Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަކިވެދިޔަޔަސް…(2)

Z A L 🐙 Level 210 Stories100 Login100 Comments
July 28, 2020 5 Mins Read
17 Comments

ވިސްނުމެއްގައި ހުރެ އަނޫފް ގޮސް ފަހަތަށް އެނބުރިގެން އިން އަންހެން ކުއްޖާގެ ކުރިމަތިގައި ހުރި ގޮނޑީގައި އިށީނެވެ. އެކުއްޖާގެ މޫނު ފެނުމާއެކު އޭނާ ލާން އުޅުނު ނޭވާވެސް ތާށިވީ ކަހަލައެވެ.

މީ ދުނިޔެ ދައްކާ ދަޅައެއް ހެއްޔެވެ؟ ކުރިމަތޫގައި ފެންނަންމީނީ ރޫޔާހެއްޔެވެ؟ ހާދަހާ ވައްތަރެވެ. އިސްތަށުގަނޑު އެއްކޮން ފަން ނަމަ އެއީ ހަމަ ރޫޔާއެވެ. މޫނުމަތިންވެސް އެހާމެ ވައްތަރެވެ. އަނޫފް ބޯ ހާސްވިއެވެ. ތަޤްދީރު މިކުޅެނީ ކޮންކަހަލަ ކުޅި ގަނޑެއްހެއްޔެވެ؟

“އަނޫފް…” އެއަންހެންކުއްޖާ އޭނާގެ ނަމުން ގޮވާލުމާއެކު އަނޫފް ސިހުނެވެ. ރޫޔާގެ އަޑާވެސް ވައްތަރު ގޮތެއް އެބަހުއްޓެވެ. އަނޫފަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މޭޒު ދަށުން ހަލާކުވެފައި އޮތްއަތަށް ބާރުކޮށްލިއެވެ. ތަދު އިހުސާސްވިއެވެ. ދެން ބަލާލި ނަމަވެސް ފެންނަން އިނީ ހަމަ އެކުއްޖާއެވެ. މީ ހުވަފެނެއްނޫންތާއެވެ. އަނޫފްގެ ސިކުނޑީގައި ސުވާލު މާކުތައް އެނބުރި ގަތެވެ.

“އަނޫފް… ހަނދާނެއް ނެތްތަ؟ އަހަރުމެން ބައްދަލުވި  އާރޓް ގެލެރީއަކުން…” އަނޫފް ވިސްނާލިއެވެ. އެދުވަހު ގެލެރީއަށް އޭނާ ދިޔައީ އެކަންޏެވެ. ރޫޔާ މަސައްކަތްތަކެއް ނިންމަން އޮތުމުން އޭނާ ނުލައެވެ. ގެލެރީ ތެރޭގައި ހުރި ކުއްޖެއް ފެނިގެން އަނޫފް ދިޔައީ ރޫޔާ ކަމަށް ހީކޮށްށެވެ. ފަހަތުންގޮސް ކޮއްޓާލުމުން އެއަންހެން ކުއްޖާ އެނބުރުން ހަނދާން އަދިވެސް ވެއެވެ. ‘ރޫޔާ ކޮންއިރަކުތޯ ހެއަރ ސްޓައިލް ބަދަލްކޮށްލީ’އޭ އެހި ހަނދާންވެއެވެ. ‘ބިޒީއޭ ކިޔާފައި ތިއައީނުންހޭ ބުނެ ސަމާސާ ކުރި ހަނދާންވެއެވެ.’ އެހުރިހާ އިރުވެސް ކަޅި ޖަހާނުލައި އެކުއްޖާ ބަލަހައްޓައިން ހުރެ މިއީ ތިކިޔާ ރޫޔާއެއް ނޫނޭ މިއީ އާކާލްއޭ ބުނެ ދުރަށް ހިނގައިގަތް ހަނދާންވެއެވެ. ހައިރާންވެ ހުރެ އަނޫފް މަޑުމަޑުން ސޮރީއޭ ބުނެލެވުނު ހަނދާންވެއެވެ. ކަންތައްތައް ހަނދާނަށް އަންނަމުން ގޮސް އަނޫފަށް އެކުއްޖާގެ މޫނު ސިފަވިއެވެ. ކުރިމަތީގައި މީނީ ހަމަ އެ އަންހެން ކުއްޖާއެވެ.

