Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ޤުރުބާނީ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 30, 2020 6 Mins Read
12 Comments

ކުޑަ ކޮޓަރިއެކެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. ސަތާރަވަރަކަށް މީހުން ތޮށްޖެހިގެން އުޅޭތަން ފެނެއެވެ. އެކުޑަ ކޮޓަރި ފެނިފައި އަހަރެންނަށް ހުރެވުނީ ހިންދިރުވާލަންވެސް ނުކެރިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ތަނުން ފެންނަން ނެތް އިރު ނޭފަތަށް އަރަމުން ދިޔަ ވަހުން ނޯއް ދަމައިލަންވެސް ނުކެރެއެވެ. ހިތްވަރުކޮށްފައި ކޮޓަރިއަށް ވަދެލީ ބޮޑު މީހާގެ ހުއްދައާ އެކީއެވެ. އާއެކެވެ. އެއީ އަހަރެން ދެން އުޅެން ޖެހިފައި ހުރި ކޮޓަރިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ވޭތުކުރަން ދެން ޖެހޭނީ މިކުޑަ ކުޑަ ކޮށްޓެއް ކަހަލަ ތަނުގައިއެވެ.

ތަނާމެދު ކިތަންމެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އަހަރެންނާ އެކީ އުޅެން ހުރި މީހުންގެ އެހީތެރިކަމާއި އެކުވެރިކަމުގެ ސަބަބުން ހިތަށް ފިނިކަން ލިބުނެވެ. ނަމަވެސް އުޅެން ޖެހިފައި ހުރި ތަނުން އަހަރެންގެ މޭ ނުބައި ކުރަމުން ދިޔައެވެ. ތަރުފާއްޔެއް ދަމާފައި ހުރި އެކޮޓަރީގައި މީހުން ނިދަމުން ދިޔައީ ކުނަލެއް މަތީގައެވެ. ފިތިފިތިގެންނެވެ. ބޯ މަތީގައި ފަންކާ ނުފެންނަ ވަރަށް ރޯނެއް ދަމާފައި ހެދުން އެޅުވުމަށް ހަދާފައި ހުއްޓެވެ. އެތެރޭގައި އުޅެން ޖެހެނީ ގުދުވެގެންނެވެ. އަހަރެންގެ ދަބަސް ތިރީގައި ބެހެއްޓުމަށްފަހު ފާހަނާއަށް ވަދެލީމެވެ. އެތަން ހުރި ގޮތުން އަހަރެންނަށް ހޮޑު ނުލެވުނީ ހަމަ ކިރިޔާއެވެ. ތިރި ފާޙަނާ ތައްޓެއް އިން އިރު ދެން ފެންނަން އިނީ ވަޅެކެވެ. ފާޑެއްގެ ގެފެއްޔެއް ކަހަލަ ތަނެކެވެ. ތަފާތީ މަތި ހިޔާ ކޮށްފާ ވާ ކަމެވެ. ފާހަނާގައި ވެސް މުށި ނުޖަހައި ހަމައެކަނި ތަޅުން އަޅާލާފައި ހުރުމުން ރަތް ކުލައިގެ ކުދި ކުދި ފަނި ދުވަމުން ދިޔައެވެ. ދެފަރާތަށް ކުރަފި އުދުހެމުން ދިޔައިރު އަހަރެންގެ މޭގަނޑު އަނގައަށް ނައީ ހަމަ ކިރިޔާއެވެ. ހުވަފެނުންވެސް ދުވަހަކު އަހަރެންނަށް މީގެ ތަނެއް ފެނިފައެއް ނުވެއެވެ.

