Skip to content
އެސްފިޔަ

އެ ހަނދާން… (2)

ޝަމްވީލްގެ ދެ އަތް ފުރަގަހަށް ލައި އައްސާލިއެވެ. އަދި ލޮލުގައިވެސް ފޮތިކޮޅެއް އެއްސިއެވެ. “ކަލޭމެން ތި ކޮން ބައެއް؟ ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ؟ އަހަންނަށް ކިހިނެއް ހަދަން ތިއުޅެނީ؟” ޝަމްވީލް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. އެހިނދު އެތަނުން މީހަކު ޖަވާބު ދިނެވެ. “އަހަރެންގެ ލޯބިވެރިޔާ ކަލޭ ޖަހައިގަތީމަ، އޭގެ ބަދަލު ދޭން މިއުޅެނީ! ހައްހައްހައްހާ…..”

“ކާކު ކަލޭގެ ލޯބިވެރިޔަކީ؟ އަހަރެން ކިއެއް ކުރީ؟” ޝަމްވީލް އެހިއެވެ. “ޝައުނާ………..” އެމީހާ ހަޅޭއްލަވައިގަތެވެ. “ކަލޭ އޭނަޔާއެކީ އުޅުނަކަ ނުދޭނަން، އެއީ އަހަރެންގެ ޙައްޤެއް!”

ޝަމްވީލް ބުނެލިއެވެ. “ހެޔޮނުވާނެ، އަހަރެން ދޫކޮށްލާ، އަހަރެންގެ މަންމަ މިހާރުވެސް އޮތީ ވަރަށް ބަލި ޙާލުގައި، އަހަރެން އެކަނި މަންމަގެ ހުންނާނީވެސް، ހެޔޮނުވާނެ! އަހަންނަށް ތިހެން ނަހަދާ…….!” ޝަމްވީލް އާދޭސް ކުރަމުން ދިޔައެވެ. ޝަމްވީލް މިހެން ކިޔަ ކިޔަ އިންދާ އޭނާ ހޭ ކެނޑިގެން ދިޔައީ ދަގަނޑު ބުރިއަކުން އޭނާގެ ބޮލުގައި މީހަކު ޖެހުމުންނެވެ.

ގިނައިރުތަކެއް ނުވެ ޝައުނާއަށް އެގެއަށް ދެވިއްޖެއެވެ. ޝައުނާ އެގެއަށް ގޮސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. “ޝަމްވީލް….ޝަމްވީލް މަންމާ….. ދޮރު ހުޅުވަބަލަ!” ޝައުނާ ދެކޮޅު ބަލާލާފައި އެތަނުގައި އިން ކުޑަދޮރަކުން އެތެރެއަށް ވަދެއްޖެއެވެ. ޝަމްވީލް މަންމަ އޮތީ ވަރަށް ޙާލު ދެރަވެފައެވެ. ވާހަކަވެސް ރަނގަޅަކަށް ނުދެއްކެއެވެ. “ކޮބާތަ ޝަމްވީލް؟ ކޮންތާކަށްތަ ދިޔައީ؟” ޝައުނާ އެހިއެވެ. ނަމަވެސް ޝަމްވީލްގެ މަންމައަކަށް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. ޝައުނާ އެމްބިއުލާންސަށް ގުޅިއެވެ. ޝަމްވީލްގެ މަންމަ ހަސްފަތާލަށް ގެންގޮސްފިއެވެ. އައި-ސީ-ޔޫ ގައި ފަރުވާ ދޭން ފަށައިފިއެވެ.

ޝައުނާއަކަށް އަދިވެސް މި ވާނުވާއެއް ނޭނގެއެވެ. ޝަމްވީލް ދިޔަ ތަނެއް ނޭނގެއެވެ. “އަހަރެން އައީ ޝަމްވީލް އާއެކު އުޅެން ބޭނުން ނުވާ ވާހަކަ ބުނަން، ނޫން އަހަރެން ޝަމްވީލް ބޭނުން… އަހަރެން އޭނާއާ ދުރެއް ނުވާނަން” ޝައުނާ ހިތައް އެރިއެވެ. ޝައުނާގެ ހިތް އަނެއްކާ ބަދަލުވީއެވެ. ނަމަވެސް ޝަމްވީލް ކޮބާހެއްޔެވެ؟

ޝަމްވީލްގެ މަންމަ މިހާރު ތަންކޮޅެއް ރަނގަޅެވެ. ވޯޑަށް ނެރެފިއެވެ. ގަޑިން މެންދަމު 01 ޖަހަނީއެވެ. “ޝަމްވީލް ކޮންތާކަށްތަ ދިޔައީ؟” ޝައުނާ މިހެން އެހީމަ ޝަމްވީލްގެ މަންމަ ބުންޏެވެ. “މަންމައަށް ބޭސް ގަންނަން ދިޔައީ، އެކަމަކު ދިޔަ ގޮތަށް 10 ޖެހިއިރުވެސް ގެއަކަށް ނާދޭ، ދެން މަންމަ ގުޅީމަ ފޯނުވެސް ނުނެގި، އެހެންވެ ދަރިފުޅަށް މަންމަ ގުޅީ….”

