ނޭނގި ވެވުނީ ލޯތްބޭ- 11
ރީމްވެސް އިނީ މަހެއް ބޭނޭތޯ ކެތްމަދުވެފައެވެ. އެހެން އެންމެނަށް މަސް ބޭނޭއިރު ރީމްއަކަށް އަދިއެއްވެސް މަހެ ނުބޭނެއެވެ. އެއްމަސް ނަމަވެސް ބޭނޭތޯ ރީމް އިނީ ދުޢާ ކޮށްލަކޮށްލައެވެ. ސުމެއް ކަޓުވާލެވޭތޯއެވެ. އެއްއަތުން ކަންވާރުގައި ހިފައްޓައިގެން އަނެއް އަތް ޑީންގީގައި ވިއްދައިލައިގެން އިން ރީމްގެ އަތްމަތީގައި މީހަކު ހިފާ ބަރުކޮށްލިހެން ހީވެގެން ރީމް ބަލައިލި އިރު ޔޫޝައު ރީމްއާއި ދިމާލަށް ކެމެރާ ދިއްކޮށްގެންނެވެ. ރީމް އެނބުރެލިތަނާހެން ޔޫޝައު ރީމްގެ ފޮޓޯއެއް ނެގިއެވެ. އެޅުނު ފްލޭޝްގެ ސަބަބުން މުޅިތަން އަލިވެގެން ދިޔައެވެ. ޔޫޝައުއަށް ރޭކާލީ ދެނެވެ. ލަމްނާ ކަމަށް ހީކޮށް ޔޫޝައުއަށް ހިފުނީ ރީމްގެ އަތުގައެވެ. ވަގުތުން ޔޫޝައު ރީމްގެ އަތުން ދޫކޮށްލައި އަޑުގެ ނެތް ކޮޅަށް ރީމްއަށް ގޮވިއެވެ.
“ރީމް؟! ކީއްކުރަން މިތާ ތިއިނީ؟” ޔޫޝައު ގޮވިއެވެ. ކެމެރާގެ ފްލޭޝް އެޅުމުގެ ސަބަބުން އެންމެނަށްވެސް ވީނުވީ ފަހުމުވިއެވެ.
“އަހަންނަކަށް ނުފެނޭ މިތާ ޔޫޝައުގެ ނަން ޖަހާފަ އިންތަނެއް!” ރީމް ޔޫޝައުއާއި ދިމާލަށް ބުނެލިއެވެ.
“މީ ކުރިން ލަމް އިން ތަނެއް ނޫންތަ؟” ޔޫޝައު އެހިއެވެ.
“މިހާރަކު ނެތެންނު! އަދިވެސް އަނދިރި ތެރޭ ތަނެއް ދޮރެއް ބަލާނުލާ ތިހެން އުޅޭތި!” ކުޑަ ދެކުދިން އުޅޭހެން ދެމީހުންވެސް ދިޔައީ ޒުވާބުކުރަމުންނެވެ. ލަމްނާ ފިޔަވައި އެންމެންވެސް ތިބީ ހެވިފައެވެ.
“އޭ! ކީއްވޭ މާ ހެވިފަ؟” ލަމްނާ ނާއިފްގެ ކޮނޑުގައި ޖަހާލަމުން ހިތްހަމަނުޖެހި އިން ފާޑަކަށް ވަރަށް މަޑުން ބުނެލިއެވެ.
“އައްދޯތް! ހެވޭނެ އެންނު ބަލަ އެދެމީހުން އުޅޭލެއް ލޯބިކަން!” ނާއިފް ވައިއަޑުން ބުނެލިއެވެ.
” ލޯތްބެއް ނޫން! މަޑުން ހުރޭ!” އައި ރުޅި މަތަކުރަމުން އިން ތަނުން ތެދުވެ ޔޫޝައުއާއި ދިމާލަށް އެއްޗިސްތަކު މަތިން ލާފައި ލަމްނާ ދިޔައެވެ.