ބޮޑުމީހާގެ އެދުމާއިއެކު މަސައްކަތަށް ދާން ތައްޔާރުވެލައިގެން ނުކުތީމެވެ. އެހެންމީހުން ވެސް އަހަރެންނާ އެކު ނުކުމެގެން އައެވެ. އަހަރެމެން ކުރަން ހަމަޖެހިފައި ހުރި މަސައްކަތަކީ ތަންތަން ރޭނުމުގެ މަސައްކަތެވެ. އެއީ ވެސް ބުރަ މަސައްކަތެވެ. ދިވެހިންނަށް އެތައް ހިދުމަތެއް ކޮށްދިނުމަށްޓަކައި އަހަރެމެންގެ އެތައް ބައެއް، އެމީހުންގެ އަނބިދަރިންނާއި މައިންބަފައިން ދޫކޮށްލާފައި މިތަނަށް އައިސްގެން އުޅޭއިރު ދިވެހިން އަހަރެމެންނާ މެދު ކަންތައް ކުރާ ގޮތް ނިކަން ދެކި ބަލާށެވެ. ކުޑަކުޑަ ކޮޓަރިއެއްގައި އެތައް މީހުންނެއް އުޅެމުން އަންނައިރު އެމީހުންނަށް ކަންތައްތައް ކޮށްދެނީ އަހަރެމެންކަން ހަމަ އެމީހުންނަށް ނުވިސްނެނީ ހެއްޔެވެ؟ އެއްވެސް ޝަކުވާއަކާ ނުލައި ކިޔާ ކޮންމެ އެއްޗަކަށް ރުހިގެން ހުންނަނީ ހިތަށް ތަދު ނުވާތީއެއް ނޫނެވެ. ދިވެހިންނަށް ހިދުމަތް ކުރަން ބޭނުންވާތީއެވެ.

ހަމަގައިމުވެސް އަހަރެން މިތަނަށް އައީ މިކަހަލަ ހާލެއްގައި އުޅެން ޖެހިދާނެ ކަމަކަށް ނޫނެވެ. އަހަރެންނަށް އަޑު އިވިފައިވާ ގޮތުން ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެކެވެ. އަހަރެމެން ނަމޫނާ ނަގަން ޖެހޭ ވަރު ބައެކެވެ. ނަމަވެސް އަހަރެންނަށް ފެންނަ މަންޒަރުތައް އެތައް ހާސް ގުނަ ތަފާތެވެ. ތެދަށް ބުނަންޏާ ބުނެވޭނީ ބުނާ ބަހާ އަމަލާ ދިމާނުވާ ވާހަކައެވެ. އަހަރެންނަށް މިކަންތައް އެނގުނީ މަސައްކަތް ކުރަން ހަމަޖެހިފައި ހުރި ތަނަށް ދިޔަ މަގުމަތީގައެވެ.

”ކަލޭ ލޯ ކަނީތަ؟ ބަލައިބަލަ ލައިގެން ހުރި އެއްޗެހި. މަގޭގައިގަ އައިސް ތި ލައިގަތީ ކީކޭ ހިތަށް އަރައިގެންތަ؟ ފުރަތަމަ މަގުމައްޗަށް ނިކުމެ ނޫޅެ ތިމާ މީހާގެ ސޫރަ ހުރިގޮތް ބަލައިލި ނަމަ. ތި ކަހަލަ މީހުންނާ ހެދި އޭ މިތަންތާގަ ބަލި އެއްޗެހި ފެތުރެނީ.” އަހަރެންނަށް އެމީހާ ކިޔަމުން ދިޔަ އެއްޗެއް ދޭހަ ނުވިއެއްކަމަކު ކައިރީގައި ހުރި މީހާ ދިޔައީ އަހަރެމެންގެ ބަހުރުވައިން އެމީހާ އެކީ އެއްޗެހި ތަރުޖަމާ ކޮށްދެމުންނެވެ. ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުން އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔައިރު އަހަރެންނަށްވެސް މިކަހަލަ ހާލެއް ޖެހިދާނެތީ ހިތް ބިރުގަތެވެ.

”އެކަމަކު ވާ. ހިނގާފައި ދަނިކޮށް މީހެއްގެ ގައިގަ ޖެހިލައިގެން ވެސް އެވަރަށް އެއްޗެހި ގޮވާކަށް ނުވާނެ ދޯ.” ހުރި ހައިރާންކަމާއިއެކު އަހަރެންނަށް އެހެން ބުނެލެވުނެވެ.