“އާކާލް..؟” “ހަނދާންވެއްޖެދޯ…” އަނޫފް ބޯ ޖަހާލިއެވެ. ” އާކާލް މިތާނގައި ކީއްތިކުރަނީ؟ ކީއްވެ؟” އަނޫފަށް އޮޅުން އެރިއެވެ. “އަނޫފް… ރޫޔާ ފެނުން ހިސާބުން އަހަރެން އަނޫފްއާ ކޮންޓެކްޓް ކުރަން ވަރަށް މަސައްކަތް_” ” ރޫޔާ އިނގެނީ ކިހިނެއް؟” އާކާލްގެ ދުލުން ރޫޔާގެ ނަން އިވުމާއެކު އަނޫފަށް ލިބުނީ ބޮޑު ސިހުމެކެވެ.

އާކާލް ހިތަށް އެރިއެވެ. ވާހަކަ ކިޔައިދޭން ޖެހޭނީ ފެށުނު ހިސާބުންނެވެ. އެހެންނަމަ އަނޫފްއަށް ކަންތައްތައް އޮޅުން ފިލަން ދަތިވާނެއެވެ. މިވާހަކަތަކަކީ ޚުދު އޭނާއަށްވެސް އިހަކަށް ދުވަހަކު އެނގުނު ވާހަކަތަކެކެވެ.

” އަހަރެންނަށް ރޫޔާ އިނގޭ… އަޑުއަހާ. އަހަރެން އެންމެ ކުޑައިރު އަހަރެންނަށް ވާހަކަވެސް ނުދެއްކޭ އިރުގަ މަންމައާ ބައްޕައާ ވަރިވީ. ބައްޕައަކީ މާލޭގައި ގެދޮރުހުރި މީހެއް. މަންމައަކީ ރާއްޖެތެރޭ މީހެއް. އަހަރެންގެ މަންމައަށާ ބައްޕައަށް ލިބުނީ އެއްމާބަނޑު ދެކުދިން. އެއީ އަހަރެން އަދި ރޫޔާ….” އަނޫފަށް އަޑު އިވުނީ ރނގަޅަށް ބާއެވެ؟ އެހެންވީމާ އާކާލް މީ ރޫޔާގެ އެއްމާބަނޑު ދައްތަ ތާއެވެ؟ ދެމީހުން އެހާ ވައްތަރީ އެހެންވީމަތާއެވެ. އެކަމަކު މިކަން އަނޫފްއަށް ނޭނގި އޮތީ ކީއްވެބާއެވެ؟

އާކާލް ފުންނޭވާއެއް ލިޔެވެ. އަނެއްކާވެސް ކިޔައިދެމުން ގެންދިޔައެވެ. ” މަންމައާ ބައްޕައާ ވަރިވިއިރު މަންމަ ގެންދިޔައީ އަހަރެން. ބައްޕަ ގެންދިޔައީ ރޫޔާ. އޭރު އަހަރެމެންގެ ޢުމުރުން 2 އަހަރު ކިރިޔާވީ. މަންމައާ މަންމަ ފަރާތު މާމައާއެކު އަހަރެން އުޅެމުން އައީ މަންމަމެންގެ ރަށުގައި. ރަސްދޫގައި. ” އަނޫފްގެ މޫނުމަތީ އެއްޗަކުން ޖެހިފަދައެވެ. އެއީ އޭނާވެސް އުފަންވި ރަށެވެ. ކުޑައިރު އުޅެބޮޑުވި ރަށެވެ. އަނޫފްގެ މައިންބަފައިންނަށް އަނޫފް ލިބުނީ އެމީހުންގެ ޢުމުރުގެ ބޮޑުބައެއް ދިޔަފަހުންނެވެ. ދަރިޔަކު ނުލިބިގެން އެހާ އަހަރު ހުރެފައި އަނޫފް ލިބުމުން އެދެމަފިރިން އަނޫފްދެކެ ނުހަނު ލޯބިވެއެވެ. ގުރޭޑް ފަހަކާ ހަމައަށް ކިޔަވާފައި އޭނާ މާލެ ގެނައީ އޭނާގެ ބައްޕަ އަޝްރަފްއެވެ. އަހަރުތަކަކަށް ފަހު ބައްޕަ މިދުނިޔެ ދޫކުރުމުން މަންމަ، ހަސީނާ މާލެ ބަދަލް ވިއެވެ. ދެމައިން އުޅެމުން ދިޔައީ މާލޭގައެވެ. ބައްޕައަކީ ވަރަށް ގިނަ ދުވަހު ސަރުކާރަށް ޚިދުމަތްކުރި މީހެއްކަމުން ކުޑަ އެޕާރޓްމެންޓްއެއްގައި މާލޭގާއި އުޅެވޭވަރު ވެއެވެ. މާލޭގައި އުޅުނެއްކަމަކު އަނޫފް އަހަރީ ޗުއްޓީގައި، އަދި ޢީދުތަކަށްވެސް ރަށަށް ގޮސް އުޅެއެވެ.

“އަނޫފްގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް ވާނެކަން އަހަންނަށް އިނގޭ. އާނ… އަހަރެން އަނޫފް ދެކެން. ރަށަށް އަންނަ އިރު. ދެން އަޑުއަހާ… އަހަރެންގެ ޢުމުރުން 13 އަހަރުގައި މަންމަ ނިޔާވީ. އަހަރެން މާމައާއެކީ ދެން އުޅުނީ… އަހަރެން މަންމަ ނިޔާވި ފަހުން މާމައާ ވަރަށް ސުވާލުކުރަން. ރޫޔާމެން އުޅޭތަނެއް އަހަން ފެށިން. އަހަރެން ބައްޕަ ދެކިލަން ބޭނުންވާ ވާހަކަ އަހަރެން ކިޔަން ފެށިން. މާމަ މުޅިންވެސް ވާހަކަ ހަދަނީ. ދައްކަމުން ދިޔައީ ހުސް ބަހަނާ. ފަހުން ބުނީ ރޫޔާއެއް ނެތޯ… އަހަރެން ހީކުރީ… މާފަހުން އަހަންނަށް އިނގުނީ މާމަ އަހަރެންގެ ބައްޕަދެކެ ރުޅިއަންނަކަން. އަހަރެން އޯލެވެލް ނިންމައިގެން އޭލެވެލް ކިޔަވަން މާލެ އައީ. އަހަރެން އޭލެވެލް ނިމުނުތަނާ މާމަ ނިޔާވީ. އަޅާލާނެ މީހެއް އަހަރެންގެ ނެތް. އަހަރެންގެ ބައްޕައާ ގުޅޭތޯ ބައްޕަ އުޅޭ ތަނެއް ހޯދޭތޯ ވަރަށް މަސައްކަތް ކުރިން. އަހަރެން ދެން ދާންފެށީ ޕާރޓް ޓައިމް ޖޮބަކަށް. ރައްޓެއްސަކާ ދެމީހުން އެޕާރޓްމެންޓެއް ހިފައިން އުޅެންފެށީ. އަހަރެން ކޯސްފަށާ ޑިގްރީ ކިޔަވަން ފެށީ 20 އަހަރުގައި. އެހެން އުޅެނިކޮށް އިވެންފެށީ ހައްވާ ރޫޔާ ރައުފްގެ ވާހަކަ. އަހަރެން އޭރު ސޯޝަލް މީޑިޔާގަ ނޫޅެން.”