“ޔޫޝައު! އާދެ އަހަރެން ގާތު އިށީންނަން!” ޔޫޝައުގެ އަތުގައި ހިފާ އޭނަ ކޮޅަށް ނަގަމުން ލަމްނާ އަމުރުވެރި ރާގަކަށް ބުނެލިއެވެ. ޔޫޝައުވެސް އިން ތަނުން ތެދުވެގެން ދިޔައީ އިތުރަށް އެތާ އިންނަން ބޭނުން ނުވާތީއެވެ.
“އޭ! މިރޭ ބާބަކިއު ހަނދަން ވާނެ ދޯ! ވަރަށް ބައިވަރު މަސްވެސް ބޭނިއްޖެއެންނު!” ތަނުގެ ހިމޭންކަން ނަގާލައި ޒިއުނީ ވަރަށް ޝައުގުވެރި ރާގަކަށް ބުނެލިއެވެ.
“އެބުނީ ތެދެއް! މިރޭ ވާނެ ކޮންމެހެނެއް ހަދާފަވެސް ބާބަކިއު ހަދަން! އެހެރަ ރަތްމަސްތަށް ހާދަ މީރެއް ވާނެޔޭ!” ޒިއުނީ ދެއްކި ވާހަކައަށް އެއްބާރުލުން ދެމުން ނާއިފް ބުންޏެވެ.
“މަންމައަށް ގުޅާފަ މި ބުނަނީ މިރުސްގަނޑު ތައްޔާރު ކޮށްފަ ބަހައްޓާށޭ! ލަމް… ލަމް މަންމަމެންނަށް ގުޅާފަ ބުނަންވީ އެންނު ރޭގަނޑު ކާން އަހަރުމެންގެއަށް އަންނާށޭ! ޔޫޝައު ބުންޏެވެ.
“ޔެސް! މި ގުޅަނީ މަންމައަށް!” އުފަލުން ހުރެ ލަމްނާ ބުނެލިއެވެ. ރީމްމެންގެ މޫޑު ސަކާރާތް ވުމުގެ އިތުރުން ނާއިފްގެ މޫޑުވެސް ސަކަރާތް ވިއެވެ. ނާއިފް އޭނާގެ ފޯނުނަގައި ލަމްނާއަށް މެސެޖެއް ކޮށްލިއެވެ.
“ލަމްނާ! ޔޫޝައު ގާތުން ތަންކޮޅެއް ދުރަށް ޖެހިލާ އިނދެބަލަ! ދެން މަންމަމެން ގެންދިޔައީމަ ކައިވެނީގެ ވާހަކަ އަޅުވާލަފާނެ!” މިހެން ލިޔެފައި ނާއިފް މެސެޖު ފޮނުވިއެވެ.
“ބަލަ… ދިސް އިސް ޖަސްޓް ޝޯ އޮފް! މަންމަމެން ކައިވަނީގެ ވާހަކަ ދެއްކިޔަސް ކިހިނެއް ވާނީ… ދެން މި ވަގުތު މެސެޖު ނުކުރާތި! ރިޕްލައިއެއް ނުކުރާނަން!” ލަމްނާ މެސެޖު ފޮނުވިއެވެ. މެސެޖު ފެނުމާއި އެކު ނާއިފް ލަމްނާ އިން ދިމާލަށް ބަލައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލައިފައި އަނެއްކާވެސް މަސްބޭނުމުގައި މަސްޢޫލުވިއެވެ.
ގަޑިން ނުވައެއް ޖަހަނިކޮށް ރަށައްދާން ނައްޓާލީ އަވަހަށް ބާބަކިއު ހަދާ ނިންމުމުގެ ނިޔަތުގައެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ދިޔަ ޑިންގީގެ ދެފަރާތުން އަރާ ލޮނުގަނޑު ތެރެއިން ރެދަންތަށް ފެންނަން ހުއްޓެވެ. ރީމް އިނީ ޑިންގީއިން ބޭރަށް އަތް ދިއްކޮށްގެން ގުދުރަތީ ރީތި ކަމަށް ގެއްލި ހުސްވެފައެވެ.
