Skip to content
އެސްފިޔަ

އައިނާ (2) 18

އަށާރަވަނަބައި

ހިޝާން އެނދުގައި އޮށޯވެލައިގެން އޮތީ އައިނާގެ ޚިޔާލުގައެވެ. އެއީ ފަހަކަށް އައިސް އާދަ އެވެ. މި ހަފްތާ ތެރޭގައި ނަޝްވާގެ އުދަގުލެއް ނުވާތީވެ ހިޝާން ހުންނަނީ ހިސާބަކަށް ހަމަ ޖެހިފައެވެ. ހިޝާން ނިންމައިގެން ހުރީ ދެން ނަޝްވާގެ އުނދަގުލެއް ނުޖެހޭނެ ކަމަށެވެ. އެކަމާ ހިތްހަމަ ޖައްސާލައިގެން އޮށްވާ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކުކަމެއްވެސް ހިޝާން އަކަށް ނޭނގެއެވެ.

***

ސްކޫލު ދައުރުގެ ކިޔެވުން ނިމި އޭލެވެލްވެސް ހިޝާން އާއި ހިޝާންގެ އެއްކުލާހެއްގައި ކިޔެވިކުދިން ނިންމާލިއެވެ. ރިޕޯޓް ފޯމް ދިނުމާއި ދޭތެރޭ އައިނާ މެންނަށްވެސް ކުރު ޗުއްޓީ އެއް ލިބުނެވެ.

އައިނާ އާއި އަޝްހާ އާއި ދެމީހުން ތިބީ އަޝްހާގެ ކޮޓަރީ އެނދުގައި ހެރީ ޕޮޓާ ފިލްމު ބަލާށެވެ. “އަޅޭ.. އަހަރެންވެސް ބޭނުން އެކަހަލަ ވޮންޑެއް.. އޭރުން އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހޭނެ.. ހަމައެކަނި އަނގައިން ސްޕެލް އެއްކިޔާލީމަ ނިމުނީ.. އޭރުން އަނާ ކޮޓަރި ތަޅުލިއަސް އަހަރެންނަށް ހުޅުވޭނެ ‘އަލޯހަމޯރާ’ ކިޔާފަ..” އަތުގައި އޮތް ގަލަން ހޫރަމުން އަޝްހާ ބުނެލިއެވެ.

“ހުމްމް.. މިހިރަ ބޭބީ އެއްދޯ.. ބަލަ އެއީ އެއީ އަސްލެއް ނޫނޭ.. އެއީ ކުޅެފައި އިން ފިލްމެކޭ..” އައިނާ އަޝްހާގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ. “ހޫމް.. އަހަރެންނަށްވެސް ތިކަން އިނގެއޭ.. ދެން އަނާބުނެބަ އަނާ އަށް އެންމެ ރީތީ މީގެތެރެއިން ކޮން ބައެއްކަން..؟” އައިނާ އާއި ދިމާ އަށް ބަލާލަމުން އަޝްހާ ބުނެލިއެވެ.

“ހުމްމް.. ހެރީ ޕޮޓާ އެންޑް ދި އޯޑާރ އޮފް ފީނިކްސް އެންމެ ރީތީ.. އޭގައި އުޅޭ ޕްރޮފެސާ ޑޮލޮރަސްގެ ބައި ވަރަށް މަޖާ..” އައިނާ ވިސްނާކަހަލަ ގޮތަކަށް މޫނުހަދަމުން ބުނެލިއެވެ.

“އަހަރެންނަށް އެންމެ ކަމުދަނީ ހެރީ ޕޮޓާ އެންޑް ދި ޑެތްލީ ހެލޯސް ޕާރޓް ވަން.. ރޮންގެ ބޭބެ ބިލް ގެ ވެޑިންގަ ފްލެއާރގެ ވެޑިންގެ އަހަރެންނަށް އެންމެ ރީތީ..” އަޝްހާ އެނދުމައްޗައް ކޮޅައް އަރަމުން ބުނެލިއެވެ.