“ދެން އަހަރެން އެއްދުވަހު ދިޔައީ ގެލެރީއަށް… އެއީ އަނޫފް ފެނުން ދުވަސް. އަހަންނަށް އިނގޭ ތިއީ ރަށުން ފެންނަ މީހެއްކަން. އެހެން ހުއްޓަ އަނޫފް އަހަންނަށް ރޫޔާއޭ ކިޔައި މުޚާތަބު ކުރީމަ އަހަރެންގެ އުއްމީދު އާލާވީ. ބައްޕަ ނުހޯދުނަސް ރޫޔާ ހޯދަން އަހަރެން މަސައްކަތްކުރީ. ރޫޔާގެ ފެޝަން ލައިން ތަޢާރަފްކުރި އިރު އަހަރެންވެސް ޑިގްރީ ނިމި ލޯޔަރަކަށް ވެވިއްޖެ. އަހަރެން ރޫޔާއާ ބައްދަލު ކުރަން ދިޔައީ ރޫޔާ މަސައްކަތްކުރާ ތަނަށް. އަހަރެމެން ދެމީހުންނަށް ދެމީހުން ފެނިފަވެސް އެނގުނު. ރޫޔާވެސް އަހަރެން ހޯދަން ވަރަށް މަސައްކަތް ކުރިކަން އިނގުނު. ބައްޕަ އެއްވެސް ވާހަކައެއް ހިއްސާ ނުކުރައްވާތީ އުނދަގޫ ވީ ކަމަށްވެސް ބުނި.  އެއީ މި އަހަރު. އަހަރެމެން އޭގެ ފަހުން ބައްދަލުވެ ވާހަކަ ދައްކަން. އެކަމަކު ބައްޕައަށް އެކަން ސިއްރު ކުރަން އަހަރެން ރޫޔާ ގާތުގައި އެދުނިން… ރޫޔާ އަހަރެން ކައިރީ އަނޫފްގެ ވާހަކަ ބުނި. ފޮޓޯވެސް ދެއްކި. ރޫޔާ ބުނި އިންޓްރޮޑިއުސްކޮށްދޭނަމޭވެސް. އަހަރެން ބުނީ ފަހުންނޭ. އޭރު އަހަރެން ބޭނުމެއްނުވި އެއްވެސް އިތުރު މީހަކަށް އިނގި ބޮޑު ކަމަކަށް އެކަން ވާކަށް…އެކަމަކު… އެކަމަކު…” އާކާލްގެ ލޮލުން ފޭބި ކަރުނަތިކި އަތުގެ ނުފުށުން ފުހެލިއެވެ. ” އުމުރުން 2 އަހަރުގަ ވަކިވެ 20 ވަރަކަށް އަހަރުދުވަސް ކޮށްފަ އަހަރެންގެ ދައްތައާ ބައްދަލުވީތަނާ، އެދައްތަ އަބަދުގެ އަބަދަށް އަހަންނާ ވަކިވެއްޖެ….”

އަނޫފްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާވެސް ދެލޯ ފެންކަޅި ވިއެވެ. އޭނާއަށް ވަރަށް ކަންތައްތައް ފަހުމްވެއްޖެއެވެ. ރައުފް އޭނާދެކެ ރުޅި އަންނަނީ އޭނާ އެއީ ރަސްދޫއަށް އުފަން މީހެއް ވީމަހެއްޔެވެ؟ ރޫޔާ އޭނާ ގާތުގައި ބިޒީއޭ ކިޔާފައި ރާވާފައިހުރި ބައެއް ކަންކަން ފަސްކުރާ ހަނދާންވިއެވެ. އޭގެން ދުވަހަކު އޭނާ ރޫޔާ މަސައްކަތްކުރާ އޮފީހުގެ ދޮރުމަތީގައި ހުރި އިރު އޮފީސް ހުރީ ނިވާލާފައެވެ. ދުވަސްކޮޅަކަށް ނަމަވެސް އަނޫފް ހީކޮށްގެން ހުރީ ރޫޔާ އޭނާއަށް ކަމެއް ސިއްރުކުރަނީ ކަމަށެވެ. ނަމަވެސް އޭނާ ހީކުރި ކަހަލަ ސިއްރެއް ނޫނެވެ. ރޫޔާ އޭނާގެ ލޯބިވާ ކޮއްކޮގެ އެދުމުގެ މަތިން ކޮއްކޮއާ ބައްދަލު ކުރާވާހަކަ އެކަކު ގާތުގައިވެސް ނުބުނީއެވެ.