ރަށައް ލެފުމާއި އެކު ފިރިހެން ވެރިން މަސްކަނޑަން ފެށިއެވެ. ރީމްމެން ތިބީ މަސްތަކުގެ ބައިބައި ކަނޑައި މޫދަށް އުކުމުން އަންނަ ބޮޑެތި މިޔަރުތަކާއި މަޑިތަށް ބަލާށެވެ. އެހެން ތިބެފައި ހުރިހާ އަންހެންވެރިން ގެއަށް ދިޔައީ މަސްކަނޑައިގެން އަންނަން ވާއިރަށް ކެއުން ތައްޔާރު ކުރާށެވެ.
ގެއަށް ގޮސް އެއްޗެހި ބަހައްޓާފައި އެންމެންވެސް ކެއްކުމާއިގެން ކުރިއަށް ދިޔައެވެ.
“މަންމާ… މިރުސްގަނޑު ތައްޔާރު ކޮށްފިންތަ؟” އައިނާ ބަދިގޭގައި ތަށިތަށް ދޮންނަން ހުރި މަރިޔަމް ގާތު އެހިއެވެ.
“އާން! އަލަމާރީގަ ހުންނާނެ! ތިއްތަ އެދިޔައީ ސޮސެޖު ގަންނަން! ރަނގަޅު ދޯ؟’ މަރިޔަމް އެހިއެވެ.
“ދައްތާ! މާޝްމެލޯވެސް ގެންނަށްޗޭ!” ބަދިގެއަށް ވަން ޒިއުނީ ބުންޏެވެ.
“އާން! ޒިއުނީއަށް ވަރަށް މީރު އެއްޗެކޭ ދޯ! ދައްތަ ހަނދާން ނެތުނީ!” ޒިއުނީގެ ކޮލުގައި ހިފާލަމުން މަރިޔަމް ބުނެލިއެވެ.
“މިރޭ އަހަރެން ކައްކާނީ!” މަރިޔަމް ކުރިމައްޗަށް އަރައިފައި ރީމް ބުނެލިއެވެ.
“އޭ! އާލިއޯލިއޯ ހަދާބަ ޕްލީސް! ރީމް ހަދާ އެއްޗެއް ނުކާތާ މިހާރު ޤަރުނެއް ވެދާނެ!!” ޒިއުނީ އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން ބުނެލިއެވެ.
“އެބުނާހެން! ދައްތަވެސް ބޭނުން ރީމް ހަދާ އެއްޗެއް ކާން! ހަނދާންވޭތަ އައިނާ؟ ރީމް މާލެގަ އުޅުނު އިރު ރޯދަ މަހު ހަދާލާ އެއްޗިސް މަތިން؟” މަރިޔަމް ހެވިފައި ހުރެ އެހިއެވެ.
“އާން މަންމާ! ހާދަ މީރޭ!” އައިނާ ބުނެލިއެވެ.
“ރީމް އިންނާނެ މީހަކީ ވަރަށް ލަކީ މީހަކަށް ވާނެ ދޯ އެހެންމަ؟ އަބަދު އަބަދު މީރު ކާއެއްޗިސް ލިބޭނެ އެންނު!” ބަދިގެ ތެރެއަށް ވަދެގެން އައި ސުމައްޔާ އެމީހުންގެ ވާހަކައިގަ ބައިވެރި ވުމުގެ ގޮތުން ބުނެލިއެވެ. އެންމެންގެ އިތުރުން ރީމްވެސް ހޭން ފެށިއެވެ. ރީމްގެ ކައިވެނީގެ ވާހަކަ ދެއްކުމުން ރީމް ދެރަ ނުވީތީ އައިނާ ހުރީ ވަރަށް އުފަލުންނެވެ. ކަންކަން ހަމައަކަށް އެޅެނީކަމަށް އައިނާ އުއްމީދު ކުރިއެވެ. ލަސްނުކޮށް ރީމް ކައްކަން ފެށިއެވެ. އެހެން އެންމެންވެސް އެކި އެކި މަސައްކަތުގައި މަސްޢޫލުވިއެވެ.
