކަން ދައްކަން އަދި އަވަސްކަމަށް ޒައިލީންއަށް ފެނުނެވެ. “ހަމަ ސަލްވިޔާގެ އަޑު.. ކަލޭ އަހަރެންނަށް ދޮގުހަދައިފިނަމަ ވާނެގޮތް އަދި ނޭނގެނީ..” ބާރީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ގަތްބިރުން ޒައިލީންއަށް ބާރު ކޮއްލެވުނީ މޭޒު މަތީގައި އަޅާފައިވާ ފޮތިގަނޑަށެވެ. “މިބުނީ ސަލްވިޔާއަކީ ކާކުކަމެއް ނޭނގެޔޭ.. އަޑުއިވިއްޖެ..؟ މިތަނަށް އަހަރެންނަށް އާދެވުނީވެސް އައުލްކީންގެ ބާރުން.. ހަމަމިހާރު އަހަރެން އައިތަނަށް ފޮނުވައިދީ..!” ޖެހިލުންވެ ހުރެ ޒައިލީންވެސް ބާރީއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.

“ކަލޭއަށް އޮތީ ދެގޮތް.. އެއްގޮތަކީ ކަލޭ އުޅޭތަނަށް އަނބުރާ ދިޔުން.. ނޫނީ މިތާނގައި އަހަރެން ކަލެއަށް އަމުރުކުރާގޮތަކަށް އަހަރެން ބޭނުންވާ މުއްދަތަކަށް އުޅުން.. ކަލޭ ބޭނުންގޮތެއް..” މޭޒުމަތީ ގައި ގޮށްމުއްކަވާ ނިކަން ބާރަށް ޖަހަމުން ބާރީ ބުނެލިއެވެ. “އައިތަނަށް އަނބުރާ ދާނީ..” ޒައިލީން ހަޅޭއްލަވައިގަތެވެ.

ބާރީ ބިރުވެރި ހިނިގަނޑެއް ޖަހާލުމުން ރަވިކާންއަށް ދެލޯ ކުޑަކޮށްލެވުނެވެ. ބާރީ އެފަދައިން ހެނީ އާ ޚިޔާލެއް ބޮލަށް ވަނީމަކަން ރަވިކާންއަށް ވަނީ މާކުރިންވެސް ފާހަގަ ކުރެވިފައެވެ.

”އޭތް..! ކަލޭ ހަޅޭއްނުލަވާ އަނގަމަޑުން ލައިގެން އިނދޭ.. އެނޫނީ ތިޔަ ކުޑަ އަނގައިގައި އޮތް ދޫ ބުރި ކޮއްލަން ޖެހިދާނެ.. އެންމެރަނގަޅު..!! މިކަން އިތުރަށް އަހަރެންނަށް މަޖާވާނެ..” ބާރީ އެހެން ބުނުމުން ހާސްވީ ޒައިލީން އެކަންޏެއް ނޫނެވެ. ރަވިކާންވެސް ހާސްވިކަމަކު އެކަމެއް ނުދައްކައެވެ. އަނެއްކާ ބާރީ އެ ވިސްނަނީ ކީއްކުރަން ހެއްޔެވެ.؟

“ކަލެއަށް އަނބުރާ ދުނިޔެއަށް ދެވޭނީ ރަވިކާން މަރާލުމަށް ކަލޭގެ ދުލުން އެހެން ބުނެވުމުން.. އޭރަށް ވަގުތުން ރަވިކާން މަރާލެވޭނެ.. އޭރުން ހަމަ ސިކުންތެއްގެ ތެރޭގައި ކަލެއަށް އަނބުރާ ކަލޭގެ ދުނިޔެއަށް ދެވިދާނެ.. ނޫނީ ދެވަނަގޮތް… އަހަރެން ބުނިހެން އަހަރެން ބުނާ މުއްދަތަކަށް ކަލޭ މިތަނުގައި އުޅެން ޖެހޭނީ..” ބާރީ ނުލަފާ ހިނިތުންވުމަކަށްފަހު ބުނެލިއެވެ. ޒައިލީންއަށް ބަލާލެވުނީ ރަވިކާންގެ މޫނަށެވެ. އޭރު ރަވިކާން ގެ މޫނުމަތިން އެތަށްހާސް ކުލަވަރެއް އަރާ ފައިބަމުން ދިޔައެވެ. ޒައިލީންއަށް އިސްޖަހާލެވުނެވެ. އެ ކަން ޒައިލީންގެ ދުލުން ބުނުވަން ބާރީ ބޭނުންވަނީ ކީއްވެެގެން ހެއްޔެވެ.؟

