އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އޮއްސިގެން ދާ ހިތްގައިމު މަންޒަރު ބަލާލަން ފޫހިކަމެއްނެތި އަހަރެން އިނީ ހުދު ބޯކިރުކޮޅެއްފަދަ ދޮން ވެލިގަނޑު މަތީގައެވެ. ރާޅުތައް ބީއްސާ ފަށުގައި ބައެއް ކުދިވެރީން ކުޅެ ދުވެ ހަދަން ތިއްބެވެ. އެކުދިންގެ ބެލެނިވެރިންވެސް ގުދުރަތީ ރީތިކަން ފޯނާއި ކެމެރާ ތަކުގައި އަދި ހަނދާންތަކެއްގެ ގޮތުގައި ސިނކުޑީގައި ރައްކާކުރަމުންދިޔައެވެ. ބައެއް މީހުން އޮލަވާހަކައެއްގައި ތިއްބެވެ. އަނެއްބަޔަކު މަޣްރިބު ނަމާދަށް ބަންގި ގޮވަން ފަށާއިރަށް ދަރިން ގޮވައިގެން ގެއާއި ދިމާއަށް މިސްރާބުޖަހަންފެށިއެވެ. އަހަރެންވެސް […]
އެރޭ އަހަންނައް އެ ފޯނު ކޯލުގައި ނުހުރެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެރޭ އަހަންނަށް ގުޅީ އަހަންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެކެވެ. އަހަރެން އޭނާ ހައްދާލުމަށްޓަކާ އޭނާއާ ވާހަކަދައްކާ ހަދަމެވެ. އެރޭ ވެސް އޭނާ ގުޅީ އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާލުމަށެވެ. އޭރު ރޭގަނޑު 12 ޖަހަން ތިރީހަކަށް މިނެޓު ހުއްޓެވެ. ގޭގަ ފޯނު ބަހައްޓާފައި ހުންނަނީ ގެއަށް ވަންނަ ދޮރާ މާ ދުރު ނޫން ހިސާބެއްގައެވެ. އަހަރެން އިނީ ފޯނުން ވާހަކަދައްކަން ގޮނޑީގައި […]
ރޫބީ އަކީ ގައިގެ ކުލަ ދޮން އަންހެނެކެވެ. އުމުރުން ސާޅީސް އަހަރަށް ވުރެ ދޮށި ވާނެއެވެ. ޒުވާންދުވަސްވަރު ކުރި ކައިވެންޏަށް ދެތިން އަހަރު ނުވަނީސް މަސްތުވާތަކެތީގެ މައްސަލައެއްގައި ރޫބީގެ ފިރިމީހާ ޖަލަށް ލެވުނެވެ. އޭރު ރޫބީގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހުއްޓެވެ. ކޮންމެއަކަސް ފިރިމީހާ ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކުރުމުގައި ރޫބީ ދުވަސްތައް ގުނަމުންދިޔައެވެ. ހަތަރުވަރަކައް އަހަރަށް ފަހު ރޫބީގެ ފިރިމީހާ ޖަލުން ސަލާމަތް ވެގެން އައިސް ރޫބީއާއެކު އުފަލުގައި ދިރިއުޅެމުން ދިޔައެވެ. އޭނާގެ ފިރިމީހާ […]