ނާހިލްއާއި ޔޫޝައު ގޭތެރެއަށް ވަނީ މަސްތަށް ހިފައިގެންނެވެ. އޭރު ނާއިފްއާއި ޔޫނުސް ނާށި ހޯދައިގެން އެގެއަށް ވަންނަނީއެވެ. މަސްތަށް ގެނައުމާއި އެކު މަސްތަކުގައި ޅިޔަ އަޅައި މިރުސްލުމުގައި މަރިޔަމްއާއި ސުމައްޔާ އަވަދިނެތި އުޅުނެވެ.
“ތިއްތާ! އައިރީން ނިދީތަ؟” އައިނާ އެހިއެވެ.
“ނިދާނެހެން ހީވެތަ؟ އެބަ އުޅޭ މަންމަމެންގޭގަ… އަންނަ ބުނީމަ ނުވެސް އައި!” ސުމައްޔާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.
“ހެހެ… އަސްލުތަ؟” އައިނާވެސް ބުނެލިއެވެ.
ކައްކައި ހުރިހާ ކަމެއްކޮށް ނިމުނު އިރު ދިހަ ގަޑިބައިވަނީއެވެ. ފެންވަރި ތާޒާވެލައިގެން އެންމެންވެސް ތިބީ މަސްފިހެ ނިމުމުގެ އިންތިޒާރުގައެވެ. އެންމެންވެސް ތިބީ ބޭރުގައެވެ. އެބޮޑު ގޯތިތެރޭގައި “ކޮފީ ޓޭބަލް” ހަދައިފައި އޭގެ ދެފަރާތުގައި ދެ ޖޯލިފަތި ބައިންދައިފައި އިނެވެ. އިތުރަށް ގޮނޑި ބޭނުންވުމުން ކާގެއިން ގޮނޑިތަށް ގެނެސް އެއްބައިމީހުން އުނދޯލީގައިވެސް އިށީންދެގެން ތިއްބެވެ. އެވަގުތު ލަމްނާމެންގޭ މީހުން އައިސް އެގެއަށް ވަންނަނީއެވެ. ލަމްނާގެ މަންމަ ޒާހިދާއި ލަމްނާގެ ބައްޕަ މޫސާއާއި ލަމްނާ އައިސް އެގޭ ޖޯލިފަތީގައި އިށީންދެލިއެވެ. ލަމްނާ ހުރީ އޭނަ މަންމަ ގާތު ކޮޅަށެވެ. މަރިޔަމާއި ހަސަންވެސް އައިސް އަނެއް ޖޯލިފަތީގައި އިށީންދެލިއެވެ. ޔޫޝައު އައިސް ލަމްނާ ގާތު މަޑުކޮށްލައި އޭނައަށް ގޮނޑިއެއް ދީފައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މި މަންޒަރު ފެނި ޒާހިދާއި މޫސާގެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ފާޅުވިއެވެ. ޔޫޝައު ވެސް ގޮނޑިއެއް ހިފައިގެން އައިސް އޭނަ ބައްޕަ ގާތު އިށީންދެލިއެވެ.
“ޒާހިދާ… ހާލު ކިހިނެއް؟’ މަރިޔަމް އެހިއެވެ.
“އަލްހަމްދުލިއްލާހި… ކުރިއަށް ވުރެ ރަނގަޅު!” ޒާހިދާ ބުންޏެވެ.
“ލަމްނާ ވަރަށް ދައްކާނެ ޔޫޝައުގެ ވާހަކަ! މިއަދު ހަތަރު ދަމު ޔޫޝައުގެ ރަނގަޅު ވާހަކަ ދެއްކީ!” މޫސާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ދެން ބައްޕާ!” ލަދުން އިނދެ ލަމްނާ ބުނެލިއެވެ.
