އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. އަހަރެން އިނީ ގޭގެ ކުޑަދޮރުން ބޭރު ބަލާށެވެ. ވާރޭ ވެހޭ މަންޒަރަކީ އަހަރެން ނުލާހިކު ބަލާހިތްވާ މަންޒަރެކެވެ. އަހަރެންގެ ލޮލުން އޭރު ވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އަހަރެންގެ މާޒީ އަކީ ވަރަށް ހިތި މާޒީ އެކެވެ. އަހަރެންގެ ހިތް ވަނީ ހިތާމަ ތަކުން ފުރި ޒަޚަމްވެފައެވެ. އެއީ ގާތްގަނޑަކަށް އަހަރެންގެ އުމުރުން 11 އަހަރެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހަތަރު ކުދީންގެ ތެރެއިން އެންމެ ހަގު […]
* “މީ ރުޅި.. ބިރެއް ނޫން.. ބިރުނަމަ ރަވިކާންގެ އަތުގައި ވިކައިގެން ނަމަވެސް ތިރިއަށް ފުންމާލާނަން..” ޒައިލީން ދޮގެއް ހަދާލިއެވެ. ”ގަދަކަމުން މީހެއް ސަލާމަތެއް ނުކޮއްދެވޭނެ.. އެހެންވެ ދެން މި ދޫކޮއްލަނީ..” ރަވިކާން އެހެން ބުނަމުން ޒައިލީންގެ އުނަގަނޑުން ދޫކޮއްލިއެވެ. * ޒައިލީން ހަޅޭއްލަވައިގަނެފައި ރަވިކާންގެ އަތުގައި އޮޅުލައިގަތެވެ. ޒައިލީންގެ ހިތުގެ ތެޅުން ރަވިކާންގެ އަތަށް އިހުސާސް ވަމުން ދިޔައެވެ. “އަދިވެސް ފުންމާލަން އުޅެއްޗޭ..” ރަވިކާން މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. ރަވިކާންއަށް ކޮންމެ […]
ސަތާރަވަނަބައި ކުއްޖާ އާއި ސަމާސާ ކުރުމުގައި އައިނާ އިނެވެ. ކައިރީގައި އަޝްހާވެސް އަރުޝް އުނގަށް ލައިގެން އިނެވެ. އަރުޝް އަށް ބޭބީ ކުޑަކަމުން އަތްލަން ނުކެރިގެން އަޝްހާގެ އުނގުގައި މަޑުމަޑުން އިނެވެ. *** ‘އަރިން’ ގެ ނަމުން އެކުއްޖާ އަށް ނަން ކިއީ ބޯބޭލުމަށްފަހުއެވެ. ފެންވަރާ ނަލަ ކޮށްލައިފައި އެކުއްޖާ ބޭރަށް ނެރުމުން ތުއްތު އަރިން ކައިރިން އެކަކުވެސް ނުފިލައެވެ. ލޯބި އަރިން އުރައިގެން ހަވީރުގަޑީގައި އައިނާ އިނީ އެކުއްޖާ ހޭލައިގެން އެވަގުތު އޮތީމައެވެ. އިސްރާ އުޅުނީ […]
ވަގުތު އޭގެ ހަލުވި މިނުގައި ގޮސް ރޭނގަޑު އަށްގަޑި ބައިވަނީއެވެ. އެވަގުތު އެންމެންވެސް ކައި ނިންމައިގެން ލަމްނާ އައުމުގެ އިންތިޒާރުގައި ތިއްބެވެ. މަރިޔަމްއަށް އުފަލުން އެއްތާކު ހުރެވެނީކީއެއްވެސް ނޫނެވެ. ޔޫޝައުގެ އެދުމުގެ މަތިން ލަމްނާއަށް އެންމެ މީރު މެގްނަމް ޕުޑިންގ ހުރީ ތައްޔާރު ކޮށްފައެވެ. އެންމެންވެސް ތިބީ ލަމްނާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ތިއްބައި ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މަރިޔަމްއާއި ޔޫޝައު ބަދިގޭގައި ތިބެފައި ސިޓިންރޫމަށް ހިނގައިގަތެވެ. މަރިޔަމް ދިޔަ ގޮތައްގޮސް ގޭ ދޮރު ހުޅުވިއެވެ. […]