” އަނޫފް. އަހަރެންނަށް އިނގޭ އަނޫފް ރޫޔާއަކަށް ދެރަގޮތެއް ނުހަދާނެކަން. އެކަކު ޤަބޫލްނުކުރިޔަސް އަހަރެން ޤަބޫލުކުރަން. ރޫޔާ ކިޔައިދިން ގޮތުންނަމަ އަނޫފް ރޫޔާ ދެކެ ނުހަނު ލޯބިވޭ. އަހަރެން ޤަބޫލުކުރަން. އަހަރެން ބޭނުން އަނޫފްގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭން.” އާކާލް ވަރަށް އަޒުމުގައި ބުންޏެވެ. “އަހަންނަށް މިހީވަނީ ރަނގަޅަށްތަ؟ އަނޫފްގެ ދުލުން އަހަން ބޭނުން. ރޫޔާ މަރާލީ އަނޫފްތަ؟” “އަހަރެންނެއްނޫން.”

” އާކާލް… އެކަމު އަހަރެން އަތުގަ އާކާލްއަށް ދޭނޭ ފައިސާ_” “އަހަރެން އެއްވެސް ފައިސާއެއް ބޭނުމެއްނޫން. އަހަރެން ބޭނުމީ އަހަރެންގެ ދައްތަގެ ޙަޤީޤީ ޤާތިލު ހޯދަން. ދައްތައަށް އިންސާފު ހޯދަދޭން. އަނޫފް އެފުރުސަތު ދީފިއްޔާ އަހަރެން އަނޫފްގެ ލޯޔަރަށް ވެދާނަން. އެކަމަކު އަނޫފް ޖެހޭނެ ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔައިދޭން. އަހަރެމެންގެ ދެމެދުގައި އިތުބާރެއް އޮވެގެން ވާނީ. އަނޫފްގެ ކުށެއް ނުކުރާކަން ސާބިތުކޮށްދޭން އަހަރެން މިހުރީ މަސައްކަތްކުރަން ތައްޔާރަށް..”

އަނޫފް ބޯ ޖަހާލިއެވެ. އެއާއެކު ގާރޑުމީހެއް އައިސް ވަގުތު ހަމަވީ ކަމަށް ބުންޏެވެ. “އަހަރެން އަނޫފްގެ ކޭސްއާ ހަވާލުވީ މި. އަހަރެންގެ ހާޒިރުގައި ނޫނީ އެމީހުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭތި އަހަރެން އަންނާނަން މާދަން.”

އަނޫފް އަނެއްކާވެސް ބޯޖަހާލިއެވެ. އަދި އެއްމިޔަކުން ހީލިއެވެ. އެހީލުމުގެ ފަހަތުގައި ވަނީ ތަދުމަޑުކަމެކެވެ. އަނޫފްގެ ހިތަށް އެކަމަކު ކުޑަނަމަވެސް ފަސޭހަކަމެއް ލިބިއްޖެއެވެ. އާކާލްއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް ނޭނގެއެވެ. އޭނާ އެންމެ ބޭނުންވި ވަޤުތު އާކާލް އޭނާގެ ގާތަށް އައުމުގައި ކޮންމެވެސް ޙިކުމަތެއް ވާނެއެވެ. އެކަމަށްޓަކައި ހެއްދެވި ފަރާތަށް ޙަމްދުކުރިއެވެ. އަދި ވާގިވެރިވުމަށް އެދި ދުޢާ ކޮށްލެވުނެވެ.

*****************

 

އާކާލްގެ މިސްރާބު ހުރީ ގެއާ ދިމާލަށެވެ. އޭނާގެ އަތުގައި ބޭނުންވާ ބައެއް ޑޮކިއުމެންޓްސްތަކާއި ފައިލްތަކެއް އޮތެވެ. ގެއަށް ވަންއިރު ތާރާ އިނީ ޓީވީ ބަލާށެވެ. އާކާލް ފެނުމުން ޓީވީ ނިވާލާފައި ތާރާއަށް ތެދުވެވުނެވެ. “ކޭސް ލިބުން؟” ތާރާ ސުވާލު ކޮށްލިއެވެ. އާކާލް ބޯޖަހާލުމާއެކު ދެލޮލުން ފެންތައް އޮހިގަތެވެ. ތާރާ އައިސް އާކާލްގެ ގައިގައި ބައްދާލިއެވެ. ތާރާއަކީ އާކާލްގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާކަމެއް ހިއްސާ ކުރާ ހަމައެކަނި މީހާއެވެ.