ޒައިލީންގެ ބޮލުގައި ފިކުރުތައް ތޮއްޖެހެން ފެށުމުން ދެލޯ މަރާލެވުނެވެ. އޭރު ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް ނީރާލައިފިއެވެ. ދެ ގޮތެވެ. މި ގޮތްނޭނގޭ އާދަޔާޚިލާފް ތަނުން ދިމާވި ނުދަންނަ ފިރިހެންކުއްޖާގެ މަރު އިއުލާން ކޮށްފައި އަނބުރާ ބޭބެއާއި އެކުވެރިންގެ ގާތަށް ދިޔުމެވެ. ނޫނީ ލޯބިވާ ބޭބެއާއި އެކުވެރިން ދޫކޮށް އެ ފިރިހެންކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދީފައި މި އާދަޔާޚިލާފް ތަނުގައި މަޑުކުރުމެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ޒައިލީންއަށް ބޮލުގައި އަތް އަޅާލެވުނެވެ.

ޒައިލީން ރަވިކާން މަރާލަން އިއުލާން ކޮށްފައި އަނބުރާ ޒައިދާންމެންގެ ގާތަށް ދާނީހެއްޔެވެ.؟ ނޫނީ ބާރީ ދިން ދެގޮތުގެ ތެރެއިން ދެވަނަ ގޮތަށް އަމަލުކޮށް އެ އާދަޔާޚިލާފް ތަނުގައި މަޑުކުރަން އެއްބަސް ވާނީ ހެއްޔެވެ.؟

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ވަކިވެދިޔަޔަސް…(2)

Next

ތިއީއޭ މިހިތުގެ މަންޒިލަކީ..(1)

Next
July 28, 2020

ތިއީއޭ މިހިތުގެ މަންޒިލަކީ..(1)

Previews
July 28, 2020

ވަކިވެދިޔަޔަސް…(2)

22 Comments!

  1. N0 oNe says:
    July 28, 2020 at 5:22 pm

    sissssoooo mi prt ves varah varah varah reethi ????
    kon iraku nxt prt…
    zai plx ravikaan maraa nulahchey…
    it’s in ur hand..
    luv ya sis… take care and stay safe ingey ???

    1. Anonymous says:
      July 29, 2020 at 3:18 pm

      btw sis a boys a ee kon kudhinneh..?
      Ravikaan a ee V dhn a thibee kon kudhinneh..?

    2. yooon yoooon says:
      July 30, 2020 at 11:45 am

      Thnkkk yooouu No one ✨✨? Next dhemme Yoon mi submit kolly ? Insha Allah will be uploaded soon ? Let’s see dhw dhn ? Love u so much more No one ?✨? You take care too n stay safe ingeii ?✨ N vvvv sorry for replying late ? wx kinda buxyy

    3. yooon yoooon says:
      July 30, 2020 at 11:56 am

      N anonymous idk all of the ppl in the cover ? Yoon Hama stry ga ulhey ppl ge characteristics jahaalaafa Search kurani ?? dhn ethanun yoon ah emme rythi pic eh nagaafa cover edit kurani.. Thnxx anyways ??? Tc dear

  2. Nerr__ says:
    July 28, 2020 at 7:17 pm

    plxxx rawikaan maraa nulacheyy…
    mi part varah varah varah reethi ?

  3. luunaa says:
    July 28, 2020 at 9:04 pm

    Varah varah salhi beautiful story

    1. yooon yoooon says:
      July 30, 2020 at 11:46 am

      Awwnn thnxxx dear luunaa ?? Very happy ? Lysm n stay safe dear ?? tgc

  4. luciyaa says:
    July 28, 2020 at 9:20 pm

    wooowwwww yooonnyyy. plx ravikaan n zaileen ah zaidhaan mn kairiyah dhevey goi hadhaadhy plxxx…vvv nicee masha allah …when next dhoonyaa

    1. yooon yoooon says:
      July 30, 2020 at 11:47 am

      Thnxxxxiess Luciiiyaa ?✨? Let’s see ingeii ❤️ Vvv happy ✨✨ Next I just submitted ? Keep waiting ingeii dhoonyyy ?? Lysm n TC

