މީހެއްގެ ހިލަން ވީހެން ހީވެގެން ފަހަތް ބަލާލި މިޝްކާއަށް އެނާއާއި ދާދި ގާތުގައި ހުއްޓިލާއިގެން ހުރި ލޯބިވާ ފިރިމީހާ ފެނިލުމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ ، ޝެލް، އެލީނާ……. ހިނގާ ދާން މިހާރު އެ އޮތް ގެން ގަޑި ޖެހެނީ އަވަސް ކުރޭ……” ޔާސިރު އެހެން ބުނެލުމާއެކީ ދެ އަންހެން ކުދިން އަވަސްވެގަތީ ޔާސިރު އެދުނު ފަދައިން ކަންތައް ކުރާށެވެ. ޔާސިރުމެންގެ ދެމަފިރިން ކާރު ގެ ކުރީ ސީޓަށް އެރި އިރު ފަހަތު ސީޓަށް އީޝަލްގެ އިތުރުން […]
އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްޓަކާއި ފުންކޮށް ދެތިން ފަހަރު ނޭވާލުމަށް ފަހު ރުއިމުގެ ސަބަބުން ހަޑިވެފައިވާ މޭކަޕް ރީތި ކޮށްލުމަށްޓަކައި އެގޭގެ ގެސްޓްރޫމަށް އެލީނާ ވަނެވެ. އެލީނާ ރީތިވެ ނިމިގެން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރެއް ދިނެވެ. ކޮށްފައިވާ ލުއިމޭކަޕްގެ ސަބަބުން ލޮލުގައިވި މަޑު ރަތްކަން ފިޔަވައި ރޮއިފައި ހުރި ކަމުގެ މާ ބޮޑު ނިޝާނެއް އެ މޫނު މައްޗަކުން ނުފެނެއެވެ. އަދިވެސް އެއްފަހަރު ފުން ނޭވާއެއް ދޫކޮށްލަމުން އެލީނާ އޭނާ ގެންގުޅުނު […]
ޢައްސަލާމްޢަލައިކުމް އަޅުގަނޑު މީ ނަޝާ!! ރީމް ލިޔަން ފަށާފައިވާ ވާހަކަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ލިޔުންތެރިޔާ !! އެންމެ ފުރަތަމަވެސް ވާހަކަތަށް ފެށުމުގައިވި ލަސް ކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ވަރަށް އަވަހަށް ވާހަކަތަށް ޕަބްލިޝްކޮށްދޭނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލު ކަމަށް ދަންނަވަމެވެ. ވާހަކަ ލިޔަން ފެށުމުގެ ކުރިން ހުރިހާ ކިޔުންތެރިންގެ ހިޔާލެއް ހޯދާލަން އަޅުގަނޑު ބޭނުމެވެ. ކިޔުންތެރިން ބޭނުންވަނީ ރީމް ވާހާކަ ލިޔެފައިވާ ހިސާބުން ފަށަން ތޯ ނުވަތަ އަޅުގަނޑު […]