“ކޮބާ ލިވީ؟” އާކާލް ބޫޓު ބާލަމުން ސުވާލު ކޮށްލިއެވެ. “ލިވީ ނިދާފަ.” ލިވީއަކީ ތާރާގެ 2 އަހަރަށްދާ ދަރިފުޅެވެ. ލިވީގެ ހުންނަނީ ނޫކުލައިގެ ދެލޮލެވެ. އެއީ ލޯބިލޯބި ފުށްގަނޑެއް ކަހަލަ ކުއްޖެކެވެ. ތާރާ ލިވީއަށް ބަނޑުބޮޑުވީ ކޯހެއް ހަދަން ބޭރަށް ގޮސް ހުއްޓައެވެ. މިކަމުގެ ސަބަބުން ތާރާއަށް ޖެހުނީ ކޯސް ދޫކޮށްލާފައި އަންނާށެވެ. ލިވީގެ ބައްޕައަކީ ބޭރުމީހެކެވެ. އާކާލްއަކަށްވެސް އެއީ ސީދާ ކޮންޤައުމެއްގެ ކާކު ކަމެއް ނޭނގެއެވެ. ތާރާ ލިވީއަށް ބަލިވެ އިންކަން އިނގުމަށްފަހު އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ އަޅާލުމެއް ނުލިބެއެވެ. ތާރާއަކީ ގޮތްކުޑަ މުޑުދާރު އަންހެނެއް ކަމަށް ބުނެ އޭނާގެ އާއިލާއިން އޭނާ ބާކީކޮށްލިއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ ތާރާ ގަސްދުގައި ކުރި ކަމެއް ނޫންކަމެވެ. މީހަކު ގަދަކަމުން އޭނާގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އޭނާގެ ވާހަކަ އަހާނެ އެކަކުވެސް އާކާލް ނޫނީ ނުވެއެވެ. އެންމެންވެސް އަހަނީ ހެކި ކޮބާހެއްޔޭއެވެ. ކުށް ކުރާ މީހާ ދަނީ ދޫވެގެންނެވެ. މުޅި މުޖުތަމަޢުވެސް ބޭކާރުކޮށްލަނީ އެހީ ލިބެންވީ މީހާއެވެ. އާކާލް ލޯޔަރަކަށް ވާން އިތުރަށް މަސައްކަތް ކުރީވެސް މިސަބަބު ތަކަށްޓަކައެވެ. މިކަހަލަ ކަންކަމަށް އިންސާފު ހޯދައިދޭން އޭނާ ބޭނުމެވެ. އެކަހަލަ މީހުންގެ ‘އަޑަކަށް’ ވާން އޭނާ ބޭނުމެވެ. އެވާހަކަތައް އަޑުއަހާ އެހީތެރިވާން ބޭނުމެވެ. އޭނާގެ ދައްތަ މަރާލިއިރު ދައްތައަށްވެސް އެކަން ކުރިމަތިވެފައިވެއެވެ.