“އަހަންނާއި ޒާހިދާ މިކަމަށް ވަރަށް ވިސްނިން… އަހަރުމެންނަށް ފެންނަ ގޮތުގަ ލަމްނާ އަކަށް ޔޫޝައުއަށް ވުރެ ރަނގަޅު ފިރިއެއް ނުލިބޭނެ! އަހަރެން މި ކައިވެންޏަށް ރުހި ގަބޫލު! ހަސަނުމެންވެސް ބޭނުންވާ ހެން އަހަރުމެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން!” މޫސާ އޭނާގެ ނިންމުން އިއްވާލިއެވެ. ހަސަނާއި މަރިޔަމް އެކަކު އަނެކަކަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
“މަރުހަބާ! އައިނާގެ ކައިވެނި ނިމެ ކަންތަށް ހަމައަކަށް އެޅުނީމަ ދެން ޔޫޝައުއާއި ލަމްނާގެ ކައިވެންޏާ އުޅޭނީ! އެ ގޮތް ރަނގަޅުތަ؟” ހަސަން އެހިއެވެ.
“އާން! އެންމެ ރަނގަޅު!” މޫސާ ބުންޏެވެ.
“އަމްމް! އަޅުގަނޑު އެބައޮތް ވާހަކައެއް ބުނެލަން! މީ އަޅުގަނޑު ފަހަރެއްގަ ޖެހިދާނެ މި ޗުއްޓީ ނިންމާފަ ތިންވަރަކަށް މަސްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމަކަށް ކޮންމެވެސް ރަށަކަށް ދާން!” ޔޫޝައު ބުނަން ނުބުނަން އިނދެފައި ބުންޏެވެ. މަސް ފިހާތާގައި އިން ރީމްއަށް މިހެން ބުނި އަޑުއިވެ އުފާވިއެވެ. ލަމްނާއާއި ޔޫޝައުގެ ކައިވެނި ތަންކޮޅެއްވެސް ލަސްވާން އުޅޭތީއެވެ. އޭރަށް ރީމްއަށް ހެކި ހޯދައި އެކަން ޔޫޝައުއަށް ސާބިތު ކޮށްދިނުމަށްޓަކައި އިތުރު ވަގުތު ލިބުނީއެވެ.
“ޔޫޝައު… އެއްވެސް ގޮތަކަށް ފޯސްކުރާކަށް ނޫން މިއުޅެނީ އިނގޭ… އެކަމު މިހާރު ތިހެން ކިތަށް ދުވަހު އުޅެވިއްޖެ؟ ކައިވެނި ކޮށްގެންވެސް ޓްރެއިނިންގއަށް ދެވިދާންނު!” ޒާހިދާ ބުނެލިއެވެ. އެމީހުންދައްކާ ވާހަކަ ކަނުލާ އަޑުއަހަން އިން ރީމްއަށް ތުން އަނބުރާލެވުނެވެ.
“އޮފީހަށް ގުޅާލާފަ ވާނުވާއެއް އަންގާލާނަން!” ޔޫޝައު ހިނިތުންވުމަކާއިއެކު ބުންޏެވެ.
“ކޮން ވަޒީފާއެއްގަ އުޅެނީ؟” މޫސާ އެހިއެވެ.
“ފޮޓޯ ސްޓޫޑިއޯ އެއްގެ ސީނިއަރ ފޮޓޯގްރަފަރެއް އަޅުގަނޑަކީ!” ޔޫޝައު ބުނެލިއެވެ. މިހެން ވާހަކަ ތަކުގައި އެންމެންވެސް ތިއްބައި މަސްފިހެ ނިމިއްޖެއެވެ. މޭޒުމަތީގައި “އާލިއޯލިއޯ” އާއި “ގާލިކް ބްރެޑް”ގެ އިތުރުން ސޮސެޖުވެސް ފިހިފައި ހުއްޓެވެ. ތައްޓަށް ކޯކު އަޅަން ހުރި ރީމްވެސް ކާން ފެށިއެވެ.