އެވަގުތު އައިނާގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. އައިނާ އަށް ވުރެ ކުރިން ފޯނާއި ހަމައަށް ދެވުނީ އަޝްހާ އަށެވެ. ހިޝާންގެ ނަމުގެ ފަހަތުގައި ހާޓެއް އިނުމުން އަޝްހާގެ މޫނަށް މަޖާ ހިނިތުންވުމެއް ވެރިވިއެވެ.

“ހޭ ލަވް… މިގުޅީ ވަރަށް މުހިންމު ވާހަކަ އެއްބުނަން ވެގެނޭ……” ފޯނުން ވާހަކަ ދެއްކި ހިޝާން އަށް އެއީ އައިނާ ނޫންކަމެއް ނޭނގެއެވެ. “ކޮން ލަވް އެކޭ ކިޔާކަށް.. ބަލަ މީ އަނާ އެއްނޫނޭ.. ތިމުހިންމު ވާހަކަ އެއް އަހަރެންގެ ގާތުވެސް ބުނެބަލަ ނިކަން…” އަޝްހާ ރާގު އަޅުވާލައިފައި ބުނެލިއެވެ. “އަޝޫތަ..؟ ނޭނގޭނެއެއްނު.. ކޮންތާކު ތަ ތިބީ..؟” ހިޝާން އޭނާ ރަކިވިކަން ނާންގަން ވެގެން ބުނެލިއެވެ.

“މިތިބީ އަހަރެންގެ ކޮޓަރީގަ.. އެކަމު އަނާ އަކަށް ނުދެވޭނެ.. އެވާހަކަ އެއް ބުނަންޏާ ޖެހޭނީ އަހަރެންގެ ކޮޓަރީގަ އަހަރެންގެ ކުރިމަތީގައި ހުރެ ބުނަން..” އަޝްހާ ގަދަ ހަދާލިއެވެ. “އޯކޭ އޭ.. އެއީ އަޝޫ އަށް ވެސް އުފާވެރި ޚަބަރެކޭ..” ހިޝާން ބުނެލިއެވެ.

“އަސްލުތަ..؟ އަވަހަށް އާދެބަލަ..” އަޝްހާ ކެތްތެރިކަމެއް ނެތް ގޮތަކަށް ބުނެލީ ދެފައި މުށިގަނޑުމަތީގައި ތަޅަމުންނެވެ. އައިނާ ދެފަރާތައް ބޯހޫރުވާލިއެވެ. އަޝްހާގެ ބޭބީ ގޮތްގަނޑު އަދިވެސް ނުކެނޑެއޭ ހިތައް އެރިއެވެ.

ހިޝާން މިދަނީ އޭ ކިޔާފައި ފޯނުކަނޑާލިއެވެ. އާދެވޭ ވަރުވީ އޭގެ ދިހަ ވަރަކަށް މިނިޓު ފަހުންނެވެ. “އަދި ކިރިޔާ ތިއާދެވުނީ.. މިސްޓާ މިދަނީ..” އަޝްހާ ތުން އަނބުރާލަމުން ބުނެލިއެވެ. “ބަލަ ކުޑަކަމެއްގަ ތާށިވީއޭ.. އެކަމް ލަހުން ވިއަސް މިހުރީ އައިހެއްނު..” ހިޝާން އެނދުގެ ފައިލާ ކޮޅުގައި އިށީނެވެ. ކަނާތް ފަރާތުގައި އެނދައް ދެފައި ނަގައިގެން ފޯނާއި ކުޅެން އައިނާ އިނެވެ. ލިޔާމޭޒު ކައިރީގައި އިން ގޮނޑި ހިފައިގެން އައިސް އަޝްހާ އިނީ ހިޝާންގެ ކުރިމައްޗައް ވާގޮތަށެވެ.

“ކުރިން ގުޅާ ލާފައި ބުނެލި ނަމަ އެއްނު.. ލަސްވާނޭ..” އަޝްހާ އަނެއްކާވެސް ޝަކުވާ ކުރަން ފެށިއެވެ. “ޝަކުވާ ބޮނޑި ބަނދެ ނިމިއްޖެއްޔާމުން އެވާހަކަ ބުނަންތަ..” ހިޝާން ވެސް އަޝްހާ ބުނި ރާގުގައި ބުނެލިއެވެ.