  5. ?Ril? says:
    July 28, 2020 at 11:25 pm

    Mi part ves vrh Sali ????????
    Awesome Hama ???????
    Aley baeh thankookoo kiyaa faa heeheehalaaku vaa faharuves aadhey ???????????????
    Aley pls ravikaan maraa nulaachey plxxxx?
    Waiting for next ??????
    Love uuu❤️❤️❤️❤️❤️❤️
    TC and stay safe lwbi Yoon❤️❤️❤️❤️

    1. yooon yoooon says:
      July 30, 2020 at 11:49 am

      Thanxxxxiess Ril dearlinggg ??? Oh rlly happy that it made u laugh ? Let’s see dhww ?? Love u more n more dear ?? You stay safe too n tgc ingeii lwbi Ril ??✨ keep waiting

  6. Rose says:
    July 29, 2020 at 10:27 am

    Varah reethi mibaa ,dhen vaanee kihineh baa?
    when next part up kuranee ❤❤❤❤❤

    1. yooon yoooon says:
      July 30, 2020 at 11:50 am

      Thank yoooooouu so much Rose ?✨? Let’s see dhww ?? Next Insha Allah dhn vrhhhhh avahah up wedhaane ?? Lysm ?? tc

  7. Een says:
    July 29, 2020 at 7:06 pm

    Noo zaii…ravikaan maraa nulaathi……pls pls pls????
    Anyway this part is also awesome?????
    Curiously waiting for the next part ?????
    Lysm and tgc my fav author ♥️♥️♥️♥️♥️♥️

    1. yooon yoooon says:
      July 30, 2020 at 11:52 am

      Let’s see dhwww ?? Thnxxxxxxx Een ?? Keep waiting Insha Allah will be uploaded soon ingeii ??? Love u so so so much more ? And tc one of the sweetest gurll ✨?? Stay safe okki Een

  8. Eekko 11 says:
    July 29, 2020 at 8:02 pm

    Wowwww.❤️❤️❤️ Alheyyy.. zaileen dhen hafhaany kihineiy baaa?????? Woww yoooon varah cute amazing and awesome story eh…. Waiting for next part…. Lyssssm and tc❤️❤️❤️

    1. yooon yoooon says:
      July 30, 2020 at 11:54 am

      Thank yoooooouu so much Eekko 11 ✨?? Letss see dhw dhn ??✨ vvvv happy to know that Dearlin ?? Love u more n tc Eekko ?✨ Stay safe ❤️? keep waiting for the next

  9. yooon yoooon says:
    July 30, 2020 at 11:58 am

    N guys I’m vvvvvvvv sorry for not replying earlier ??? But now I have ❤️❤️ Keep readin and tellin me how to improve ?❤️?✨ thnx a lot everyone ? love u all vv much ✨???? Have an amazinn day

    1. ?Ril? says:
      July 30, 2020 at 5:58 pm

      It’s ok ey Yoon ???
      There must be other things for u to do dhw ????
      Wlcm love u too ❤️❤️
      Same to u❤️❤️❤️
      EID MUBAARAK TO YOON AND TO ALL THE LOVELY READER’S ????????????

    2. Een says:
      July 30, 2020 at 6:23 pm

      It’s okay dear…..
      Eid Mubarak Yoon and all of u……
      My lovely author…..
      Lots and lots of love……
      And stay safe Yoon..
      ♥️♥️????????♥️♥️♥️♥️♥️

    3. N0 oNe says:
      July 30, 2020 at 8:01 pm

      no probssss sissssoooo….
      it’s not a probss..
      just take ur time..??
      EID MUBARAK sissssoooo..???
      n EID MUBARAK to all the lovely readers…
      plx stay safe and take care gey everyone..?
      luv u alots sissy..❤️❤️????
      stay safe and take care gey sis..?

  10. Fan says:
    July 30, 2020 at 7:35 pm

    This story is so Amazing… I enjoy reading this story.. Don’t say thank you Yooon because I’m the one Thankful to u for bringing a story as amazing as this one.. I mean all your stories are just fantastic.. I love them.. They make me laugh, angry and always… Extremely happy.. Keep it up yoon.. Think of me as a HUGE fan of urs.. This is my first comment but read all ur stories… Love you very much yoon. adhi stay safe. waiting for the next part.. Take very good care..

Comments are closed.

Next Episodeފިޔަފަތް 11←


All Right Reserved!