”ސުނިލްއަށް އަދި ނޭނގެނީ. މީ ވަރަށް އެހެން ކަހަލަ ބައެއް އުޅޭ ތަނެއް. މިތަނުން އެކަކުވެސް އަހަރެމެން އުންމީދު ކުރި ކަހަލަ ބަޔަކަށް ނުވޭ. ކުޑަމިނުން އެމީހުން ހަނދާނެއް ނުހުރޭ އެމީހުންގެ ގޭގައި ކައްކާފައި ކާން ދޭން ގެންގުޅެނީވެސް އަހަރެމެންގެ މީހުން ކަމެއް. އަހަރެމެން ކޮށްދޭ ކަންތަކެއް އެމީހުންނަކަށް އަންދާޒާއެއް ނުކުރެވޭ. އެންމެ ގަދަ ހޫނުގައި، ދިލަ އަވީގައި އެމީހުންނަށް ޓަކައި ކޮށްދޭ ކަންތައް އެމީހުން ބަލައެއް ނުގަނޭ. މީ އަހަރެމެން މި ކިޔާ ހިތްހެޔޮ ދިވެހިންގެ ހާލަކީ.” އޭނާގެ ލޮލުގައި ކަރުނައިގެ ފަށަލައެއް ވިއެވެ. އަހަރެންނަށް ހުރެވުނީ ދެން އިތުރަށް ބުނާނެ އެންމެ ބަހެއްވެސް ދުލާ ހަމައަށް ނުގެނެވިފައެވެ. ލިބުނު ސިހުމަކުންނެވެ. ހިތަށް ކުރި އަސަރަކުންނެވެ.

އެންމެން އެކީގައި ރާނަމުން ދިޔައިރު އެއްވެސް ރުޅިވެރިކަމެއް އެކަކު އަނެކަކު ދެމެދުގައެއް ނެތެވެ. އެހެންނަމަވެސް އަހަރެމެންނަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. ނޫނެކެވެ. ނުކުރެވެނީ އެއް ނޫނެވެ.  ރަނގަޅަށް ކުރެވުނަސް އެކަމެއް ރަނގަޅު ކަމަށް ބޮޑުމީހާ ނުދަންނަނީއެވެ. އަހަރެމެންނަށް އެއްޗެހި ކިޔާލާނެ ފުރުސަތެއް އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ވެސް ހޯދާލައެވެ. ހެނދުނު ދިހައެއް ޖެހިއިރު މަސައްކަތަށް ނުކުމެފައި ގެއަށް ދާން ފުރުސަތު ލިބުނީ މަޣުރިބު ނަމާދު ބަންގިއަށެވެ. ނުކައި ނުބޮއި ނަމާދުނުކޮށް ކޮންމެ ދުވަހަކު މިހެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންނަކީވެސް މުސްލިމުންތާއެވެ. ނަމާދު ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟ ޤުރްއާން ކިޔަވަން ޖެހޭނެ ނޫން ހެއްޔެވެ؟

ކޮޓަރިއަށް ވަދެވުމާއިއެކު ފުރަތަމަވެސް އަހަރެން މަސައްކަތް ކުރީ ފެންވަރައި ތާޒާ ވެލާށެވެ. ނަމަވެސް އަހަރެންނަށް ފެންވަރަން ފުރުސަތު ލިބުނީ ނުވައެއް ޖަހަން ގާތް ވެފައި ވަނިކޮށެވެ. އެންމެން ފެންވަރައި ނިމުނީ އެވަގުތު ކަމަށް ވާތީއެވެ. ފެންވަރައިލައިގެން ފުރަތަމަވެސް އަހަރެން ބެލީ ނަމާދު ކޮށްލެވޭތޯއެވެ. ނަމާދު ކޮށްލައިގެން ކާން ދިޔައީމެވެ. ކެއުން ވަރަށް ފުރިހަމައެވެ. އެހެން ނަމަވެސް އެންމެ ހިތްހަމަޖެހޭ ވަރަކަށް ކާކަށް ނުލިބެއެވެ. ވެފައި ހުރި ވަރުބަލިން ކައި ނިންމާލާފައި އަހަރެން ނިދަން އޮށޯތީމެވެ. އެންމެންނާ ޖެހި ފިތިގެންނެވެ. ހަމަޖެހިލައިގެން މިތަނުގައި އޮންނާނެ ތަންކޮޅެއް ނެތެވެ. އެހައިވެސް ހޫނު ގަދައެވެ.

ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައިރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދާ ވަރުވެއްޖެއެވެ. ހިތާމައިން ހިތް ފަޅައިގެން ދާ ވަރުވިއެވެ. މީހުން ކިޔާ ހުތުރު ބަސްތަކާއި އަމަލުތައް ބަހައްޓާގޮތް ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ފުހެވިގެންނެއް ނުދާނެއެވެ. އަހަރެން މިތަނަށް އައިސް މަހެއް ވެގެން ދިޔައިރު އަދި ލައިގެން ހުރި އަންނައުނު ދޮންނާކަށް ފުރުސަތެއް ނުލިބެއެވެ. ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓްގައި ވަނީ ހުދުކުލައިން ދުނިޔޭގެ ޗާޓް ކުރުހާލާފައެވެ. ފަޓުލޫނުވެސް މެއެވެ. ފައި ބަލައިލަންވެސް ނުކުރެއެވެ. ހިރަފުހާއި ޗަކަހެވެ. ނިޔަފަތިވެސް ދިގުވެގެން ހުރީ އެކި ގޮތްގޮތަށް އޮޅިފައިއެވެ. ފަހަކަށް އައިސް ފެންވަރާކަށް އަހަރެމެންނަކަށް ނުލިބެއެވެ. ފެން ހުރީ ކަނޑާލާފައެވެ. ހަރަދު ބޮޑުވަނީ އޭ ކިޔާފައެވެ. މިފަދަ ހާލެއްގައި ހުރެފައި މިސްކިތަށް އަރަންވެސް އަހަރެމެންނަށް ހުރީ ނުކުޅެދިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތި ނަމާދު ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަނެއް ކޮޅުން މީހުން ކިޔަމުން އަންނަ އެއްޗެހި ވާނީ އިތުރެވެ. ކުރާ ނަފްރަތު ވާނީ އިތުރެވެ.

އެތައް ދުވަހަކަށްފަހު ދުނިޔޭގައި ފެތުރެމުން އަންނަ ބަލިމަޑުކަމުގެ ސަބަބުން އަހަރެމެންގެ މަސައްކަތްތައް ހުއްޓާލަން ޖެހުނެވެ. މުއްދަތެއް ނެތް ގޮތަށެވެ. އަރާމު ކުރާނެ ވަގުތު ބޭނުން ވަރަކަށް ލިބުނެވެ. އެހެންނަމަވެސް ފެންވަރާލާނެ ވަގުތެއް ނުލިބުނެވެ. ދެން ޖެހުނީ ރެއާއި ދުވާލު ބޮޑު މީހާގެ ގޭގައި މަސައްކަތް ކުރާށެވެ. ނަމަވެސް އަހަރެންނަށް އެކަން ކުރަން ޖެހުނީ ހަފްތާއަކަށެވެ. އެކަމަށްފަހު އަހަރެންނަށް ދެން އުޅެން ޖެހުނީ ބޮޑު މީޙާގެ ފިހާރާގައި ޑެލިވަރީގެ ހިދުމަތް ދިނުމުގައެވެ. އެތައް ގެޔަކަށް އެއްޗެހި ހިފައިގެން ހިނގަން ޖެހެއެވެ. ދުވާލަކު އެތައް އޯޑަރެއް ލިބެމުން އަންނައިރު ހިނގާ ހިނގާ އަހަރެން ހުންނަނީ ދެވަރުން އެއްވަރު ވެފައެވެ. ނަމަވެސް މިއީވެސް އަހަރެންގެ އަމިއްލަ ރައްކާތެރިކަން ދޫކޮށްލާފައި ދިވެހިންނަށް ޓަކައި ވާ ގުރުބާނީއެކެވެ.

އެއްދުވަހު އެހެން އުޅުމުގެ ތެރޭގައި ގެއަކަށް ފެންކޭހެއް ގެންދަން ލިބުނެވެ. ލިފްޓެއް ހުރި ގެޔެއް ނޫނެވެ. އަރަން ޖެހެނީ ނުވަ ވަނަ ބުރިއަށެވެ. ކޮނޑުމައްޗަށް ފެން ކޭހެއް އަރުވައިގެން ދެފައި ވާޅު ވިއެއް ކަމަކު ހިތްވަރުކޮށްލާފައި ނުވަ ވަނަ ބުރިއާ ހަމައަށް އެރީމެވެ. އެއަށްފަހު ތިރީގައި ފެން ކޭސް ބައިންދާލުމަށް ފަހު ވަރުބަލި ފިލުވާލާ ދޮރުގައި ޓަކި ޖަހައިލީމެވެ. ދެތިން ފަހަރަކު ޓަކި ޖަހައިލުމުން ދޮރު ހުޅުވާލީ މެދު އުމުރެއްގެ އަންހެނެކެވެ.