އެތާގައި ބަޔަކު ތިބިއޭ ވެސް އައިނާގެ ހިތައް ނާރައެވެ. އެއަސް ވުރެ ބޮޑައް އައިނާ އިނީ ފޯނުން ފެންނަ އެއްޗަކަށް ގެއްލިފައެވެ.

ނޫނެކެވެ. އައިނާ އިނީ ހިޝާން އިނުމުން ލަދުން ހަލާކުވާވަރު ވެފައެވެ. ފޯނުގެ ލޮކްސްކްރީން ހުޅުވައިގެން އޭގެއިން އަރިންގެ ފޮޓޮއަށް ބަލާށެވެ. އެދުވަހަށްފަހު އައިނާ އުޅެނީ ހިޝާންގެ ކުރިމައްޗައް ނާރައި ވޭތޯއެވެ.

“އަހަރެން ބުނަން އުޅުނީ މިރޭ އޮންނާއޭ އެޕާރޓީ.. އަހަރުން ކުލާސް ކޮންމެވެސް ކުއްޖެއްގެ ގެއަކަށްދަނީ.. އެއިޓްގަ އަހަރެން ދާނަން އަޝޫ ގޮވައިގެން އައިނާ ބަލައި… އެގޮތް އޯކޭތަ..؟” އޭރު އައިނާ ފޯނުބަހައްޓާފައި ހިޝާން ދެއްކި ވާހަކަ އަޑުއަހަން އިނެވެ. އައިނާ ބޯޖަހާލީ ހިޝާންގެ ތޫނު ނަޒަރު އޭނާ އަށް ހުއްޓިފައި ހުރިކަން އެނގުމުންނެވެ.

“އަސްލުތަ..؟ އޯހް ހިޝާންބޭ.. އައިމް ސޯ އެއްކްސައިޓެޑް.. އޯކޭ އޯކޭ.. އަހަރެން ރެޑީވާނަން..” އަޝްހާ އުފާވެފައި ބުނެލިއެވެ. ހިޝާން ވެސް ގަޑި އަށް ރެޑީ ވާށޭ ކިޔައިފައި ފޯނުނަގައިގެން ނިކުތެވެ.

ހިޝާން މެސެޖު ހުޅުވާލައިފައި ކޮންމެވެސް އެއްޗެކޭ ލިޔެފައި ފޮނުވާލިއެވެ. އަދި ޖީބުތެރެއަށް ލުމަށްފަހު ހަރު ފިޔަވަޅުތަކެއްކައި ގެއިން ނިކުމެގެން ދިޔައެވެ.

***

އައިނާ އަށް ފޯނަށް ބަލައިލެވުނީ މެސެޖް ނޮޓިފިކޭޝްއެއް އައުމުންނެވެ. “ޕާޕަލް ޑްރެސް ވިލް ފިޓް ފޯ ޔޫ.. އިސްތަށިގަނޑު ނާއްސައްޗޭ..” ހިޝާންގެ މެސެޖުގައި ވިއެވެ. އައިނާ ރިޕްލައިނުދީ ފޯނުބޭއްވިއެވެ.

***

އައިނާ ގެއަށް ގޮއްސައި ލާނެ ހެދުމެއް ނޭޏގިގެން އުޅުނެވެ. އަރިން ނިންދަވައިފައި އައިނާ ކޮބައިތޯ ބަލަން އައި އިސްރާ އަށް އައިނާގެ ކޮޓަރިތެރެ ފެނުމުން އަނގަމަތީގައި އަތްއަޅައިލެވުނެވެ. “ދަރިފުޅާ.. މީ ކިހިނެތްވެގެން އައިސަ އޮތް ތޫފާނެއް..” އިސްރާ ހައިރާން ކަންމަތީހުރެ އަހާލިއެވެ.