ކޮޓަރިއަށް ވަދެ މޭޒުމަތީގައި ފައިލްއާއި ލިޔެކިޔުންތައް ބަހައްޓާފައި އާކާލް އައިސް އެނދަށް ވެއްޓިގަތެވެ. އޭނާ މިއަދު އަނޫފް ގާތުގައި އިތުބާރުގެ ވާހަކަ ދެއްކި އިރު އަނޫފަށް ކަމެއް ސިއްރު ކުރެވިއްޖެއެވެ. ވަރަށް ބޮޑު ކަމެއް ސިއްރުކުރެވިއްޖެއެވެ. އެހެނަސް އެކަން އިނގިއްޖެނަމަ އަނޫފްއަށް އޭނާއާ ވާހަކަ ދައްކާ ވާހަކަތައް ހިއްސާ ކުރަން އުނދަގޫވާނެއެވެ. މިދަނޑިވަޅު ވިސްނަންވީ އަނޫފް އެކަމުން ސަލާމަތްކުރަންށެވެ.  މަސައްކަތް ކުރަންވީ ރޫޔާއަށް އިންސާފު ހޯދައިދޭންށެވެ. ދައްތަގެ ޙަޤީޤީ ޤާތިލުހޯދަންށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 11

Next

ފިޔަފަތް 10

Next
July 28, 2020

ފިޔަފަތް 10

Previews
July 28, 2020

ނޭނގި ވެވުނީ ލޯތްބޭ- 11

17 Comments!

  1. N0 oNe says:
    July 28, 2020 at 5:09 pm

    wooooowww zal…
    mi prt ves varah reethi ???
    whn next prt…
    take care and stay safe ingey..
    luv u a lots… um… brw ehtha sis eh tha… ehehe

    1. Z A L ? says:
      July 29, 2020 at 12:58 am

      Thankyou so much love. Thankyou for your support and feedbacks. Next part iraadhakureviyya maadhan genes dheynan. You too, take care. and stay safe ingey.
      Also btw dear, i commenetd on your story!! Adhi inee pending ga, i didnt know you write. It was very interesting, goodluck dear. You have my full support.???

    2. Z A L ? says:
      July 29, 2020 at 12:59 am

      haha thee sis eh dho? mee ves sis eh ingey haha

  2. Scarlet says:
    July 28, 2020 at 6:08 pm

    Hehe..i was also wondering.. Bro or sis?
    MaShaaAllah V Reethi mi part

    1. Z A L ? says:
      July 29, 2020 at 1:00 am

      sis eh haha. Thankyou so much Scarlet?

  3. aaliph says:
    July 28, 2020 at 9:45 pm

    Umm…keekey jahaagen rooya be photo hoadhy it’s really nice

    1. Z A L ? says:
      July 29, 2020 at 1:02 am

      Kureege part, trailer ga ves heevey kujjeh ehihenn, i searched: realistic art and eyge girls ge paintings and digital art bodah explore kuree. heevaagothun mee digital art category ge therein negi ehcheh. To be specific you can write kommes nationality eh ves, african, american korean or hair styles ves colours or type or anythig. I focused on the hair style i think haha

  4. Anuahs says:
    July 28, 2020 at 10:35 pm

    Nice story ?❤️?.. keep it up zal

    1. Z A L ? says:
      July 29, 2020 at 1:03 am

      Thankyou so much ?. Keep reading ingey haha, inshaallah varah avahah next part genes dheynan

  5. Starlight vixx says:
    July 28, 2020 at 11:17 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️

    1. Z A L ? says:
      July 29, 2020 at 1:04 am

      Thankyou so much Starlight vixx. Yes inshallah v avahah next part genes dheynan ?

  6. aaliph says:
    July 29, 2020 at 8:43 pm

    Ok zal

  7. Shaima shaee says:
    July 29, 2020 at 9:47 pm

    Mi part ves Varrrrrasalhi. Curiously waiting for the next part ????

    1. Z A L ? says:
      August 5, 2020 at 2:57 pm

      Thankyou so much sis❤❤

  8. aaliph says:
    July 30, 2020 at 2:35 pm

    Umm….zal anoof and mafaaz hoadhy keekey jahaagen thoa

    1. Z A L ? says:
      August 5, 2020 at 2:57 pm

      Hama same thing heevanee. But girls ge badhal ga boys. Ei digital arts i think, and mafaaz nagan aslu anime and cartoon characters ves search kurin varah digitally kurahaafa hunna

  9. Maasi says:
    August 5, 2020 at 11:01 am

    Keep it up????

Comments are closed.

Next Episodeވަކިވެދިޔަޔަސް…(3)←


All Right Reserved!