“ހާދަ މީރޭ މި އާލިއޯލިއޯ! ހަމަ އެއްވަނަ! މަންމަ އަބަދުވެސް މިހެން ހަދާނަމަ!” ޔޫޝައު ބުނެލިއެވެ.
“ހަހަ! ވަރަށް މީރު ދޯ! މަންމައެއް ނޫނޭ ރީމްއޭ ހެދީ! ރީމްގެ އަތުގެ ޖާދުތީ!” މަރިޔަމް ހެވިފައި ހުރެ ބުނެލިއެވެ. އަނގަޔަށް ލާން އުޅުނު އޫވެސް ނަގައި ތަށީގައި ބައިންދައިފައި ޔޫޝައު ރީމްއާއި ދިމާލަށް ބަލައިލިއެވެ. އަދި ހީނލިއެވެ. ޔޫޝައު ހީނލުމުން ރީމް ވަރަށް އުފާވިއެވެ. އަދި ރައްދުގައި ރީމްވެސް ހިނިތުންވެލިއެވެ. ޔޫޝައުގެ ހިތުގައި ރީމްއަށްޓަކައި ވާ ރުޅި މަޑު މަޑުން ނެތިންގެ ދާ ކަމުގެ ނިޝާނެއް ރީމްއަށް ފެނުނީއެވެ. ރީމް ހެދި އާލިއޯލިއޯ ކަން އެނގުމުން ލަމްނާ ކާހިތް ކެނޑުނެވެ. ކޯކުތަށި ބޯލުމަށްފަހު ތަށި ބަހައްޓަންދާން ހިނގައިގަތެވެ.
“ކައި ނިމުނީތަ؟” ލަމްނާ ތެދުވެގެން ދާތަން ފެނުމުން ޔޫޝައު އެހިއެވެ.
“އާން! ބަނޑު ފުރިއްޖެ!” ލަމްނާ ފުހި ވެފައި ހުރި ފާޑަކަށް ބުނެލިއެވެ. އެރޭގެ ކެއުން ނިމުނީ އެންމެންވެސް ހީ ސަކަރާތް ޖެހުމުގައި ތިއްބައެވެ. ތަށިތަށް ދޮންނަން ހުރި ރީމް ވަރުބަލިވެ އޭނާގެ ދެލޮލަށް ނިދި ސަވާރުވާން ފެށިއެވެ.
“ހުވާ މިބުނީ! އެ ލަމްނާގަނޑު އަވަހަށް ފިލީ އެއްވެސް މަސައްކަތެއް ނުކޮށް! ޔޫޝައުއާ އިންނަން އުޅެންޏާ ޖެހޭނެ ތޯއްޗެއް މިގޭ ކަންތަށް ކޮށްދެންވެސް!” ތަށިތައް ހިފައިގެން އައި ޒިއުނީ އޭނާގެ ޝަކުވާތަށް ބަންޑުން ކޮށްލިއެވެ.
“ޒިއުނީ! އަދިއެއް އޭނަ މިގެއަކަށް އުޅޭކަށް ނާދެއެންނު!” ރީމް ބުނެލިއެވެ.
“ރީމްއަށް ވާ ސާބަސް! ލަމްނާއޭ ކިޔައިގެން އެއްޗެކޭ ބުނީމަ ރުޅި އައީތަ؟ ތިހެން ވެއްޖިއްޔާ ތަށިތަށް ބަހައްޓާފަ އާދޭ ނިދަން ދާން! އަހަރުމެންވެސް ނުޖެހޭނެ މަސައްކަތް ކުރާކަށް!” ރީމް ދޮންނަން ހުރި ތަށި އޭނައަތުން ނަގަމުން ޒިއުނީ ބުނެލިއެވެ.