“މަންމާ.. އަނގަމަތިން އަތް ނަގައިގެން އައިސް ނިކަން ހެލްޕެއް ވެދީބަ.. މިތަނުން ލާނެ ހެދުމެއް ނޭނގިގެން މިއުޅެނީ..” އެނދުމަތީގައި ހުރި ޕާޕަލް ކުލައިގެ ހެދުން ތަކަށް އިޝާރާތް ކުރަމުން އައިނާ ބުނެލިއެވެ.

“ކޮން ތާކަށް ދާން ތަ ތިއުޅެނީ..؟” އިސްރާ އަހާލިއެވެ. “އޯހް.. އަދި މަންމަ ކައިރީ ނުބުނެވޭ ދޯ.. މިއުޅެނީ އަޝޫ އާއި އެއްކޮށް ޕާޓީ އަކަށް ދާންވެގެން.. އެހެންވެ ހެދުމެއް ލާނެ ހެދުމެއް ނޭނގިގެން މިއުޅެނީ..” އައިނާ އުނަގަނޑުގައި އަތް ވިއްދާލަމުން ބުނެލިއެވެ.

“ހޫމްމް.. ކީއްވެ ޔޯ ހުސް ޕާޕަލް ކުލައިގެ ހެދުން ނަގާފައި ހުރީ.. އަނާ އެހާ ލައިކެއް ނުކުރަމެއްނު ޕާޕަލް…” އިސްރާ ހެދުންތައް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “އެއީ ހިޝް…….” އައިނާ ހުއްޓާލީ ބުނެވެން އުޅުނު އެތި ފަހުމް ވެގެން ތޯއްޗެކެވެ. ވަގުތުން ހުއްޓާލިއެވެ. އިސްރާ އައިނާ އަށް ބަލާލަމުން ބުމަ ހިތްލާލިއެވެ.

“އެއީ.. އަހަރެން ހަމަ މިއަދު ކުއްލިއަކަށް ލާހިތްވީ..” އައިނާ ވާހަކަ އެއް ހަދާލިއެވެ. ނަމަވެސް އިސްރާ އަށް ހިނުތުން ވެވުނީ އައިނާގެ އިސްޖެހިފައި އިން މޫނު ފެނިފައެވެ. އަތުގެ އިނގިލި އަކާއި ކުޅެން އިން އައިނާ އަށް އިސްއުފުލާލަން ނުކެރުނީ އިސްރާ އަށް އެއްޗެއް އެނގިއްޖެކަން އޭނާ އަސްވެސް އެނގުމުން ލަދުގަތް ވަރުންނެވެ.

އައިނާ ލަދުގަތް ކަން އިސްރާގެ ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. ?Ril?

    Wow mi part ves vrh Sali ??????
    Keep it up???????????
    Aley aainaa aa hishaan ge baitha haadha cute ey awnnnnn??????
    Btw waiting for the next??????
    Luv uu❤️❤️❤️
    Stay safe❤️❤️❤️

    1. A aaR
      ?Ril?

      Jazaakallah khairan Ril

  2. ?Ril?

    Me first dhw ?????

    1. A aaR
      ?Ril?

      Yh

  3. Aalif

    ????anyway ure first

    1. A aaR
      Aalif

      Try next time

    2. ?Ril?
      Aalif

      Srry Aalif try on another part???????????

  4. unknown girl

    vrh vrh reethi mi part vx…. kba thr e nashwa… hehe

    1. A aaR
      unknown girl

      Jazaakallah khairan unknown girl.. neynge dhw.. dhia ee kanneynge dhw..

  5. A aaR

    Here is the 19th prt of the story.. next I’ll submit on tomorrow night

    1. I-sherth
      A aaR

      Thursday night ga thr nxt part up vaanee..

    2. A aaR
      A aaR

      Submit kuraanan edhuvahu insha Allah.. ?

    3. A aaR
      A aaR

      sry 18th prt..

  6. 16 SHABAKKO 7

    ?salhi???????????Reethi ❤️❤️❤️❤️Masha Allah ??

    1. A aaR
      16 SHABAKKO 7

      Jazaakallah khairan shabakko

Comments are closed.