ސައިކަލު އައިސް ރެސްޓޯރެންޓް ކުރިމައްޗަށް މަޑުކޮށްލުމާއެކު ނާޔާ ބާރު ބާރަށް ސައިކަލުން ފޭބުމަށްފަހު އެތެރެއަށް ދުއްވައިގަތެވެ. އެތެރެއަށް ވަނުމާއެކު އެތެރޭ ތިބި މީހުންގެ އަމާޒުގެ ފަތްގަނޑަކަށް ނާާޔާ ވިއެވެ. ނަމަވެސް އެކަމަށް ވެސް ސަމާލުކަން ނުދީ ނާޔާ އޭނާގެ ފިޔވަޅުތަށް ހަލުއިކޮށްލަމުން ވީއައިޕީ ބަޔަށް ދިއުމަށް މިސްރާބުޖެހީ ސާޔާ މެން ތިބޭނީ އެތަނުގައިކަން އެނގުމުންނެވެ. ބާރު ބާރަށް ގޮސް ހުޅުވާފައި ހުރި އެތަނުގެ ދޮރުމަތީ މަޑުޖެހިލި ނާާޔާގެ އަތްފައި ތުރުތުރު އަލައިގަނެ ދެލޯ ބޮޑު ކޮށްލެވުނީ ފެނުނު […]
އައްސަލާމް ޢަލަކުމް ހުރިހާ ކިޔުންތެރިން. މިއީ ‘އެހެނަސް…’ އަށް ފަހު އަޅުގަނޑު ދެން ނެރެން މަސައްކަތްކުރަމުންމިދާ ވާހަކަތަކުގެ ތެރެއިން އެއްވާހަކައެވެ. އެވާހަކައަށް ވުރެ މިވާހަކައިގެ ބައިތައް މަދުވެދާނެއެވެ. ނަމަވެސް ކިޔުންތެރިން ބޭނުންވާހެން ދިކުކޮށް ގެނެސްދޭން މަސައްކަތްކުރާނަމެވެ. މިވާހަކަ ލިޔުމުގައި ބައެއް އެހެނިހެން ބޭބޭފުޅުންގެ ފޮތްތަކާ، ބައެއް ވާހަކަތަކާ، ރާއްޖޭގެ މަޝްރަހުގެ ބައެއް ޚަބަރުތަކުގެ ރިޕޯރޓްތަކުން މަޢުލޫމާތު ނެގިފައިވާނެއެވެ. މިއީ އަދުގެ މުޖުތަމަޢާ ގުޅުވައިގެން ލިޔާ ވާހަކައެއް ނަމަވެސް މިއީ އެއްވެސް މީހަކަށް ނުވަތަ ވަކި މީހަކަށް އަދި […]
* ޒައިލީން އެ ދިޔަ ބާރުމިނުގައި ވެއްޓޭނެކަމަށް ހީކޮއްގެން ހުއްޓާ ބިމުގައި ފައި ޖެހުނީ ރީއްޗަށް ކޮޅަށް ހުއްޓައެވެ. ޒައިލީން ދެލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ޒައިލީންގެ މޫނަށް ބަލަން ހުރި ފިރިހެން ކުއްޖާ ފެނިފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. * މޫނަށް ބަލާލާފައި އެކުއްޖާވާނީ ޒައިލީންއާއި ގާތްގަނޑަކަށް އެއްވަރެވެ. ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ވަރަށް ފަނެވެ. އެހާ ދިގު ނޫނަސް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެއް ހެން […]
ސާރާ ގެ ކުރިމަތީގައި ހުރީ މަންހާ އެވެ. ސާރާ ގެ އެންމެ ގާތް އެކުވެރިޔާއެވެ. ސާރާ ގެ އަމިއްލަ ނަފްސުވެސް ސާރާ ކައިރީގައި ނުބުނެދޭ އެތައް ކަމެއް މަންހާއަށް އެނގޭނެއެވެ. އެހެންކަމުން މިފަހަރުވެސް މަންހާ ސާރާ ގެ ހާލަތު އެނގުމުން ސުވާލު ކުރަން ފެށިއެވެ. ނަމަވެސް ސާރާ ވާހަކަ ހިންދާލުމުގެ ގޮތުން ވާހަކަ ދައްކަން ފެށިއެވެ. ” އަޅޭ މަން އަންނަ ވާހަކަ ބުނިނަމަ ދޯ ތަންކޮޅެއް ކުރިންވެސް އަންނަން އެނގުނީހީ.” ސާރާ ގެ ހިތުގެ ހާލު […]
ސޯޅަވަނަބައި ދެމީހުން ކޮފީ ބޮއެގެން ގެއިން ނިކުތް އިރު ނުވައެއް ޖަހަނީ އެވެ. އައިނާ އާއި ހިޝާން ގޮސް ކްރިސްޓަލްގެ އަށް ވަތްއިރު ގޯތިތެރޭގައި ކުނިތައް ހޮވުމަށާއި ސާފުކޮށް މީހުން އުޅެއެވެ. *** އެތެރެއަށް ވަތްއިރު އާޝިޔާ އާއި އިޔާޒު ހެނދުނުގެ ސައި ހިފައިގެން އިސްރާ ކައިރިއަށް ދާން ނިކުންނަނީ އެވެ. އޭރު އަޝްހާ އަދި ނުތެދުވެއެވެ. ހިޝާން ކޮޓަރިއަށް ވަދެ ފެންވަރައި ރީތިވެގެން ނިކުތްއިރު އަދިކިރިޔާ އަޝްހާ ފާހާނަ އަށް ވަނީ އެވެ. އަޝްހާ އަށް […]