ޝައުނާ ހިތަށް އެރިއެވެ. “ފުލުހުންނަށް އަންގަންވީއެވެ.” “މަންމާ، އަހަރެން އަންނާނަން ގެއަށް ގޮސްލާފައި އިނގޭ” ޝައުނާ މިހެން ބުނެފައި އަނެއްކާވެސް ދިޔައީ ޝަމްވީލްމެން ގެއަށެވެ. ޝަމްވީލެއް ނެތެވެ. ޝައުނާ ފުލުހުންނަށް ގުޅައި އެ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ޝައުނާ ހުރީ ބިރުގަނެފައެވެ. ޝަމްވީލަށް ވީ ގޮތެއް ނޭނގޭތީއެވެ.

ޖެހިގެން އައި ދުވަހު މެންދުރު ޝަމްވީލްގެ މަންމަ ގެއަށް ފޮނުވާލިއެވެ. އެހެންނަމަވެސް އަދިވެސް ޝަމްވީލެއް ނުފެނެއެވެ. ފުލުހުން މުޅި ރަށުތެރެ ހޯދަނީއެވެ. ޝަމްވީލް ފެނޭތޯއެވެ.

‘ޓްރީން…ޓްރީން…’  ޝައުނާގެ ފޯނު ރިންގުވާން ފެށިއެވެ. “ހަލޯ، ޝަމްވީލް ކޮބާ؟” ފޯނު ކުރި ފުލުސް މީހާ ބުންޏެވެ. “ވަލުތެރޭގައި ވެއްޓިފައި އޮއްވާ ފެނުނީ، މިވަގުތު ހަސްފަތާލަށް ގެންދަނީ މި!” ޝައުނާ ގޮސް ޝަމްވީލް މަންމަ ކައިރި އެވާހަކަ ބުނެފައި ދެ މީހުން ދިޔައީ ހަސްފަތާލަށެވެ.

އެއްވެސް މަޢުލޫމާތެއް އަދި ނުލިބެއެވެ. ޝަމްވީލް އަވަސްފަރުވާދޭ ތަނުގައެވެ. ބައިގަޑިއިރެއްހާއިރު ކެއްކުރުމަށްފަހު ނަތީޖާ ލިބިއްޖެއެވެ. ޝައުނާގެ ހިތް ކުދިކުދި ވި ކަހަލައެވެ. ޝަމްވީލް މަންމަ އަނބުރައިގަނެގެން ވެއްޓުނެވެ. ޝައުނާއަށް ހުރެވުނީ ގަބުވެފައެވެ. އާއެކެވެ. ވާނީވެސް އެހެންނެވެ. ޝަމްވީލް އެއީ މިހާރު ނުވިސްނޭ މީހެކެވެ. ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޝަމްވީލް މިހާރު އެއްވެސް އެއްޗެއް ހަނދާންވެސް ނުހުންނާނެ ކަމަށް ޑަކުޓަރު ބުންޏެވެ.

ޝަމްވީލް ގެންދިޔައީ މޮޔައިން ބައިތިއްބާ ތަނަށެވެ. ކުރިން ހިނގާ ދިޔަ އެއްވެސް ކަމެއް މިހާރު ޝަމްވީލް ހަނދާނެއް ނުހުރެއެވެ.

ޝަމްވީލްގެ މަންމައަށް ޝަމްވީލާ ނުލައި އުޅެން ވަރަށް އުނދަގުލެވެ. ގޭގައި ޝަމްވީލްގެ މަންމަ، ސަހީމާ ލޮލުން ކަރުނަ ތިއްކެއް ނުފައިބާ މިނެޓެއް ނުދެއެވެ. ސަހީމާ ހިތައް އަރައެވެ. ‘އަހަރެންގެ ދަރިފުޅަށް އެހާ ބޮޑު ގެއްލުމެއް ދޭން ކެރުނީ ކޮން ބަޔަކަށް ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެ ހަނދާންތައް މިހިތުން ފުހެލެވޭނޭ ހެއްޔެވެ؟’ ސަހީމާއަށް ރޮވުނެވެ. އެ ގޭގައި މިހާރު އުޅޭނީ ސަހީމާ އެކަންޏެވެ. ގޭތެރެ ފެންނަނީ ވަރަށް ފަޅުކޮށެވެ. މަންމަ ހިތްހަމަ ޖައްސައިދޭން ހަމައެކަނި ހުރި ދަރިފުޅުވެސް ދެން ފެންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތެވެ. އެ ދަރިފުޅު އެ ބަލިން ރަނގަޅު ވޭތޯ މާތް ﷲ އަށް ދުޢާ ކުރުން ނޫން ގޮތެއް ނެތެވެ.

 

ނުނިމޭ…

Comments (9)

  1. N0 oNe..

    yaaayyy… me first dhw…
    kiyaalaafa comment kohlaanan

  2. N0 oNe

    yyaay me first dhw…?
    kiyaalaafa comment kohlaanan

  3. N0 oNe

    Woooooowwww…?????
    varah reethi mi prt ves…????
    curiously waiting for the nxt…????
    take care and stay safe ingey brw….??????❤️
    luv u a lots…?????

  4. Anonymous

    Salhi ey buniii

  5. Delter

    Eyyy thiee nolhivaram kuhjje dho naaim beybe dho pls reply varah reethi

    1. Naaim Ali
      Delter

      Yes, Naaim Ali, Thiee kn kuhjeh?

    2. Naaim Ali
      Delter

      Thiee kn rashehge kn kuhjeh?

  6. Visnaa

    Vaahaka reethi.. waiting 4 the next part

  7. Delter

    Miee nolhivaram kuhjje hehe alhugandu ingeyne nan bunefihyaa… hehe

Comments are closed.