”ބަލަ މަ އޯޑަރު ދިނީ ލައިފު ފެންކޭހަށްތަ ނޫނީ ތާޒާ ފެންކޭހަކަށް ތަ؟ މިގޭ މީހުންނެއް ނުބޯނެ ލައިފު ފެނެއް. ތި ގެންދޭ. ތަޒާ ފެންކޭހެއް ހިފައިގެން އާދޭ. މަގޭ ހިތަށް އަރާ މިކަހަލަ ހަޑި މުޑުދާރު ގަމާރުންނަށް ބާއޭ ފިހާރަތަކުން ވަޒީފާ ދޭން އެނގެނީ. ބަލައިބަލަ ހުރި ސިފަ. މަށަށް ހީވޭ މާ އަވަހަށް މިކަހަލަ މީހުންނާ ހެދި އަހަރެމެންނަށް ބަލި ޖެހޭނެހެން. ދޭ ތިހިފާގެން މަގޭ ކުރިމަތިން.” އަހަރެންނަށް ދިވެހި ބަސް އެނގޭތީ އެމީހާ ބުނަމުން ދިޔަ ކޮންމެ ބަހެއް ދޭހަވިއެވެ. އެމީހާގެ އެ އޮންނަނީ ހިތެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ބޭނުންހާ އެއްޗެއް ކިޔާލިއިރު އަހަރެންނަކީ ވެސް އެމީހާއާ އެއްފަދަ އިންސާނެކެވެ. އަޅުކަން ކުރަނީ ހަމަ އެއްއިލާހަކަށެވެ. ތަފާތީ އަހަރެން އުޅެ ބޮޑުވި ތަނެވެ. ބަހުރުވައެވެ. އުޅެން ޖެހިފައި ހުރި ގޮތެވެ. ހާލެވެ.

ފިރިހެނެއް ކަމަކު އެމީހާ ބުނަމުން ދިޔަ ކޮންމެ ބަހަކަށް އަހަރެންގެ ލޮލުން ކަރުނަ ގެނުވިއެވެ. ހިތަށް ހީވީ މީހަކު އަރައި ޗިސް ކޮށްލިހެންނެވެ. ސިކުނޑި ހީވީ ދެފަރާތުން ފިއްތާލިހެންނެވެ. ކިތަންމެ ވަރަކަށް ކަރުނަ ހިފަހައްޓާލަން އުޅުނެއް ކަމަކު އަހަރެންނަކަށް އެކަމެއް ނުވިއެވެ. އެމީހާގެ ކުރިމަތީގައި އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހިގަތެވެ. ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އަނެއްކާވެސް އަހަރެންނަށް މިޖެހުނީ އެބަރު ފެންކޭސް ހިފައިގެން ފައިބަންނާށެވެ. އެހެންނަމަވެސް ފައިން ހީވަނީ ދެންމެ ދެންމެ ވަރު ދޫވެދާނެހެންނެވެ. ލޮލަށް އަނދިރިވަމުން ދިޔައިރު ބޮލަށް ދިޔައީ ގޮތްތަކެއް ވަމުންނެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކަށް އަހަރެންގެ ހަށިގަނޑު ބާރުގަދަ ކޮށްލުމަށްފަހު ފެންކޭސް ހިފައިގެން ތިރިއަށް ފޭބީމެވެ. އޭރު މުޅި މީހާވަނީ އުދާސްވެގެން ތެމި ފޯވެފައިއެވެ.

