ނަވާރަވަނަބައި “އެއީ.. އަހަރެން ހަމަ މިއަދު ކުއްލިއަކަށް ލާހިތްވީ..” އައިނާ ވާހަކަ އެއް ހަދާލިއެވެ. ނަމަވެސް އިސްރާ އަށް ހިނުތުން ވެވުނީ އައިނާގެ އިސްޖެހިފައި އިން މޫނު ފެނިފައެވެ. އަތުގެ އިނގިލި އަކާއި ކުޅެން އިން އައިނާ އަށް އިސްއުފުލާލަން ނުކެރުނީ އިސްރާ އަށް އެއްޗެއް އެނގިއްޖެކަން އޭނާ އަސްވެސް އެނގުމުން ލަދުގަތް ވަރުންނެވެ. އައިނާ ލަދުގަތް ކަން އިސްރާގެ ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. *** އިސްރާ މަޢުޟޫ ބަދަލުކޮށްލަންވެގެން އެތަނުން ހެދުމެއް ނެގިއެވެ. “މިހެދުން ކިނިނެތްވަނީ..” […]
އަހަރެންނަކީ ދުވާލުދާ ހަތަރުދަމު އޮފީހުގައި ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެކެވެ. އަނބިދަރިންގެ ހާލު ބަލާލަން ގިނަފަހަރަށް އޮންނަނީ ވަގުތު ނުވެފައެވެ. އުމުރުން ފަންސަވީސް އަހަރު ވެފައި ވާއިރު އަހަރެންގެ ލޯބި ލޯބި އެއް އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. ދަރިފުޅަށް ވަގުތު ދޭން އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް ދުވަހުގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެކަން އޮންނަނީ ނުވެފައެވެ. ކުރެވޭނެ ވަކި ކަމެއް އެބަ އޮތް ހެއްޔެވެ؟ އަބިދަރީންގެ ހާލު ނުބަލާ މިހެން އުޅެން ހަދައިގެން […]
އެންމެންނަށް ވެސް އެމީހެއްގެ ހަށިގަނޑު ސީދާ ކޮށްލާ ކުރިއަށް ޖެހިލެވުނީ ރޫމްގެ މަތިގައި ދިއްލާފައި ހުރި ރަތް ބޮކި ނިވުމުންނެވެ. ނުކުމެގެން އައި ޑޮކަޓަރުގެ މޫނުމަތީގައިވީ ދެނެގަންނަން އުނދަގޫ އަސަރުތަކެކެވެ. ޑޮކަޓަރު އައިސް އެންމެންގެ ކުރިމަތީ މަޑުކޮށްލުމަށްފަހު ވަކި ވަކިން އެ އެންމެންގެ މޫނަށް ބަލައިލާ ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އިސް ޖަހާލިއެވެ. އެއާއެކު އެންމެންނަށް ވެސް ނޭވާ ހިފަހައްޓާ ލެވުނީ ޑޮކްޓަރުގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ހަމަހިމެކަމުގެ ސުކޫތަކަށްފަހު ޑޮކްތަރުގެ އަނގައިން ނުކުން ބަސްތަކުން ހީވީ […]
ކުޑަ ކޮޓަރިއެކެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. ސަތާރަވަރަކަށް މީހުން ތޮށްޖެހިގެން އުޅޭތަން ފެނެއެވެ. އެކުޑަ ކޮޓަރި ފެނިފައި އަހަރެންނަށް ހުރެވުނީ ހިންދިރުވާލަންވެސް ނުކެރިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ތަނުން ފެންނަން ނެތް އިރު ނޭފަތަށް އަރަމުން ދިޔަ ވަހުން ނޯއް ދަމައިލަންވެސް ނުކެރެއެވެ. ހިތްވަރުކޮށްފައި ކޮޓަރިއަށް ވަދެލީ ބޮޑު މީހާގެ ހުއްދައާ އެކީއެވެ. އާއެކެވެ. އެއީ އަހަރެން ދެން އުޅެން ޖެހިފައި ހުރި ކޮޓަރިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ވޭތުކުރަން ދެން ޖެހޭނީ މިކުޑަ ކުޑަ […]