“ދެން ޒިއުނީ! ލަމްނާވީމައެއް ނޫނޭ! އެހެން މީހަކުވިޔަސް އަހަރެން ހަމަ ބުނާނީ ތިހެން!” ރީމް ޒިއުނީއަށް ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.
“ނޫނޭ ރީމް! ތިހާ ކައިންޑް ވިޔަސް ބޮޑުވަރު ކަންނޭނގެ… އަދި އަމުދުން އެ ލަމްނާއަށް! ރީމް ވަރުގެ މީހެއް ނުހުންނާނެ!” ޒިއުނީ މިހެން ބުނެފައި ބޭރަށް ނުކުންނަން ހިނގައިގެތެވެ. ހުރިހާ ކަމެއްވެސް ހަމައަކަށް އެޅި އެންމެންވެސް ނިދަން އޮށޯތުން އިރު ގަޑިން ބާރަޖަހަން ގާތްވާނެއެވެ. ރީމްމެންވެސް ވެފައި ހުރި ވަރުބަލިކަމުން އަވަހަށް ނިދަން އޮށޯތެވެ.
ޔޫޝައު ނިދާކަށް ނޫޅެއެވެ. އޭނަގެ ކެމެރާއާއި ލެޕްޓޮޕު ހިފައިގެން ޔޫޝައު އިނީ މިރޭ ނެގި ފޮޓޯތަށް ބަލައި ލެޕްޓޮޕަށް ފޮޓޯތަށް އަޅާށެވެ. އެހެން ފޮޓޯތަށް ބަލަމުން އިންދައި ޔޫޝައުއަށް ފެނުނު ފޮޓޯއަކުން އޭނައަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Hey me first dhw….rayaa mi part ves varah salhi….. keep up the good work …. stay safe dear ?
Mi part vx vvvvvvvv reethi ma Sha Allah ? kaaku ge pht akah baa ebalaalevunii??? Dhnhbinh part kiyanee kehmadhu vefa mi inii when next part….Nd keep it up dear? my?
awwn… thanks saaya… maadhama next part genesdheynan 🙂 keep waiting dear 🙂
Hey raayaa mi part ves varah salhi…. may god bless u ❤
Hey raaya sis???… Remember me?? Luv this stry n u soooooo much ingey sisssyyyyy❤️????. Whn nxt dearrr? Curiously waiting for the nxt part sisssooo?????❣️?
Awwnn thank you sooo much sis ge darling? how can i forget you!!❤❤ 12 vana bai submit kohlaifin ingey… luv u vvvv much yanko❤❤❤
Alheyyyyy?❣️?… U re wlcm yanko ge lwbi raayoo sisooo???… Luv u more nd more nd morrreeeee sisssyyyyy???
awwwn thanks yanko 🙂 luv yah
Varah reethi mi part ves curiously waiting for the next part ☺️☺️☺️
vrh bodah shukuriyya starlight vixx
12 vana bai submit kohlaifin 🙂
Hey raya mi part ves varah salhi….. curiously waiting for the next part .. may god bless u …. appreciate your hard work love u ?
Kobaa thr next part??
submit kohffa innaany… site in upload kurihaa avahakah kiyaalan libeyene
Alhey adhivs nulibe… can’t wait ?????Mihaaru Mi vaahaka ah rangalhah vs moya vefa Alhugan mihury??????????
alheyyy… raaya keehkuraany dear…12 vana bai vx day before yesterday submit kohgen miulheny and miadhu hedhunu innaane 13 vana bai vx e ah add kohfaa vaahaka up nuvaathyve! 🙁 awwn thank u soo much for the comment 🙂 vrh ufaa vehjje vaahaka kamudiyaeema
Mi part ves vrh Sali
Anehen cmnt nukuriyas stry kiyan ingey
Waiting for next
Luv uuu
awwn thanks ril darling 🙂
vrh ufaavehjje vaahaka kiyaakan engunyma 🙂
in sha allah vrh avahah kiyaalana libeyne luv u moree