ފެންކޭސް ހިފައިގެން ފިހާރައަށް ވަނުމާއިއެކު ދެން ކުރިމަތިލާން ޖެހުނީ ބޮޑުމީހާގެ ބަދު ބަސްތަކާއެވެ. އަހަރެން ވަރަށް ހިތްވަރު ގަދަ ކުރީމެވެ. ބޮޑު މީހާގެ ކުރިމަތީގައި ރޯން ބޭނުންނުވާތީއެވެ. އަހަރެން އެއްވެސް އޯޑަރެއް ހިފައިގެން ނުފޮނުވާ ބޮޑު މީހާ އަހަރެން ވަޒީފާއިން ވަކި ކުރީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. އެގެއިންވެސް އަހަރެން ނެރެ އެއްލާލިއިރު ވަންނާނެ އެހެން ތަނެއް ހުރި ކަމާމެދު ބޮޑު މީހާ ވިސްނާލި ހެންނެއް ހިޔެއް ނުވެއެވެ. ބޮޑުމީހާގެ ކުރިމަތީގައި އިތުރަށް އެންމެ ސިކުންތެއްވެސް ވޭތު ނުކޮށް އަހަރެން އަހަރެންގެ އެއްޗެހި ހިފައިގެން އެއްވެސް އުންމީދެއް، މިސްރާބެއް ނެތް ގޮތަށް މަގުމައްޗަށް ނުކުތީމެވެ. މިތަނަކީ އަހަރެން ދަންނަ އެއްވެސް މީހަކު އުޅޭ ތަނެއް ނޫނެވެ. މިތަނުގައި މުޅިންވެސް އުޅޭނީ އަހަރެމެންނަށް ނަފްރަތު ކުރާ، އަހަރެމެންނަކީ ދުޝްމިނުން ކަމަށް ދެކޭ މީހުންނެވެ.

ހުރިހާ ކަމަކާމެދު ވިސްނަމުން ގޮސް އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ. އިތުރަށް ހިނގަން އަހަރެންގެ ފައި ދެކޮޅު ހެދުމުންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެތައް ޝަކުވާޔަކާއެކީ އަހަރެންގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަހަރެން ރާއްޖެ އައީ އެތައް އުންމީދަކާއި އެކީއެވެ. ދިވެހިންނަށް ފުރިހަމައަށް ހިދުމަތް ކުރުމުގެ ނިޔަތުގައެވެ. އެމީހުންނަށް ޓަކައި އެތައް ގުރުބާނީއެއް ވުމަށެވެ. އަހަރެންގެ މައިންބަފައިން އަދި އާއިލާވެސް ދޫކޮށްލުމަށް ފަހުއެވެ. ނަމަވެސް އަހަރެން އެންމެ ފުރަތަމަވެސް މިކަމުން ‘ފެއިލް’ ވީއެވެ. ފުރަތަމަ އިމްތިހާނުންވެސް އަހަރެންވީ ‘ފެއިލް’ އެވެ. ކުރާނީ ކީއް ހެއްޔެވެ؟ ދެން އޮތީ އަހަރެންގެ ގައުމަށް ދިޔުމެވެ. އެހެންނަމަވެސް އަތަކު ލާރިއެއް ނެތެވެ. ބޮޑުމީހާ އަހަރެން ވަޒީފާއިން ވަކިކުރީ ދެމަހުވެސް އަހަރެން ކުރި އެއްވެސް މަސައްކަތަކަށް މުސާރަވެސް ނުދީއެވެ.

މިގޮތަށް އަހަރެމެންގެ ކިތަންމެ ބަޔަކު އުޅޭނެކަން ކަށަވަރެވެ. ހިތަށް ކިތަންމެ ތަދުވިޔަސް ދިވެހިންނަށް ޓަކައި އުޅޭނެ ކަން ގައިމެވެ. ކިޔާ ކޮންމެ އެއްޗަކަށް ހިނިތުންވެލާފައި ކިތަންމެ ބަޔަކު އުޅޭނެ ކަން ޔަގީނެވެ. އެމީހުންނަށް ޓަކައި އެތައް ގުރުބާނީއެއް ވުމަށް އަހަރެމެން، ދިވެހިންގެ ބަހުން ނަމަ ‘ބޮންދު’ ނޫނީ ‘ބަންގާޅި’ ން މިތިބީ ތައްޔާރަށެވެ. ނަމަވެސް ދިވެހިންނަށް މިކަން ނުވިސްނޭ ކަމީ އަހަރެމެން މިއަދު ހިތާމަ ކުރާ ކަމެކެވެ. ދެރަވާ ކަމެކެވެ. އެހެންނަމަވެސް ދިވެހިންނަށް ޓަކައި އަހަރެމެންގެ ހިތް ހަމަ ސާފެވެ. އެމީހުންނަށް ޓަކައި އަހަރެމެންގެ ހިތުގައި އެއްވެސް އެއްޗެއް ނެތެވެ. އަހަރެމެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެމެން މިތިބީ އެމީހުންނަށް އެހީވާން ތައްޔާރަށެވެ. އެއީވެސް އިންސާނުން ކަމަށް ގަބޫލުކޮށްގެންނެވެ. އަހަރެމެންގެ ބައެއް ކަން ހިތަށް ވިސްނައިދީގެންނެވެ. ނަމަވެސް ދެރަވެ ހިތާމަ ކުރާ ކަމަކީ ދިވެހިންނަށް މިކަން ނުވިސްނޭ ކަމެވެ.