” ރާވިން ކިހިނެއްވީ.. ދެލޯވެސް ހާދަ ރަތޭ..” މަޑުމައިތިރި އަޑަކުން މަލާއިން އަހާލިއެވެ. ” މަލާ އަހަރެން ވަރަށް ދުވަސް ވެއްޖެ ހިތުގައި މިވާހަކަ ބާއްވައިގެން އުޅޭތާ… ދެން އެކަމަކު ނުބުނެ ހުންނަން އުނދަގޫވެއްޖެ..” ރާވިން ބުންޏެވެ. ” ކީކޭތަ ރާވިން ނުބުނެވިގެން ތިއުޅެނީ… ރާވިން ކީއްވެ ނުބުނެ ހުންނަންވީ؟..” ރާވިން ބުނަން އެއުޅެނީ ކީއްކޭކަން ނޭނގި މަލާއިން އަހާލިއެވެ. ” މަލާ އަހަރެން… އަހަރެން… މަލާދެކެ ވަރަށް ކުޑައިރުން ފެށިގެން ވެސް ލޯބިވޭ…” ބުނަން ނުބުނަން […]
* ޒައިލީން ރަވިކާން މަރާލަން އިއުލާން ކޮށްފައި އަނބުރާ ޒައިދާންމެންގެ ގާތަށް ދާނީހެއްޔެވެ.؟ ނޫނީ ބާރީ ދިން ދެގޮތުގެ ތެރެއިން ދެވަނަ ގޮތަށް އަމަލުކޮށް އެ އާދަޔާޚިލާފް ތަނުގައި މަޑުކުރަން އެއްބަސް ވާނީ ހެއްޔެވެ.؟ * ************ “އެންމެ ރަނގަޅު.. ތި ކުދިންނަށް މިތަނުގައި ހުރެވިދާނެ.. އެކަމަކު ކުދިންކޮޅަކާއެކީގައި ކޮޓަރި ޝެއާ ކޮއްގެން…” އެ މުސްކުޅި އަންހެން މީހާ ބުނެލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދައްތަގެ ތި ހެޔޮކަން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަން…” ޒައިދާން އުފާވެފައި ގާތުގައި […]
12 ވަނަ ބައި ޔޫޝައު ނިދާކަށް ނޫޅެއެވެ. އޭނަގެ ކެމެރާއާއި ލެޕްޓޮޕު ހިފައިގެން ޔޫޝައު އިނީ މިރޭ ނެގި ފޮޓޯ ބަލައި ލެޕްޓޮޕަށް ފޮޓޯތަށް އަޅާށެވެ. އެހެން ފޮޓޯތަށް ބަލަމުން އިންދައި ޔޫޝައުއަށް ފެނުނު ފޮޓޯއަކުން އޭނައަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއީ ޔޫޝައުއަށް ރީމްގެ އަތުގައި ހިފުނުއިރު ނެގި ފޮޓޯއެވެ. އެ ފޮޓޯގައި ރީމް އިނީ ފްލޭޝް އެޅުމުގެ ސަބަބުން އަނެއްފަރާތަށް ބޯއަނބުރައިގެންނެވެ. އެ ފޮޓޯއަށް ފުންނަޒަރެއް ހިންގާލުމަށްފަހު ޔޫޝައު ރީމްއާއި ދޭތެރޭ ވިސްނާލަން ފެށިއެވެ. “މިއަދު މެންދުރު ރީމްއާއި […]
*”ގާއިޒް..މީމަގޭ ބެސްޓީ ކައިޔަން.. އެން މީ ނައިލް،ހުޒާމް،ޒެންހާ،ސަރާ،މީޝަލް،ނޫރާ… ދެން މަގޭ ސިސް އައިރާ…” އައިހަމް އެންމެން ތަޢާރަފް ކޮށްދިނެވެ. ކައިޔަން ވަކިވަކީން ކޮންމެ މީހެއްގެ މޫނަށް ބަލައިލިއެވެ. އައިރާއާ ދިމާލަށްބަލަ ހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ނަމަވެސް މީހަކަށް ފެނުމުގެކުރިން އެހެންދިމާއަކަށް ނަޒަރު ހުއްޓާލިއެވެ.* *** *** *** *** “ނައިސްޓު މީޓް ޔޫއޯލް..” “ހޭގާއިޒް..ކޮންމެވެސް މީހަކު މަށަށް އައިރާ ގެޔަށް ލައިދީބަލަ.” އިރުކޮޅަކު އެންމެންނާ ވާހަކަ ދައްކަން ހުރެފައި އައިހަމް ބުނެލިއެވެ. “އޯކޭ. މަ ގެންގޮސް ދީފާނަން.” […]
1 އަހަރު ފަސް މިއަދަކީ ޝައުނާ އިތުރަށް ތަޢުލީމު ޙާޞިލް ކުރުމަށް މާލެ ދާ ދުވަހެވެ. ޢާއިލާގެ އެކި މެންބަރުން ޝައުނާއަށް ބައްދަލު ކޮށްލަން ގެއަށް އެބަ އާދެއެވެ. ދަތުރަށް ތައްޔާރުވެގެން ބަންދަރުގައި ތިބީމެވެ. އަހަރެން ގޮސް ލާންޗަށް އެރީމެވެ. އަހަރެންގެ ޙަޔާތުގައި މިއަދަކީ އެހެން ކަހަލަ އިޙުސާސް ތަކެއް ކުރެވޭ ދުވަހެކެވެ. މައިންބަފައިން ދޫކޮށް އެހެން ރަށެއްގައި އަހަރެންނަށް އުޅެވޭނެބާއޭ ޝައުނާ ހިތައް އަރަމުން ދިޔައެވެ. ކޮންމެއަކަސް ލާންޗު މާލެއަށް މިސްރާބު ޖަހައިފިއެވެ. ޝައުނާގެ ހިތުގައި […]