އެގޮތުގައި އަހަރެން އެތަނުގައި އިންދާ އަހަރެމެން ކަހަލަ މީހުން ބަލައި އަސްކަރީ ބޯޓެއް އަންނަ ވާހަކަ އަޑު އެހީމެވެ. ބަންގްލަދޭޝްއަށް ދިޔުމަށެވެ. ހަބަރުން އެބުނި ތަނަކަށް ނަން ނޯޓު ކުރުމަށްޓަކައި އަހަރެން ހިނގައިގަތީމެވެ.  ވަރަށް ފަސޭހައިން އެކަންތައް ނިމުނެވެ. ހީކުރިހާވެސް އަވަހަށެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މިއަނިޔާވެރި ތަނުން ސަލާމަތް ވެވޭތީއެވެ. އެހެން ނަމަވެސް މިތަނުގައި އަހަރެންނާ މެދު ކަންތައް ކުރި ގޮތެއް، މިހިތުގައި ލެވުނު ޒަހަމެއް ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. މިވީ ގުރުބާނީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެއެވެ.

~ ނިމުނީ ~

ނޯޓް: މިއީ އަޅުގަނޑު ދެން.އެމްވީ ގައި އޮތް ކުރުވާހަކަ މުބާރާތުގައި ޝާއިއުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކައަށް ވާނީ ކުޑަކުޑަ ބަދަލެއް ގެނެވިފައިއެވެ. އުންމީދުކުރަނީ މިވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޝަހަރު 26ވަނަބައި

Next

އިމްތިޙާން 19

Next
July 30, 2020

އިމްތިޙާން 19

Previews
July 30, 2020

ޝަހަރު 26ވަނަބައި

12 Comments!

  1. ?Nafu✨ says:
    July 30, 2020 at 9:34 pm

    assalam alaikum all..
    dhuvas thakakah fahu anehkaa vs miothy nafu ge new short story eh upload kurevifa.. unmeedhu kuran kamudhaane kamah..
    nafuge vaahaka ah support kuraa kudhin mathin mi v dhuvas thakuga vr vr vr handhaan vi.. will miss u all a lot.. hurihaa kudhinnah vs ??EID MUBARAK.?? stay safe.. take very gud care..
    kuri ah oii thaa vs nafu kurin vs bunihen v varakun thikudhinnaa hama ah vaahaka genes dheynan.. insha allah..
    ✨Eid Mubarak✨

  2. Husssin says:
    July 31, 2020 at 1:53 am

    V reeti adives tikahala reeti vaahaka beynun

    1. ?Nafu✨ says:
      August 1, 2020 at 9:07 pm

      thank u soo much dear.. it means a lot.. ya insha allah v varakun vaahaka genes dheynan.. keep waiting.. stay safe

  3. Riff? says:
    July 31, 2020 at 12:53 pm

    Finally …nafu get story eh..vr reethi mi story vx… Community ah vr ragalhu msg eh this dhinny … Masha Allah keep it up sis… Vr vr vr vr ufaa vehjjr sis get story ee kiyaalan libunnyma… Adhi vx nafu ge reethi reethi vaaahaka thakeh kiyaalan libeyne kamah unmeedh kuran…✨ عيدمبارك ✨

    1. ?Nafu✨ says:
      August 1, 2020 at 9:13 pm

      yaa finally nafuge vaahaka eh kiyaalan libihjje dhw.. btw thank u sooo much riff.. vr vr vr ufaavehjje mi vaahaka vs kamudhiyae ma.. thanks a lot riff.. vr vr vr vr ufaavehjje riff ge support nafu ah adhivs libeythy.. yap insha allah adhi vs libeyne.. keeep waiting.. eid mubarak..

  4. Raaya says:
    July 31, 2020 at 6:11 pm

    hi nafu… missed u a lot 🙂 and the story you wrote needs to be read by most of us. this is a very crucial issue in our country which needs to solved asap! i am very happy you wrote this story… you just shared a feeling of a bangladheshi… WOWS to this story! its just amazing! luv you stay safe!

    1. ?Nafu✨ says:
      August 10, 2020 at 12:44 pm

      hii raaya.. missed u more and more dear.. vr vr vr ufaavehjje raayage commenteh nafu ah libunyma.. ya. raaya thibuny hama rangalhah.. alheyy thank u sooo much dear.. it means a lot inge.. thank u .. ly more and u too stay safe

  5. ?Black Swan? says:
    August 1, 2020 at 11:57 am

    After a long time dhw….??
    Stry Masha Allah Varah reethi…. Varah iburaitheri vaahaka eh…… Community ah varah bodu msg mi stry through koh thi genesdhiney.. Proud of my lovely sis ????
    Keep it up ??????? ? ? ? ? ? ? ?
    Sis ge new stry kiyaalan lebeyne kamah ummiidhukuran….
    Sis ge haalu kihineh thah???? Alhamdhulillah I am fine….
    ??????SARANGHAE EONNIE ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
    ❤️❤️❤️LOTS OF LOVE FROM ?BLACK SWAN ?❤️❤️❤️❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ??????miss u so much eonnie ??????????????????????????????
    ????stay safe and tc my sweet sis ????
    ?????✳️✴️❇️✨ عيد مبارك✨❇️✴️✳️?????

    1. ?Nafu✨ says:
      August 1, 2020 at 9:22 pm

      yesss after a long time nafu ge vaahaka eh libihjje dhw.. awwwwwww thank u sooooo much dear.. it means a lot.. black swange comment kiyaalaafa nafu ah hama kiriyaa nurovuny.. alheyyy thanks a lott.. vr vr vr vr ufaavehjje dhuvas thakakah fahu vs dear ge commenteh nafuge vaahaka yakah libunyma.. adhi vaahaka kamudhiyae ma vs.. alheyyyyyyy vr vr vr vr bodah thanks.. thihaa dhigu dhigu comment eh kohlyma vs.. yaps insha allah adhi vs nafuge vaahaka thah kiyaalan libeyne.. keep waiting..
      alhamdhulillah.. nafu vs hama vr rangalhu.. vr ufaavehjje dear ge haalu vs rangalhu v ma.. saranghae black swan.. lots of live from me too black swan.. miss u more and moreee.. u too stay safe and take very gud care my lovely reader.. love u..
      Eid mubarak..

    2. ?Nafu✨ says:
      August 1, 2020 at 9:24 pm

      ooops typing mistake.. hehe.. lots of love from me too black swan*

  6. Kairaa says:
    August 9, 2020 at 10:50 pm

    alhey?????????????
    keehve thr kairaa ah ehn storys thah fenun iru mi story nufenuny???????????
    its too late now?????
    ekm vx kiyaalaafin??
    VARAH VARAH REETHI NAFU SIS GE MI STORY VX????
    SORRY SISS????
    LYSMMMM❤️❤️❤️❤️
    STAY SAFE SISS??

    1. ?Nafu✨ says:
      August 10, 2020 at 12:47 pm

      alheyy kairaa don’t cry.. its ok ey.. ehnvs vedhaanun dhw.. ya its too late, but i’m gald to read your comment dear.. i’m really very happy.. to see ur comment.. thank u sooo much kairaa. it means a lot.. alheyy dear sorry nubunaaney.. eyyi kameh noonehnu.. dhuvas thakakah fahu vs story kiyaalaafa comment kohlyma nafu vr ufaavehjje. thank u.. ly more dear and u too stay safe..

Comments are closed.



All Right Reserved!